Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންލޯބި

ޑައިރީ 2

venom Level 210 Stories
April 16, 2019 2 Mins Read
5 Comments

ފުރަތަމަ ބަޔާ ގުޅޭ

ކޮޓަރި ހުޅުވާފިއެވެ . ލަރާ އާއި ލުޔޫން އަކީ ސްކޫލް ދުވަސް ވަރު އެއް ކިލާހެއްގައި އުޅުނު 2 އެކުވެރިންނެވެ . ސްކޫލް ވެސް ނިމިގެން ދިޔައީ އެއްކޮށެއެވެ .  ލުޔޫން ގެ ހުރިހާ ވާހަކަ އެއް ކަހަލަ ގޮތަކަށް ލަރާ އަށް އިގެއެވެ އަދި މޫނަށް އަންނަ ކުލަ ވަރު ލަރާ ވަނީ ދަސް ކޮށްފައެވެ .

ކޮޓަރި އަށް ވަދެ ކޮޓަރި ތަޅުލުމަށް ފަހު ލަރާ ވާހަކަ ދައްކަން ފެށިއެވެ .

ލަރާ : ލުޔޫން ! ކަމެއް ގޯސް ވީ ތަ ؟

ލުޔޫން : އުހު … ކަމެއް ގޯހެއް ނުވޭ …

ލަރާ: އަހަންނަށް ފޮރުވަން ނޫޅެބަލަ . ލުޔޫން ގެ ލޮލުން އެބަ ފާހަގަ ވޭ ކޮންމެ ވެސް ކަމެއް ސިއްރު ކުރަން އުޅޭ ކަން

************************

ލުޔޫން : އެއްވެސް ކަމެއް ނުފޮރުވަން . ދެންމެ ނިދާފާ ހޭލީމާ އޭ

ލަރާ : އޯކޭ … އަވަހަށް ރެޑީވޭ …

ލުޔޫން : ކޮން ތާކަށް ދާން ؟

ލަރާ : ބޭރަށް ހިގާލަން ދާން …. މަ މިޔައީ ގޭގައި އިދެ އިދެ ފޫހިވެގެން … ހަވީރު ގަޑި ވީމާ …… ލުޔޫން ގޮވައިގެން ހިގާލަން ދާން ކަމަށް

އެހެން ބުނުމާ އެކު ލުޔޫން ކައްނެއް ގޮތަކަށް ފާޙާނާ އަށް ވަނެއެވެ . ފާޙާނާ ކޮއްލައިގެން ރީތި ކޮށް ޝޯލް އެޅުމަށް ފަހު 2 މީހުން ހިގައި ގަތި އެރަށު  ބަދަރާއި ދިމާލަށެވެ  . އެހެން ދާއިރު ފިހާރަ އަކަށް ވަދެ ކޮންމެ ވެސް ރީތި އެއްޗެއް ހޯދައެވެ . އެއް ފިހާރަ އެއްގައި ގިނަ ވަގުތު ވަންޏާ މުން ވެސް ލުޔޫން ސަކުވާ ރާގަކަށް ހާސަރު ދަމައެވެ

ލުޔޫން އަކީ ވަންނަ ފިހާރަ އަކުން އަވަހަށް ނިކުންނަން ބޭނުން ވާ ކުއްޖެކެވެ .  ލަރާ އަކީ އެ ފިހާރަކަށް ވަދެއްޖެ ނަމަ އެހާ ގިނައިރު ނަގާ މީހެކެވެ . ހާއްސަ ކޮށް ރިތި އެއްޗެއް ފެނިއްޖެ ނަމަ އެޔަކަށް މަރުދޭ ކުއްޖެކެވެ . 2ކުދިން ނަކީ ވެސް ހުސް ހަށިބައި 2 މީހުން ކަމުން ގިނަ ފިރިހެން ކުދިން ލޯ ތަކަށް އަމާޒުވާ 2 ކުދިންނެވެ . ސަބަބަކަށް ވަނީ 2 މީހުން ވެސް އެއީ ރީތި 2 ކުދިންނެވެ . ލޫޅާފަތި 2 ކުދިންނެވެ .

އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސިއްޖެއެވެ . ލަރާ އަދި ލުޔޫން ވެސް ވަކި ވެގެން ދިޔައީ މާދަމާ ވެސް ދިމާވާނެ ކަމުގެ އުއްމީދު ގައެވެ .  ލުޔޫން ވެސް ދިޔައީ ގެޔާ ދިމާލަށެވެ . ލަރާ ވެސް ދިޔައީ ގެޔާ ދިމާލަށެވެ .

ލަރާ އަދި ލުޔޫން އަކީ އެއް ކިލާހެއްގައި އުޅެމުން ދިޔަ 2 ކުދިންނެވެ . އެއް އުމުރެއް ގެ 2 ކުދިންނެވެ . އެކުވެރި ކަމަށް ތުރެން 2 ކުދިން ވެސް ދެކެމުން އަންނަނީ އެއްބަނޑު އެއްބަފާ 2 ކުދިންގެ ގޮތުގައެވެ .

ކޮންމެ ޔަކަސް ރޭގަނޑުގެ ނާސްތާ ކުރުމަށް ފަހު ލުޔޫން އިނީ ޓީވީ ބަލާށެވެ .   ލުޔޫން ގެ ފޯނަށް މެސެޖް އައި ހެން ހީވެގެން  ބަލަލިއިރު އެއީ ނުދަންނަ ނަމްބަރ އަކުން ކޮއްފައި ވާ މެސެޖް އެކެވެ .  އަވަސް އަވަހަށް ފޯން ނެގުމަށް ފަހު އެ މެސްޖް ކިޔާލަން އުޅުނެއެވެ .

އެ މެސްޖް ގައި އޮންނަނީ ..

“ހަލޯ ލުޔޫން ..އަހަންނަކީ ލުޔޫން މެން ކިލާހު ގެ ކުއްޖަކީމެއެވެ . އަދި ލުޔޫން އަށް ހިތް ކީ ކުއްޖަކީމެއެވެ . ލުޔޫން ގެ ނަމްބަރ ދިނީ ވެސް ލުޔޫން އަމިއްލަ އަށެއެވެ . ގުޅާށޭ ކިޔާފައެވެ . ވަރަށް ވެސް ހަދާން ވެއެވެ . ކޮބާ ލަރާ އޭނަ އަށް ސަލާމް ބުނެލާތި ،… އަހަންނަކީ ކައިލް އެވެ . މިހެން ބުނުމުން ހަދާން ހުންނާނެ ކަން ނޭންގެއެވެ . ހަދާން ވެސް ނެތިދާނެއެވެ . ”

އެ މެސްޖް ކިޔުމަށް ފަހު ލުޔޫން ވިސްނާލީ ކަޔާން ކިޔާ ކުއްޖަކު ކިލާހުގައި އުޅު ތޯއެވެ . އަވަސް ވެގަތީ ލަރާ އަށް ގުޅާ ލުމަށެވެ .

3 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

މާޒީ (ހަތްވަނަބައި)

Next

ވިންދޭ ލޯބި ތީ އެދޭ 46

Next
April 17, 2019

ވިންދޭ ލޯބި ތީ އެދޭ 46

Previews
April 16, 2019

މާޒީ (ހަތްވަނަބައި)

5 Comments!

  1. Ibsha says:
    April 17, 2019 at 8:13 am

    V reethi

  2. Anonymous says:
    April 21, 2019 at 9:53 pm

    Varah Reethiii❤️

  3. Puppy says:
    May 9, 2019 at 10:20 am

    Thinvanabai vaahaka nerela?????

  4. Mala says:
    July 4, 2019 at 8:39 am

    ??♡♡?varrahreethi

  5. misshy says:
    September 3, 2019 at 1:55 am

    Vara Hadi . Not nice .

Comments are closed.



All Right Reserved!