އިޔާން ބުނި ވާހަކަ އަކުން އާލް އަށް ” ވަޓް؟؟” އޭ ކިޔާ ހަޅޭތްލަވައިގަތެވެ. ” ސޮރީ.. އަހަރެން މިއުޅެނީ ލަމްހަ އާ އިންނަން” އިޔާން އިސްޖަހާލީ ކުށްވެރި އެއްހެންނެވެ. ” ހަހަހަ.. ހާދަ އުފާވެރި ޙަބަރެއް ..” އާލް އަތް ޖަހަން ފެށިއެވެ. ” އާލް ލިސެން ގު މީ ” އިޔާން އާލް ގެ ކޮޑުގައި އަތް ލީ ހަމަ އަށް އަޅުވަންވެގެންނެވެ. އާލް އެއް އަތް ފޮޅުވާލަމުން ދުރައްޖެހުނެވެ. ” ހައު ޑެއާ ޔޫ.. އަހަރެން ގައިގަށް އަތް ލުމުގެ ޙައްޤު ގެއްލިއްޖެ ކަލޭ އަތުން .. ހަމަ މިހާރު ދާން އުޅޭ ” އާލް އެހެން ބުނުމުން ދެރަވެފައި ސޮރީ ބުނެލިނަމަވެސް އާލް އިވޭ ކަމަށް ވެސް ހަދާނުލިއެވެ. ********* އާލް ސިއްސައިގެން ދިޔައީ މަފްލޫމާ ސައިބޯން ގޮވާލި އަޑަށެވެ. އާލް އަރީން ފަހަތުން ވަނީ ހައި ހޫނުކަން ފިލުވުމުގެ ބޭނުމުގައެވެ. އާލް އަނގަ ހުޅުވުނީީ މޭޒު މަތީގައި އަތުރާފައި ހުރިހާ ކާ އެއްޗެހިތައް ފެނިފައެވެ. މޭޒުމަތީގައި ތަފާތު ތިން ރިހަ އެއް ހުއްޓެވެ. އޭގެ އިތުރުން ބިރިޔާނީ އަދި ފުރައިޑު ރައިސް ހުއްޓެވެ. ފޮނި ކާ އެއްޗެހި ތެރޭގައި ކަސްޓަޑު އަދި ހަލްވާ ހިމެނެވެ. އާލް ހުރި ގޮތުން އަރީން ކައިރި އަށް އައިސް އަތުގައި ކޮށްޓާލަމުން ބުނެލިިއެވެ. ” އަނގަލައްޕާ މެއްސެއް ވަދެ ދާނެ” އާލް އަނގަ އަށް ފާޑަކަށް ވައްތަރު ޖައްސަމުން ގޮސް ގޮޑީގައި އިށިނެވެ. އަރީން އިށީނީ އާލް އާ ޖެހިގެން އިން ގޮޑީގައެވެ. އެހެން ކަމުން އާލް […]
ދުވާލުގެ އަލިކަން ރޭގަނޑު ގެ އަދިރި ކަމަށަ ބަދަލު ވަނީއެވެ. ދޮންވެރަތްވެފައިވާ އުދަރެހުގައި އެކި ދިހައިގައި ފާޅުވެވޭހުރި ވިލާތަކުގެ ކުލަ މަޑު އަޅިކުލަ އަކަށް ބަދަލު ވަމުން ދިޔައެވެ. އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ލުއިރޯޅިތައް ބާރުވެ އޭގައި ތެތްފިނިކަމެއް އެކުލެވެން ފަށައިފިއެވެ. ދާދި ދެންމެޔަކާ ޖެހެންދެން ހިމޭންކަމުގެ ސާލު އޮޅައިގެން އޮތް ނޫކަނޑު ގެ ރާޅުތައް ވެސްލުއިފުމެން ތަކާ އެކު ހުދު ފޮނުއަރުވަންފަށައިފިއެވެް. ކުއްލިޔަކަށް ވެހެންފެށި ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި އާލް ސިހުނީ ޖެހި ބާރު ގުގުރީގެ އަޑަށެވެ. ޢޭރު ފޯނު ނަގައި ގަޑި ބަލާލިއިރު 6 ޖެހީއެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ފައިވާން ނަގަން ގުދުވެލި އިރު ލޮލެގައި އަޅައިގަތީ ދުރުގައި ދެ ޖީބަށް އައްޖަހާލައިގެން ހުރި ޒުވާނާއަށެވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ދުރުންވީމަ އޭނާ ގެ އިތުރު ސިފައެއް ބުނާކަށް ނޭނގުނެވެ. […]