ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލެއް ގެނުވިއެވެ. އިޚްތިޔާރުން ބޭރުގައި އިއާންއަށް ބަލަހައްޓާއިގެން މިންހާއަށް ހުރެވުނެވެ. މޫދު އެރިފައި ހުރުމުގެ ސަބަބުން ލައިގެން ހުރި ރަތް ކުލައިގެ އަތް ދިގު ޖާރޒީ ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައެވެ. ޝަބްނަމް ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ފެން ތިކިތައް އިއާންގެ މޫނުގައި ހަރުލާފައިވާ ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އެކަކު އަނެކަކަށް ގެެއްލިފައި ތިބި ދެމީހުނަށް ބަލަހައްޓާއިގެން ހުރި ނާއިލްގެ ތުންފަތުގައިވީ ލާނެއް […]
އިރުގެ އަލިކަން ދުނިޔެއާ ވަކިވުމުގެ ނިޝާންތައް ހުރީ އުދަރެހުން ފެންނާށެވެ. އޮރެންޖުކުލައިގެ ވިލާތަކުގެ ހިޔަނިން ކަނޑުގެ ސަތަހަ ހީވަނީ ވިރުވާ އަޅާފައި އޮތް ރަންގަނޑެއްހެންނެވެ. ކަނޑުގެ ރޯޅިތައް ކުރިއަށްވުރެ ފިނިވެފައި ބާރުހެން ހީވެއެވެ. ބާނިތައް ގިނަވެފައި ބިއްސާލާ ރާޅުތަކުގައި ހުދު ފޮނު ހިފާފައި ހުއްޓެވެ. ހިމުން ދޮންވެލިގަނޑަށް އެ ރާޅުތަކުގެ ހަމަލާތައް ލިބެމުން ދިޔައެވެ. ތުނޑިމައްޗަށް ނިކުމެ އުޅުނު ގިނަ މީހުން އޮއްސެމުން ދިޔަ އިރާ އެކު ރަށުތެރެއަށް އަރައި ނިވާވެއްޖެއެވެ. ތުނޑީގެ އެންމެ ހިތްގައިމު ހިސާބުގައި […]
” ޒޯޔާ އަކީ އަޔާން ތިހީކުރާ ހާ ރަނގަޅު ކުއްޖެއް ނޫން … އޭނަ …” އަޖުމަލް އަށް އެހިސާބަށް ބުނެވުނު ތަނާ އަޔާން ރުޅިއައިސް އަޖުމަލް ގެ ގަމީހުގެ ގިރުވާނުގައި ހިފާ އިންތަނުން ނެގިއެވެ. އޭރު އަޔާން ގެ މޫނުމަތިން ރުޅިއައިސް ހުރި ވަރު ފެންނަމުން ދިޔައެވެ. އެވަގުތު އެ ރެސްޓޯރެންޓުގައި ތިބި ގިނަބައެއްގެ ލޯ އެމީހުންނަށް އަމާޒް ވެގެން ދިޔައެވެ. އަޔާން ކަންތައް ކުރި ގޮތުން ދިހަމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. […]
ހަޔާތުގެ ސަފުހާތައް އުކެމުންދިޔައީ ވަރަށްވެސް ބާރަށެވެ. ކިޔެވުމުގައި އަވަދިނެތި އުޅެ ފަސް މަސް ވޭތުވެގޮސް ގުރޭޑު ދިހައަކުން އަލީޝާ ދަސްވެނިވީ ރަން ވަނަތަކާއި އެކީގައެވެ. އިނާމު ދޭ ޖަލްސާގައި ސްޓޭޖަށް އެރި އަލީޝާ ޓީވީން ބަލަން އިން އީތަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. އަލީޝާއަށް އުފަލެއް ލިބުމަށްވުރެ އުފާވެރިކަމެއް އީތަންއަކަށް މިހާރު ނޯވެއެވެ. މާލެ އައި ބޯޓުން ފޭބި އަލީޝާއަށް ފުރަތަމަވެސް ފެނުނީ ދުރުގައި ގަހެއްގައި ލެނގިލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އީތަންއެވެ. ހަތަރުކަޅި […]
އެމް.ޕީ ރާއިޝްގެ ގެއާ ހަމައަށް ދެވުމުން މަގުގެ އެއްކައިރިއަށް ޖެހިލުމަށްފަހު ފައިހާ ދިން ނަމްބަރަށް ގުޅާލީމެވެ. ދެފަހަރު ގުޅުމުންވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. މަގުގެ ދެކޮޅަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފިހާރައިން ނުކުތް އަޒާންއެވެ. ފޯނު ތިރިކޮށްލުމަށްފަހު އަޒާންއަށް ގޮވާލުމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނުމުން އޭނާ ލަފާދިނީ ފައިހާ އަށް ގުޅާށެވެ. ފައިހާ އަށް ގުޅަން ނަމްބަރު ޑައިލް ކުރަނިކޮށް އިވުނު އަޑަކުން ސިހުނުވަރުން […]
ނަތާ ދެ ލޯ ބޮޑު ކޮއްލާފައި ހަޅޭއްލަވައިގަތެވެ. “ޕެރިސް” ނަތާ އަށް ކިޔާލެވުނެވެ. “އަހަންނަށް އިނގޭ ހަނީމޫން ވަރަށް ލަސްވެއްޖެކަންވެސް އެކަމަކު އަހަރެން މި މަޑުކުރީ ގިނަދުވަހު ތިބެވޭގޮތަށްދާން. މިހާ ވަރަށް ބުނެދެވޭނީ ދެންއޮތީ ސަޕްރައިޒް” އާމިރު ވަރަށް އުފާ ވެފައިހުރެ ބުނެލިއެވެ. ނަތާގެ އަރު ބެދޭގޮތްވިއެވެ. ވާހަކަ ދައްކަން ދަތިވެ ހުރުމަށް ފަހު ވަރަށް އުންދަގުލުން ބުނެލިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ، ވަރަށް ބޮޑަށް ޝުކުރިއްޔާ” ނަތާގެ ލޮލުން ކަރުނަފައިބަން ފެށުމުން އަވަސް އަވަހަށް އާމިރު ގައިގައި ބައްދާލިއެވެ. އާމިރު ކުޑަކޮށް ނަތާ ދުރު ކޮއްލުމަށްފަހު ނަތާގެ މޫނަށް ބަލާލިއެވެ. “ނަތާ ކީއްވެ ތި ރޮނީ؟” “އުފަލުން ރޮވުނީ” ނަތާ މިހެން ބުނުމުން އާމިރު ނަތާގެ ގެނަސް ކައިރި ކޮއްލިއެވެ. ނަތާ ނުބުންޏަސް ކައިވެންޏަށް 2 މަސްވާން ކައިރިވިއިރު ނަތާ ވަނީ ހަނީމޫނަކަށް ކުރި އިންތިޒާރު ދޫ ކޮއްލާފައެވެ. އެވާހަކަ ނުދެއްކިޔަސް ނަތާ އެންމެ ކުޑައިރުވެސް ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމުގެ ހުވަފެންދެކެއެވެ. “ނުރޮއެ ނަތާ! މީ އުފާވެލާފަ ހުންނަންވީ ވަގުތު. އަވަހަށް އަހަންނަށް ހިނިތުންވުމެއް ދައްކާލާ” އާމިރު ގަޔާ ނަތާ ދުރުކޮއްލިއެވެ. ނަތާ ލަދުން މޫނު އަނބުރާލިއެވެ. އަވަހަށް ވާހަކަ އޮޅުވާލަމުން އިޝާ ނަމާދު ކުރަން ހިންގާށޭ ބުނެލިއެވެ. އާމިރު ވިސްނާލިއެވެ. ނަތާ އާއި ކައިވެނި ކުރެވުން އެއީ އާމިރުގެ ނަސީބެވެ. ވަރަށް ބައިވަރު ހެޔޮ ބަދަލުތަށް އާމިރު އަށް ވަނީ އައިއްސައެވެ. މިވަރު ކަމެއް ނަތާ އަށް ކޮއްދިނުމަކީ އާމިރު އަށް ލިބޭ ވަރަށް ބޮޑު އަފަލެކެވެ. ނަމާދު ކޮއްނިމިގެންވެސް ތަކުރާރުކޮއް އާމިރު ދުޢާ ކުރިއެވެ. ބޯޓު ރަންވޭ މަތިން ނައްޓާލި ވަގުތު އާމިރު ނަތާގެ އަތުގައި ހިފާލިއެވެ. އާމިރު ހައިރާންވީ ނަތާގެ އަތް އޮތީ މުއްކަވާ ބާރުކޮއްލާފައެވެ. ނަތާ އަށް ބަލާލިއިރު ނަތާ އިނީ ދެލޯމަރާ ފިއްތާލައިގެންނެވެ. “ނަތާ ކިހިނެއްވީ؟” އާމިރު ހާސްވެފައި އަހާލިއެވެ. “ކަ..ކަމެއްނުވޭ” ވަރަށް އުންދަގުލުން ނަތާ ބުނެލިއެވެ. “ކޮންދޮގެއްތި ހަދަނީ؟ ނުބުނަންތި އުޅެނީ ކީއްވެ؟” އާމިރު އައީ ރުޅިއެވެ. ހައިރާން ވެފައި ނަތާ އަށް ލޯ ހުޅުވާލެވުނެވެ. “މާފްކުރޭ އާމިރު، ރުޅި ނާދޭ އަހަރެން ވަރަށް ބިރުގަނޭ އުސްތަން ތަނަށް އަރަން. އެހެންވެ ވަރަށް ބިރުގަނޭ ބޯޓު މަށްޗައް އަރާތީ” ނަތާ ދެރަވެލާފައި ބުނެލިއެވެ. އާމިރު ވަރަށް ބާރަށް ހޭންފެށިއެވެ. އަދި ނަތާގެ ގައިގައި ބާރަށް ބައްދާލިއެވެ. ނަތާ ހިތަށް އައިހައި ހެޔޮއެއްޗެއްކިޔަމުން އަނެއްކާވެސް ލޯމަރާލިއެވެ. ނަތާގެ އަތުގައި ހިފަހަށްޓާލަމުން އާމިރު ވަރަށް ލޯބިން ނަތާގެ އަތުގައި ފިރުމަންފެށިއެވެ. ކުޑަ އިރުކޮޅެއްްގެ ތެރޭގައި ނަތާ ގެ މުއްކަވާފައިވާ އަތުގެ ވާންކަން ކުޑަވެ އަތް ހުޅުވާލާ އާމިރުގެ އަތުގައި ހިފާލިއެވެ. އާމިރު ހިނިތުން ވެލަމުން ތަނާގެ އަތުން ދޫކޮއްލީ ޖީބުގައި އޮތް ނިދާ ބޭސް ގުޅަ ނަތާ އަށް ދޭށެވެ. “ނަތާ މި ބޭސް ގުޅަ ކާލައިގެން ނިދާލާ. އޭރުން ވަރަށް ހަމަޖެހޭނެ ދެވެންވާއިރަށް” ނަތާ ލޯ ހުޅުވާލާ އާމިރު ދިއްކުރި ބޭސް ަގުޅައިގައި ހިފާ ފެންފުޅިނަގާ ބޭސްގަޅަ ކާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތާ އަށް ނިދިއްޖެއެވެ. އާމިރު ވެސް ހަމަޖެހިލާ ލޯ މަރާލިއެވެ. މާ ގިނަ އިރުތަކެއްނުވެ އާމިރު އަށް ވެސް ނިދިއްޖެއެވެ. ނަތާ އަށް ހޭލެވުނީ ވަރަށް ބާރަށް މީހަކު ނަތާގެ ކޮނޑުގައި ހިފާ ތަޅުވާތީއެވެ. “ނަތާ އަވަހަށް ހޭލާ ބޯޓު ޖައްސައިފި” ނަތާ ލޯ ހުޅުވާލުމުން އާމިރު އަތް ދަބަސް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ލޯހުޅުވާލާ ނަތާ ބަލާލީ ބޯޓު ތެރެއަށެވެ. ބޯޓުގައިތިބީ ވަރަށް މަދު މީހެކެވެ. މުޅި ދަތުރު އެކީ ނިދުނީތީ ނަތާ ހުރީ ހައިރާންވެފައެވެ. އަވަސް އަވަހަށް ތެދުވިއިރުވެސް ނަތާގެ ބޮލައް ބަރުވެ އަރިއަޅާ ގޮތްވަނީ ވެފައެވެ. ހިތްވަރުކޮއްފައި ތެދުވެ ނެގި ފިޔަވަޅާއިއެކީ ނަތާ ވެއްޓެންދިޔައެވެ. ލޯމަރާ ބާރުކޮއްލީ ވެއްޓުމުން ލިބޭނެ ވޭނަށް ތައްޔާރުވާ ކަހަލަ ގޮތަކަށެވެ. އެކަމަކު ނަތާ ހީކުރިގޮތާއި ޙީލާފަށް ނަތާ ބިންމައްޗަކު ނުޖެހެއެވެ.މީހަކު ނަތާ ހިފެހެއްޓިއެވެ. ފުންނޭވާއެއްލަމުން ނަތާ ލޯ ހުޅުވާލީ އާމިރު އަށް ޝުކުރު އަދާ ކުރުމަށް ތައްޔާރުވަމުންނެވެ. ލޯ ހުޅުވާލުމާއިއެކު ތެޅި ގަނެވުނީ ނަތާ ގެ ގައިގައި ހިފަހަށްޓައިގެންހުރީ އާމިރު ނޫންކަން އެންގުމުންނެވެ. “ ލޯބީ ބަލައިގެންއުޅޭ ނޫނީ ތި ލޯބި ކުއްޖާއަށް އަނިޔާއެއް ވެދާނެ“ ނަތާ އާއި ދާދި ކައިރިން ނަތާ އަށް ބަލަންހުރި މީހާ ބުނެލިއެވެ. ނަތާ އަވަސް އަވަހަށް އޭނާގެ އަތުތެރެއިން ދުރުވެލިއެވެ.އަދި ސޮރީއޭ ބުނެލިއެވެ. ރުޅިއައިސް ރަތް ވެފައިވާ އާމިރު އައިސް ނަތާގެ އަތުގައި ހިފާ ދަމައިގަންނަމުން އެމީގެ މެއިގައި އަޅާ ކޮއްޕާލިއެވެ. އަދި އެވަރުންވެސް ނުފުދިގެން ގޮސް އެމީހާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖަހާލިއެވެ. “މަގޭ އަންހުނުންގެ ގައިގައި އަތްނުލާތި، ކޮން ލޯބިއެއް ކިޔާކަށް؟ ނުލަފާ ފިރިހެނާ“ އާމިރުގެ ވާހަކަ މިހިސާބަށް ދިޔައިރު އަނެއްކާވެސް އެމީހާގެ ގައިގައި ހިފަން އަތްހޫރަނީއެވެ. އޭރު ފުރަތަމަ އާމިރު ޖެހިތަނުގައި އަތްއަޅާ ފައިބަމުންދިޔަ ލޭ މައިތިރި ކުރަން މަސައްކަތް ކުރަނީއެވެ. އެވަގުތު ކައިރީ ތިބި މީހުން އާމިރު އެމީހާ އާއި ދުރުކުރެވޭތޯ އުޅެއެވެ. މި މަންޒަރު ފެނި ނަތާ ކަންތައްބޮޑުވެ އާމިރު ކައިރިއަށް ގޮސް އާމިރުގެ ގައިގައި ހިފެހެއްޓޭތޯ އުޅުނެވެ. އާމިރު ނަތާ ގެ އަތުގައި ހިފާ ދަމާފާހެން ހިފަހަށް ޓައިގެންތިބި އެންމެން ދުރަށް ކޮއްޕަމުން ނުކުންނަން ހިންގައިގަތެވެ. މާފް ކުރާށޭ ބުނާ ކަހަލަ ގޮތަކަށް ނަތާ އެމީހާއަށް ބަލާލިއެވެ. ރުޅިވެރި ގޮތަކަށް އެމީހާ އާމިރު އަށް ބަލަމުން ކައިރީތިބި މީހުނާ ކޮންމެސް ވާހަކަ ތަކެއް ދައްކައެވެ. ބޯޓުގެ ސިޑިން ވެސް އާމިރު ނަތާ ގެންދިޔައީ އެއްވެސް ބެލުމެއްނެތިއެވެ. ލަގެޖް އަންނަން ދެކަށް ހުއްޓި ހުރިއިރު ނަތާ އާމިރު އާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. އެކަމަކު އާމިރު ރުޅިއައިސް ރަތްވެފައި ނަތާ އަށް ބަލާލުމުން ނަތާ އަވަހަށް ވާހަކަ ހުއްޓާލައެވެ. މިކަހަލަ ގޮތަކަށް އެއަރޕޯޓުން ނުކުމެ ހޮޓަލުގެ ވޭނަށް އެރިއެވެ. ވޭނަށް އެރުމާއި އެކު ނަތާ ގެ ކޯމަތީ އާމިރު ވަރަށް ބާރަށް ޖަހައިފިއެވެ. ވީ ތަދާއި އެކު ނަތާގެ ބޮލަށް އެންބުރުންވެސް އަރައިފިއެވެ. ހޮޓަލާއި ހަމައަށް ދެވެންދެކަށް ވެސް ނަތާ ގިސްލާރުއީއެވެ. އެކަމަކު އާމިރު އަށް މިކަމުން އަސަރެއް ކުރިހެން ހީހެއްނުވެއެވެ.
އައްސަލާމް އަލައިކުމް. ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށް. މި ދުވަސްކޮޅުގެ ގޮތުން ވާހަކަ ލިޔެވެން ނެތުމުން މި ސައިޓްގައި އަޅުގަނޑު ގެނެސްދޭ ދެވާހަކަ ކަމަށްވާ “ބުނާށެ ލޯބި ނުވާނީހޭ..” އަދި “އަބަދަށްޓަކައި” ދުވަސްކޮޅަކަށް މެދުކަނޑާލަނީއެވެ. ވަގުތާއި ހާލަތު ތަން ދިންހާ އަވަހަކަށް އަލުން މި ދެވާހަކަ އަޕްކުރެވިގެންދާނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަމެވެ. ޝުކުރިއްޔާ ކިޔާރާ
މާދަމާ ރެއަށް ހުރިހާ ކަމެެއް ރޭވުމަށްފަހު މިންހާ އާއި ނާއިލް ގެއަށް ދާން ނުކުތީ ދިހަ ގަޑި ބައިވާން ގާތްވުމުންނެވެ. ނާއިލް އާއި މިންހާ ކޮޓަރިން ނިކުން މަންޒަރު ބަލަން ހުރި އިއާންގެ ތުންފަތުގައިވީ މައުނަވީ ހިނިތުންވުމެކެވެ. އޭނަގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެެވެ. ސޯޓުގެ ދެޖީބަށް އަތް ޖަހައިލައިގެން ހުރިއިރު އޭނަގެ ލޮލުގެ ނަޒަރު ހުއްޓިފައިވީ ސީދާ މިިންހާއަށެވެ. ” ދޮންބެ… ކިހިނެއްވީ… ވަރަށް އުފާވެފަ ހުރިހެން ހީވަނީ…” އިއާންގެ މޫނު މަތިން […]
ރީނާ މެންގޭ އަސްކަނި ދޮށަށް ވަދެވުމުން ރިނާ ފަޔާޒް އަތުން ދޫކޮށްލިއެވެ. އޭރު އެދެމީހުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. މާވަރަކަށް ދުވުމުން ނެވާ ހަމައަކަށް އަޅުވަން އިރުކޮޅެއް ނެގިއެވެ. އެވަގުތު އިވުނު ބާރު ގުގުރީގެ އަޑާއި އެކު ވިދާލުމުން ރީނާ ބިރުން ފަޔާޒް ގައިގައި ބާރަށް ބައްދައިލިއެވެ. ރީނާ އެހާ ބާރަށް ބައްދައިލައިގެން ހުރުމުން ފަޔާޒްގެ ހިތް ނެގިނެގި ފައި ޖެހޭކަމުގެ އިހުސާސް ފަޔާޒް އަށް ކުރެވުމުން ދިޔައެވެ. ފަޔާޒް ވެސް ރީނާ ގައިގައި […]