ބުނެދޭށޭ ރުހެމޭ 18

- by - 53- April 18, 2019

އިރުއޮއްސިވަގުތުކޮޅެއް ފާއިތުވެގެންދިޔައިރު މަޔާން ހުރީ ފެންޑާގެ ތަނބަކަށް ލެގިލައިގެންނެވެ. އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެމަތިން ފުހެވިގެންދިޔައިރު ވިލާތަކުގައި ރަންކުލަޖައްސާލެވުނުހެން ހީވިއެވެ. ގިނިކުލައިގެ ވިލާތަކުން އުޑުމަތި ފުރާލިގޮތަށް އުޑުމަތި އެހެންކުލައަކުން ފަވާލެވުނުފަދައެވެ.

ރޭގަނޑަށް މަރުހަބާކިޔަމުންދިޔަ ވައިރޯޅިތައް މަޔާންގެ ހަށިގަނޑާއި ސަމާސާކުރަމުންދިޔައިރު މަޔާންގެ ނަޒަރުހުއްޓިފައިވީ ބަގީޗާގެ ގަސްތަކުގެ ފަރިބަލަމުންދިޔަ ޝަލީންއަށެވެ. ރަތްކުލައިގެ ފިނިފެންމާ ގަސްބޮޑިކައިރީ ރަތްހެދުމެއްގައި ހުރިއިރު ޝަލީން ބަގީޗާގައި ފޮޅުވިފައިވާ މަލެއްފަދައެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ ކުލަ އެ ރީތިމޫނާއި ކުޅެމުންދިޔަގޮތުން ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ. ރަތް ފިނިފެންމާތަކުގައި ޝަލީންގެ ތުންފަތް ޖެހިފައިވާއިރު އެ މަންޒަރު ރީތިކަމުން މަޔާން ފޯނުގައި އެ މަންޒަރު ރައްކާކުރިއެވެ. އެވަގުތު ޝަލީން މަޔާންއަށް ދިން ހިނިތުންވުން މަޔާންގެ ހިތާ ކުޅެލާ، ހިތް ވިރުވާލިއެވެ.

މަޔާންގެ އިރުކޮޅެއްވާންދެން ޝަލީންގެ ހަރަކާތްތަކަށް ގެއްލިފައި ހުރުމަށްފަހު ޖިންސްގެ ޖީބަށް އަތްޖަހައިލައިގެން ހުރެ ޝަލީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އެވަގުތު ޝަލީން ފެންހޮޅި ނަގައި ގަސްތަކަށް ފެންދޭން ފެށިއިރު މަޔާން އައިސް ކުރިމައްޗަށް އެރިގޮތުން މަޔާންގެ ގަޔަށް ފެންތައް ބުރައިގެންދިޔައެވެ.

“އޯވް ސޮރީ…” ޝަލީން ލާނެތްގޮތަކަށް ހީނގަތުމަށްފަހު މަޔާންގެ ގަޔަށް ފެންޖަހާ ތެންމާލިއެވެ. “ނޯޓީ ގާރލް… ސޮރީއޭ ކިޔާފަ ވަރަކަށް އެބަހެއެއްނު…” މަޔާން ޝަލީންގެ އަތުން ފެންހޮޅި އަތުލިއެވެ.

“ދެން ޔާން… ނޫން… ނޫން…” ޝަލީން ގަދަހަދާ ހުއްޓާ މަޔާން ޝަލީންގެ ގަޔަށް ފެންޖަހާ ތެއްމާލިއެވެ. މަޔާން ހޮޅި ޝަލީންގެ ބޮލާއި ދިމާކޮށްލިއިރު ހޮސްލާފައި ފައިބައިގަތް ފެންތައް އިސްތަށިގަނޑު ތެރެއިން ލާފައި އައިސް ތިކިތަކެއް ފަދައިން މޫނުމަތީ ދެމެންފެށިއެވެ. އެ ފިޔާތޮށި ތުންފަތުގައި ވިދަންފެށި ފެންތިކިތަކާއިއެކު މަޔާންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ.

މަޔާން ޝަލީންގެ އަތުގައި ހިފައިގެން ބޯ ދޫލައެެއްފަދަ ވިނަގަނޑުމައްޗަށް ވެއްޓިގަންނަމުން ޝަލީން އެއަތުގެ ތެރެއަށް ގެނައެވެ. މަޑުމަޑުން މަޔާންގެ މޫނު ޝަލީންގެ މޫނާއި ގާތްވެ މަޔާންގެ ހޫނު ނޭވާތައް ޝަލީންގެ މޫނަށް އެޅެންފެށިއެވެ.

“ދެން ޔާންގަނޑާ… ނޫނެކޭ…” މަޔާންގެ މަގްސަދު ވިސްނުމާއިއެކީ ޝަލީން ހީގެންފައި މަޔާން ދުރަށް ކޮއްޕާލިއެވެ. ޝަލީން ހެމުން ދުރަށް ދުއްވައިގަތްގޮތަށް މަޔާންއަށް އަތުނުވާވެގެން މުޅި ބަގީޗާތެރޭ ދުވިއެވެ. އެންމެފަހުން ވަރުބަލިވެގެން އައިސް މަޔާންގެ ގައިގައި ބައްދާލިއިރު ދެޒުވާނުން އަތުގުޅުވައިލައިގެން ގޮސް ބެންްްޗްގައި އިށީދެލިއެވެ. އެވަގުތު މަޔާންގެ ޖިންސް ޖީބުން ނެގި ރޯޒްގޯލްޑް ކެވެލިފަށް ޝަލީންގެ ފައިގައި އަޅުވާލަދިނެވެ.

“ވާއު… ލޯބިކަން…” ޝަލީން ކުޑަކޮށް ފައި އަނބުރާލިއެވެ. ކެވެލިކޮޅުގައި ކުދިކުދި ހިތްތަކެއް އެލުވާފައިވާއިރު އެންމެ ބޮޑުކޮށް އިން ހިތުގައި ރީތިގޮތަކަށް “ޔާން” ކަނޑާނަގާލެވިފައިވެއެވެ. ވައިލެޓް ކުލައިން ޕެއިންޓްކުރެވިފައިވާ ނިޔަފަތިތަކާއިއެކު އެ ކެވެލިފަށުގެ ސަބަބުން ދޮން ފައި އިތުރަށް ރީތިކުރުވިއެވެ.

މަޔާންގެ އަތުން އަޅުވާލަދިނުމުން ޝަލީންއަށް އެ ހަދިޔާ ނުހަނު ކަމުދިޔައެވެ. މިވީހާތަނަށް މަޔާންގެ ފަރާތުން ލިބުނު ފަށްތަކާއި އަނގޮޓި އަދި ގަނޑިތައް ޝަލީންއަށް ނުހަނު ހާއްސަވެފައިވެއެވެ. ކިޔަވަން އުޅުނުއިރު ދެލޯބިވެރިން ބަދަލުކުރި ހަދިޔާތަކަށްދާންދެން ޝަލީން ރައްކާކުރިއިރު އެ ހަދިޔާތަކަށް ރެކްއެއް ހާއްސަކޮށްލައިފައިވެއެވެ.

ޝަލީން އިރުކޮޅެއްވާންދެން ކެވެލިކޮޅާއިކުޅެން އިނދެފައި އިސްއުފުލާ ބަލާލިއިރު މަޔާން އެ މޫނަށް ބަލަހައްޓައިގެން އިންގޮތުން ނޭވާހާސްވާގޮތްވިއެވެ. މަޔާންގެ ތޫނު ނަޒަރާއިއެކު އަނދިރީގެ ތެރެއިން ރީތި މޫނު ފެނިލާގޮތް އެނިމޭޓެޑް ތަސްވީރަކާއި ތަފާތެއް ނެތެވެ. މަޑުމަޑުން މަޔާންގެ އަތުތެރޭގައިވާ ޝަލީންގެ އަތްތިލައަށް ބާރުވެގެން އައިރު މަޔާން ޝަލީން އޭނައާއި ދިމާލަށް ދަމައިގަތެވެ. ޝަލީންގެ ކޯތާފަތުގައި މަޔާންގެ ތުންފަތް ޖެހިލި ކުޑަވަގުތުކޮޅަށްފަހު މަޔާން ތެދުވެ ދެމިލަމުން ޝަލީންއާއި ދިމާލަށް ބަލާލީ ދައުވަތުދޭފަދަ ނަޒަރަކުންނެވެ. މަޔާންގެ ފިނި އަތްތިލައިގައި ހިފާލަމުން ޝަލީން ތެދުވެލިއިރު އަތު ގުޅުވައިލައިގެން ތިބެ ގެޔާއިދިމާލަށް ހިނގައިގަތެވެ. އޭރު މުޅިދުނިޔެ އަނދިރިކަމަށް ގެނބިގެން ހިނގައްޖެއެވެ.

**************

ފަރުދާކަހާލެވިފައިވާ ބިއްލޫރި ބިތުން ފުރޭނިގެން ވަންނަމުންދިޔަ ގަދަ އަލިން މުޅި ކެބިންތެރެ އެކީއެކައްޗަކަށްވަނީ އަލިވެފައެވެ. މެންދުރުގެ އަވިން ދުނިޔެ މާލަމުންދިޔައިރު އޭސީގެ ފިނިކަމާއި ލާމެހިގެން ކެބިންތެރޭ ދުވަމުންދިޔައީ ފިނިފެންމަލުގެ ލުއި ލުއި ވަހެވެ. ހައިޒަލް އެކްޒެޓިވް ގޮނޑީގައި އިށީދެލައިގެންއިންއިރު ހުރިހާ ސަމާލުކަމެއް ހުއްޓާލެވިފައިވީ ހުޅުވާލެވިފައިވާ ފައިލްއަށެވެ. އެއްއަތުން މޭޒުގައި ތަޅަމުން ފައިލްއަށް އަވަސް ނަޒަރެއް ހިންގަމުންދިޔައިރު ދޭތެރެއަކު ބޮލުގައި ހިފައިގެންފައި ގޮނޑިއަށް ވެއްޓިގަންނަން ގޮތުން ކަމަކާއި ފިކުރުބޮޑުވެފައިވާ އިންހެން ހީވެއެވެ. ހައިޒަލްގެ ސިކުނޑި ހަލަބޮލިކުރަމުންދިޔަ ހިޔާލުތަކާއިއެކު މަސައްކަތަށް ސަމާލުކަން ނުދޭވޭނެކަން ޔަގީންވެފައި ގޮނޑިތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ދެލޯމަރާލިއެވެ. އޭރު ސޯފާގައި އިން މިކްޔާލް ހުއްޓުމެއްނެތި ވާހަކަދައްކަމުން ދިޔަނަމަވެސް ހައިޒަލް ޖަވާބެއްދޭކަށް ނޫޅުނެވެ.

އިރުކޮޅެއްފަހުން މޭޒާއި ކައިރިވަމުން އައި ފިޔަވަޅުތަކެއްގެ އަޑާއިއެކު ހައިޒަލް ލޯހުޅުވާ ބަލާލިއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މޭޒުކައިރީ ހުއްޓިގެންހުރި ނައިނާއެވެ. ނައިނާގެ ނަޒަރު ހައިޒަލްގެ މޫނަށް ހުއްޓިފައިހުރިއިރު އެ ލޮލުން މިއަދު ފެނުނީ ތަފާތު ކުލަވަރެކެވެ. އިރުކޮޅެއްވަންދެން ވޭނުންފުރިގެންވީ ލޮލުން ބަލަހައްޓައިގެން ހުރިގޮތުން ހައިޒަލްގެ ހިތަށް ނޭނގޭގޮތަކަށް އުނދަގޫވީއިރު އަވަހަށް ދުރުބަލައިލިއެވެ.

ނައިނާ ގެނައި ސްޓާރފް ރެޖިސްޓަރ މޭޒުމަތީ ބޭއްވުމަށްފަހު ދުރަށް ހިނގައިގަތްއިރު ދުރުވަމުންދިޔަ ފިޔަވަޅުތަކުގެ އަޑާއިއެކު ހައިޒަލް ނައިނާ ދިޔަދިމާލަށް ބަލައިލިއެވެ.

“ހައި އާރޔޫ އިގްނޯރިން ހާރ…” އިރުކޮޅެއްވަންދެން އެއްދިމާލަށް ނަޒަރު ހުއްޓާލައިގެން އިނދެފައިވާ ހައިޒަލް ސިހިފައި ކަހަލަގޮތަކަށް ބަލާލީ މިކްޔާލް ވާހަކަދެއްކިއަޑު އިވިފައެވެ. އޭރު މިކްޔާލް އެ މޫނަށް ނަޒަރުހުއްޓާލައިގެން އިނީ އެ މޫނުގެ ކުލަވަރު ދިރާސާކުރާފަދަގޮތަކަށެވެ. ހައިޒަލް ނޭނގޭކަމަށް ހަދަމުން އެންމެ ފުރަތަމަ އަތުޖެހުނު ފައިލްހުޅުވާލަމުން ފައިލް ކިޔާކަމަށް ހެދުނެވެ.

“ތިދެމީހުންގެ މެދުގައި ކަމެއް ހިނގީތަ؟” މިކްޔާލްގެ ސުވާލާއިއެކު ހައިޒަލް ކުއްލިއަކަށް މިކްޔާލްގެ މޫނަށް ބަލާލީއެވެ.

“ކަމެއް ހިނގާވަރުގެ ގުޅުމެއް މަށާއި އޭނައާއި މެދަކު ނޯންނާނެ…” އެރޭގެ ހާދިސާ ހަނދާންވެފައި ހައިޒަލް ހިނދުކޮޅަކަށް ހިމޭންވެގެންދިޔަނަމަވެސް ދަތްތަކަށް ބާރުކޮށްލަމުން ރުޅިވެރިގޮތަކަށް ބުނެލިއެވެ.

“މިކްޔާލް…. ޒިޔާން ކައިރީ ބުނޭ ސެކިއުރިޓީގެ ކަންތައް ނުބެލެހެއްޓެންޏާ އިސްތިއުފާދީފައި ގޭގައި ހުންނާށޭ… ދެއިރު ދެދަޅައަށް ނައިނާ ނުޖެހޭނެ ފައިލްތައް ހިފައިގެން މިތަނަށް އަންނާކަށް.. މިކްޔާލްއާއި ޒިޔާންއަށް ރަނގަޅަށް އިނގޭނެ އަހަރެން ކެބިންއަށް ވަނުމުގެ ހުއްދަ ދީފައިއޮންނަނީ ކޮންބަޔަކަށް ކަން…” ހައިޒަލް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއިރު މޭޒުމަތީގައި ޖެހިފައިވާ އިނގިލިތަކަށް ބާރުކޮށްލިގޮތުން އިނގިލިތައް ލެނބިގެންދިޔައެވެ. އޭރު އެލޮލުން ފެނިލީ ނުރުހުމެވެ. ނައިނާ އަބަދާއި އަބަދު ލޮލަށް ފެނުމަކީ ހައިޒަލްގެ ނަފްސުގެ ހަމަޖެހުން ގެއްލިގެންދާކަމަކަށްވެގެންގޮސްފައިވެއެވެ. އެ މައުސޫމް ދެލޯ ފެންނަކޮންމެފަހަރަކު ހައިޒަލްގެ ހިތްވަރުދޫވާގޮތްވެއެވެ. ހައިޒަލް ބަހައްޓަމުން އަންނަ ދުރުމިނަށް ނިމުމެއް ގެނެސް ނައިނާ އެއަތުގެ ތެރެއަށް ގެންނަން ބޭނުންވެެއެވެ. ނައިނާ ފެންނަ ކޮންމެފަހަރަކީ އޭނަ އަމިއްލަ ހިތާއި ދެކޮޅަށް ކުރާހަނގުރާމަ އެގޮތުގައި ދެމެހެއްޓުމުގައި ނާކާމިޔާބުވާކަން އިހުސާސްވާފަހަރެކެވެ.

“މިހުރިހާ ދުވަހުވެސް ނައިނާ ކެބިންއަށް އާދެއެއްނު… ކުއްލިއަކަށް ހައިއަށް އެކަން މައްސަލައަކަށްވީމަ އެބަ ވިސްނަންޖެހޭ… ތިދެމީހުންގެ ދެމެދުގައި ކަމެއް ހިނގީކަން ޔަގީން… ނައިނާ މިދުވަސްކޮޅު ސައިލެންޓްވެފައި ހުންނަގޮތުންނާއި ހައި ތިއުޅޭ ގޮތުންވެސް ޔަގީންވޭ…” މިކްޔާލްގެ ޖުމްލަތަކާއިއެކު ހައިޒަލްގެ ބުމަކައިރިވެގެންދިޔައިރު މިކްޔާލްއާއި ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައިހުރެއެވެ.

” ތިވާހަކަދައްކަން އައީވިއްޔާ ޔޫ ކޭން ލީވް…” ހައިޒަލް ދަތްތަކަށް ބާރުކޮށްލައިގެން އިނދެ ރުޅިވެރިގޮތަކަށް ބުނެލިއެވެ.

“ހައި މިދުވަސްކޮޅު ހުންނަނީ އަބަދު ހައިޕަރވެފައި…” މިކްޔާލް ހިތްހަމަނުޖެހިފައިހުރެ އިއްވާލަމުން ކެބިންއިން ނިކުންނަން ހިނގައިގަތެވެ.

ހައިޒަލް ފައިލް އެއްފަރާތްކޮށްލަމުން މޭޒުމަތީ އުޅަބުށި ޖައްސާލާ ދެއަތުގެ ތެރޭ މޫނު ފޮރުވާލިއެވެ. މިދުވަސްކޮޅު އަބަދާއި އަބަދުހެން އޭނާގެ ތަބީއަތު ހަރާބުވެފައި ހުންނައިރު ހިތަށް ހަމަޖެހުމެއްނުލިބެއެވެ. ނައިނާ ދުރުކުރަން ރުޅި ހަތިޔާރަކަށް ހަދައިގެން އުޅޭއިރު އެރުޅިގަނޑު އެހެން މީހުންނަށް ބެލޭ ވަގުތުތައް މަދެއް ނޫނެވެ. އޭނަގެ ނަފްސު އަތްދަށުން ދޫވެގެންދަނީ އޭނައަށްވެސް ނޭނގިހުއްޓައެވެ.

****************

މުޅި މާހައުލުގައިވަނީ ދުމުގެ އަސަރެވެ. ހުޅުފަޅައިފައިވާ އަލިފާންގަނޑު ފަތުއަޑު ކިޔާފައި މުޅިއިމާރާތަށް ފެތުރެމުންދިޔައެވެ. އޭރު ދުންތަށް ބޯވަމުންދިޔައިރު ދުންތަކުގެ ތެރެއިން އިމާރާތްވެސް ސާފުކޮށް ފެންނަވަރެެއްނުވެއެވެ. އަލިފާންގަނޑު މުޅި އިމާރާތަށް ވެރިވެގަތްއިރު ދޭތެރެއިން އިވެމުންދިޔަ ބާރު ގޮވުންތަކުގެ އަޑުން ކަންފަތް ބައްވެގެން ދާވަރުވެއެވެ. އޭރު ކުޑަދޮރުތަކުން ހުޅުކޮޅުތައް ބޯދިއްކޮށްލައިގެން ތިބިއިރު އަލިފާންކަނިތައް ދުރަށް ބުރަމުންދިއެވެ. ކުޑަދޮރުން ވިއްސައިގެން އައި އަލިފާންކަނިކޮޅު އިމާރާތުގައި ގޯތިތެރޭގައި ބަހައްޓާލެވިިފައި ހުރި ފެޓްރޯލް ހަމެއްގައި ޖެހުނުގޮތަށް ހަމުގައި އަލިފާން ހިފާ އަނދަންފެށީ އެތަނުން ބޭރުވެވެން އޮތް އެންމެ ފަހު މަގުވެސް ބަންދުކޮއްލަމުންނެވެ. ބިންމަތީގައިވާ ޕެޓްރޯލް ރޮނގުން ސީދަލަށް އައި އަލިފާންގަނޑު މުޅިތަނަށް ފެތުރިގަތީ ސަލާމަތްވާނެކަމާއިމެދު އޮތް ފަހު އުއްމީދުކޮޅުވެސް ކަނިކޮށްލަމުންނެވެ.

 

 

53

dhiraa wish

studies in R.Maakurathu School grade 12. Doing associate degree in administration from Maldives Business School_online. Enjoy reading story since childhood.......Interested in writing since grade 7. Can contact me via email [email protected]

You may also like...

39 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. heres next part. hope every one will like it.. i am sorry for taking long time….next part will be uploaded on sunday insha allah……. feel free to comment.. readers view is my biggest motivation.

    ⚠Report!
  2. Alheyy kihineh baa evy???..v v salhi nge mi part vec😘😘😍😍💖💖❤❤💕💕😊😊😻😻😙😙…curiously waiting for the next part..Nd Sunday ga up kuraa iru mi ah vure dhigukohlahchey dear..ly

    ⚠Report!
  3. maashaa allah😍😍..
    dhiraa you are the magical writer i have ever seen ..
    i am feeling so much proud for getting your stories to read😘 😘

    ⚠Report!
  4. maashaa allah😍😍..
    dhiraa you are the magical writer i have ever seen ..
    i am feeling so much proud for getting your stories to read😘 😘

    ⚠Report!
  5. Sry 4 commenting too late…. V v v nice mi prt alhey fahu baigaa dhiraa kihineh thi hedhy v curious vehje…. Bt patiently waiting 4 the nxt part… 😁😁😁😁 luv ya

    ⚠Report!
  6. Sry 4 commenting too late…. V v v nice mi prt alhey fahu baigaa dhiraa kihineh thi hedhy v curious vehje…. Bt patiently waiting 4 the nxt part… 😁😁😁😁 luv ya

    ⚠Report!
  7. Dhiroo e boy akaa Laalu talk eh nukuran…. Laalu talk kuraniy laalu cousin eh through koh…. Ekm bunaan nan ingey laalu no fonuvaalaalan eurun dhiraa ah msg kohleveyne ehnu…. No libuniyma hi jahaalaa name vx jahaalaathi eyrun laalu reply dheynan

    ⚠Report!
    1. aslu dhiraa huree sundayga next part up kohlan…. bt i was not feeling well past 2 days. thts why i did not get time to write it.. i am swry to say this…. bt insha allah willl upload the next part soon

      ⚠Report!
    1. sry dear dhiraa scl wrk ga bxy veema time nulibunee.. insha allah withing 2 days i will upload

      ⚠Report!

Leave a Reply

Your email address will not be published.