Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލަޔާ ނުލާ 11

Ashly Level 210 Stories100 Comments100 Login
April 7, 2019 5 Mins Read
46 Comments

އަޔާން ޒޯޔާއަށް ފޮނުވާފައި އިން މެސެޖް ޒޯޔާއަށް ކިޔުނީ ކިތަށް ފަހަރު ކަމެއްވެސް ޒޯޔާއަށް ނޭގެއެވެ. އެ މެސެޖް ގައި ލިޔެފައި އޮތް ބަސްކޮޅު ބަދަލު ވުމަށް އެދެވުނީ އެތަށް ފަހަރަކުއެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއް ކަން ޒޯޔާއަށް އަށްވެސް އެނގެއެވެ. އެކަން ޒޯޔާގެ ބަސްނާހާ ހިތަށް ވިސްނައި ދޭނީ ކިހިނަކުން ހެއްޔެވެ؟  ދެލޮލުން ހުސްވުމެއް ނެތި އަންނަމުން ދިޔަ ކަރުނަތަށް ޒޯޔާގެ އަތްތިލައިގެ ނުފުށުން ފޮހެލުމަށް ފަހު ތުރުތުރު އަޅަމުން ދިޔަ އަތުން  ފޯނުނަގައި އަޔާންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

ބާރު ސްޕީޑްގައި ލޯންޗު ދުއްވަމުންދިޔައެވެ.  އަޔާން އޭނާގެ ފޯނުން ޒޯޔާއަށް ފޮނުވި މެސެޖަށް އަށް ބަލާލިއެވެ. އަޔާންގެ ހިތް ގޮވާ އާދޭސް ކުރަމުން ދިޔައީ ޒޯޔާއަށް އެހެން ނުހެދުމަށްށެވެ. ނަމަވެސް އަޔާން ކަންތައް ކުރަމުން ދިޔައީ އަޔާންގެ ސިކުނޑިން ވިސްނައި ދެމުން ދިޔަ ގޮތަށްށެވެ. ފޯނުގައި އިން ސިމް ނެގުމަށްފަހު އެސިމް ކަނޑުގެ ލޮނުގަނޑު ތެރެއަށް ދޫކޮށްލިއެވެ. ” އަޔާ… ކީއްތިކުރީ … ” ފަޔާޒް އަށް އަހަލި ލެވުނެވެ. ދެވަނަ ސިކުންތުގައި އިންތިހާ ދަރަޖައަށް ދެރަވެސް ވިއެވެ. ރީނާގެ ނަންބަރު ދިން ދުވަހު އޭނާ އެ ނަންބަރު ސޭވް ކުރެވުނީ އަޔާންގެ ސިމް އަށްށެވެ. އެދުވަހު ފަޔާޒްގެ ފޯންގެ ޗާރޖު ހުސްވެފައި އޮތުމުން އޭނާ ގެންގުޅުނީ އަޔާންގެ ފޯންނެވެ. އަދި މިއުޅެނީ އޭނާގެ ނަންބަރުން ރީނާއަށް ގުޅައިވެސް ނުލެވި ގެންނެވެ. “…. އެއީ…. އެނަންބަރ އަށް މީހުން އުދަނގޫ ކުރަން ގުޅާތީ ….” އަޔާން އޭނާގެ މޫނުމަތިން އޭނާގެ ހިތުގައި ހިނގަމުންދާ އިހުސާސްތައް ފޮރުވަމުން ބުނެލިއެވެ. ފަޔާޒް ކިތަންމެ ދެރަވި ނަމަވެސް އަޔާން އާއި ދިމާލަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.  ﷲ އަށް ދުޢާ ކޮށްލެވުނީ ތަގުދީރުގައި ކޮންމެވެސް ހާލެއްގައި ރީނާއާއި ބައްދަލު ކޮށްދިނުމަށްށެވެ.

ޒޯޔާ އެތަށް ފަހަރަކު އަޔާންގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ލިބެނީ އެއް ޖަވާބެކެވެ. އަޔާންގެ ފޯން އޮތީ ނިއްވާލާފައެވެ ބުނާ ކޮންމެ ފަހަރަކު ޒޯޔާގެ ލޮލުގައި ކަރުނަތަށް ގިނަވެ، އެ ކަރުނަތަށް ލޮލުން ފޭދިގެން ފައިބަން ފަށައެވެ. ވިހިފަހަރަށް ވުރެ ގިނަފަހަރު ގުޅުމަށް ފަހު އިތުރަށް ގުޅަނެ ހިތްވަރު ނެތުމުން ޒޯޔާ ފޯން އުނދުމައްޗަށް އެއްލައިލިއެވެ. އަދި އެނދުކައިރި އަށް ތިރިވެ، އެނދުގައި ބޯއަޅައިގެން އޮވެ ރޮއެެ ގަނެވުނެވެ. ” އަޔާން އަހަރެން ނަށް ތިހެން ތިހަދަނީ ކީއްވެ …. އަހަރެންގެ ކުށަކީ ކޮބާ… އަޔާން އެއް ނޫންތަ އަހަރެން ގާތު ބުނީ އަހަރެން ދެކެ ލޯބި ވެއޭ … މިހާރު ކީއްވެ … ކީއްވެ … ” ޒޯޔާ ރޮމުން އަމިއްލަ ނަފުސާ ޝަކުވާ ކުރުރަމުން ދިޔައެވެ.

އިރުއޮށްސި އަނދިރި ވެއްޖެވެ. ރީނާއަށް ހޭލެވުނީ ބަންގީގެ އަޑަށްށެވެ. ދެލޯ އުނގުޅާލުމަށް ފަހު ގަނޑިއަށް ބަލައިލެވުނެވެ. އެގެވީ އިޝާ ނަމާދަށް ކަން އެނގުމުން ރީނާ އަށް އެހާ ލަސްވަންދަން ނިދުނީ ކަން އެނގުނެވެ. ހެނދުއްސުރެ އެއްޗެއް ނުކައި ހުރެވުނުކަން ވެސް އެގުނީ ބަނޑުހައިވެފައި ހުރުމުންނެވެ. ސިޓިން ރޫމްގެ ބޮކި ދިއްލައި ލުމަށްފަހު ގޮސް ކޮޓަރި އަށް ވަންއިރު އެނދު ކައިރީ އެނދުމަތީ ބޯއަޅައި ލައިގެން އިން ޒޯޔާ ފެނުމުން ރީނަ ގޮސް ޒޯޔާއަށް ގޮވައިލިއެވެ. ޒޯޔާ ގާތު އިޝާ ނަމަދަށް ގޮވައިފިކަމަށް ބުނެ ރީނާ ތުވާއްޔެއް ހިފައިގެން ގޮސް ފާހާނައަށް ވަނެވެ. ޒޯޔާ ދުވެފައި ގޮސް ފޯނުނެގިއެވެ. އަޔާންގެ މިސްކޯލެއް ނަމަވެސް އޮތްތޯ ބަލަންށެވެ. ނަމަވެސް އެއްވެސް މިސްކޯލެއް ނޫނީ މެސެޖެއްވެސް އައިސް ފަކާ ތެވެ.

ރީނާ ފާހާނައިން ނިކުތުމުން ޒޯޔާ ގޮސް ފާހާނައަށް ވަނެވެ. ރީނާއަށް ޒޯޔާގެ ދުޅަވެފައިވާ މޫނު ނުދައްކައި ވޭތޯ ޒޯޔާ މަސައްކަތް ކުރިއެވެ. އެމޫނު ރީނާއަށް ފެނުންނަމަ ރީނާ ވަގުތުން އެކަން ނަގައި ގަންނާނެއެވެ. ރީނާއާއި ޒޯޔާ ނަމާދު ކޮށްލައިގެން ކާން ދިޔައެވެ. ކާންތިބިއިރު އެތަނުގައި ވަނީ އިންތިހާ ދަރަޖައިގެ ފަޅުކަމެވެ. އިރު ކޮޅަކުން ރީނާގެ ފޯން ރިންގުވާން ފެށިއެވެ. “މަންމަ…” ރީނާ ފޯންނަގަމުން ޒޯޔާ ގާތު ބުނެލިއެވެ.  ޒޯޔާ ހިނިތުން ވެލިއެވެ. ” ހަލޯ … މަންމަ މާދަން ހެނދުނު ފުރާ ލޯންޖުން ރަށަން ދާން … މި އުނޅެނީ … ދަރިފުޅުމެން ކައިފިން ތަ…” ފާޒިޔާ ބުނެލިއެވެ. ” ލައްބަ މަންމާ … ކާން މިތިބީ …” ރީނާ ޖަވާބު ދިނެވެ.

ޒޯޔާއާއި ރީނާ އަތްމަތި އަވަސް ކޮށްލާފައި އުޅުނީ ފާޒިޔާ ބަލައި ބަނދަރަށް ދިޔުމުގެ ކުރިން ނިމޭތޯ އެވެ. ” ރީ އަވަހަށް ނިކުމޭ އެއޮތް ދިހަ މިނެޓަށް ވީ …” ރިނާ ބޭރުގައި ހުރެ ގޮވައިލިއެވެ. ” ހިނގާ ދާން …” ލާފައި ހުރިި ޓީޝާޓުގެ  އަތްކުރި ރީތި ކޮލަމުން ރީނާ ގެއިން ނިކުންނަމުން ބުނެލިއެވެ. އެދެމީހުން  ބަނދަރަށް ދިޔައިރު ލޯންޗު ބަނދަރުން ވަންނަނީ އެވެ. ފާޒިޔާ ލޯންޗު ޖެޓީއާއި ކައިރި ކުރުމުން ފޭބިއެވެ. ބަރޯ ހިފައިގެން ޒޯޔާ ލޯންޗާއި ގާތް ވުމުން ފަޅުވެރި އަކު ފާޒިޔާގެ ސާމާނު ބަރޯ އަށް އެރުވައި ދިނެއެވެ. ފާޒިޔާ ފެނުމުން ރީނާ އާއި ޒޯޔާ ފާޒިޔާ ގައިގައި ބައްދައިލިއެވެ. އެ ދެކުދިންގެ ލޮލުން ކަރުނަ އައީ އެކުދިންގެ އިހުތިޔާރަކާ ނުލައެވެ. ” އަހަ … މަންމަ މަތިން ތިވަރަށް މިސް ވިތަ ” ފާޒިޔާ ދެއަތުން ޒޯޔާއާއި ރީނާގެ ލޮލުން އައިސްފައިވާ ކަރުނަތަށް ފޮހެލަމުން ކޮންމެ ކުއްޖެއްގެ ނިންކުރީ ގައި ބޮސްދިނެވެ. އެއީ އޭނާގެ ދެލޮލުގެ ދެނޫރެވެ. އެކުދިންގެ ލޮލުން އަންނަ ކޮންމެ ކަރުނައަކުން އަސަރުކުރާނީ އޭނާގެ ހިތަށް ށެވެ.

ޓީވީއިން އަންނަމުން ދިޔަ ޑުރާމާއެއް ބަލަން ތިންމައިން ތިބީ ސޯފާގައެވެ. ” އެ ކުދިން ދިޔައީތަ … ރަނގަޅައް ކާންދިނިންތަ … ” ފާޒިޔާ ފެށީ އަޔާން އާއި ފަޔާޒް ގެ ވާހަކަ އެވެ. ރީނާއާއި ޒޯޔާގެ މޫޑް މުޅިން ހަރާބު ވިއެވެ. އެވަގުތު ފާޒިޔާ ޓީވީ ބަލަން އިނިމުން އެކަމެއް އޭނާއަކަށް ނަގައެއް ނުގަނެވުނެވެ. ” ލައްބަ މަންމާ .. ރީނާ ވަރަށް ކުރު ޖަވާބެއް ދިނެވެ. ” މަންމަ ނިދި އައިއްސި މިދަނީ ނިދަން …” ފާޒިޔާ އެހެން ބުނެ ކޮޓަރިއަށް ދާން ހިގައިގަތުމުން ރީނާއާއި ޒޯޔާ އެއްފަހަރާ އިންތަނުން ތެދުވެ ފާޒިޔާ ފަހަތުން ހިނގައި ގަތެވެ. ” އަޅުގަނޑު ނިދާނީ މަންމަ ކައިރީ ….” ރީނާއާއި ޒޯޔާ އެއްފަހަރާ ބުނެލިއެވެ.  ފާޒިޔާ ކައިރިއަށް ހިނިއައެވެ. އެއީ އެކުދިން އަބަދުވެސް ކަމަކާ މާ ބޮޑަށް ފިކުރު ކުރާނަމަ ކަންތަށް ކުރާ ގޮތެވެ. ފާޒިޔާ ހީކުރީ އެކުދިން އެކަނި އުޅުމުން މާ ބޮޑަށް މަންމަ މަތިން ހަދާން ވީކަމައްށެވެ.

ރީނާއާއި ޒޯޔާ އެނދުގެ ދެފަރާތުގައި ބާލީހެއް މަތީ ބޯއަޅައިލައިގެން އޮތްއިރު ފަޒިޔާ އެދެކުދިން މެދުގައި އެނދުގެ ފަޑީގައި ލެގިލައިގެން އެ ދެކުދިންގެ ބޮލުގައި ފިރުމަމަމުން އެރަށަށް ގޮސް ހިނގި އެތަށް މަޖާ ކަމެއްގެ ވާހަކަ ކިޔައި ދެމުން ދިޔައެވެ. އިރު ކޮޅަކުން ބަލައި ލިއިރު ދެކުދިންވެސް ތިބީ ނިދާފައެވެ. ފާޒިޔާ ޒޯޔާގެ މޫނުމައްޗައް ވެއްޓިފައި ހުރި އިސްތަށިތަށް އެއްފަރާތް ކޮށްލިއެވެ. އެ މޫނުމަތިން ހިތްދަތިކަން ފަޒިޔާއަށް ފެނިގެން ދިޔައެވެ.

” ޒުލޭޙާ … ބަލާބަލަ ޒުލްގެ ދަރިފުޅު މިހާރު … މިއީ އެ ކުޑަ ކުޑަ ޒޯ އެއް ނޫން … އަހަރުމެން ބުނަމެއްނު  އަބަދުވެސް އަހަރުމެންގެ މި ދެ ދަރިފުޅު ކައިވެނި ކޮށްގެން އެ މީހަކާ އިންނަ ދުވަކީ އަހަރުމެން އެންމެ ދެކެން ބޭނުންވާ ދުވަހޭ … އެދުވަހުން މި ޕަރީން ފަދަ ދެކުދިން މި ދުނިޔޭގަވެސް ތިބި އެންމެ ރީތި ކުދިންނޭ ބުނާ ވަރަށް ރީތި ކުރާނީ އަހަރުމެން ދެ އަތުންނޭ…. އެކަމަކު ޒުލް … މިއަދު ޒުލް މި ދަރިފުޅު އަހަރެންނާ ހަވާލް ކޮށްފަ ތި ދިޔައީ … ބަލާބަލަ … ޒޯ ހީވަނީ ހަމަ ޒުލް ހެން … އަހަރެން ބިރުގަނޭ … ޒުލްގެ މި އަމާނާތަށް އަހަރެންގެ ސަބަބުން ހާނިކައެއް ވެދާނެތީ… އަހަރެންނަށް އިނގޭ އަހަރެން ކައިރީ ނުބުންޏަސް ޒޯ ޒުލްގެ މަތިން ހަނދާން ވާނެ ކަން …” ފާޒިޔާ ދެލޮލުން އައިސް ފައިވާ ކަރުނަތަށް ފޮހެލިއެވެ. އަދި  ޒޯޔާގެ ނިތަށް ބޮސް ދިނުމަށް ފަހު އެމޫނުގައި ފިރުމައި ލިއެވެ. ޒޯޔާއަކީ  އޭނާގެ ކުއްޖަކަށް ނުވިނަަމަވެސް ޒޯޔާދެކެ އޭނާ ވަނީ މަޔަކު ދަރިއަކު ދެކެ ވާ ލޯތްބެވެ. ފާޒިޔާ  ޒޯޔާއާއި ރީނާ ގައިމަތިން ރަޖާ ގަނޑު އަޅައި ދިނުމަށް ފަހު ސިޓިން ރޫމަށް ނިކުމެ ސޯފާގައި އޮށޯތެވެ.

************************************************************************

ދުވަސްތަށް މާޒީ ވަމުންދާ ވަރަކަށް ކޮންމެ މީހެއްގެ ހަޔާތުގެ ސޮފުހާތަކުގައި އާކަންތައްތަކެއް ލިޔެވެމުން ދިޔައެވެ. ރިނާގެ ހަޔާތުގެ ސޮފުހާތަކުގައި ފަޔާޒްގެ ނަން ނުލިޔެވި ދާނެ އެންމެ ދުވަހެއްވެސް ނުދާނެވެ. އަދި އެހެންމެ ޒޯޔާގެ ހިޔާލުތަކުގެ ކަނޑުގައި އަޔާން އާއި އެކު ހޭދަކުރެވުނު ވަގުތުތަށް  ވާޔާވިހިރެމުން  އޭނަގެ މާޒީގެ ސޮފުހާތަކުގައި ފެވެމުން ދިޔައެވެ. ކިތަންމެ ނުވިސްނަށް ހިތްވަރު ކުރިއަސް އެކަން ކުރުން ވަނީ ޒޯޔައަށް ނާދިރު ކަމަކަށްށެވެ.

ޒޯޔާ އާއި ރީނާ  އޮފީހުގައި ވަރަށް ބުރަކޮށް މަސައްކައް ކޮށްފައި ގެއަށް އައި ގޮތަށް ސޯފާއަށް ހަށިގަނޑު ދަމައި ލެވުނެވެ. ޒޯޔާ މި ފަހަކަށް އައިސް ކުޑަ ކަމެއް ކޮށްލިއަސް ވަރުބަލި ވަނީ މާ އަވަހައްށެވެ. ރީނާ ގަތު ޒޯޔާ އެވާހަކަ ބުނުމުން ރީނާ ބުނީ ޒޯޔާ ރަނގަޅައް ނުކާތީ އެހެން ވަނީ ކަމައްވެނައެވެ. ޒޯޔާ އެހެންވެ އެކަމާ އަޅައެއް ނުލައެވެ.

ރީނާ އެއްޗެއްބުނަށް އަނގަ ހުޅުވައިލިތަނާ ޒޯޔާ އަނގަމަތީ އަތް އަޅައިގެން ދުވެފައި ގޮސް ފާހާނައަށް ވަނެވެ. ފާހާނަ ތަށި ކައިރިއަށް ތިރި ވެވުމާއި އެކު ހެޑުލެވެން ފެށިއެވެ. ރީނާ ޒޯޔާ ފަހަތުން ދުވެފައި އައިސް ފާހާނަ ދޮރުމަތީ ފެންފުޅިއެއް ހިފައިގެން ހުއްޓުނެވެ. ޒޯޔާ ކޮޅައް ތެދުވުމާއި އެކު މޫނުމައްޗަަށް އަދިރިވެ ގައިން ވަރުދޫވެގެން ވެއްޓެން ދިޔަވަގުތު ރީނާއަށް ޒޯޔާ ގައިގައި ހިފަހައްޓައި ލައިގެން އެތަނުގައި އިށީދެވުނެވެ. ” މަންމާ … އައިސްބަލަ …މަންމާ…” ބަދިގޭގައި އަވަދިނެތި އުޅުނު ފަޒިޔާ ރީނާ ގޮވާ އަޑަށް އެތަނައް ދުވެފައި ދިޔައެވެ.

  •  ޒޯޔާ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދިޔައިރު ރީނާއާއި ފާޒިޔާ އަވަސް ފަރުވަދޭ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިން ތިއްބެވެ. އެދެމީހުންވެސް ތިބީ  އިންތިހާ ދަރަޖައަށް ކަންބޮޑުވެ ހާސްވެފައެވެ. އިރުކޮޅަކުން އަންހެން ޑޮކުޓަރެއް އެކޮޓަރީގެ ދޮރު ހުޅުވާފައި ނިކުތެވެ. ” ޒޯ … އަށް ކިހިނެއްވީ … ޒޯ ރަނގަޅުތަ … ” ރީނާ އަވަސް އަވަހަށް ޑޮކުޓަރ ކައިރިއަށް ގޮސް އަހާލެވުނެވެ. އެވަގުތު ޑޮކުޓަރު ދިން ހަބަރަކުން މުޅި ދުނި އެނބުރި ގަންހެން ފާޒިޔާއަށް ހީވިއެވެ.
    •  – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

ލޯގަނޑު

Next

އެ ސިއްރު… 9 ( ފަހުބައި )

Next
April 7, 2019

އެ ސިއްރު… 9 ( ފަހުބައި )

Previews
April 7, 2019

ލޯގަނޑު

46 Comments!

  1. AMAAN says:
    April 7, 2019 at 10:32 pm

    Mi part ves varah rythi…next part avahaha up kohladhehchey….

    1. Ashly says:
      April 8, 2019 at 7:27 pm

      Amaan thank you

  2. SCARLET❤ says:
    April 7, 2019 at 10:46 pm

    I told that she will be preg… Dhw Ashly dear… Bt v curious vey eba mihaaru…. Dhn vaane gotheh neygey thy… Btw stry vvvvvvv salhi…

    1. Ashly says:
      April 8, 2019 at 7:28 pm

      Scarlet molhy ey dhw… Thank you ?

  3. Am?? says:
    April 7, 2019 at 11:02 pm

    Varah reethi mi part masha allah??
    Am waiting for next part??

    1. Ashly says:
      April 8, 2019 at 7:30 pm

      Thank you Am??

  4. Kitty says:
    April 8, 2019 at 12:08 am

    Wooooww masha allah ash…. I knew it.. Zoa preg vaanekan kktty ah varah bodah hybi.. But now its the truth.. I can’t wait to see the next part… Varah curious dhn oi part in vaane gothaa medhu.. Just like scarlet said… Plx. Ayaan ah angaalahche zoa preg vaahaka.. And make reen and faya also meet please.. Much love ??

    1. Ashly says:
      April 8, 2019 at 7:43 pm

      Yeah ayaan nd zo will meet soon… Thank you kitty… With more love ❤?

  5. Kitty says:
    April 8, 2019 at 12:09 am

    Kitty ah varah bodah hyvi****

  6. Sasha says:
    April 8, 2019 at 2:15 am

    Alhey when is the next part????❤

    1. Ashly says:
      April 8, 2019 at 7:42 pm

      Sasha… Soon next part will be uploaded ok… Don’t cry

  7. kwynyyy says:
    April 8, 2019 at 10:45 am

    alheyy so sayyduu ayaan avaha zoya kairi ah aardhey.. omgg what will happen next? can’t wait to read… ashly avaha up koh dhyba next part

    1. Ashly says:
      April 8, 2019 at 7:41 pm

      Aan ayaan ahna nama dhw zoya kairi ah …

  8. jiji says:
    April 8, 2019 at 12:41 pm

    Alhe zo preg vytha???????..this part is also really interesting..curiously waiting for the next..Luv ya????

    1. Ashly says:
      April 8, 2019 at 7:40 pm

      Thank you jiji … Waa gotheh bala maa dhw

  9. Zoya says:
    April 8, 2019 at 1:05 pm

    Zoya”bandubodu “.. Doc bunaany Ehen.. I know that already…

    1. Ashly says:
      April 8, 2019 at 7:38 pm

      Haha zoya… ??

  10. Kalaayaa nulaa says:
    April 8, 2019 at 2:10 pm

    Zo is pregnant already eiy ayaan ge baby eh tha

    1. Ashly says:
      April 8, 2019 at 7:36 pm

      Hmm neyge dhw … Kalaayaa nulaa ah heevani khihineh

  11. Reply says:
    April 8, 2019 at 3:36 pm

    Ehn dhw dhenn vaany….

    1. Ashly says:
      April 8, 2019 at 7:34 pm

      Vedhaane ehen kamah ves dhw reply

  12. Ashly says:
    April 8, 2019 at 7:46 pm

    Huri haa kiyun therin ge samaalu kamah ash ge unit test this week start waathi mi vaahaka ige kuri ah oh part up vaaleh thankolheh las vedhaane ekam hama vaguthu kolheh libey irah up koh dhey nah

    1. waiting? says:
      April 8, 2019 at 10:40 pm

      Its OK?.concentrate on your exam?..gud luck on ur exam?.don’t make us wait too long ashly?.. Can’t wait to read next part so curious??

  13. Cute Lips says:
    April 8, 2019 at 8:30 pm

    maaih kamaa… reethi vehjeynun.. emme fahun nahalaalu kuhjjakh preg.. kihaa thaahiru…pis pis.. mihaaru ulhey kudhin ge goih dw…BTW story hama fab

    1. Ashly says:
      April 8, 2019 at 10:07 pm

      Haha cute lips… True…. Thank you…

  14. Am?? says:
    April 11, 2019 at 2:10 pm

    Ashly haadha dhigu inthijaarekey thi kuruvany thankilheh avas kohdhyba plx ?????????

    1. Ashly says:
      April 19, 2019 at 1:10 pm

      Ash varah masah kah kuran up kohdhe vey tho… Sorry darling ???

  15. sama says:
    April 13, 2019 at 2:09 pm

    Alhey koba thr, kamen dhimaa veethr, awas khba, kiyaa hithuh keh mdhuwefa please

    1. Ashly says:
      April 19, 2019 at 1:11 pm

      Because of my unit test… Varah avahah up koh dhey nah

  16. sama says:
    April 13, 2019 at 2:09 pm

    buneba, kihineh vy lass wany

  17. Ea says:
    April 15, 2019 at 8:11 pm

    Good story

    1. Ashly says:
      April 19, 2019 at 1:12 pm

      Thank you Ea … ?

  18. 12❤ says:
    April 17, 2019 at 3:18 pm

    Ashhh…upload kohdheveyne date eh nubuneveyne tha???

    1. Ashly says:
      April 19, 2019 at 1:13 pm

      12❤… May be today I will upload

  19. ???????????????????????????‍?‍?‍???‍?‍?‍??‍???‍?emoji says:
    April 19, 2019 at 12:43 pm

    Unit test Nunney dhw adhives.. ☺️avaha up kollabah ?

    1. Ashly says:
      April 19, 2019 at 1:08 pm

      Yesterday Finnish… Isha allah… Today I will try to upload

  20. malak says:
    April 20, 2019 at 4:36 pm

    miadhu 20 adhivess nukurey upload…………………….. plx plx avas kohbaaa

    1. Ashly says:
      April 25, 2019 at 7:48 pm

      Malak 12 vana part ash in naani up kohdhy fa

  21. Ainaa says:
    April 20, 2019 at 4:47 pm

    vvvv reethi storyeh???????????????mashallah ???????I really like this Ashly dear ???????please unit text minuneema upload kobaa avaha ?????i can’t wait to see what happen in next part ?????plx upload fast ..love u more ????????????????

    1. Ashly says:
      April 25, 2019 at 7:50 pm

      Thank you ainaa… 4 ur beautiful comment 12 vane part up kofa ihnaani…. Waiting for ur comment

  22. .....saraa says:
    April 22, 2019 at 12:30 pm

    kobaaathar story today is 22
    u said 19 ga upp kuraanamey but……………………………………………………………………………………………………………………………………………………………….

    1. Ashly says:
      April 25, 2019 at 7:52 pm

      Sorry Sara darling….. Ekam 20 ga ash 12 vana part up kofin

  23. Am?? says:
    April 22, 2019 at 5:55 pm

    Ashly am still waitg for ur story alhe dhn thankolheh avas kohdhyba Amsha Ashly ge story ah wait kuraa varah test nathyjaa yah ves inthijaar nukuran i hope thankolheh avas kohdheyne kamah plx ingey…..

    1. Ashly says:
      April 25, 2019 at 7:55 pm

      Oh really girl…. ❤ … Ash upkurin 20 ga neyge ash akah e part nufen Nani kihve kameh.. Ekam mi haaru kiyey gothah aba in dhooni…. Thank you for ur beautiful comment…. Nd sorry for keeping u waiting ❤??

  24. ❤❤❤❤Z❤❤❤❤ says:
    April 22, 2019 at 8:32 pm

    Ashh…we r waiting

    1. Ashly says:
      April 25, 2019 at 7:56 pm

      Already Published on 20…. ?

Comments are closed.

Next Episodeކަލާޔާ ނުލާ 12←


All Right Reserved!