Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ހަތްވަނަބައި)

InaaSh Level 210 Stories100 Comments
April 16, 2019 4 Mins Read
17 Comments

ހަމަ އެވަގުތު ޝާޔަން އަދި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން މީހަކު ހުރިކަމެއް ޝާޔަން އަދި ނައިލްއަށް ވެސް ނޭންގެއެވެ. ޒީނާ ޝާޔަންއާއި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރުގައި މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ ކުލަވަރެވެ. ޒީނާގެ އަތްމުށް ކެވިފައި ވީ އިރުގައި ހިތާހިތުން ޝާޔަންއަށް އެއްޗެހި ކިޔާލެވުނު އަދަދެއްވެސް ނޭންގުނެވެ.
”އަދި ދެލޯ އަދިރި އިރުގަ ވެސް ތިމާ ވަރެއް ނެތިފަ އެބަ އިނެއްނު…..ހާދަ ފޫއްސެއް ވެޔޭ…”
ޒީނާ ޝާޔަންއަށް ހިތްފުރޭ ވަރަށް އެއްޗެހި ކިޔައިލަމުން ޝާޔަންމެން ތިބި ދިމާއަށް ދާން ހިނގައިގަތީ މޫނުމަށްޗަށް ހިނިތުންވުމެއް ވެރި ކުރަމުންނެވެ.
”ހޭ ޝާޔަން މިތާ ކީއްވެފަ؟…”
ޝާޔަންއާއި އަރާހަމަ ކުރަމުން ޒީނާ ބުނެލީ ނައިލްއާއި ދިމާއަށް ބަލާލަމުންނެވެ. ނަމަވެސް ނައިލް ޒީނާ އާއި ދިމާއަށް ކުޑަގޮތަކަށް ބަލައިލުމަށް ފަހު ޝާޔަންއަށް ނަޒަރު ހުއްޓައިލިތަން ފެނިފައި ޒީނާއަށް ދަތްކުޑި ވިކައިލެވުނީ ބޭއިހްތިޔާރުގައެވެ. ނައިލްގެ މި ފަރުވާކުޑަކަން ފެނި ޒީނާ ދެރަވެސް ވިއެވެ.
”އަހަރެން ހަމަ އިނީ މިތާގަ….ޒީ ކޮންތާކަށް ތި ދަނީ…”
”އަހަރެން މިހެން ދަނިކޮށް ޝާޔަން ތިތާގަ އިންދާ ފެނުނީމާ މި އައީ ހަމަ…”
”އެހެންތަ…ޒީ ދާ އިރުގައި އަހަރެން ގޮވާގެން ދޭބާ އިނގޭ….އަހަރެން މިއިނީ ރަޝާ އަންނަން ދެން….އެކަމް އަދިވެސް ނާދޭ….ނައިލް ދެން ދިއަސް އޯކޭ އިނގޭ އަހަރެން ޒީ އާއެކީގަ ގެއަށް ގޮސްލަފާނަން…”
ނައިލް ކުޑަހިނިތުން ވުމަކާއިއެކު ”އޯކް” އޭ ބުނަމުން ޝާޔަންގެ ކޮޑުގައި އަތް ޖައްސާލަމުން ދަނީއޭ ކިޔާފަ ދިޔައީއެވެ. ނައިލްގެ މި ކުޑަހަރަކާތުން ވެސް ޝާޔަންގެ ހިތަށް ނޭންގޭފަދަ ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ. ޝާޔަންގެ މޫނުމަތީގައި ރަކި ހިނިތުންވުމެއް ފެތުރިގެންދިޔަތަން ރީތިކޮށް ޒީނާއަށް ފެނުނެވެ. ނައިލް ދިޔައިރުގައި ޒީނާއާއި ދިމާއަށް އެއްފަހަރު ވެސް ބަލާނުލައެވެ. ޒީނާ ތުންފިތާލަމުން ޝާޔަންއަށް ބަލާލިއިރުގައި ހިނިތުންވުމެއް ދީގެން އިންތަންފެނި ޒީނާއައީ އަމަށަކު ރުޅިއެއްނޫނެވެ.
”ޝާޔަން އެއީ ކާކުތަ؟…އެހެންނާ ފެނުނު މީހެއްނޫން އެއީއެއް….ޝާޔަންގެ ނިއު ފްރެންޑް އެއް ތަ؟..”
ޒީނާ ބޭނުންވީ އެ ގޮތްނޭންގޭ ޒުވާނާއާއި ބެހޭގޮތުން ޝާޔަންއަށް އިނގޭ ހުރިހާ މައުލޫމާތެއް ހޯދާލާށެވެ.
”ހެހެ…އެއީ ނައިލް… ހޫމް ފްރެންޑެއް…..ބައްޕަގެ ބެސްޓްފްރެންޑްގެ ދޮށީ ދަރިފުޅު އެއީ…..ލަންޑަނުން މިރަށަށް އައިތާ އަދި މިވީ އެންމެ ދެތިން ދުވަސް….”
ޝާޔަން ކުޑަގޮތަކަށް ނައިލްގެ މައުލޫމާތު ޒީނާއަށް ކިޔާލައިދިނެވެ. ޒީނާބޭރު ކުއްޖެއް ކަމަށް ހީކޮށްގެން ހުރި ކުއްޖާ މިވީ ރާއްޖޭކުއްޖަކަށެވެ. ޒީނާ ކައިރިއަށް ހިނިއައީ ނައިލްއެއީ ރާއްޖޭކުއްޖެއްކަން އިނގުނީމައެވެ. ޒީނާއަކީ ވެސް ރީތި ސިފަތަކެއް ލިބިފައި ހުރި ރީތި ކުއްޖެކެވެ. ސެލީނާ ހާ ރީތި ނުވިނަމަވެސް ޒީނާއަކީވެސް ހުތުރުކުއްޖަކަށް ނުކިޔާނެއެވެ.
”އެހެންދޯ….ހިނގާ ގެއަށްދަމާ ދެން އެހެންވީމާ….”
ޒީނާއައިސް ޝާޔަންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. ގެއަށް ދަމުންވެސް ޒީނާ ނައިލްއާއި ބެހޭގޮތުން އިތުރު މައުލޫމާތު ލިބޭތޯ ބެލިއެވެ. ޝާޔަންއަށް އިނގުނު ވަރަކަށް ނައިލްއާއި ބެހޭގޮތުން ކިޔާދިން އިރުގައި ޒީނާގެ ހިތުގައި ވީ އެއްޗެއް ޝާޔަންއަކަށް ނޭންގެއެވެ. ޝާޔަން ކިޔާދިން ވާހަކަ ތަކުން ޒީނާގެ ހިތުގައިިނައިލްއަށް އިތުރަށް ޝައުގުވެރިކަން އުފެދުނެވެ.
”ޝާޔަންއަށް ނައިލް ހުންނަ ގޮތް އިނގޭތަ؟…”
”ހެހެހެ…ޒީ ތީ އަހަންނަން ޖެއްސުމަށް ބުނި އެއްޗެއްތަ؟…އަހަންނަން ކިހިނެއްތަ އިނގެނީ ނައިލް ހުންނަނީ ކިހިނެއް ކަމެއް މަށަކަށް ނުފެނޭ ވީއްޔަ…..ދެން މީހަކު ކިޔާނުދެނީސް އަހަންނަކަށް ނޭންގޭނެ ދޯ މީހެއްގެ ސިފަ ކިޔާކަށް…..”
ޒީނާ ހިތަށްއެރި އެއްޗަކުން މޫނުމަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ.
”ސޮރީ އިނގޭ ޝާޔަން އެއީ އަހަރެން ޝާޔަން ދެރަ ކުރަން ވެގެން ބުނި އެއްޗެއްނޫން…..ނައިލް ހުރި ގޮތް ކިޔާލަދޭން ވެގެން މި އަހާލީ…..އެހެން އެއްވެސް އެއްޗެއް ހިތުގައި އޮވެގެނެއް ނޫން…..ޝާޔަންއަށް ވެސް ޝާޔަންގެ ނިއު ފްރެންޑް ހުންނަ ގޮތްއިނގެން ވާނެތާދޯ….އެވަރުދެން އަހަންނަން ވެސް ކޮށްލައިދެެވިދާނެއެއްނު …..”
”ހެހެހެ….އިޓްސް އޯކޭ އޭ….އަހަންނަށް ވެސް އިނގޭ ޒީ އަހަރެން ދެރަ ކުރަން ބުނިއެއްޗެއް ނޫންކަން….”
އޭރުގައި ޝާޔަންގެ ގެއާއި ހަމައަށް އާދެވުމުން ފަހުން ކިޔާދޭން އަންނާނަމޭ ބުނަމުން ޒީނާދިޔައީ ޝާޒިޔާ ގޭން ނިކުތްތަން ފެނިފައެވެ.
ނައިލްގޭގެ ބެލްކަނީގައި ހުރިއިރުގައިވެސް ވިސްނެމުން ދިޔައީ ޝާޔަންއާއި ދޭތެރޭގައެވެ. ޝާޔަން ނައިލްއާއި މެދު ދެކެނީ ކިހިނެއްކަމެއް ނައިލްއަކަށް ނޭންގެއެވެ. ނައިލް ޝާޔަންއާއި ދޭތެރޭގައި ދެކޭގޮތަށް ފަހަރެއްގައި ޝާޔަން ނުދެކެފާނެއެވެ. ނަމަވެސް ނައިލް އަދި އުންމީދު ކަޑާލާކަށް ބޭނުމެއް ނޫނެވެ. ލޯއަދިރި ކުއްޖެއްދެކެ މީހަކު ލޯބިނުވެދާނެއޭ ފަހަރެއްގައި ޝާޔަން ހިތަށްއަރާފާނެއެވެ. ނަމަވެސް ނައިލް ޝާޔަންއެއްގޮތަކަށް ވެސް އެފަދަގޮތަކަށް ދެކޭކަށް ބޭނުމެއް ނޫނެވެ.
”ޕޮއް…”
ނައިލް ސިއްސައިގެން ދިޔައީ ފަހަތުން ނާއިރާއައިސް ބުރަކަށީގައި ޖަހައިލުމުންނެވެ.
”ހަހަހަ…..ސީ ޔުއާރ ފޭސް……ހަމަ ރަނގަޅަށް ވެސް ސިހިއްޖެ ދޯ….”
ނާއިރާ ހުރީ އާދައިގެ މަތިން މަޖައިވެލައިފައެވެ.
”ނޮޓް ފަނީ …އެހެންނޫނަސް ދޮންބެއަށް ލަނޑުދޭން އުޅެގެން އެހެން މީހުންނަން ވީއްޔަ ލަނޑު ދެވެނީ ދޯ….ކުރީ ދުވަހުގަ ވެސް ޝާއިން ފަކީރަށް ވީއްޔަ ހުރިހާވަރެއް އަރުވާލީ….އެފަކީރުހުރި ގޮތްހަދާން ވިއަސް އަދިވެސް ހިނިއާދޭ…..ހެހެހެ …”
ނައިލް ބޭނުންވީ ގަސްދުގައި ނާއިރާ ރުޅިއަރުވައިލާށެވެ. ނައިލް ނާއިރާއާއި ދިމާއަށް ލާނެތް ނަޒަރަކުން ބަލައިލަމުން އެއްލޯމަރައިލިއެވެ. ނާއިރާ ވެސް ނައިލްއާއި ދިމާއަށް ބަލާލަމުން ތުންއަބުރާލިއެވެ.
”ޝާއިންއަކަސް އެހެން މީހަކަސް އަހަންނަން ވަރިހަމަ….ފުށް ޖަހަން ވީމަ ޖެހޭނެ އެންމެން ގަޔަށް ވެސް….ޝާއިނަކަސް ކާސިމަކަސް މަށަށް ވަރިހަމަ…”
ނާއިރާ ވެސް ނައިލްއަށް ދޫކުރާކަށް ބޭނުމެއްނުވިއެވެ. ނާއިރާ މިހެން ބުނަމުން ފަހަތަށް އެބުރިލިއިރުގައި ޝާއިން ހުރީ ނާއިރާގެ ސީދާ ފަހަތުގައެވެ.
”ކާސިމު އައިސް މިހިރީ….. އެކަމް އެއްވެސް އެއްޗެއް ނުޖަހައްޗޭ އިނގޭ މިފަހަރު…”
ޝާއިން ހުރީ ވަރަށް ހަމަޖެހިލާފައެވެ. ނާއިރާ ގަތް ލަދުން މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އެހެންކަމުން އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތީ ނައިލް ގޮވަގޮވާ އޮއްވައި ފަސްއެބުރި ބަލައިލުމެއްވެސް ނެތިއެވެ. ނާއިރާ ދިއުމުން ނައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނައިލް ހީ ހީ ވަރުބަލިވިއެވެ. ޝާއިންވެސް ހެމުން ހެމުން އައިސް ނައިލް ގާތުގައި މަޑުކޮއްލިއެވެ.
”ޝާން ކޮންއިރަކު މި ގެއަށް އައީ….ކަމަކު ތަ؟..”
ނައިލް ހެއުންގަޑު ކޮނަޓްރޯލް ކޮއްލަމުން އަހައިލިއެވެ.
”ކަމަކު ނޫނިއްޔާ އަހަންނަށް މި ގެއަށް އައުން މަނައީތަ؟…”
”ހެހެހެ…އެހެނެއް ނޫން މި ބުނީ ތިހެން ނުބުނެ އަންނަންޔާމުން އަނެއްކާވެސް މީހަކު އެއްޗެއް ޖަހާފާނެއްނު ހޭ…”
”ހެހެހެ…ތީ ވެސް ދޮގު ވާހަކަ އެއްނޫން…. ނައިލް ތިހެން ގޭގަ ހުންނާކަށް ފޫއްސެއް ނުވޭތަ؟…ހިނގާބަ ރަށުތެރޭގަ ހިނގާލާ ހަދާލަން ދާން…ނައިލް އަދި މިރަށް ބަލާލާކަށް ވެސް ނުދަމެއްނު….”
”’އާން….ހިނގާ ބުރެއް ޖަހާލަން ދާން….”
ނައިލް އާއި ޝާއިން ގޭން ނިކުމެގެން ދިޔަ އިރުގައި ނާއިރާ ހުރީ ނައިލްމެންނަން ސިއްރުން ބަލާށެވެ. ނާއިރާގެ މޫނުމަތިން ލަދުރަކި ހިނިތިންވުމެއް ފެންނަން ހުއްޓެވެ. ނާއިރާވެސް ރަޝާ ގާތުގައި ބުނެގެން ހަވީރު ހިނގާލަން ދާން ކުޑަ ޕްލޭނެއް ހަދާލީ ރަށުތެރެ ބަލާލުމުގެ ބޭނުމުގައެވެ. ރަޝާވެސް ދާދި ފަސޭހައިން ނާއިރާއާއި އެއްބަސް ވިއެވެ. ނައިލްއާއި ޝާއިން ރަށުތެރެ ކުޑަކޮށް ބަލާލާ ހަދާލުމަށް ފަހު ކެފޭއަކަށް ދިޔައީ ފިނި އެއްޗެއް ބޯލުމަށްޓަކައެވެ. ނައިލް ގެއަށް ދިޔައީ މެންދުރުފަސް ވެސް ވީ ފަހުންނެވެ.
”ހޭ ޝާޔަން މިހާރު ކައިގެންތަ ތީނީ…ހިނގާބާ މިދިމާ އަތިރިމަށްޗަށް ފިނި ކޮއްލަން ދާން…”
ޒީނާ އައިސް ޝާޔަން ޖޯލީފަތީގައި އިންދައި ގޮވައިގެން ދިޔައީ އެދިމާ އަތިރިމަށްޗަށެވެ.
”ސަޅި ވައި ރޯޅި ޖެހިލާ ދޯ އެބަ މިތަނަށް….”
ޝާޔަން އިނީ އާދައިގެ މަތިން ހިނިތުންވެލައިގެނެވެ. ޒީނާ ޝާޔަންއާއި އެކި ވާހަކަ ދައްކަމުން ގޮސް އަސްލު ދާންބޭނުންވާ މައުލޫއަށް ދިޔައެވެ.
”ސޯ ޝާޔަން…..ނައިލް ހުންނަ ގޮތް ކިޔާލަދޭނަން އިނގޭ…..ނައިލް ހުންނަނީ ފުދޭވަރަކަށް ކުރުކޮއް އިނގޭ….ބަޓް ފައިވް ފޫޓް ހުންނާނެ ކަންނޭންގެ…ދެން ބުޅި ބޮލެއްލާފަ އެވެސް ދިގު ކޮއްފަ ކުލަ ޖައްސާލާފަ ހުންނަނީ…..އެކަމް ކުޑަކޮށް ދޮންކޮށް ހުންނަނީ…ލާފަ ހުންނަ އެއްޗެހިން ހީވަނީ ޕާޓޭއެއްހެން …ބޭރު ގައުމެއްގައި އުޅެފައި ކަން ހަމަ ރަގަޅަށްވެސް އިނގޭނެ ބަލާލި މީހަކަށް……”
”ޒީ މީހުންގެ ސިފައަށް ފާޑު ކިޔާކަށް ނުވާނެ….ހުރިހާ އިންސާނުން ވެސް ހައްދަވާފައިވަނީ ހަމަ އެއްފަރާތަކުން…..ތިބޭނެ އެކި ސިފަ ލިބިފަ ހުރި މީހުން އެއީ އެވަރުގެ ކަމެއް ނޫނޭ ޒީ….އެންމެން އެއްގޮތެއްނުވާނެ އެއްނު…..”
ޝާޔަން ޒީނާއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޔެވެ. ޒީނާ ނައިލްއޭ ކިޔާފައި ދެއްކި ހުރިހާ ވާހަކައެއްވެސް ޝާޔަން ގަބޫލުކުރީ ޒީނާ ދޮގުހަދާފާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. ޝާޔަން ދެކޭގޮތުގައި ރީތި ހަޑި މީހެއް ނުހުންނާނެއެވެ. އެމީހެއްގެ އުޅުން ރަގަނޅުވަނިކޮށް އެނިމުނީއެވެ. ޒީނާ ޝާޔަންއަށް ކަޅި އަޅާލައިގެން އިންއިރުގައި މޫނުމަތީގައި ވީ ވިހަ ހިނިތުންވުމެކެވެ. ޒީނާ ދައްކާ ކޮންމެވާހަކައެއް ޝާޔަން ގަބޫލު ކުރާނެކަން ޒީނާއަށް މާ ކުރިންވެސް އިނގެއެވެ. އެކަމުގެ ނާޖައިސް ފައިދާ މިއަދު ވެސް ޒީނާ އެނަގައިލީއެވެ. މި ނޫނަސް ކިތަންމެ ފަހަރަކު ކިތަންމެ ދޮގެއް ޒީނާވަނީ ޝާޔަން ގާތުގައި ހަދާފައެވެ. ތަންކޮޅެއް ދުރުގައި ޒީނާދެއްކި ވާހަކަތަށް އަޑުއަހަން ހުރި ރަޝާގެ ދަތްކުޑި ވަނީ ވިކިފައެވެ. ރަޝާ ޒީނާއަށް ކަޅި އަޅައިލައިން ހުރި އިރުގައި ދެލޮލުން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އިއުތިރާފް (6 ވަނަ ބައި)

Next

ޑައިރީ 2

Next
April 16, 2019

ޑައިރީ 2

Previews
April 16, 2019

އިއުތިރާފް (6 ވަނަ ބައި)

17 Comments!

  1. Ibsha says:
    April 16, 2019 at 11:39 pm

    Wow wow varah reethi

    1. InaaSh says:
      April 17, 2019 at 6:31 am

      Jazakillah khairan ibsha ?

  2. azoo ahoo says:
    April 17, 2019 at 12:40 am

    varah reethi

    1. InaaSh says:
      April 17, 2019 at 6:31 am

      Jazakillah khairan azoo ?

  3. InaaSh says:
    April 17, 2019 at 6:31 am

    So here is the seventh part… i hope you guys will like it… ?

  4. Reader? says:
    April 17, 2019 at 8:32 am

    Thanks for uploading soon… mi part wes v hahbu… ?

    1. InaaSh says:
      April 18, 2019 at 6:42 am

      Jazakillah khairan ?

  5. ފާތުމަތު says:
    April 17, 2019 at 11:56 am

    Zeena mee wes vaa anheneh dho.. hehe anw story hama awsome.. ?

    1. InaaSh says:
      April 18, 2019 at 6:42 am

      Jazakillah khairan ?

  6. Amin says:
    April 17, 2019 at 11:57 am

    Amazing mi part wes.. ?

    1. InaaSh says:
      April 18, 2019 at 6:43 am

      Jazakillah khairan ?

  7. jiji says:
    April 17, 2019 at 12:55 pm

    Mi zeenaa ge kanthah vec dhw..Anyways story is reallyy amazing..v v majaa..nd v interesting ingey❤❤??????????

    1. InaaSh says:
      April 18, 2019 at 6:43 am

      Heheh jazakillah khairan ??

  8. Xull says:
    April 17, 2019 at 10:29 pm

    Nice ingey story ???????

    1. InaaSh says:
      April 18, 2019 at 6:44 am

      Jazakillah khairan ?

  9. Yoo shi-jin oppa says:
    April 17, 2019 at 11:01 pm

    ?? Salhiey
    ?? Naill oppa

    1. InaaSh says:
      April 18, 2019 at 6:44 am

      Jazakillah khairan oppa ?

Comments are closed.

Next Episodeމާޒީ (އަށްވަނަބައި)←


All Right Reserved!