ގޭޓު ހުޅުވާލުމާއެކު ލޯ ތަކަށް މަރުހަބާ ކިޔަނީ ފެހި ވިނަތަކުން ފުރިފައިވާ ބަގީޗާއެކެވެ. މި ބަގީޗާގެ މެދުން މަގެއް ހެދިފައިވަނީ ގެޔަށް ވަންނަ މެހެމާނުންގެ އިސްތިގުބާލުގައެވެ. ދެވަނައެއްނުވާނޭހާ ފުރިހަމަ ގުދުރަތުގެ ތަސްވީރެކެވެ. މާމެލާމެލި ފޮޅި ފުރިހަމަވެފައިވާއިރު އޭގެ ވަހުން މާހައުލު އެއްވަސްކޮށްލައެވެ. ދާދިދެންމެއަކު އަލްވާދާޢު ކީ ވާރޭ ވިލާތަށް ދުނިޔޭގެ ބިމަށް ހަދިޔާކުރި ޝަބްނަމް ތިކިތަށް އެ މާހައުލުގެ ހިތްގައިމުކަން ދެގުނަ ކޮށްދެއެވެ. ހިޔާދޭ ބޯ ގަސްތަކުން ފެށިގެން އެންމެ ކުދި ތިންފިޔައިގެ މާ ހިމެނޭ ވިނަގަސްތަކަށް […]