ނޭނގި ޔާރު ވަކިވީހޭ….2
ޝިމާން އެހެން ބުނުމުން ތާއަތު ބުނެލިއެވެ.”ޔެސް އައި ޕުލޭ…” ތާއަތު އެހެން ބުނުމުން އަރީޝާ އާއި ޒާޔާވެސް އާއެކޭ ބުނެލިއެވެ.”އެހެންވީމަ މިރޭ އޮންނާނެ ކުޅުން….. މަށާ ތޫ އާ…. ދެން ޒާއާ އަރީ ކުޅޭނީ…” ޝިމާން ބުނެލިއެވެ.”ދެން މަށޯ ” ލީވާން އާއި މައިޝް އެއްފަހަރާ ބުނެލިއެވެ.”ތި ދެމީހުން….”ޝިމާން ބުނެލިއެވެ.”އެހެން ވީމަ މިރޭ އެއިޓްގަ ނިކުމޭ…” ޝިމާން ބުނެލިއެވެ.”އޯކޭ” އެންމެން ބުނެލިއެވެ. ”ދެން ހިނގާ ދާން ބީޗައް.. ” ތާއަތު ބުނެލިއެވެ.އެހެން ބުނުމައްފަހު އެންމެން ގޮނޑުދޮށައް ދާން ހިނގައިގަތެވެ. ދޭތެރެ އަކުން ޝިމާން އަހާލިއެވެ.”ކޮބާ ރައު” ލީވާން އާ ދިމާ ބަލަންހުރެ ބުނެލިއެވެ.”އޯހ…އޭނާ އުޅެނީ ބަދިގޭގަ ދެން ވަރަށް މި ދުވަސްކޮޅު ބިޒީ ވާނެތާ… މަދަމާ ނޫން އެނެއް ދުވަހު ވެޑިންގ…” ލީވާން ބުނެލިއެވެ. އެވަގުތު މައިޝްގެ ނަޒަރު ތާއަތުގެ މޫނައް ހުއްޓުނެވެ.
”މައިޝް….. ކޮންތާކައް ބަލަނީ… އެތާކު ނެތް އަ ޅާ ގަންނަ ކަހަލަ އެއްޗެއް…. ޔެސް ޔެސް އަންޑަރސުޓޭންޑް… ތޫ… އައް ބަލަނީ..” ލީވާން ބުނެލިއެވެ.އެ ވަގުތު ތާއަތު ލަދުން އިސް ޖަހާލިއެވެ. ”ހޫމް… ދެންމެ އެތަނުން ދިޔައީ ވާލެއް” މައިޝް ބުނެލިއެވެ.”ނޯ….ނޯ… ހަމަ ތޫ އައް ބަލަނީ….” ޝިމާން ބުނެލިއެވެ. ”ޗިސް ޗިސް ދޮގު ނުހަދާ؟؟؟” އަރީޝާ ބުނެލިއެވެ.” ހުއްޓާ…. ދެން ނިމުނީ…..”ތާއަތު ބުނެލިއެވެ. އެހެން ބުނުމުން އެންމެންވެސް އެހެން ވާހަކަ ދައްކަމުން ދިޔައެވެ. ގޮނޑުދޮށައް ދެވުމާއެކު އެންމެންވެސް އެކި ވާހަކަދައްކަމުން ދިޔައެވެ. ގެއައް އާދެވުނި އިރު 6ޖަހަނީއެވެ.
ރޭގަނޑު ކެއުމައްފަހު އެންމެން ސޯފާއައް އަޔެވެ. ”ކޮބާ ޕަބްޖީ” ލީވާން އަހާލިއެވެ.އެހެން ބުނުމުން އެންމެން ފޯނުން ޕަބްޖީ ގޭމް އެޅުވިއެވެ. އަދި ކުޅެން ފެށިއެވެ.”އޯ… ނޯ އެ މަރުވީ..” ޝިމާން ބުނެލިއެވެ.”ޔާ އައި ވޮން….” ތާއަތު ބުނެލިއެވެ. އެންމެން ޕަބްޖީ ކުޅެ ނިމުނި އިރު ހުރީ ދިހައެއް ޖަހަންވެފައެވެ.”ގުޑް ނައިޓް….” ޝިމާން ބުެނެލިއެވެ.ތާއަތު އާއި މައިޝް ފިޔަވައި އެންމެން ކޮޓަރިއައް ދިޔައެވެ.”ތޫ” މައިޝް ބުނެލިއެވެ.”ހޫމް..” ތާއަތު ބުނެލިއެވެ. ”އައި” އެހެން ބުނިތަނާ ޝިމާން ސޯފާގައި ބާއްވާފައި އޮތް ފޯނު ނަގަން އައެވެ. ފޯނު ހިފައިގެން ދަމުން އެ ދެމީހުންނާ ދިމާކޮއްލިއެވެ.” ގުޑް ނައިޓް މައިޝް..” ތާއަތު އެހެން ބުނުމައްފަހު ކޮޓަރިއައް ދާން ހިނގައިގަތެވެ.” ޝިޓް…” މައިޝް ތާއަތު ދިޔަތަނާ ބުނެލިއެވެ.
ހެނދުނު ހައެއް ޖަހަން ވެފައި ހުއްޓާ ތާއަތު ހޭލައިގެން ނިކުތެވެ. އެވަގުތު މައިޝް އާއި ޝިމާން ޖޮގިން ނިންމައިގެން އަޔެވެ.އަދި ބޫޓް ބޭލުމައްފަހު ހަރުގަނޑުގައި ބެހެއްޓިއެވެ. ހުރިހާ މަންޒަރެއް ތާއަތު ދިޔައީ ބަލަމުންނެވެ.”ތޫ..ނުލާ. ވަރަށް ގޯސް ޝިމާން.” ތާއަތު ބުނެލިއެވެ.
”ތޫ… އަސްލު ޝިމާން ގާތު ބުނިން ބުނާށޭ ތޫ ގާތު.” މައިޝް ބުނެލިއެވެ.އެއްވެސް އަޅާލުމެއް ނެތި ޝިމާން ގޭތެރެއައް ވަދެގެން ދިޔައެވެ. އެވަގުތު މައިޝް އާއި ތާއަތު އެކަނި ވިއެވެ. މައިޝް ވާހަކަ ދައްކަން ބޭނުބްވިނަމަވެސް ގައިގާ އެ ހިތްވަރު ނެތުމުން ވާހަކަ ނުދައްކަ ހުރީއެވެ.
”މައިޝް ކީކޭތަ ރޭގަ ބުނަން އުޅުނީ….” ތާއަތުގެ ސުވާލުން މައިޝް އައް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ.”އައި..” މައިޝް ބުނަން އުޅެނިކޮން ޝިމާން ބޭރުގައި އޮތް އޭނަގެ ހެޑްސެޓް ހިފައިގެން ދިޔައެވެ.”އައި؟؟؟” ތާއަތު ބުނެލިއެވެ.”އައި.. ލަވް.. ޔޫ…” ފަހަތުން އައި ޝިމާން ބުނެލިއެވެ.”ވަޓް…؟؟ އައި ލަވް ޔޫ ޓޫ ޝިމާން…” ތާއަތު ޝިމާން އާ ދިމާ ބަލާލަމުން ބުނެލިއެވެ.”ވަޓް؟؟؟” އަނެއްކާވެސް އަޑުއަހަން ހުރި ލީވާން ބުނެލިއެވެ.
”ކޮންގުރާ މައި ލިލް ސިސް” ލީވާން ބުނެލިއެވެ.” އޭ މިކޮން ކަމެއް…..” ކާކޮޓަރިން ތަހުސީނާ ނިކިުންނަމުން ބުނެލިއެވެ.”ދޮންތީ! މި ޝިމާން…” ލީވާން ހުއްޓާލިއެވެ.އެ ވަގުތު ތާއަތު އާ ދިމާލައް ލީވާން ބަލައިލިއެވ.”ޝިމާން ކިހިނެއްވީ؟؟؟؟..” ތަހުސީނާ އަހާލިއެވެ.”ތޫ އާ ޝިމާން…” އެހެން ބުުމުން ތަހުސީނާއައް ވާނުވާއިނގުނެވެ.ހަމަ އެވަގުތު ލީވާން އާ ދިމާލައް ތާއަތު ބަލާލަމުން ދެލޯ އަޅާލިއެވެ.” ސަޅި! މޯމް ގަބޫލޭ!! ދަރިފުޅައް ތި ލިބުނީ ލީވާންބެގެ ފުރެންޑް” ތަހުސީނާ ބުނެލިއެވެ. ”މޯމް މި ލިވާންގެ ކަންތަކޭ” ތާއަތު ބުނެލިއެވެ. ކާރީގައި ބަލަން ހުރި މައިޝް ހުރީ އަންތަރީސް ވެފައެވެ.މައިޝް އެވަގުތު އެތާ ނުހުރެ ދިޔައީ ފެންވަރާށެވެ. ޝިމާންވެސް އެވަގުތު ގޭތެރެއައް ވަދެވެ.”ތޫ ފޯާނެއް” ޝިމާން ބުނެލި އަޑައް ތާއަތު ކޮޓަރިއައް ދާން ދުއްވައިގަތެވެ.ދުއްވާ ގައްލެއް ބާރުކަމުން ގޭތެރޭގައި ހުރި އެއްޗަކައް ނުބެލުނެވެ. ހަމަ އެވަގުތު އެ ތަނައް ވެއްޓިފައި އޮތް ކުށަނެއްގެ މައްޗައް އެރި ކައްސާލިއެވެ. ވެްޓެން ދިޔަ ތާއަތު އެވަގުތު ހިފައްޓާ ދިނީ ޝިމާންއެވެ. އެއް އަތް ތާއަތުގެ ބުރަކަށީގައި ބާއްވާފައި އޮތުންމުން ޝިިމާންގެ ކަޅިއާ ތާއަތުގެ ކަޅިއާ ބައްދަލުވެގެން ދިޔައެވެ.
ތާއަތުއައްވެސް ޝިމާންގެ ދޮން ރީތި މޫނައް ބަލަ ހައްޓައިގެން ހުރެވުނީއެވެ. އެ ކަޅު އިސްތަށިގަނޑުގައި ދިގުކޮން ސަޑެއް ހިއްލާފައި ހުރުމުން ވަރަށްވެސް ރީއްޗެވެ.
?❤ނުނި❤?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Hi here is 2 part feel free to comment
Salhi….!
Thanx
ނަދޫ
×goiid vork ishu….
Thanks ilooo
Nice…But its too short…Can you please make it long..If you bring it longer it will be very nice…Keep it up…Waiting for next…When next part..??
Tommorow or this night i dont know to tell you hama mirey ye ok thnaks for the comment.. ????????????????????