އެދުވަސްކޮޅު އަހަރެން ވަރަށް ދެރަ ވީމެވެ. ނަމަވެސް ބޭނުންވަނީ އިންތިޒާރުގައި ހުންނާށެވެ. ހައިކަލް ދިޔައީ އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ. ނާޒްވެސް ބައެއްފަހަ ސުވާލު ކުރެއެވެ. ނަމަވެސް އަހަރެން ދެނީ އެެއްް ޖަވާބެވެ. އަހަރެން ބުނަނީ ”ދޮންތަ ބަލިވެ އުޅޭތީ އޭ” މިހެންނެވެ. އެކަން ދަނެެގެން ނާޒްވެސް އިތުރަށް އަހަަންނާ ސުވާލެއް ނުކުރެެއެވެ. އަހަރެންނަށް ކެތް ކުރެވުނީ ތިން ހަފްތާ ވަރެވެ. އަހަންނަށް އަހަރެންގެ ސިއްހީ ހަލާތު މާ ބޮޑަށް ގޯސް ވާން ފެށިއެވެ. […]
އައްސަލާމް އަލައިކުމް.. އިންތިޒާރުގައި ހުންނާނަމޭ ލޯބިން މިވާހަކަ ވާނީީ މެދު ކަނޑާލެޗިފައެވެ.އެކަމަށްޓަކައި ހުރިހާ ކިޔުން ތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑަކީ ގުރޭޑު ދިހައެއްގައި ތައުލީމް ހާސިލް ކުރަމުން ދާ ދަރިވަރެކެވެ. އެހެން ކަމުން އެ ބުރަ އަޅުގަނޑަށް މިއަދު ވަނީ އުފުލަން ޖެހިފައެވެ. ދީނީ ކަންތަކަށާ އި ކިޔެވުމަށް ސަމާލުކަން ދީފައި އިތުރު ވަގުތެއް ނޯވެއެވެ. މި ވާހަކަ އަޅުގަނޑުގެ އޯ ލެވެލް ޓެސްޓު ނިމުމަށް ފަހު […]
“އިނގޭބަތަ ތި ކިޔޭ އެއްޗެއް” އަހަރެންގާތައް އިތުރައް އައީ ރުޅިއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކައް އަހަންނަށް ހައިކަލް ދަސްވަމުންދިޔައެވެ. ޝީޒާ ކީ އެއްވެސް ކަމަކާ އޭނާ އުޅޭ ގޮތެއް ނުގުޅެއެވެ. އަހަންނަށް ފެންނަނީ ނަމާދު ކުރާތަނެވެ.އަދި ގުރުއާން ކިޔަވާތަނެވެ. ފޮތް ކިޔާތަނެވެ. އެހެން މަގު މައްޗައް ގިނަވެގެން އުޅޭތަނެއް ނުފެނެއެވެ.ޝީޒާ ހައިކަލް ދެކެ ލޯބި ވަނީ ހެއްޔެވެ؟ ނޫނެކެވެ.އެހެންނެއް ނުވާނެވެ. ހައިކަލް ކާމިޔާބު ނުކުރެވިއްޖެ ނަމަ އަހަރެންގެ ނަމަކައް އާމިނަތު ނީޒާ އެއް ނުކިޔާނެވެ. ނަމަވެސް އަހަރެންގެ […]
[މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އެހެން ކަމުން މިސްޓޭކް ގިނަ ވެދާނެ………..] އަހަރެންގެ ދިރިއުޅުމަކީ ހިތާމަ ވެރި ދިރިއުޅުމެކެވެ. ހިތާމައަކައް ފަހު އުފަލެއް ލިބެމުން ދާތީ އަހަރެން ވަރަށް ފޫހިވެޔެވެ. 12 ކިޔަވަން މަންމަ އަހަރެން ފޮނުވީ ފޭދޫއަށެވެ.އަހަރެން އެކަމައް ދެކޮޅު ހަދާކައް ބޭނުމެއް ނުވިއެވެ.އާއެކެވެ. މިހާރު އަހަރެން މިދަނީ 12ކިޔަވަމުންނެވެ.ދުވަހަކީ ފުރަތަމަ ދުވަސް ކަމުން އަހަރެން ކުލާހުގައި އުޅުނީ ވަރަށް މަޑު މަޑުންނެވެ.ނަމަވެސް މަޑުމަޑުން އެތަނައް ހޭނެން ފެށިއެވެ.ކުދިންނާ ވާހަކަ ދައްކައި މަޖާކުރަން ފެށީމެވެ.ހަމަ އެހެންމެ […]