އޮފީސް ނިއްމާލުމަށްފަހު ރޭގަނޑު ގެއަށްގޮސް. ފާޙާނާއަށްވަދެ ވަރަށް ފިނިފެނުން ފެންވަރަން ފެށިއެވެ. ގަޑި އިރެއް ވަންދެން ފިނިފެނުން ފެންއަންނަމުން ދިއަ މާގަނޑު ދަށުގައި ހުއްޓެވެ. އެފިނިފެނުގެ ސަބަބުން ހިތުގައިވީ ރުޅިވެރިކަމާ، ނަފްރަތާ، ހިތާމަ ފިލާ ދިޔަގޮތްވެސް ނޭނގުނެވެ. ރީތވެލައިގެން ބޭރަށް ނުކުމެ ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ޒައިކް އަޅަމުންދިޔަ ފިޔަވަޅު ހުއްޓުމަކަށް އައީ ފެނުނު މަންޒަރަކުންނެވެ.
ބެލްކަނި އެއްފަރާތަކަށް ހުރި މޭޒުމަތި ވަނީ ކެއުން ތައްޔާރުވެފައެވެ. މުޅި ހިސާބުގަނޑުގައި ވަނީ އުއްބައްތީގެ ރީތިކަމެވެ. އުއްތައް ވިރެމުން ދިޔައިރު އޭގެ މީރުވަހުން ޒައިކުގެ ނޭވާ އެތެރެއަށް ހިފާލިއެވެ. އެހުރިހާކަމަކުން ލޯ ދައުރު ކޮށްލީ ، ފޫހިވާން މަސައްކަތް ކުރަމުން ދާ، އަމިއްލަ އަންހެނުންގެ ސޫރަޔަށެވެ. ޝިފާގެ ފުރަގަހުން ފެންނަން ހުރިއިރު ލާފައިވާ ހެދުން ފިޓްކަމުން ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ބުލޫބެރީ ކުލައިގެ ފިޓް ޖިންސަކާ، އަލްމަޑް ކުލައިގެ ޓޮޕް ކޮޅުގައި ޝިފާގެ ރީތިކަން އިތުރުވާކަހަލައެވެ.
އެއްވެސް ހިފެހެއްޓުމެއްނެތި ޒައިކުއަށް ހިނގައި ގަނެވުނީ ޝިފާ ކައިރިއަށެވެ. ޝިފާ ނޭވާއެއްލިއަސް އެނޭވާގެ އަޑު އިވޭހާ ކައިރިއަށެވެ. ކައިރީގައި ހުރިކަމުގެ އިޙުސާސް ޝިފާއަށް ވީކަހަލައެވެ. ފަހަތައް އެނބުރި ބަލާލިއެވެ. މަޑު މޭކަޕެއް ކޮށްފައި ހުރިއިރު، އެއްވެސް މޭކަޕަކާ ނުލާވެސް ޝިފާގެ ރީތިކަން އިތުރުވާނެއެވެ. ޒައިކުގެ ދެއަތް މުއްކަވާލާފައި ޖީބަށް އަތް ޖަހާލީ، އެދެއަތުން ޝިފާގެ ރީތި މޫނުގައި ބީހުމުގެ ފުރުސަތު ނުދިނުމަށެވެ.
” އޫމްމް. އައި ޕްރިޕެއާޑް ވައިޓް ސޯސް ޕާސްތާ ފޯރ ޔޫ ” ޖެހިގެން ހުރި ގޮނޑީގައި ޒައިކު ހަމަޖެހިލަމުން އެމޫނަށް ބަލާލައި ، ފުންކޮށް މުޅިތަނަށް ނަޒަރެއް ދިނެވެ. މިހާ ހިތްގައިމުކޮށް ޑެކެރޭޓްކޮށް ކެއުން ތައްޔާރު ކުރާނީ ޝިފާގެ ހިތުގައި ކޮންމެވެސް ކަހަލަ އިޙުސާސްތަކެއް ވާތީކަން ނޯޅެއެވެ. ހަމަހިމޭންކަމާއެކު ކެއުން ކުރިއަށް ދިޔައެވެ. ޝިފާގެ ކެއްކުމުގެ ހުނަރު ވަރަށް މޮޅެވެ. ޖޫލީ އަތުން މީންދުވަހަކު ކާންނުލިބޭހާ މީރުކޮށް ޝިފާ އައުމުން ކާން ލިބެއެވެ. ޝިފާގެ ނަޒަރު ޒައިކް އާ ދިމާއަށް ހުއްޓޭކަން އިނގެއެވެ. ތައުރީފެއް ބޭނުން ވެގެން އުޅޭކަން ޝިފާގެ ބަލާލުމުން ފާހަގަވެއެވެ. ޝިފާއަށް ތައުރީފް ހައްގެވެ. އެކަމަކު އެ ހިތްހަމަ ޖެހުން ޝިފާއަށް ދިނުމަށް ޒައިކްގެ ޒަމީރު ދެކޮޅު ހެދިއެވެ.
” އައި ހޭވް ޓޭސްޓެޑް ބެޓާރ ” ޝިފާއަށް ބަލާލުމެއްނެތި ބުނެލިއެވެ. ޝިފާގެ އެރީތި ބޮޑުދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވުނީ ޝިފާ ތެދުވެގެން ކޮޓަރިއަށް ދިއުމުންނެވެ. ޝިފާގެ ދެލޮލުގައި ކަރުނަ ހުރިކަން ޒައިކުއަށް އިނގުނެވެ.
ތިރީހަކަށް މިނެޓް ބެލްކަނީގެ ރީތިކަމުން ހިތްހަމަ ޖެހުން ހޯދާލުމަށްފަހު ކޮޓަރިއާ ދިމާއަށް މިސްރާބް ޖެހިއެވެ. ކޮޓަރިން ހުޅުވެން ހުރި ކުޑަދޮރުކައިރީ ބޭރު ބަލަން ޝިފާ ހުއްޓެވެ. ދޮރު ލައްޕާލިއަޑަށް އެނބުރި ބަލާލިއެވެ. ދެލޮލަށް ބަލާލުމުން ރޮއެފަ ހުރިކަން އެނގުނެވެ. މޫނުމަތީގައި މަޑު ރަތްކުލައެއް ވިއެވެ. މިއަށްވުރެ ޝިފާގައިގާ ބައްދާލުމަށްފަހު، ދެއަތުގެ ތެރޭ ހިފަހައްޓާލައިގެން ހުރުމަށް ބޭނުންވި ވަގުތު ކޮޅެއް ނާދެއެވެ. އެކަމަކު ހުރިހާ އިޙުސާސްތައް ފައިންޖަހާ ދުރަށް ވިއްސާލާ ފަދައިން އެހުރިހާ އިޙުސާސެއް ހިތުތެރޭ ފޮރުވާލިއެވެ. އެހަމަ ޝިފާ ދައްކާ އެކްޓަކަށް ވެދާނެއެވެ. “ޝީ އިޒް ލައިކް ލިވީ” ޒައިކް އަށް ކުރީގެ ހަނދާންތައް އާވީ ލިވީ ހަމަ އެފަދައިން ދެރަވާ ކަމެއް ވުމުން އުޅޭ ގޮތް ހަނދާންވީތީއެވެ.
” ބޭގް ތައްޔާރު ކުރާތި މޯނިންގަ. މާދަމާ ހެނދުނު ފުލައިޓުން ޕެރިސްއަށް ދާން ” ޒައިކު ހަރުކަށި އަޑަކުން އެހެން ބުނެލުމަށްފަހު އިތުރު އެއްޗެކޭ ޝިފާއަށް ބުނުމުގެ ފުރުސަތު ނުދީ ނިދުމަށް އޮއްތާލިއެވެ.
***********
ޕެރިސްއަށް ދެވުނީ އިރުއޮއްސުނު ފަހުންނެވެ. އަދިވެސް ޝިފާއަށް ހުރީ ގަބޫލު ނުކުރެވިފައެވެ. ޒައިކް އަށް މިކައިވެންޏަކީ އެހާ މުހިންމު ކަމަކަށް ނުވާއިރު ހަނިމޫންއަށް ޕެރިސް ޙިޔާރު ކުރީ ކީއްވެގެންކަން އެނގެން ޝިފާ ބޭނުންވިއެވެ. ނޫނީ އަދި އިތުރު ފުރުސަތެއް މިކައިވެންޏަށް ދިނުމަށް ޒައިކް ވިސްނަނީބާއެވެ. އެދެ ލޮލުން ތަރުޖަމާ ކުރަން ނޭނގޭ ކުލައެއް ޝިފާއަށް ފާހަގަ ވިއެވެ.
2018 ވަނަ އަހަރުގެ އެންމެ މަޝްހޫރު ކާރު މޮޑެލް އެއް ކަމަށްވާ ފެރާރީގެ ކާރެއް އައިސް ޝިފާމެން ހޮޓެލް އަކަށް ލާދިނެވެ. މުޅި ބިލްޑިން އަށް ބަލާލުމުން މީހަކު އަނބުރައިގަންނަ ވަރުވާނެއެވެ. ދުރުދުރަށް ދާންދެން ވަނީ ހޮޓެލްގެ ބައެވެ. ދިހަވަރަކަށް ބަޔަށް ނަގާފައިވާއިރު ކޮންމެ ބައެއްގަ އެތައް ސަތޭކަ ކޮޓަރި ހުންނާނެކަން ގައިމެވެ. ގްރައުންޑް ފްލޯގެ ރިސެޕްޝަންއަށް ޒައިކް ދިއުމުން ޝިފާ މުޅިތަން ބަލާލިއެވެ. މޮޅު ކުރެހުން ތެރިއެއްގެ ކުރެހުންތަކުން މުޅިތަން ވަނީ ފަޅުފިލާފައެވެ. ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް ފެންނަނީ މުއްސަނދި ކަމާއި ފުރިހަމަކަމެވެ. ކުރެހުމުގެ ދުނިޔެއަކަށް ވަދެވުނުކަހަލައެވެ.
ކުރިންވެސް ހަމަޖެހިފައި ވުމާއެކު ދިހަވަނަ ބައިން ކޮޓަރިއެއްގެ ކީކާޑު ލިބުނެވެ. ރިސެޕްޝަނުގައި ހުރި ކުއްޖަކާއެކު ޒައިކް ހިނގައިގަތުމުން ފަހަތުން ޝިފާވެސް މަޑުނުކޮށް ހިނގައިގަތެވެ. ކޮންމެ އަންހެން ކުއްޖެއްގެ ކަޅި އަމާޒުވެފައިވަނީ ޒައިކް އާ ދިމާއަށެވެ. ދެކުދިން ދެކުދިން ސިއްރުން ވާހަކަ ތަކެއް ދައްކާތަން ފެނުނެވެ. ޝިފާގެ ނަފްސަށް ރުޅިވެރިކަން ވެރިވިއެވެ. ޒައިކް އާ ދިމާއަށް އެކުދިން ބަލާތީ ލޯއަޅާ ލިއެވެ. ޒައިކް އަތުގައި ހިފަން ބޭނުން ވިއަސް އެކަން ކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ޒައިކް އަކީ އަމިއްލަ މީހެއްކަން އަންގައިދޭން މިއަށްވުރެ ބޭނުން ވަގުތު ކޮޅެއް ނާދެއެވެ.
ހޭންޑް ބޭގް ދޫކޮށްލުމަށްފަހު މުޅި ކޮޓަރިތެރެއަށް ބަލާލިއެވެ. މާސްޓަރ ބެޑްރޫމާ ދިމާއަށް ވާގޮތަށް އެއްމެ ބޮޑު ސައިޒުގެ ޓީވީއެއް ހުރިއިރު، ފުރިހަމައަށް ޑިޒައިން ކޮށްފައި ހުރި ފާހާނާ ހުރީ އަލަމާރި ކައިރިން ދެވޭގޮތަށެވެ. މުޅި ކޮޓަރިވެސް ހުރީ ޑިޒައިން ކޮއްފަ މަޑު މުށި ކުލައަކާއި ރަތްކުލަ ބޭނުން ކޮށްގެނެވެ. ތާޒާ އޯކިޑް މަލުގެ ވަހުން މީރުވަސް ހިފާފައި ވެއެވެ. އެއްކައިރީގައިވީ ދޮރު ހުޅުވާލުމާއެކު ފެނުނީ ބަޔާންކުރަންދަތި ރީތި މަންޒަރެކެވެ. ސުވިމިން ޕޫލަކާއެކު މާތަކުން ބަރާވެފައިވީ ކުޑަކުޑަ ބަގީޗާއެކެވެ.
” ތައްޔާރުވެލާގެން، ރިމޯޓުގައި މިހުރި ރެޑް ބަޓަން އަށް ފިތާލާ އޭރުން ރޫމަށް ކާއެއްޗެހި ގެނެސް ދޭނެ. އަހަރެން މިދަނީ ކުޑަ ވޯކެއްގަ. އާދެވޭނީ މާދަން ހެނދުނު ” ޒައިކްގެ ވާހަކަ ތަކުން މިތަން އަލަށް އައިހެނެއް ހިޔެއްނުވެއެވެ.
” މިތަނަށް އަހަރެން އެކަނި ދޫކޮށްލާފައި ޒައިކް ދަނީތަ؟ ދުވަހަކު އައި ތަނެއްނޫން މީކީ. ފޯރ ގޯޑްސް ސޭކް. ދިސް އިޒް އަވާރ ހަނީމޫން. ކުޑަވަގުތު ކޮޅެއްވެސް އެކުގައި ހޭދަ ނުކުރަންޏާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ ” ޝިފާގެ އަނގައިން އެބަސްތައް ބޭރުވީ ޒައިކް ކަންތައް ކުރިގޮތުން ރުޅިވެރިކަމެއް ހިތުގައި އުފެދުމުންނެވެ. ކުރި ކުޑަ އުންމީދުވެސް މާދުރަށް ފުސްވެގެން ދިޔަކަހަލައެވެ.
” ޔޫ ތިންކް އައި ބްރޯޓް ޔޫ ހިއާރ، ސޯ ވީ ކުޑް ސްޕެންޑް އަ ރޮމެންޓިކް ހަނީމޫން. އަހަންނަށް ހަމަ ރަނގަޅަށްވެސް ޝިފާ އަންޑަސްޓޭންޑް ވާން އުނދަގޫ. ޝިފާ ބޭނުން ކޮންމެ ކަމެއް ވެއެއްނު. ކުރިއަށް މިދަނީވެސް ވަމުންނެއްނު. އިޒިންޓް ދެޓް އިނަފް؟ ” ޒައިކް ގެ އަޑު އައީ އާދައިގެ މިނަށްވުރެ ބާރަށެވެ. ޝިފާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޒައިކް ފަސްދީ ހިނގައިގަތެވެ. އެކަނިވެރިކަމުގެ ތެރެއަށް ދޫކޮށްލުމަށްފަހުއެވެ. މަންމަ މަތިން ހަނދާންވީ ކުއްލިއަކަށެވެ. މި އެކަނިވެރިކަން ދެކެން މަންމަ ދުނިޔޭގައި ހުރިނަމަ ހިތްފަޅައިގެން ހިނގައިދާނެއެވެ. ހިތައް އެރި އެއްޗިހީގެ ގިނަކަމުން ޝިފާގެ އަރުތެރެ ބެދިގެން އައެވެ.
ވަށައިގެން ބަލާލެވުނީ ހުސްކަމުގެ ތެރެއަށެވެ. ބޭގް ތެރޭގައި އޮތް ފޯނު ވައިބުރޭޓްވާން ފެށުމުން ބަލާލިއިރު ގުޅަނީ ބައްޕައެވެ. ބައްޕަގެ ނަން ފެނުމުން ޝިފާއަށް އިތުރަށް ރޮވުނެވެ. ބައްޕަގެ މިދަރިފުޅު ތި ވައްޓާލީ އަޑިނޭނގޭ ވަޅުގަނޑަކަށް ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ. އަނގަ މަތީ އަތްއަޅަމުން، ޑޭޓާ އޮފް ކޮށްލުމަށްފަހު އަލުން ފޯނު ދަބަސްތެރެއަށް ލާ، ފާޙާނާއާ ދިމާއަށް ހިނގައި ގަތެވެ.
ފާހާނާގެ ފުރިހަމަކަން ބަލާނެ ހިތްވަރެއް ޝިފާގެ ގަޔަކު ނެތެވެ. ޝިފާގެ ހިތް، ދުވަހަކަށް ވުރެ ދުވަހެއް ޒައިކް އަށް އެދެވެއެވެ. އެދެލޮލުގެ ޖާދުލުގައި ޖެހެން ބޭނުންވެއެވެ. އެހެންނަމަވެސް ޒައިކް ކަންތައް ކުރަނީ ބޭނުން ގޮތަކަށެވެ. އެއްފަހަރު މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކައިފި ނަމަ، އަނެއްފަހަރު ރޮއްވާލުމުގައި ކާމިޔާބު ކުރެއެވެ. ޒައިކް ކަހަލަ އަނިޔާވެރިއަކަށް ހިތް ދެވުމުން ޝިފާ ދެރަވެއެވެ. އެހެނަސް ހިތަކީ ބާރު ފޯރުވެވޭވަރަށްވުރެ ބާރުގަދަ އެއްޗެކެވެ. އަމިއްލަ ނަސްފަށް ވައުދެއް ވިއެވެ. ދެން އެންމެ މިނެޓެއްވެސް ޒައިކްގެ ހަނދާނުގައި ރޮއި ހިތާމަ ނުކުރުމަށެވެ. އެއްވެސް ވަރަކަށް އަނެކާއާމެދު ނުވިސްނާ ކަމަށް ޒައިކް ވަރަށް ރަނގަޅަށް އަންގައިދީފިއެވެ. އިތުރަށް ޒައިކުގެ ހަނދާނުގައި އަގުހުރި ކަރުނަތައް ބޭކާރު ނުކުރުމަށް ޝިފާ ހިތުލިއެވެ.
ޝިފާ އަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކިދޭއަޑަށެވެ. ގަޑި ބަލާލިއިރު ހެނދުނު އަށެއް ޖަހަނީއެވެ. ރޭގަ ނުވެސް ކައި ނިދުމުން ބަނޑުހައިކަމުން ބަނޑުގައި އަތް ޖައްސާލިއެވެ. އަދި އެނދުގެ ހުސްފަރާތައް ބަލާލިއެވެ. ސޯފާވެސް އޮތީ ހުސްކޮށެވެ. ޒައިކް ނިދަން ނާންނަނީކަން އެނގުނެވެ. ފާޙާނާއަށް ވަދެ އަވަސްއަވަހަށް ފްރެޝް ވެލައިގެން ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ ރޭގަ ދިމާވި ހޮޓެލްގެ މެނޭޖަރެވެ.
” މޭމް. ދަ އޯނާރ އޮފް އަވާ ހޮޓެލް ހޭޒް އެރޭންޖުޑް އަ ޕާޓީ ފޯރ ހާރ ވައިފް ބާރތްޑޭ. ވީ ރިކްއެސްޓެޑް ޔޫ އެންޑް މިސްޓާރ ޒައިކް ޓު ކަމް ޕާރޓީ. ބޮސް ހިމްސެލްފް ހޭޒް ކޯލްޑް މިސްޓާރ ޒައިކް އޯލްރެޑީ. އައިތޯޓް އިޓް ވުޑް ބީ ނައިސް ޓު އިންވައިޓް ޔޫ ޕާރސަނަލީ ” ވަރަށް މަޑުމައިތިރި ކަމާއެކު މެނޭޖަރ ވާހަކަ ދެއްކިއެވެ. ޒައިކް ކޮބާތޯ އަހާލަން އުޅެފަވެސް އެޙިޔާލު ދޫކޮށްލީ ޕާޓީއަކަށް ދިއުމަށްވުރެ ޒައިކް އަށް މުހިންމު އެހެން ކަންކަން ހުންނާނެކަން އެނގޭތީއެވެ.
ހެނދުނު ސައި ގެނައީ ރޫމަށެވެ. ފުރިޖްގައި މޭވާ އާއި އެކިކަހަލަ ޖޫސް ހުއްޓެވެ. ބަނޑުފުރާ ކާލެވުމުން ހަމަޔަކަށް އެޅުނެވެ. ހަވީރު އޮންނަ ޕާޓީ އަށް ދާން ލާނެ ރީތި ހެދުމެއްވެސް ނެތެވެ. އެއްވެސް ރުފިޔާއެއްވެސް އަތުގައި ނެތެވެ. ކާޑުވެސް ޒައިކްގެ ގޭގައި އާދެވުނީ ބާއްވާފައެވެ. ޕެކް ކުރި އިރު ލީ މުޅިންވެސް ކެޝުއަލް ހެދުން ތަކެކެވެ. ހަމަ އެކަނި އޮތީ ޒައިކް މަންމަ ގިފްޓަކަށް ފޮނުވި ހެދުމެކޭ ބުނެ ގޭގަ ގެންގުޅޭ މެއިޑް ޖޫލީ ދަބަހަށް ލައިދިން ހެދުމެކެވެ. މެރޫން ކުލައަކަށް ދާ ހެދުން އަރަނީ ކަކުލާ ހަމައަށެވެ. ފަހަތުން އެއަށްވުރެ ދިގު ކޮށް ހުރިއިރު، ކޮނޑުން ފެށިގެން މޭމަށްޗާ ހަމައަށް ވިދާ ލޭޝް ފޮއްޗަކުން ފަރުމާ ކުރެވިފައި ވެއެވެ. އަތްކޮޅު ކުރުކަމުން ލާން ބޭނުން ނުވިއަސް އިތުރު ޗޮއިސް އެއް ނެތެވެ. ޖޫލީއަށް ހިތުން ޝުކުރު އަދާކުރެވުނީ އެކުލައިގެ ހޭނޑްބޭގް އަކާ އުސްފައިފާނެއް ލާފައި އޮތުމުންނެވެ. ފޮށި ތައްޔާރު ކޮއްފަ ފާޙާނާއަށް ދިޔަ ވަގުތު ޖޫލީ ކޮށްފައިވާ މަސައްކަތް ފެނުމުން ޝިފާއަށް ހިނިތުންވެވުނެވެ.
ފިލްމެއް ބަލަން އޮއްވަ ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. ރިމޯޓް އެއްލާލުމަށްފަހު ފާހާނާ އަށް ވަދެވުނީ ގަޑިން ތިންގަޑި ބަޔަށްވުރެ ބޮޑުވެފައި ހުރިތަން ފެނުމުންނެވެ. ހަށިގަނޑަށް ހެދުން ވަރަށް ފިޓްވެފަ ރީއްޗެވެ. މެރޫން ކުލައަކުން މޭކަޕް ކޮށްލުމަށްފަހު އިސްތަށިގަނޑު އެއްވެސް ގޮތެއް ނުހަދާ ދޫކޮށްލިއެވެ. އެއްވެސް ގަހަނާއެއް ނުގެނެވުމުން ކުޑަކޮށް ފަޅެވެ.
*********
ރޫމް ދޮރު ހުޅުވާލުމަށްފަހު ޒައިކް ވަނެވެ. ކޮޓަރިން ޝިފާގެ އެއްވެސް ހިލަމެއް ނުވުމާއިއެކު، އިންވައިޓް ކާޑް ފެނުމުން ޕާޓީއަށް ދިޔައީކަން އެނގުނެވެ. ޝިފާ ޕާޓީއަށް ދިޔައީ ކާކާއެކުބާއެވެ. އެކަނިބާއެވެ. ނޭނގޭ ރިހުމެއް ހިތުގައި އުފެދުނީ ޝިފާ ޕާޓީއަށް ދިޔައިރު ޒައިކް އަންނަންދެން މަޑުނުކޮށްލީމައެވެ. ރީތިވެލުމަށްފަހު ހުދު ކުލައިގެ ގަމީހެއް ލާ، ބޭރުން ކަނޑު ނޫކުލައިގެ ޝޫޓެއް ލިއެވެ. އަވަހަށް ޕާޓީ އޮތް ދިމާއަށް ދިއުމަށް ލިފްޓަށް އެރިއެވެ.
ޒައިކުގެ ދެލޯ ހޯދަމުން ދިޔައީ ޝިފާއެވެ. އެތައް ބަޔަކު އެއްވެފައިވާ ތަނަކުން އެންމެ މީހަކު ހޯދުމަކީވެސް އުނދަގޫ ކަމެކެވެ. ވާހަކަ ދައްކަމުން ދިޔަ އެކުވެރިންތައް ދޫކޮއްލުމަށްފަހު އެކި ތަންތަން ހޯދަން ފެށިއެވެ. އެއްކައީގައި ހުރި ތަނބެއް ކައިރީ ޝިފާ ހުރިތަން ފެނުމުން ޒައިކު ހިނގައިގަތީ ޝިފާ ކައިރިއަށް ދިއުމަށެވެ. ކުއްލިއަކަށް ފިޔަވަޅު ހުއްޓުމަކަށް އައީ ފުރަގަހުން ޝިފާ އުނަގަނޑުގައި އަތްއަޅުވާލި ފިރެހެނަކު ފެނިފައެވެ. އެއީ ކާކުކަން ޒައިކުއަށް އެނގުމުން ވަގުތުން ގޮސް މިއެންމެންގެ ކުރިމަތީ ބޭރަށްނެރެ މޫނުމަތީ ޖަހަން ހިތަށް އެރިއެވެ. ޒައިކު އެހާވެސް ނަފްރަތް ކުރާފަރާތެކެވެ. ޝިފާގެ މޫނުމަތީ ހުރި ހިނިތުން ވުން ފެނިފަ ޒައިކުއަށް ކުރިއަށް ހިނގައިގަނެވުނީ އިޙުތިޔާރުން ބޭރުގައެވެ. އެހިނިތުންވުމުގެ އަސްލަކަށް ހުދު އޭނަ ވުމަށް ހިތް އެދުނީ ކިހިނަކުން ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.
ނުނިމޭ
1164 Comments
Comments are closed.
jiji
June 26, 2019 at 9:06 pmYey me first dhw???…btw mi bai vv rythi ingey belle…whn next…Curiously waiting??????❤❤❤
Belle
June 27, 2019 at 7:17 amThanks jiji ????????????????.
drax
June 26, 2019 at 10:18 pmNice nice ???????
Belle
June 27, 2019 at 7:18 amThanks drax ???????