Skip to content
އެސްފިޔަ

ޑައިރީ 3

“ހަލޯ ލުޔޫން ..އަހަންނަކީ ލުޔޫން މެން ކިލާހު ގެ ކުއްޖަކީމެއެވެ . އަދި ލުޔޫން އަށް ހިތް ކީ ކުއްޖަކީމެއެވެ . ލުޔޫން ގެ ނަމްބަރ ދިނީ ވެސް ލުޔޫން އަމިއްލަ އަށެއެވެ . ގުޅާށޭ ކިޔާފައެވެ . ވަރަށް ވެސް ހަދާން ވެއެވެ . ކޮބާ ލަރާ އޭނަ އަށް ސަލާމް ބުނެލާތި ،… އަހަންނަކީ ކައިލް އެވެ . މިހެން ބުނުމުން ހަދާން ހުންނާނެ ކަން ނޭންގެއެވެ . ހަދާން ވެސް ނެތިދާނެއެވެ . ”

އެ މެސްޖް ކިޔުމަށް ފަހު ލުޔޫން ވިސްނާލީ ކަޔާން ކިޔާ ކުއްޖަކު ކިލާހުގައި އުޅު ތޯއެވެ . އަވަސް ވެގަތީ ލަރާ އަށް ގުޅާ ލުމަށެވެ .

ލަރާ ގެ ފޯނަށް ގުޅާލީމެއެވެ . ދެތިން ފަހަރު ރިންގު ވެފައި ލަރާގެ އަޑު އެކޮޅުން އިވިގެން ދިޔައެވެ .

ލުޔޫން : ހަލޯ ..

ލަރާ : މިޔޮށް ދަންވަރު ކީއްކުރަން

ލުޔޫން : އިގޭތަ ކަޔާން …

ލަރާ : އާން ! ކިހިނެއް ވީ …. ސެޓް ވީ ދޯ ؟

ލުޔޫން : ބޮޑު ކަމެއް ނުން ދެން

ލަރާ ؛ އަސްލު ކިހިނެއް ވީ އޭނަ އަނެއްކާ ..

ލުޔޫން : އާން އަހަރެންނަށް މެސްޖް ކުރީމާ އެހެން ވެ . އެއީ ދަންނަ ކުއްޖެ ތޯ ބަލައިލަން . އަހަރެން ވިސްނައި ވިސްނައި އޭ ކާކު ކަމެއް ވެސް ނޭންގެ . އެއީ ކިހިނެއް ހުންނަ މީހެއް ކަމެއް ވެސް ނޭންގެ .

ލަރާ : މާދަމާ ކިޔާދޭނަން … މިހާރު މި އުޅެނީ ކުޑަ ކަމެއްގައި .. ގުޑް ނައިޓް

ލުޔޫން : އާން މާދަމާ ކިޔާ ދޭތި … އޯކޭ ! ދެން ބާއްވަނީ

އެހެން ބުނުމަށް ފަހު 2 މީހުން ގެ ފޯން ބޭއްވިއެވެ . އަދި ލުޔޫން ގެ މަންމަ އަށް އެހީ ވުމަށް ބަދިގެ ފަރާތަށް ދިޔަ .

ލުޔޫން : މަންމާ !

މަންމަ ( އައިސާ މަނިކެ ) : އަދި ކިރިޔާ ދޯ އަންނަން އިގުނީ ..

ލުޔޫން : މަންމާ ! އަހަރެން ނާ އެކު އުޅޭ ލަރާ އާ ގުޅާގެން އިދެވުނީ އޭ .. އޭނަގެ ވާހަކަ ތައް އަޑު އަހަން

އެހެން ބުނުމަށް ފަހު ރޭގަނޑު ކެއި ތަށިތައް ނެގުމަށް ފަހު 2 މައިން ދިޔައީ ސިޓިންރޫމް އަށެއެވެ . އޭރު ގަޑިން 12 ޖަހަން ކައިރިވެފައި ހުރުމުން 2 މައިން އިށީނީ ކުޑަކޮށް ޓީވީ ބަލާލުމަށެއެވެ . ލުޔޫން ގެ ބައްޕަ ގެއަށް ވަނުމުން ލުޔޫން ދިޔައީ ލުޔޫން އަށް ހަމަ ޖެހިފައި ހުރި ކޮޓަރި އާ ދިމާލަށެއެވެ .

މުހައްމަދު ފުޅު ( ލުޔޫން ގެ ބައްޕަ ) : ދެއްމެ 2 މައިން ހާދާ ރީތިކޮށް ޓީވީ ބަލަން

އައިސާ މަނިކެ : ހޫމް އޭނަ ބުނީ ބައްޕަ އައިމަޔޯ ނިދަން ދާނީ  މަންމަ އެކަނި ކޮށްފައި ނުދާނަމޯ  . އެހެން ކިޔާފައި އަހަރެން ކާރި އިނީ ވެސް . މުހައްމަދު ފުޅު އައިމާ އެ ދިޔައެއީ ވެސް

ރޭގަނޑު ގެ ހަމަ ހިމޭ މާހައުލެކެވެ . އެދުގެ 2 ފަރާތަށް ފުރޮޅިލާ ފުރޮޅިލާ ލުޔޫން އޮތެއެވެ . ކޮންމެ ވެސް ކަމަކާ ވިސްނާ ކަހަލައެވެ . އާއެކެވެ . އެ ވިސްނަމުން އެ ގެންދަނީ އޭނަ އަތުގައި އޮތް ޑައިރީ ގެ ކަންތަކާއެވެ . އަދި ލުޔޫން ގެ ފޯނަށް މެސްޖް ކުރި ކަޔާން މަތިންނެއެވެ .

އެ ޑައިރީ ނަގީމެއެވެ . ކިޔަން ޖެހޭ ހިސާބު ފާހަގަ ކޮށް ފައި އިނީމާ ހޯދަން މާކަ އުދަގުލެއްވެސް ނޫނެއެވެ .  އެ ޑައިރީ ކިޔަން ފެށިއެވެ .

“2018 ވަނަ އަހަރަކީ އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށް ލި އަހަރެއެވެ . އެއީ އަހަރެން ނޭންގި ހުއްޓައި ހަޔާތަށް އައި އަންހެން ކުއްޖެއްގެ ސަބަބުންނެވެ .  އަހަރެން އެ އަންހެން ކުއްޖާ އާ އެކު ވަރަށް ވެސް ލޯބިން އުޅެމުން ދިޔާމެއެވެ . އެކި ރޭ ރޭ އަހަރުމެން 2 މީހުން ހަދު ބަލަން ދަމެއެވެ . އަދި 2 މީހުން އެއްކޮށް ސަކަރާތް ޖަހަމެއެވެ . ވަރަށް ވެސް އުފަލުން އުޅެމުން ދިޔާމެއެވެ . 2018 ވަނަ އަހަރު ގެ އޭޕްރީލް މަހު ގެ ނިމެން ދަނިކޮށް އެ އަންހެން ކުއްޖާ އަހަރެން ގެ ދިރިއުޅުމަށް ގެއްލިއްޖެއެވެ . 2020 އަކީ އަހަރުމެން 2 މީހުން ކައިވެނި ކުރަން  ހަމަ ޖެއްސި އެއް ތާރީޙެއެވެ . ފެބްރުއަރީ މަހު ގެ 2 ވަނަ ދުވަހު 2020 ގައި އަހަރުމެން ކައިވެނި ކުރުމަށް ކަޑަ އެޅީމެއެވެ . އެކަމަކު ވެސް އެކަން ތަޤުދީރުގައެއް ނެތެއެވެ … ”

ދެން އޮތް ނބައި ފެނިފައި ލުޔޫން އަށް ސިހުމެއް ލިބުނެއެވެ . އެއީ ލުޔޫން އަށް އަމާޒު ކޮށްފައި އޮތީމައެވެ .

” ލުޔޫން އެ ! ލުޔޫން އަކީ އަހަރުމެން އެއް ކުލާހެއްގައި އުޅުނު މީހެކެވެ . ރަށުން ބޭރު މީހެކެވެ . ސްކޫލް ދުވަސް ވަރު ލުޔޫން އިންނަނީ ވަރަށް ވެސް މަޑު މައިތިރި ކޮށެއެވެ .. ކިޔެވުމަށް މޮޅެއެވެ . އަހަރެން އެކަން ކަން ބަލަމެއެވެ  އ

Comments (5)

  1. Kamana

    Adhi vx dhigu kohla dhee bala maa kuree..

  2. Ibsha

    Kury part ge baaves laagen adhi ehaakurukoh thigenesdheny

  3. ?

    Yankoleh digukohladeebala.and konirakun next part.vvvv salhi but mistakes ebahuri

  4. ?

    Next part kon irakun

  5. Thuthy

    Miyah vure dhigu kuran neyguny???

Comments are closed.