Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
June 27, 2019 8 Mins Read
18 Comments

ދުވެފައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަން ގޮތަށް ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ފޯނެއް ނުނެގިއެވެ. އެއް ގަޑި އިރު ތެރޭ އަށް ފަހަރަށް ގުޅުމުންވެސް އަޔާޒް ފޯނެއް ނުނެގިއެވެ.

ފުރަތަމަ ފަހަރަށް ނަދާ ގުޅުމުން ފޯންގެ އަޑު ކަނޑާލައިގެން އިން އަޔާޒް، އިރުއިރުކޮޅާ ދިއްލެމުން ދިޔަ ފޯންގެ ސްކްރީނަށް ބަލަން އިނެވެ. އެއީ ނަދާ ގުޅުމުން ގަސްތުގައި އަޔާޒް ފޯން ނުނެގި ފުރަތަމަ ފަހަރެވެ. ނަދާއާ ވާހަކަ ދައްކަން އަޔާޒް ބޭނުން ނުވަނީއެވެ. ރޭގައި އާތިފް އެ ވާހަކަ ދެއްކި ފަހުން ނަދާއާ މެދު އަޔާޒް ދެކެމުން އައި ގޮތް ވަނީ މުޅިން ބަދަލު ވެފައެވެ. މައިހާއާ އެކު ދިރިއުޅުމެއް ފެއްޓޭނެ ދުވަހެއް ނޭނގުނު ނަމަވެސް، އަޔާޒް އިންތިޒާރު ކުރަމުން ދިޔައީ އެ ކަން ވާނެ ދުވަހަކަށެވެ. ކޮންމެވެސް ދުވަހަކުން މައިހާގެ ބައްޕައަށް ވިސްނޭނެ ކަމުގައި ގަބޫލު ކުރާތީއެވެ. މައިހާގެ އެދުމަށް މައިހާގެ ބައްޕައަށް ދެކޮޅު ހަދަހަދާ އަބަދު ނުހުރެވޭނެއޭ ހިތް ބުނާތީއެވެ. އެ ދުވަހެއް އަންނަން ދެން އަޔާޒް ހުރީ މައިހާގެ ލޯތްބަށް ޓަކައި ކެތްތެރިވެގެންނެވެ.

ނަމަވެސް ދެން އެ ދުވަހެއް ނާންނާނެއެވެ. އަޔާޒް ނަދާއާ ކައިވެނި ކުރަން އާތިފް އެހާ އެދޭ އިރު މައިހާގެ ވާހަކަ އާތިފް ކައިރީ ބުނަންވެސް އަޔާޒްއަކަށް ނުކެރޭނެއެވެ. އަޔާޒް މައިހާ ދެކެ ވާ ލޯބި ދެން ޖެހޭނީ ސިއްރު ކުރާށެވެ. މައިހާއާ ޖެހޭނީ ވަކި ވާށެވެ. އެ ލޯބި ޖެހޭނީ އަޔާޒްގެ ހިތުން ފޮހެލާށެވެ.

އެ ކަމާ އަޔާޒްއަށް ރުޅި އާދެވުނީ ނަދާ ދެކެއެވެ. މައިހާއާ އަޔާޒް ވަކި ވާން ޖެހުނު ސަބަބެއް ކަމުގައި އަޔާޒް ދުށީ ނަދާއެވެ. ނަދާގެ ފަރާތުން ކޮންމެވެސް ގޮތަކުން އަޔާޒްއާ ރުހޭ ކަން އާތިފްއަށް އެނގިފައި ނުވާ ނަމަ އެ ފަދަ ޚިޔާލެއް އާތިފް ނުކުރާނެއެވެ. މައިހާ ދެކެ އަޔާޒް ވާ ލޯބި އެނގި އެނގި ހުރެވެސް ނަދާ އެވަނީ އެކަން ނޭނގޭ ކަމަށް ހަދާ އަޔާޒްއާ ކައިވެނި ކުރަން އެއްބަސް ވެފައެވެ. ފެށުނީއްސުރެން މައިހާގެ ހުރިހާ ވާހަކައެއް އަޔާޒް އައީ ނަދާއާ ހިއްސާ ކުރަމުންނެވެ. ނަދާއަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެއެވެ. އަޔާޒް މައިހާ ދެކެ ލޯބި ވާ ވަރު ނަދާއަށް ވުރެ ބޮޑަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

ވީ އިރު އަޔާޒްއާ މައިހާ ވަކިވުމަށް މަޖުބޫރު އެ ކުރަނީ ނަދާ ނޫން ހެއްޔެވެ؟ ނަދާގެ ހިތުގައި އެ އެކުވެރިކަމުގެ މާނައެއް ނެތީ ނޫން ހެއްޔެވެ؟ އަމިއްލަ ނަފްސު ނޫން މީހެއްގެ އުފާ ނަދާއަށް މުހިންމު ނުވަނީ ނޫން ހެއްޔެވެ؟ މައިހާއާ ވަކި ވުމަށް އަޔާޒްއަށް މަޖުބޫރު ކުރީތީ އެކަމާ އަޔާޒް ދުވަހަކުވެސް ނަދާއަށް މާފެއް ނުކުރާނެއެވެ. ނަދާއާ އަޔާޒް ކައިވެނި ކުރާނެއެވެ. ނަމަވެސް އަޔާޒްގެ ހިތުން ނަދާއަށް ދުވަހަކުވެސް އަނތްބެއްގެ މަގާމެއް ނުދޭނެއެވެ. އެ ދެމެދުގައި އޮތް އެކުވެރިކަންވެސް އެ ހިސާބުން ނިމުނީއެވެ. އަޔާޒްގެ ހިތުގެ ހާލު ނޭނގުނު މީހަކީ ރަހުމަތްތެރިއެއްގެ މަގާމުގައި ހުރުން އެކަށީގެންވާ މީހެއް ނޫނެވެ.

އެ ދުވަހު މެންދުރު ބްރޭކްއަށް ފަހު އަޔާޒް އޮފީހަށް ދިޔަ އިރަށް ލިބުނީ އެ ވަގުތު އަޔާޒް އެންމެ ބޭނުން ވި ފަދަ ފުރުސަތެކެވެ. އޮފީހުގެ ކަމެއްގައި ފަސް ދުވަހަށް މެލޭޝިއާއަށް ގޮސްދެވޭނެ މީހަކު ބޭނުން ވެގެން ކުއްލި ބައްދަލުވުމެއް ބާއްވަން އުޅޭކަން އެނގުމާއެކު އަޔާޒް ބޭނުން ވީ އެ ކަމުގައި އަޔާޒް ދާށެވެ. ބައްދަލުވުމުގައި އެމްޑީ ހުށަހެޅި ހަތަރު ނަމުގެ ތެރޭގައި އަޔާޒްގެ ނަން އޮތެވެ. ހަމަ އެރޭ ފުރަން ޖެހޭނެ ކަމަށް ބުނުމުން އެކަން އުނދަގޫ ވާނެ ކަމަށް ކޮންމެ މީހަކުވެސް ބުންޏެވެ. ނަމަވެސް އަޔާޒް އެ ފުރުސަތުގެ ބޭނުން ކުރިއެވެ. އެރޭ ފުރަން ވިޔަސް އަޔާޒްއަށް ދެވިދާނެ ކަމަށް ބުނުމުން އެމްޑީ ވަގުތުން އެއްބަސް ވީ އޭނަގެވެސް އެދުމަކީ އެ ދަތުރުގައި އަޔާޒް ދިޔުން ކަމަށް ވާތީއެވެ.

ހަވީރު ގެޔަށް ގޮސް، އެރޭ މެލޭޝިއާއަށް ކުއްލިއަކަށް ދާން ޖެހުނު ވާހަކަ އާތިފް ކައިރީ ބުނުމުން އާތިފް ކަންބޮޑުވީ ކައިވެންޏަށް ހަމަ ޖެއްސި ތާރީޚް އެހާ ކައިރި ވެފައި ވަނިކޮށް އަޔާޒް ފުރަން ޖެހުމުންނެވެ.

“އާދީއްތަ ނުލާ ފަސް ދުވަސް ވާނީ އެކޮޅުގަ، އަހަރެން އަންނާނަން އަންގާރަ ދުވަހުގެ ރޭ، ބޭބެމެން ހުރިހާ ކަމެއް ހަމަ ޖައްސައިފިއްޔާ އަހަރެން އެހާ އިރަށް އަޔަސް ލަހެއް ނުވާނެއެއްނު؟” އަޔާޒް ބުންނެވެ.

އާތިފް އެންމެ ރަނގަޅު ކަމަށް ބުނުމުން އަޔާޒް ދަތުރަށް ތައްޔާރު ވިއެވެ. ނަދާ ގާތު ފުރާ ވާހަކަ ބުނުމަށް އާތިފް އެދުމުން ދެކޮޅު ހަދާކަށް އަޔާޒްއަކަށް ނުކެރުނެވެ. ނަމަވެސް އެގެޔަށް ދާނެ ވަގުތެއް ނެތޭ ބުނެ ކޮޓަރިއަށް ވަދެ، އެ ދުވަހު އުޅުނީ ވަރަށް ބުރަކޮށް ކަމަށާ، ހަމަ އެރޭ ފުރަން ތައްޔާރު ވާން ޖެހޭތީ ގުޅާލަން ވަގުތު ނެތް ކަމަށް ބުނެ ކުރު މެސެޖެއް ނަދާއަށް ފޮނުވާލިއެވެ.

އަޔާޒް ފުރުވަން އާތިފް ދާން އުޅުމުން އަޔާޒް އެކަން މަނާ ކުރިއެވެ. ފޮށި ތައްޔާރު ކޮށްގެން ނިކުތް އަޔާޒްއަށް، ސިޓިންގރޫމް ސޯފާގައި އިން އާތިފް ފެނުމުން އައިސް އާތިފް ކައިރީ އިށީނެވެ.

“ބޭބޭ، ބޭބެއަށް އެންމެ ރަނގަޅިއްޔާ އަހަރެން ބޭނުން ވަނީ ކައިވެންޏަށް ފަހުން ވަކި އެޕާޓްމެންޓެއްގައި އުޅެން…” އަޔާޒް އެހެން ބުނި އިރު އާތިފް ހިތްހަމަ ނުޖެހިދާނެތީ ޖެހިލުން ވެފައި ހުރިކަން އެނގެއެވެ.

“އައްދޭ، ތީ މައްސަލައެއް ނޫނެއްނު؟ ބޭބެއަށް ކީއްވެ ރަނގަޅު ނުވާންވީ؟ ބޭބެއަށްވެސް އެނގޭ ކައިވެންޏަށް ފަހު އެންމެ ރަނގަޅު ވާނީ ދެމަފިރިން އެކަނި، އެހެން މީހުންނާ ވަކިން އުޅުން ކަން. އަޔާޒް ކަން ބޮޑު ނުވޭ، އަޔާޒް އަންނަން ވާ އިރަށް ބޭބެ ތަނެއް ހޯދާނަން، ބޭބެ ކުރިންވެސް ބުނީމެއްނެ އެއްވެސް ކަމަކާ އަޔާޒް އުޅެން ނުޖެހޭނެޔޭ، އަދި އަމްދުން މި ދުވަސްކޮޅު ތި ދަތުރުގަ އަޔާޒް ދާން ޖެހުނީމަ ބޭބެ ވަކިން ރަނގަޅަށް ކަންކަން ބަލާނަން، އެކަމަކު ކަންތައް ފައިނަލް ކުރުމުގެ ކުރިން އަޔާޒްއަށް ގުޅާނަން، އެހެން ނޫނީ ނަދާއަށް ކަމުދާ ގޮތަކަށް ނިންމީމަ ރަނގަޅު ވާނެތަ؟” އަޔާޒްގެ ކޮނޑުގައި ހިފާލަމުން އާތިފް އެހިއެވެ.

“އާނ، ބޭބެއަށް ފެންނަ ގޮތެއް ހަދާ، ދެން ދަނީ ބޭބޭ” އަޔާޒް ތެދުވެ އާތިފްއާ ސަލާން ކޮށްލާފައި ނިކުތެވެ.

އަޔާޒްއާ ވާހަކަ ދައްކާފައި ނޫނީ އެއްވެސް ކަމެއް ނުނިންމަން ހުރި ނަދާ ޖެހުނީ ސާޖިދާ ކިޔާ ވަރުން އެންމެ ފަހުން ހޮނިހިރު ދުވަހު ހެދުން ފަހަން ދާށެވެ. އާތިފްވެސް ބާރު އެޅުމާ އެކީއެވެ. ހުކުރު ދުވަހު މެންދުރު ކެއުމަށް އަސްލަމް އެ ގެޔަށް އައީ ސާޖިދާގެ ދައުވަތަށެވެ. ކައިވެނީގެ ކަންތައްތަކުގެ ވާހަކަ ދައްކާ، އެ ކަންތައް ނިންމުމަށެވެ. ސާޖިދާ ގާތު އެ ކައިވެންޏަށް އާނ ބަސް ނުބުނި ނަމަވެސް އާތިފް އެހުމުން، ނުބުނަން ހުރެފައިވެސް ނަދާ ރުހުން ދިނީ އަޔާޒްގެ ފަރާތުން ފުރިހަމަ ރުހުން ލިބުނު ވާހަކަ އާތިފް އެތައް ފަހަރަކު ބުނުމުންނެވެ. އަދި ސާޖިދާ ބުނާ ހެން ހެދުން ފެހުން ދެން އިތުރަށް ލަސް ނުކުރުމަށް އެދުމުން އެކަމަށްވެސް ނަދާ އެއްބަސް ވިއެވެ.

ސާޖިދާއާ އާތިފް ބޭނުން ވީ ބޮޑު ޕާޓީއެއް ބާއްވާށެވެ. ޕަޓީ ބާއްވާނެ ތަނަކާ، މެނޫއާ ނިންމީ ސާޖިދާއާ އާތިފްއެވެ. އެ މީހުން ބުނި އެއްޗަކަށް ނަދާ ހަމައެކަނި އާނއެކޭ ބުނެލީއެވެ. ތީމް ކުލަ ނިންމީ ހުދާއާ ރިދާއެވެ. އޭގެ އިތުރަށްވެސް ނިންމަން ހުރި ކަމެއް ވިއްޔާ އެ ދުވަހު އެ ވާހަކައެއް ދެކެވުނެވެ.

އަޔާޒް އެއްބަސް ވި ވާހަކަ އާތިފް ބުނި ނަމަވެސް ނަދާ ހިތް ހަމައެއް ނުޖެހުނެވެ. ނަދާ ބޭނުން ވަނީ އަޔާޒްއާ ވާހަކަ ދައްކާށެވެ. ނަދާއާ ކައިވެނި ކުރުމަށް އަޔާޒް އެއްބަސް ވީ ސަބަބު ހޯދަން ނަދާ ބޭނުމެވެ. އަޔާޒް ނަދާއާ ކައިވެނި ކުރުމުން މައިހާއަށް ވާނި ކިހިނެއް ހެއްޔެވެ؟ މައިހާއާ އަޔާޒްގެ މެދުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ނޫން ނަމަ މައިހާގެ ބައްޕަ ގަބޫލު ނުވުމުން ދެ މީހުން އެއްބަސް ވެގެން ވަކިވީ ހެއްޔެވެ؟ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މައިހާގެ ބައްޕަ ރުހޭތޯ އިންތިޒާރު ކުރަމުން އައިސް އަޔާޒް ކުއްލިއަކަށް މައިހާއާ ވަކިވެދާނެ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އަޔާޒް އެ ވާހަކަ ނަދާ ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟

ނަދާ ކޮޓަރީގައި އެކަނި އިނދެ ވިސްނަމުން ދިޔައެވެ. ފޯން ހިފައިގެން އިނީ އަޔާޒްއަށް ގުޅާލަން ބޭނުން ވެފައެވެ. ނަމަވެސް ނުކެރިފައެވެ. އެހެން އިންދާ ހުދާއާ ރިދާ އައިސް ނަދާއާ ދިމާ ކުރަން ފެށިއެވެ.

އަޔާޒް ބުނި ހެން އަންގާރަ ދުވަހު އަޔާޒް މާލެ އައެވެ. އަޔާޒް އައިކަން ނަދާއަށް އެނގުނީ އާތިފްގެ ފަރާތުން އެރެއެވެ. އެ   ވަގުތުން ފެށިގެން ނަދާ އަޔާޒްއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް އަޔާޒް އެއް ފަހަރުވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެ ދުވަހު އައި ގޮތަށް އެރެއާ، ޖެހިގެން އައި ދެ ދުވަހުވެސް އުޅުނީ މެލޭޝިއާ ޕްރޮޖެކްޓްގެ ކަންތައް ނިންމުމުގައި އޮފީހުގައެވެ. ނަދާގެ ފޯނުކޯލްތަކަށް ޖަވާބު ނުދިނުމަށް އަޔާޒްއަށް އެކަން ބަހަނާއަކަށް ވިއެވެ. އާތިފް ގުޅިޔަސް އަޔާޒް ފޯނަށް ޖަވާބު ދެނީ މަދު ފަހަރަކުއެވެ.  އޮފީހުގައި ބުރަ ކަމަށް ބުނަމުންނެވެ.

އަންގާރަ ދުވަހުގެ ރޭ، އަޔާޒްގެ އޮފީހުގެ މަސައްކަތް ނިމުނު އިރު ބާރަ ޖަހަން ކައިރި ވެއްޖެއެވެ. އަޔާޒް އޮފީހުން ނިކުތް ގޮތަށް މައިހާއަށް ގުޅީ އެރެއަކީ މައިހާގެ ޑީއުޓީ ބާރަ ޖަހާ އިރު ނިމޭ ރެއެއް ކަން އެނގޭތީއެވެ. ބަލާ ދާނެ ކަމަށް ބުނެފައި، މައިހާ ގޮވައިގެން އަޔާޒް ދިޔައީ ރެސްޓޯރެންޓް އަކަށެވެ.

“އަޔާ، ކަމެއް ވީތަ؟” އަޔާޒް ފެނުމާ އެކު ކޮންމެވެސް ކަމެއް ވެއްޖެ ކަން މައިހާއަށް އެނގުނެވެ.

އަޔާޒް ބޯ ޖަހާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެ އިނީ މައިހާއަށް ކިޔައިދޭނެ ގޮތެއް ނުވިސްނިގެންނެވެ.

“އަޔާ، ކިހިނެއް ވީ؟ ބަލީތަ؟ ނޫނީ… އަޔާގެ ބޭބެއަށް ކަމެއް ވީތަ؟” އަޔާޒް އިން ގޮތުން ކަން ބޮޑުވެފައި އަޔާޒްގެ އަތުގައި ހިފާލަމުން މައިހާ ސުވާލު ކުރިއެވެ.

ދެންވެސް އަޔާޒް އެއްޗެއް ނުބުންޏެވެ.

“އަޔާ، އަހަރެން ބިރު ގަނޭ އެބަ މިހާރު… ބުނެބަލަ، ޕްލީޒް…” އަޔާޒްގެ މޫނުގައި އެއް ފަރާތުން މައިހާ އަތް ޖައްސާލިއެވެ.

“އަހަރުމެންނަށް މެރީ ކުރެވެން ނެތީމަ ކަންނޭނގެ މިހާ ދުވަސް ވީ އިރުވެސް މައިގެ ފެމިލީ އިން ގަބޫލު ނުވީ” މައިހާގެ އަތްތިލަ މަތީ އަތް ޖައްސާލަމުން އަޔާޒް ބުނެލިއެވެ.

“ކީއްވެ ތިހެން އި ބުނީ؟” މައިހާގެ ހިތް ބާރަށް ތެޅިގަތެވެ.

“މައި… ބޭބެ ބޭނުން ވަނީ ބޭބެ ބުނާ ކުއްޖަކާ އަހަރެން މެރީ ކުރަން. މައިއަށް އެނގެއެއްނު ބޭބެގެ އެދުމަކާ އަހަރެން ދެކޮޅެއް ނުހަދާނެ ކަން؟ އަހަރެން އާނއެކޭ ބުނެފިން… ހުކުރު ދުވަހު…” އަޔާޒް ބުންޏެވެ.

އަޑު އިވުނު އެއްޗެއް ޔަގީން ނުވެފައި އިން ހެން އަޔާޒްއާ ދިމާއަށް ބަލަން އިން މައިހާ ދުރު ބަލާލީ ލޮލުން ކަރުނަ އައުމުންނެވެ.

“ކާކާ؟” ދުރު ބަލަން އިނދެ މައިހާ އަހާލިއެވެ.

އަޔާޒް ޖަވާބެއް ނުދީ އިސްޖަހާލިއެވެ.

“އަޔާ… ކާކާ…؟” މައިހާ ތަކުރާރު ކޮށްލިއެވެ.

“ނަދާ” ދަތްޕިލަ ޖައްސާ ބާރު ކޮށްގެން އިނދެ އަޔާޒް ބުންޏެވެ.

ސިހިފައި ކަހަލަ ގޮތަކަށް މައިހާއަށް އަޔާޒްއާ ދިމާއަށް ބަލާލެވުނެވެ.

“ނަދާއޭ…؟” މައިހާ އެހިއެވެ.

އަޔާޒް ބޯ ޖަހާލިއެވެ.

“ނަދާ… ކީއްވެ؟” މައިހާއަށް އަހާލެވުނީ އަޔާޒްއާ ނަދާގެ މެދުގައި އޮތް އެކުވެރިކަމުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން އަޔާޒްގެ ފަރާތުން އިވިފައި ވާތީއެވެ.

“އަހަރެން ހިއެއް ނުކުރަން ނަދާއަކީ އެ ކަހަލަ ކުއްޖެއް ކަމަކަށް… އަހަރެން ހުރިހާ އެއްޗެއް ނަދާއަށް ކިޔާދިނީމޭ… މައި ދެކެ އަހަރެން ލޯބި ވާ ވަރު ނަދާއަށް ވުރެ ބޮޑަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ… އަހަރެން ބުނީމޭ މައިގެ ބައްޕަ ގަބޫލު ވަންދެން އަހަރެން ހުންނާނަމޭ، ހެވޭ ކިތަންމެ އަހަރަކު މަޑު ކުރަން ޖެހުނަސް… އަހަރެން ނީންނާނަމޭ މައި ނޫން ކުއްޖަކާ… އެ ހުރިހާ ކަމެއް އެނގި ހުރެ ނަދާ އެއްބސް ވީ… އަހަރެން ކައިރީ ބޭބެ ނުވެސް އަހާނެ ނަދާ ނޫނެކޭ ބުނި ނަމަ… ނަދާއަށް އެނގޭނެ ބޭބެ ބުނެފިއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކުރާނެ ކަން… އަހަންނަކަށް ނުވިސްނޭ ނަދާ އަހަންނާ އިންނަން އާނއެކޭ ބުނަންވީ އެއްވެސް ސަބަބެއް…” ދެއަތްތިލަ މުށްކަވާ ބާރުކޮށްގެން އިނދެ އަޔާޒް ވާހަކަ ދައްކަމުން ދިޔަ އިރު އެ ހިތުގައި ނަދާއާ މެދު ނަފްރަތު އުފެދެމުން އައެވެ.

“ނަދާ ނުވެސް ބުނޭތަ އަޔާ ކައިރިއަކު؟” މައިހާ އަހާލިއެވެ.

“ބޭބެ އަހަރެން ކައރީ އެ ވާހަކަ ދެއްކި ދުވަހުގެ އަނެއް ދުވަހު ވަރަށް ގުޅި، އަހަރެން ނުނަގަން ފޯނެއް…” އަޔާޒް ބުންޏެވެ.

“ވެދާނެއެއްނު އެ ވާހަކަ އަހަން ކަމަށްވެސް…” މައިހާ މަޑުމަޑުން ބުންޏެވެ.

“އަހާކަށް އެއްޗެއް ނޯންނާނެ ދޯ އޭނަ ނޫނެކޭ ފުރަތަމަވެސް ބުނި ނަމަ… އަހަރެންނާ ހަމައަށް ބޭބެ އެ ވާހަކަ ގެންނަންވެސް ޖެހުނީ އޭނަ އެއްބަސް ވީމަ، އެނގޭނެ އަހަންނަށް އެހެން ގޮތެއް ނޯންނާނެ ކަން ބޭބެ ބުނެފިއްޔާ… ދެން ފޯނު ކޮށްގެން ކީކޭ ކިޔަން އެ އުޅެނީ؟” އަޔާޒް ހުރީ ނަދާއާ އެއްކޮޅަށް މީހަކު ބުނާ އެއްޗެއް އަޑު އަހާ ގޮތަކަށް ނޫނެވެ.

އާތިފް އެދުނު ކަމަކާ އަޔާޒް ދުވަހަކުވެސް ދެކޮޅު ނުހަދާނެ ކަން މައިހާއަށް އެނގެއެވެ. އަޔާޒްގެ އާއިލާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތް ނަމަވެސް، އެކަން އަޔާޒްއަށް އިހުސާސް ވިޔަ ނުދީ، ލޭގެ ގުޅުމެއް ނެތް ނަމަވެސް އަމިއްލަ ދަރިއެއް ފަދައިން އާތިފް އަޔާޒް ގެންގުޅުނީ ބަދަލުގައި އަޔާޒްގެ ފަރާތުން ކަމެއް ބޭނުން ވާތީއެއް ނޫނެވެ. އަޔާޒް އަބަދުވެސް އެކަން ހަނދާން ބަހައްޓައެވެ. އަމިއްލަ ދަރިއަކުވެސް ބައްޕައަކު ގެންގުޅޭނީ އާތިފް އަޔާޒް ގެންގުޅޭ ފަދައިންނެވެ. ވީ އިރު ބައްޕައަކަށް ޓަކާ ދަރިއަކު ކުރަން ޖެހޭ ކޮންމެ ކަމެއް އާތިފްއަށް ޓަކާ ކުރުމަށް އަޔާޒް ފަހެއް ނުޖެހޭނެ ކަން މައިހާއަށް އެނގެއެވެ. ދުނިޔޭގައިވެސް އާތިފްއަށް ވުރެ އަޔާޒްގެ ހަޔާތުގައި އިސް ފަރާތެއް ދުވަހަކުވެސް ނުވާނެ ކަމުގައި އަޔާޒް ވަނީ މައިހާ ގާތު ބުނެފައެވެ. މައިހާ ދެކެ ހިތާ ފުރާނައިން އަޔާޒް ލޯބި ވީ ނަމަވެސް މައިހާވެސް އަންނާނީ އާތިފްއަށް ވުރެ ފަހުން ކަން އެއީ އަބަދުވެސް އަޔާޒް ބުނާ ވާހަކައެކެވެ. އެކަމާ މައިހާވެސް ދެ ބަހެއް ނުވެއެވެ. އަޔާޒްއަށް ޓަކާ އާތިފް ކޮށްދީފައިވާ ކަންތައް މައިހާއަށް އެނގޭތީއެވެ.

ނަމަވެސް އެރޭ މައިހާ ބިރުގަތެވެ. ނަދާއާ ކައިވެނި ކުރުމަށް އަޔާޒްއަށް މަޖުބޫރު ވެފައި ވީ ނަމަވެސް، މައިހާއާ ވަކިވުން އަޔާޒްއަށް މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް ކައިވެންޏަށް ފަހު މައިހާއާ އަޔާޒްއާ ގުޅުމެއް އޮންނަ ކަން އެއްވެސް ގޮތަކުން އާތިފްއަށް އެނގޭކަށް އަޔާޒް ބޭނުމެއް ނުވާނެއެވެ. އެފަދަ ޚަބަރެއް އާތިފްއަށް ލިބޭކަށް އަޔާޒް އެއްގޮތަކަށްވެސް ނޭދޭނެއެވެ. އާތިފްގެ ކަންފަތާ ހަމައަށް އެކަހަލަ އަޑެއް އިވޭކަށް އަޔާޒް ބޭނުމެއް ނުވާނެއެވެ. އާތިފް ދެރަވެދާނެ ފަދަ އެއްވެސް ކަމެއް އަޔާޒް ނުކުރާނެއެވެ.

އެހެން ކަމަށް ވާ ނަމަ، އާތިފްއަށް ޓަކާ އަޔާޒް މައިހާއާ ވަކި ވާނެއެވެ. އެ ކަމުން އަޔާޒްގެ ހިތަށް ކިތަންމެ ބޮޑު ވޭނެއް ލިބުނު ނަމަވެސް އަޔާޒް އެކަން ކުރާނެއެވެ.

“އަޔާ…” އަޔާޒްއަށް ގޮވާލުމާ އެކު މައިހާއަށް ރޮވުނެވެ.

އެއްޗެއް ނުބުނެ ދުރު ބަލަން އިން ގޮތަށް އަޔާޒް އިނީ މައިހާ ގޮވާލި އަޑު ނީވޭތީއެއް ނޫނެވެ. މައިހާ ރޯކަން ނޭނގޭތީއެއްވެސް ނޫނެވެ.

“މައިވެސް ދެން މައިގެ ބައްޕައާ ދައްތަ ބުނާހެން ހަދަން ވީނު؟ އަޝްފާންއާ އިންނަން ވީނު؟” އަޔާޒް ހީވީ އިތުރަށް މައިހާގެ ހިތަށް ތަދުކޮށްލަން އުޅުނު ހެންނެވެ.

“މޭ ބީ އައި ރިއަލީ ޝުޑް…” ރުއިމުގެ ތެރެއިން މައިހާ ބުނެލިއެވެ.

އެއާއެކު އަޔާޒް މައިހާއާ ދިމާއަށް އެނބުރު ދެ އަތުން މައިހާގެ ދެ އަތުގައި ހިފާލިއެވެ.

“އައިމް ސޮރީ މައި… އެކަމަކު އަހަންނަށް އެހެން ގޮތެއް ނެތް… އަހަރެން ޖެހޭނީ މައި އާ ވަކިވާން… މައިވެސް ޖެހޭނީ ދެން އެހެން ދިރިއުޅުމެއް ފަށަން… އަހަންނަށް ވެގެން ވާނަމަ މުޅީ އުމުރަށްވެސް މައިއަށް އިންތިޒާރު ކުރާނަން… އެކަމަކު އަހަރެން މަޖުބޫރު ވެގެން ވިޔަސް އެހެން ދިރިއުޅުމެއް ފަށާއިރު ބޭނުމެއް ނޫން މައި އިންތިޒާރުގަ ހުންނާކަށް… ޕްލީޒް… ވިސްނާނަމޭ ބުނޭ…” އަޔާޒް ބުންޏެވެ.

މައިހާ ލޯ ފޮހެލާފައި ހިތި ގޮތަކަށް ހީލިއެވެ. އަދި އަޔާޒްގެ އިނގިލި ތަކާއެކު މައިހާގެ އިނގިލިތައް މަހާލިއެވެ.

“ބައްޕަގެ ރުހުން ލިބޭތޯ ތިބެން ހަދައިގެން މިހެން މި ވީވެސް… އެ މީހުންގެ ނުގަބޫލުގަ ވިޔަސް އަހަރުމެން ކައިވެނި ކުރި ނަމަ އަޔާއަށް މި ކަހަލަ މަޖުބޫރެއް ނުވީސް… އަހަރުމެންގެ މޮޔަ ކަމުން މިހެން މިވީ… ސޯ، އަހަރުމެން ދެ މީހުންނަކީ އެކުގަ އުޅެވެން ޑެސްޓިނީގަ ނެތް ދެ މީހުންނަށް ވީމަ ދެން ޖެހޭނީ ވަކި ވާން… މީ ކަންނޭނގެ އަސްލު ވާން އޮތް ގޮތަކީވެސް…” މައިހާ ބުނެލިއެވެ.

އަޔާޒް ޖަވާބެއް ނުދެއެވެ.

“އައި ލަވް ޔޫ އަޔާ…!” އެހެން ބުނެފައި އަޔާޒްގެ އަތާ އަތް ވަކިކޮށްލި ގޮތަށް ފަހަތަށް ބަލާވެސް ނުލާ މައިހާ އެ ތަނުން ނިކުމެގެން ދިޔައެވެ.

އަޔާޒް ގެޔަށް ދިޔަ އިރު އާތިފް އިނީ އަޔާޒްގެ އިންތިޒާރުގައެވެ.

“ބޭބެ ނުނިދަންތަ އަދި؟” އަޔާޒް އަހާލިއެވެ.

“އާނ، މަޝްވަރާ ކޮށްލަން ޖެހޭ ބައެއް ކަންތައް ހުރީމަ ބޭބެ މަޑުކޮށްލީ ދަރިފުޅު އަންނަން ދެން. ކައިފިންތަ؟” އާތިފް އަޔާޒްއަށް ބަލާލިއެވެ.

“އެހާ ބަނޑުހައެއް ނުވޭ…” އަޔާޒް ސޯފާގައި އިށީނެވެ.

“ބަލީތަ އަޔާޒް؟” އަޔާޒްއަށް ރަނގަޅަށް ބަލާލަމުން އާތިފް އަހާލީ އަޔާޒްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނަން ނެތުމުންނެވެ.

“ނޫން ބޭބޭ، މިއަދު އައި ގޮތަށް މަސައްކަތައިގެން ވިއްޔަ މި އުޅުނީ، މާ ބޮޑަށް ވަރުބަލި ވެފަ ހުރީމަ ބޭބެއަށް ތި ހީވަނީ ބަލިހެން، ނިދާލާފަ މާދަން ހޭލާ އިރު ރަނގަޅު ވާނެ” އަޔާޒް ހިނިތުން ވެލީ އާތިފް ހިތްހަމަ ޖައްސައިދިނުމަށެވެ.

“ބޭބެ ބުނީ އިއްޔެ ލިބިއްޖެ އެއް ކޮޓަރީގެ އެޕާޓްމެންޓެއް، އާ ތަނެއް، ހުރިހާ ކަމެއް ނިމިފަ ހުރި ތަނެއް އެއީ، ބަދިގޭގަ ހުރީ ކަބަޑުވެސް ޖަހާ ނިންމާފަ. އެއީ އެންމެ މަތި، ހަވަނަ ފްލޯރ. އެހެން ހުރިހާ ތަނެއް މީހުން ކުއްޔަށް ހިފާފަ ހުއްޓަސް އަދި ހިއެއް ނުވޭ އެއްވެސް ބަޔަކު އުޅޭ ހެންނެއް. އަޔާޒްއަށް ކަމުދަންޏާ އެ ތަން ހިފާ ގޮތަށް ނިންމަންވީ، މާދަން ދާންވީނު ނަދާ ގޮވައިގެން ބަލާލަން؟” އާތިފް ދައްކަން ބޭނުން ވި ވާހަކަ ފެށިއެވެ.

“ބޭބެއަށް ކަމުދަންޏާ ރަނގަޅު ވާނެ، މާދަންވެސް ހިއެއް ނުވޭ ވަގުތެއް ވާނެ ހެނެއް، ބޭބެ ދާން ވީނު ނަދާ ގޮވައިގެން އެ ތަން ދައްކާލަން؟ ނަދާއަށް އޯކޭ ވިއްޔާ ބޭބެ އެކަންތައް ނިންމާލަދީ” އަޔާޒް ނަދާ ގޮވައިގެން ދާން ބޭނުން ނުވާތީ ބަހަނާއެއް ދެއްކިއެވެ.

“ދެން… ބޭބެ ބުނި ހެން އަޔާޒް އެއްޗެހި ގަތިން ދޯ؟ މިކޮޅުން މިހާ ލަސްކޮށްފަ ގަންނަން އުޅެގެން ނުވެދާނެތީ ބޭބެ ގުޅާފަ އެހެން ބުނީ” އާތިފް އަހާލިއެވެ.

“އާނ، ބޭބެއަށްވެސް ގެނައިން. ދެން ކޮން ކަމެއް އޮތީ؟” އަޔާޒް ބުންޏެވެ.

“ދެން އޮތް ކަމަކީ، އެ އެޕާޓްމެންޓަށް ފަރުނީޗަރު ގަތުން، ބަދިގެއަށް ބޭނުން ވާނެ އެއްޗެހިވެސް ޖެހޭނެ ގަންނަން. ކިހިނެއް ހަދާނީ؟” އާތިފް އެހިއެވެ.

“މާދަމާ ބޭބެ ނަދާއަށް ގެ ދައްކާލާފަ ދާން ވީނު އެއްޗެހި ގަންނަން، ބޭބެއަށް ކަމުދާ ގޮތަށް ގަތީމަ ރަނގަޅު ވާނެ، ނަދާވެސް ހުންނާނެއެއްނު؟ ދެން ބަދިގޭ އެއްޗެހި ގަންނަން ނަދާ ކައިރީ ބުނަން ވީނު ހުދާ ނޫނީ ރިދާ ގޮވައިގެން ދާން؟” އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރި ވާން އަޔާޒް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.

“އަޔާޒްއަކަށް މާދަންވެސް ވަގުތެއް ނުވާނެތަ؟” އާތިފް އަހާލިއެވެ.

“އާނ ބޭބޭ، މި ޕްރޮޖެކްޓް އެބަ ޖެހޭ ކޮންމެހެން ވެސް ހުކުރުގެ ކުރިން ނިންމާލަން، އެހެންވެ ރޭގަނޑުވެސް އުޅެގެން ނިންމާލެވޭނީ” އަޔާޒް ބުންޏެވެ.

“އާނ ދެން ބޭބެ އުޅޭނަން ތިކަންތަކާ، ދަރިފުޅު ދޭ ދެން ނިދާލަން” އަޔާޒްގެ ބުރަކަށީގައި ފިރުމާލަމުން އާތިފް ބުންޏެވެ.

އަނެއް ދުވަހު ހެނދުނު އާތިފްއާ އެކު ނަދާ ގޮސް އެޕާޓްމެންޓް ބަލާފައި އެތަން ކުއްޔަށް ހިފުމުގެ ހުރިހާ ކަމެއް ނިންމާލިއެވެ. އެއަށް ފަހު އެތަނަށް ބޭނުން ވާނެ ހުރިހާ އެއްޗެއް އާތިފް ގަތީ ނަދާއާ އެކު ގޮހެވެ. އެ ދުވަހުގެ ހަވީރު ނަދާ، ހުދާއާ އެކު ގޮސް ބަދިގެއަށް ބޭނުން ވާނެ ހުރިހާ އެއްޗެއް ގަތީ ސާޖިދާގެވެސް އެހީއާ އެކުއެވެ. އެރޭ ދާން ޖެހުނީ ހެދުން ހެޔޮވަރު ކުރާށެވެ.

އެދުވަހުވެސް ހަ ފަހަރު ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ހަމަ ފޯނެއް ނުނެގިއެވެ. އޮފީހުގެ ކަމެއްގައި އަޔާޒް ވަރަށް ބުރަކޮށް އުޅޭ ކަމުގައި އާތިފް ބުނީ، ނަދާ ގޮވައިގެން ހުރިހާ ކަމެއްގައި އާތިފް އުޅެން ޖެހުނު ސަބަބު ބުނެދިނުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ލޯތްބެއްގެ ފެށުން 8

Next

ބުނެދޭށޭ ރުހެމޭ 46

Next
June 28, 2019

ބުނެދޭށޭ ރުހެމޭ 46

Previews
June 26, 2019

ލޯތްބެއްގެ ފެށުން 8

18 Comments!

  1. Mar Sha Marsha says:
    June 27, 2019 at 2:50 pm

    ސަލާމް ހުރިހާ ކުދިން، ކިޔާލާފަ ކަމުދަންނާ، އަދި ކަމުނުދަންޏާވެސް އަންގާލަދިނުނަ މާޝާ ވަރަށް އެދެން، އަނެއްބައި އިރާދަ ކުރެއްވިއްޔާ ހޯމަ ދުވަހު ގެނެސްދޭނަން،

  2. jiji says:
    June 27, 2019 at 2:59 pm

    Me first dhw..mi bai vec vvv rythi Ma Sha Allah?????????

    1. Mar Sha Marsha says:
      June 29, 2019 at 3:41 pm

      Thnq jiji,

  3. Suney says:
    June 27, 2019 at 3:20 pm

    V reethi mi part… Dhn ayaa ar nadha ar dhw gulhey… Hyvani v reethi vaane hen hama…. ???

    1. Mar Sha Marsha says:
      June 29, 2019 at 3:42 pm

      Thnq Suney, let’s see dho, I hope so too

  4. ❤❤ says:
    June 27, 2019 at 4:08 pm

    Vv salhi???

    1. Mar Sha Marsha says:
      June 29, 2019 at 3:43 pm

      Thnq ❤️❤️

  5. Ibsha says:
    June 27, 2019 at 7:34 pm

    Asl ves varah reethi

    1. Mar Sha Marsha says:
      June 29, 2019 at 3:44 pm

      Thnq Ibsha

  6. drax says:
    June 27, 2019 at 7:35 pm

    Nice nice ???
    Waiting for next part

    1. Mar Sha Marsha says:
      June 29, 2019 at 3:45 pm

      Thnq drax

  7. Ibsha says:
    June 27, 2019 at 7:39 pm

    Asl pary7 ga Ayaaz ah ebs egey mi Beybe raavaa kameh kan. Dhen kiyve nadhaa kuhverikoh ehadhany part 8 ga

    1. Mar Sha Marsha says:
      June 29, 2019 at 3:46 pm

      Aan, e vee goiy engeyne adhi fahun dear, ?

  8. Mady says:
    June 27, 2019 at 8:59 pm

    V salhi thankolheh hard kon gendhahchay Kuriyah

    1. Mar Sha Marsha says:
      June 29, 2019 at 3:47 pm

      Hehe, thnq Mady

  9. Kim Seokjin says:
    June 28, 2019 at 12:08 pm

    Wow…

    1. Mar Sha Marsha says:
      June 29, 2019 at 3:47 pm

      Thnq Kim Seokjin

  10. Mary says:
    July 4, 2019 at 11:49 am

    Mivaahakaige aneh part fennaanee kon irakun?

Comments are closed.

Next Episodeކުށަކާ ނުލާ 9←


All Right Reserved!