Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީރަށްޓެހި ލޯބި 7

ishaadam Level 110 Stories100 Login
March 23, 2019 One Min Read
2 Comments

“ލޯބި ބުނާ އެއްޗަކާ ދެކޮޅު ހަދަނީއެއްނޫން . އެކަމަކު ލޯބިވާ އަނބި މީހާ އުޅެންޖެހޭނީ އަހަންނާ އެއް ގެ އެއްގަ” ލާނާ ކުޑަ ކޮއް ހިތް ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ހަމްޒާ ގެ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. “އަދި ނިދަންވެސް ޖެހޭނީ އަހަންނާ އެއް އެންދުގަ” ހަމްޒާ ވާހަކަ ފުރިހަމަ ކޮއްލިއެވެ.

ލާނާ ގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެކަމަކު ހަމަޖެހޭ ގޮތް ދައްކަމުން ވަާހަކަ ދެއްކިއެވެ. “ހަމްޒާ ހިތްހަމަ ޖެހެނީ ނިހާ ކައިރިއަށް ދެވުނީމަ އެއްނު. ނިހާ ވަރަށް އުފާ ވާނެ ހަމްޒާ އެންބުރި އައީމަ. އޭނަ ދެކެ އެއްނު ހަމްޒާ ލޯބި ވަނި”. ލާނާ ހާމަ ކުރި ހަޤީޤަތެވެ.

“އެއީ އަދި ލޯބި އެއްނޫން. އެއީ ވަގުތީ ހިތްހަމަޖެހުން” ހަމްޒާ ބުނެލިއެވެ.

“ތި ކަންއިންގޭ! އަހަރެންގެ ފަރާތުން ހަމްޒާ ހިތް ނުފުރޭ ކަމަށްވެސް އެތަށް ފަހަރަކު އަހަންނަށް ހަންދާންކޮއްދެމެއްނު. ހުރިހާާ ކަމެއްވެސް އަހަރެން ހަމްޒާ އަށް ކޮއްދޭނަން. އެންމެ ކަމެއް ފިޔަވާާ. އަހަރެންގެ ފަރާތުން ހަމްޒާ ގެ ހިތް ނުފުރޭއިރު އަހަރުމެން ރޭ ކުރުމުގެ އެއްވެސް މާނާ އެއްނެތެއްނު. ހަމްޒާ ނިހާ އާއި ކައިވެނި ކުރަންވީނު؟” ލަާނާ ސުވާލު ކޮއްލިއެވެ.

“އަހަރެން ހަމަ އެކަނި ބޭނުމީ ލާނާ. މަގޭ އަންހެނުން. އިތުރު މީހެއްނޫން.” ހަމްޒާ ބުންޏެވެ.

“އެހެންވިއްޔާ ތި ބޭނުން ކަންތަށް ކުރަން ޖެހޭނީ އަހަރެންގެ ނުރުހުމުގަ ގަދަކަމުން” ލާނާ މިހެންބުނީ ހަމްޒާ އަކީ ބޭނުންވާ ކަމެއް ބޭނުން އިރަކު ކުރާނެ މީހެއްކަން އެންގި ހުރެއެވެ.

“ނޫން ލާނާ ތައްޔާރު ވީމަ ނޫނީ އަހަރެން އެ ގޮތެއް ބޭނުމެއްނޫން” ހަމްޒާ ބެލީ ލާނާ ގޮތްދޫ ކުރޭތޯއެވެ.

“ތި ކަމަށް ކިތައްމެ ދުވަހެއްވެސް ނަގާފާނެ، ފަހަރުގަ މުޅި އުމުރުވެސް” ލާނާ ބެލީ މިކަމުން ސަލާމަތް ވެވޭ ތޯ އެވެ.

“އަހަރެން ނެތި ލާނާ އެހެންމީހަކާ ގުޅުން ބޭއްވީތަ؟” މި ފަހަރު ހަމްޒާ ކުރީ ސުވާލެކެވެ.

ކޮށި އަރާ ގޮތް ވަމުން ލާނާ ޖަވާބުދިނެވެ” ނޫން ނޫން” އަހަރެން ބޭނުމެއްނޫން އެއްވެސް ފިރިހެނަކާ ގުޅުން ބާއްވާކަށް ހަމްޒާ ދިޔަފަހުން”

“ވަރަށް ރަނގަޅު، އަހަރެންބޭނުމެއް ނޫން އަހަރެންނޫން އެއްވެސް މީހެއް ލާނާގެ ގައިގަ ބީހޭކަށް” ހަމްޒާ ހިނިތުންވެލިއެވެ.

ހަމްޒާ ކަނދުރާ ގައި އަތް ހާކާލިއެވެ. ވަރުބަލި ވެފައިވާ ކަން ހަމްޒާގެ މޫނު މަތިންފެންނަމުންދެއެވެ. ލާނާ ހަމްޒާގެ މޫނަށް ބަލާލިއެވެ.

“ހިންގާ އަހަންނާއެކީ، އަހަރެން ބޭނުން ގެޔައްދާން” ހަމްޒާ ބުނެލިއެވެ.

ލާނާ ހުރީ ފެންވަރާލާ އެއްޗިހި ބަދަލު ކޮއްލާ ހިތުންނެވެ. އެކަމަކު ހަމްޒާ އަށް އެއްވެސް ފުރުސަތެއް ދޭ ކަށް ލާނާ ބޭނުމެއްނުވެއެވެ. އެހެންކަމުން އަވަސް އަވަހަށް އަވަހަށް މޫނު ދޮވެލައިގެން އައެވެ.

“ދަ މާ ދޯ، އެންމެން އެތިބީ ލާނާ އަހަންނާއެކީ ނުކުމޭތޯ ބަލަން” ހަމްޒާ އެއް ބުމަ ހިތްލާ ލަމުން ބުނެލިއެވެ. ” އަހަންއަށް އިތުރު ގޮތެއް އެބަ އޮއްތަ؟ ލާނާ ސުވާލު ކޮއްލިއެވެ.

“ލާނާ ރޮއެ ދެފައި ތަޅަ ތަޅާ އޮއްވާ އަހަރެން ލާނާ ގަދަކަމަކުން ނުގެންދާނަން” ލާނާ އައްބަލާލަމުން ހަމްޒާ ބުނެލިއެވެ. އަދި ލާނާ އައް އަތް ދިއްކޮއްލިއެވެ. ލާނާ ހަމްޒާ ގެ އަތުގަ ހިފައިގެން ހިންގައިގަތެވެ.

“އައިޝާ މެންގެ އެއްޗިހި ބަދަލު ކުރަން ވަގުތު ނަގާނެ” ލާނާ ބުނެލިއެވެ.

“އެމީހުން އެތަން ހުސްކުރަން އަހަރެން މިއަދު އެންގިން. އެހެންވީމަ މިރެއަށް ހުސްވާން ޖެހޭނެ.” ހަމްޒާ ބުނެލީ ޔަޤީން ކަމާއެކީއެވެ.

“އެކަމަކު އެހާ އަވަހަށް ވާނެ ކަމެއްނޫން އެއީކީ” ލާނާ ބުނީ ވިސްނަމުންނެވެ.

“ކީއްވެ ނުވާނީ؟ އެމީހުނައް އެކަންޖެހޭނީ ވާން. ލާނާ އަށް ތިގޭގަ ހުރެވެންޏާ ކީއްވެ އެމީހުނައް ނުތިބެ ވޭންވީ؟ ެ” ހަމްޒާގެ އަޑުގައި ހުރީ ހަރުކަށި ކަމެވެ. ކުއްލިއަކަށް ލާނާ އަށް ހީވާންފެށީ  ކުރީގެ ހަމްޒާ ކައިރީގައި ހުރިހެނެވެ.

ލާނާ އަށް ޖަހާލެވުނީ ބިރުވެރި ހިނި ގަނޑެކެވެ. އެ ގޭގައި މުހުސިނާ އައިޝާ ތިބޭނެ ގޮތްސިފަ ކޮއްލެވުނީމައެވެ. “އެމީހުންގެ ބާރުގަ ހުރި ހުރިހާ ކަމެއްކުރާނެ ތީ އަސްލު ހަމްޒާ ނޫންކަން ސާބިތު ކޮއްދޭން” ލާނާ ބުނެލިއެވެ.

“އަހަރެން އެމީހުން ނެރޭނަން، ގެޔަށް ވަނުމުގެ ކުރިންބުނެބަލަ ލާނާ ގެ ހިތުގަ އަދިވެސް ޝައްކު އެބައޮއްތަ؟ ހަމްޒާ ބުނެލިއެވެ.

“މަދު މަދުން” ލާނާ ހާމަ ކުރީ ހަޤީގަތެވެ.

“އެ ވާހަކަތަށް އެހެން އެެއްވެސް މީހަކާ ހިއްސާ ކުރާނަންތަ؟” ހަމްޒާ ގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ.

“ނޫން” ލާނާ ވައި އަޑުންބުނެލިއެވެ.

“ކީއްވެ؟”

“އެއީ އަހަރެން ”  ހިތުގަވާ އެއްޗެއް ހާމަ ކޮއްދޭނެ ގޮތެއް ލާނާ އަށް ނޭންގިގެން ހުއްޓާލިއެވެ. މީ ލާނާ ގެ ފިރިމީހާ ނޫން ނަމަ ކޮންމެސް އިރަކުން ސާބިތުވާ ކަހަލަ ކަމެއް ކުރާނެކަން ލާނާ އަށް ޔަޤީނެވެ.

“ތީ އަހަރެންގެ ފިރިމީހާ ނޫންނަމަ އަހަންނަށް ވަރަށް އަވަހަށް އިންގޭނެ” ލާނާ ބުނެލިއެވެ.

” ހަމަ ޔަޤީންތާ ! ހަމްޒާ ހިނިތުން ވެލަމުން ލާނާ ގެ އަތުގަ ހިފައިގެން ގެޔަށް ވަނުމަށް ހިންގައިގަތެވެ.

“އެ މީހުން މިތަނަށް ގެނައްސަ ހުރި ބަދަލުން އަހަރެން ވަރަށް ހިތް ހަމަޖެހޭ” ހަމްޒާ ބުނެލިެއެވެ. ގޭތެރެ އަށް ނަޒަރު ހިންގާލަމުން ހަމްޒާ ވަދެގެންދިޔައެވެ. “އާން! ކިހާ ކުޅަދާނަ މީހަކަށް މީހުންދިރި އުޅޭ ގެ އެއް ދާރުލްއާސާރަކަށް ހެދޭނީ! ހަމްޒާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

ލާނާ އަށް ހުވަފެނުގައިވެސް އަލުން މި ގަނޑުވަރުގައި ހަމްޒާ ޔާ އެކީ ދިރި އުޅެވޭނެ ކަމަކަށް ދެކިފައެއްނުވެއެވެ.

ގަނޑުވަރުގެެ މެދުތެރެ ފުރިފައި ވަނީ 50 ހަކަށް މުވައްޒިފުންނެވެ. ނޯ ކަރުންނާއި ބަދިގޭގައި އުޅޭމީހުންނެވެ. ދޮރު ފާރަ ވެރިންނާއި ހަށި ފާރަ ވެރިންނެވެ. ގޭތެރެ ސާފު ކުރާ މީހުނާ ބަގީޗާ ބަލަ ހައްޓާ މީހުނެވެ. މިހެން ގޮސް ގަނޑުވަރު އެކި ކަންކަން ބަލަހަށްޓާ މީހުނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާ ވެރިކަމެވެ. އެކަންވާނީ ވެސް އެހެންނެވެ. މުހުސިނުއާއި އައިޝާ ރުހޭ އެއްވެސް ގޮތަކަށް އެތަނުން އެކަކަށްވެސް ކަމެއް ނުކުރެވެއެވެ.

މި މީހުންގެ ތެރެއިން އެންމެ އިސްކޮއްހުރި ނޯކަރު ކުރިއައް ޖެހިލާ ސަލާމް ގޮވާލިއެވެ. އެއީ އައިސާފުޅެވެ. ” ސާހިބާ އައް މަރުހަބާ!” މިހެން ބުނުމާ އެކު އެއްއަޑަކުންހެން އެންމެންވެސް މަރުހަބާ ކިޔާލިއެވެ.

“ޝުކުރިއްޔާ! މިހާ ދުވަސް ކޮއްފަ އެންބުރި އާދެވުމުން ދެން ރަށުން ދުވަހަކުވެސް ނުފައިބާނަމޭ ހިތަށް އަރަނީ”

“އަޅުގަނޑުމެން ވަރަށް އުފާ ވެއްޖެ” އައިސާފުޅު ބުނެލިއެވެ.

“ސާހިބް އެހުންނެވީ” އިތުރު އަޑުތަށް އިވުމުން ހަމްޒާ ފަހަތްބަލާލިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

އެނގުމެއްނެތި…22

Next

އެ ސިއްރު… 5

Next
March 23, 2019

އެ ސިއްރު… 5

Previews
March 23, 2019

އެނގުމެއްނެތި…22

2 Comments!

  1. emeeha says:
    March 23, 2019 at 12:11 pm

    kon irakun dhen oii part up kohdheyny

  2. ishaadam says:
    March 24, 2019 at 7:07 am

    in sha Allah miadhu

Comments are closed.

Next Episodeބީރަށްޓެހި ލޯބި 8←


All Right Reserved!