Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…22

Jinni Level 410 Stories100 Login100 Comments500 Login
March 23, 2019 8 Mins Read
19 Comments

އެ ހީކުރެވުނީ ރަނގަޅަށްކަން އިނގުމުން ހުރި ފިޔަވަޅުމަތީ އީތަން ގަނޑުވިއެވެ. އޭނާއާއި ދިމާއަށް ހުރި ނަޒަރު އިހުސާސްވެގެން ވަލީދު އީތަންއާއި ދިމާއަށް ބަލައިލިއެވެ. ދަންނަ ކުއްޖެއްހެން ހީވެގެން އިރުކޮޅަކު ބަލަން ހުރެފައި އީތަންކަން އިނގުމުން ވަލީދު އޭނާގެ ފުޅައި ހިނިތުންވުން ދައްކައިލިއެވެ. ޖަށްވަަށް ހުޅުވިފައިވާ ތަނެއްގައި ހުރި ނަމަވެސް އީތަންގެ ނޭވާ ހާސްވާހެން ހީވާންފެށިއެވެ. ބަންދުވެފައި ހުރެވޭހެން ހީވާން ފެށިއެވެ. މެއަށް ބާރުވާން ހެދުމުން ނޭވާލާން މަސައްކަތް ކުރަމުން އީތަން އަވަސްއަވަހަށް އަނެއްފަޅިއަށް ބަލާފައި ހިނގައިގަތެވެ.

***************************

އަމީނާ އަތަށް ކޮތަޅު ދީފައި ކޮޓަރިއަށް ވަތް އީތަން އެނދުމަތީ އިށީނެވެ.

“އޭނަ… އަނެއްކާ އައީ؟…” އީތަން ހިތާހިތުން ކިޔައިލިއެވެ. “ދެން މިހާރު ކީއްކުރެވޭނީ ދޯ. ނުކެރޭނެ ފަސް ފޫޓަށް ގާތްވާންވެސް.” ހިތުގައި ވަކިހިއްޕައިލި ބިރުވެރިކަން ފޮހެލުމަށްޓަކައި އީތަން އަމިއްލަނަފްސަށް ވިސްނައިދިނެވެ. ނަމަވެސް ވަލީދުގެ އެ ހިނިތުންވުން ހިތަށް ސިފަވާ ކޮންމެ ފަހަރަކު ސާފު ނޫން އެ ހަނދާން އާވެއެވެ.

“ދަރިފުޅަށް އިނގޭތަ އެއްކަލަ ދިވެހިބޭސް ހަދާ ވަލީީދު މި ރަށަށް އައިސްގެން އުޅޭކަން؟ ވާނެ މިގެއަށް ކާން ދައުއްވަތު ދޭން.” ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބިއިރު ޖަމާލު ބުންޏެވެ. މިފަހަރުވެސް ހުންނަނީ ޔޫސުފްމެން ގޯތީގަ. އެ މީހުން ރަށުގަ ނެތީމަ އަލީޝާ އެކަނި ކަންނެ މިހާރު ވަލީދުއަށް ކާން ހަދައިދީ ހަދާނީ. އެ މަންޖެ އެކަނިވިއްޔަ ގޭގަ އުޅޭނީ.” އަމީނާ އިތުރުކޮށްލިއެވެ.

“އަލީޝާ؟… މިފަހަރުވެސް؟…” އީތަންގެ ހިތާއހިތުން ކިޔައިލިއެވެ. “އަލީޝާ ގޭގަތަ ކުރީ ފަހަރުވެސް ހުރީ؟” ދެލޯ ބޮޑުވެފައި އީތަން އަހައިލިއެވެ. މަޑުމަޑުން އެއްޗެެއް ހަނދާނަށް އަންނަމުންދިޔަހެން އޭނާއަށް ހީވިއެވެ.

“އާނ. ހަަނދާނެއް ނެތް ދޯ ދަރިފުޅު އެހާ ބޮޑަކަށް. އެގެއަށެންނު ދަރިފުޅު ފޮނުވީ ބޭސްކުރަން.” އަނގަޔަށްލީ ބަތްސުވާ ހުސްކޮށްލާާފައި އަމީނާ ބުންޏެވެ. ދުވަސްގަނޑެއް ފަހުން އާއިލާ އެކީ އެއް މޭޒުދޮށުން ކެވޭތީ އޭނާއަށް ކާއެއްޗެހި އިތުރަށް މީރުވެފައި އިން ކަހަލައެވެ. އީތަންއަށް ސިކުނޑީގައި އޭނާއަށް އުނދަގޫކުރަމުންދިޔަ ހަނދާނުން މާނައެއް ދޭހަވާ ވަރެއްނުވިއެވެ. ކަންފަތުގައި ހަރުލާފައި ހުރީ ކުޑަކުއްޖެއްގެ ގިސްލުމުގެ އަޑެވެ. އެއާއިއެކު ސިކުނޑި ދަތުރުކުރީ ކުރީގެ ހަނދާނަކަށެވެ.

ލޯބިވާ ދަރިފުޅު ކުޅެން އުޅެނިކޮށް ކަކޫ ބިނދިގެން ފަރުވާކުރަން ޖަމާލު ގެނައީ އަތޮޅުގައި އެންމެ ނަން މަޝްހޫރު ދިވެހިބޭސްވެރިޔާ ވަލީދުއެވެ. ފައިސާއަށްޓަކައި އެހެން ރަށަކަށް ދަތުރުކުރި ނަމަވެސް ވަލީދު އެދުނީ އޭނާ ހުރި ގެއަށް އީތަން ފޮނުވައިދިނުމަށެވެ. ބޭސްގަނޑު އަޅަން ވަލީދު ކައިރީގައި ބައިންދާާފައި، މަސައްކަތުގައި ބުރަ ޖަމާލު ދަނީ، ގަޑިއިރެއްފަހުން ބަލައި އަންނަން ބުނެފައެވެ. އެގެއާއި ބެހޭ ގޮތުން އީތަން މާ ބޮޑު އެއްޗެއް ހަނދާނެއް ނެތެވެ. ނަމަވެސް އެ ގޭގައި މީހަކު އުޅޭތަނެއް އީތަން ނުދެކެއެވެ. ޖަމާލު ކުރިމަތީ ވަލީދު އީތަންގެ ބޮލުގައި ފިރުމައެވެ. އެހެނަސް ޖަމާލު ނެތް ތާންގައި ފުރުސަތުގެ ބޭނުން ހިފައެވެ. ކަކުލުގައި ބޭސްގަނޑު އަޅާއިރު ތަދުވާން ނުޖެހޭ ވަރަށް ތަދުވާކަން އީތަންގެ ހަނދާނުގައި ހުރެއެވެ. ތުއްތު ކުއްޖާގެ ލޮލުން ފައިބާ ކަރުނައާއި ކުރާ އާދޭހުން ވަލީދުގެ ހިތަށް ލިބެނީ އުފާވެރިކަމެވެ. ބޭސްއަޅާއި ނިމުމުން، ފިލާ ކުޅުމުގެ ނަމުގައި އުރާލައިގެން ގެންގޮސް ބައިންދަނީ ކަބަޑެއްގެ ތެރޭގައެވެ.

“މިގޭގަ އުޅޭ ކުއްޖާ ހޯދަން އަންނާނެ. ކަބަޑުން ނުނިކުންނާތި. ބޭބެވެސް މިދަނީ ފިލަން.” އެހެން ބުނެފައި ލޯ މެރޭވަރަށް ހިނިތުންވަމުން ވަލީދު ދޮރު ލައްޕައި ބޭރުން ތަޅުލައެވެ. ދޮރު ހުޅުވާނެ ކަމުގެ އިންތިޒާރުގައި އިނދެ ލަސްވާ ވަރަކަށް އީތަންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. ބަންދުވެގެން ގޮސް ހާސްބޮޑުވެއެވެ. ދޮރުގައި ތަޅައި ހުޅުވަން އެދި އާދޭސްކުރާ އަޑު ވަލީދުއަށް ނީވޭކަހަަލައެވެ. ނުވަތަ އެ އަޑުން އޭނާއަށް އުފާވެރިކަން ލިބޭކަހަަލައެވެ. ދެން އީތަންއަށް އިވެނީ ބޭރުން އިތުރު ކުއްޖެއްގެ ރުއިމުގެ އަޑެވެ.

“އަލީޝާގެ ގެ؟… އެއީ… އަލީޝާތަ؟!!!” އީތަންގެ ހިތަށް އެރުމާއިއެކު ހިޔާލުން ބޭރަށް ނުކުމެވުނެވެ. ކާ ތަށިވެސް ހުރި ގޮތަށް ބަހައްޓާފައި ބާރުބާރަަށް ތެދުވެގެން ގޮސް ގެއިން ނުކުތެވެ. އަލީޝާާގެ ގެއާއި ދިމާއަށް މިސްރާބުޖެހީ އެންމެ ހިނދުކޮޅަކުވެސް އިތުރަށް އެ ޝައިތާނާއި އެކީ އަލީޝާ އެކަހެރި ކުރިޔަނުދިނުމަށެވެ.

ފޯނެއް އައުމުން ބަލައިލިއިރު އީތަން ޖަހައިފައި އިނުމުން ޖަވާބުދިނުމުގެ ކުރިން އަލީޝާއަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެވުނެވެ.

“ހަލޯ.” އަލީޝާ ބުންޏެވެ.

“މިހިރީ ތިގޭ ކުރިމަތީގަ. ނުކުމެބަލަ.” އީތަންގެ ޖުމުލައިން އަލީޝާ ހައިރާންވިއެވެ.

“ކީއްވެ؟ ކީއްކުރަން؟” އަލީޝާއަށް އަހައިލެވުނެވެ. އަނެއްކާ ކުރީ ރޭގެ ވާހަކަދައްކަންބާއޭ ހިތަށްއެރިއެވެ.

“ދެން ނުކުމެބަލަ.” އީތަން އަނެއްކާވެސް ބުންޏެވެ. ފޯނު ބާއްވާފައި އަލީޝާ ލަސްވާތީ ނުހުރެވިގެން އީތަން ގޯތިތެރެއަށް ވަނެވެ. ފެންޑާއަށް ބޯދިއްކޮށްލިއިރު ޓީވީ ބަލަންއިން ވަލީދު ފެނިފައި ގަތް ބިރަކާއިއެކީހެން ލޭގަނޑު ކެކިގަތެވެ. ވަލީދަކަށް އީތަންއެއް ނުފެނެއެވެ. ކޮޓަރިން ނުކުތް އަލީޝާއާއި ދިމާއަށް އޭނާ ބަލައިލިއެވެ.

“ކަނބުލޮ އަނެއްކާ ބޭރަށް ދަނީތަ؟ ކޮން އިރަކު ބޭބެއަށް ކާން ހަދައިދޭނީ؟” ވަލީދު ބުންޏެވެ.

“އޭނަ ނުޖެހޭ ކަލެއަށް ކާންދޭކަށް!” ހަޑި އެއްޗެއް ގޮވައިގަތްފައި އެތެރެއަށް ވަތް އީތަން ފެނިފައި ވަލީދުއާށާއި އަލީޝާއަށްވެސް ލިބުނީ ސިހުމެކެވެ.

“އަނހާ އީތަން! ކިހިނެތްތަ ހާލު؟” ފުޅާ ހިނިތުުންވުމާއިއެކު ވަލީދު އަހައިލިއެވެ. އީތަންގެ ރުޅިގަނޑު ވީ ހައްތަހާ އިތުރެވެ. ނަމަވެސް އެ ހިނިތުންވުން އޭނާގެ ހިތުގައިވީ ބިރުވެރިކަން ދެގުނަ ކުރިއެވެ. އެ ބިރު ފޮރުވަން އީތަން އިސްކުރީ ރުޅިވެރިކަމެވެ.

“އީތަންއަށް ވަލީދު އިނގޭތަ؟ ކީއްވެ އޭނާ އެހާ ރުޅި އައިސްފަ އެހެރީ؟” އަލީޝާގެ ހިތަށްއެރީ ހުސް ސުވާލުތަކެކެވެ.

“ދެން ހީނުކުރާތި ކަލޭ ހިތުހުރި ކަމެއް ކުރެވޭނެއޭ! މިހާރު މީ އެއިރުހާ ކުޑަކުދިންނެއް ނޫން!” އީތަން އަޑަށް ބާރުލާފައި ބުންޏެވެ.

“މިހާރު ބޭނުމެއްވެސް ނޫން ކަމެއް ކުރާކަށް، ތިހާ ބޮޑުވީމަކާ.” ހެވިފައި އިން ގޮތަށް އިނދެ ވަލީދު މަޑުމަޑުން ކިޔައިލުމުން އަލީޝާގެ ދެލޯ ބޮޑުވިއެވެ.

“ކޮބާ ތީގެ މާނައަކީ އީތަން؟ ކޮން ވާހަކައެއް ތި ދައްކަނީ؟” އަލީޝާ އެއްސެވެ. އޭނާގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އީތަންއަށް އެކަން އިނގެނީ ކިހިނެތްބާއޭ ހިތަށްއެރިއެވެ.

“މި ކަން ހިންދައިލާނެ ކަމަށް ހީނުކުރާތި! ކަލެއަށް ލިބެންވީ ސަޒާ ދައްކާނަން!” އިންޒާރުދީފައި އީތަން އަލީޝާގެ އަތުގައި ހިފައިގެން ގެއިން ނުކުތެވެ. އެ މަންޒަރު ބަލަން އިން ވަލީދުގެ މޫނުން ހިނިތުންވުން ފިލައި، ސީރިއަސްކަމެއް ވެރިވިއެވެ.

“ހަނދާން ނައްތައިލިނަމަ މާ ފަސޭހަވީހެންނު، އީތަން.” އޭނާ ކިޔައިލިއެވެ.

އަތުގައި ހިފިގޮތަށް ދޫނުކޮށްލުމުން މަގުގެ ވަކި ހިސާބަކުން އަލީޝާ އަތް ފޮޅުވައިލިއެވެ.

“ކަލެއަށް ކޯޗެއް އިނގެނީ؟” އަލީޝާ އެއްސެވެ. އޭނާގެ ހިތުގެ ތެޅުން އަދިވެސް ހަމައަކަށް ނޭޅެއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އީތަން އެންމެ ކައިރީގައި ހުރި ޖޯލީގައި އިށީނެވެ.

“ކަލޭ ހަނދާނެއް ނެތް ތަ؟” އީތަން އެއްސެވެ. އަލީޝާގެ ހިތް ވީ ހައްތަހާ އަވަހެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އީތަންއާއި އެއް ޖޯލި ދޫކޮށްފައި އިށީނެވެ. އީތަންގެ މޫނުން ނަޒަރު ކައްސައިނުލައި އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ވަލީދު މި ރަށަށް ފުރަތަމަ އެރީ ކުއްޖަކަށް ބޭސްކުރަންށެންނު. އެއީ މަ. ކަލޭގެ ގެއަށް ބޭސްގަނޑު އަޅަން މަ ދާ ހަނދާނެއް ނުވޭދޯ.” އީތަން އަލީޝާއަށް ހަނދާން އާކޮށްދެވޭތޯ މަސައްކަތްކުރިއެވެ. އެ ހަނދާންތަކުގެ ތެރެއަށް ފީނި ވަރަކަށް އަލީޝާގެ ބޮލުގައި ރިހުނެވެ.

“އެހެންވިއްޔާ ވަލީދު އެ ހުރިހާ ކަމެއް ކުރީ އީތަން ކުރިމަތީގަތަ؟ ނުވާނެ އެހެނެއް! އެހެން މީހަކު އެތާ ހުރިނަމަ މަގޭ ހަނދާނުން ފިލަންވީ ސަބަބެއް ނެތް.” ފުން ހިޔާލެއްގައި އިން އަލީޝާ، އީތަން ގާތުން އިތުރަށް އޮޅުންފިލުވައިދިނުމަށް އެދެން ބެލިއިރު އީތަން ތެދުވެ ހިނގައިގަތްފިއެވެ. ކިތަންމެ ބޭނުންވި ނަމަވެސް އަލީޝާގެ ހިތް ބުނީ އިތުރަށް ސުވާލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށެވެ. އެއީ އީތަންއަށްވެސް އުފާވެރި ހަނދާނަކަށް ނުވާނެކަން އިނގޭތީއެވެ.

މެންދަމުން އަނބުރައި ބާރަޖެހީއެވެ. މުޅި ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ނިދާފައި އޮތް އަލީޝާއަށް އުނދަގުލެއް ވެގެން ލޯ ހުޅުވައިލެވުނުއިރު ކުރިމަތީ މީހަކު ހުރިތަން ފެނުނެވެ. ފުންމައިގެން ތެދުވަން މަސައްކަތްކުރި ނަމަވެސް އެ މީހަކު ވަރަށް ހުޝިޔާރުކަމާއިއެކު އަނގަމަތީ ނޭފަތާއިއެކު ފޮތިގަނޑެއް އަޅައި ބާރުކޮށްލިއެވެ. ބޯ ހިއްލައިލާފައިވެސް ނޭފަތަށް ދަމައިލެވުނު ވަހުން އެނބުރުން އަރައިގެން އަލުން ބާލިސްމައްޗަށް ވެއްޓުނެވެ. އަތުގައި އޮތް ރުމާ ޖީބަށް ކޮއްޕާލައިފައި އަލީޝާ އަތްދަނޑިމައްޗަށް ލައިގެން ވަލީދު ގެންގޮސް އޭނާ އުޅޭ ކޮޓަރިއަށް ވެއްދިއެވެ.

ނިންޖަން ބުރޫއެރީތީ އައި ފޯނުކޯލަށް ސަމާލުކަން ނުދޭން ކަންފަތްމަތީ ބާލީސް އަޅާފައިވެސް މާ ވަރަށް ރިންގުވާތީ އީތަން ލޯ ހުޅުވައިލިއެވެ. އަތް ދަމާލައިފައި ނައިޓްސްޓޭންޑް މަތީ ދިއްލިފައި އޮތް ފޯނު ނަގައި އެ އޮތް ގޮތަށް އޮވެ ފޯނަށް ޖަވާބުދިނެވެ. ކުރަކި އަޑަކުން ހަލޯ ގޮވައިލިއިރު އަނެއްކޮޅުން ވަލީދުގެ އަޑު އިވުމުން ނިދިކޮޅު ހަވަޔަށް އެރިކަހަލައެވެ. މާ ދިގު ފޯނު ކޯލަކަށް ނުވިއެވެ. އަވަސްއަވަހަށް ތެދުވެ ޓީޝާޓު ވައްޓައިލައިގެން ގެއިން ނުކުތެވެ.

“ކޮންމެ ގޮތެއް ހަދާފަވެސް އަލީޝާ އެހެން ތަނެއްގަ، އެ މީހާއާއި ދުރުގަ ބެހެއްޓުންނަމަ. މި ހުރިހާ ކަމެއްވެސް މި ވީ މަށާއި ހެދި…” އީތަންގެ ހިތް ޝަކުވާކުރަމުންދިޔައެވެ. ހަމަހިމޭން މަގުތަކުގައި ދުވެފައި ގޮސް އީތަން އަލީޝާގެ ގެއަށް ވަނެވެ. ދޮރު ހުރީ ތަޅުނުލައެވެ. ވަލީދުއާއިއެކީ އެއް ގެއެއްގައި އެކަނި އުޅޭއިރު އަމިއްލަ ކޮޓަރި ނޫންތަނެއް އަލީޝާ ތަޅުނުލާނެތާއެވެ.

ގެއަށް ވަދެގެން ދިޔައިރު ހިސާބަކަށް ދޮރު ހުޅުވާފައި ހުރި ގެސްޓް ރޫމް ފެނުނެވެ. އީތަން ގޮސް ދޮރު އިތުރަށް ހުޅުވައިލަމުން ބޯ ދިއްކޮށްލިއެވެ. އެނދުގެ މަގަތުގައި އިށީންދެގެން އިން ވަލީދުއާއި، ހޮޅިތަކެއްހެން ހުރި އެނދުގެ ފަޑިއަށް ދެއަތް އައްސާފައި، ހޭނެތިފައި އޮތް އަލީޝާ ފެނުމުން ރުޅިއައިސް އީތަންގެ މޫނު ރަތްއެރިއެވެ. ދާގޮތަށް ވަލީދުގެ ދަތްޕިލަ ދުއްވައިލަން ހިތަށްއެރި ނަމަވެސް ކެތްތެރިވާން މަޖުބޫރުވީ ވަލީދު އަތުގައި އޮތް ވަޅި އަލީޝާގެ ކަރާއި ގާތްކުރުމުންނެވެ.

“ކޮބާތަ ކަލޭގެ މައްސަލައަކީ؟ މިހާ ބޮޑުވީމަ ކަމެއް ނުކުރާނަމޭ ކިޔާފަ މިހާރު ކޮން ހިތްވަރެއް އަރައިގެން ތި އުޅެނީ؟” ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް އީތަން ވާހަކަދެއްކީީ މަޑުންނެވެ.

“މިއުޅެނީ ކަލޭމެންނަން މަށާ ނުބެހެވޭ ވަރު ކުރަން. ދެވަނަ ފަހަރަށް މަގޭ ބިރުވެރިކަން ހަނދާންކޮށްދޭން.” އެހެންޏާ އަބަދުވެސް ހެވިދިލިފައި އިންނަ ވަލީދުގެ މޫނުމަތީ ވީ ސީރިއަސްކަމެކެވެ. “ވަދޭ ކަބަޑަށް.” ވަލީދުގެ ޖުމުލައިން އީތަންއަށް ދެބުމަ ގާތްކޮށްލެވުނެވެ. “ވަންނާށޭ!” އަލީޝާގެ ކަރުގައި ވަޅި ޖައްސައިލަމުން ވަލީދު ތަކުރާރުކުރިއެވެ. އެންމެ ފަހު ބޭސްގަނޑު އެޅި ދުވަހު ކަބަޑު ތެރޭ އީތަން ހޭނެތުން ހަނދާން ވަލީީދު ހުއްޓެވެ. ފިލާ ކުޅެއް ވަދެގެން ވީ ކަމެއްކަމަށް ޖަމާލުމެންނަށް އޮޅުވައިލެވުނު ނަމަވެސް، އޭރު ޖެހުނު މައްސަލަ އަދިއަދަށްވެސް ދެމިހުންނާނެކަމަށް ވަލީދަށް އެދެވުނެވެ. އޭނާގެ ރޭވުން ބޮޑަށް ކާމިޔާބުވާނީ އޭރަށްތާއެވެ. މަޑު ފިޔަވަޅުމަތީ ގޮސް ބޮޑު އަލަމާރި ތެރެއަށް ވަތް އީތަންއަށް ބަލަން އޭނާ އިނެވެ.

“ޕިސް… މިއަށްވުރެ ކުޑަކުއްޖެއްނަމަ މާ ސަޅިވީސްވިއްޔަ. ބަލާލަ އެހެރަ ރުޅިގަނޑެއް. ބިރުން ތުރުތުރުއަޅާނަމަ ދޯ.” ވަލީީދުގެ ނުބައި ނުލަފާ ހިތަށްއެރިއެވެ. މީހެއްގެ ހިތް ކުނިވާންވީ އެންމެ ބޮޑަކަށް އޭނާގެ ވަނީ ވެފައެވެ.

“ދޮރު ލައްޕާ.” ވަލީދު އަމުރުކުރިއެވެ.

“ތި ވަޅި ނުޖައްސާ…” އަލީޝާގެ ކަރުން ލޭ ތިއްކެއް ފައިބާތަން ފެނިފައި އީތަން އާދޭސްކުރިއެވެ.

“ދޮރު ލައްޕާށޭ!” ވަލީދު ތަންކޮޅެއް ބާރަށް ބުންޏެވެ. އީތަން މަޑުމަޑުން އަތް ގެންގޮސް އަލަމާރީގެ ދެ ދޮރުފަތް ލައްޕައިލިއެވެ. ދެ ދޮރުފަތް ޖެހުމާއިއެކު ވަލީދު ގޮސް ތަޅުލަން ހިފައިލި އަޑު އިވިފައި އީތަން އެތެރެއިން ދޮރު ކޮއްޕައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ވަލީދު މާ ހުށިޔާރެވެ. ތަޅުލާފައި ތަޅުދަނޑި ބިންމައްޗަށް ވައްޓައިލި އަޑު އިވުނެވެ. ލޮލަށް އިނގިލިކޮއްޕައިލިޔަސް ނޭންގޭހާ ކަނު އަނދިރިކަމުގައި އީތަންގެ ނޭވާލުން އަވަސްވާންފެށިއެވެ.

“ހުޅުވާ!” އީތަން ގޮވައިލިއެވެ.

“އޭތް! ކީއްތިކުރަނީ؟ ނޫން!” ބޭރުން އަލީޝާ ތެޅިފޮޅޭ އަޑު އިވެން ފެށުމާއިއެކު އީތަންގެ ހިތް ހުއްޓުނުކަހަލައެވެ. ފައިގައި ހުރި ބާރެއްލާފައި ދޮރުގަނޑު ވައްޓައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ކުރުވެފައިވީ ނޭވާގެ ސަބަބުން ލާން ބޭނުންވީހާ ބާރެއް ނުލެވުނެވެ.

“ހުއްޓާލާ! ހެޔޮނުވާނެ!” ދޮރުގައި ގޮންމުށުން ޖަހަމުން ކުރަކިި އަޑަކުން އީތަން ގޮވައިލިއެވެ.

ހިތުހުރި ގޮތަކަށް ގައިގައި ބީހެމުންދިޔަ ވަލީދުގެ ކިބައިން ސަލާމަތް ވެވޭތޯ އަލީޝާ ތެޅިފޮޅި ސަލާމަތަށް ގޮވަމުންދިޔައެވެ. ގަތްފައި އޮތް ބިރުން ލޮލުން ފާއްދައިލި ކަރުނަތައް މަތައެއް ނުކުރެވުނެވެ. އަނެއްކާ އެ ދުވަސްތައް އިޔާދަވާ ކަހަލައެވެ. ތިމާއަށް ޖެހިފައިވީ ހާލަތުގެ އިތުރުން، ކަބަޑުތެރޭ ހުރި އީތަންއާއި ދޭތެރޭގައިވެސް އަލީޝާއަށް ވިސްނުނެވެ. ވަޅުތެރޭ ތާށިވީއިރު އީތަންއަށް ވީގޮތް އޭނާގެ ހަނދާނަކުން ނުފިލާވިއްޔާއެވެ. އެއްފަހަރު އީތަންގެ ކިބައިން ސަލާމަތަށް އެދިފައި، އަނެއްފަހަރު އީތަން ސަލާމަތްކޮށްދޭން ބޭނުންވިއެވެ. ކަކޫމައްޗަށް ތެދުވަމުން ހަރުވާާޅުގެ ރަބަރުގަނޑާއި ދިމާއަށް ވަލީދު އަތް ގެންދިޔަ ދަނޑިވަޅު ފައި ކުރުކޮށްލާފައި ހުރި ބާރެއްލާފައި އަލީޝާ ވަލީދުގެ ގުނަވަނެއްގައި ޖެހުމުން، ކަރުން ނުކުތް ވޭނީ ހަޅޭކާއިއެކު ވަލީދު ފަހަތައް ޖެހިގަތެވެ. ހަމަޖެހިލާނެ ފުރުސަތެއް ނުދީ އަލީޝާ ދެފައިން ވަލީދުގެ ގައިގައި ތަޅައިގަތެވެ.

ނޭވާ ހާސްވެގެންގޮސްް ދެންމެ ދެންމެ ހޭ ހުސްވެދާނެހެން ހީވާންފެށުމުން އީތަން ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭނާގެ ނަމުން ގޮވައި އަލީޝާ އެހީއަށް އެދުނު އަޑު އިވުމުންް އަނެއްކާވެސް ކަބަޑު ދޮރުފަތުގައި ގޮންމުށުން ޖަހައިލެވުނެވެ. އެ އަނިޔާވެރި ދުވަސްތަކުގެ މަތިން ހަނދާން އާވުމުން ހިތަށް ވަތް ބިރު ވީ އިތުރެވެ. ނަމަވެސް އޭރަކު އަލީޝާ އޭނާއަކަށް ނުގޮވައެވެ. އަލީޝާ އޭނާގެ އެހީއަށް ބޭނުންވެފައިވާކަން ހިތަށްއެރުމުން ގައިގައި ނެތް ބާރެއް އެރިކަހަލައެވެ. ދޮރުފަތުގައި ލެއްގި ބޯ ހިއްލާލާފައި، މަޑުމަޑުން ދެފައި މައްޗަށް ތެދުވިއެވެ. އެވަގުތު ބޭރުން ވަލީދުގެ ހަޅޭކުގެ އަޑު އިވުނެވެ. ގައިގައި ހުރި ބާރެއްލާފައި އީތަން ދޮރުފަތުގައި ޖެހިގަތެވެ. ބާރުއަޑުފައްގަނޑާއިއެކު ދޮރުފަތް ބޭރަށް ލުހުނެވެ. ކަބަަޑުން ބޭރަށް އަރިއަޅައިލި އީތަން ދެފައި މައްޗަށް ހަމަޖެހިލަން މަސައްކަތްކުރަމުން އެނދާއި ދިމާއަށް ބަލައިލިއެވެ. ސާފުކޮށް ލޮލަށް ފެންނަން އިރުކޮޅެއް ނެގިއެވެ. އަލީޝާގެ ފައިން ނޭފަތްމައްޗަށް ދިން ހަމަލާއިން އެނބުރުން އަރާފައި އިން ވަލީދު ފެނުނެވެ. އަލީޝާގެ އައްސާފައިވީ ދެ އަތް ތަޅުވައި ވާންކުރުމުގެ ސަބަބުން އެއް އަތް މޮހުނެވެ. ބަލިކަށިވެފައި އިން ވަލީދުގެ މޫނަށް ގޮންމުށުން އީތަން އަރުވައިލި އެތިފަހަރުން އޭނާ ހޭނެތިގެން ވެއްޓުނެވެ. އަލީޝާއާއި ދިމާއަށް އީތަން ބަލައިލިއިރު ސަލާމަތްވި އަތުން އަލީޝާ ދެވަނަ އަތްވެސް މޮހައިފިއެވެ. އީތަން އަލީޝާގެ ގެނަސް އޭނާގެ މެއާއިލައި ބޮނޑިކޮށްލިއެވެ. ފަހަތުން ބުރަކަށީގައި އަތް ވަށައިލި އަލީޝާއަށް އީތަންގެ ކަނދުރާ އޭނާގެ ކޮނޑުމައްޗަށް އެލުނުކަން އިހުސާސްވިއެވެ.

ލޯ ހުޅުވައިލެވުނުއިރު އީތަން އޮތީ އެނދުމަތީ ބާއްވާފައެވެ. ވަށައިގެން ބަލައިލިއިރު އަލީޝާ، ހޭނެތިފައި އޮތް ވަލީދުގެ ހަތަރެސްފައި ބަނުމުގެ ބުރަ މަސައްކަތުގައި އުޅުންތަން ފެނުނެވެ. އަލީޝާ ހުރީ ދުވަހަކުވެސް ނާންނަ ވަރަށް ރުޅި އައިސްފައެވެ. ހީވަނީ ދެންމެ ދެންމެ އަރައި ވަލީދުގެ ދެލޯ ބޯލަފާނެެހެންނެވެ. އީތަން ކޮޅަށް ތެދުވިއެވެ. އަލީޝާގެ މަސައްކަތުގައި ބައިވެރިވުމަށްފަހު އޭނާ ވަލީދު ދަމާފައި ކަބަޑާއި ދިމާއަށް ގެންދާތަން ބަލަން އަލީޝާ ހުއްޓެވެ. އީތަން އޭނާ ގެންގޮސް ކަބަޑުގައި ހުރަހަށް ބާއްވާފައި ދޮރު ލެއްޕުމުން، ތަޅުު ހަލާކުވެފައިވާ ދޮރުފަތުގައި އަލީޝާ ވަތްގަނޑުލީ ކުޑަ ކަބަޑެއް ގެންގޮސް ޖެއްސިއެވެ. ދެއަތް ފޮޅާލައިފައި އަލީޝާ ގޮސް އެނދުމަތީ ހަމަޖެހިލިއެވެ. ދިއްލާފައި ހުރި ނިދާބޮކި ނިވާލާފައި ހުދު ބޮކި ދިއްލި އީތަންވެސް ގޮސް އަލީޝާ ގާތު އިށީނެވެ. ދެކުދިންވެސް ތިބީ ވަލީދު ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ.

މާ ގިނައިރެއް ނުވެ ވަލީދު ހޭލައިގެން ސަލާމަތަށް އެދި ރޮއެ ހޭރެންފެށިއެވެ. ހަތަރެސްފައި ބަނދެފައި އޮތުމުން ގުޑި ނުލެވޭތީ މި އޮވެވެނީ ސައްދޯކެއްގައި ނޫންކަމެއްވެސް ނޭންގި ވަލީދު އިންތިހާއަށް ބިރުގަތެވެ. އޭނާގެ ކެކުޅުން އަޑުއަހަން ތިބި އަލީޝާއާއި އީތަންގެ މޫނުގައިވީ ހިތްހަމަޖެހުމެވެ. ބަދަލުހިފުނުކަމުގެ ފޮނިކަމެވެ. މި ކުރެވެނީ ރަނގަޅުކަމެއް ނޫންކަން އިނގޭ ހާލުވެސް ލިބުނީ ހިތްހަމަ ޖެހުމެކެވެ. އެވަރުގެ ސަޒާއެއް އެ މީހާއަށް ދިނުމުގެ ހައްގު އޮންނާނެކަމަށް އެ ކުދިންނަށް ގަބޫލުކުރެވުނީތީއެވެ. ހަޅެއްލަވައިލަވައި ވަރުބަލިވުމުން ވަލީދު ހުއްޓައިލިއެވެ. މަރުވީކަމަށް ހިތައި އަލީޝާއަށް ކަންބޮޑުވެވުނެވެ. ނަމަވެސް އީތަން އިނީ އަވަސް ވަގުތެއްގައި ދޮރު ހުޅުވުމުގެ ހިޔާލަކު ނޫނެވެ.

“ދޭ ޕޮލިހަށް ގުޅަން.” އީތަން އެންމެ ފަހުން ބުންޏެވެ. އަލީޝާ އެއްބަސްވެފައި ޕޮލިހަށް ގުޅިއެވެ. ފުލުހުން އައިސް ވަލީދާއިއެކީ އީތަންމެންވެސް ސްޓޭޝަނަށް ގެންދިޔައީ ވީނުވީ އޮޅުންފިލުވުމަށެވެ. ގަތްފައި ހުރި ބިރުން ވަލީދަށް ކުރެވުނުހާވެސް ކަމަކީ އަމިއްލަ ކުށަށް އިއުތިރާފުވުމެވެ. އަލުން އެފަދަ ހާލެއް ޖެހުމަށްވުރެ ޖަލުގެ ތޭރިތަކުގެ ފަހަތުގައި އިނުން މާ ފަސޭހަަކަމަށް ވިސްނުނީތީއެވެ. ދެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައިރު އަލީޝާއާއި އީތަން ބަލަހައްޓައިގެން ތިބިތަން ފެނިފައި ވަލީދުގެ ގައިން ހީބިހި ނަގައިގަތެވެ. އެކުދިން ފެނުނަސް، އަލުން އެ ކަބަޑުތެރޭ ތާށިވިހެން ހީވާ ބިރުވެރި އިހުސާސެއް ކުރެވުނީއެވެ. އެ ދެކުދިންނަށް ދެވަނަ ފަހަރަށް ވަލީދު ފެނި ވީ ފަދައިންނެވެ.

“ތެންކްޔޫ އިނގޭ… އެގަޑީ އައިމަ.” ގެއަށްދިޔަ މަގުމަތީ އަލީޝާ ބުންޏެވެ.

“ވަކި ކަލޭވީމައެއް ނޫނޭ. އެހެން މީހަކު ނަމަވެސް ދިޔައީސް.” އީތަން ބުންޏެވެ. ނަމަވެސް އަލީޝާގެ ޝުކުރުވެރިކަމަކަށް ބަދަލެއްނައެވެ. އީތަންގެ ހާލަތާއިމެދު އޭނާއަށް ވިސްނައިލެވުނެވެ. އީތަންއަށް އެކަންތައް ޖެހުނީ އެެންމެ ފުރަތަމަ އޭނާގެ ގެއިންކަން އިނގުމުން، އޭރު އޭނާއަށް އީތަން ސަލާމަތްކުރުމުގެ ބާރު ލިބުންނަމައޭ ހިތަށްއެރިއެވެ. އޭރުވެސް މިފަދައިން ވަލީދުގެ ކިބައިން ސަލާމަތްވެވުންނަމައޭ ހިތަށްއެރިއެވެ.

“އަހަރުން އަމިއްލަ ގެއެއް ހޯދާއިރު ވީހާވެސް ބޮޑު ގެއެއް ދޯ ހޯދަންވާނީ.” އަލީޝާާ ކުއްލިއަކަށް ހިތަށްއެރި އެއްޗެއް ބުނެލިއެވެ.

“ތި ބުނީ އަހަރުން އެއް ގެއެއްގަ އޭ ތަ އުޅޭނީ؟” އީތަން ވަރަށް ހައިރާންވެފައި ކުއްލިއަކަށް ބަލާލައިފައި އެއްސެވެ.

“ނޫން! ދެ މީހުން ވަކިންް!” އަލީޝާ ކުޑަކޮށް ރަކިވެފައި ހަޅޭއްލަވައިގަތެވެ. “ހާދަ އަވަހަކަށް އެއް ގެއަކަށް ދާން ތި އުޅެނީ؟”

“ދެން އެހެންވިއްޔާ ފަހުން އެއް ގެއަކަށް ދެވޭނެއޭތަ ތި ބުނަނީ؟” އީތަން އަނެއްކާވެސް ޖެއްސުމަށް ބުންޏެވެ. އަލީޝާ ކަޅި އަނބުރައިލިއެވެ.

“ހަަމަ ނޭންގެއެންނު…” ތަންކޮޅެއް މަޑުމަޑުން ބުނެލާފައި ހިނގުން ބާރުކޮށް އަލީޝާ އޭނާގެ ގޭ މަގަށް އަޅައިލިއެވެ. އީތަން ދާން އޮތީ އަނެއް މަގުުންކަމުން އޭނާ ހުއްޓުނެވެ. ނަމަވެސް އަލީޝާގެ އެ ޖުމުލައަށް އަޅައިނުލައެއް ނުހުރެވުނެވެ.

“ކީކޭ؟” އަލީޝާ އަލުން ނުބުނާނެކަން އިނގޭއިރުވެސް އީތަން އަހައިލިއެވެ. ތުންފަތަށް ވެރިވެފައިވީ ހިނިތުންވުން ފޮރުވަމުން އަލީޝާ ހުރިގޮތަށް ދިޔައެވެ. އޭނާގެ އިހުސާސްތައް ފާޅުކުރިއަސް ރަނގަޅުވާާނެކަމަށް ހިތް ބުނީ ފުރަތަމަ ފަހަރަށެވެ.

“އެކަމަކު އޭގެ ކުރިން ޖެހޭނެ މީނަ ރަނގަޅަށް ތަޅުުވާލަން.” އަލީޝާގެ ހިނިތުންވުން އިތުރަށް ފުޅާވެފައި ހިތަށްއެރިއެވެ. ކަށީގައި ހިފާފައިހުރި ޖެއްސުންކުރުމުގެ އާދަ އަދިވެސް ނުފިލައެވެ.

“މަށަށް އިނގޭ ކަލޭ މަގޭ ދެކެ ލައިކުވާކަން!” ފަހަތުން އީތަން ގޮވައިލިއެވެ. އަރައިގަތް ލޯބިން ގޮސް އީތަން މޮޑެލަން ބޭނުންވެފައި ހުރި ނަމަވެސް ކެތްކޮށްފައި، ފަސްއެނބުރި ބަލައި ނުލެވޭތޯ ބުރަ މަސައްކަތް ކުރަމުން އަލީޝާ ހުރި ގޮތަށް ދިޔައެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ނޭނގި ޔާރު ވަކިވީހޭ….2

Next

ބީރަށްޓެހި ލޯބި 7

Next
March 23, 2019

ބީރަށްޓެހި ލޯބި 7

Previews
March 23, 2019

ނޭނގި ޔާރު ވަކިވީހޭ….2

19 Comments!

  1. Ibsha says:
    March 23, 2019 at 6:12 am

    Varah reethi ❤

    1. Jinni says:
      March 23, 2019 at 11:20 am

      Thnx

  2. @Ikleel says:
    March 23, 2019 at 10:16 am

    Nice…

    1. Jinni says:
      March 23, 2019 at 11:21 am

      Thnx

  3. hamtii says:
    March 23, 2019 at 10:48 am

    wooow.. aleesha and eethan.. salhi vaane.. when next? waiting

    1. Jinni says:
      March 23, 2019 at 11:21 am

      Next part iraadhakureviyya mianna week ga

  4. Crystal says:
    March 23, 2019 at 11:26 am

    BeSt sToRy EvEr

    1. Jinni says:
      March 23, 2019 at 2:38 pm

      thAnK u CRysTal

    2. Crystal says:
      March 23, 2019 at 3:27 pm

      Awahah up kohdhyba

    3. Jinni says:
      March 23, 2019 at 4:13 pm

      Veehaaves avaheh kohdheynan

  5. Cute Lips says:
    March 23, 2019 at 12:31 pm

    alhey haadha loabi couple ekey… gos gayah araa boaa haaavaalaa alyshaa.. v majaa vaane … nikan fahi rulhi gandeh araane boa hadi kohfihyaa…haha

    1. Jinni says:
      March 23, 2019 at 2:42 pm

      Alysha kithammehaaves beynunvey thihen hadhan ekamu keh koh gen e hunnany Ethan thalhuvan vegen?

  6. Twinkle? says:
    March 23, 2019 at 9:45 pm

    Alhe laa!!! Mioh ulhey lwbi couple eh??????hama huwaa mivaru salhi stry eh adhi nukiyan masha allah?????????dhn eethan thalhuvan nahadhaa avahah alysha bunebala like vaa vaahaka… curiously waiting for the nxt part❤❤❤

    1. Jinni says:
      March 24, 2019 at 1:30 pm

      Thank u twinkle

  7. Nattu says:
    March 24, 2019 at 7:33 pm

    heyy mihaaru habareh vx nuveyy alheyy stry hama dhuvaheh dhuvahakah dhanyy rerthi vamun this is tge bestest stry ever best of luck jinni gandoo lysm ??

    1. Jinni says:
      March 25, 2019 at 5:35 pm

      Busy kamunney dhelofulhaa. Thanks nattu luv u more

  8. Crystal says:
    March 31, 2019 at 9:15 pm

    Kobaa tha next part

  9. Ibsha says:
    April 4, 2019 at 12:55 am

    23kba

  10. The reader says:
    April 4, 2019 at 4:13 pm

    Koba tha next part….? Mihaaru varahh gina dhuvas vehje inthizaaru kuraathaa

Comments are closed.

Next Episodeއެނގުމެއްމެތި…23 – ފަހު ބައި←


All Right Reserved!