ވަފާތެރި މަވީމޭ ލޯބިން… 4
މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން ހުރި ޝިޔާޒް ފެނުމާއެކު “އެއީ އަހަރެންގެ ދޮންބެ” އޭ ބުނުމާއެކު އެދިމާއަށް މިސްރާބުޖެހިއެވެ. ދުރުގައި ހުރި ޝިޔާޒްގެ ލޮލުގައި ކަމްލާ އަޅައިގަތީ އެވަގުތުގައެވެ. އޭރު ކަމްލާގެ ނަޒަރަރުވެސް ވަނީ ޝިޔާޒްއަށް އަމާޒުވެފައެވެ. ނަމަވެސް ޝިޔާޒް ބަލާލުމާއެކު ކަމްލާ އަވަސް އަވަހަށް އެހެންދިމާއަކަށް ބަލަންފެށިނަމަވެސް އެހިތުގައި އެތަކެއް ޝަކުވާތަކެއް އެނބުރޭން ފެށިއެވެ.
“ދޮންބޭ..” ޝާނީގޮސް ކައިރީގައި ހުއްޓިލަމުން ޝިޔާޒްގެ މޫނުމަތީގައި އަތްހޫރާލަމުން ގޮވާލިއެވެ. ދުރުގައި ތިބި ދެކުދިންނާދިމާއަށް އޭނާގެ ދޮންބެ ބަލަންހުރިކަން ޝާނީއަށްވެސް އެނގެއެވެ. ސިހިފައި ޝާނީއަށް ބަލާލުމާއެކު ދެފަރާތަށް ބޯހޫރާލަމުން ޝިޔާޒް ހިނގައިގަތީ ރެސްޓައުރަންޓާ ވީދިމާއަށެވެ. ޝާނީވެސއ ވާނުވާ ނޭންގިހުރެ ފަހަތުން ދިޔައެވެ.
“އެ ބޯއީ ވަރަށް ކުރިން ދުއްހަނދާނެއްވޭ..” ނަޝާ ވިސްނުމެއްގައި އިންފަދައަކުން އެހެން ބުނެލުމާއެކު “ނޭންގެ ނުދެކެން..” ކަމްލާ ބުނެލީ ހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑު އޮއްބާލަމުންނެވެ. ދުވަހަކުވެސް އެސޫރަދެން ނުފެންނާނޭކަމަށް ހީކޮށްގެން ހުއްޓައި ތަޤްދީރު މިއަދު އޭނާއާއި އެސޫރަ އަލުން ބައްދަލު ކުރުވައިފިއެވެ.
“ކަމްލާ..” ކައިރިން އިވުނު ފިރިހެންވަންތަ އަޑާއެކު ކަމްލާއަށްވުރެ ކުރިން ނަޝާބަލާލިއެވެ. އޭރު ދާދި ގާތުގައި މިކާލް ހުއްޓިލައިގެން އިނެވެ.
“އަޑާއި އެއްވަރަށް ތިސޫރަވެސް އެހާ ރީތި.. މާޝާ ﷲ ” ހިތާ ހިތާ ނަޝާ ކިޔާލިއެވެ.
“ލައްބަ.. އަޅުގަނޑުމީ ކަމްލާ.. ދެންމީ އަޅުގަނޑުގެ ބެސްޓް ފްރެންޑް ނަޝާ.. އަޅުގަނޑުގެ އެދުމުގެ މަތީން އައިސް އެހުރީ.. ” ލިބިފައިވާ ނުތަނަވަސް ކަމާއެކުގައި ނަމަވެސް ހިނިތުންވުމެއް ތުންފަތަށް ވެރިކުރިވަމުން ކަމްލާ ވާހަކަދެއްކީ ނަޝާ މާގަދަޔަށް މިކާލް އަށް ބަލާތީ އޭނާގައިގަ ކޮއްޓާލަމުންނެވެ.
“އެހެންތަ.. އެއީ މައްސަލައެއްނޫން.. އަޅުގަނޑުވެސް އަސްލު އެހާރަސްމީކޮށެއްނޫން މިއައީ ހިނގާބަލަ އެތެރެއަށް އަޅުގަނޑުމެން ދައްކަން މިއުޅޭ ވާހަކައާއިގެން ކުރިޔަށް ދާން..” ހިތް ހެޔޮކަމާއި މަޑުމަތިރި ކަމާއެކު މިކާލް ކަމްލާމެންނަށް ދައުވަތުދެމުން މިސްރާބުޖެހީ ރެސްޓައުރަންޓަށެވެ.
************
ޝާނީއާއި އެކުގައި އިން ޝިޔާޒްއަށް ދުރުނޫން ހިސާބެއްގައި ތިބި ކަމްލާމެން ފެނުމާއެކު އެދިމާއަށް ބަލަންފެށުނެވެ. “މިހުރިހާދުވަސް ވީއިރު ކަމްލާ ހާދަ ތަފާތުވެއްޖޭ.. ކުރިއަށްވުރެ މާރީތި.. އާހް.. އެކަމަކު ލީޝް ދޫކޮށްލެވޭކަށްނެތް.. ސޮރީ ކަމްލާ.. ” އެތެރެހަށީގައި އުފެދިފައިވާ ހައިޖާނާއެކު އަމިއްލަނަފްސާއި ވާހަކަ ދައްކަމުންދިޔަ ޝިޔާޒް ސިހުނީ ޝާނީ އޭނާގެ މޫނުމަތީގައި އަތް ހޫރާލުމުންނެވެ.
“ސާބަސް ދޮންބޭ.. ކޮންހިޔާލެއްގަ.. ލީޝް މަތިން މާބޮޑަށް މިސްވަނީދޯ.. “ލާނެތްގޮތަކަށް ޝާނީ އެހެން ބުނުމުން ހަމަ އެކަނި ހިނިތުން ވުމަކުން ޝިޔާޒް ފުއްދާލިއެވެ.
“އަޅުގަނޑުމެން ހަމަ ދާދިދެންމެއަކު ސައިބޮއެގެން..” މިކާލް ބްރެކްފާސްޓަށް އޯޑަރުދޭން ފެށުމުން ކަމްލާބުނެލިއެވެ. “އެހެންތަ.. އަހަރެން ހީކުރީ ތިކުދިން ސައިނުބޮއެކަމަށް އެހެންވެ އެހާވަރަުން މިބުނީ.. ވެޓަރ އެހެންވީމަ އަހަންނަށް ކޮފީއެއް އެކުދިން ބޭނުން އެއްޗެއް އެކުދިންނަށް ގެނެސްދީ..”
“އަސްލު ކަމްލާއަށް އަންނަން މިއަންގާލީ ވާހަކައެއް ދައްކާލަން.. އަހަންނަށް ފެނުނުގޮތުން އެޕްލައިކޮށްފަ އިން ވަޒީފާއަށް އެންމެ އެކަށީގެންވަނީ ކަމްލާ އެކަމަކު ބޮސްގެ ބޮލަށް ކަމްލާގެ ބޮޑުދައިތަ އެރިގެން އެވަޒީފާ އޭނާގެ ދަރިފުޅަށް ހަމަޖައްސައިފި.. ” އިސްއޮބާލަމުން މިކާލް އެހެން ބުނެލުމުން ކަމްލާ އާއި ނަޝާ އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ.
“އަޅުގަނޑުމިއުޅެނީ މިފެެށޭހަފްތާގަ މާލެބަދަލުވާން.. އެހެންވީމަ އެއީ އެވަރުގެ ކަމެއްނޫން.. ” ހިނިތުންވެލާފައި ކަމްލާ އެހެން ބުނެލުމުން ނަޝާއާއި ދިމާއަށް ބުމައަރުވާލަމުން މިކާލް ބަލާލިއެވެ. އާއިކޭބުނެ ނަޝާވެސް ބޯޖަހާލުމުން މިކާލްއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހުދު މިކާލް މިއަދު އެހާވަރުން ބައްދަލުކުރީ ކަމްލާ ބޭނުން ނަމަ އެވަޒީފާ ހޯދަދޭށެވެ. ނަމަވެސް ދެން އިތުރަށް އެކަން އޭނާއަށް ކުރާކަށް ނުޖެހޭނެއެވެ.
ކަމްލާއަކީ އެންމެ ކުރިންސުރެވެސް ހާލުގައި އުޅޭ ކުއްޖެއްކަން މިކާލްއަށް އެނގިފައިވުމާއެކު މިކާލްގެ ހިތް އެދުނީ ކަމްލާއަށް އެހީތެރިވެދިނުމަށެވެ. ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު ކަމްލާގެ ކައިރީގައި އިން ކުއްޖާ މާގިނައިން ބަލާހެން ހީވެގެން މިކާލްވެސް ސިއްރުން ބަލާލިއެވެ. އޭރުވެސް ނަޝާގެ ނަޒަރުވަނީ މިކާލްގެ ހަރާކަތްތަކަށް ހުއްޓިފައިކަމުން ދާދިފަސޭހައިން މިކާލްގެ އެއަމަލު އޭނާއަށް ނަގައިގަނެވުމާއެކު ނިކަން އަވަހަށް ރަކިވާގޮތްވިއެވެ. ނަޝާގެ މޫނަށް އެރި ޖަންބުކުލަޔާއެކު މިކާލްގެ ހިނިގަނޑު ފަޅައިގެން ދާހާވީނަމަވެސް ހިނދާލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ.
***********
“ކޮބާތަ އެލިޔެކިއުންތަށް؟ މިހާރު ކޮންއިރެއް މިހުރިހާއެއްޗެއް ހާވާތާވެސް.. ހޫމް ނިޔާޒްއަށް ގުޅަންވީ.. އޭނަވެސް ބޭރަށްދިޔަތާ މޮހާރު ކޮންއިރެއް؟ އަންނަންވެއްޖެއްނު.. ” މުޅި ކޮޓަރީތެރެ އެފުއްމިފުށަށް ޖަހަމުންދިޔަ ލީޝް އަށް އޭސީގެ ފިނިކަންވެސް ނުވާފަދައެވެ. މީހާ މުޅިއަކުންހެން ދާހިއްލާފައިވާއިރު ބޮލިގެ އިސްތަށިގަނޑުވެސް ވަނީ އެގޮތް މިގޮތަށް މޫނުމައްޗަށް ފައިބާފައެވެ. ޖަހާފައިވާ ދަތީގެ އެއްވެސް ބޭނުމެއް ނެތްފަދައެވެ.
ފަރިތަކަމާއެކު ފިއްތަކަށް އޮބާލަމުން ނިޔާޒްގެ ނަންބަރަށް ޑައިލްކޮށްލުމާއެކު އެކޮޅުން އިވިގެންދިޔައީ އަންހެން އަޑެކެވެ. “ހެލޯ.. ކާކު.. ތީކާކު..؟” މިވީގޮތް ލީޝް އަށް ރޭކާލީ ދެނެވެ. “ނިޔާޒްކަލޭގައިގަ ހުރި ނުލަފާކަން.. ހުރިހާ ދުވަހު އަނބިމީހާ ނުދައްކާ ހުރީ މިތާންގަ ހުރީމަ ދޯ.. އޭނަ ކައިރިއަށް އަންނަން އަހަރެން އަތުން ދެކޮޅުޓިކެޓް ނަގައިގެން ތިޔައައީ.. ހުރެބަލަ އަހަންނަކީވެސް ނުބައި މީހެއްކަން އަންގާލާނަން..” މިހެން ބުނުމާއެކު ހޮސްޕިޓަލަށް ދާން ނިކުތީ ކޮންމެހެންވެސް އޭނާ ކުރަންއައި ކަންތައް ކޮށްނިންމާލުމަށެވެ.
***************
ރެސްޓޯރަންޓް އިން ކޮޓަރިއަށް އައިތާ ގަޑިއެއްހާއިރުވީއިރުވެސް ޝިޔާޒްއަށް ލީޝްއަށް ގުޅޭގޮތެއްނުވިއެވެ. އަނެއްކޮޅުން ކަމްލާގެ ސޫރަ އޭނާގެހިތަށް ދިޔައީ ނުސިޔާނު އުނދަގުލެއް ކުރުވަމުންނެވެ. “ކަމްލާ..” ދަތްތަކަށް ބާރުކޮށްލަމުން ކަނާއަތުން ބޮލުގައި އަތް ހިންގާލަމުން ޝިޔާޒް ކިޔާލިއެވެ.
ގެއަށް އައިސްވަން ނަޝާގެ މޫނުމަތީގައި ހިނިތުންވުން ވީނަމަވެސް ކަމްލާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމާއެކު ހުރިހާއިރު ކުރި ހިތްވަރު ގެއްލިއްޖެއެވެ. ދެލޮލަށް ކަރުނަ ޖަމާވުމާއެކު ހިފެހެއްޓުމެއްނެތި ކޯތާފަތް ގިރާކޮށް ކަރުތަށް ފައިބައި ގަތެވެ.
“ކީއްވެތަ.. ކީއްވެތަ.. އެއްކަމަކުން މިންޖުވާއިރަށް އަނެއްކަމެއް އެބަކުރިމަތިވޭ.. މީހަމަ އަހަންނަށް ހުރިގޮތްތަ؟” ރޮވޭހާލު ކަމްލާ އަމިއްލަ ނަފްސާއި ސުވާލުކޮއްލިއެވެ. އެވަގުތު މީހަކު ދޮރުގައި ޓަކިދިން އަޑު އިވުމާއެކު އަވަހަށް ދެލޯފޮހެލުމާއެކު ފާހާނާއާއި ދިމާއަށް ދިޔައީ މޫނުދޮވެލުމަށެވެ. ނަމަވެސް ބޭރުން އިވުނު ނާހިދާގެ އަޑާއެކު ޖަވާބުނުދީ ދެވޭގޮތެއް ނުވިއެވެ. “ފާހާނައިން ނިކުމެފަ އެބަދަން.. ” ބުނެލާފައި އަވަހަށް ކަމްލާ ފާހާނާއަށް ވަނެވެ.
************
ޑޮކްޓަރު ކިތަންމެ ދެކޮޅުހެދިނަމަވެސް ފައިސާއަށް ލީޝް ބޭނުންވިކަންތަށް ފަސޭހަކަމާއެކު ކޮށްދީފިއެވެ. ލިބުނު ފަތަހައާއި އެކުގައި އިތުރަށް ނިޔާޒްއަށް ނުގުޅަން ނިންމުމަށްފަހު ހުންނަ ގެސްޓްހައުސްވެސް ލީޝް ބަދަލުކޮށްލިއެވެ. ކަންދިމާކުރި ގޮތުން ލީޝް އަށް ބަދަލުވެވުނީ ނިޔާޒްގެ އަންހެނުން ދިރިއުޅޭ ގެއާއި ދާދި ކައިރިއަށްކަން އެނގުނީ އެދެމީހުން އެކީގައި ފެނުމުންނެވެ.
ހަވީރުއަތަށް އަޅާލުމާއެކު ލީޝްގެ އިންތިޒާރަށް ނިމުމެއް އައީ ނިޔާޒް އޭނާއަށް ގުޅުމުންނެވެ. ” ހެލޯ ލޯބި ކޮންތާކު.. މިހުރީ ކޮޓަރީދޮރުމަތީ. ހުޅުވާލަބަލަ..” ފޯނުނެގުމާއެކު ނިޔާޒު ވާހަކަ ދެއްކިއެވެ. ” މިއުޅެނީ ފާހާނާގަ މަޑުކޮށްލާ ނިކުމެފަ އެބަހުޅުވަން..” އެހެން ބުނުމާއެކު އިތުރަށް ވާހަކަ ދައްކާނެ ފުރުސަތުނުދީ ލީޝް ފޯނު ކަނޑާލުމާއެކު ބޭރަށްނިކުމެ ނިޔާޒުގެ އަންހެނުންނާއި ބައްދަލުކުރަން ދިޔައެވެ.
*********
ފުންހިޔާލަކަށް ގެއްލިފައި އޮތް ޝިޔާޒް ތެދުވެ ދޮރުހުޅުވާލީ ޝާނީއައިސް ދޮރުގައި ޓަކިދިނުމުންނެވެ. “ދޮންބެ އެތަނަށް ދާގަޑީގަ ޝާނީ އެއްނުދާނަން.. އޯކޭތަ ނަމާދުކޮށްލައިގެން ނިދާލިޔަސް.. ދޮންބެއައިސް ގޮވާލާނަމެއްނު.. އެކަމަކު ބުނަން ހަވީރުވާނެ ކޮންމެހެންވެސް ޝާނީގޮވައިގެން ހިނގާލަންދާން..” ޝާނީ އޭނާ ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޝިޔާޒުގެ ހިޔާލުގެ ވާފަށްވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ނަމަވެސް ޖޯޝާއެކު ވާހަކަ ދައްކަމުންދިޔަ ޝާނީއަކަށް މިކަމެއް ނޭންގެއެވެ. އޭނަ ދައްކަން ބޭނުން ވަހަކަ ދައްކާލުމަށްފަހު އަވަހަށް ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ބޭރުގައި ކިޔަވަންހުރިއިރު ދިމާވި ހާއްސަކުއްޖަކާ ޗެޓްކުރަން އިނުމުނެވެ.
ޝާނީ ދިއުމާއެކު ޝިޔާޒްގެ ފޯނުރިންގްވާން ފެށުމުން ބަލާލިއިރު ގުޅަނީ އޮފީހުންނެވެ. އެހެންވެ އަވަހަށް ފޯނަށް ޖަވާބުދިނުމަށްފަހު ފާހާނާއާއި ދިމާއަށް މިސއރާބުޖެހީ މެންދުރުވާން ގާތްވެފައި ހުރުމާއެކު ފެންވަރާ ތާޒާވެލައިގެން ނަމާދަށް ދާން ތައްޔާރު ވުމަށެވެ. އަދިހަމަ އެހެންމެ ފެންވަރާލުމުން ބޮލަށްވެސް ލުޔެއްލިބޭނެތީއެވެ.
ހަވީރުގެ ހިތްގައިމުވަގުތެވެ. ނަޝާކުރުނުކޮށް ކިޔަންފެށުމުން ކަމްލާވެސް ކުޑަގޮތަކަށް ތައްޔާރުވެލައިގެން ބޭރަށް ނިކުމެލީ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ދެކުދިން އެކީގައި ހިނގަމުން ކުރީގެ އިސްލާހިއްޔާ ކައިރިން ގޮނޑުދޮށަށް ނިކުތްތަނުން ކަމްލާގެ ގައިގައި އަނެއްފަރާތުން އައިމީހަކު ޖެހުމާއެކު ކަމްލާގެ އަނގައިން ތޫލިއަޑެއް ނިކުމެގެން ދިޔައެވެ. ވެއްޓެންދިއުމާއެކު ދެލޯމަރާ ބާރުކޮއްލެވުނީ އެހެންވާން ބޭނުމެއްނޫނޭ ބުނާފަދައަކުންނެވެ. ކަންވީވެސް އެހެނެވެ. ކަމްލާ ވެއްޓެންދަނިކޮށް ބާރުގަދަ ދެއަތެއްގެ ހިމާޔަތް އޭނާއަށް ލިބިގެން ދިޔައެވެ.
މަރާލެވިފައިވާ ދެލޯ ކަމްލާހުޅުވާލިއިރު އޭނާއަށް މިއޮވެވުނީ ޝިޔާޒްގެ އަތުތެރޭގައިކަން އެނގުމާއެކު ތެޅިގަނެފައި އަވަހަށް ހަށިގަނޑު ސީދާކޮށްލަމުން ދުރަށްޖެހިލިއެވެ. މިމަންޒަރު ބަލަންއިން ޝާނީ ފޯނިގައި އެހުރިހާކަމެއް ރައްކާކުރިކަމެއް އެކަކަށްވެސް ނޭންގެއެވެ.
ނަޝާގެ އަތުގަ ހިފައިގެން އަވަހަށް ދުރަށް ހިނގައިގަތް ކަމްލާމެން ހުއްޓުނީ ފަހަތުން ކަމްލާއަށް މީހަކު ގޮވާލުމުންނެވެ. ފަހަތް އެނބުރި ބަލާލިއިރު އެދިމާއަށް މިކާލް ހުރެގެން އާދެއެވެ. ކަމްލާއަށް ގޮވާލިނަމަވެސް ކައިރިއަށް އައިސް ހުއްޓިލަމުން މިކާލް ނަޝާއަށް ހައިޖަހާލިއެވެ. މިކަމުން ނަޝާގެ ހިތް އާސްމާނުގައި ހިނދުކޮޅަކަށް ދަތުރުކޮށްލި އެވެ. މިކާލް އަށް ނަޝާގެ އެމިޒާޖުކަމުދިއުމާއެކު ދެމީހުނާ ޖޮއިން ވެލަން ބޭނުންކަމަށް ބުނުމުން ކަމްލާ ނުހަނުއަވަހަށް ހިނިތުންވުމާއެކު އާބަސްބުނެލިއެވެ. މިމަންޒަރު ދުރުން ބަލަންހުރި ޝިޔާޒްގެ ހިތަށް އެވަގުތު ތަފާތު ޝުއޫރުތަކެއް ވަނެވެ.
“އެއީކާކުބަ؟ އޭނަ މުޅިންވެސް ފެންނަނީ ކަމްލާއާއެކުގަ.. އެކަމަކު ކަމްލާ އަދި މީހަކާ އިންހެނެއް ހިޔެއްނުވޭ.. ވެދާނެ ބޯއިފްރެންޑް ކަމަށްވެސް.. ހޫމް ކީއްކުރަންތަ އަހަރެން އެވަރުބަލާ ވިސްނަންވީ.. މަށާބެހޭމީހެއްނޫން މިހާރި އެޔަކީ.. އެކަމަކު.. ” ޝިޔާޒް އޭނާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ގެންދިޔައެވެ.
***********
ލީޝް އެގޭގެ ދޮރާއި ހަމައަށް އަރާފައި ނިކަން އަވަހަށް ބެލްޖަހާލިއެވެ. އެއާއެކު މެދުއުމުރުގެ އަންހެނަކު ދޮރުހުޅުވާލުމާއެކު ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” އަހަރެންނަށް ކިޔަނީ ލީޝް މިއައީ ނިޔާޒް ހޯދާލަން.. އޭނަ އައީ އަހަންނާ އެއްފްލައިޓަކުން އެހެންވެ ދިމާވެ ރަޙްމަތްތެރިކަން އުފެދުނީ.. އެހެންވެ ހިތަށްއެރި ފުރުމުގެ ކުރީން ބައްދަލްކޮށްލަންވާނޭ.. އަންހެނުންވެސް މިކޮލޫގަ އުޅޭވާހަކަ ބުނެފައޮތީމަ..” ލީޝް އަށް އެމީހާ ބަލަންހުރިގޮތުން އުނދަގުވުމާއެކު މޮޅު ވާހަކައެއް ހަދާލިއެވެ.
“އެހެންތަ؟ އަވަހަށް ވަދޭއެތެރެއަށް.. އަހަރެންމީ ނިޔާޒްގެ އަންހެނުން އާޒިމާ.. ދާދި ދެންމެއަކުހެން ނިޔާޒް ބޭރަށް އެދިޔައީ.. ގުޅާލާނަން.. އެތެރެއަށްވަދެ އިށީންދޭ.. އައިފަހަރު އެއްޗެއް ބޯލާހަދައިގެން ދާންވާނީ..” އޯގާތެރިކަމާއެކު އާޒިމާ ދެއްކި ވާހަކަ އަޑުއިވުމާއެކު ލީޝްގެ ހިތުގައި އާިމާއާއި މެދުގައި ހަމްދަރުދީ އުފެދުނެވެ. ހަގީގަތުގައިވެސް ނިޔާޒްއަކީ މަކަރުވެރިއެއްކަން މިހާރު ޔަގީންވެއްޖެއެވެ. މިހާ ހެޔޮ އަންބަކު ހުއްޓަ ހިލޭއަންހެނުން ކައިރިއަށް ދާނީ ހިފިނުހުންނަ ފިރިހެނުންކަން ޔަޤީންވިއެވެ. އަދި ލީޝް އަމިއްލަ އަށ މިއުޅެވެނީ ކިހާ ނުބައިނުލަފާ ދިރިއުޅުމެއްކަން ފުރަތަމަ ފަހަރަށް ނަފްސުއިހްސާސް ކޮށްދީފިއެވެ.
“އުހޫމް އެންމެ ރަނގަޅު ގުޅާނެކަމެއްނެތް.. އަޅުގަނޑު އަސްލު އެހާވަރުން މިއައީ ނިޔާޒްގެ އަންހެނުންވެސް އުޅޭވާހަކަ ބުނެފަ އޮތީމަ ބައްދަލުކޮއްލާނަމޭހިތާ.. އޭނަ އައީމަ އަޅުގަނޑު އައިވާހަކަ ނަންގަންނަވާ..” އާޒިމާގެ އެހުރިގާތްކަން ފެނުމާއެކު ލީޝްއަށް ވާހަކަދެއްކުނީވެސް އެހާ މާތްކޮށެވެ. ހަގީގަތުގައިވެސް މިއަދު ލީޝްއަށް ރަނގަޅުފިލާވަޅެއް ލިބިއްޖެއެވެ. އާޒިމާ ކުރު ނުކުރުމުން ލީޝް އެންމެފަހުން އެގެއިން ނިކުތީ ސައިބޮއެގެންނެވެ.
**********
އެތައްދަމެއް ވާންދެން ފިކުރުތަކުން ސަލާމަތްނުވެވި އޮވެފައި ޝިޔާޒްއަށް ނިދުނު ވަގުތެއްވެސް ނޭންގެއެވެ. ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށްތެދުވެ ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު އޮށޯވެލީ ނިދާލުމަށެވެ. ނަމަވެސް ޝާނީއައިސް ގޮވާފެށުމުން އިރުއަރާ މަންޒަރުބަލާން ދާން ނިކުންނަން ޖެހުނެވެ.
މަޑުހިނގުމެއްގައި ހިނގަމުންދިޔަ ނަޝާއާއި ކަމްލާގެ މިސްރާބުވެސް ހުރީ އިރުއަރާ މަންޒަރު ބަލާލަން ދިއުމަށް އެދިމާއަށެވެ. ކުރީގެ އިސްލާހިއްޔާ އާދިމާލު ގޮނޑުދޮށުގައި ހުރި ހިރުނދުގަހުގައި އެލުވާލެވިފައިވާ ޖޯލިތަކުގައި ކަމްލާއާއި ނަޝާ ފޯރީގައި ވާހަކަގައި ތިއްބާ އެތަނަށް މީހަކުއައިހެން ހީވެގެން ބަލާލި ދެކުދިންސިހުނީ ދާދި ގާތުގައި ހުރި މީހާފެނިފައެވެ.
ނުނިމޭ
ނޯޓް: މިހާލަހުން ވާހަކަ އަޕްކޮއްލެވުނީމަ ނިހާޔަތަށް މައާފަށް އެދެން.. އަދި ކަވަރ ހަދައިދިން ހައްވުގެ އެންމެ ލޯބި އެއް އަޚް ހިމީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.






Salaam. Vaahakaige inthizaaruga thibikudhin avahah vaahaka kiyaalaa ingey.. lassveema v. Bodah sorry.. and hiyaaleh oinama Hama comment kohladheeba ingey ★??
Me first dhw. .will comment After reading ingey dear??????❤
Ya jiji ur first congratulations ?
Wow..storyy haadha salhi eyyy??whn next??so curious…storyy avahahh up kohdhecheyu dear…??
Thankyou my dear maee in Sha Allah 2 dhuvaheeh upvaane ??
Me second dhw mashallah varah nice might part ves waitingfor next part curious…….
Yes my dear pretty girl ur 2nd congratulations ???
Ma Sha Allah….Mi part vec vvvvvvvvvvvvv rythi..iss ok dear..Ehnvec vaane baeh faharu…I can understand…Nd layaa sis if yuh don’t mind Ahaaba himi kaiiri ga cover pic hadhany kon app akun hey ingey..Um I think shiyaaz kahneyge e aee dhw.. nd next part dhigukohdhehchey inge…LYL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????❤❤❤❤❤❤❤??????
Oww thankyou my dearest.. and jiji layaa ah heevanee himi beynun kuraanee coral hen.. ehenbuni kurin.. yah aee shiyaaz and leesh and vakin ainee kamlaa.. BTW thanks a lots
Hey jiji kurin story liyunun dhw gigi mi namuga
?No anonymous..That’s not mee
Wow great story
Thankyou Lilly ?
Umm himi is a boy? I thought himi was a girl.. Hawwu has mentioned “akh” so I got confused.? anyway this part is amazing.. ? good job writer..?
Ohh akh ainee olhumakun jehifa asslugothakee akhaa.. himi aee Hama hawwu ge lil sis eh. And thankyou my dear ??