Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި 5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 22, 2019 3 Mins Read
7 Comments

ޝިވަމްއާ ސުހެއިލްއާ އެއްފަދައިން ޝާދާބްގެ ވެސް ސަކަ ގޮތް ގަނޑު ހުއްޓެވެ. މަޖާ އެއްެޗެއް ބުނެ އަހަރެން ހެއްވާލާއެވެ. ޝާދާބްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫނެވެ. އަހަރެން ހީކުރީ އެއީ ވަރަށް ސީރިއަސް މީހުންނާ ގުޅެން ނޭންގޭކަހަކަ މީހެއް ކަމަށެވެ.
ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އަހަރެން ވާހަކަ ފޮތެއް ހިފައިގެން އެނދުގައި ޖައްސާލީމެވެ. އަހަންނަކީ އަބަދުވެސް ވާހަކަ ކިޔަން ވަރަށް ޝައުގުހުންނަ މީހެކެވެ.
“ވަނަސް އޯކޭތަ؟” ކޮޓަރީ ދޮރުގައި ކުޑަކޮށް ޖަހާލާފައި ސާޔާ ބުންޏެވެ. އަހަރެން އާއެކޭ ބުނުމުން ސާޔާ ވަނެވެ. އޭނާ އަތުގައި ބޮޑު ބަންޑައްޔަކަށް ފޮތް ހުއްޓެވެ. “މީ ދަހުލާންގެ ބައެއް ފޮތްތައް. އައިނާ ކިޔަން ބޭނުންވެދާނެތީ މި ގެނައީ” ސާޔާ އައިސް އެނދުމަތީ ފޮތްތައް ބެހެއްޓިއެވެ. އަހަރެން އަތުގައި އޮތް ފިތް ސައިޑް ޓޭބަލް މަތީ ބާއްވާފައި ސާޔާ ގެނައި ފޮތްތައް ބަލަން ފެށީމެވެ. މީގެ އެތައް ޒަމާނެއްގެ ކުރީގެ ފޮތްތައްވެސް ހުއްޓެވެ. ހައިރާންވެފައި އަހަރެން ފަހަރަކު ފޮތެއް ނަގާ ބަލަންފެށީމެވެ. ސާޔާ ހިނިއަސްފައި އަހަރެންނަށް ބަލަން އިނެވެ. އޭރޫ ކަރުނަައިގެ އަސަރު ކޮންމެސް ވަރަކަަށް އެލޮލުގައި ހުއްޓެވެ. ކަރުނަތިއްކެއް ލޮލުން ވެއްޓުނު ގަޑީ ސާޔާ އަނެއް ފަރާތަށް އެނބުރި ބޮޑުވާ އިނގިލިން ކަރުނަ ފޮހުނުތަންވެސް އަހަރެން ދުށީމެވެ. ނޭންގޭ ކަމަށް ހަދާފައި އަހަރެން ފޮތްތައް ބެލުމައިގެން ކުރިއަށް ދިޔައީމެވެ.
******
އެމެރިކާގެ އެކަހެރި ރަށެއްގައި ކުލަ ގަދަކޮށް ސުހެއިލްގެ އުފަން ދުވަސް ފާހަގަކުރެވުނެވެ. ޖަންގައްޔެގައި ތަފާތު އެކި ވައްތަރުގެ ލައިޓްތައް ދިއްލާ ވަގުތުން ޝިކާރަ ކުރެވިގެންނެވެ. ޔޫމީއާ ސާޔާ ވެގެން ބޮޑު ކޭކެއްވެސް އެޅިއެވެ. ކޮންމެ މީހަކު ސުހެއިލް ގަޔަށް ކޭކްގެ އެއްބައި ޖެހިއެވެ. ޝާދާބްއާ ޝިވަމް ވެގެން ސުހެއިލް ގަޔަށް ބިސްވެސް ޖެހިއެވެ. ސުހެއިލްއަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކަށްވީ ކައިލީީީ އިންނަން އެހުމެވެ. ހީނުކޮށް ހުއްޓާ ކައިލީ ޕްރޮޕޯސް ކުރުމުން ސުހެއިލް ހުރީ އަނގަ ތައް މިނަށް ހުޅުވައިގެންނެވެ. ޝިވަމްއާ ޝާދާބް ދިޔައީ ގިޓައަކުން ރީތި ރާގެއް ކުޅެމުންނެވެ. ޔޫމީ އޭނާގެ ހިތް ގައިމު އަޑުން ރީތި ލާވައެެއް ކިޔަމުން ދިޔައެވެ. އަހަރެންގެ ހަނދާނަށް އައި ލޫކް ޕްރޮޕޯސް ކުރި ރެއެވެ.
***************
އުމުރުން ފަނަރަ އަހަރުންސުރެ އަހަންނާ ލޫކް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ދެއާއިލާގެވެސް ރުހުމުގައެވެ. ބައްދަލުކޮށް ހަދަނީ އަހަރެން ނޫނީ ލޫކްގެ ގޭގައެވެ. އެކަހިރިކޮށް ބައްދަލު ކުރުމުގެ ހުއްދައެއް އަހަރެމެން ދެމީހުންނަކަށްވެސް ނުލިބެއެވެ. އަހަރެމްގެ ކޮންމެސް އެއް ބޭބެއެއް އަބަދުވެސް ހުންނާނެއެވެ. އަހަރެމެންގެ ގުޅުމަށް ދެއަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ލޫކް އަހަރެން ގޮވައިގެން ރެސްޓޯރަންޓަކަށް ދިޔައެވެ.
ރެސްޓޯރަންގެ މަތީބައި އެއްކޮށް ލޫކް ހުރީ ކުއްޔަށް ނަގާފައެވެ. ރަތާ ހުދުކުލައިން މުޅު ތަންވަނީ ޒީނަތްތެރިކޮށްފައެވެ ހުދުކުލައިގެ ދޮރު ފޮތިތައް ވަޔާ ވިިހުރެމުން ދެއެވެ. ރަތާ ހުދު ފުއްޕާހަމުން މުޅި ބިންމަތި ވަަނީ ފޮރުވިފައެވެ. އެތަނުގެ މެދުގައިވާ ގޮތަށް ވައް މޭޒެއް ބަހައްޓާފައި ހުއްޓެވެ. މޭޒު މަތީގައި ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައި އޮތެވެ. އަދި ފިނިފެންމާ ފިޔަވެސް މޭޒު މަތީގައި ހުއްޓެވެ. ދެ އުއްބަތި ބަހައްޓާފައި ހުރިއިރު ހުދުކުލައިގެ ތެ ކާތަށިވެސް ހުއްޓެވެ. ލޫކް އަހަރެންގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. މޭޒު މަތީގައި އިން ފިތަކަށް ލޫކް ފިތާލުމާއެކު ވެއިޓަރެއް އައެވެ. އޭނާ އައިސް މޭޒު މަތީގައި ކާއެއްޗިހި އެތުރިއެވެ. ސީފުޑް ފްރައިޑް ރައިސްއާ ފިހެފައި އޮތް ކަކުންޏެވެ. އޭގެ އިތުރަށް ޗީލީޕޭސްޓާ ޕާޕަރުވެސް ގެނައެވެ. ލޫކް އަނގައިންވެސް ނުބުނެ އިނދެ ކަމުން ދިޔައެވެ. އަހަރެންވެސް ބުނާނެ އެއްޗެއް ނެތުމުން ހިމޭންކަމާއެކު ކައި ނިންމާލީމެވެ.
އާހަރެން އެކަނި ބައިންދާފައި ލޫކް ތިރިއަށް ގޮއްސައި އައި އެނިވާރސަރީ ކޭކް ހިފައިގެންނެވެ. ހިތެއްގެ ބައްޓަމަށް އިން ޗޮކްލެޓް ކޭކެއްގައި ފިޔާތޮށި ކުލައިން ވަރަށް ރީތިކޮށް ހެޕީ އެނިވާރސަރީ ޖަހާފައި ހުއްޓެވެ. ލޫކް އަހަރެން އަތަށް ކޭކް ފަޅަން ވަޅި ދިއްކޮށްލިއެވެ. ލޫކްއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން އަހަރެން ކޭކް ފަޅާލީމެވެ. ފުރަތަމަ އެތިކޮޅު ނަގައި ލޫކްއަށް ލެވީމެވެ. ލޫކްވެސް އަހަންނަށް ކޭކް ކޮޅެއް ލެވިއެވެ. ހަފާން އުޅެނިކޮށް އަނގައިގަ ހަރު އެއްޗެއް ޖެހުމުން އަހަރެން ކޯޗެއްތޯ ބަލަން އަނގައި ތެރެން އެ ނެގީމެވެ.
އަތަަށް އައި ރިހި އަނގޮށްޓި ފެނުމުން އަހަންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އެއިން ގޮތަށް އިނދެ ލޫކްއަށް ބަލާލުމުން އަހަރެން އަތުން އަނގޮއްޓި އަތުލިއެވެ. އެއަށްފަހު އެއް ފައި މައްޗަށް ތިރިވިއެވެ. “މައި ބީލްވްޑް ކުއީން. ވިލް ޔު މެރީ މީ އައިނާ؟” ލޫކްގެ ފިރިހެން ވަންތަ އަޑުން އަހަންނާ އިންނަން އެހި ވަގުތަކީ ހަޔާތުގައިވެސް އެންމެ އުފާވި އެއް ވަގުތެވެ. އަހަރެންގެ ލޮލުން އިޚްތިޔާރަކާ ނުލާ ކަރުނަ ފައިބަން ފެށިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެންގެ އަތް ލޫކްއަށް ދިއްކޮށްލީމެވެ. “ޔޭސް މައި ކިންގް” ލޫކް އަހަރެން ގައިގައި ބައްދާލިއެވެ. ދެން ފެނުނީ ގިޓައެއް ހިފައިގެން އައިސް އެ ހިތްގައިމު ފިރިހެން ވަންތަ އަޑުން ލަވަ ކިޔަން ފެށި އަޑެވެ. އާހަރެން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
********
ހުދުކުލައިގެ އެސް ޖަހާފައިވާ ރިހި އަނގޮއްޓިއަށް އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނެވެ. އަހަރެން އިނގިލި ގެނަސް މޭގައި ބޮނޑި ކޮށްލީމެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން ކަރުނަތައް ފުހެލައި ހަމައަކަށް އެޅުނީމެވެ.
އުފާވެރި އާއިލީ ދެދުވަސް ހޭދަކުރުމަށްފަހު އަނބުރާ ރަށަށް އައިމެވެ. ވެމްޕަޔަރުންނަށް ވިއަސް އަހަރުމެން ތިބީ ވަރުބަލިވެފައެވެ. ސުހެއިލްއާ ކައިލީގެ ކައިވެނީގެ ކަންކަން ކުރިއަށް ހުރުމުން އެންމެންވެސް ވަރުބަލި ފިލުވާލަން ޖައްސާލިއެވެ.
ނިދިބުރެއް އަޅާލުމަށްފަހު އަހަރެން ހޭލިއިރު އެނދުގެ އެއްފަރާތުގައި އިށީންދެލައިގެން ޝާދާބް ހުއްޓެވެ. ސިއްސައިގެން ގޮސް އަހަންނަށް ތެދުވެވުނެވެ. “ހެއި އިޓްސް މީ ޝާދާބް. ކުޑަ ވާހަކައެއް ދައްކާލަން ވެގެން” ޝާދާބް އެނދުން ތެދުވިއެވެ. އަހަރެން ރަނގަޅަށް އެނދުގައި އިށީންދެ ހަމަޖެހިލީމެވެ. ޝާދާބް ގާތުވެސް އިށީންނަން ބުނީމެވެ. “ކޮން ވާހަކައެއް ދައްކަން؟” ޝާދާބް އެއް މިޔައަކަށް ހީލިއެވެ. “އަދިވެސް ލޫކް ދެކެ ވަރަށް ލޯބިވޭތަ؟” ޝާދާބް ކުރި ސުވާލުން އަހަރެން ނުތަނަވަސް ވިއެވެ. ނަމަވެސް އަހަރެން ތެދަށް ޖަވާބު ދިނީމެވެ. “ވަރަށް ބޮޑަށް ލޯބިވޭ. އަބަދުވެސް ލޯބިވާނަން” އިސް ޖަހާލަމުން އަހަރެން ބުނީމެވެ. ޝާދާބް މަޑު މަޑުން ބޯ ޖަހާލިއެވެ. ކޮންމެސް ވާހަކައެއް ބުނަން އަނގަ ހުޅުވާފައިވެސް ލައްޕާލިއެވެ. ޝާދާބް ސިކުނޑީގައި ދައުރުވަމުން ދަނީ ކޯއްޗެއް ކަމެއް އަހަންނަކަށް ނޭންގެއެވެ. ކޮންމެސް ބޮޑު ކަމެއް އަހަންނަށް ސިއްރު ކުރާހެން ހީވެއެވެ. އިތުރު އެއްޗެއް ނުބުނެ ޝާދާބް ކޮޓަރިން ދިޔައެވެ. އަހަރެން ބޮޑު ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްލަމުންނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ދިނީ ޒަހަރު… 38 (ފަހުބައި)

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (14 ވަނަ ބައި)

Next
March 23, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (14 ވަނަ ބައި)

Previews
March 21, 2019

ދިނީ ޒަހަރު… 38 (ފަހުބައި)

7 Comments!

  1. Avlyn says:
    March 22, 2019 at 3:11 pm

    Wow……… Love u….. ?❤️?❤️

  2. Amy says:
    March 22, 2019 at 3:24 pm

    Wowww. Me 2nd dw
    Love thissssss. It was so good ..mashallah

  3. jiji says:
    March 22, 2019 at 4:02 pm

    I think shaadhab mihaaru like v kanneyge ainaa aa..stry is really btec kudakoh shrt nge..?❤????????..ekm v v ufaavejje bunidhuvahah up kohdhiyma. .curiously waiting for the nxt..bundles of luv frm me aaraa??????❤❤????

  4. azker says:
    March 22, 2019 at 4:14 pm

    cant wait to see what happens next…….nxt part kon iraku tha???

  5. Twinkle? says:
    March 22, 2019 at 6:23 pm

    Wonderful masha allah??? curiously waiting for the nxt… whn nxt???

  6. Fathimath Ziyadha says:
    March 22, 2019 at 10:25 pm

    G hxoe

  7. strange girl says:
    March 22, 2019 at 11:02 pm

    what did u just write????

Comments are closed.

Next Episodeއަބަދަށްޓަކައި 6←


All Right Reserved!