މާޒީ (އަށްވަނަބައި)
ރަޝާ ޒީނާއަށް ކަޅި އަޅައިލައިގެން ހުރި އިރުގައި ލޮލުން ނުރުހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ރަޝާ ބޭނުންވީ ޒީނާ ޝާޔަންގެ ކުރިމަތީގައި ބޭޒާރު ކޮށްލާށެވެ. ނަމަވެސް މިވަގުތު ހިމޭންކަން ހިޔާރުކުރީ ފަހުން ރަގަނޅު ދަޑިވަޅެއްބަލައިފައި ޒީނާ ބޭޒާރު ކުރުމުގެ ބޭނުމުގައެވެ. ޒީނާ އެއީ ކިހާވަރެއްގެ މީހެއްކަން ޝާޔަންއަށް އަންގަން ރަޝާ ކިތަންމެހާވެސް ބޭނުމެވެ. ރަޝާ މަޑުހިނގުމެއްގައި އައިސް ޒީނާ ގާތުގައި މަޑުކޮއްލި އިރުގައިވެސް ޒީނާ އަނގަހުއްޓާނުލާ އަނގަ ތަޅަމުން ގެންދިޔައެވެ. ރަޝާއައި ކަމެއްވެސް ޒީނާއަށް ރޭކައެއްނުލިއެވެ.
”ހޭ ސިސް ހިނގާބާ އައިސްކްރީމް ގަންނަން ދަމާ…..އައިސް ކްރީމް ކާހިތުން ނުހުރެވިގެން މިއުޅެނީ ހިނގާބާ ދާން….ނައިލްއަށް ވެސް އައިސްކްރީމް ގެންދަން ވާނެދޯ….”
ރަޝާ ވާހަކަ ދެއްކީ ޒީނާއަށް ބަލާލަމުން ޖެއްސުމުގެ ރާގެއްގައެވެ. ޒީނާ ރަޝާއާއި ދިމާއަށް ބަލައިލިއިރުގައި ރަޝާހުރީ ނުލަފާ ގޮތަކަށް ހެވިފައި ޒީނާއާއި ދިމާއަށް ބަލާށެވެ. ޒީނާދެއްކި ވާހަކަތައް ރަޝާއަށް އަޑުއިވުނީ ބާއޭ ޒީނާގެ ހިތަށްއެރިއެވެ. ރަޝާ ވާހަކަ ދެއްކިގޮތުން ރަޝާއަށް އަޑުއިވުނީހެން ޒީނާއަށް ހީވިއެވެ. ނަމަވެސް އެކަމާ މާބޮޑަށް ނުވިސްނަން ޒީނާ ނިންމީ އެއީ އެވަރުގެ ކަމެއްނޫން ވީމައެވެ. އެވާހަކަ ރަޝާ ޝާޔަންގެ ގާތުގައި ބުނެފިނަމަ ޒީނާއަށް ކިޔޭނެއެއްޗެހި އެބަހުއްޓެވެ. ޝާޔަން ވަރަށް ފަސޭހައިން ޒީނާދައްކާ ވާހަކަ ގަބޫލުކުރާނެ ކަން ޒީނާއަށް އިނގެއެވެ. މޮޅު ވާހަކައެއް ހަދާލުމަކީ ޒީނާއަށް މާ އުނދަގޫކަމެއް ނޫނެވެ.
”ހިނގާ ބާ ދެން ދާން….ޒީނާ އަހަރުން ދަނީ އިނގޭ…ސީޔޫ ލޭ ޓާރ….”
ރަޝާއައިސް ޝާޔަން ބުނަން އުޅޭއެއްޗެއް އަޑު އެހުމެއް ނެތި ޝާޔަންގެ އަތުގައި ހިފައިނަގަމުން ދާން ހިނގައިގަތީ ޒީނާއަށް ބަލައިލަމުން ހީލުމަށްފަހުގައެވެ. ޒީނާވެސް ދެރަނުވާންވެގެން ރަޝާއަށް ބަލައިލަމުން ހީލިއެވެ.
ހަވީރު ވީއިރުގައި ނާއިރާހުރީ ބޭރަށްދާން ރެޑީވެގެނެވެ. ނާއިރާއަށް ރަޝާގެ އިންތިޒާރުގައި މާ ގިނައިރު ހުންނާކަށް ނުޖެހުނެވެ. ރަޝާއާއި އެކުގައި ޝާޔަންވެސް އައީ ރަޝާ ކުރުނުކޮއް އަންނަން ކިޔަން ފެށުމުންނެވެ. ޝާޔަންއެހާ ދާހިތްނުވި ނަމަވެސް ރަޝާ އެވަރަށް ކިޔަންފެށުމުން ނައިސް ހުންނަން ނުކެރުނީއެވެ.
”ނީ ރެޑީ ތަ؟…މިއަދު ވާނެ މިރަށުގެ ތަންތަނަށް ޖައްސާލަން ދޯ…..”
”އަމް އޯލްވޭސް ރެޑީ…. ހޭ ޝާޔަން ކިހިނެއް؟…”
ނާއިރާ ހިތްހެޔޮ ހިނިތުންވުމަކާއި އެކު ގޮސް ޝާޔަންގެ އަތުގައި ހިފައިލަމުން އަހައިލިއެވެ.
”އަލްހަމްދް ﷲ….. ހަމަ ބަރާބަރު…..ނާއިރާ ކިހިނެއް؟….”
“އަހަރެންވެސް ހަމަ ބެސްޓް……”
ޝާޔަން ހުރީ އާދައިގެ މަތިން ހިނިތުންވެލައިގެންނެވެ. އަބަދުވެސް ޝާޔަންގެ މޫނުމަތިން އެ ހިނިތުންވުން ފެންނަކަން ނާއިރާ ފާހަގަކުރިއެވެ. ނާއިރާ ގޮވައިގެން ރަޝާ ގެއާއި ކައިރީގައި ހުރި ރީތިތަންތަން ބަލައިލަން ދިޔައެވެ. އެރަށުގެ ދުވަސްވީ މިސްކިތެއް ބަލައިލަން ތިއްބައި ޝާއިން އާއި ނައިލް ސައިކަލުގައި ދަމުން އެމީހުން ފެނިގެން އެތާގައި މަޑުކޮއްލިއެވެ.
”ހޭ ގާރލްސް މިތާ ކީއްކޮއްލަނީ؟…”
ޝާއިން އައިސް ނާއިރާ މެންގާތުގައި މަޑުކޮއްލަމުން އަހައިލިއެވެ. އޭރު ސެލްފީނަގަން ހުރި ނާއިރާ ޝާއިންގެ އަޑުއިވުމުން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ތިރި ކޮއްލިއިރުގައި ޝާއިން ހެވިފައި ނާއިރާއާއި ދިމާއަށް ބަލަން ހުރިތަން ފެނުމުން ނާއިރާ ލަދުން އިސްޖަހަެިލިއެވެ. ނާއިރާގެ މޫނު ރަތްވެގެން ދިޔައީ ޝާއިން ބަލަން ހުރި ގޮތް ފެނިފައެވެ.
”ނީ މިރަށަށް އާ ވީމަ ރަށުތެރެ ބަލާލަން ނިކުމެ މިއުޅެނީ….”
ޝާއިންއަށް ޖަވާބު ދިނީ ރަޝާއެވެ. ނައިލްހުރީ ޝާޔަންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެނެވެ. ޝާޔަން ހުރީ ރަޝާގެ އަތުގެ މުލައްދަޑީގައި ހިފަހައްޓާލައިގެންނެވެ. އާދައިގެ މަތިން އަވިއައިނު އަޅައިލައިގެން ހުރި އިރުގައި ޝާޔަން އާއި ވަރަށް ގުޅެއެވެ.
”އިޒިޓް އޯކޭ އިފްވީ ޖޮއިން ޔޫ ގާރލްސް….އަހަރުންވެސް ރަށުތެރެ ބަލާލަން ނިކުމެ ވީއްޔަ މިއުޅެނީ….ހިނގާ ހުރިހާ ކުދިން އެކީގަ ހިނގާލަން ދާން ދޯ…އޭރުން މާ ރަގަނޅު ވާނެ އެއްނު……”
ޝާއިންގެ ހިޔާލު އެންމެނަށްވެސް ވަރަށް ކަމުދިޔައެވެ. ޢެހެންކަމުން ޝާއިންގެ ބަހަށް އެންމެން ވެސް އެއްބަސްވިއެވެ. ހުރިހާ އެންމެން އެކީގައި ކަހަލަގެ ގޮތަކަށް ހިނގައިލައިފައި ދިޔައިރުގައި ރަށުގެ ގިނަ މީހުންގެ ނަޒަރު ވަނީ ނައިލްމެނަށް ހުއްޓިފައެވެ. އެކި މީސް މީހުން އެވަރަށް ބަލަމުން އެގެންދަނީ ނައިލްމެން އެއީ އެހެންނާ ނުފެންނަ ބައެއް ވީމަ ކަންނޭގެ އޭ ނައިލްގެ ހިތަށް އެރިއެވެ. ނައިލްއަދި ނާއިރާ މިކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދިނެވެ. ރަޝާގެ އަތުގައި މަޑު މަޑުން ހިފައިލައިގެން ހިނގައިފައި ދިޔަ ޝާޔަންގެ ފައި މަގުމަތީގައި އިން ގަލަކު އަޅައިގަތީ ހަމަ ކުއްލިއަކަށެވެ. މިކަހަލަގެ ކަމަކަށް ނުވިސްނައި ހުރި ޝާޔަން ވެއްޓެއް ދަނިކޮއް ކުއްލި ހަރަކާތަކާއި އެކީގައި ނައިލް ޝާޔަން ގައިގައި ހިފެހެއްޓިއެވެ. ކުއްލިއަކަށް ވީ ކަމެއްކަމުން ރަޝާއަށް ޝާޔަންގެ ގައިގައި ނުހިފެހެއްޓުނީއެވެ.
”ކެއާފުލް ލަވް….”
ނައިލް ޝާޔަންގެ ހަށިގަނޑުން ދޫކޮށްލަމުން ބުނެލީ ނިކަން ލޯބިންފުރިގެންވާ ރާގަކަށެވެ. ޝާޔަންގެ މޫނު ރަތްވެގެން ދިޔައީ ނައިލް އެހެންބުނީމައެވެ. ކުރިން ބިރުގަނެފައި ހުރީ ޝާޔަން ނައިލްގެ ބަސްތަށް އިވި ގަނެފައި ހުރި ބިރުމަތިން ވެސް ހަދާން ނެތުނީ ދާދި އަވަހަށެވެ.
”ސިސް އޯކޭ ތަ؟….”
ރަޝާކުޑަކޮށް ހާސްވެފައި އަހައިލިއެވެ. ޝާއިންވެސް ޝާޔަން ރަގަނޅުތޯ އަހައިލިއެވެ. އެންމެން އެވަރުގެ ކުޑަ ކަމަކަށް އެހާ ހާސްވެފައި އަހަން ފެށުމުން ޝާޔަންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
”ސާބަސް އެންމެނަށް….އެ އެވަރަރުގެ ކަމެއް ނޫނޭ…އަމް ޓޯޓަލީ ފައިން….”
ޝާޔަންގެ ބަސްތަށް އިވި އެންމެންގެ ހާސްކަން ފިލައިގެން ދިޔައީ ދާދި އަވަހަށެވެ. ރަށުތެރޭގައި ހިނގައިލަން އުޅެފައި އެންމެން އެމީހެއްގެ ގެއަށް ދިޔައީ މަޣްރިބް ނަމާދަށް ގޮވަން ކައިރިވެފައި ވާތީއެވެ. އަދި މާދަންވެސް ދާންވާނެ އޭ ނާއިރާބުނުމުން ރަޝާވަގުތުން އެކަމަށް އެއްބަސް ވިއެވެ. ހުރިހާ ކުދިން އަލްވަދާއު ކިޔުމަށްފަހު ގެއަށް ދިޔައީ މާދަންވެސް ދިމާވަން ރާވައިގެންނެވެ.
އެނދުމަތީގައި އިށީންދެލައިގެން އިން ޝާޔަންއަށް ވިސްނެމުން ދިޔައީ ނައިލްއާއި ދޭތެރޭގައެވެ. ނައިލް ޝާޔަންއާއި ދޭތެރޭގައި ބާއްވާ ގާތްކަން ޝާޔަންއަށް ވަރަށް ކަމުދެއެވެ. ނަމަވެސް ނައިލްއާއި ޝާޔަން ފަދަ ނުކުޅެދޭ ކުއްޖަކާ އެކަށީގެން ވޭބާއޭ ޝާޔަންގެ ހިތަށްއެރިއެވެ. ޒީނާ ކިޔާދީފައި ވާގޮތަށް ޝާޔަން ނައިލް ހުންނާނެ ގޮތް ފުރަތަމަ ފަހަރަށް ހިތަށްއަރުވާލިއެވެ. ނައިލް އެއީ ކޮންމެ ސިފަތަކެއްލިބިފައިވާ މީހަކަށް ވިއަސްވެސް ޝާޔަންއަށް އެއީ އެހާ މުހިންމުކަމެއް ނޫނެވެ. އެހެންނޫނަސް ޝާޔަންއަކީ ލޮލަށް ފެންނަވެސް ކުއްޖެއްނޫންތާއެވެ. އެމީހެއްގެ އަހްލާގު ރަނގަޅުވުމުން އެނިމުނީއެވެ.
ނައިލް ކޮޓަރީގައި ހުރި ސޯފާއެއްގައި އޮށޯވެލައިގެން އޮތީ ފޯނުން މިއަދު ނެގި ފޮޓޮއަކަށް ބަލަން އެއަށް ގެއްލިފައެވެ. އެއީ ނައިލް ވަރަށް ވެސް ސިއްރުން ނެގި ޝާޔަންގެ ފޮޓޮއެކެވެ. ޝާޔަން އަވިއައިނު އަޅާ ކަޅު ޝޮއުލްއަކުން މޫނޫފޮރުވައިލައިގެން ހުއްޓަސް ނުލާހިކު ރީއްޗެވެ. އެދޮން ދޮން ވަށްމޫނު ނައިލްއަށް ވަރަށް ކަމުދެއެވެ. ކިތައްމެ ފޮރުވިގެން ހުއްޓަސް ނައިލްއަށް ޝާޔަން ވަރަށް ކަމުދެއެވެ. ނައިލްއަށް އެންމެ ކަމުދަނީ ޝާޔަންގެ ހިތްހެޔޮ މިޖާޒެވެ. އަބަދުވެސް މޫނުމަތިން ހިނިތުންފެންނަ ޝާޔަންދެކެ ލޯބިވެވުނީ ނައިލްގެ އަމިއްލަ އިހްތިޔާރަކާނުލައެވެ. ނާއިރާ އައިސް ނައިލް އޮތް ސޯފާގެ ކައިރީގައި މަޑުކޮއްލި ކަމެއްވެސް ފޮޓޯއަށް ގެއްލިފައި އޮތް ނައިލްއަށް ރޭކައެއް ނުލިއެވެ. އެއަށްވުރެ ބޮޑަށް ނައިލްއޮތީ ފޮޓޯއަށް ގެއްލިފައެވެ. ނާއިރާ މަޑުމަޑުން ގުދުވަމުން ނައިލްގެ ފޯނު ޖަހައިގަންނަމުން ދުއްވައިގަތެވެ. ނާއިރާގެ މި ހަރަކާތުން ނައިލް ދިޔައީ ސިއްސައިގެންނެވެ. ނައިލް ވެސް ނާއިރާގެ ފަހަތުން ފޯނު ދޭށޭ ކިޔަމުން ދުއްވައިގަތެވެ.
”ހަމަ މިހާރު ފޯނު ދޭންވީ އިނގޭ….”
”ހަހަހަހަ….ނުދޭނަން…”
ނާއިރާ ގޭގެ ސިޑި ގިރާކޮށް ތިރިއަށް ފޭބީވެސް ދުވަމުންނެވެ. ދުވެފައި އައި ނާއިރާއަށް ކޮންޓްރޯލް ނުކުރެވިގެން އައިސް ޖެހުނީ ސިޑިކައިރީގައި ހުރި ޝާއިންގެ ގައިގައެވެ. އެވަގުތު ނާއިރާ އަތުގައި އޮތް ނައިލްގެ ފޯނު ދޫވެގެން ބިންމަށްޗަށް ވެއްޓުނެވެ.
”ކެއާފުލް ސްވީޓީ…އަބަދު ތަނެއްދޮރެއް ނުބަލާ ދުވުން ދޯ ކަމަކީ…އަބަދުވެސް ކޮންމެވެސް އެކްސިޑެންޓެއްވޭ ވީއްޔަ އެބަ….ތި ތަންކޮޅެއް ބަލައިލައިގެން އުޅެބާ…..”
ޝާއިން ރީތީ ހިނިތުންވުމެއް ދެމުން ތިރީގައި އޮތް ފޯނު ނަގާ ނާއިރާގެ އަތަށް ދިއްކޮއްލި އިރުގައި ލޮލުގައި އަޅައިގަތީ ފޯނު ސްކްރީނުން ފެންނަން އިން ޝާޔަންގެ ފޮޓޯއެވެ. ނާއިރާގެ ފަހަތުން އައި ނައިލްގެ ފިޔަވަޅުތަށް ހުއްޓުނީ މި މަންޒަރު ފެނިފައެވެ. ނާއިރާ ނައިލް އާއި ދިމާއަށް ބަލާލިއިރުގައި ޝާއިންގެ ނަޒަރު ހުއްޓިފައިވަނީ ނާއިރާއަށެވެ.
،(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



thankolheh dhigukoh genesdhyvi dhaanetha varah reethi mi part ves konmeyfaharaku nimeyni nuves aygi huhtaa varah varah reethi
Jazakillah khairan azoo ? sorry part thah maa kuru veema ?
Reeethi
Alhe v v habbu nge..next part dhigukohdhehchey…Amazing?❤❤❤??????????
Jazakillah khairan jiji ?
Mi othy ahwana baiwes…. part thah maa kuru veema mi balany ..knme dhuwahaku part eh up kureweytho…. ?
Story v lobiii ❤❤ … Kurukamun dhera eee vedhaane kiyaahithun inaathii kamah ???
Waiting next part
Jazakillah khairan ??
Curiously waiting for next part… so far story is really nice ?
Jazakillah khairan ?
❤❤varah reethi ❤❤
Jazakillah khairan ?
?? Amazing
waiting for next part
?? Naill oppa
Jazakillah khairan oppa ?
Varah reethi
Jazakillah khairan ?
ohh shitt…. ehnbandu 2 meehun love vany aneh ehbandu 2 meehun dheke.. kaiveni nuvaa vahatahru hunnany…
I am sorry but Thibuni ehcheh nangunu….
Moya meeha ragalhah baa anehka vahaka thi kiyaaly… hama ragalhah wes moya ee dho…. shayan aa niall e ee ehbadu ehbafa dhemeehuneh nun… niall aa naaira aa ee ehbadu ehbafaa….riyaz aa anil aa aee thimage meehuneh nun….. ehen veema kaiweni huhdha waane… anw v molhah vahaka kiyifa thihiry…?
Hehe reader ebuny thedheh ? they are not related
Varah reethi mi part ves next part kiyaa hithun hureveny kee noon ?????
Heheh jazakillah khairan sis ??
Varah reethi mi part ves ?????
Jazakillah khairan ?
Varah loabi ?????
Jazakillah khairan ?
Alhey update nuvey mihaaru Esfiya vaahaka thakeh
Lahba nange keewe kameh ?
Sis whn up kurany story???..mihaaru keiitherikan kolhun laifi???.heheh.. avahah up kohdheeba..Dhn v gotheh balailan beynun vany..❤❤
Jazakillah khairan jiji… miharu wes submit kohfa v next part… nange keewe kameh up nuwanee ?
I am so sorry readers… i dont know why its taking so much time to upload next part… i submited next part 3 days ago… but still its pending…. i think esfiya is going through some problems… sorry readers once again… ?
Awwn..its kkkk???