ެަްއައިރާ…( 11 ވަނަބައި)
އައިރާމެން އަރާގެން އައި ޓެކްސީ މަޑުކޮށްލީ އުސްއިމާރާތެއްގެ ކުރިމައްޗަށެވެ.ޓެކްސީ އެމީހުން ބާލަފައި ދިޔަތަނާހެން ފަޒީލް އާއި ޒިހާދުވެސް އެތަނަށް ޓެކްސީއެއްގަ އައިސްފިއެވެ. ޒިހާދު އެދުނީ އޭނަގެ ފަހަތުން އައުމަށެވެ. ފަޒީލް އާއި ފައިޒީން ހިނގައިގަތީ އެމީހުން ގެނެސްފައި ހުރި ފޮށިތަށް އަތަށްލައިގެންނެވެ. އެމީހުންގެ ފަހަތުން އައިރާ އާއި އިޔާޝާ ވެސް ހިނގައިގަތެއެވެ.ޒިހާދު ގޮސް ކުރިމަރިން ފެންނަން ހުރި އުސް އިމާރާތުގެ ގޭޓުން ވަނެވެ. ގްރައުންޑް ފްލޯރ ހުރި ލިފްޓުގެ ފިތަށް ފިއްތާލުމާއެކު ލިފްޓްގެ ދޮރުފަތް ދެފަރާތަށް ކެހިގެން ދިޔައެވެ.ޒިހާދު ނޫން ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަނީ ޙައިރާން ކަމެވެ.ޒިހާދު އެދުނީ އަވަހަށް ލިފްޓުތެރެއަށް އެރުމަށެވެ. އެންމެން ލިފްޓަށް ލަސްނުކޮށް އެރިއެވެ. ޒިހާދު ލިފްޓްރެރޭގައި ހުރި ފިތަކަށް ފިއްތާލުމާއެކޮ ދޮރުފަތް ލެއްޕުނެއެވެ. 5 ވަނަ ފްލޯރ ނަންމަރަށް ފިއްތާލުމާއެކު ލިފްޓު 5 ވަނަ ފްލޯރއަށް ދާންފެށިއެވެ. 5 ވަނަ ފްލޯރއަށް ލިފްޓްގޮސް ހުއްޓުމާއެކު އޮޓަމިޓްކޮށް ލިފްޓުގެ ދެދޮރުފަތް ދެފަރާތަށް ކެހިގެން ދިޔައެވެ.ޒިހާދު އާއެކު އެންމެން ލިފްޓު ތެރެއިން ނިކުތެވެ. ޒިހާދުހުރީ މާކުރިންވެސް ކުރަންޖެހޭ ކަންކަމަށް ތައްޔާރުވެގެންނެވެ.އެފޮލޯރގެ ކަނާތްފަޅިގައި އިން އެޕާރމެން ދޮރުގައި 5އޭ ޖަހާފައިނެއެވެ. ޒިހާދު އަތުގަ އޮތް ތަޅުދަނޑިން އެއެޕާރޓްމެންޓްގެ ދުރުހުޅުވާލިއެވެ. އަދި ފަޒީލްމެން ގާތު އެތެރެއަށް ވަންނަން ބުނެލިއެވެ.ފަޒީލްމެން ލަސްނުކޮށް އެތެރެއަށް ވަދުނެވެ.އެއީ ފުދޭވަރެއްގެ ބޮޑު އެޕާރޓްމެންޓެކެވެ.ބަދިގެ އާއި ކާގެ އަދި ސިޓިންރޫމްވެސް ހުރީ އެއްކޮށެވެ.އެތަނުގެ ޖާގަ ބޮޑެވެ. ސިޓިންރޫމް ފަޅީގައި ސޯފާއާއި އަދި އެތާ ކުރިމަތީ ބިއްލޫރި ވަށްމޭޒެއް ބައިންދާފަވެއެވެ. ސޯފާގެ ކުރިމަތީ ގައި ހުރި ފާރުގައިވަނީ ބޮޑު ފަތި ޓީވީއެއް ހަރުކޮށްފައިވެއެވެ.އެތަން ހަދާފައި ވަނީ ޒަމާނާއި އެއްގޮތަށެއެވެ.”ޒިހާދު ގޭގެ ދެންތިބި މީހުން ނެތީތަ؟” ގޭގަ އެއްވެސް މީހެއް ފެންންންނެތުމުން ފަޒީލް އެހިއެވެ.”އާން. މީ އަހަރެންގެ ވަަރަށް ގާތް ރައްޓިއްސެއް ކުއްޔަށް ހިފާފަހުރި ތަނެއް.ތިމީހުން ފުރަންދެން މިތާގަ އުޅެވޭނެ”ޒިހާދު ބުނެލިއެވެ.”ދެން ކޮބާ މިގޭގަ އުޅޭމީހުން” އަނެއްކާވެސް ފަޒީލް އެހިއެވެ.”އެމީހުން އުޅެނީ މެލޭޝިއާގަ. ދޭތެރެދޭތެރެއިން ރާއްޖެއައިސް ހުންނަންވެގެން އެމީހުން ކުއްޔަށް ހިފާފަ ހުންނަ ތަނެއް މިއަކީ. އެއީ ވަރަށް މުއްސަނދި ބައެއް.އެމީހުން އަހަރެން ގާތު ބުނެފައި އޮތީ މިތަން ބަލަހަށްޓަން. އެމީހުން ގާތު އަހަރެން އެހިން ފަޒީލްމެން މިތާ ބެހެއްޓިދާނެހޭ. ބުނީ މައްސަލައެއް ނެތޭ. ފަޒީލް.. އަހަރެން އަންނާނަން ތިމީހުންނަށް ކޮންމެވެސް އެއްޗެއް ކާން ހިފައިގެން” ޒިހާދު ބުނެލިއެވެ.”ނޫން. މިހާރަކު ނުކެވޭނެ. އެންމެންވެސް އެތިބީ ވަރުބަލިވެފަ. ޖައްސާލަން ބޭނުމީ. ޒިހާދުވެސް ދޭ ވަރުބަލި ފިލުވާލާފަ އަންނަން. މިހާރު އެހުރީ 5 ޖަހަނީ. ރޭގަނޑުން އެއްޗެއް ކެވޭނީވެސް”ފަޒީލް ބުނެލިއެވެ.”ހޫމް.. މައްސަލައެއް ނެތް ފަޒީލް ތަޅުލާގެން އުޅޭނި. އަހަރެން މިގެއަށް އައިސްފަ ގުޅާނަން. އޭރުން އިނގޭ ދޮރު ހުޅުވާނި. މިގަޑީ ގޮސްލީ ރޭގަނޑުން މިގެއަށް އައިސް ގުޅިމަ ހުޅުވާތި. އަން މިއޮތީ ތަޅުދަނޑިފަތި. ތީގަ އޮންނާނެ ދެކޮޓަރި ތަޅުދަނޑިވެސް. ވަރުބަލި ފިލުވާލަން އުޅޭ. ފަޒީލް ތަޅުލާގެން ހުންނާތި”ޒިހާދު ބުނަން ބޭނުންވެފަ ހުރި އެއްޗިތި ބުނެފައި އެތަނުން ދިޔައީ ހިތްހަމަޖެހި ހުރެއެވެ. ޒިހާދު ދިއުމާއެކު ފަޒީލް އެޕާރޓްމެންޓްގެ ދޮރު ތަޅުލިއެވެ.
އެންމެންމެންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ބޭނުވީ ވަރުބަލި ފިލުވާލަން ތަނެއްގައި ޖައްސާލާށެއެވެ.ފަޒީލް އަތުގަ އޮތް ތަޅުދަނޑިިން ކުރިމަތީ ފެންނަން ހުރި ދެކޮޓަރި ހުޅުވާލިއެވެ. ފަޒީލް އެދުނީ އިޔާޝާ އާއި އައިރާ އެއްކޮޓަރިއެއްގަ ހުންނާށެވެ.ފަޒީލް އާއި ފައިޒީން ދެމީހުން އެކީ ދެން ހުރި ކޮޓަރިއަށް ދިޔައެވެ. އިޔާޝާ އާއި އައިރާ ދެމީހުން ލަސްނުކޮށް ކޮޓަރިއަށް ވަދުނެވެ.ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން އިޔާޝާ އެނދުގައި ޖައްސާލިއެވެ.އެހެންނަމަވެސް އައިރާ ބޭނުންވީ ފެންވަރާ ތާޒާ ވެލައިގެން ޖައްސާލށެއެވެ.އައިރާ ކޮޓަރިން ނިކުމިއެވެ. އަދި ސިޓިންރޫމް ތެރޭގައި އައިރާގެ ހެދުން ފޮށި ހިފައިގެން އައިސް ކޮޓަރިއަށް ވަދުނެވެ.އޭގެން އައިރާ ނެގީ އާދައިގެ އަތްދިގު ދޫ ޓޮޕަކާއި ފުޅާ ހަރުވާޅެކެވެ. އަދި ތުވާޔެއްވެސް ނެގިއެވެ.ބޮލުގައި އަޅަފައި އޮތް ޝޯލުގެ ޕިންތަށް ނައްޓާފައި ޑްރެސިންޓޭބަލް މަތީބަހަށްޓާފައި ފާހަނަ ކާރީ ހުރި ހެދުން އަޅުވަން ހުރި ހަރުގަނޑުމަތީ ޝޯލްގައި ރޫނުޖެހޭނެހެން ހަރުގަނޑުމަތީ ޝޯލް ބޭއްވިއެވެ. އަދި ތުވާލި ހިފައިގެން ގޮސް ފާހަނައަށް ވަނެވެ.
20 ވަރަކަށް މިނެޓް ފަހުން އައިރާ ފެންވާލައިގެން ނިކުތެއެވެ.ބޯދޮވެގެން ހުރުމުން އެދިގު އިސްތަށިގަނޑުން ފެންތިކި ތަޅަމުން ގެންދިޔައެވެ.އައިރާ އަތުގަ އޮތް ތުވާލިން އެދިގު އިސްތަށިގަނޑު ހިތްކަން ފެށިއެވެ. .ފުދޭވަރަކަށް އިސްތަށިގަނޑު ހިކުމުން އައިރާ ގޮސް ތުވާލި ހަރުގަ އަޅާލިއެވެ. އެހެންނަސް އިސްތަށިގަނޑު ކޮންމެސްވަރަކަށް ތެތްކޮށް ހުރުމުން އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައި އައިރާ ބޭއްވިއެވެ.ދެން ގޮސް އެނދުމަތީގައި ޖައްސާލިއެވެ.ވެފައިވަރުބަލި ކަމުގެ ސަބަބުން ލަސްތަކެއް ނުވެ އައިރާ އަށް ނިދުނެވެ.
ރޭގަނޑު 8 ޖަހަން ފަނަރައަށް ވަނިކޮށް ޒިހާދު ތައްޔާރުވެލައިގެން ނިކުމެގެން ގޮސް ބަދިގެއަށް ވަނެވެ. އޭރު ޒަވާ ހުރީ ތަށިތަކަށް ކާއެއްޗިތި އަޅާ މަތިޖަހާ ނިންމާފައެވެ.”ނިމުނީ ދޯ”ޒިހާދު ބުނެލިއެވެ.”ހޫމް…ބައްޕާ އަޅުގަނޑު ވެސް ދާން ބޭނުން.” ޒަވާ ކުޑަކުއްޖެއްހެން ބުނެލިއެވެ. ޒިހާދު ހޭންފެށިއެވެ.”ގެންގޮސް ފާނަން. އެކަމަކު ދަރިފުޅު ނުވާނެ ތިއްތިބެ ގާތު ކިޔާގެން އިނގޭ. އެތަނަށް ގެސް އަނގަގަދަ ވެގެން ނޫޅެތި.އޯކޭތަ؟” ޒިހާދު އެހިއެވެ.”ހޫމް…”ޒަވާ ބުނެލިއެވެ.”ހިނގާ ދާން.އެމީހުން މިހާރު ތިބޭނެ ބަނޑުހައިވެފަ” ޒިހާދު ބުނެލިއެވެ.ޒަވާ ކާއެއްޗިތި އަޅާފައި ހުރި ތަށިތަށް ބޮޑު ކޮތަޅަކަށް ލާފަައި ޒިހާދު އެކު ދިޔައެވެ.
ޒިހާދު ކާރު ގޮސް އުސް އިމާރާތެއްގެ ކުރިމައްޗަށް ކާރު ޕާރކް ކުރިއެވެ.ޒިހާދު އާއި ޒަވާ ދެމީހުން އެކީ ކާރުން ފޭބިއެވެ. ކާރު ތަޅުލުމަށްފަހު ޒިހާދު ހިނގައިގަތީ ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ގޭޓުން ވަންނާށެއެވެ.”ބައްޕާ މިއީ ޒާންބެމެން މިކޮޅަށް އައިސްފަ ހުންނަ ގެއެއްނުން”ޒަވާ ކަމެއް ހަނދާވުމުން ކުއްލިއަކަށް ބުނެލިއެވެ.”އާން. ޒާންބެމެން ގާތު ހުއްދަ ހޯދާގެންނޭ ބައްޕަ އެމީހުން މިތާ ބެހެއްޓީ.ހިނގާ އެތެރެއަށް” ޒިހާދު ބުނެލިއެވެ.
އައިރާމެން އުޅޭ އެޕާރޓްމެންޓް ކުރިމަތީ ހުއްޓިލާގެން ހުރެފަ ޒިހާދު ފަޒީލް އަށް ގުޅިއެވެ.ފަޒީލް ފޯނު ނެގުމާއެކު ދޮރުހުޅުވަން ޒިހާދު އެދުނެއެވެ.ފަޒީލް ވަޤުތުން އެޕާރޓްމެންޓްގެ ދޮރުހުޅުވިއެވެ. ޒިހާދު އާއި ޒަވާ އެތެރެއަށް ވަނެވެ.
ސިޓިންރޫމް ސޯފާގައި އިޔާޝާ އިނީ ޓީވީ ބަލާށެވެ.”ކޮބާ އައިރާ އާއި ފައި އާއި ދެމީހުން”ޒިހާދު ބުނެލިއެވެ.”ދަތުރުވަރުބަލިވެފަ ހުރީމަ އެނދުގަ ޖައްސާލި ގޮތަށް ނިދިފަ އޮތީ.އެހެންވެ އުނދަގޫނުކުރަންވެގެން ނުގޮވަން.”އިޔާޝާ ޖަވާބުދިނެވެ.”މިހުރީ.ކާން ހިފާގެން އައިސްފަ.މިހާރު ހުންނާނި ނުލާހިކު ބަނޑުހައި ވެފައެއްނުން. ކާން އުޅެންވީނުން”ޒިހާދު ބުނެލިއެވެ.”އާން. އިޔާޝާ ދޭ އެކުދިންނަށް ކާންގޮވަން”ފަޒީލް ބުނެލިއެވެ.”އަޅުގަނޑު ދަންތަ އައިރާ ދައްތައަށް ގޮވަން”ޒަވާ މަޑުމަތިރިކަމާއެކު އެހިއެވެ.”ހެހެހެހެ.އެންމެރަނގަޅު. މިހުރި ކޮޓަރީގަ އައިރާ ދައްތަ ވީ އިނގޭ”ހީލާފައި އިޔާޝާ ބުނެލިއެވެ.ޒަވާ ކާއެއްޗިތި އަޅަގެން ގެނައި ކޮތަޅު ކާމޭޒުމަތީ ބަހަށްޓާފައި އިރާ އޮތް ކޮޓަރިއަށް ގޮސް ވަނެވެ.”ޒިހާދުގެ ހަގު މަންޖެދޯ.”އިޔާޝާ ބުނެލިއެވެ.”އާން” ޒިހާދު ހީލަމުން ބުނެލިއެވެ.”އިޔާޝާ ދޭބަލަ ފައިޒީން އަށް ގޮވާފަ ކާން އަންނަން ބުނަން”ފަޒީލް ބުނެލިއެވެ. ފައިޒީން އަށް ގޮވަން އިޔާޝާ ދިޔައެވެ.
ލޯބިލޯބި ކޮށް ނިދިފަ އޮތް އައިރާ ފެނިފަ ޒަވާ އަށް ހާދަ ރީއްޗޭ ބުނެވުނެއެވެ.ޒަވާ އެންމެ އަޖައިބުވީ އައިރާގެ ރޭގަނޑެއްފަދަ ފަން ދިގު އިސްތަށިގަނޑު ފެނިފައެވެ. އެއިސްތަށިގަނޑު ގައި ފުނާ އަޅުވާލަ ދޭން ޒަވާ ބޭނުންވިއެވެ. ޒަވާ މަޑުމަޑުން އައިރާ ގާތު ހުއްޓިލާފައި އައިރާއަށް ގޮވަންފެށިއެވެ.މީހަކު އައިރާއަށް ގޮވާހެން ހީވުމުން ކަންނެތް ގޮތަކަށް ލޯހުޅުވާލިއެވެ.ކުރީމަތީގައި އައިރާ ނުދަންނަ ކުއްޖެއް ހުރުމުން ހައިރާންކަމެއް ލިބުނެވެ. އައިރާގެ ރީތި ދިގު އެސްފިޔަށް ތަޅުވާލީ އެއީ އޭނައަށް ހީވާ ހީވުމަކަށް ހީކޮށެވެ.އެހެންނަމަވެސް އެއީ ހީވާ ހީވުމެއް ނޫނެވެ. ޒަވާ އަނެއްކާވެސް އައިރާއަށް ގޮވާލުމުން އައިރާ އެދުން ތެދުވިއެވެ. އަދި ޒަވާ ދިމާލަށް ބީރަށްޓެހި ގޮތަކަށް ބަލަހަށްޓާގެން ހުއްޓެވެ.”ތީ ކޮންކުއްޖެއް”އައިރާ އެހިއެވެ.” އަޅެ ފަހަރި މިއީ ފަހަރި ވާން އުޅޭ ފިރިމީހާގެ ކޮއްކޮއޭ.” ޒަވާ ޖަވާބު ދިނެވެ. ޒަވާ އޭނަ ދިމާލަށް ފަހަރި އޭކިޔާގެން މުޙާތަބު ކުރުމުން އައިރާ ލަދުގަތެވެ.”ފަހަރި ބުލަޝްވަނީތަ.އަޅުގަނޑަށް ކިޔަނީ ޒަވާ.ތީ އަޅުގަނޑުގެ ތިއްތިބެ މެރީ ކުރާ ކުއްޖާދޯ. މީގެފަހުން ޒަވާ ކިޔާނީ ތިއްތިބެ ދައްތަ” ޒަވާ ހީލާފައި ބުނެލިއެވެ.ބަދަލުދައި އައިރާ ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.”ތިއްތިބެ ދައްތާ އާދެ ކާންދާން”ޒަވާ ބުނެލިއެވެ.”އާން މަޑުކޮށްލާ މި ދަނީ”އައިރާ ބުނެލިއެވެ. އައިރާ ގޮސް ލޯގަނޑު ކާރީގައި ހުއްޓިލާފައި އޭނަގެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ.”ތިއްތިބެ ދައްތަ ވަރަށް ރީތި އިނގޭ. ތިއްތިބެއަށް ތިދިގު އިސްތަށިގަނޑު ފެނުނަސް ޔަޤީން މޮޔަވާނެކަން.”ޒަވާ އެހެން ބުނުމުން އައިރާ ލަދުން ގޮސް މޫނު ރަތްވިއެވެ.”ސާބަށް ތިއްތބެ ދައްތައަށް. ޒަވާ ކިރިޔާ އެއްޗެކޭ ބުނެލިޔަސް ތިހުރީ ބުލަޝްވަނީ އަދި ތިއްތިބެ އެއްޗެކޭ ބުނެލާއިރަށް ފެއިންޓްކަންނޭގެ ވާނީ” ޒަވާ އެހެން ބުނެފައި ހޭން ފެށިއެވެ.”ޒަވާ ގޮސް ބުނެބަލަ ދައްތަ މަންމަ ގާތު ދައްތަ އެބަ ދެއޭ. މިދަނީ ފާހަނައަށް ވަދެލާފަ”އައިރާ ބުނެލިއެވެ.”ދައްތަ ނުކިޔާތި. ތީ ޒަވާގެ ތިއްތިބެ ދައްތައެއްނުން”ކުޑަކުއްޖެއްހެން ޒަވާ ބުނެލިއެވެ.”ތިއްތިބެއާއި މެރީ ކުރި ދުވަހަކުން ތިއްތިބެ ދައްތަ ކިޔަސް އޯކޭ. އެކަމް މިހާރަކު ނޫން އިނގޭ” އައިރާ އެހެން ބުނެފައި ފާހަނައަށް ވަނެވެ.
ޒަވާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.ޒަވާ ގޮސް ކޮޓަރި ތަޅުގަ ހިފާ އަނބުރާލަން އުޅެނިކޮށް ކޮންމެވެސް މީހަކު ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ވަނެވެ. އެމީހަކު ބެލުމެއް ނެތި ކޮޓަރިތެރެއަށް ވަނުމުން ޒަވާ ގޮސް ޖެހުނީ އެމީހާގެ ގައިގައެވެ.”ހޫމް.. މިދޮންތަވެސް ހުންނާނި ދޮރުބުޑުގަ ދެން ގައިގައެއްނުން ޖެހޭނީ”ފައިޒީން ބުނެލިއެވެ. ފައިޒީންގެ ބަރު އަޑު ޒަވާ ކަންފަތުގަ ޖެހުމުން ޒަވާގެ ގައިގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިޔައެވެ. “ސޮރީ ދޮއްތީ.ދެރެކޮށްލެވުނީމަ.އައި ރިއަލީ ލަވް ޔޫ ދޮންތީ”ފައިޒީން އައިރާކަމަށް ހީކޮށް ޒަވާ ގައިގައި ބައްދާލިއެވެ.ޒަވާ ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށި ވިއެވެ.އައިރާގެ އެއްވެސް ޖަވާބެއް ނައުމުން ފައިޒީން އައިރާ ގަޔާ ދުރުވެލާފައި ރަނގަޅަށް އައިރާ މޫނުމައްޗަށް ނަޒަރު ހުއްޓާލިތަނާ ދިޔައީ ސިއްސާގެންނެވެ. އެއީ އައިރާއެއް ނޫނެވެ.ވަގުތުން ފައިޒީން ރަކިވިއެވެ.ފިރެހެން ކުއްޖެއް ނަމަވެސް ފައިޒީން ރަކިވިވަރުން އެމޫނު ރަތްވެގެން ދިޔައެވެ. “އަމް..އަމް. ސޮރީ. އައި ހީކުރީ ދޮންތަކަށް.ވަރަށް ބޮޑަށް ސޮރީ. އޮޅިގެން”އަނގަ އޮޅެމުން ފައިޒީން ބުނެލިއެވެ. ނަމަވެސް ޒަވާ ހުރީ ފައިޒީން މޫނަށް ނަޒަރު ހުއްޓިލާގެން ޒަވީން ކުރިމަތީ ބަހަށްޓާފައި ހުރި ބުދެއްހެންނެވެ. ފައިޒީން ޒަވާ ދިމާލަށް އަތްހޫރާލިއެވެ. އެއާއެކު ޒަވާއަށް ހަމަބިމަށް އާދެވުނެވެ. ކުރެވުނު ކަންކަން ހިތަށް އެރުމުން ޒަވާގެ މޫނު ވަގުތުން ޓޮމާޓޯއެއްހާ ރަތްވެގެން ދިޔައެވެ.ފައިޒީން ހުރީ އަޖާބުވެފަ ޒަވާ ދިމާލަށް ބަލަހަށްޓައިގެންނެވެ.”އައި އޭމް ފައިޒީން. އެންޑް އައިއޭމް ސިކްސްޓީން” ފައިޒީން ޒަވާ ދިމާލަށް ބަލާލާފައި ދިންޕަލް ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ.”ވާވް” ބޭއިޙުތިޔާރުގައި ޒަވާއަށް ބުނެވުނެވެ. ޒަވާ ވަގުތުން އަނގަމަތީ އަތްއެޅިއެވެ. އަދި ފައިޒީޏް ދިމާލަށް ބަލާލިއެވެ. އޭރު ފައިޒީންގެ ތޫނު ނަޒަރު ޒަވާ ދިމާލަށް ހުއްޓިފައި ހުރުމުން ޒަވާ ލަދުގަތެވެ. އަދި އިސްޖަހާލާފި އެތަނުން ނިކުންނަން ދާން އުޅުނެވެ. އެހެންނަސް ފައިޒީން ޒަވާ އަތުގައި ހިފާ ހުއްޓުވިއެވެ.” ތީ ކާކު ކަން ބުނީމަ މި އަތުން ދޫކޮށްލާނި ” ފައިޒީން އެއްލޯމަރާލަމުން ބުނެލިއެވެ. ޒަވާ ބޭނުމީ އެމޫނުގއި ލޯބިން ފިރުމާލާށެވެ.” އައިއޭމް ޒަވާ. އައިމް އޯލްސޯ ސިކްސްޓީން” ޒަވާ ބުނެލިއެވެ. އިރުކޮޅަކުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުން ފައިޒީން ޒަވާ އަތުން ދޫކޮށްލާފައި އެކޮޓަރިން ނިކުތެވެ.ޒަވާ ހުރެވުނީ ފައިޒީން ދިމާ ބަލަހަށްޓައިގެންނެވެ. އައިރާ ފާހަނައި ނިކުތެވެ. ކޮޓަރި ދޮރު ކުރިމަތީ ޒަވާ ހުއްޓިލާގެން ހުރި ގޮތުން އައިރާއަށް ހެވުނެވެ.”ޒަވާ ކީއްވެފަ ތިހިރީ”އައިރާ އެހިއެވެ. ޒަވާ ސިހފައި އައިރާގެ މޫނަށް ބަލާފައި މާ ނުވާކަމަށް ހެދިލަމުން ޖަވާބު ދިނެވެ.” ދައްތަ ނިކުންނަން ދެން މިތާ މަޑުކޮށްލީ” އައިރާވެސް އެއްޗެކޭ ބުނުމެއްނެތި ޒަވާ ދެމީހުން އެކީ ކޮޓަރިން ނިކުތެވެ.
ކާން އިން ފައިޒީން ދޭތެރެ ދޭތެރެއިން ޒަވާ މޫނަށް ނަޒަރު ހުއްޓިލައެވެ. އެއިން ކޮންމެފަހަރަކު ޒަވާ އޭނަ ދިމާލަށް ބަލހާށްޓައިގެން ހުންނާތީ ފައިޒީން އުފާވެއެވެ.ފައިޒީންއަށް މިއައި ބަދަލަކާއި މެދު ފައިޒީން ޙައިރާންވިއެވެ. އެހެންޏާ ފައިޒީންއަކީ އަންހެން ކުއްޖަކު ފެނުނަސް އެހެން އުޅެ މީހެއް ނޫނެވެ. ނަމަވެސް ޒަވާ ފެނުނުތާ މިއުޅެނީ އަދި 5 މިނެޓުވެސް ނުވެއެވެ. މިހާ އަވަހަށް އޭނައަށް އެވީ ކިހިނެތްބާއޭ ފައިޒީން ހިތަށް އެރިއެވެ. ޒަވާ ފެންނަ ހިސާބު ގައި ހުންނަން އެހިތް އެދެއެވެ. ޒަވާގެ ރީތި މޫނު ފެންނަ ކޮންމެފަހަރު އެހިތަށް ހަމަޖެހުން ލިބެއެވެ.ފައިޒީންގެ ފަދައިން ޒވާގެ ހާލަކީވެސް އެއީއެވެ.
އައިރާ އާއި ފައިޒީން ކައި ނިމުމުން ޒަވާ އަތަށް 3000 ރުފިޔާ ދެމުން ޒިހާދު ބުނެލިއެވެ.”ޒަވާ ދޭބަލަ މި ގޭ ކުރިމަތީގަ އެހުރި ފިހާރައަށް އައިރާ ދައްތައާށް ހެދުމަކާއި އެއްޗިތި ގަނެދޭން.ފައިޒީން ބޭނުން ގަމީހަކާއި ޖިންސެއް ނަގާދޭތި. އައިރާ އާއި ފައިޒީން ދޭބަލަ ޒަވާ އެކު މިތާ ކުރިމަތީ އެހުރި ފިހާރައަށް” ޒިހާދު ބުނެލިއެވެ.”ޒިހާދު ކީއްކުރަން އެހާ ބައިވަރު ރުފިޔާތަކެއް.އެއްޗެއް ނުގަތުނަސް ރަނގަޅުވާނޭ” ފަޒީލް ބުނެލިއެވެ.”ނޫޏް ފަޒީލް. މިހާރު ތީ އަހަރެންގެ ވެސް އާއިލާއެއް” ޒިހާދު ބުނެލިއެވެ. އެކަކުވެސް ދެން އެއްޗެކޭ ނުބުނެވެ. ޒިހާދު 3 ކުދިން ގާތު ފިހާރެއަށް ދާށޭ ބުނުމުން ދެކޮޅުހެދުމެއްނެތި އެއްބަސްވިއެވެ. އައިރާ ބުރުގާ އަޅާލައިގެން ޒަވާ އާއި ފައިޒީން އުކު ފިހާރައަށް ދާން ނިކުތެވެ.
ޒަވާ އާއި އައިރާ އަދި ފައިޒީން އެކީ ހިނގާލާފަ ގޮސް ކުރިމަތީ ހުރި ފިހާރެއަށް ވަނެވެ.އެއީ ހެދުން ވިއްކާ ފިހާރެކެވެ.”ޒަވާ ދައްތައަށް ގުޅޭނެހެން ރީތި ހެދުމެއް ނަގާ ދޭންވީ ނުން”އައިރާ ޒަވާ ގާތު ބުނެލިއެވެ.”އޯކޭ.” ޒަވާ އުފަލުން އާއިކޭ ބުނެލިއެވެ.އަދި ފައިޒީން ބޭނުންވާ ކަހަލަ ގަމީހަކާއި ޖިންސެއް ނަގަން ޒަވާ ބުނެލިއެވެ. އައިރާއަށް ގުޅެނެހެން ރީތި 3 ހެދުމާއި ގުޅޭނެހެން 3 ޝޯލާއި 3 ޖިންސެއް ޒަވާ ނަގާފައި އައިރާއަށް ދައްކާލިއެވެ.އައިރާވެސް ބޯޖަހާލީ އެހެދުންތަށް އައިރާއަށް ކަމުދާތީއެވެ.”ފައިޒީން ނުނިމޭތަ އަދިވެސް”އައިރާ އެހިއެވެ.”ނޭންގެ ނަގާނެ އެއްޗެއް. ދޮންތަ އާއި ޒަވާ ދެމީހުން ޗޫޒް ކޮށްދީބަލަ ރީތި އެއްޗެއް”ފައިޒީން އެދުނެވެ.”ދޮންތައަކަށް ނޭންގޭނެ. ޒަވާ ފައިޒީންއަށް ގުޅެނެހެން ރީތި އެއްޗެއް ނަގާދީބަލަ” އައިރާ ބުނެލިއެވެ.ޒަވާ ފައިޒީން މޫނަށް ބަލާލިއެވެ. އޭރު ފައިޒީން ހުރީ ލާނެތް ހިނިތުންވުމަކާއެކު ޒަވާ ދިމާލަށް ބަލަހަށްޓައިގެންނެވެ. ޒަވާ އެއްޗެކޭ ބުނުމެއް ނެތި ފައިޒީންއަށް ގުޅެނެ ގަމީހަކާއި ޖިންސެއް ނަގައިދިނެވެ. ފައިޒީން އަމިއްލައަށް ނުގެގީވެސް ޒަވާ ލައްވާ ޒަވާއަށް ރީތި އެއްޗެއް ނެގުމުގެ ނިޔަތުގައެވެ. ނެގި ހުރިހާ ހެދުންތަކަށް ލާރި ދައްކާފައި ތިންމީހުން އެކީ ގެއަށް ދިޔައެވެ.
ތިންމީހުން ގެއަށް ދިޔައިރު ޒިހާދުން ތިބީ ވާހަކާގައި ޖެހިފައެވެ.ޒަވާ އޭނަގެ ބައްޕައަތަށް ބާކީ ރުފިޔާ ދިނެވެ.އައިރާ ކޮޓަރިއަށް ވަންނަން ހިނގައިގަތް ތަނާ އިޔާޝާ ގޮވާލުމުން ހުއްޓުނެވެ. އަދި ފަހަތް އެނބުރިލާފައި ކިހިނެތްވީހޭ އަހާލިއެވެ.”އާދެބަލަ މިތާ އިށިނނަން”އިޔާޝާ ބުނެލިއެވެ. އައިރާ ދެކޮޅުހެދުމެއްނެތި އިޔާޝާގާތު އިށީންދިއެވެ.”އައިރާ ރަނގަޅުތަ ގަތް ހެދުންތައް؟”ޒިހާދު ސުވާލުކޮށްލިއެވެ. އައިރާ އާއިކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “މާދަން އަށްގަޑި ބަޔަށް ރެޑީވެގެން ހުންނާތި އިނގޭ. އެގަޑިއަށް އަންނާނަން ބަލާ އިނގޭ.” ޒިހާދު ބުނެލިއެވެ.”އެއީ ކީއްކުރަން” އައިރާ ސުވާލު ކުރިއެވެ.”ދެން އެއީ ސަޕްރައިޒް އެކޭ. އެހެންވީމަ ނުއެއް ބުނެވޭނޭނުންދޯ.އެގަޑިއަށް ރެޑިވެގެން ހުންނާތި އިނގޭ.” ހީލާފައި ޒިހާދު ބުނެލިއެވެ. އައިރާ އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.”ދެން ގޮސްލީ އިނގޭ. ކަމެއްބޭނުމިއްޔާ އަހަންނަށް ގުޅާތި. ޒަވާ ހިނގާ ގެއަށް ދާން”ޒިހާދު ބުނެލިއެވެ.”ޒިހާދު އަންނަންވާނެ ވާނެ ތިމަންޖެ ގޮވާގެން” އިޔާޝާ ބުނެލިއެވެ.ޒިހާދު އާއިކޭ ބުނެލިއެވެ.”ޒަވާ އަންނަން ވާނެ އިނގޭ” ހިނިތުންވެލާފައި އައިރާ ބުނެލިއެވެ.ޖަވާބުގައި ޒަވާ ބޯޖަހާލިއެވެ. ޒަވާ ދިއުމުގެ ކުރިން ފަހުފަހަރަށް ފައިޒީން ރީތި މޫނާއި ދިމާަށް ބަލާލިއވެ.ފައިޒީންވެސް ހުރީ ޒަވާ ދިމާލަށް ބަލަހަށްޓައިގެން ކަމުން ޒަވާ އޭނަ ދިމާލަށް ބަލާލި ވަޤުތު ރީތި ހިނިތުންވުމެއް ފައިޒީން ހަދިޔާކޮށްލިއެވެ.އޭގެ ބަދަލުގައި ޒަވާވެސް ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ.އަދި ޒިހާދުގެ ފަހަތުން އެގޭން ނިކުމެ ގެއަށް ދާން ދަތުރު ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.



Yey me first dhw mi part ves varah reethi ingey layaaly mashallah. …waiting for next partp
yeh U R first.THANK U pretty girl.
Heheh Am second right dear??
yeh.
Varah reethi mi part Vs
Story salhi..ekm adhi vec kudhi kudhi mistakes eba huri….Nd dear…ziyadh assu rashakah dhaan ulhefa nudhevunyma airaa men rashakahnu dhiyaee..dhn eyna fahun nudheythr e dhaan ulhun thanakah…hehe.
Handhaan v ma ahaaly ingey..Nd plc next part liyevunuhaa Avahah upkohladhehchey ♥♥♥♥♥♥♥♥?????
yeh i know. hehehe aslu layaaly varah foohivey dhivehi type kuran. dhivehi type kuran ginairu nagaathy aai ehkon ehenve silly mistakes ginaieee. adhi layaaly vaahaka dhakaa gothah baeh faharu liyavifa ves hunaane. readers mistake faahaka koh dhiniima rangalhu kuran. aan dhw adhi zihaadhu dhaan jeheythanah adhi dhaane ingey jiji.
DEAR LAYAALY aslu mihaaru airaa buruga alhaafi ehnu ehen v ma civer pic ga in aira ves vaane burugaa alhan…
Any way story nice
Haadha lahuney update kurany…reethi hisaabah dhiyaima medhu kadaanulahchey plx…
sorry for that.Eid duvas annathy buxy vaaney nun. yeh in shaa Allah vaahaka medhu kandhaalan jehey sababeh medhuveri nuvanyaa vaahaka medhu kandaaeh nulaanan.
Wow vvv reethi thanks a lot what avahah vaahaka upload kohdineema.thanx a lot.ly.when next part.have a nice day . layaaly sis ibaa yah gmail in msg kureema ves nudeyey so…sis 7568829 mi number yah Viber in message kohfa buneba iba ge number deyshey.
THANKS A LOT. iba sis ge gmail in talk kuran v nun. ([email protected].) this is sis ge gmail ID.
vaahaka rangalhah check nukoh uo kurevunii. ehenve varah baivaru mistakes hunnane. sorry for that.
?
thanks
Layaaly sis gmail in message kureema nudeyey Neyge kyv kamah ehv ….
ummm rangalhah jehin tha. ehen noony ibaa ge gmail ID dheebala.
Sis kihineiitha mi site ga vaahaka up kuranyy. Submit kohfa varah ginairu veytha?
yeh vaane baeh faharu 2 days ves nagaane. MON kon story eh tha liyanii.
MON akii monsta. ??Naainsaaf liyany
Story varahh ryythi ??
THANKS
Vaahaka varah reethi mifaharu varah kuru, varah las update vyleh
THANKS ingey ekam mii +1000 words.
EID MUBAARIK TO ALL READERS.
Hey layaa! Vrh salhi mi part vs!?? Dude next part avahah up kohlladhehchey! & EID MUBAARAK! ??❤️❤️???
THANKS Shau.EID MUBAARIK. eid dhuvahu kulajahan dhaanan tha?
Vv Reethi mi part vas ❤️❤️❤️????eid mubaarak ?
THANKS Mal.EID MUBAARIK
When is next part?
Varah reethi mi vaahaka ?♥️
EID MUBARAK✨
THANKS. EID MUBAARIK
Maa shaa allah..mi prt vex vrh reeethi..keep up ur good work..nd waiting 4 the nxt prt…
THANKS A LOT.
Layaaly ge eba huri vaahaka liumuge hunaru..and idea reethi..ekamaku ves liuntheri kan kuda koh rangalhu kollani koh mi ah vure furihama vaane…still i must say Mashah Allah..! Keep it up!!
THANKS A LOT.EID MUBAARIK. sorry buxy v ma replay nukohlevunii
Layaaly.. You already know that there are lots of mistakes in this episode.. so I won’t be highlighting each of them this time.. The way the story is going is still hella nice.. btw as Someone has already mentioned.. Airaa now wears Shawn.. N there is no way Kim So-Hyun wud be wearing shawl.. so are you going to change the character?
yeh i know that. sorry for this. THANKS FOR UR SUPPORT.fahuvana part ga cove pic badhalu kuran mi visnanii.EID MUBAARIK
Layaaly.. Do u happen to have a friend or a family member who cud read ur story before you upload it?
keeve thihen thi ehy
Kuh filuvan vaahakatha kiyaa laane meeheh huritho ahaa lan.. You might not be a pro who publishes books yet but who knows.. someday u might n I hope u wud.. if u do publish books in the future then u wud need someone to do check for mistakes for u..
❤❤EID Mubaarak ❤❤
THANKS. EID MUBAARIK
Pls cahnge cove pic eyrah vv salhi vaane
yeh i know. but THANKS ingey.
Layaa libunthr iba gmail on muri msg
nice… i rlly love ur stories.. gudluk..
THANKS A LOT.EID MUBAARIK
Cant wait aira n zaween dhimaawaane irakah , when next part?
EID nimuniima. Eid ga varah plane ebaoi kohfa ehenve miulhenii buxy koh. THANKS ingey
EID MUBAARIK FOR ALL.
i wish it was 1000 sentence
maashaallah varah reethi may god protect u from evil eye
maashaa allah varah reethi may god protect u from evil eye
when next
Mi part vs varah salhi.. whn next part????
I love this part. When is the next part
Nice this part also.when next part.
kobaatha new update haadha lasveye eba. cant wait to read a new part. i love this story
Haadha lahey story up vaaleh.. waiting nxt prt..plx avahah up kohdheyba..???dhn eyrun buneba kobaa up kura date aky..?????
Sis…kobaatha story…avahah upkurahche plc?..
Eid nimijje next part up kohdheeba plxxxxx
Plz change the cover pic aira is wearing hijab now lysm ????
Waiting, waiting for the next part avahah up koh dheeba plx ?????????
Heyy layaa…eid nimijje ehnu…kobaa storyy..we are waiting
Layaaly.. busy dhuvaskolhakytha? When next episode?
Yah layaaly sis buni gmail in tlk kohfa bxy kamun 3 days ge break eh nagaafa genesdeynamey ehn buny mi month 10 ga so….i think moadhu up kohdeyne kahneyge kudakuda intizaareh kohlaa ingey im ibaa layaaly ge frnd eh dhn mi vaahak bunely ehv u giys know me???comment kuramehnun mi stry ah ves…..
Alhe kobaaa tha miadhu up waa part!!!!
Iba….mihaaru gmail use kuran thr..cuz ehn mi ahaaly mail kuriyas javaab nudheythy..
Mi part vrh salhi ….. N aneh part avahah genas d please.