Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ހިތް އެދޭ… 1

Emm Level 3100 Comments10 Stories100 Login
May 20, 2019 One Min Read
77 Comments

ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ނައްޓާލި ބަހުގެ ތެރޭ އިން އާލިއާ އިނީ ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. ފަސްދެމުން ގެން ދިޔަ ކޮންމެ މަންޒަރެއް ހިތު ތެރޭގައި ކުރަހާލަނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަށް ތައުރީފު ކުރާ ހާލުގައެވެ. ތުންފަތުގައި މާނަ ފުން ހިނިތުންވުމެއް ކުރަހާލަމުން އުނގުމަތީގައި އޮތް މަޑު މުށިކުލައިގެ ދިގު ވާގަނޑުލީ އަތް ދަބަހުގެ ތެރެއިން ކަޅު ކުލައިގެ ބޯ ހަންގަނޑެއްލީ ފޮތެއް ނަގާ އެއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެ ފޮތް ވައްތަރީ ޑައިރީ އަކާ އެވެ. އާލިއާ ފުން ނޭވާއެއްލަމުން އެފޮތް މަޑުމަޑުން ހުޅުވާލިއެވެ.

” އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނީ އަހަރެން ހުރިހާ ހިތާމަތަކަކުން ދުރުކޮށްދޭނެ މީހެކެވެ. އަދި ކޮންމެ ދިމާވިޔަސް އަހަރެންގެ އަތުން ދޫކޮށްނުލާ އަހަރެންނަށް ހިތްވަރެއްގެ ގޮތުގައި ހުރެދޭނެ މީހެކެވެ. އޭނާ ވާނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ހިތުގައި އެއްވެސް ކަމެއް ނުފޮރުވާ އަހަރެންގެ ހުރިހާ އިހްސާސުތަކެއް އޭނާއަށް ކިޔައިދޭނަމެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެމެން ދެމީހުންގެ ވާހަކަތައް ހުހެއް ނުވާނެއެވެ. ދެމީހުން އެކުގައި ވާރޭގެ ތެރޭގައި ހީސަމާސާ ކުރާނަމެވެ. ”

ޑައިރީގެ ފުރަތަމަ ގަނޑުގައި ލިޔެފައި އޮތް ފަށުވި ބަސްކޮޅު ކިޔަމުން ދިޔަ އިރު އާލިއާގެ ތުންފަތަށް ހުވަފެނީ ހިނިތުންވުމެއް ވެރިވެފައިވިއެވެ. ކުޑަ ދޮރުން ބޭރު ބަލާލުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ފޮތަށް ނަޒަރު ހިންގާލިއެވެ.

” އަހަރެމެން އެކުގައި އެތައް ރެއަކު އަހަރެންގެ ފެވަރިޓް ރޮމޭންޓިކް ފިލްމު ބެލުމުގައި ވަގުތު ހޭދަކުރާނަމެވެ. އެކަކު އަނެކަކު އަތުގައި ހިފައިގެން ތިބެ ތަރިތަކާއި މުޅި ދުނިޔެ ހެކިކޮށް އެތައް އަހުދަކާއި ވައުދެއް ވާނަމެވެ. ލޯބިވާވަރު ބަޔާންކޮށްދިނުމުގައި އެތައް ވަގުތެއް ހޭދަކުރާނަމެވެ. އަހަރެންނަކީ ހަމައެކަނި އޭނާގެ މިލްކެއް ފަދައިން އޭނާވެސް ވާނީ ހަމައެކަނި އަހަރެންގެ މިލްކަކަށެވެ. އޭނާ ވާނީ އަހަރެން ހުރިހާ ނުރައްކަލަކުން ސަލާމަތްކުރާ މީހަކަށެވެ. އޭނާ އަކީ އަހަރެންގެ ހީރޯ އެވެ. އަހަރެން އޭނާ ދެކެ ހިތާ ފުރާނައިން ލޯބިވާ ފަދައިން އޭނާވެސް އަހަރެން ދެކެ ހިތާ ފުރާނައިން ލޯބިވާނެއެވެ. ”

އަތުގައި އޮތް ފޮތް މޭގައި ޖައްސާލަމުން އާލިއާ ދެލޯ މަރާލިއެވެ. ވައިގެ ހަމަލާތަކަށް ކެތްނުވެގެން އުދުހެމުން ދިޔަ އޭނާގެ މަޑު މުށިކުލައިގެ ފަށުވި ކޮޅެއް ފަދަ ފަން އިސްތަށިގަނޑުން އޭނާއަށް އުނދަގުލެއްވެސް ނުވާ ކަހަލައެވެ. އާލިއާ… ތި ހުވަފެނީ ދުނިޔެއިން ހޭލަން ވެއްޖެއްނު… މާދަމާ އީވާންގެ ފެމިލީ އަންނާނެ ކައިވެނީގެ ވާހަކަ ދައްކަން… ހިތުގެ އަޑަށް ސިހިފައި އާލިއާއަށް ލޯ ހުޅުވާލެވުނެވެ. އެއީ ހަގީގަތްކަން އިނގޭތީ ހިތް ރޯލިއެވެ. ބަލާލަށް ނުހުރެ އެ ގަނޑު ފޮތުން ވަކިކޮށްލީ އެއިން ހިތަށް އިތުރު އަނިޔާއެއް ނޫނީ ނުލިބޭނެތީއެވެ. އަދި ބޮނޑިކޮށްލުމަށްފަހު އުނގުމަތީގައި އޮތް ދަބަހުގެ ޒިބު ކަހާލާ އޭގެ ތެރެއަށް ލިއެވެ.

އުނގުމަތީގައި އޮވެ ރިންގުވަމުން ދިޔަ ފޯނަށް އަވަސް ނަޒަރެއް ދެމުން އާލިއާ ފޯނު ނެގިއެވެ. ” ހަލޯ މަންމާ… ” ” ހާނ… އާލިއާ… ދަރިފުޅާ… ކޮބާ ކޮންއިރަކުންތަ އާދެވޭނީ… މަންމަ ބަލާދާން ބުނީމަވެސް އެއްބަހެއް ނުވި ވިއްޔަ… ” އާލިއާގެ މަންމަ ޝާޒްލީ އެއްފައްޗަކަށް ކިޔާލިއެވެ. ” މަންމާ… މަންމާ… މަންމާ… ސާބަހޭ… އަޅުގަނޑު ރަނގަޅޭ… ނޭނގެ ވަރަށް އަވަހަށް ދެވިދާނެ… ދެން އަޅުގަނޑު ރާއްޖެ އައި ފުރަތަމަ ފަހަރު ބޭނުމީ އެކަނި ދާން… ” އާލިއާ ތުން ފިއްތައިގެން އިނދެ ބުނެލިއެވެ. ” ހޫމް… ބަލައިގެން އުޅޭތި… މިކޮޅަށް އާދެވުނުހާ އަވަހަކަށް ގުޅާތި… އޭރަށް މަންމަ ނިކުންނާނަން… ” ކަންބޮޑުވެފައި ހުރެ ޝާޒްލީ ބުނެލިއެވެ. ” ކަމް އޮން މޯމް… އައި ވިލް ޓޭކް ކެއަރ އޮފް މައި ސެލްފް… އޯކޭ… ބާއި… ” މަންމަ އެކަހަލަ ކޫސަނި ކަންކަމާވެސް ކަންބޮޑުވެގެން އުޅޭތީ އާލިއާއަށް ހެވުނެވެ.

ބަސް ދުއްވަމުން ދިޔަ ވަރަކަށް ފެހިކުލައިގެ ގަސްތައް ފެންނަން ފެށުމުން އާލިއާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް އިނގޭ ގޮތުން އަދި ފޮޓޯތަކުން ފެނިފަ ހުރި ގޮތުން މާލެ އަކީ ގަހެއް ރުކެއް ހުންނަ ތަނެއް ނޫނެވެ. ކާރޫ ބާރޫ ބޮޑުކަމުން މަގެއްގެ މަތިން ދުއްވާލެވެން ވެސް ނޯންނާނެއެވެ. ނަމަވެސް ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔައީ އޭގެ އިިދިކޮޅު މަންޒަރެކެވެ. މަގުގެ ދެފަރާތުގައި ފެހިކަން ގަދަ ގަސްތައް ވާއިރު މަގުތައް މަތި ފެންނަނީ ވަރަށް ހިމޭންކޮށެވެ. ދޭތެރެއަކުން ކާރެއް ނުވަތަ ސައިކަލެއްގެ ހިލަމެއް ވެލައެވެ.

ރޭގަނޑުގެ އެވަގުތުގައި އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ރާނީ އާއި އޭގެ ދަރުބާރުގައި ވަރުބަލިކަމެއް ނެތި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލާލަމުން އާލިއާއަށް ހިނިތުންވެލެވުނެވެ. ” ވެއިޓް… ” ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އާލިއާއަށް ދަބަސް ތެރެއިން ބަހުގެ ޓިކެޓު ނަގާ އެއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭގައި ހުޅުލެއިން މާލެއަށް ގެ ބަދަލުގައި ހުޅުލެއިން ހުޅުމާލެއަށް އިނުމުން ނިތްކުރީގައި އަތުން ޖަހާލެވުނީ އަމިއްލަ ފަރުވާކުޑަކަން ހިތަށް އަރާފައެވެ. އަތުކުރީގައި އަޅާފައި އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެވުމާއެކު މޫނު ހަދާލެވުނީ ގަޑިން ދިހައެއް ޖަހަން ކައިރިވެފައި ވުމުންނެވެ. އަނެއްކާ މާދަމާގެ މެންދުރު އީވާންގެ އާއިލާ އައުމުގެ ކުރިން އަރާމުކޮށްލަންވެސް އޭނާ ބޭނުމެވެ. ނަމަވެސް މިވީ ގޮތުން ދެން ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

މޫނުމަތީގައި އަތް ހާކާލަމުން ފުން ނޭވާއެއްލެވުނީ މިއޮއް ފަދަ ރޭގަނޑު ދެން ދާނީ ކޮންތާކަށް ބާއޭ ހިތަށް އަރާ ހާލުގައެވެ. މަންމައަށް ގުޅައިފިއްޔާ ބޮޑު ލެކްޗަރެއް އަޑުއަހަން ޖެހޭނެކަން ޔަގީންވާތީ އެ ޚިޔާލު ދޫކޮށްލިއެވެ. ހުޅުމާލެއަށް ދެވުނީރުން މީހެއް ކައިރީ އަހައިގެން ކޮންމެސް ގޮތެއް ހޯދާނީއޭ ހިތާ ކުރިމަތިން ފެންނަން އޮތް މަންޒަރަށް ނަޒަރު ހުއްޓާލީ އެކަމާ ބޯ ގޮއްވަން ބޭނުންނުވާތީއެވެ. ކަންކަމާ ބޯ ގޮއްވުމަކީ އޭނާ ކުރާ ހިތްވާކަމަކަށް ނުވާތީއެވެ.

ކުއްލިއަކަށް ބަސް ހުއްޓުމުން އެކަމަށް ތައްޔާރު ނުވެ އިން އާލިއާގެ ބޯ ގޮސް ޖެހުނީ ކުރިމަތީ އިން ސީޓުގައެވެ. ވީ ތަދުންނާއި އައި ރުޅީގައި ދަތްކުނޑި ވިކާލަމުން ހިތާހިތުން ބަސް ދުއްވަން އިން މީހާއަށް ކުދި ކިޔައިގަތެވެ. މޫނުމައްޗަށް ވެރުނު އިސްތަށިތައް ކަންފަތް ދޮށަށް ލައްވާލަމުން ކުރިމަތި ބަލާލީ ފިރިހެންވަންތަ ބަރު އަޑަކުން ” އެކްސް ކިއުޒް މީ… ” އޭ ބުނެލި އަޑަށެވެ.

ކަޅު ކުލައިގެ ލެދަރ ޖެކެޓެއް ލައިގެން ކުރިމަތީ ހުރި އެ ޒުވާނާއާ އާލިއާގެ ހަތަރުކަޅި ހަމަވި ވަގުތު އާލިއާއަށް ދެލޯ ހަނިކޮށްލަމުން ބުމަ އަރުވާލެވުނީ ކިހިނެއްވީހޭ އަހާލާ ފަދަ ގޮތަކަށެވެ. އެ ޒުވާނާ އިޝާރާތްކޮށްލީ އާލިއާއާ ޖެހިގެން އިން ސީޓަށެވެ. ” އިޒް ދިސް ޔޯރ ސީޓް؟؟؟ ” އާލިއާ އަހާލީ ޖެހިގެން ހުރި ސީޓުގައި އޮތް އޭނާގެ ދަބަސް ނަގާ ފައި ކައިރީގައި ބަހައްޓަމުންނެވެ. ” ވެލް… ޔެއާ… މީގަ އޮތީ އެހެން…” އެ ޒުވާނާ ހީލަމުން އަތުގައި އޮތް ޓިކެޓު އާލިއާއަށް ދައްކާލިއެވެ. ކޮނޑު އަރުވާލަމުން އާލިއާ އަތުގައި އޮތް ފޯނަށް ސަމާލުކަން ދިނެވެ.

” ހާއި… އައިމް ރުހާން… ” އެ ޒުވާނާ ގޮނޑީގައި އިށީންނަމުން ކޮނޑުގައި އޮތް ދަބަސް ފައި ކައިރީގައި ބެހެއްޓިއެވެ. އަދި އަމިއްލައަށް ތައާރަފްވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. އާލިއާ ކަޅި އަނބުރާލަމުން އަނެއް ފަރާތަށް އެނބުރުނު ވަގުތު އޭނާގެ ފޯނު ރިންގުވާންފެށިއެވެ. ރުހާންވެސް ވަރަށް ނޫންކަމަށް ހަދާފައި ސަލާމަށް ދިއްކޮށްލި އަތް މުއްކަވާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ.

” ހަލޯ ދަރިފުޅާ… ހުރިހާ ކަމެއް ރަނގަޅު ދޯ… ކިހާ ހިސާބެއްގަތަ ތިއުޅެނީ… ” ޝާޒްލީ ދައްކަމުން ދިޔަ ވާހަކައަށް ވުރެ ބޮޑަށް އާލިއާގެ ސަމާލުކަން ހުރީ ރުހާންއަށެވެ. ވައްކަޅިން  އޭނައަށް ބަލަން އިނުމުން އާލިއާ ރުހާންއާ ދިމާލަށް ކަޅި އަޅާލިއެވެ. ” ހާނ މަންމާ… މި އުޅެނީ ނޭނގެ… ވަރަށް އަވަހަށް ދެވިދާނެ… ދެން މަންމަ ހަމަ އަޅުގަނޑު ކުޑަކުއްޖަކަށް ހަދައިގެން އެބަ އުޅޭ… އަޅުގަނޑަށް އިނގޭނެޔޭ އެކަނި އުޅެން… މިހާރު މަންމަ ގުޅާވަރުން މީހުން ބަލަންވެސް ބަލާ އެބަ… ” އާލިއާ ތުން ދަމާލަމުން އަނެއްކާވެސް ރުހާންއާ ދިމާލަށް ކަޅި އަޅާލިއެވެ. ބުނާ ކޮންމެ އަކުރަކަށް އެއް ފަހަރު ނަމަވެސް އާލިއާ ރުހާންއާ ދިމާލަށް ކަޅިއަޅާލައެވެ. ކަޅި އަޅާ ކޮންމެ ފަހަރަކު ރުހާންވެސް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލައެވެ. އާލިއާ އެހެން ދިމާލަކަށް ބަލާލާ އިރަށް އަނެއްކާ އެނބުރެއެވެ. ” އޯކޭ… ބާއި… ” އާލިއާ އެހެން ބުނެ އަވަހަށް ފޯނު ކަނޑާލިއެވެ.

” ވަޓްސް ޔުއަރ ޕްރޮބްލަމް… ކީއްވެތަ ފާޑަކަށް ތި ބަލަނީ… އަހަރެންގެ މޫނުގަ އެއްޗެއް ލިޔެފަ ހުރީތަ… ” އާލިއާ ހިތްހަމަ ނުޖެހިފައި އިނދެ އަހާލިއެވެ. ” އާނ… ނޫން… އަނެއް… އަހަރެން ސުވާލެއް ކޮށްލަންތަ… ” ރުހާންގެ މޫނުމަތިން ފެނުނު ކުލަވަރުން ހީވީ ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ބޯ ކަހާލަމުން ރުހާން އަހާލުމާއެކު އާލިއާ ތުން އަނބުރާލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ” ތި އެންގްރީ ބާޑްގެ މަންމަ ގަޑީރަކު ކިތައް ފަހަރު ގުޅާ؟؟؟ ” ރުހާންގެ ސުވާލުން އާލިއާގެ ރުޅިގަނޑު ކެކި އަރައިގަތެވެ. ” ވަޓް ދަ… ހެލޯ މިސްޓަރ… ތީނައަށް ނުބެހޭ ކަންކަމާ ނުބެހިބަލަ… އެހެންނޫނަސް މި ދަތުރުގެ ފަހުން އަހަރެމެން ދެމީހުން ދިމާވާނެ ކަމެއްވެސް ނޭނގެ… ދެން ކީއްކުރަން… އައި ޑޯންޓް ލައިކް އިޓް… ” ރައްދުގައި ރުހާން ޖަހާލީ ހިނިގަނޑެކެވެ. ” އައި ލަވް ޔޯރ އޮނެސްޓީ… ވަރަށް ސީދާކޮށް ދި ވާހަކަ ދައްކަނީ… ” ހެމުން ހެމުން ރުހާން ބުނެލީ ޖެއްސުމަށެވެ. ” ތެންކް ޔޫ… ” މޫނަށް ވައްތަރެއް ޖައްސާލަމުން އާލިއާ ކަންފަތަށް ހެޑްސެޓު ޖަހާލިއެވެ. ރުހާންވެސް ކަޑަ ނުވާންވެގެން ވައްތަރެއް ޖައްސާލަމުން  ” އޯކޭ… ” އޭ ކިޔާ ފޯނަށް ނަޒަރު ހުއްޓާލިއެވެ.

ފޯނަށް ގެއްލިފައި އިން ރުހާން ސިއްސައިގެން ދިޔައީ އާލިއާ އޭނާގެ ކޮނޑުގައި ބޯ އަޅާލުމުންނެވެ. ބަލާލިއިރު އާލިއާއަށް އިނީ ނިދިފައެވެ. ފަން އިސްތަށިތައް މޫނުމައްޗަށް ވެރިފައި އޮތް ގޮތުން އެ ދޮން މޫނުން ބޮޑު ބައެއް ވަނީ ފޮރުވިފައެވެ. އާލިއާގެ މައުސޫމު މޫނަށް ބަލަހައްޓައިގެން ރުހާންއަށް އިނދެވުނީ އާޝޯޚްވެފައެވެ. ދުނިޔެ މަތީގައި ހޫރުލް އީނުން އުޅޭ ނަމަ އެ ލިސްޓުގެ އެންމެ ކުރީގައި މި ކުއްޖާގެ ނަން އިންނާނެ އޭ ރުހާންގެ ހިތަށް އެރިއެވެ. އާލިއާގެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް ކަންފަތް ދޮށަށް ލައްވާލަ ދޭން އަތް ނަގާފަވެސް އަތް މުއްކަވާލަމުން ދުރު ބަލާލިއެވެ. އަނެއްކާވެސް އަތް ނެގީ ހަމަ އެ ބޭނުމުގައެވެ. ނަމަވެސް މިފަހަރުވެސް ނަސީބު އެކަމަކަށް ތަނެއް ނުދިނެވެ. ރިންގުވަމުން ދިޔަ އާލިއާގެ ފޯނުގެ އަޑަށް އާލިއާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. މައުސޫމް ގޮތަކަށް ރުހާންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު ވާނުވާ ރޭކާލުމުން ރުހާންގެ ކޮނޑުން ބޯ ނަގާފައި ފޯނަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ” ސޮރީ… ” އޭ ބުނެލިއެވެ.

= ނުނިމޭ =

  • – ހެޕީ ބާރތްޑޭ ތޫ ސިސް… ???? ލަވް ޔޫ ލޯޑްސް… ❤❤❤??

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ވަފާތެރި މަވީމޭ ލޯބިން…

Next

ނަފުރަތުވުމުން…1

Next
May 20, 2019

ނަފުރަތުވުމުން…1

Previews
May 20, 2019

ވަފާތެރި މަވީމޭ ލޯބިން…

77 Comments!

  1. Shau says:
    May 20, 2019 at 7:08 pm

    Hey Eiimerr… u r 12 yrs! Omg! ❤️❤️ Darling u r sooo Talented! Luv your story! ❤️❤️❤️

    1. Eiimerr says:
      May 20, 2019 at 8:09 pm

      Yes… Owwwn thanks sis! ??? Love yuh! ♥️♥️♥️

  2. Kamana says:
    May 20, 2019 at 7:15 pm

    Vvvvv Reethi.. keep going

    1. Eiimerr says:
      May 20, 2019 at 8:11 pm

      Thanks Darla…??? That’s a lot for me… ???Luv u… ♥️

  3. sweet dream says:
    May 20, 2019 at 7:19 pm

    eimer hanyn ah vaahaka eh liyan higaabala

    1. Eiimerr says:
      May 20, 2019 at 8:12 pm

      Okay…

  4. Eiimerr says:
    May 20, 2019 at 8:21 pm

    Hellow guys… missed these lovely comments and my loving readers so much! ?Ramadan Mubarak all! ??? Here is the 1st part of my third story… ? Hope u all will like this story…♥️♥️♥️ n will help me improving the skill… ? U guy’s support is my biggest motivation… ??? Feel free to comment your views… ? n pls point out the mistakes… Luv u all!!! ♥️♥️♥️

  5. Cute Lips says:
    May 20, 2019 at 8:32 pm

    alhey… v salhi ngey neih bunaane ehcheh.. v reethi… thi dhemeehun adhi ehgalah araane… ahahahahah

    1. Eiimerr says:
      May 20, 2019 at 9:44 pm

      Owwwn…♥️♥️♥️ Thanks loabii…? Yh… Hehe… Let’s c dhw… ?

  6. inaak says:
    May 20, 2019 at 8:47 pm

    Nice.. vvvvvv salhi stry ge feshun.. nxt prt kn irakun… Curiously waiting..

    1. Eiimerr says:
      May 20, 2019 at 9:46 pm

      Thanks sweetheart… ♥️♥️♥️ Next part in sha Allah wednesdayga… ?Owwwn… Keep waiting Darla…???

  7. jiji says:
    May 20, 2019 at 9:43 pm

    My luwly Em kolhu??????❤❤❤?????????…I was waiting fr yuh ge story ah…Woah??????❤❤..vv salhi inge mi story ge feshun..nd yesh??????❤❤❤…tomorrow is thoo sis ge birthday dhw…Nd eyge aneh dhuhun yuh right…Curiously waiting fr the next ingey darlinn???????????❤❤❤ ???..Soon up kurahche..luw yuh soooo much n much Em❤❤❤??????????????????

    1. Eiimerr says:
      May 21, 2019 at 1:14 am

      owwwnn!!! so much thanks from me jiji loabi gandaa… yh… but she ain’t using gmail now… so you should wish her throught wattpad… k… yep day after tomorrow is my b day… yh i’ll upload it ASAP… luv u more dhoonya

    2. jiji says:
      May 21, 2019 at 1:19 am

      Alheyy jiji wattpad eh use nukuramey…so seyduu..nd sis ol ga dhw?…jiji vec nidhi nais gen myny hama

  8. Cabin crew says:
    May 20, 2019 at 9:54 pm

    Nice eem whsn next????

    1. Eiimerr says:
      May 21, 2019 at 1:16 am

      thanks dhoonya… in sha allah tomorrow… luv yuh!

  9. Nishy says:
    May 20, 2019 at 11:29 pm

    Vaahaka v reethi . kihinehtha vaahaka eh upload kurany

    1. Eiimerr says:
      May 21, 2019 at 12:18 am

      thanks darla… vaahaka upload kurandhw… um vaahaka type kuraa goiy ingey dhw… etha arimathy innaany DRAFT n eya jehigen innaany SUBMIT FOR REVIEW… eyah fithaalyma pending vaany… dhn admin teamun check kohfa public kuraane… hope u get some important infor from this… n if u have any question just ask me… luv yuh!

  10. Eiimerr says:
    May 21, 2019 at 1:52 am

    yh… mirey mi ary men i annandhen hunnaanamey bunyma hury… but eyna eh neiy ai iraku… ehnve adhi nunidhaa miulheny… btw sis kihineh tha… missed u loadxx

    1. jiji says:
      May 21, 2019 at 2:00 am

      Al’hamdulliah??????…I’m fine darlinn❤❤❤??????…n yeah I missed yuh tooo dhoonii??????❤❤❤??????TGC n GN

  11. Kitty says:
    May 21, 2019 at 2:31 am

    Awwwnnn thank you so much darling… Love you more and more dhoonyaa?????????… And the story is very beautiful??????.. Varah reethi… Sis varah happy vejje dhoonyaa ge story eh kiyaalan libunyma.. And yeah sis vaane jiji ah gmail in mail vec kohfa ekam reply nukuraathaa varah dhuvas vejje…. Now i only want to talk to ina… Cox inaa aa ekani mihaaru vaahaka nudhekeveny.. I miss her a lot?… Anyways, can’t wait for the next part ??

    1. Eiimerr says:
      May 21, 2019 at 2:35 am

      hehe… it’s my pleasure… loadxx n loadxx of thanks from meh ingey… n i’m also very happy bcox u love it… oh! next part ASAP in sha allah… love u loadxx n will miss u sis

    2. Kitty says:
      May 21, 2019 at 2:52 am

      Will miss you loadsssss too girl.. N lymnmnm… In sha allah Friday ga msg kuraanan prvt koh.. Nd gud night hon

    3. Ishu says:
      May 21, 2019 at 10:36 am

      How are u eem?
      Happy birth day kitty…
      Kittuge habareh nuvaathaa haadha dhuvaheh vehjey…
      Anyways..
      Again a nice story dhw mi eem ge faraathun… ❤❤❤❤ilike it when next part.. gud luck dear… ❤❤❤❤

    4. Kitty says:
      May 21, 2019 at 1:44 pm

      Thanks ishu dear.. Yea varah dhuvas vejje dhw habareh nuvaathaa.. Dhn mi a e nun dhw.., ?

  12. Eiimerr says:
    May 21, 2019 at 2:32 am

    okay… glad to hear that u r doing good… how was ur exams… n yh… gud night… sweat dreamsxx

  13. Mal? says:
    May 21, 2019 at 7:48 am

    Kon school akun kiyavanii??

    1. Eiimerr says:
      May 21, 2019 at 2:46 pm

      who? me tha

  14. jiji says:
    May 21, 2019 at 10:06 am

    Happy 18th b day thoo darlinn??❤❤….heii kitty vec boduve cat Akah v ey..hehe..just kidding ingey…

    1. Kitty says:
      May 21, 2019 at 1:41 pm

      Oeee… Thoo thoo akah adhi 18 eh nuveyey kamanaa… Thihaa avahah thoo muskulhi nukohga… Ehaa avahah bodu vaakah beynumeh noon… And age konme vareh viyas thanks a lot darling… My birthday ain’t so fun without u guys… Varah foohi thi kudhinnaa talk nukurevwythy… My birthday is incomplete… Even celebrate kuriyakas cox u guys are missing ehnu dhw.. Miss u guys a lot… Dhn inaa ge habareh vaa dhuvahakah inthixaar kureveny… Thoo mathin handhaan nethuny kanneyge dhw??

    2. Ishu says:
      May 21, 2019 at 2:09 pm

      Thoo sis ah evy 17 ey dhw… thoo sis

  15. Ishu says:
    May 21, 2019 at 2:09 pm

    Thoo sis ah evy 17 ey dhw… thoo sis

  16. Ishu says:
    May 21, 2019 at 2:10 pm

    Sorry dhe burah repeat vefa eyndhy comment

  17. jiji says:
    May 21, 2019 at 2:12 pm

    Yaa she is 17 ey????…I forgot Assu..nd yeah thoo sis…Maybe inaa sis studies ga bxy kahneyge dhw??…..dhn neyge ingeyyyy..Lets hope dhw eyna habareh velaane kamah soon?☺?

    1. Kitty says:
      May 21, 2019 at 8:26 pm

      Yeah let’s hope for the best dhw dhn

  18. Ishu says:
    May 21, 2019 at 2:19 pm

    Kitty..
    I wish you a happy 17 b’day… on this special day for you.
    Wishing you a magical field with wonderful suprises..
    I love you with all my haert and i wish you the best in life
    =-A VERY HAPPY B’DAY FOR YOU THOO SIS -=

    1. Kitty says:
      May 21, 2019 at 8:25 pm

      Thanks a lot dear.. Ly????Awwn thank you so much darling… Varah happy vejje ehaa cute and sweet koh wish kurythy hurihaa kudhin vec.. Ly girls so much

    2. Kitty says:
      May 21, 2019 at 8:25 pm

      ????Awwn thank you so much darling… Varah happy vejje ehaa cute and sweet koh wish kurythy hurihaa kudhin vec.. Ly girls so much

  19. Eiimerr says:
    May 21, 2019 at 2:48 pm

    thanks Ishu darling… i’m good… u? n dhn vhk eh nuliyaanantha…

    1. Ishu says:
      May 21, 2019 at 3:36 pm

      Goood. Nun liyaanan ekm dhen hiyaaleh nei liyaakah… kuda kh bixy mi dhuvaskolhu.. fahun liyaanan… ekm ehen namehga…
      “Flower” mi namuga dhen liyaany..

    2. ib@ says:
      May 21, 2019 at 3:38 pm

      ???❤❤??❤Ishu liyuny kon nameh kiyaa vaahaka eh thr.em ge 3 vana story❤??? dhw vvvvv reethi 12 years dhw em ah ves.same age ❤???eh.em dear hama vvv reethi mi story you writing ❤❤❤❤❤better than other adult writers.gd luck.when next part.missed you.lysm

    3. Ishu says:
      May 22, 2019 at 11:56 am

      Neygi yaaru vakiveehey..

  20. ib@ says:
    May 21, 2019 at 3:38 pm

    ???❤❤??❤Ishu liyuny kon nameh kiyaa vaahaka eh thr.em ge 3 vana story❤??? dhw vvvvv reethi 12 years dhw em ah ves.same age ❤???eh.em dear hama vvv reethi mi story you writing ❤❤❤❤❤better than other adult writers.gd luck.when next part.missed you.lysm

    1. Eiimerr says:
      May 21, 2019 at 4:14 pm

      ishu liyunu vrh gina vhk… yh… thanks iba… owwwwnn! thank u dhoonya… next part in sha allah tomorrow… luv u too n misses more

  21. ib@ says:
    May 21, 2019 at 3:39 pm

    Sorry repeat vesga inyna hi ishu

  22. ib@ says:
    May 21, 2019 at 3:42 pm

    Happy 17 b’day kitty

    1. Kitty says:
      May 21, 2019 at 8:22 pm

      Thanks a lot dear.. Ly????

    2. Ib@ says:
      May 21, 2019 at 8:53 pm

      Welcome kitty.ly too

  23. Ishu says:
    May 21, 2019 at 5:00 pm

    Hi ib@
    Then vv avahah fashaanan liyan

    1. Ishu says:
      May 21, 2019 at 5:10 pm

      Ishaaage exam adhives nunimey… ehenve nufehigen miulheny…ekm dhen nei liyaa hiyaale.. in sha allah 18vaairu dhuniyeyga hurehjaamun liyaanah vaahakaa
      In sha allah

  24. Mal? says:
    May 21, 2019 at 7:15 pm

    Yap and Vv reethi

    1. Eiimerr says:
      May 21, 2019 at 7:30 pm

      oh thankss darla… me dhw… um public v ma nukereyne bunaakah… sorry

  25. Mal? says:
    May 21, 2019 at 8:27 pm

    It okay ??

    1. Eiimerr says:
      May 21, 2019 at 8:32 pm

      🙂

  26. jiji says:
    May 22, 2019 at 2:19 pm

    Wish yuh a happy 13th b’day my luwing eemy darlinn???loz of luw

    1. Ishu says:
      May 22, 2019 at 3:42 pm

      Miadhu eemge b’day tha?

    2. Ishu says:
      May 22, 2019 at 3:42 pm

      Jiji whwn your birthday

    3. Eiimerr says:
      May 22, 2019 at 5:47 pm

      awwwn thank u xo much loabi gandaa… bundles of love from meh!

  27. jiji says:
    May 22, 2019 at 4:47 pm

    Ishu dear????…um thy Aneh neygi yaaru vakivy story ge author thr o like mi aneh leesh story ge author thr…just ahaaly coz my friend is leesh story ge author..but dhemeehun ekakah vedhaane hen hyvaathy ahaaly ing???e..Nd jiji ge b’day dhw..Hehe..hinteh ingey..Midhiya mahuge dhuvaheh???????

    1. Ishu says:
      May 22, 2019 at 6:14 pm

      Oh. Enme fahun liyunu storyge name ey mibuny.
      April 10 dhw

    2. jiji says:
      May 23, 2019 at 12:41 am

      ??????hihi..molhu ingey

  28. Eiimerr says:
    May 22, 2019 at 5:49 pm

    hey guys… i’ve submited the story… but it’s still pending… have a nice day…

  29. Miu❤️❣️❤️ says:
    May 22, 2019 at 6:06 pm

    Wow ????

  30. Miu❤️❣️❤️ says:
    May 22, 2019 at 6:11 pm

    This story is lovely and perry?????????????

    1. Eiimerr says:
      May 22, 2019 at 8:41 pm

      thanks sweatheart… love yuh! how’s u n things going… long time no c dhw

  31. jiji says:
    May 22, 2019 at 6:39 pm

    Hhehe..Birthday ga up veythw kon mehen vec balaathi lwbii ganduuuuuuu??????????

    1. Eiimerr says:
      May 22, 2019 at 8:42 pm

      haha… jiji bunyma vaane kon mehen vx balan… 😉

  32. Miuthou❤️❣️❤️ says:
    May 22, 2019 at 7:14 pm

    Vaaika so lobe❤️❤️

    1. Eiimerr says:
      May 22, 2019 at 8:43 pm

      oh thanks darla… thy MIU tha???

  33. Miuthou❤️❣️❤️ says:
    May 22, 2019 at 7:39 pm

    Sorry typing mistake and vv reethi

    1. Eiimerr says:
      May 22, 2019 at 8:43 pm

      iss k… 🙂

  34. Ib@ says:
    May 22, 2019 at 10:43 pm

    Umm happy 13 b’day eem darling.eem ves teen Akah veeyey dhw
    Wish you a vvvvv happy b’day
    Ly❤️???❤️?
    Miss u dear
    Gmail in tlk kureveynetha??️
    ???????
    Dear friend
    May your special day be…..
    Filled with memories
    And flowers,friendship
    And happy hours???❤️???
    ?Have a nice day
    Gd luck

    1. Eiimerr says:
      May 22, 2019 at 11:33 pm

      oh thank u xo much darling… yh… talk kureveyne… but public ga dheykah nukereyne… sorry… ly too…

  35. އީމާން says:
    May 23, 2019 at 12:44 am

    ma aslu dhivehi vaahaka aanmukoh kiyaa meehenoon, Ekamu mi vaahaka ehfaharu kee fahun magey hiyaalu mulhin badhalu vejje.
    You’re creative, You have potential, Don’t give up!
    <3 🙂

    1. Eiimerr says:
      May 23, 2019 at 12:47 am

      oh i c… thanks eyman… 🙂

  36. Kamana says:
    May 26, 2019 at 6:24 am

    Mee bindaas ye hai aashiqui in ai episode eh ge copy eh. Evves varakah neiyy badhaleh aisfaeh

  37. Eiiverr says:
    May 27, 2019 at 4:59 am

    Maasha allah…impressed and sooo proud of you eemee..love you tonnes and infinity❤

Comments are closed.

Next Episodeމަންޒިލް ހިތް އެދޭ… 2←


All Right Reserved!