Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..38

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 13, 2019 8 Mins Read
30 Comments

ރައިހާނާ އިނީ އިސްއުފުލައި ބަލާލަންވެސް ނުކެރިފައެވެ. ހަމްޒާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ސީދާ އޭނާގެ މޫނަށްކަން އެނގޭތީވެ ލަދުން ގޮސް މުޅި ކުއްޖާވަނީ ރަތްެވެފައެވެ. އޭނާ ހުރީ ކޮން ސިފައެއްގައި ކަމެއްވެސް ނޭންގެއެވެ. އޭނާ ބޭނުންވީ ބިންފަޅާފައި އަޑިއަށްދާށެވެ. “ވާއު ޔޫ ލުކް…” ހަމްޒާއަށް ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް ނޭންގުނެވެ.
ހަމްޒާއާ ރައިހާނާ އަރާނެހެން އިސްރާ ފޮޓޮއެެއް ނެގިއެވެ. އެއަށްފަހު އިންސްޓަގްރާމަށް ވަދެފައި އަންޖަލްއަށް އެފޮޓޯ ފޮނުވާލިއެވެ. ހަމްޒާ އަސަރުގަދަ ބެލުމަކުން ރައިހާނާއަށް ބަލަހައްގެން ހުރިއިރު ރައިހާނާ ހުރީ އިސްޖަހައިގެންނެވެ. ލޯބީގެ އެންމެ އަސަރުގަދަ ފޮޓޮއެކެވެ.
އޮފީހަށް ވަދެގެން އައި ނަވްޔާ އަނގަޔަށް ގޮތެއް ހަދާލެވުނީ ރައިހަނާ ކައިވެނި ހެދުން ލައިގެން ހުރުމުންނެވެ. ދުރުގައި ހެވިފައި ބަލަން ހުރި އިސްރާ ފެނުމުން ދެފަރާތަށް ބޯހޫރާލެވުނެވެ. “ނާޔާ އަޅެ މިދެމީހުން ހާދަ ލޯބިއޭ!” އިސްރާއާ ނަވްޔާ އަރާހަމަވުމާއެކު ކުޑަކޮށް ދެފައި ހިއްލާލާފައި މޫނަށް ވައްތަރެއް ޖައްސާލަމުން އިސްރާ ބުންޏެވެ. “ނާޔާ މިތަނަށް ވަންއިރުވެސް އެބޯއިއަށް ނޭންގުނު. ހީ ލަވްސް ހާ އަލޮޓް. އަޅޭ ސޯ ކިއުޓް” އިސްރާ ދެންވެސް ރައިހާނާއާ ހަމްޒާއަށް ތައުރީފުކުރިއެވެ. “ސާބަސް އިނގޭ އިސްރާއަށް. އެކަމު އެއީ ބްރައިޑްއެއް ނޫނޭ” އިސްރާގެ ބޮލުގައި ނަވްޔާ ޖަހާލިއެވެ. ރަކިވީ ވަރުން ދެލޯ ހަނިކޮށްލާފައި އިސްރާ ތުންފަތުގައި ދަތްއަޅާލިއެވެ.
“ހެއި އައި އޭމް ސޯ ސޮރީ. އަޅުގަނޑު ހީކުރީ ތީ މެރީކުރާ ދެކުދިން ކަމަށް” ހަމްޒާއަށް ހަމަބިމަށް އާސެވުނީ އިސްރާ ވާހަކަ ދެއްކި އަޑަށެވެ. ކުރެވުނު ކަންތަކާމެދު ހަމްޒާ ރަކިވިއެވެ. ބުނާނެވަކި އެއްޗެއް ނޭންގުމުން ބޯ ކަހާލިއެވެ. “އިޓްސް އޯކޭ” ލަދުންގޮސް ހަލާކުވާވަރުވެފައި އިނދެ ރައިހާނާ ބުންޏެވެ. އިސްރާގެ އެހީތެރިކަމާއެކު ރައިހާނާ ހެދުން ބޭލިއެވެ. އެގަޑީގައިވެސް ދެތިން ފަހަރު އިސްރާ މާފަށް އެދުނެވެ. “އިޒް ހީ ޔުއަރ ބޯއިފްރެންޑް؟” އިސްރާއަށް ސުވާލު އެއްކޮށް ފުރިހަމަ ނުކުރެވި އުޅެނިކޮށް ރައިހާނާ ނިކަން އަވަހަށް ނޫނެކޭ ބުންޏެވެ. ހަމްޒާއަށްވެސް އެއަޑު އިވުނުއިރު ރައިހާނާއެކޭ އެއްފަދައިން ނިކަން އަވަހަށް ނޫނެކޭ ބުންޏެވެ. ރައިހާނާއަށާ ހަމްޒާއަށް ވީގޮތް ފެނުމާއެކު ނަވްޔާއާ އިސްރާ ގާތަށް ހިނިއައެވެ.
ރައިހާނާ ބޭނުންވާ އެއްޗިހި ލިބުމުން ހަމްޒާއާ ދިމާއަށް ދެލޯ އަޅާލަމުން ބަހެއް ބުނުމެއްވެސް ނެތި ބާރަށް ހިނގާފައި ނުކުންނަން ދިޔައެވެ. ހަމްޒާ މޮޔައެއްހެން އޭނާއާ ދިމާއަށް ބެލުމުން ރައިހާނާ ހުރީ ރުޅިގަދަވެފައެވެ. “ފެންނައިރަށް އިންނާނެ ރޯމިއޯ ހެދިގެން ބަލަން. ހުން. އެކަމަކު ލީމްދެކެޔޯ ލޯބިވަނީ” ހިތާހިތުން ރައިހާނާ ހަމްޒާއާ ދިމާއަށް އެއްޗިހިކިޔެވެ.
އެއްވެސް ކަމަކާ ނުލައި ރައިހާނާ ރުޅިއައިކަން އެނގުމުން ހަމްޒާ ރައިހާނާއާ ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. މޫނަށް ނުުރުހުމުގެ ކުލަގެންނަމުން ނުހަނު ބާރަށް ރައިހާނާ ފަހަތުން ނުކުތެވެ.
ހަމްޒާއާ ރައިހާނާ ނުކުތުމާއެކީހެން އިސްރާއާ ނަވްޔާ އެކީ ހޭންފެށިއެވެ. “ނާޔާ އާރާޝްއާ މާނީމަތިން ހަނދާންނުވޭތަ؟ އެދެމީހުންވެސް އުޅުނު ގޮތަށް އުޅޭ ދެކުދިންދޯ މީ” އިސްރާގެ ވާހަކައަށް އެއްބަސްވުނުގެ ގޮތުން ނަވްޔާ ބޯޖަހާލިއެވެ. ރައިހާނާއާ ހަމްޒާވެސް އެއުޅުނީ މާނީއާ އާރާޝްވެސް އެއްޒަމާނެއްގައި އުޅުނު ގޮތަށެވެ.

ހަމްޒާއަށްވުރެ ކުރިން ރައިހާނާ ގޮސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. އެއަށްފަހު ދަބަހުން ފޯނާ ހެޑްސެޓް ނަގާ ކަންފަތަށް ޖެހިއެވެ. ހަމްޒާވެސް އަޅާނުލައި ކާރަށްއަރައި ދުއްވާލިއެވެ.

ނިކްހާތްއާ އެއްޗިހި ހަވާލުކޮށްފައި މަޑެއްނުވެ ރައިހާނާ ދިޔައީގެއަށެވެ. މިރޭ ހިނގި ކަމެއްގެ ސަބަބުން އޭނާގެ މުޅި މޫނު ވަނީ ޚަރާބުވެފައެވެ. ރައިހާނާ ގޮސް ގެއަށްވަން އިރު ސޯފާގައި އޮށޯވެލައިގެން ރީހާން އޮތެވެ. “ހެއި ދޮންތީ ހަދަ ސަޅީއޭ ދޯ. ހަމަ ހީވަނީ ލައިލާ މަޖްނޫންހެން” ރީހާން ބުނިއެއްޗެއް ފުރަތަމައިންނުން ރައިހާނާއަށް ދޭހައެއްނުވިއެވެ. ރީހާން ފޯނުނަގާ ދައްކާލި ފޮޓޮއިން ރައިހާނާގެ ދެލޯ ބޮޑުވިއެވެ. ފޯނު އަތުލަންވެގެން ރީހާންއާ ދިމާއަށް ދުއްވައިގަތެވެ. ހުށިޔާރުކަމާއެކު ރީހަން ސޯފާއިން ފުންމާލިއެވެ. ރައިހާނާ އަތުނުޖެހި މުޅި ސިޓިންރޫމް ތެރޭގައި ރީހާން ދުވުނެވެ. ރައިހާނާ ހަޅޭއްލަވަމުން ރީހާން ފަހަތުން ދުވުނެވެ. އެންމެފަހުން ވަރުބަލިވެގެން ރީހާން ދުވުން ހުއްޓާލިއެވެ. ރައިހާނާ ރީހާންއާ އަރައި ހަމަކޮށްފައި ރީހާން އަތުން ފޯނުޖަހައިގަތެވެ. ރީހާން ފޯނު ޕާސްވޯޑް ޖަހައިފައި އިނުމުން ހުޅުވޭ ގޮތެއްނުވިއެވެ. “ހަމަ މިހާރު ޖަހާ!” ރުޅި އައިސްފައި ރައިހާނާ އަމުރުކޮށްލި ގޮތުން ރީހާންއަށް ހެވުނެވެ. ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ރީހާން ސޯފާއަށް ވެއްޓިގަތެވެ. “ރީހަން ގަނޑާ ދެން ޖަހަންވީ އިނގޭ” ކުރިއަށްވުރެއްވެސް ރުޅިގަދަވެފައި ރައިހާނާ ހަޅޭއްލަވައިގަތެވެ. ރައިހާނާ ލޯއަޅާލިގޮތުން ރީހާން އަވަހަށް ޕާސްވޯޑް ޖަހައިދިނެވެ. ސޯފާގައި އިށީންނަމުން ރައިހާނާ ފޮޓޮއަށް ބަލާލިއެވެ. ކިތަންމެ ރުޅިއައިސްފައި ހުރިނަމަވެސް އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އެއީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. އެކަހަލަ ބޮޑު ރީތި ކައިވެނި ހެދުމެއްލައިގެން ހަމްޒާގެ އަޏްބަކަށް ވާން އޭނާ ހުވަފެން ދެކެއެވެ. ހަމްޒާ ބަލަހައްޓައިގެން ހުރި ގޮތުން ހީވީ އޭނާގެ ލޯބީގައި ދީވާނާވެފައި ހުރި މީހެއްހެންނެވެ. ރައިހާނާާ ލޮލުން ކަރުނަ އަންނަކަން އެނގުނީ ފޯނުގެ ސްކްރީނަށް ކަރުނަތިކި ވެއްޓުމުންނެވެ. ރީހާންއަށް ފެނުމުގެ ކުރިން އަވަހަށް ދެލޯ ފުހެލަން އުޅުނެވެ. އެހެނަސް ރީހާންއަށް ރީތިކޮށް އޭނާ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުނެވެ. ރީހާންގެ ލޯވެސް ފެންކަޅިވިއެވެ. އަންޖަލްއާ އެކު އޭނާ އުފަލުން އުޅޭއިރު ރައިހާނާ އެއުޅެނީ ވޭނާ ހިތްދަތިކަމުގައެވެ. ހަމްޒާއާ ލީމްއެކީ ފެންނަ ކޮންމެ ފަހަރަކު ރައިހާނާއަށް އަންނަ ބަދަލުތައް ރީހާންއަށްވެސް ފާހަގަވެއެވެ. “ދޮންތަގެ ފަރާތުން ހަމްޒާ ލޯބިވާކަން އެނގުނު ދުވަހު ހިތަށްއެރި ކާމިޔާބުވެއްޖެއޭވެސް. ހަމްޒާގެ ހަނދާންތައް ދުވަސްކޮޅެއްގެ ތެރޭގައި އެނބުރިއައުމުން ހުރިހާކަމެއްވެސް ރަނގަޅުވާނޭ. އެހެން ހިތަށް އަރުވާފަ ކެއްކޮށްގެން ހުރީ. އެކަމު އޭގެ ފަހުން މީހާރު ފަސް އަހަރުމިވީ. އިންތިޒާރުކޮށް ވަރުބަލިވެއްޖެ. އެއްވެސް ކުލައެއްނެތް ހުވަފެންދެކި އަމިއްލަ ހިތަށް އަނިޔާވުން ނޫން ކަމެއްނުވޭ. ތަގްދީރުގައި ދޮންތިއާ ހަމްޒާ ގުޅޭކަށެއް ނެތް.” ރައިހާނާ ރީހާން ކޮނޑުގައި ބޯ އަޅައިގެން އޮވެ ހިތްފުރެއްދެން ރޯލިއެވެ. ރައިހާނާއާ ދިމާކުރެވުމުން ރީހާން ދެރަވިއެވެ.

ހަމްޒާ ގޮސް ކޮޓަރިއަށް ވަންއިރު އެނދުގައި އަރާމުކޮށް އޮށޯވެލައިގެން އަންޖަލްއާ ލިއާ ތިއްބެވެ. ދެކުދިންގެ އަނގައިގައި ލޮލީ ޕޮޕެއް އޮތެވެ. ޓެބްލެޓުން ވީޑިއޯ ބަލާފައި އެ މަޖާވެގެން ބާރަށް ހީގަނެއެވެ. “އަންކޮ އެއޮށް އެގާރަ ޖަހަނީ އަދިވެސް ގެއަށް ނުދަން؟ ލިއާއްކޮވެސް ނުނިދާ ކީއްތިކުރަނީ؟” އަންޖަލް އެހާ ލަސްވަންދެކަށް ގެއަށް ނުގޮސް ހުރުމުން ހަމްޒާ ނުރުހުންވިއެވެ. އެވަގުތު ސުނައިނާ ބޭރުން ލިއާއަށް ގޮވުމާއެކު އަތުގައި އޮތް ޓެބްލެޓް ހިފައިގެން ދުއްވައިގަތެވެ. “މިރޭ މިގޭގަ ނިދަނީ. ބައްޕަ ދެތިން ދުވަހަށް ރަށުން ބޭރަށް ދިއައީމަ ދޮންތަ ބުނީ މިގޭގަ މަޑުކުރާށޯ!” އަޒްހަދްގެ ނަން ގަންނަން ޖެހުމުން އަންޖަލް ޖެހިލުންވިއެވެ. ހަމްޒާ އެހެންހޭ ބުނުމަށްފަހު އިތުރު އެއްޗެކޭ ނުބުނުމުން އަންޖަލް ހަމަޖެހުނެވެ. “ވެލް އަންކޮއަށް ހީވަނީ ރައިއަށް ސަޕްރައިޒް ދިނުމުގެ ކުރިން ދޮންބެ ބަސްޓްވާނެހެން” އަންޖަލް ހަމްޒާއަށް ފޮޓޯ ދައްކާލިއެވެ. ފުޅާ ހިނިތުންވުމަކާއެކީ ހަމްޒާ އެފޮޓޮއަށް ބަލާލިއެވެ. “ކަލޯގަޔާ މަ ހީވަނީ މޮޔައެއްހެން. އެތާ އިން އަންހެން ކުއްޖާއަށް ނޭންގިގެން ރައިހާނާ އެހެދުން ލެއްވީމަ އެމަންޖެ ރުޅިއައީ ދޮންބެދެކެ. ފާޑަކަށް ރުޅި ހަދާފަ ހުރީ” ރައިހާނާ ޖެއްސި ވައްތަރުތައް ހަމްޒާ އަންޖަލްއަށް ކިޔާދިނެވެ.
“ލޮލް އައި ކޭން އިމޭޖިން ރައި. ހަހަހަ” ހަމްޒާ އަންޖަލްގެ ފޯނުން އޭނާގެ ފޯނަށް އެފޮޓޯ ފޮނުވާލިއެވެ. ރައިހާނާގެ ވާހަކަ ދައްކަން ތިބެފައި އަންޖަލް ނިދަންދިޔައިރު ދަންވަރު އެކެެއް ޖަހަނީއެވެ. އަންޖަލް ދިއުމުން އެއްޗިހި ބަދަލުކޮށްގެން ހަމްޒާ އެނދުގައި އޮށޯވެފައި ފޯނުން އެފޮޓޮއަށް ބަލާލިއެވެ. އޭނާ ހުރި ގޮތްފެނި އަމިއްލަ ނަފްސަށް މަލާމަތްކުރެވުނެވެ. “ރައި އަދި ކުޑަ ދުވަސްކޮޅަކު އިންތިޒާރުކޮށްލާ. އޭގެ ފަހަށް ޔޫ ވިލް ބީ މައިން. އޮންލީ މައިން” ހަމްޒާ ތުންފަތުގައި ފޯނު ޖައްސާލިއެވެ.

އަނެއް ދުވަހު ސްކޫލުން ރައިހާނާ ފެނުމުން ހަމްޒާ ރަކިވިއެވެ. ރައިހާނާއަށްވެސް ހުންނާނީ އެފޮޓޯ ފެނިފައިކަން ޔަގީނެވެ. ރައިހާނާއަށްވެސް ވީ ހަމްޒާއަށްވީ ވަރެވެ. ރަކިވެގެން ގޮސް ހަމްޒާއާ ދިމާއަށް ބަލާލަންވެސް ނުކެރުނެވެ.
ކަންދިމާކުރި ގޮތުން އެދުވަހު ރައިހާނާގެ ގަޑި އޮބްޒޯވް ކުރަން ހަމްޒާ ދާންޖެހުނެވެ. ހަމްޒާ އިނުމުން ރައިހާނާއަށް ރަނގަޅަށް ކިޔަވައިދޭންވެސް އުނދަގޫވިއެވެ. ދޫއޮޅި ކުށިއަރައި ބައެއް ތަކެތީގެ ތާރީޚު ނުބައިކޮށް ކިޔައިދެވުނެވެ. ބައެއް ކުދިންނަށް އެކަން ފާހަގަ ކުރެވުނެވެ. ސިއްރު ސިއްރުން އެއް ކުއްޖަކު އަނެއް ކުއްޖެއް ގާތު ރައިހާނާއާ ހަމްޒާ އަޅުވާ ކިޔާލިއެވެ. ގަޑި ނިމުމުގެ ބައިގަޑިއިރު ކުރިން ފޯނެއް އައިސިގެން ހަމްޒާ ކުލާހުން ނުކުތެވެ. ހުރިހާ ކުދިން ކުރިމަތީގައި ރައިހާާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ފުދޭވަރަކަށް ބާރަށް “ތޭންކްގޯޑް” އޭ ބުނެވުނެވެ. “މިސް ސުވާލެއްކޮށްލަންތަ؟” ރައިހާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ޑޫ ޔޫ ހޭވް އަ ކްރަޝް އޮން ހަމްޒާ ސާރ؟” އެކުއްޖާ ކުރި ސުވާލުން ރައިހާނާ ކުށިއަރައިގަތެވެ. ދެލޯ ބޮޑުކުރަމުން ދެފަރާތަށް ބޯހޫރާލިއެވެ. “މިސްގެ ބޯއިފްރެންޑަކީ ޒިވާންސާރ ދޯ” އެހެން ކުއްޖަކު ބުނި އެއްޗަކުން ރައިހާނާ އަނގަޔަށް ގޮތެއް ހަދާލެވުނެވެ. “ވަޓް؟ ކާކު ދެއްކި ވާހަކައެެއް ތީ؟” ރައިހާނާއަށް ވަގުތުން ބުނެވުނެވެ. ހުރިހާ ކުދިން އެއްފަހަރާ ހޭންފެށިއެވެ. ވާނުވާ ނޭންގިފައި ރައިހާނާއަށް އިނދެވުނެވެ. “މިސް. ކްލޯޒް ދި ޑޯރ. އޭރުން ކިޔާދޭނަން” ރައިހާނާ ހަލުވިކޮށް ހިނގާފައި ގޮސް ކުލާހުގެ ބޭރު ބަލައިލީ ހަމްޒާ ހުރިތޯއެވެ. ހަމްޒާ ފެންނަން ނެތުމުން އަވަހަށްދޮރު ލައްޕާލިއެވެ.
“މިސްއާ ޒިވާން ސާރ ބްރޭކްއަޕްވީ އަޅިގަނޑުމެން ސެވަންގަ އުޅެނިކޮށް. އެދުވަސްކޮޅު ހަމްޒާސާރ ވެސް ޖޮއިން ކުރީ. އޭރުގަ ނައިން ޓެންގަ އުޅުނުކުދިން މިސްއާ ހަމްޒާ ސާރއާ ވަރަށް އަޅުވާކިޔާނެ. ކިޔަނީވެސް ރައިޒާ. އެހެން އުޅެނިކޮށް މިސް ވިޝާހްއާ ރަށްޓެހިވީ. އަޅުގަނޑުމެން ވަރަށް ޑިސަޕޮއިންވި. އެންމެން އެކްސްޕެކްޓްކޮށްގެން ތިބީ މިސް އެންޑް ހަމްޒާ ސާރއަށް. ބައެެއް ކުދިން ބެޓްވެސް ކުރި މިސް ވިޝާހްއާ ބްރޭކްއަޕްވާނެ ކަމަށް” އެކުދިން ކިޔާދިން ވާހަކަ އަޑުއަހަން ހުރިއިރު ރައިހާނާގެ އަނގަހުރީ ތަންމިނަށް ހުޅުވިފައެވެ. ސްކޫލްގައި އުޅުނުއިރު އެކަހަލަ ވާހަކައެއް ދުވަހަކުވެސް އޭނާ އަޑެއް ނާހައެެވެ. ރައިހާނާމެން ބާރައިގައި އުޅުނު އަހަރު ހަތެއް އަށެއްގައި އުޅުނު ކުދިން ތެރޭގައި އޭނާ ނުހަނު މަޝްހޫރެވެ. އެކުދިން އެންމެ ބަލައިގަންނަ ދަރިވަރަކީ ރައިހާނާއެވެ. އެކުގައި ކުލާހުގައި އުޅުނު ކުދިން އެއްކިބައިގައި އޮއްވައި އެންމެ ގާތް އެކުވެރިޔާއަށްވެސް ނޭންގޭ ކަމެއް ކުޑަކުދިންނަށް އެނގުމުން ރައިހާނާ އަޖައިބުވިއެވެ. ފަހަކަށް އައިސް އޭނާ ޒިވާންއާ އެކީ އުޅެން ފެށުމުން އެކުދިން އޭނާއާ ޒިވާން އަލުން ގުޅުނީކަމަށް ހީކުރިކަމަށް ބުންޏެވެ. އޭނާއާ ޒިވާންގެ އެއްވެސް ގުޅެމެއް ނެތްކަން ރައިހާނާ އެކުދިންނަށް ހާމަކުރިއެވެ. އެދެމީހުންނަކީ ހަމައެކަނި ރަހްމަތްތެރިން ކަމަށް ބުންޏެވެ.

ރައިހާނާއާ އަންޖަލް ތިބީ ރައިހާނާ ކޮޓަރީގައެވެ. ކުދިން ކިޔާދިން ވާހަކަ ރައިހާނާ އަންޖަލްއަށް ކިޔައިދިނުމުން އަންޖަލް ހުރީ ހީހީ ހަލާކުވާން ކައިރިވެފައެވެ. “އަދިވެސް ހެނީތަ. ފަރަށް ފޫހިވޭ. މައޭރު އެހާ ވަރަކުން ނުވެސް އުޅެން ހަމްޒާއަކާ ހެދިއެއްް” ރައިހާނާ އެނދުގައި އޮތް ބާލީހުން އަންޖަލްގައިގައި ބޮނޑިއެއް އަޅާލިއެވެ. “އަސްލު އެދުވަސްކޮޅުގަ ރައި ޒިވާން ކަންތަކާ އުޅުނީމައޭ އަހަރުންނަށް ގެޓް ނުވީ. ދެން ފާޑަކަށް ވިޝާހްއާ ދެމީހުން ޑްރާމާ ޖެއްސީމަ ނޭންގޭނެއްނު” މިފަހަރު ރައިހާނާވެސް އަންޖަލްގެ ހުނުމުގައި ބައިވެރިވިއެވެ. އަދި އަދަށް ދާންދެންވެސް ވިޝާހް އަންޖަލްއާ ހެދިއުޅުނު ކަމެއް އަންޖަލްއަކަށް ނޭންގެއެވެ. ރައިހާނާއަށް ބޮޑަށް ހެވުނީ އެހެންވެއެވެ. “ވަރަށް ބޮޑު ސީކްރެޓެއް ބުނަންތަ؟” އަންޖަލް ބޯޖަހާލުމާއެކު ވިޝާހް އޭނާއާ ރަށްޓެހިވެގެން އުޅުނު ކަމަށް ޑްރާމާ ޖެއްސި ސަބަބު ކިޔާދިނުމުން އަންޖަލްއަށް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. “ވާޓް؟؟؟” ހަޅޭއްލަވައިގަނެފައި އަންޖަލް އަނގަމަތީގައި އަތް އަޅާލިއެވެ. “ދެން ނުވެސް ކެރޭނެ ވިޝާހް ކުރިމައްޗަށް އަރާކަށް” މޫނަށް ވައްތަރެއް ޖައްސާލަމުން އަންޖަލް ބުނެލިއެވެ. ރައިހަނާ އަންޖަލްއާ ދިމާއަށް ދޫނެރެލިއެވެ.

ވިޝާހްއާ ނިކްހާތްގެ ކައިވެނި ކުރެވެން އޮތް ދުވަހެވެ. އަންޖަލްއާ ރައިހާނާ ހެނދުނުން ފަށައިގެން އުޅެމުން ދިޔައީ ނިކްހާތްމެން ގޭގައެވެ. ދެކުދިންވެގެން ނިކްހާތްއާ ދިމާ ކުރަމުން ދިޔައެވެ. ހައެއް ޖެހުމުން ނިކްހާތް ގޮވައިގެން އަންޖަލްއާ ރައިހާނާ އިޝްމާމެން ގާތަށް މޭކަޕް ކުރަން ދިޔައެވެ. ނަވްޔާ ނިކްހާތްގެ މޭކަޕްކޮށްދިން އިރު އިޝްމާ އަންޖަލްގެ މޭކަޕްކޮށްދިނެވެ. ރައިހާނާގެ މޭކަޕްކޮށްދިނީ އިސްރާއެވެ.

އަށެއްޖެހިއިރު ވިޝާހް ހުރީ ދަރުބާރުގޭގައެވެ. ވިޝާހްއާ އެއްކޮށް ދެފަރާތު އާއިލާ މެންބަރުންނާ އެންމެ ގާތް ރަހްމަތްތެރިން ތިއްބެވެ. ކައިވެނި އޮންނަ ހޯލްވަނީ މަޑުނޫކުލައާ ކްރީމްލައިން ޒިނާތްތެރިކޮށްފައެވެ. އަންހެންވެރިން މަޑުނޫކުލައިގެ ހެދުމާއެކު ކްރީމް ޝޯލް އާޅާފައި ތިބިއިރު ފިރިހެންވެރިން ތިބީ މަޑުނޫކުލައިގެ ކުރުތާވައްތަރުގެ ގަމީސްލާފައި ކްރީމް ކުލައިގެ ސްކިނީ ލާފައެވެ.
ގާޒީން އައުމާއެކު އެންމެވެސް އިންތިޒާރު ކުރަމުން ދިޔައީ ނިކްހާތް އަންނާނެ އިރަކަށެވެ.
ހޯލްތެރެއަށް ވަދެގެން އައި ނިކްހާތް ފެނުމާއެކު ވިޝާހް ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. ހުދުކުލައިގެ ބޮޑު ކައިވެނި ހެދުމުގައި ނިކްހާތް ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނެވެ. ތުންފަތުގައި މަޑު ފިޔާތޮށުކުލައެއް ޖައްސާފައި ހުރިއިރު ލޯކައިރީ އަނދުން އަޅާފައި ހުއްޓެވެ. މަސްކަރައިގެ ސަބަބުން ނިކްހާތްގެ ދިގު އެސްފިޔަތަށް އިތުރަށް ދިގެވެ. ނިކްހާތްގެ ދެއަތުގައި ހިފައިގެން އޭނާގެ މަންމައާ ބައްޕަ ތިއްބެވެ. ފަހަތުން ހެދުމުގެ ފަސްބައިގައި ހިފައިގެން ނިކްހާތްގެ ދެބެއިންގެ ދެދަރި ދެކުދިން ތިއްބެވެ. ނިކްހާތް ދެއަތުގައި ހިފައިގެން އޭނާގެ މަންމައާ ބައްޕަ ނިކްހާތް ގެންގޮސް ގޮނޑީގައި ބޭންދިއެވެ.
“އަނބި ގަބޫލުކޮށްފިން” ނިކްހާތްއަށް ދެލޯ މަރާލެވުނެވެ. އޭރު އޭނާގެ އެސްފިޔަތަށް ފޫއަޅުވާފައި ކަރުނަތައް ކޯތާފަތަށް ފައިބައިގަތެވެ. އޭނާގެ މަޑު އަތްތިލާގައި ވިޝާހް ހިފަހައްޓާލިއެވެ. އަދި ލޮތްބާއެކު ކަރުނަތައް ފުހެދިނެވެ. ނިކްހާތްގެ މަންމައާ ބައްޕަ އޭނާ ގައިގައި ބައްދާލިއެވެ. ވިޝާހްގެ މައިންބަފައިންވެސް ވިޝާހް ގައިގައި ބައްދާލުމަށްފަހު ދެކުދިންނަށް މަރުހަބާކިއެވެ. އަދި ދެއާއިލާންވެސް ދެއާއިލާއަށް މަރުހަބާކިއެވެ.
ނިކްހާތް އަތުގައި ހިފައިގެން ވިޝާހް އެމީހުން ތިބުމަށް ހަމަޖެހިފައިވި ކުޑަ ސްޓޭޖައް އެރިއެވެ. ސްޓޭޖްގެ ފަހަތްވަނީ ހުދުކުލައާ މަޑުނޫކުލައިގެ ފޮތިބޭނުންކޮށްގެން ޒީނަތްތެރިކޮށްފައެވެ. އެއްފަރާތެއްގައި ބަހައްޓާފައި ހުރި ލަކުޑި ފިލާގަޑެއްގައި ވިޝާހް ވެޑްސް ނިކްހާތް ކަނޑާނަގާފައި ހުއްޓެވެ. ވިޝާހްމެންގެ ވައަތް ފަރާތަށް ހުރި މޭޒުގައި ނޫކުލައިގެ ފޮތިގަނޑެއް އަޅާފައި އޭގެ މަތީ ބޮޑު ކޭކެއް ބަހައްޓާފައި ހުއްޓެވެ. ބޮޑުކޭކް ކައިރީ ކުދިކުދި ކަޕްކޭކް ރީތި ގޮތަކަށް އަތުރާފައި ހުއްޓެވެ.
މަޑުނޫކުލައިގެ ކޯޓު ފަޓުލޫންގައި ވިޝާހްފެންނަލެއް ވަރަށް ފުރިހަމައެވެ. ކޯޓުގެ އެތެރެއިން ލާފައި ހުރި ހުދުގަމީސް ލާފައި ހުރިއިރު ކަރުގައި ނޫކުލައިގެ ޓައީއެއް އަޅާފައި އޮތެވެ. ރީތިގޮތަކަށް އިސްތަށިގަނޑު ހަދާފައި ހުރިއިރު ތުނބުޅިވެސް ހުރީ ރީތިވަރަކަށް އެއްވަރުކޮށްފައެވެ.
އެންމެ ފުރަތަމަ ޕާޓީއަށްއައި މެހެމާނުންގެ ތެރޭގައި ހަމްޒާއާ ލީމް ހިމެނުނެވެ. ކަކުލާ ހަމައަށް އަންނަވަރުގެ ވައްތިރިކޮށް ހުރި ރަތްކުލައިގެ ހެދުމަކާ ހުދު ކުލައިގެ ސްކީނީއެއް ލާފައި ހުރިއިރު އަޅާފައި ހުރީ ހެދުމުގައި ހުރި ރަތަށްވުރެ ތަންކޮޅެއް މަޑުރަތްކުލައިގެ ޝޯލެކެވެ. ވިޝާހް އެދިފައިވުމާއެކު ހަމްޒާ ހުރީ މަޑުނޫކުލައިގެ ކުރުތާ ގަމީހަކާ ކްރީމްކުލައިގެ ސްކިނީއެއް ލައިގެންނެވެ. ގަމީހުގެ ކަރުގޮށް އަޅުވާފައި ހުރިއިރު އަތުކުރިވެސް ހުރީ ނޯޅައެވެ. އިސްތަށިގަނޑު އޮތީ އެއްފަަރާތަށް މައްޗަށް ހިއްލާފައެވެ. ހަމްޒާއާ އެކީ ލީމް އެތެރެއަށް ވަނެވެ. ދެޒުވާނުންގެ ތުންފަތްމަތީގައިވެސް ވަނީ މަސްނުއީ ހިނިތުންވުމެކެވެ.
ވިޝާހްއާ ނިކްހާތްއަށް މަރުހަބާ ކިޔާފައި ދާން އުޅުމުން ވިޝާހް އޭނާއާއެކީ ފޮޓޮއެއް ނަގަން އެދުނެވެ. ލީމް ފޮޓޯއަށް އަރަން އެއްބަސް ނުވުމުން ވިޝާހްމެން ދެމަފިރިންނާއެކީ ފޮޓޯ ނެގީ ހަމްޒާ އެކަންޏެވެ. ހަމްޒާ ފޮޓޯ ނަގައި ނިމެންވާއިރަން ކާއެއްޗިހި އަޅަން ލީމް ގޮއްސިއެވެ. ހަމްޒާގެ ނަޒަރު ޕާޓީ ތެރެއަށް ހުއްޓުނެވެ. ހިތްއެދޭ ބައިވެރިޔާ ފެނޭތޯ މީހުންގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ރައިހާނާއާ އަދި ަައަންޖަލްވެސް ފެންނާކަށް ނެތެވެ. ރީހާންގެ ހިލަމެއްވެސް ނުވެއެވެ.
ލީމްއާއެކީ ކާއެއްޗިހި އަޅައިގެން މޭޒެއް ހޯދަންދާން ހިނގައިގަތް ހަމްޒާގެ ފިޔަވަޅުތައް ހުއްޓުނީ ޒިވާންއާއެކީ އެތެރެއަށް ވަދެގެން އައި ރައިހަނާ ފެނިފައެވެ. ރައިހާނާ ހުރީ މަޑުނޫކުލައިގެ އެއްކޮށްދިގު ހެދުމެއް ލައިގެންނެވެ. ތިރިއަށް ދިޔަވަރަކަށް ހެދުން ހުރީ ފުޅާކޮށެވެ. ހެދުމުގެ ފުޅާ އަތްކުރީގައި ރީތި ޑިޒައިނެއްގެ ރޭނދާން ހަރުކޮށްފައި ހުއްޓެވެ. ކްރީމް ކުލައިގެ ޝޯލް އަޅާފައި ހުރީ އަރަބިކުދިން އަޅާ ގޮތެއް ބޮލަށް ޕިން ނުޖަހައި ދެފަރާތުން ގެނެސް ކަރުގައި އޮޅާފައެވެ. ޝޯލްމަތިން ހެޑްބޭންޑް އަޅާފައި ހުރުމުން ރައިހާނާ ހީވަނީ ޕަރީއެެއްހެނެވެ. އެހެންޏާ މޭކްއަޕް ނުކުރާ ކުއްޖާ އެރޭ ހުރީ ލުއިމޭކަޕެއް ކޮށްފައެވެ. ލޯކައިރީގައި ގަދައަށް އަނދުން އަޅާފައި އެސްފިޔާގައި މަސްކަރާ އަޅައިފައި ހުރުމުން އަރަބި ކުއްޖަކާވެސް ވައްތަރެވެ. ރައިހާނާ އަރައިގެން ހުރީ ކްރީމް ކުލައިގެ އުސް ބޫޓުގެ ސަބަބުން އިސްކޮޅުން ކުރިއަށްވުރެއްވެސް ދިގެވެ. ޒިވާން ހުރީ ނޫކުލައިގެ އަތް ކުރު ގިރުވާންލީ ޓީޝާޓަކާ ކަޅު ސްކިނީއެއް ލައިގެންނެވެ. އިސްތަށިގަނޑު އޮތީ ނިއްކުރި މައްޗަށް ވައްޓާލާފައެވެ. ހެމުން ހެމުން އެތެރެއަށްވަން ދެޒުވާނުންނަށް ގިނަބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ.
ޒިވާން ރައިހާނާއާ އެކީ ސަކަރާތް ޖަހަމުން ވަންތަން ފެނި ލީމް ހިތުގައި ހަސަދައިގެ އޮއެއްވަރެއް ހިންގާލިއެވެ. މޫނުގެ ކުލަވަރު އެކީހެން ބަދަލުވިއެވެ. ޒިވާން އޭނާއާ ދިމާއަށް ބަލާފައި އެއް މިޔައަކުން ހިނިތުންވުމާއެކު ލީމްގެ ރުޅިގަނޑު ފަޅައިގެން ދާންވިއެވެ. ރައިހާނާއާ އެކީ ސަކަރާތް ޖަހަމުން ޒިވާން އެތަނަށް އެވަނީވެސް އޭނާއަށް ގޮތެއްވޭތޯ ބަލަންކަން ލީމްއަށް އެނގުނެވެ.

“ކޮންގްރެޖުލޭޝަންސް ލަވް” ރައިހާނާ ނިކަން ބާރަށް ނިކްހާތްގައިގައި ބައްދާލިއެވެ. ނިކްހާތްގެ އެއްފަރާތުގައި މަޑުކޮށްލައިގެން ފޮޓޮއަށް ހުއްޓުނު ރައިހާނާއަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ހަމްޒާ ފެނުމާއެކު ގައިގައި ހުރިއްޔާ ހުރި ލެޔެއް އޭނާގެ ކޮލަށް ޖަމާވިއެވެ. ހަމްޒާގެ ތޫނު ނަޒަރުން އޭނާގެ ހިތަށް އަސަރުކުވައިފިއެވެ. އެހެނަސް އެކަން ނުދައްކާ ރީތި ހިނިތުންވުމަކާއެކީ ރައިހާނާ ފޮޓޮއަށް ހުއްޓުނެވެ.

އަންޖަލްއާ ރީހާންއަށް ޕާޓީއަށް އާދެވުނީ ނުވަގަޑި ބައިވާން އުޅެނިކޮށެވެ. އަންޖަލްވެސް އިނީ ރައިހާނާ ލައިގެން އިންކަހަލަ ހެދުމެއްލައިފައި އެގޮތަށް ޝޯލް އަޅާފައެވެ. ރީހާން ހުރީ މަޑުނޫކުލައިގެ ގަމީހަކާ ކްރީމް ކުލައިގެ ސްކިނީއެއް ލާފައެވެ. “އަދި ނުވޭ އިނގޭ އަންނާކަށް. އެހެންޏާ މިހާރު ޕާޓީމިއޮށްގެން ނުމެނީ ކާއެތިކޮޅުވެސް ހުސްނުވާ ކަމެއްނޭންގެ” އެމީހުން އައިލެއް ލަސްކަމުން ވިޝާހް ޝަކުވާ ކުރިއެވެ. ކާއެއްޗިހި ހުސްވުމުގެ ކުރިން އަވަހަށް ކާންދާން އުޅޭށޭ ކިޔައިފައި އަވަހަށް ކާން ފޮނުވާލިއެވެ.

ލީމް ކައިގެން އަވަހަށް ގެއަށް ދިޔައެވެ. ޕާޓީ ނިމެންދެން ހަމްޒާ މަޑުކުރިއެވެ. އޭނާ ކައިނިމުނުތަނާހެން ސުނައިނާއާ މިރާޝްވެސް ލިއާ ގޮވައިގެން ޕާޓީއަށް އައެވެ. ސުނައިނާއާ މިރާޝް ކަންދެކަށް ހަމްޒާ ލިއާއާ ހަވާލުވިއެވެ. ލިއާ ގޮވައިގެން ހަމްޒާ މުޅި ތަނުގައި ހިނގަމުން ދިޔައެވެ. ފެންނަކޮންމެ މީހަކާ އަދި އެއްޗަކާ ބެހޭ ގޮތުން ލިއާ ސުވާލު ކުރެއެވެ. އެއްވެސް ފޫހިކަމެއް ނެތި ހަމްޒާ ޖަވާބުދެމުން ދިޔައެވެ.

އަންޖަލްއާ އެއްކޮށް ޕާޓީގެ އެއްކަނެއްގައި ފޮޓޯ ނަގަންއިން ރައިހާނާ ފެނުމުން ހަމްޒާ އަތު ހިފައިގެން ލިއާ ދުއްވައިގެތެވެ. ލިއާ ވެއްޓިދާނެތީ އަތުން ދޫކޮށްލާކަށް ހަމްޒާއަކަށް ނުކެރުނެވެ. “ރައި ދައްތި ހީވަނީ ފެއަރީއެއްހެން” ލިއާ އެންމެ ފުރަތަމަވެސް ރައިހާނާއަށް ތައުރީފުކޮށްލިއެވެ. “އޯނނ. ތެންކްޔޫ ލިއާބޭބި. ލިއާބޭބީ މިރޭ ހީވަނީ ޕްރިންސެސްއެހެން” ލިއާގެ ކޮލުގައި ހިފާލަމުން ހެވިފައި އިނދެ ރައިހާނާ ބުންޏެވެ. ލިއާ ލައްވާފައި ހުރީ ހުދުކުލައިގެ ހެދުމެކެވެ. ފަންއިސަތަށިކޮޅު ނާއްސާދޫކޮށްލާފައި ހުރިއިރު ބޮލުގައި ކުޑަ ތާޖެއްވެސް ހުރީ އަޅުވާފައެވެ. ލިއާއަށް ޝިވަން ދައްކަމުން އަންޖަލް އެކުއްޖާ ގޮވައިގެން ޝިވަން ގާތަށް ގެންދިޔައީ ރައިހާނާއާ ހަމްޒާ އެކަނި ކުރަންށެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނެދޭށޭ ރުހެމޭ 38

Next

ވިންދޭ ލޯބި ތީ އެދޭ 61 (ފަހުބައި)

Next
June 13, 2019

ވިންދޭ ލޯބި ތީ އެދޭ 61 (ފަހުބައި)

Previews
June 13, 2019

ބުނެދޭށޭ ރުހެމޭ 38

30 Comments!

  1. Kiyara says:
    June 13, 2019 at 1:07 am

    Salam readers. Here’s 38th part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. And hows the new cover??? Kuryge baige comments thakah reply nukurevunas i read all the comments and wud like to thank all the readers for their support. In Sha Allah mi baige comments thakah reply kureveytho try kuraana. Next part enme las vegen next Monday ga.

  2. Nice says:
    June 13, 2019 at 1:30 am

    Masha allah vrh reethi…avahah aneh part up kohdhehchey…abdhu beleny up veytho…vrh vrh vrh reethi

    1. Kiyara says:
      June 13, 2019 at 9:15 pm

      Thanka dear. In Sha Allah avahah up kohdheveytho makakkai kuraanan

  3. Shua says:
    June 13, 2019 at 1:43 am

    Me first dhw.. kiyalafa fahun comment kohlaanan?

  4. Shua says:
    June 13, 2019 at 1:44 am

    Second? any way vrh reethi mi part vx… carving for next part??

    1. Kiyara says:
      June 13, 2019 at 9:16 pm

      Thanks dear

  5. Dhonthee says:
    June 13, 2019 at 1:55 am

    Kiyaraaa❤️❤️❤️ Nikhaath and vishaah got married…. Awwwn that’s so sweet????cover pic…… Its fantastic????vvvv reethi cover pic dhonthi au ingey❤️❤️❤️❤️????????This part is really very beautiful and vvv loabi????Thigothuge kuriyah dhey ingey❤️❤️And dhonthi will always support you kiyara???Take very great care??And I love you so much❤️❤️❤️❤️❤️❤️??????

    1. Kiyara says:
      June 13, 2019 at 9:17 pm

      Thanks dhonthee. Yesss nkhatha and vishah marry kury. Ly2

  6. Ibsha says:
    June 13, 2019 at 4:23 am

    Varah varah reethi

  7. jiji says:
    June 13, 2019 at 6:06 am

    Nikhaath nd Vishaah got married dhw???❣….Hehe..btw mi bai vec v rythi….v kiyaa hithun dhn mi nimuny…Cover pic vec v lwbi❤❤❤??????????????????….Waiting fr the next..Luw yuh kiyaa???????????????????????

    1. Kiyara says:
      June 13, 2019 at 9:18 pm

      Yess they got married. Thanks jiji. Ly2

  8. Daisy girl says:
    June 13, 2019 at 7:17 am

    Kiyaa…..????miy va story eh????? mind-blowing ???

    1. Kiyara says:
      June 13, 2019 at 9:19 pm

      Thanks dear

  9. SCARLET❤ says:
    June 13, 2019 at 9:20 am

    Ooh.. the stry is awesome.. v reethi.. n so as the cover pic..

    1. Kiyara says:
      June 13, 2019 at 9:20 pm

      Thanks dear

  10. Aiminath says:
    June 13, 2019 at 11:15 am

    mi part vx varah salhi. i loved it so much. cover vx varah loabi, Masha Allah

    1. Kiyara says:
      June 13, 2019 at 9:21 pm

      Thanks dear

  11. Violet says:
    June 13, 2019 at 1:59 pm

    Varah reethi inge vaahaka
    cover pic ves varah reethi

    1. Kiyara says:
      June 13, 2019 at 9:21 pm

      Thanks dear

  12. Mariyanbu? says:
    June 13, 2019 at 7:35 pm

    ?❤️?Thiss
    Cover pic hama salhi
    ?Craving to next part
    ?Raihaana n hamzaa gulhuvaaba dhn

    1. Kiyara says:
      June 13, 2019 at 9:22 pm

      Thanks dear. In Sha Allah varah avaha thikan vaane

  13. Mal? says:
    June 13, 2019 at 9:23 pm

    Omg mi part Varah reethi ???❤️❤️ Dhan pls hamza&raihana guvadhiba???waiting to see what happens next

  14. Ishu says:
    June 13, 2019 at 9:24 pm

    Vvv reethi mi part ves.. kiyaa then avahah hmaxa aai rai guhuvaa

  15. jiji says:
    June 15, 2019 at 1:39 pm

    Shua sis 1 min dhw mi part kiyaafa einy..hihi????

  16. ??? says:
    June 15, 2019 at 4:33 pm

    Vvvv rythi ??? dhenn alhe hamza rai thalhu vaniii hama???

  17. Yoosh says:
    June 15, 2019 at 7:30 pm

    Koba next part v kiyahithun meenee mihaaru kehmaduvefaa ????

    1. Zar@ says:
      June 16, 2019 at 9:37 pm

      Me too… ??? but mi part is very Very nice.. Waiting for the next part ??

  18. Zanjabeel says:
    June 17, 2019 at 6:35 am

    Today is Monday kiyaaraa
    Make sure you know that

  19. Naaisher says:
    June 17, 2019 at 12:56 pm

    Haadha lahey up kuraaleh… Today mi Monday… waiting to see the nxt prt…

  20. Ma buni says:
    June 17, 2019 at 5:35 pm

    Kiyaa hithun kehnukurevey ??‍♀️… . Avas kurebalaa next part neredhy avahah… ❣?

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….39←


All Right Reserved!