Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ފުރަތަމަބައި)

InaaSh Level 210 Stories100 Comments
April 9, 2019 4 Mins Read
17 Comments

”ދަތުރު ކިހިނެއް؟…”
އެއާޕޯޓުން ނިކުމެގެން އައި ސާލިމް އާއި ނިޝާއާއި ދިމާއަށް ދިޔަ ރިޔާޒު ހުރީ ނިކަން ހެވިފައެވެ. ބާރަ އަހަރަށް ފަހު އެންމެ ގާތް ރަހްމަތްތެރިޔާ ފެނުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟
”ދަތުރު ހަމަ ބަރާބަރު…އަލްހަމްދް ﷲ..ރިޔާ ކިހިނެއްތަ؟..ކޮބާ އަންހެނުންނާއި ކުދިންކޮޅު ރަގަނޅުތަ؟….ހާދަ ދުވަހެއްފަހުންނޭ ދިމާމިވީ…..ވަރަށް އުފާ ވެއްޖެ…”
ރިޔާޒު ކައިރިއަށް އައިސް ބައްދާލަމުން ސާލިމް ބުނެލިއިރު އުފާވެފައި ވާވަރު އަޑުންވެސް ހާމަވެގެން ދާނެކަން ގައިމެވެ.
”އިންޝާ ﷲ އަހަރެން ހަމަ ބަރާބަރު….އަލްހަމްދްލިﷲ އަންހެނުންނާއި ކުދިންވެސް ރަގަނޅު….ނިޝާ ކިހިނެއް؟…ކޮބާތަ ކުދިން ކޮޅު؟..”
ރިޔާޒު ނިޝާއާއި ސަލާމް ކޮއްލަމުން އަހާލީ ނިކަން ހެވިފައި ހުރެއެވެ. ސާލިމްގެ ދެ ކުދިންނާއި ބައްދަލު ކޮއްލާހިތުން ރިޔާޒު ހުރީ ކެއްމަދުވެފައެވެ.
”އަހަ…މި އޮއް އައީނު…”
ނިޝާގެ ފަހަތުން ކަހަލަގެ ގޮތަކަށް ނިކުތް ނައިލް އާއި ނާއިރާ ދައްކާލަމުން އަނިލް ބުންޔެވެ. ރިޔާޒު ނައިލް އާއި ނާއިރާއަށް ކަޅި ހިންގާލިއެވެ. އެދެ ކުދިންވެސް ހަމަލޮލަށް އެފެނުނީ ބާރަ އަހަރަށް ފަހުގައެވެ. އަނިލްގެ ކުޑަ އާއިލާ ލަންޑަން އަށް ބަދަލުވިއިރުގައި ނައިލްއަށް އެންމެ ބާރަ އަހަރެވެ. އަދި ނާއިރާއަށް ނުވަ އަހަރެވެ. ކަޅު ސްކިނީ އަކާއި ދަބުކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ހުރި ނާއިރާގެ ފަން އިސްތަށިގަނޑު ވެސް ވަނީ ދަބު ކުލައިން ހައިލައިޓް ކޮއްލައިފައެވެ. އަތުގައި ކަޅުކުލައިގެ ދަބަހެއް އޮތްއިރުގައި އަރައިގެން ހުރީ ދަބުކުލައިގެ އުސް ބޫޓަކަށެވެ. އަޅައިގެން ހުރި ކަޅު ރޭބަން އައިނު ހަމުގެ ކުލަ އަލިކަމުން އެދޮން މޫނާއި ނުހަނު ގުޅެއެވެ. ނާއިރާ ކައިރީގައި ހުރި ނައިލް ވެސް ނާއިރާއަށް އެންމެ ތަންފުކެއްވެސް ދުލެއްނުކުރެއެވެ. ނައިލްގެ އަތުގައި ކަޅުކުލައިގެ ޖެކެޓެއް އޮތް އިރުގައި ލައިގެން ހުރީ ރޯޔަލް ބުލޫ ކުލައިގެ އަތްކުރު ޓީޝާޓެއްގެ އިތުރުން ކަޅުކުލައިގެ ސްކިނީއެކެވެ. ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ހުރި އިރުގައި ނައިލްގެ ބޮލުގައި ވަނީ މަޑު މުށި ކުލައަކުން ޑައީ ކޮއްލައިފައެވެ. ނައިލްގެ އިސްކޮޅު ހަފޫޓަށްވުރެ މަދެއްނުވާނެކަން ޔަގީނެވެ. ނާއިރާއާއި ނައިލް ހީވަނީ ފޮޓޯނަގަން ތައްޔާރުވެގެން ތިބި ދެ މޮޑެލް ހެންނެވެ. ނައިލް އަޅައިގެން ހުރި އަވި އައިނު ނަގަމުން ރިޔާޒުއަށް ހީލިއެވެ. ރިޔާޒު ހުރީ ނައިލް އާއި ނާއިރާގެ ފުރިހަމަ ކަން ފެނި ހައިރާން ވެފައެވެ. ދެކުދިން ވެސް ހީވަނީ ބޭރުގައުމެއްގެ ދެކުދިން ހެންނެވެ. ބޭރު ގައުމެއްގައި ބާރަ އަހަރު ހޭދަ ކޮށްފައި ވާކަން ބަލާބެލުމަށްވެސް އިނގިގެން ދެއެވެ.
”އަވަހާ ހިނގާ ގެއާ ދިމާއަށް ދާން…ތިހާ ދިގު ދަތުރުތަކަކަށް ފަހު މިހާރު ތިބޭނީ ވަރަށް ވަރުބަލި ވެސް ވެފަ އެއްނު…”
ރިޔާޒު އަނިލްމެންގެ ފޮށިތަށް ކާރަށް އަރުވަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ހުރިހާ އެންމެން އަރާ ހަމަވުމުން ޑުރައިވަރު ކާރު ދުއްވާލީ ”ފެހިވިނަ” ގެ އަށް ދިއުމަށްޓަކައެވެ. ވޭތު ވެގެން ދިޔަ ބާރަ އަހަރު ތެރޭގައި ރަށަށް އައިސް ފައިވާ ބޮޑެތި ބަދަލު ތަށް ފެނި އަނިލް އިނީ އާޝޯހު ވެފައެވެ. ނައިލް އާއި ނާއިރާވެސް ތިބީ ކާރުގެ ދޮރުން ބޭރުބަލާށެވެ. ދެކުދިން ތިބީ ތަފާތު މާހައުލަކަށް އާދެވުމުން ނިކަން ހިތްހަމަ ޖެހިފައެވެ. ތިރީހަކަށް މިނެޓުގެ ދިގު ދަތުރަކަށް ފަހު ކާރު ގޮސް މަޑުކޮއްލީ ”ފެހިވިނަ” ގޭގެ ކުރިމަތީގައެވެ. ކާރުން ފޭބި ނައިލް އެގެއަށް ނަޒަރު ހިންގާލިއެވެ. ނައިލްއަށް އެންމެ ކަމުދިޔައީ ”ފެހިވިނަ” ގޭގެ ކަނާތް ފަރާތުން ފެންނަން އޮތް އަތިރި މަށްޗެވެ. ރީތި ހުދު ދޮންވެލިގަނޑާއި ނޫ ކުލައިގެ މޫދު ނައިލް އަށް ވަރަށް ބޮޑަށްވެސް ކަމުދިޔައެވެ.
” ވާވް….ހާދަ ރީއްޗޭ…”
ނައިލްގެ ހިތުތެރޭގައި ވީ ބަސްތައް ނިކުތީ ނާއިރާގެ އަގައިންނެވެ.
”އަޅެ ދޮންބޭ ހިނގާބާ ބީޗް ބަލާލަން ދާން….ހާދަ ރީއްޗޭ…”
ނާއިރާ ނައިލްގެ އަތުގައި ހިފާ ބޮޑާހާކާލި ގޮތުން ނައިލްގެ ގާތަށް ހިނިއައެވެ.
”ހެއްހެ…އެއްކަލަ ކުޑަ ބޭބީ ބޮޑާ ހާކަން ފެށީދޯ…ސާބަސް އިނގޭ…”
ނާއިރާ ހުރީ އަތިރިމަތި ބަލާލަން ދާ ހިތުން ކެއްމަދުވެފައެވެ. ނިޝާ ދެ ދަރިންނަށް ބަލާލަމުން ހިނިތުންވެލީ އެއީ އަބަދުވެސް އެދެކުދިން އުޅޭގޮތް ކަމަށްވާތީއެވެ.
”ހެހެ…ދަރިފުޅުމެންނަށް ދެވޭނެ އޭ ބީޗަށް ވެސް އެއޮތީ ގޭ ކާރީގަ ވީއްޔަ…އިހަށް އާދެ ގެއަށް ވަދެލާފަ ދާން….”
މިފަހަރު ވާހަކަ ދެއްކީ އަނިލްއެވެ.
”ލައްބަ ބައްޕާ….”
ފަސް މީހުން އެކީކަހަލަގެ ގޮތަކަށް ދަބަސް ތަކާއި ފޮށިތަށް ހިފައިގެން ގެއަށް ވަންނަން ހިނގާގަތެވެ. ”ފެހިވިނަ” ގެ ވަނީ ދެބުރިއަށް ހިއްލާލެވިފައެވެ. ގޯތިތެރޭގައި ބޮޑު ބަގީޗާއެއް އޮތް އިރުގައި ބަގީޗާގެ ތެރޭގައި ބޮޑު އަނބު ގަހަކާއި ޖަބުރޯލުގަހެއްގެ އިތުރުން އެކި ވައްތަރުގެ މާގަސްތައް ރީތި ގޮތަކަށް ހައްދާލެވިފައި ހުއްޓެވެ. ބަގީޗާގެ ތެރޭގައި ޖޯލިފަތީގެ އިތުރުން އުދޯއްޔެއް ވެސް ހުއްޓެވެ. ގެއަށް ވަންނަން ހުރި މަގުގައި ގާޖަހާލައިފައި ހުރި އިރުގައި މަގުގެ ދެފަރާތުން މުޅި ބަގީޗާގައި ހުރީ ވިނަ ހައްދާލައިފައެވެ.
”އަނީ ފޮނުވި ފަރުނީޗަރުތަށް އަތުރާލާފަ ގޭގެ ކުލަވެސް ބަދަލު ކޮއްލާފަ މިހާރު ހުއްނާނީ…”
ރިޔާޒު ގެއަށް ވަންނަން ހުންނަ ދޮރު ހުޅުވަމުން ވާހަކަ ދެއްކީ އަނިލްއާއެވެ.
”ސޯނިޔާ…”
ގެއަށް ވަތް ރިޔާޒު ގޮވަން ފެށީ ގޭގައި ގެންގުޅެން ގެނައި ބޭރު ކުއްޖާއަށެވެ. ސޯނިޔާއަށް ގޮވާލިތާ މިނެޓެއް ވެސް ނުވަނީސް ސިޑިއާއި އެންމެ ކައިރީގައި ހުރި ކޮޓަރިން ނިކުމެގެން ދޯބައްޓާހެދުން އަޅައިގެން ހުރި ދޮން މީހަކު ނިކުމެގެން އަންނަތަން ފެނުނެވެ.
”ނިޝާ މީ ސޯނިޔާ…ވަރަށް މުރާލި ވާނެ… ދިވެހި ވެސް އިނގޭނެ ފުދޭވަރަކަށް..”
ރިޔާޒު ނިޝާއަށް ސޯނިޔާ ތައާރަފްކޮއްލައިދިނެވެ.
”މެޑަމް…ވެލްކަމް…ހުރިހާ މީހުން ކާން ދާން އަންނަނީ…އަހަރެން ކާންހަދާ ފާ ހުންނަ ވައްތަރު ހުއްނަނީ…”
ސޯނިޔާ ދިވެހިން ވާހަކަ ދެއްކީ ވަރަށް ވެސް މަޖާ ގޮތަކަށެވެ. ނިޝާ ކައިރިއަށް ކުޑަކޮށް ހިނި ވެސް އައެވެ.
”ހޫމް މިދަނީ އިނގޭ….”
ނިޝާ މިހެން ބުނުމުން ސޯނިޔާ ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ.
”މަތީ ހަތަރު ކޮޓަރީގެ ތެރެއިން ދަރިފުޅުމެން ބޭނުން ކޮޓަރިއެއް ނަގާ އިނގޭ މަންމަމެން އުޅޭނީ ތިރީގަ…”
”ކޮޓަރި ބަލާނީ ފަހުން މި ގަނޑީގަ އަޅުގަނޑު ބޭނުމީ ބީޗު ބަލާލަން ދާން…ދެން އަޅެ ދޮންބޭ ހިނގާބާ…”
ނައިލްގެ އަތުގައި ހިފަމުން ނާއިރާ އަނެއްކާވެސް ބޮޑާހާކަން ފެށިއެވެ.
”ހެހެހެ…ހޫމް ބޭބީ ހިނގާ… މަމް އަންނާނަން އިނގޭ ބީޗްއަށް ގޮސްލާފަ…”
ނައިލް ނިޝާއަށް ބަލާލަމުން ބުނެލީ ހުއްދައަށް އެދޭފަދަ ގޮތަކަށެވެ.
”ހޫމް ދޭ ގޮސްލާފަ އަންނަން އެކަމް އެހާ ދުރަށް ނުދައްޗޭ އަދި މިރަށުގަ ހިނގާކަށް ވެސް ނޭންގޭނެއެއްނު ދޯ….ދެމީހުން ގެއްލިދާނެ..ހެހެހެ…އެން ބީ ކެއާރފުލް…”
އާން އޯކޭ އޭ ބުނުމަށް ފަހު ނައިލް އާއި ނާއިރާ ދިޔައީ އަތިރިމަށްޗަށް ދިއުމަށްޓަކައެވެ. ގޭން ނިކުމެގެން އަތިރިމަށްޗަށް ނިކުމެވެން އޮތް މަގުން ނާއިރާ އާއި ނައިލް ދިޔަ އިރުގައި ނައިލް ދިޔައީ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންނެވެ. ފެންނަމުން ދިޔަ ކޮންމެ މަންޒަރެއްވެސް ނައިލްއަށް ވަރަށް ކަމުދިޔައެވެ. އެކި ތަންތަނަށް ބަލަމުން ކުރިއަށް ނުބަލާ ހިނގަމުން އައި ނައިލްއަށް ކުރިމަތިން މީހަކު އައި ކަމެއް ނޭންގެއެވެ. ކުރިއަށް ނުބަލާ ދިޔަ ނައިލް ގޮސް ޖެހުނީ ކުރިމަތިން އައި އަންހެން ކުއްޖާގެ ގައިގައެވެ. މިކަމަށް ނުވިސްނާހުރި އެއަންހެންކުއްޖާ އަރި އަޅާލުމުން ހިފުނީ ނައިލް ލައިގެން ހުރި ޓީޝާޓުގައެވެ. ނައިލްއަށްވެސް ހަށިގަނޑު ބެލެންސް ކޮއްލެވުނީ ހަމަ ކިރިޔާއެވެ.
”އޯ އަމް ސޯސޮރީ އަހަރެން ގަސްތުގަ އެއް ނޫން….”
ނައިލް އިސްއުފުލާ އެއަންހެންކުއްޖާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އެކުއްޖާ ހިތައްއަރާނީ ކީކޭބާއޭ ނައިލްގެ ހިތައްއެރިއެވެ. ނައިލް އެ ކުއްޖާއާއި ދިމާއަށް ބަލާލިއެވެ. އެއަންހެން ކުއްޖާ ލައިގެން ހުރީ ގަޔަށްދޫ ބޮޑު ކަޅުހެދުމެކެވެ. ދޫކޮއް އޮތް އެ އަބާޔާހެދުން އެއަންހެންކުއްޖާގެ ދިގު އިސްކޮޅާއި ނިކަންގުޅެއެވެ. އޭގެ އިތުރުން ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން ހުރިއިރުގައި ފެންނަނީ ނިކަން ސާދާކޮށެވެ. އެއްވެސް މޭކަޕް އެއް ނުކޮށްހުރި އެއަންހެން ކުއްޖާ ހުރީ ކަޅު ކުލައިގެ އަވި އައިނެއް އަޅައިގެން ކަމުން އެ ދޮން ދޮން މޫނާ ނިކަން ގުޅެއެވެ.
”…އިޓްސް އޯކޭ…”
އެއަންހެން ކުއްޖާ ނައިލްގެ ޓީޝާޓުން ދޫކޮއްލަމުން ވާހަކަ ދެއްކީ ހިނިތުންވުންވުމަކާއި އެކީގައެވެ. އެއަންހެން ކުއްޖާގެ ޖާދުވީ އަޑުއިވި ނައިލްހުރީ ބުނާނެއްޗެއް ނޭންގިފައެވެ. ނައިލް އިތުރު އެއްޗެކޭ ނުބުނުމުން އެއަންހެން ކުއްޖާ މަޑުމަޑުން ދާން ހިނގާގަތެވެ. އެކުއްޖާ ދިޔަ އިރުގައިވެސް ނައިލް ހުރީ އާގަމަވެފައި ބަލާށެވެ. ފުރަތަމަނަޒަރުންވެސް ނައިލްގެ ހިތަށް ގޮތް ތަކެއްވެގެން ދިޔައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އިންތިޒާރުގައި ހުންނާނަމޭ ލޯބިން….1

Next

ލޯބިވިން … އިތުބާރުވެސް ކުރިން … 01

Next
April 9, 2019

ލޯބިވިން … އިތުބާރުވެސް ކުރިން … 01

Previews
April 9, 2019

އިންތިޒާރުގައި ހުންނާނަމޭ ލޯބިން….1

17 Comments!

  1. jiji says:
    April 9, 2019 at 6:00 am

    Me first dhw. .Again a New story from u..hurrayyy..kiyaafa comment eh kohlaanan ingey ??

    1. InaaSh says:
      April 9, 2019 at 6:34 am

      Hehe… i hope you will like the story ?

  2. InaaSh says:
    April 9, 2019 at 6:33 am

    Ahsalamu alaikum guys…. here is my second story after a while…i hope you guys will like it….?

  3. Faathimaah says:
    April 9, 2019 at 8:00 am

    Mi part varah Rythi?. Waiting for the next part. Keep up the good work ❤️

    1. InaaSh says:
      April 9, 2019 at 8:34 am

      Jazakillah khairan faathimaah ❤

  4. Daisy girl says:
    April 9, 2019 at 8:02 am

    V. Reethi!! Keep it up ??lots of love

    1. InaaSh says:
      April 9, 2019 at 8:35 am

      Jazakillah khairan ??

  5. Flower says:
    April 9, 2019 at 10:33 am

    ?????

    1. InaaSh says:
      April 9, 2019 at 12:37 pm

      ???

  6. jiji says:
    April 9, 2019 at 12:41 pm

    Its amazing????

    1. InaaSh says:
      April 9, 2019 at 12:55 pm

      Jazakillah khairan ??

  7. Yoo shi-jin oppa says:
    April 9, 2019 at 1:23 pm

    ??? Beautiful

    1. InaaSh says:
      April 9, 2019 at 1:44 pm

      Jazakillah khairan oppa ??❤

  8. Shamukko says:
    April 9, 2019 at 1:54 pm

    Wow vrh salhi mi part vs….so curious to read nxt part…whn will u upload next part?❤??

    1. InaaSh says:
      April 10, 2019 at 9:27 pm

      Jazakillah khairan… ? second part is uploaded now.. ?

  9. jojo says:
    April 11, 2019 at 12:04 pm

    mi vaahaka feshi iru iny saalim, but later anil…. so ethanun kon nameh tho aslu story ga use kuraanee..??!! btw story varah salhi♥️ keep the good work dear?

    1. InaaSh says:
      April 11, 2019 at 10:06 pm

      Hehe i am so sorry… e ee olhigen salim jehifa.. aslu anil… dhan ewarah check nukoh lewifa eyny… and jazakillah khairan ?

Comments are closed.

Next Episodeމާޒީ (ދެވަނަބައި)←


All Right Reserved!