Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 39

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 14, 2019 7 Mins Read
32 Comments

“ހައިޒަލް…” ނައިނާގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު ހައިޒަލްގެ ނަން އެދުލުން ބޭރުވިއެވެ. އެއާއިއެކު ހައިޒަލް ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއްއައިރު އެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވާލަމުން ފިނިވަމުން އައި އަތްތިލަ ޖީބަށް ޖަހާލިއިރު ހައިޒަލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ނައިނާއާއި ދިމާލަށް ބަލާނުލިއެވެ.

“ސްޓޮޕް…” ހައިޒަލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ބާރު ފިޔަވަޅުތަކެއްގައި އައި ނައިނާގެ ފިޔަވަޅުތައް އޭނާއާއި ކައިރިވުމާއިއެކު ހައިޒަލް އަމުރުވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކީ ކުރިން މޫނުމަތިން ފެނުނު ކުލަވަރު ފޮރުވާލުމުން ނައިނާއާއި ކުރިމަތިލީއިރު އެދެލޮލުން ނައިނާއަށް ފެނުނީ ރުޅިވެރިކަމާއި ނަފްރަތުގެ އިންތިހާއެވެ. އެތައް ފޫޓެއްގެ ދުރުމިނުގައި ދެމީހުން ތިބިއިރު އެދެމެދުގައިވީ ދުރުކަމުގައިވެސް ލޮލުން ފެނުނު އަސަރުތަށް ސިއްރެއްނުވިއެވެ.

“މާޒީ ހަނދާންކުރުމަކީ ނައިނާ ކުރަންޖެހޭކަމެއްނޫން.. އަހަރެން ނުބުނަންތަ އަހަރެން މަތިން ހަނދާންނައްތާލާށެކޭ… އަހަރެންނާއިއެކީ އުޅުނު ދުވަސްތައް ތި ހިތުން ފުހެލާ… ތިހެން އުޅެގެން އަަހަރެންގެ ހަމްދަރުދީ ލިބޭނެހެން ހީވަނީތަ؟” ހައިޒަލްގެ ހަރުކަށި ޖުމްލަތަކާއިއެކު ނައިނާގެ ބޮޑު ދެލޮލުން ނީރާލީ ކަރުނަތައް ކޯތާފަތުގައި ރޮނގަކަށްދެމެންފެށިއެވެ. ޝަކުވާގެ ނަޒަރަކުން ހައިޒަލްއަށް ބަލަހައްޓައިގެން ހުރިގޮތުން ހައިޒަލްގެ ހިތަށްވެސް ތަދުވިއެވެ.

“ހައިޒަލް… ޔޫ މޭޑް މީ ދިސް ވޭ… ކީއްވެ ވަގުތީ ލޯތްބެއްދީ ހިތްހަލާކުކޮށްލީ… ހައިޒަލް ކަންތައްކުރިގޮތަށްފަހު ކިހިނެތް އުފަލެއް ލިބޭނީ… ދެން ދުވަހަކު ހިނިތުންވެލާނެހާ ހިތްވަރު ލިބިދާނެތަ؟” ނައިނާ ކިތަންމެ ކެތްތެރިވިޔަސް ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ.

“ތިހަނދާންތަކުން އެކަނިވެސް ކޮންމެ ދުވަހަކު އެތަށް ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރެވުނު ވަރެއް ނޭނގެ… ކީއްވެ އަހަންނާއި ނައިނާ ބައްދަލުވީ؟ ކީއްވެ އަހަރެންގެ ދިރިއުޅުމަށް ނައިނާ އައީ؟ ޔޫ މޭކް މީ ރީސެންޓް އެންޑް ބްލޭމް މައި ސެލްޕް… ޔޫ މޭކްސް މީ ރިގްރެޓް… ބިރުވެރި ހުވަފެނެއް ފަދައިން އަހަރެން ބޭނުމީ ހަނދާންނައްތާލަން…” ކޮންމެ ޖުމްލައަކާއިއެކު ހައިޒަލްގެ އަޑު ބާރުވަމުން އައިރު އެއަޑުގައިވީ ތަފާތު އަސަރެކެވެ. އެ ޖުމްލަތަކުން އެކަނިވެސް ހައިޒަލް އަމިއްލަ ނަފްސު ކުށްވެރިކުރާވަރުވީ ހާމަވިއަށެވެ. ނައިނާދެކެ ވެވުނު ލޯތްބަކީ އޭނައަށް ދުނިޔޭއިން ކުރެވުނު އެންމެ ބޮޑު ކުށްކަމަށް އަމިއްލަ ނަފްސު ބުނަމުންދާއިރު އޭނަގެ ހިތަށް ދެން ހަމަޖެހުމެއް ލިބޭނެހެއްޔެވެ؟ ނައިނާގެ ލޯބި އަމިއްލަ ދެއަތުން ކަފުންކުރުމަށްފަހު ދުރަށްދާން މަޖުބޫރުވެފައިވާއިރު އޭނަގެ ހިތުގެ ރިހުންތައް ހިއްސާކުރާނީ ކާކާއި ހެއްޔެވެ؟ އަމިއްލަ އިހުސާސްތަކަށް ފަސްއަޅާފޮރުވާލަމުން ދުނިޔެއަށް އޭނަގެ ތަފާތު ސިފައެއް ދައްކަން އޭނައަށް މަޖުބޫރުވެއްޖެއެވެ.

“އަހަރެން މަތިން އުމުރަށް ހަނދާންނައްތާލާ… އަހަރެންނާއި ނުލާ އުފަލުގައި އުޅޭ…  އަހަންނާއި މުޅި އުމުރަށް ދުރަށްދޭ… މުޅި އުމުރަށް ހަނދާން ނައްތާލާ… ތިހިތުން އަހަރެން ހޯދި ޖާގަ އެހެން މީހަކަށްދީ… މީޓް ސަމްވަން ހޫއިޒް ވޭ މޯރ ބެޓަރ ދޭން މީ…” ހައިޒަލްގެ މުށަށް ބާރުވެގެން އައިރު އެއްވެސް އިހުސާސެއް ދައްކާނުލާ އެބަސްތައް ބުނެލިނަމަވެސް ހަށިގަނޑާއި ފުރާނަވަކިވީހެން ހީވެއެވެ. ނައިނާ އެހެންމީހެއްގެ ބައިވެރިއެއްގެ ގޮތުގައި ފެނުމަކީ އޭނަ ދުވަހު ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ. ނަމަވެސް އޭނަގެ ހިތުގެ ހާލަތު ސިއްރުކުރަމުން ނެތް ސިފައެއް ދައްކަން މަޖުބޫރުވީއެވެ.

“ހައު ކުޑް ޔޫ ސޭ ދެޓް… ހައިއަށް އަހަންނަކީ… އަހަރެންގެ ލޯތްބަކީ އެއްވެސް އެއްޗަކަށްނުވިޔަސް ޔޫ މީން އެ ލޮޓް ޓު މީ…. ދުުވަަހަކު މިހިތުގައި ހައި ނޫން މީހަކަށްޓަކައި ވިންދެއްނުޖަހާނެ… މަރުވަންދެންވެސް ލޯބިވާނަން… ދުވަހަކު ލޯބި ބަދަލެއްނުވާނެ…” ހައިޒަލްގެ ރަހުމެއްނެތް ޖުމްލަތައް އިވިފައި ނައިނާއަށް ވީގޮތެއްވެސް ނޭނގެއެވެ. ބާރުބާރަށް ހިނގާލައިފައި އައިސް ހައިޒަލްގެ ޓީޝާޓުގައި ހިފައިގަތެވެ. އޭރު ބޮޑު ލޮލުގައި ކަރުނަތަކިތައް ވިދަމުންދިޔައިރު ނައިނާ ހިތާމައިގެ ތަސްވީރެއްފަދައެވެ.

“އިޓް ޑިޑިންޓް ޓުކް ލޯންގް ފޯރ ޔޫ ޓު ފޯލް އިން ލަވް ވިތް މީ… ފޯރގެޓް މީ އިން ދަ ސޭމްވޭ…” ހައިޒަލް ނައިނާގެ އަތް ޓީޝާޓްއިން ވީއްލުވާލަމުން ބުނެލި ޖުމްލަތައް ރުވާފައި ދޫކޮށްލި ތީރެއްފަދައިން ނައިނާގެ ހިތަށް ހެރުނުއިރު ހިތަށް ކުރިއަސަރު ބުނެދޭކަށް ފަސޭހައެއްނޫނެވެ. އެ ޖުމްލަތަކުންވެސް ހައިޒަލް ބަދަލުވެފައިވާވަރު ހާމަވިއިރު ނައިނާގެ ހިތް މާޔޫސްކަމުން ފުރާލިއެވެ. ހައިޒަލްގެ ހިތުން އޭނަގެ ލޯބި މުޅިން ފުހެވިގެން ހިނގައްޖެއެވެ.

“ޔޫ އަރ ރިއަލީ ކުރުއެލް…” ނައިނާ ކަރުނަވީ ނަޒަރުން ހައިޒަލްގެ މޫނަށް ބަލާލިއިރު އެލޮލުގެ ތެރެއިން ތަފާތު އަސަރެއްފެނިލިއެވެ. ހައިޒަލްގެ އަނިޔާވެރިފަރާތް ފެނި ގަބޫލުނުކުރެވިފައިހުރިހެން ހީވިއެވެ.

“އަހަރެމެން އެކީގައި ހޭދަކުރެވުނު ކޮންމެ ވަގުތެއް އަހަރެންގެ ހިތުގައި ރައްކާކުރާނަން… ހައިޒަލްގެ ރުޅިވެރިކަން ދައްކައިގެން އަހަރެންގެ ހިތް ބަދަލުކުރަން އުޅުނަސް ދުވަހަކު ލޯބި ބަދަލެއްނުވާނެ… ހައި ދޭ އަނިޔާތަކާއިއެކުވެސް އިތުރަށް ލޯބިވެވޭ… އަހަރެން އިންތިޒާރުކުރާނަން… މުޅި އުމުރަށް ލޯބިވާނަން…” މަޑު ފިޔަވަޅުތަކެއްގައި ހައިޒަލް ނައިނާއާއި ދުރަށް ހިނގައިގަތްއިރު ނައިނާގެ ޖުމްލަތަކުން ހިނދުކޮޅަކަށް ހުއްޓުންއަރާގޮތްވީނަމަވެސް ހައިޒަލް އެކަން ދެއްކުމެއްނެތި ކުރިއަށް ފިޔަވަޅުތައް އަޅަންފެށިއެވެ. ނައިނާއާއި އޭނައަކީ ދުވަހަކު އެކުނުވެވޭނެ ދެފަރާތައް ވާއިރު ކުލަޖެހުމެއްނެތް އުއްމީދުތަކެއް ދައްކާ ނައިނާ އިންތިޒާރެއްގައި ބަހައްޓާކަށް އޭނަ ބޭނުމެއްނުވެއެވެ. ނައިނާއާއި އޭނަގެ އުފާވެރި މާޒީ މާޒީއަށް ދޫކޮށްލައިފައި އޭނަ ބޭނުމީ ނައިނާ ކުރިއަށްދާށެވެ.

ކަރުނަގިނަވަމުންދިޔަ ލޮލާއިއެކު މަޑު މަޑުން ފިޔަވަޅުތައް ނަގަމުންދިޔައިރު ހައިޒަލްގެ ހަށިގަނޑުން ވަރުދޫވާހެން ހީވެެއެވެ. ނައިނާގެ ރުއިމުގެ އަޑު ހިނދުރީގެ ތެރޭގައި ގުގުމަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް އޭނަގެ ހިތްވަރުދޫވެދާނެހެން ހީވިއެވެ. އެވަރުންވެސް ހައިޒަލް ކެތްކުރަމުން ކުރިއަށް ފިޔަވަޅުތައް އަޅަމުންގޮސް ނިވާވިއެވެ. ނައިނާއަށް އޭނައަކީ އަނިޔާވެރި ލޯބިވެރިއެއްކަން ސާބިތުކޮށްދިނުމަށްފަހުއެވެ. އަމިއްލަ ހިތް އަމިއްލަ އަތުން ހަލާކުކޮށްލުމަށްފަހުއެވެ.

*** *** *** *** *** ***

ރަންކިޔުމަށް ހަމަޖެހިފައިވާ ގަނޑިޖެހެން ވަގުތު ކުޑަތަންވަމުންދިޔައިރު ހައިޒަލް ކޮޓަރީގައި ހުރިއިރު ލޮލަށް ކަރުނަތައް ބޮނޑިވާގޮތްވިއެވެ. ރަމްޒީގޮތުން އޭނަ އެހެން މީހެއްގެ ހައްގަކަށްވާ ވަގުތު ކުޑަތަންވަމުން އަންނަކަން އިޙުސާސްވެފައި ނޭނގޭފަދަ ހިތްދަތި އިހުސާސްތަކަކުން ހިތް ގައިދުކޮށްލިއެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ނަސީބާއިމެދު ހިތުގައި ޝަކުވާ އުފެދުނުއިރު ހިތާހިތުން ޝަކުވާކުރެވުނެވެ.

“ދަރިފުޅާ… ވަގުތު ގާތްވަނީއެއްނު…” އަލްހާންގެ އަޑާއިއެކު ލޮލަށް ގިނަވަމުން އައި ކަރުނަތައް ހިންދާލަމުން ހައިޒަލް ފަސްއެނބުރިބަލާލިއެވެ. އަލްހާން ނުހަނު ބޮޑަށް ހިނިތުންވެލައިގެން ހުންނެވިއިރު މޫނުމަތިން އަލިކަމުން ކާއިނާތުގައިވާ ހަނދާއި ތަފާތެއް ނެތެވެ. ހައިޒަލްއަށް ބަލާލައްވާ ފިނި ނަޒަރު މިރޭ ތަފާތުވެފައިވާއިރު މިވޭތުވެދިޔަ ދުވަސްތަކުގައި ބައްޕަގެ ލޮލުން އޭނައަށްޓަކައި ނުފެނުނު ހުރިހާ ލޯތްބެއް މިރޭ އެލޮލުގެ ތެރެއަށް ޖަމާވެފައިވާހެން ހީވެއެވެ. އެކަމުން ހައިޒަލްއަށް ލިބުނު އުފަލަށްވުރެ ބޮޑަށް ހިތަށް ވޭނެއް ލިބުނެވެ. ނައިނާއަށްޓަކައި ހިތުގައި އަތްއަޅާލައިގެން ހުރެ އޭނަގެ އުފާތައް ގުރުބާންކުރާއިރު އެ ހިތުގައި އަޅާ ވޭން ބައްޕައަށް އިނގިނުލައްވަނީ ބާވައޭ ހިތަށް އެރިއެވެ. ނޫނީ އިނގިހުރެވެސް ނޭންގޭކަމަށް ބައްޕަ ހައްދަވަނީހެއްޔެވެ؟

“ބައްޕަ އަޅުގަނޑަށް ޔަގީންކަންދެއްވާ އަޅުގަނޑު މިކައިވެނި ކުރުމަށްފަހު ނައިނާ ހުންނާން ރައްކާތެރިކަމާއިއެކުކަމަށް… ބައްޕަގެ އެއްވެސް ނުފޫޒެއް ނައިނާގެ މައްޗަށް އަދި އަޅުގަނޑުގެ މައްޗަށް ނުފޯރާނޭކަމަށް…” ހައިޒަލްގެ ޖުމްލައާއިއެކު އަލްހާންގެ މޫނުމަތިވި ހިނިތުންވުން ފިލައިގެން ދިޔައިރު ދެވަނަ ސިކުންތުގައި އެ މޫނުން ފާޅުވި ކުލަވަރު ނުހަނު މޮޅަށް ފޮރުވާލައްވައިފިއެވެ.

“ބައްޕަގެ ފަރާތުން ނައިނާއަށް އަނިޔާއެއް ލިބޭ ދުވަހެއްވާނީ އަޅުގަނޑު ޝަލީން ވަރިކުރާދުވަހަށް…” އެ ޖުމްލަތަކުން އަލްހާން ކުޑަކޮށް ފިނިވެލައްވާގޮތްވީއިރު ހައިޒަލްގެ ލޮލުގައިވީ ކުލަވަރު ދެކިލައްވާފައި  ހައިޒަލްއަށް ޖަވާބުދެއްވުމަށް އަވަސްވެގަނެވުނެވެ.

“އެންމެ ރަނގަޅު… އެކަމަކު ޝަލީންއާއި ކައިވެނިކޮށްގެން ހުރެ ހައިޒަލްއާއި އެއަންހެންކުއްޖާއާއި އެއްވެސް ގުޅުމެއް ނުބޭއްވޭނެކަން ހަނދާންކުރާތި…” އަލްހާން އަޑަށް ހަރުކަށިކަން ގެންނަވަމުން ހައިޒަލްއަށް ހަނދާންކޮށްދެއްވިއެވެ.

“ބައްޕަ ހާސްވެނުލައްވާ… އެހެންމީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ އަޅުގަނޑު ނައިނާ ގާތަކަށް ނުދާނަން… އަޅުގަނޑު ނައިނާ ބޭނުމީ ދެވަނަ ބައިވެރިއެއްގެ ގޮތުގައެއް ނޫން…” ހައިޒަލް ލޮލުގައި މުތީތަކެއް ފަދައިން ދަޅައަޅަންފެށިކަރުނަތައް އެލޮލުގެ އަސަރުތައް ދެގުނަކުރުވިއިރު އެ މޫނުމަތިިން ރިހުމެއް ފެނުނެވެ. މުޅި މޫނުގައި ހިތާމައިގެ ސާލެއްވަށާލެވިފައިވާއިރު ހައިޒަލް ހިތާމަކުރާވަރު ކުލަ ފަނޑުވެފައިވާ މޫނުންވެސްވީ ހާމައަށެވެ. އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާ ޒުވާނެއްގެ މޫނުމަތިން ފެންފަދަ ޖޯޝާއި އުފާވެރިކަމެއް އެ މޫނަކުން ނުފެނެއެވެ. ރޫހުމަރުވެފައިވާފަދަގޮތަކަށް ކޮންމެކަމެއް މަޖުބޫރުން ކުރަމުންދަނީހެން ހީވެއެވެ.

*** *** *** *** *** ***

ކަޅުކުލައިން ފަތުރާލާފައި އޮތް އަނދިރިދޫލައެއްފަދަ އުޑުމަތީ ތަރުތީބެއްނެތި އެތުރިފައިވާ ތަރިތައް ފިޔަޖަހަމުން އަލިކަމެެއްނެތް ރޭގަނޑުގެ އަނދިރިކަމަށް އިތުރު ސިފައެއް ގެނެސްދެމުންދިޔައެވެ. ރިހިކޮޅުތަކެއް ފަދައިން ބަބުޅަމުންދާ ތަރިތަކުގެ މެދުގައި ފަޅި ހަނދު ރަނިކަންކުރަމުންދިޔައީ ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެއެވެ. އެރީތި ރޭގެ ބައިވެރިއަކަށްވުމުން އުފާކުރާ ހާލުގައެވެ.

ރޭގަނޑުގެ ހިތްގައިމުކަމަށް ހިތްދޫކޮށްލައިގެން ޝަލީން ހުރިއިރު އެތައް ހިޔާލުތަކަކުން ސިކުނޑި ހަލަބޮލިކުރަމުންދިޔައެވެ. ހުދުކުލައިގެ ކަކުލާއި ހަމަޔަށް ހުރި ހެދުމެއްގައި ޝަލީން ހުރިއިރު ފަލަކުން ނެއްޓިގެން އައިސްފައިވާ ތަރިއެއްފަދައެވެ. ހެދުމުގެ ބެބުޅުންގަދަކަމާއިއެކު އެ ރީތިކަން ވިދަމުންދިޔައެވެ. ހުރިހާ ރީތިކަމެއް އެކުވެގެން ޝަލީންގެ ރީތިކަމަށް އިތުރު ދިރުމެއްގެނެސްދޭން މަސައްކަތްކުރަމުން ދާއިރުވެސް ޝަލީން ފެންނަނީ ދިރުމެއްނެތް ތަސްވީރެއްފަދައެވެ. މޭކަޕުން ފުރިހަމަކަން ގެނެސްދީފައިވާ މޫނުމަތިން ފެންނަމުންދާ އުދާސްކަމާއިއެކު އެލޮލަށް ބޮޑިވަމުން އައި ކަރުނަތަކުން އެސްފިޔަތަކުގެ މަތީ ވިދަމުންދިޔައީ ޝަލީންގެ ހިތާމަތަކުގެ ބައިވެރިއަކަށްވަމުން އެ ހިތާމަތައް ދުނިޔެއަށް ފާޅުކުރަމުންނެވެ. ފިޔާތޮށި ތުންފަތްމަތީ ކުޅެލައިފައިވާ ހިނިތުންވުންވެސް ޝަލީންގެ ހިތުގެ ހާލަތު ވަންހަނާކުރުމަށް މިރޭ ނާކާމިޔާބުވެފައިވެއެވެ. މިރެއަކީ އަންހެންކުއްޖެއްގެ ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި ރޭކަމަށްވާއިރު ޝަލީންގެ ހިތަށް އެއްވެސް އުފާވެރިކަމެއް އިހުސާސްއެއްނުކުރެވެއެވެ. ހިތާމައާއި ވޭނީ އުދާސްތަކުން ނަފްސު ބަދެވެމުންދާއިރު އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދަނީހެންހީވިއެވެ.

*** *** *** *** *** ***

އަށެއްޖެހިއިރު އަލްހާންގެ އާއިލާ މިޑޯވިއުއަށް ދުރުވިއިރު އިޝާރު އެންމެ ފުރިހަމަ މެހެމާންދާރީ އަދާކުރައްވަމުން އަލްހާންގެ އާއިލާއަށް މަރުހަބާކިޔުއްވިއެވެ. ދެ ބޭފުޅުން ސަލާމަތްކުރައްވަމުން ގައިގައި ހިފައިގަތްނެވީ ދުވަސްވީ ހުވަފެން ހާސިލްވުމުން އެކަމަށް ހިތުގެ އަޑިން އުފާފާޅުކުރާ ހާލުގައެވެ. އެއާއިއެކު އެެދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ޖެހިލުމުން އެކަމާއި އުފާކުރައްވަމުންނެވެ. ދެއާއިލާ ދެމެދުގައި ބަދަލުކުރެވުނު މަރުހަބާކިޔުމުގެ ބަސްކޮޅާއިއެކު ލިވިންރޫމްގެ ސޯފާތަކުގައި އެންމެން ހަމަޖެހިލިއެވެ. އެވަގުތު އިޔާނާގެ ފަހަތުގައި ހުރެގެން ޝަލީން ސިޑިން ފައިބައިގެން އައިރު އެންމެންގެ ތައުރީފްގެ ބަސްތަކުން މާހައުލު ގުގުމާލިއެވެ. ޝަލީންގެ ރީތިކަމަށް އެންމެންގެ ނަޒަރު ހުސްވާގޮތްވީއިރު އެރީތިކަމާއި ފުރިހަމަކަމުން ހިތަށް އަސަރުނުކުރީ އެރީތިކަން މިލްކުވުމުގެ ނަސީބު ލިބިފައިވާ ހައިޒަލްއަށެވެ.

ހައިޒަލް އިސްއޮބާލައިގެން ދަޅައަޅަމުންދިޔަ މާބްލްތަކަށް ނަޒަރުހުއްޓައިލައިގެން އިންއިރު އެތަނުގައި ހިނގަމުންދާކަންކަމުގެ ހިލަމެއްވެސް ނެތްފަދައެވެ. މަޖުބޫރުވެފައިވާ ގޮތަކަށް ހުރިހާކަމެއްގައި ބައިވެރިވަމުންދިޔައިރު މިވަގުތުވެސް އެ ސިކުނޑީގެ މައްޗަށް ބާރުފޯރުވަމުންދަނީ ނައިނާގެ ހަނދާންތަކެކެވެ.

ފިޔަވަޅުތަކަށް ފަރުވާތެރިވެ ހިނގައިފައި އައި ޝަލީން ހައިޒަލްއާއި ދާދިގާތުގައި އައިސް އިށީނުމާއިއެކު ހައިޒަލް ސިހިފައި ކަހަލަގޮތަކަށް އިސްއުފުލާ ބަލާލިއެވެ. ހިނދުކޮޅަކަށް ދެޒުވާނުންގެ ނަޒަރު ބައްދަލުވާގޮތްވިއިރު ހައިޒަލް އަވަސް ހަރަކާތަކާއިއެކު މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އެއާއިއެކު އަތަށް ބާރުކޮށްލަމުން ފުންނޭވާއެއް ދޫކޮށްލީ ނަފްސު ބަނދެވެމުންދިޔަ ނުތަނަވަސްކަމުގެ ސިލްސިލާއިން ސަލާމަތް ބޭނުންވެފައިވާފަދަ ގޮތަކަށެވެ.

ކައިވެނިކުރެވޭ ދެފަރާތުގެ އާއިލާގެ އިސްފަރާތްތަކުގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށްފަހު ކައިވެނީގެ ފޯރމް ފުރުމުގެ މަސައްކަތައުގެން ކުރިއަށް ޖެހިލިއެވެ. ހެކިވެރިންނާއި ލިޔުމަށް ހާއްސަ ކުރެވިފައިވާ ފަރާތާއިއެކު ހައިޒަލްއާއި ޝަލީން އެކަމަށް ހާއްސަކޮށްގެން ބަހައްޓާފައި މޭޒީ ކައިރިވެލިއިރު އަލްހާންއާއި އިޝާރުވެސް ގޮނޑިތަކުގައި އިށީންނަވައިފިއެވެ. އޭރު އެތަނުގައި ހިނގަމުންދާ ކަންކަމުގެ ފޮޓޯނަގަން އެކަމަށް ހާއްސަ މީހުން ހަރަކާތްތެރިވަމުންދިޔައެވެ. ދެމަފިރިންނަށް ވާން އުޅޭ ދެޒުވާނުން ގާތްގާތުގައި އިށީދެލައިގެން ތިބިއިރު ފޮޓޯގްރާފަރުންގެ ކެމެރާގެ ލެންސް އެދިމާލަށް އަމާޒުވަމުންދިޔަގޮތުން ދެޒުވާނުންނަށްވެސް އުނދަގޫކަމެއް އިހުސާސްކުރެވުނެވެ. ޝަލީން ކެމެރާއަށް ނުބަލަން އިސްޖަހާލައިގެން އިންއިރު ހައިޒަލްވެސް އިނީ އެކަމާއި ގަޔާނުވާގޮތްވެފައެވެ. ނަމަވެސް ބައްޕަ މިކަންތައް ބޮޑު ހަފްލާއަކަށް ހަދާނުލީތީ ހިތާހިތުން ކިތަންމެ ވަރަކަށްވެސް ޝުކުރުކުރެވުނެވެ. އޭނައާއި ޝަލީން ދެލޯބިވެރިންގެ ގޮތުގައި މުޅި ކޮމްޕެނީގައި މަޝްހޫރުވާކަށް ހައިޒަލް ނޭނދެއެވެ.

ދެހެކިވެރިންގެ ހާޒިރުގައި ޝަލީން ކައިވެނީގެ ރަންކިޔުމާއިއެކު އަތްތިލަބަޑީގެ އަތްމުޅި މާހައުލުގައި ގުގުމާލިއެވެ. ޝަލީންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އިޔާނާގެ މޫނަށް ބަލާލިއެވެ. ރިހާނާގެ ގާތުގައި އިޔާނާ ގަދަކަމުންކަހަލަގޮތަކަށް ހިނިތުންވެލައިގެން ހުރެފައި ޝަލީން ބަލާލުމާއިއެކު ވަގުތުން ދުރުބަލާކަމަށް ހެދުނީ އެ ކަރުނައާއި ޝަކުވާތައް ދެކެން ކެތްނުވެގެންނެވެ. ޝަލީން ހިތްމަތީ ހިލަ ބަލަހައްޓައިގެން ހުރެ ހުރިހާކަމެއް ކުރަމުންދާއިރު އިޔާނާއަށް މިއުފާވެރި ރެއިން ހިތަށް ލިބުނު ހަމަޖެހުމެއްނެތެވެ. ދަރިފުޅާއިމެދު ވިސްނާލާ ކޮންމެ ފަހަރަކު ވޭނީ އިހުސާސްތަކާއި ކުށްވެރިކަމުގެ އިހުސާސްތަކުން ހިތް ވިރިގެންދަނީހެން ހީވެއެވެ.

ކައިވެނީގެ ފޯރމްފުރާ އެ ކުޑަ ހަފްލާ ނިމެންގާތްވީއިރު ކައިވެނީގެ ރަމްޒެއްގެ ގޮތުން ދެޒުވާނުންގެ ދެމެދުގައި އަނގޮއްޓި ބަދަލުކުރެވުނެވެ. ރިހާނާ ހައިޒަލްއަށް ހަދިޔާކުރި ހުދުރަނުގެ އަނގޮއްޓި ޝަލީންގެ ހިމަ އިނގިލީގައި ހައިޒަލް އަޅުވާލަދިނެވެ. އެއީ ޝަލީންއަށް ނުހަނު އުނދަގޫވީ ވަގުތުކޮޅެކެވެ. މަޔާން ނޫން ފަރާތެއް އޭނަގެ އިނގިލިތަކުގައި ހިފާލި ފުރަތަމަ ފަހަރަށްވެފައި އަދި ޝަލީންގެ ކައިވެނިކުރެވުނު ދުވަހު މަޔާންގެ އަތުން އަޅުވާލަދިން ލޯބީގެ ހަދިޔާ އަތުން ވަކިކޮށްލުމަށްފަހު އެ ހަދިޔާގެ މައްޗަށް އެހެން އެއްޗެއް އިސްކުރަން ޖެހުމުން ޝަލީން ހިތަށް ދަތިކަމެއް ލިބުނެވެ. އެ އަނގޮއްޓި އިނގިލިން ވަކިކޮށްލަމުން މުށަށްލީގޮތަށް ބާރުކޮށްލައިގެން އިނދެވުނީ ދުވަހަކު ދޫނުކޮށްލާނޭފަދައަކުންނެވެ. އިޝާރުއާއި އިޔާނާގެ ފަރާތުން ހަދިޔާކުރެއްވި އަނގޮއްޓި ހައިޒަލްގެ އިނގިލީގައި ޝަލީން އަޅުވާލަދިންއިރު ހައިޒަލް އެހެން މީހުންނަށްޓަކައި މަޖުބޫރުވެގެން ކަހަލަގޮތަކަށް ދެކޮލަށް އަޑިކޮޅު އަޅުވާލަމުން ހިނިތުންވެލިއެވެ. ވާންއުޅޭ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާ އަނގުރުކޮޅަކާއި ތަފާތެއްނެތެވެ. އަމިއްލަ ހިތުގެ އެދުންތަކާއި ދެކޮޅުހަދަމުން ހުރިހާކަމެއްގައި ބައިވެރިވަމުންދާއިރު ބައްޕަމެން އޭނަގެ ކަރުގައި ވާގަނޑެއް އައްސާ ވަކި މީހަކަށް ގަދަކަމުން މިލްކުކޮށްލަދިނީހެން ހީވެއެވެ. ހައިޒަލް ކިތަންމެ ބޭނުންނުވިޔަސް ބައްޕައާއިމެދު ހިތުގައި ކިލަނބުކަމެއް އުފެދުނެވެ.

ހުނުމުގެ އަޑާއި ތަފާތު ވާހަކަތަކުން ސުފުރާމަތި ފަޅުފިލަމުންދިޔައެވެ. ދެބައްޕައިން އުފާ ފާޅުކުރަމުންދާއިރު ކުރެވެެން އުޅޭ ކައިވެނިން އެންމެ ބޮޑު އުފަލެއް ލިބިލައްވަނީ އަލްހާންއާއި އިޝާރުއަށްހެން ހީވެއެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދާ ކޮޅެއްނެތް އުފާވެރިކަމުގެ ތެރޭގައި ހަފުސްވަމުންދިޔަ ދެފުރާނައިގެ ހާލު އިނގޭ ފަރާތެއް އެތަނުގައި ނެތްފަދައެވެ. ހިނިތުންވެތިބެ ވާހަކަަތައް ދައްކަމުން ހީސަމާސާކުރައްވަމުންދިޔައިރު ކުދީންގެ މޫނުމަތިން ފެންނަ އުފާވެރިކަން މެހެސޫސްވެ ނުލައްވަނީހެން ހީވެއެވެ. ނޫނީ އިނގޭކަމަށް ހަދަން ބޭނުންވެނުލައްވަނީއެވެ.

*** *** *** *** *** ***

މޭޒުމަތީ ބަރިއަކަށް ބަހައްޓާލެވިފައިވާ ފައިލްތައް ޗެކްކުރަމުގައި ހައިޒަލް އިންއިރު ހައިޒަލްގެ ސަމާލުކަން އެހެންކަމަކަށް ދާހެންހީވެއެވެ. ފައިލްތަކުގައިވާ ލިޔުން ކިޔާލުމެއްވެސް ނެތި އަވަސް ހަރަކަތާއިއެކު އޭނާގެ ފުރިހަމަ ސޮއެ ފަހަރު ގަނޑަކަށް ނަކަލުކޮށްލުމަށްފަހު ފައިލްތައް ތަރުތީބެއްނެތި މޭޒުގެ އެއްކަނަކަށް ހޫރަމުންދިޔައީ އެކަމުން ސަލާމާތްވާން ބޭނުންވެފައިވާފަދަގޮތަކަށެވެ. ދޭތެރެއަކުން ދެއަތުން ބޮލުގައި ހިފަހައްޓާލިއިރު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އޮންނައިރު މޫނުމަތިން ފެންނަނީ ކަމަކާއި ފިކުރުކުރާފަދަ ކުލަވަރެކެވެ. އެ ވަރުގަދަ ދެ ބުމަ އިރުއިރުކޮޅުން ގޮށްޖެހިގެން ދާއިރު ތަނަވަސް މޫނުމަތިން ރޫތަށް ފެނިލައެވެ.

ހައިޒަލްގެ ހަރަކާތްތައް ތަރުޖަމާކުރަން އެތަށް އިރެއްވާންދެން މިކްޔާލް ކެބިންގެ ދޮރަށް ލެގިލައިގެން ހުރިއިރު އެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނިލިއެވެ. ލޯ ހަނިކޮށްލައިގެން ހައިޒަލްގެ މޫނަށް ނަޒަރުހުއްޓައިލައިގެން ހުރީ ހައިޒަލް ދަސްކުރާ ފަދައަކުންނެވެ.

ހައިޒަލްގެ ތަބީއަތް ހަރާބުވެފައިވުމުން ނުދަނެހުރިކަމަށް ހަދާލައިގެން އިނަސް އެންމެ ފަހުން އެ ނަޒަރުން އުނދަގޫވެގެން ކަންނޭނގެއެވެ. އަތުގައި އޮތް ފައިލް ބާރަށް މޭޒުމަތީ ބާއްވަމުން މިކްޔާލްއަށް ބަލައިލައިފިއެވެ. ހިނދުކޮޅަކަށް އެ ދެލޯ ހަނިވެގެންދިޔައިރު ހައިޒަލް ހިތްހަމަނުޖެހިފައި “ވަޓް” އޭ ކިޔާލިއެވެ.

“އެއީ ތެދެއްތަ؟ ހަމަ އަސްލަށްވެސް ޝަލީންއާއި މެރީކުރަނީތަ؟” މިކްޔާލްގެ އަޑުގައިވީ އެކަން އޮޅުންފިލުން ޝައުގުވެރިވެފައިވީވަރެވެ. އެވަގުތު ހައިޒަލްގެ ނަޒަރު މިކްޔާލްއަށް ހުއްޓުނުއިރު އެދެލޮލުން ފެނުނު ކުލަވަރުން އެކަނިވެސް ހައިޒަލް ހިތްހަމަނުޖެހުނީކަން މިކްޔާލް ދެނެގަތެވެ. ހިމޭންކަމާއިއެކު ހައިޒަލް ބަލަހައްޓައިގެން އިން ސަބަބު ނަގައިގަނެވި މިކްޔާލް އަވަހަށް ބެލީ ހައިޒަލްއަށް ޖަވާބެއްދެވޭތޯއެވެ.

“ހައިގެ ޑޭޑްމެން އެވާހަކަ ދައްކަނިކޮށް އަޑުއިވުނީ… ކޮމްޕެނީތެރޭގައިވެސް އެބަ ކިޔާ ހައި އެންގޭޖްޓްއޭ… ރިންގްވެސް ވެއަރކޮށްގެންނޭ މިއަދު ހުރީ… އެއީ ތެދެއްތަ ދެން؟” މިކްޔާލްގެ ޖަވާބާއިއެކު ހައިޒަލްގެ އަތް މުށްކެވިގެންދިޔައިރު ހަށިގަނޑަށް ނޭނގޭފަދަ ބާރެއް އެރިއެވެ. އަލްހާންއާއިމެދުގައި ހިތުގައި ހިތްހަމަނުޖެހުމުގެ އިހުސާސްތަކެއް ހިންގާލިއެވެ. ރުޅި ކޮންޓްރޯލް ނުވާނެހެން ހީވި ވަގުތުކޮޅަކަށްފަހު ހައިޒަލް މިކްޔާލްއަށް ބަލާލަމުން ކުޑަކޮށް ބޯޖަހާލިއެވެ.

މިކްޔާލްގެ މޫނުމަތި ފެންވަރުވާލި ކުލަތަކާއިއެކު ސުވާލުގެ ނަޒަރު ހައިޒަލްއަށް ހުއްޓުނުއިރު ހައިޒަލް އެކަން ނޭނގޭކަމަށް ހަދަމުން ފައިލްއަށް ނަޒަރުހުއްޓާލިއެވެ. މިކްޔާލްގެ ސުވާލުތަކުން ސަލާމަތް ނުވާނެކަން އިނގޭތީއާއިއެކު އަދި ޖަވާބުދޭން ބޭނުންނުވާތީ ހައިޒަލް އެގޮތަށް ކަންތައްކުރިޔަސް އެދެވޭ ސަމާލުކަން ދެވޭގޮތެއްނުވިއެވެ.

“ދެން ނައިނާ؟ ވެއިޓް… ތި ދެމީހުން ސީރިއަސްއެއް ނޫންތަ؟” މިކްޔާލް ހައިރާންވާގޮތްވިއެވެ. ހައިޒަލް ނައިނާގެ ހިޔަނިހެން އުޅެފައި ކުއްލިއަކަށް އެހެން އަންހެންކުއްޖަކާއި ކައިވެނިކުރަން އުޅޭ ސަބަބަކީ ކޮބައިހެއްޔެވެ؟

“ވެން ވޯޒް އައި އެވަރ ސީރިއަަސް ވިތް ގާރލްސް…” ހައިޒަލްގެ އަޑުގައިވީ ފަރުވާކުޑަކަމެވެ.

“ތީގެ މާނައަކީ ހައި ނައިނާއެކީވެސް ކުޅޭލީއޭތަ؟ ބަޓް ޔޫ ވަރ ސޯ އިންޓް ހަރ… ނައިނާ ފެނުމުން ހައި ރިއެކްޓްކުރާގޮތް…. ނައިނާއެކު އުޅޭއިރު ތި މޫނުމަތިން ފެނުނު ހިނިތުންވުން… ނައިނާ އައުމަށްފަހު ހައި ޗޭންޖްވީވަރު… އެހުރިހާކަމެއް އެންމެ ގާތުން ފެނުނީކީ އަހަންނަކަށް ނޫންތަ؟ ހައި… އަސްލަށްވެސް ނައިނާ ދެކެ ލޯބިވަމެއްނު… ނޫންތަ؟” މިކްޔާލް ހައިޒަލްގެ ވާހަކަތައް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނައިނާ އައުމަށްފަހު ހައިޒަލްއަށް ބަދަލު އެންމެ ގާތުން އޭނައަށް ފެނުނުއިރު ވޭތުވެދިޔަ ހުރިހާ ދުވަސްތަކުގެ އެތިކޮޅުތައް ގުޅުވާލެވުނުއިރު ހައިޒަލްގެ އަމަލްތައް ނައިނާދެކެ ލޯބިވާކަން މިކްޔާލްްއަށް ނަގައިގަނެވުނު ކިތަންމެ ފަހަރެއްއައެވެ.

“ނޮންސެންސް…” ހައިޒަލް ފައިލް ލައްޕާލަމުން މޭޒުމަތީގައި ކުޑަކޮށް ޖަހާލައިފިއެވެ. އެ މޫނުމަތިން ފެނުނު ހަރުކަށިކަމާއިއެކު އަމިއްލަ ހިތުގެ ހާލު ފޮރުވަން ހައިޒަލް ހުރީ އަމިއްލަ ނަފްސަށްވެސް ދޮގެއްހަދަން ތައްޔާރަށްހެން ހީވިއެވެ.

“ތީގެ މާނައަކީ…” ހައިރާންކަމުގެ އަސަރު އެކުލެވިގެންވީ އަޑަކުން މިކްޔާލް ސުވާލުކުރިއެވެ.

“އަހަރެން ބޭނުންވީ އެ ފޮނި ބޮޑާކުއްޖާއަށް އަހަރެން މިއީ ކިހާވަރެއްގެ މީހެއްކަން އަންގާލަދޭން… އަހަންނަށް ތްރެޓްކުރީމަ އޭނަ ރިގްރެޓްކުރާވަރުކުރަން ބޭނުންވީ… އަހަރެންނަށް ދުވަހަކު ފޯލްނުވާނަމޭ ބުނީމަ އަހަރެންދެކެ ލޯބިވާވަރުކުރަން ބޭނުންވީ… އެތަށް އަންހެންކުދިންނެއް އަހަންނަށް މަރުދަންޖެހެން ތިބިއިރު ނައިނާވެސް އަހަންނާއި ހެދި އެހާވަރުވާނެކަން އަހަރެން ތާބިތުކޮށްދޭން ބޭނުންވީ… އަހަރެންގެ ކުރިމަތީ މާގަދަވެގެން އުޅޭތީ އީގޯ ދައްކާލަށް ބޭނުންވީ… ސީ ވޯޒް ދަ ފަސްޓް ވަން ޓު ހާރޓް މައި ޕްރައިޑް… ފަހުން އަހަރެން ފަހަތުން މޮޔަވެގެން އުޅެން ހެދީމަ ބޮލަށް އުނދަގޫވެގެން ރައްޓެހިވީ… ޔޫ ކޯލް އިޓް ލަވް މިކް… ވަޓް… އައި ނެވަރ ބްލީވް އިން ސަޗް ބަލަންޑަރސް…” ފަހު ޖުމްލަތަކާއިއެކު ހައިޒަލްގެ މޫނުމަތީ ކުޅެލި ނުސިޔާނު ހިނިތުންވުމާއިއެކު ހީލީ ހުރިހާ ހިތާމައެއް ފޮރުވާލަމުންނެވެ. އެރީތި ލޯ އޭރު ތެމިފައިވާއިރު އެ ހިނިތުންވުން ހާސްހިތާމަައަށްވުރެ ވޭންދެނިވިއެވެ.

އެވަގުތު ބާރަށް ކެބިންގެ ދޮރު ޖެހިގެންދިޔުމާއިއެކު ހައިޒަލްގެ ނަޒަރުވެސް ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ހައިޒަލްގެ ނޭވާހުއްޓުނުހެން ހީވިއިރު ހިތުގެ ތެޅުންވެސް މަޑުޖެހިލިހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

Next

ވަކިވެދިޔަޔަސް

Next
June 15, 2019

ވަކިވެދިޔަޔަސް

Previews
June 14, 2019

އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

32 Comments!

  1. jiji says:
    June 14, 2019 at 8:19 pm

    Yey jiji first dhw…will comment kiyaalaafa ingey dhiroo❤❤❤❤??????????????

    1. dhiraa wish says:
      June 14, 2019 at 8:21 pm

      yeah jiji first… im waiting for your comment

  2. dhiraa wish says:
    June 14, 2019 at 8:20 pm

    Readers heres 39 th part… hope all will like this part too… enjoy reading and feel free to comment.. next part will be uploaded on sunday night… keep waiting… good night

  3. @Somebody says:
    June 14, 2019 at 8:35 pm

    What?… Naina tha eii… Shit I’m so curious… Btw mivaahaka nimeni kithah vana Episode in??…

    1. dhiraa wish says:
      June 15, 2019 at 4:45 pm

      hehhee lets c dww..

  4. Suney says:
    June 14, 2019 at 8:38 pm

    Heii.. Second dhw… V reethi mi prt vxx… Hama bala bala huhta thi up kuhdhinii.. ???

    1. dhiraa wish says:
      June 14, 2019 at 9:01 pm

      thnks

  5. Mai says:
    June 14, 2019 at 8:47 pm

    Mi second dhw… Alhe naina ar haixal ar gulhuvaba….

    1. dhiraa wish says:
      June 14, 2019 at 9:03 pm

      heheheh its upto haizal ehnu.. ehnmeehunge zaathee diri ulhumaa kulheykah nuvaane.. hingaaa haizal kuranulheykameh balaalamaa dww

  6. jiji says:
    June 14, 2019 at 8:50 pm

    Alheyy..story haadha sad ey dhw???..Ekm mi part vec vv lwbi ingey..Dhiraa v molhu aslahvec❤❤??????????????..v kiyaa hithun indha mi bai vec nimuny..can’t wait fr the next..lysm

    1. dhiraa wish says:
      June 14, 2019 at 9:06 pm

      thnkx….

  7. Nishy says:
    June 14, 2019 at 9:32 pm

    Story is awsome . when is next part .

    1. dhiraa wish says:
      June 15, 2019 at 4:46 pm

      thnkx. sunday

  8. Mal? says:
    June 14, 2019 at 9:46 pm

    Vv reethi mi part vas ☺️

    1. dhiraa wish says:
      June 15, 2019 at 4:46 pm

      thnkx

  9. Kit says:
    June 14, 2019 at 10:34 pm

    Dhn abadhu mihen vanee hurihaa vaahaka ehga family majubooru kohgen ehn meehakaa inun lwbivaa meehaa ah hurt kurun I hate this ?
    Dhn angaba naina ah keehvekan ehn hadhany.. edhemeehun Mary kuriya nudhehchey ?

    1. dhiraa wish says:
      June 15, 2019 at 4:47 pm

      lets c dww

  10. Moba says:
    June 14, 2019 at 11:01 pm

    Bala mi shelyn mee kithah firi huhdha vegn ulhey myhe tha??myhegeanbakah ve hure ehn firihenaka ran kiey tha alhe..boa halaaku..haizal ves veje nun thankolhe firihenaka vaan…thiha findi myhaku nama kyve naina ai dhimala belumuge kurin ves loabi va bapage huhdha nuhoadhy…foohi veje kiyan ves mi story

    1. kit says:
      June 15, 2019 at 12:17 pm

      asluvess dhw

    2. dhiraa wish says:
      June 15, 2019 at 4:44 pm

      thnkx for the cmpliment

  11. Hai says:
    June 15, 2019 at 12:12 am

    Awwwn varah salhi varah touching good work and keep it up dhiraa ??

    1. dhiraa wish says:
      June 15, 2019 at 4:48 pm

      thnkx

  12. Faathi says:
    June 15, 2019 at 2:16 am

    Alhe dhen oiy thanakun neregen ves shaleen ge firimeehaa genes bala varah dhera ve ey naina ah ehaa dhera goiy goiy vaathy hai n naina ah marry kureveyne gotheh veythoa ehnu ulhenvee alhaan menge andhiri faraiy varah engen beynunvey lock kohfa huri room ge hageegaiy ves

    1. dhiraa wish says:
      June 16, 2019 at 12:53 pm

      Faathi dhiraa ahves miulheny mayaan vee thaneh neyngigen… hai aai naina gulhen hurihyaa adhi gulheyne… dhen alhaan faleehaih kohlanvaanee ragalhu vagutheh ga dho… lock kohfa huri room and there is much more things.. keep waiting

  13. Aisha says:
    June 15, 2019 at 6:56 am

    Ekam dhiraa thihen hadhan vaane tha kudhin foohi vaanennu kiyan..vaahaka nimmaalaany kithah vana episode in??when next part?cant wait..

    1. dhiraa wish says:
      June 15, 2019 at 4:49 pm

      there will be lot of twits… adi neinge bunaakah mee liyamun daa vaahaka eh veema

  14. anaa says:
    June 15, 2019 at 7:37 pm

    mirey up kohla dheeba or tmrw morning ga.. plx. story is nice

    1. dhiraa wish says:
      June 16, 2019 at 12:55 pm

      Dear… mirey thankolheh avahah upkohdheveytho balaanan ingey.. thankss for the comment

  15. Usha says:
    June 16, 2019 at 5:52 pm

    Rahtehi kuhjaku mi vaahaka varah reehchey buneema kiyan feshee..
    Now mi part aa hama ah ai iru varah rythi..
    Kiyaahithun kiyaalevey vaahaka akah vehje..
    Next part ah inthizaaru kurevey..
    Bt sifakurun thakuga thankolheh ginain ehgotheh beynun kohfa hun’nakah faahaga kohlevey..
    Bt story is super..

    1. dhiraa wish says:
      June 18, 2019 at 12:45 am

      thankss dear… it means a lot for me… and dear thibunikanthah ragalhu kohlaanan ingey…

  16. Unknown says:
    June 16, 2019 at 9:37 pm

    Dhiraa dear kobaatha 40 vana episode waiting….kiyaa hithun nuhurevey

    1. dhiraa wish says:
      June 16, 2019 at 10:30 pm

      dear 40th vana part upkohlaafa ihnaaneee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 40←


All Right Reserved!