ގިނަދުވަސްވެގެން ފާރުތަކުގައި މަކުނުވާއަޅާ ފުރިފައިވާއިރު ތަޅުންގަނޑުން ބޮޑުބައެއް ކަޅުވެފައިވެއެވެ. ކަޅު ދޭތެރެތަކުން ކަޅު ރަތްކުލަ ފެންނަމުންދިޔަގޮތުން މީހެއްގެ ލެއިން ބިންގަނޑު ފެވިފައިވާހެން ހީވެއެވެ. ދުމުގެ ވަހާއިއެކުވެގެން އެތަނުގެ ތެރޭގައި ދުވަމުންދިޔައީވެސް ލޭގެ ނުބައިވަހެވެ. އެތެރެއަށް ދަމާލި ދެތިން ނޭވާއާއިއެކު ހައިޒަލް އޯކާދެމިގަތްއިރު ބޮލުގައި ރިއްސައިގަތީ ކެތްނުވާވަރަށެވެ. ބޮލުގައި އަޅަން ފެށި ރިހުމާއިއެކު މޭމައްޗަށް ބާރުވެގެންދިޔައިރު ހައިޒަލްގެ ހޭވެރިކަން ނެތޭގޮތްވިއެވެ. އޭރު ލޯމައްޗަށް އަނދިރިވަމުން ދިޔަގޮތުން ހީވަނީ އޭނަގެ ލޮލުގެ ފެނުން ވަކިވާން އުޅޭހެންނެވެ. ވަށައިގެންވާ މާހައުލު އެނބުރިގަތްހެން ހީވިއިރު ހަބަރު ހުސްވެގެން އަރިއަޅާލި ހައިޒަލްގެ ހަށިގަނޑު ބާރު އަޑުފަށްގަނޑަކާއިއެކު ތަޅުން މައްޗަށް ޖެހުނެވެ.
*** *** *** *** *** ***
މަޑުމަޑުން ލޯހުޅުވިގެންދިޔައިރު ހައިޒަލްގެ ނަޒަރު ހުއްޓުނީ ހުދުކުލައިން ފަވާލެވިފައިވާ ސީލިންގްއަށެވެ. މަޑުމަޑުން ތިރިވަމުން އައި ނަޒަރު ކޮޓަރިތެރެއަށް ދަތުރުކޮށްލިއިރު ހުދުކުލައިން ފޭރާންލެވިފައިވާ އެނދާއި ކައިރީގައި ބަހައްޓާލެވިފައިވާ އައިވީ ސްޓޭންޑް ލޮލުގައި އަޅައިގަތްފައި އޭނައަށް އޮވެވުނު ތަން ދެނެގަންނާކަށް ހައިޒަލްއަކަށް އުނދަގުލެއްނުވިއެވެ.
“ކީއްވެ އަހަރެން މިތާ މިއޮތީ…” ހަށިގަނޑު ސީދާކޮށްލަމުން އެނދުގެ ހެޑްބޯރޑަށް ލެގިލަމުން ގާތުގައި ހުރި މިކްޔާލްއާއި ހައިޒަލް ސުވާލުކުރިއެވެ. އެވަގުތު ހައިޒަލްއަށް ބޮލުގައި ހިފަހައްޓާލެވުނީ ބޮލުގެ ރިހުން ގަދަވަމުންދިޔަ ގޮތުންނެވެ.
“ކޮންމެވެސް ތަނަކަށް ވަދެގަނެގެން މީހާގެ ހޭވެރިކަން ހުސްވާންވެއްޖެ… ނޭނގެ އެތަނުން ކޯއްޗަކާ އަވަލަވައިގެންކަމެއްވެސް އައިސް ތިއޮތީކީ…” ފުސްމޫނު ހަދައިގެން ހުރި މިކްޔާލް ވަގުތުން ކުދި ކިޔައިގަތެވެ.
“ހައި ކިހިނެތްތަ ހެދީ… ހަބަރެއް ނުވެގެން އެތަނަށް ވަތްއިރު ފެއިންޓްވެފައި އޮތްތަން ފެނުނީ… ޑޮކް ބުނީ ހޫނުވީމަ އަނބުރައިގަތީއޭ…” ރަފްހާން އެނދާއި ކައިރިވަމުން އޮޅުން ފިލުވައިދިނެވެ. ހައިޒަލްގެ އަތަށް ގުޅާފައިވާ އައިވީގެ ކެނިއުލަރ ނައްޓުވާލުމަށްފަހު އެނދުން ތެދުވިއެވެ. އެވަގުތު މިކްޔާލް ހައިޒަލްއަށް ހުރަސްއަޅަން އުޅުމާއިއެކު ހައިޒަލް މިކްޔާލްގެ މޭގައި އަތްއަޅާ ދުރުކޮށްލައިފިއެވެ. ކުރިއަށް ދެތިން ފިޔަވަޅެެއް އަޅާލިތަނާ ހައިޒަލްގެ ހަށިގަނޑު އަރިއަޅާލާގޮތްވީއިރު ފާރުގައި އަތްޖައްސާލިއެވެ.
“ހައި ހަމައަސްލަށްވެސް އޯކޭތަ… މަށަށް ފެންނަނީ ހޮސްޕިޓަލްގައި މަޑުކޮށްލަން…” ރަފްހާން ފަހަތުން ހައިޒަލްގެ ކޮނޑުގައި އަތްޖައްސާލިއެވެ.
“އަހަރެން ރަނގަޅޭ… އަދި ކޮމްޕެނީއަށްވެސް ދާންޖެހެއެއްނު.. ހިނގާދަމާ…” ހައިޒަލް ބޭނުންވީ ވީހާވެސް އަަވަހަކަށް އެތަނުން ނިކުންނާށެވެ. ނޭނގޭ ސަބަބަކާއިހެދި ހޮސްޕިޓަލްތަކަށް އައުމަށް ހައިޒަލް ފަސްޖެހެއެވެ. ހޮސްޕިޓަލް ފެނުމުން އޭނައަށް އުނދަގޫ އިހުސާސްތަކެއް ކުރެވެއެވެ. މިވީ ކުޑަވަގުތުކޮޅުވެސް އޭނަ ނޭވާ ހާސްވާގޮތްވެެއްޖެއެވެ.
“އޭނަ ބަހައްޓަބަލަ ރަފްހާން… ހަމަރަނގަޅަށްވެސް އެވަތްތަނަކުން އެއްޗެއް އަވަލަވާފައި އެހެރީ…” ރަފްހާންއަށް އެއްޗެކޭ ބުނުވުމުގެ ކުރިން މިކްޔާލް އެއްޗެހި ކިޔައިގަތެވެ. މިކްޔާލް އަމުނަމުން ދިޔަ ބަނދިވަރަށް ފަރުވާބެހެއްޓުމެއްނެތި ހައިޒަލް ރޫމްގެ ދޮރުހުޅުވާލައިފައި ބޭރަށް ހިނގައިގަތެވެ. ފަހަތުން ރަފްހާން އައިރު މިކްޔާލް ހުރީ މޫނު ހަދާލައިގެންނެވެ.
އެންޓެރެންސްއަށް ނިކުމެފައި ހައިޒަލްއަށް އަނގަޔަށް ގޮތެއް ހަދާލެވުނީ އޭނައަށް ކާރު ނުގެނެވޭކަން ހަނދާންވެފައެވެ. އެ މީހުންގެ އައި ވޭންގައި ޑްރައިވަރު ގޮސްފައިވުމުން ހިނގާފައި ދިޔުން ނޫން ގޮތެއް ހިތަށް އަރާފައި ހައިޒަލްގެ ބޮލުގައި ރިއްސާލިއެވެ. އޭނަ ބޭނުމީ ވީހާވެސް އަވަހަކަށް ކޮމްޕެނީއަށް ގޮސް އެކަނިވެލާށެވެ.
“އާދޭ މަ ކާރުގައި ޑްރޮޕްކޮށްލަދީފާނަން…” ހައިޒަލްއާއި އަރާހަމަވަމުން މިކްޔާލް ވާހަކަދެއްކިއެވެ. ކެބިންގެ ތެރޭގައި ހިނގި ނުތަނަވަސްކަމާއިއެކު މިކްޔާލް އޭނައާއި ގާތްކޮށް ވާހަކަދެއްކި ފުރަތަމަ ދުވަހެވެ. މިވޭތުވެގެންދިޔަ ދުވަސްތަކުގައި ކޮންމެހެން އެއްޗެކޭ ބުނަންޖެހިގެންނޫނީ މިކްޔާލް ހައިޒަލްއާއި ވާހަކަ ދައްކާފައެއްނުވެއެވެ.
“އޯކޭ… އެކަމް އަހަރެން ދުއްވާނީ…” ހައިޒަލް މިކްޔާލްގެ ޖަވާބަކަށް ބެލުމެއްނެތި މިކްޔާލްގެ އަތުން ތަޅުދަނޑި ނަގައިގެން ކާރާއި ދިމާލަށް ހިނގައިގަތެވެ. މާބޮޑަށް ކަމަަކަށް ހާސްވާނަމަ ކާރު ދުއްވުމަކީ ހައިޒަލްގެ އާދައެކެވެ. އޭރުން އޭނަގެ ފިކުރުތައް ހިނދުކޮޅަކަށް ނަމަވެސް އެއްފަރާތްކޮށްލަން މަޖުބޫރުވެއެވެ. އަދި މިދުވަސްކޮޅު ވަކީން އެއާދަ ގަދަވެފައިވާހެން ހީވެއެވެ.
“ރަފްހާން ނުދަންތަ؟” ރަފްހާން ހުއްޓިގެން ހުރުމުން މިކްޔާލް ސުވާލުކޮށްލިއެވެ.
“ތިމީހުން ދޭ… ނަގަން މީހަކު އެބައާދޭ…” ފޯނުން ކޮންމެވެސް މީހަކަށް މެސެޖް ފޮނުވާލަމުން ފޯނު ޖީބަށް ޖަހާލުމަށްފަހު ޖަވާބުދިނެވެ. އެއާއިއެކު މިކްޔާލް ކާރާއި ދިމާލަށް ހިނގައިގަތެވެ.
“މިކް ދުއްވާ….” ހައިޒަލް ބޮލުގައި އަތްއަޅާލައިގެން ހުރެފައި މިކްޔާލް އަރާހަމަވުމާއިއެކު މިކްޔާލްއާއި ދިމާލަށް ތަޅުދަނޑި އެއްލަމުން ކާރަށް އަރާ ދޮރުޖަހައިލައިފިއެވެ. މިކްޔާލް އަނެއް ފަރާތުން ކާރަށް އެރިއިރު ހައިޒަލް އޮތީ ސީޓްއަށް ހަށިގަނޑު ދޫކޮށްލައިގެން ލޯމަރާލައިގެންނެވެ. އެ މޫނުމަތީގައިވާ ކުލަވަރުން ވޭނެއްގައި އުޅެނީހެން ހީވެއެވެ.
“ވިންޓަރ ބްރީޒްއަށް ދާނީ…” ހައިޒަލް އެއޮތްގޮތަށް އޮވެ މިކްޔާލްއަށް އިވޭވަރަށް ބުނެލިއެވެ. އޭރުގެ ބޮލުގެ ރިހުން ގަދަވަމުންދިޔަގޮތުން ކެތްނުވެގެން ހައިޒަލް އޮތީ ދަތްތަކަށް ބާރުކޮށްލައިގެންނެވެ. މެޔާއި ދިމާލުންވެސް ރިހުމެއް އުފެދެމުންދިޔައިރު ހީވަނީ މޭކަށިތައް ފިތެމުންދާހެންނެވެ.
މިކްޔާލް ހައިޒަލްއާއި ދިމާލަށް ބަލާލުމަށްފަހުވެސް އެއްޗެކޭ ބުނުމެއްނެތި ކާރު ދުއްވާލައިފިއެވެ.
*** *** *** *** *** ***
ޝަލީން ޑިއުޓީ ނިންމާލައިފައި ނިކުތްއިރު އުނޑުމަތި ބައްދާލަމުންދިޔަ ފުސް ވިލާތަކުން ދެންމެ ދެންމެ ވާރޭ ވެހިގެންފައިވާނެހެން ހީވިއެވެ. އިރުނުއޮއްސުނަސް ދުނިޔެމައްޗަށް ވެރިވެފައިވާ އަނދިރިކަމުން ދުވާލު ރޭގަނޑަށް ބަދަލުވެފައިވެއެވެ. ޝަލީން ހައިޒަލްގެ ފޯނަށް ގުޅަމުން އައިސްފައި ވިލާތައް ބޯވަމުންދިޔަ އުޑަށް ނަޒަރެއް ހިންގާލިއެވެ. އެތައްފަހަރަކު ގުޅުމުންވެސް ހައިޒަލް ފޯނު ނުނެގުމުން ޝަލީން ކުޑައެއް ނަގައިގެން ހިނގައިގަތީ ވާރޭ ވެހެން ފެށުމުގެ ކުރިން ވިންޓަރބްރީޒްއަށް ދެވޭތޯއެވެ. ބޯމަތީ ކުޑަ އަޅައިލައިގެން މަގުހުރަސްކުރަން އައިރު ޖެހެމުންދިޔަ ބާރުވަޔާއިއެކު ކުޑަވެސް އުދުއްސާލަފާނެހެން ހީވެއެވެ. އޭރު މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުންގެ ހަރަކާތްތައްވެސް އަވަސްވެފައިވެއެވެ.
ހިމަފޮދުވާރޭގެ ތިކިތައް ބިމަ އަމާޒުވެގެންދިޔަވަގުތު ޝަލީން ބާރު ހިނގުމެއްގައި އައިސް ހަނި ގޯޅިއަކާއި އަރާހަމަވީއެވެ. އެ ވަގުތު ގޯޅިން ނިކުތް ޒުވާނަކު ލަތްކެއް ޖަހާ ޝަލީން އޭނަގެ ގަޔާއި ދިމާލަށް ދަަމައިގަތީއެވެ. ޝަލީންގެ ހަށިގަނޑު އަރިއަޅާލާގޮތްވީއިރު ހަށިގަނޑު ސީދާކޮށްލަމުން ފަސްއެނބުރިބަލާލިއެވެ. އެއާއިއެކު ދެލޯބޮޑުކޮށްލެވިގެންދިޔައިރު ގަދަކަމުން އޭނާގެ އަތް މިނިވަންކުރެވޭތޯ މަސައްކަތްކުރިއެވެ. އޭރު މަގުން ލާފައި ދިޔަ މީހުންގެ ނަަޒަރު އޭނާއަށް ހުއްޓެމުންދިޔައިރު ޝަލީން ހާސްވާގޮތްވިއެވެ. މަޔާންއާއި ދިމާލަށް ބަލާލެވުނީ އާދޭހުގެ ނަޒަރަކުންނެވެ.
“ޔާން ޕްލީޒް ދޫކޮށްބަލަ މީހުން އެބަ ބަލައޭ…” މަޔާންގެ އަތުތެރޭގައި އޮތް ޝަލީންގެ އަތް މިނިވަންކުރަން މަސައްކަތްކުރަމުން ޝަލީން އާދޭހުގެ ގޮތަކަށް އެދުނެވެ.
“އަހަރެން އަތްލީމަ ހާދަ ވަރެކޭ ދޯ ތިވަނީ… ހައިޒަލް އެކަނިތަ އަތް ޖައްސާލައިގެންވަނީ…” މަޔާންގެ ދަތްތަކަށް ބާރުކޮށްލައިގެން ހުރިއިރު އެދެލޮލުން ފެނިލީ ގޮތްދޫނުކުރުމުގެ އިންތިހާއެވެ. ޝަލީން އެވަރަށް މަޔާންގެ އިނގިލިތަކުގައި ހިފަމުންދިޔައިރުވެސް އެންމެ ކުޑަމިނުން އިނގިއްޔެއްވެސް ހަރަކާތްކޮށްލީކީ ނޫނެވެ.
“ޔާން ޕްލީޒް…” ޝަލީންގެ ލޮލަށް ކަރުނަތައް ގިނަވިއިރު އެ ކަރުނަތަކުން މަޔާންގެ ހިތް މަޑުވެގެންދާނޭކަމަށް އުއްމީދުކުރިއެވެ.
“ކަރުނަ އޮހޮރުވައިގެން އަހަރެންގެ ސިމްޕަތީ ހޯދަން އުޅޭނޭކަމެއް ނެތް… ހިތެއް އޮތްނަމައެއްނު އަސަރުކުރާނީ…. ބިޓްރެޔަރ…” މަޔާންގެ ހިތަށް ޝަލީންގެ ކަރުނަތަކުން އަސަރުކުރިނަމަވެސް އެކަން ދެއްކުމެއްނެތި ޝަލީންއާއި ދިމާލަށް ބުނެލި ބަހުން ޝަލީންގެ ހިތްވެސް ފިސްވީހެން ހީވިއެވެ. ޤަބޫލުކުރަން ދަތި ނަޒަރަކުން މަޔާންއާއި ދިމާލަށް ބަލާލިއިރު އެލޮލަށް ގިނަވަމުން އައި ކަރުނަތަކަށް ހުއްޓުމެއް އައިސްފައިވެއެވެ.
“ވެދިޔަ ހުރިހާކަމެއް ނޭނގިހުރެ ތިހެން ބުނުމުގެ ކޮންހައްޤެއް ޔާންއަށް އޮތީ… ކީއްވެ ޔާން ތިހާ ބަދަލުވީ… ތީ އަހަރެން ލޯބިވި ޔާންއެއް ނޫން…” ޝަލީންއަށް ދެފަރާތަކަށް ބޯހޫރާލެވުނުއިރު ލޮލުން ކަރުނަަތައް ފައިބައިގަތެވެ.
“އަހަރެންތަ ބަދަލުވީ…” މަޔާންގެ މޫނު ފިއްސާލި ރުޅިވެރި ކުލަވަރާއިއެކު ޝަލީންގެ އަތުގައި ހިފާ އޭނަގެ ގަޔާއި ދިމާލަށް ދަމައިގަތެވެ. އޭރު ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފައިވާއިރު ފެންނަ ހިސާބުގައި މީހަކު ނެތްކަމަކީ ނަސީބެކޭ ޝަލީންގެ ހިތަށް އެރިއެވެ.
“އަހަރެން ހާދަ އިންތިޒާރުކުރީމޭ… ޔާން އާދޭތޯ އަބަދާއި އަބަދު… އަހަރެން ހިތާމަކޮށް ރުއިވަރެއް މީހަކަށް ނޭނގެ…” ޝަލީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ވާރޭ ތިކިތަކާއިއެކު ދޮވެވެމުންދިޔައިރު ވާރޭގެ ތެރެއަށް އޮބެމުންދިޔަ އެއަޑުގައިވީ ވޭން ވަންހަނާއެއްނުވިއެވެ.
“އެހެންތަ… އިންތިޒާރުކުރިވަރުންތަ އަހަރެން ނެތް ދަނޑިވަޅު ބަލާފައި މީހަކާއި އިނީ… ޔަގީނުންވިއްޔާ ހައިޒަލްއަށްވެސް ހުރިހާކަމެއް ސިއްރުކުރާނެ… ބުނެބަލަ އޭނައަށް އިނގޭތަ ތިއީ މަގޭ އަނތްބެއްކަން…” މަޔާންގެ ލޮލުން ފާޅުވިއިރު ރުޅިވެރިކަމުގެ ވިދުވަރާއިއެކު ޝަލީންގެ ހަށިގަނޑު ހަރަކާތްކުރަން ނުކުޅެދުނުއިރު ދެފަރާތަކަށް ބޯހޫރާލިއެވެ.
“އަހަންނަކަށް ނުވެސް އިނގޭ ތީ މިހާރު ކާކުގެ އަނތްބެއްކަމެއްވެސް… ހައިޒަލްގެކަމެއް އަހަރެންގެ ކަމެއް… ފިރިއަކަށް ގައިމުވެސް ކުރިންވީ އަހަރެން… އަހަރެންނަށް އެބައޮތް ޝަލީންއަކީ އަހަރެންގެ އަނތްބެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެވެންވެސް… އެކަމު އަހަރެން ނޫޅެން އެކަންކޮށްގެން ޝަލީން ހިތްހަމަަޖައްސައިދޭކަށް… އެކަމު ވަރިއެއްވެސް ނުކުރާނަން… އަހަރެން އެކަންޏެއް ނޫނެއްނު ގިލްޓީވެފައި ހުންނަން ޖެހޭނީ…” މަޔާންގެ ކޮންމެ ޖުމްލައެެއް ހަންޖަރެއްފަދައިން ޝަލީންގެ ހިތް ކަފާކުދިކުރަމުންދިޔައިރު އެ ލަފްޒުތައް އޭނަގެ ކަންފަތުގެ އިވުން ގެންދެވިނަމައޭ ހިތަށް އެރިއެވެ. މަޔާން މިހާ އަނިޔާވެރި ލޯބިވެރިއަކަށްވީ ކޮންއިރަކު ހެއްޔެވެ؟ ލޯބި ނަފްރަތަށް ބަދަލުވުމުން ކިތަންމެ ލޯބިވާމީހަކުވެސް ބަދަލުވިނަމަވެސް މަޔާން މިފަދަ ދަރަޖައަކަށް ގޮސްފާނެކަމަށް ޝަލީން ހިޔެއްނުކުރެެެއެވެ. އޭނަ މަޔާންއަށް ވީ ވައުދު މަޔާންގެ ހިތުން ފުހެވިގެންދިޔައީ ކީއްވެހެއްޔެވެ؟ މަޔާން އޭނަދެކެވީ މަތިވެރި ލޯތްބަކީ އެއީހެއްޔެވެ؟ ދިފާއުގައި އޭނައަށް ވާހަކަދައްކާނެ ފުރުސަތުވެސް ނުދީ މަޔާން ގޮތް ނިންމައިފިއެވެ.
މަޔާންގެ ވިހަ ޖުމްލަަތައް އަހަން ކެތްނުވެެގެން ޝަލީން ދުރަށް ހިނގައިގަތެވެ. އޭރު އެލޮލުން އޮހެމުންދިޔަ ކަރުނަތައް ވާރެއާ އެކުވަމުންދިޔަނަމަވެސް ރޯކަން އިނގެނީ ދެތުންފަތް ދޭތެރެއިން ބޭރުވަމުންދިޔަ މަޑު ގިސްލުމުގެ އަޑުންނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްނުކުރެވޭފަދަ ހާލެއްގައި ހުރިއިރުވެސް ދޭތެރެއަކުން ނޭފަތް ދަމާލަނީ އެ ކަރުނަތައް ހުއްޓުވަން ބޭނުންވެފައި ހުރިވަރުންނެވެ. ކަރުނައިގެ އަގުވަޒަންނުކުރާ ފަރާތެއްގެ ކުރިމަތީ ކަރުނަ އޮހޮރުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
މަޔާންއަށް އިރުކޮޅެއްވަންދެން ޝަލީން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހަރަކާތެއްނެތިފައިހުރެވުނެވެ. އޭނާ އަމިއްލަައަށްވެސް ޝަލީންއާއި ދިމާލަށް އިހާނެތި ބަސްތަކެއް ބުނެވުނުކަމަށް ގަބޫލުކުރެވުނު ހިތަށް އުނދަގޫވިއެވެ. ނަމަވެސް ޝައިތާނީ ރުޅިވެރިކަން ސިކުނޑިއަށް ވެރިވެގަތްގޮތަށް ސިކުންތުކޮޅެއްގެ ތެރޭ އެ އިހުސާސްތައް ހިތުން ނެރެ އެއްލާލައިފިއެވެ.
*** *** *** *** *** ***
މެންދުރުވާން އުޅެނިކޮށް ނައިނާ ކޮމްޕެނީގައި ހުރެފައި ގެއަށް އައީ ހައިރާ ބަލިކޮށް އުޅޭތީއެވެ. ގެއަށް އައި ގޮތަށް އެޕާރޓްމެންޓްއަށް ނުވެ ނައިނާ ވަދެލީ ހައިރާ އުޅޭ ބަޔަށެވެ. ކޮޓަރި ހުހަށް އޮތްއިރު ހައިރާ ފާހަނައިގައި އުޅޭ އަޑުއިވިފައި ނައިނާ ހައިރާ ނިކުންނަންދެން އެނދުމަތީ އިށީދެލިއެވެ. އެވަގުތު ކަރުދާސްގަނޑެއް ބޮޑިވި އަޑު އިވިފައި ނައިނާ ކުޑަކޮށް ތެދުވެލަމުން ކަރުދާސްގަނޑު ނެގިއެވެ. އެއީ ފަތްޖަހާލައިފައިވާ ނޫސް ކަރުދާސްގަނޑެވެ. ހައިރާވެސް ނުނިކުމެ ލަސްވާތީއާއިއެކު ނައިނާ އެ ކަރުދާސްގަނޑު ނިއުޅުވާލިއެވެ.
“އަރަމުން އަންނަ ޒުވާން ވިޔަފާރިވެރިޔާ އަދި ބްލޫސްގެ ވެރިޔާ އަލްހާން ސުލްތާންގެ ދަރިފުޅު މުހައްމަދު ހައިޒަލް އަލްހާން، އެސް އައި ލޯފާރމްގެ ވެރިޔާ އަޙްމަދު އިޝާރުގެ ދަރިފުޅު އައިމިނަތު ޝަލީން އިޝާރުއާއި ކައިވެނިކޮށްފި….” ނޫހުގެ ފުރަތަމަ ސަފްހާގައި ބޮޑު އަކުރުން ލިޔެފައިވާ ސުރުހީ ނައިނާ ކިޔާލިއެވެ. ހިނދުކޮޅަކަށްނަމަވެސް ސުރުހީގެ ދަށުގައި ޖަހާފައިވާ ފޮޓޯގަނޑަށް ބަލަހައްޓައިގެން ނައިނާއަށް އިނދެވުނެވެ. އެއީ ޕާޓީތެރޭން ޝަލީން ހައިޒަލް ލައިގެން ހުރި ކޯޓް ރީތިކޮށްލަން ގާތްވެލިވަގުތު ކެމެރާމަނަކު ނަގާފައިވާ ފޮޓޯއެކެވެ. ހައިޒަލްގެ ކޯޓުގައި ހިފަހައްޓާލައިގެން ޝަލީން އިސްޖަހާލައިގެން ހުރިއިރު ހައިޒަލްގެ ނަޒަރު ސީދާވެފައިހުރީ ޝަލީންއަށެވެ. ހައިޒަލްގެ މޫނުމަތީގައިވަނީ ތަރުޖަމާކުރަންދަތި ކުލަވަރެކެެވެ. ނައިނާގެ މޫނުން ފެނިލި ހިތްދަތި އަސަރުތަކާއިއެކު ނޫސްކަރުދާސް ފަތްޖަހާލަމުން ދުރުގައި ބާއްވާލިއެވެ.
ޝަލީން ހައިޒަލްގެ އަންހެނުންނަށްވުމަކީ އަދިވެސް އޭނަގެ ހިތަށް އުނދަގޫކުރާ ހަގީގަތެކެވެ. ހައިޒަލް ޝަލީންނޫން އެހެން ފަރާތަކާއި ކައިވެނިކުރިނަމަވެސް އޭނާގެ ހިތަށް ތަންކޮޅެއް ފަސޭހަވީސް ކަންނޭނގެއެވެ. ޝަލީންގެ ހައްޤެއްކަން އިނގިހުރެވެސް އޭނައަށް ހައިޒަލްދެކެ އަދިވެސް ލޯބިވެވޭތީ އަމިއްލަ ނަފްސު ކުށްވެރިނުކުރާ އެންމެ ދުވަހެއްވެސް އޭނަގެ ހަޔާތުން ފާއިތުވެގެނެއް ނުދެއެވެ. ނަމަވެސް އުމުރުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި ހިތާއި ދުރުކޮށްލުމަކީ ނައިނާ ހީކުރިވަރަށްވުރެ ދަތި އަދި ވޭންދެނިވި ކަމެކެވެ.
ނައިނާ ވިސްނުމެއްގައި އިންދާ ބާލީސް ދަށުގައި އޮތް މޮނީޓަރު ފޮތް ލޮލުގައި އަޅައިގަނެފައި އެދިމާލަށް އަތް ގެންދެވުނީ އެފޮތުގެ ތެރޭ ހައިރާ ރައްކާކޮށްގެން ގެންގުޅޭ އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ހިތުގައި އޮތްވަރުންނެވެ. މަޑުމަޑުން ފޮތް ނަގާ އުނގުމަތީ ބާއްވާލުމަށްފަހު ގަނޑުތައް އުކަންފެށިއެވެ. ކޮންމެ ގަނޑެއްގައިވެސްވަނީ ތުއްތު ފިރިހެންކުއްޖެއްގެ ކަޅާއި ހުދުގެ ތަސްވީރުތަކެވެ. އެކި އުމުރުތަކުގައި ނެގިފައިވާ ފޮޓޯތަކެވެ. އެހާ ތުއްތުއިރުވެސް އެ ކުއްޖާއަށް ލިބިފައިވަނީ ނާދިރު ރީތިކަމެކެވެ. ކޮންމެ ފޮޓޯއެއްގައި މޫނަށް ހަދާލައިގެން ހުންނަގޮތުން ހިތްތައް ފިދާވާވަރުވެއެވެ.
ފާހަނައިގެ ތަންޑު ނެއްޓުނު އަޑަށް ނައިނާއަށް އެދިމާލަށް ބަލާލެވުނީ ތެޅިގަނެފައެވެ. އޭރު ހައިރާ ފާހަނަަައިން ނިކުތްއިރު ނައިނާއާއި ނަޒަރު ދިމާވިއިރު ނައިނާގެ އަތުގައި އެފޮތް އޮތްތަން ފެނިފައި ހައިރާއަށްވީގޮތެއްވެސް ނޭނގުނެވެ. އޭނަގެ ބޮޑު ސިއްރު ނައިނާގެ ކުރިމަތީ ފާޅުވެގެންދިޔަކަމުގެ ޝައްކާއިއެކު ދުވެފައިކަަހަލަގޮތަކަށް އައިސް އެފޮތް ނައިނާގެ އަތުން ޖަހައިގަތެވެ. އެއާއިއެކު އަވަަަަސް ހަރަކާތަކާއިއެކު ފޮތް ކަބަޑްގެ ތެރެއަށްލާ ފޮރުވިއެވެ.
“ކޮން އިރަކު ދަރިފުޅު އައީ…” ހައިރާ ހަމަޖެހެން މަސައްކަތްކުރިޔަސް އަޑުގައިވީ ތުރުތުރުލުން ނައިނާއަށް ފާހަގަކުރެވުނެވެ.
“އިރުކޮޅެއްވެއްޖެ… ދައްތަ ހޮސްޕިޓަލްއަށް ދާން ތައްޔާރުވެލަންވީނު… ބޭރުގައި މަޑުކޮށްލާނަން…” ހައިރާއާއި ހަތަރުކަޅިހަމަކޮށްލާނެ ހިތްވަރު ނައިނާއަށް ނުލިބުނުއިރު ބުނެލަމުން ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ. އެއާއިއެކު މިހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ހައިރާއަށް ބޭރުކޮށްލެވުނެވެ. އޭނަގެ ހަގީގަތާއި ސިއްރުތައް އެހެން މީހަކަށް އިނގުމަކީ ހައިރާގެ ފުރާނަ ހުރެގެންވާން ބޭނުންވާ ކަމެއްނޫނެވެ. އެ ހުރިހާ ވާހަކަތަކެއް އޭނަ ހިއްސާކުރި ފަހު ފަރާތަކީ ނައިނާގެ މަންމަ އާނިޔާއެވެ. އާނިޔާގެ އެންމެ ފަހުވަގުތާއި ޖެހެންދެން ދެވަނަ ކަންފަތަކާއި ހަމަޔަށް އެ ވާހަކަަތައް ނުފޯރުވާ ހައިރާގެ ސިއްރު ރައްކާތެރިކޮށްދިނެވެ.
މީގެ ތޭވީސް އަހަރުކުރިން ހިނގި ހާދިސާއަށްފަހު އޭނަ އަލުން ދުނިޔެއަށް އުފަންވީފަދައެވެ. ދުނިޔޭގެ ލޯމައްޗަށް އޭނަ މަރުވީއިރު އޭނަ އެހެން މީހެއްގެ ގޮތުގައި އުފަންވީއެވެ.
ނައިނާ ހައިރާގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު އެތައް ފިކުރުތަކާއި ހިޔާލުތަކެއް ސިކުނޑީގެ ތެރޭގައި ރޭސްޖެހިއެވެ. ހައިރާއާއިމެދު ހިތުގައި އެތައް ޝައްކުތަކެއް ހިނގާލިއެވެ. ހައިރާ އެވަރަކުން ފިރިހެންކުއްޖެއްގެ ފޮޓޯތަކެއް ރައްކާކޮށްގެން ގެންގުޅެނީ ކީއްވެހެއްޔެވެ؟ ނައިނާގެ ހިތަށް ނަގައިގަނެވުނު ހަގީގަތަކާއިއެކު ސިހިފައި ކަހަލަގޮތަކަށް އަނގަމަތީ އަތްއެޅުނެވެ. ދައްތަގެ ފިރިހެންދަރިއަކު ހުންނަނީ ހެއްޔެވެ؟ އެއީ އެ ދަރިފުޅުގެ ފޮޓޯތައް ހެއްޔެވެ؟ އެކަމަކު މިވީހާ ދުވަހުވެސް ދައްތައާއި ބައްދަލުކުރަން އެ ދަރިފުޅު އަންނަތަނެއް ނޫނީ ދައްތަ އެދަރިފުޅާއި ބައްދަލުކުރަން ދާތަނެއް އޭނައެއް ނުދެކެއެވެ. ދައްތަގެ ފިރިމީހާއާއި ދަރިފުޅު ކޮބައިބާވައެވެ؟ ދައްތަ އެހާ އެކަނިވެރިކޮށް އުޅުމުގެ ސިއްރަކީ ކޮބައިބާވައެވެ؟
*** *** *** *** *** ***
ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ހޮސްޕިޓަލްކަމުގައިވާ ކީ ޓޮޕްގެ ލޮބީތެރެ މިވަގުތު ބައިބޯވެފައިވަނީ ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުންތަކުންނެވެ. ނަންބަރު ނެގުމަށްޓަކައި ކިޔޫ ހަދާލައިގެން ގޮނޑިތަކުގައި އިށީދެލައިގެން ތިބި މީހުންގެ އަަދަދު ގިނަކަމުން މިއިން އިރަކު އެތަނުން ސަލާމަތްވެދާނެހެނެއް ހިޔެއްނުވެއެވެ.
ގޮނޑިބަރިތަކުން ގޮނޑިއެއްގައި ހައިރާ ބެއިންދުމަށްފަހު ނައިނާ މެމޯކޮޅު ހައްދަންވެގެން ރިސެޕްޝަންއާއި ކައިރިވިއެވެ. ޑިއުޓީގައި ތިބި އާންމު ބަލިތަކުގެ ޑޮކްޓަރުންތަކުގެ ތެރެއިން ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމެންޓް ހަމަޖައްސަން އުޅުމުން އެކަން ފަސޭހަކަމަށްނުވިއެވެ. ހައިރާ ކީޓޮޮޮޕްއަށް ދައްކާ ފުރަތަމަ ފަހަރަށްވެފައި އަދި އައިޑީ ކާރޑްއެއް ނެތުމުން އެޕޮއިންޓްމެންޓް ހަމަޖައްސައިދެވެން ނެތްކަމަށް ތަކުރާރުކޮށް ރިސެޕްޝަންގައި އިން ކުއްޖާ ބުނަންފެށުމުން ނައިނާ ރުޅިގަދަވާގޮތްވިއެވެ. ކީޓޮޕްއަށްއަކީ ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ތަނެއްކަން އިނގޭ ނަމަވެސް ނައިނާ އެވަރަކުން މިތަނަށް އައީ ރަނގަޅުު ޑޮކްޓަރަކަށް ހައިރާ ދައްކަން ބޭނުންވާތީއެވެ.
އެންމެފަހުން ބަލިގަބޫލުކުރަމުން ނައިނާ ކައުންޓަރު ކައިރިން ދުރުވެލިއިރު ޝަލީން އައިސް ކައުންޓަރާއި އަރާހަމަވީއެވެ. ދެޒުވާނުންގެ ދެމެދު ބަދަލުކުރެވެނު ހިނިތުންވުމާއިއެކު ޝަލީން ނައިނާއަށް ގޮވާލަމުން ހިނިތުންވެލިއެވެ. ގުރާފެހިކުލައިގެ ލޭސް ޓޮޮޕްކޮޅުގެ މަތިން ޝަލީން ޑޮކްޓަރުންގެ ކޯޓް މަހާލައިގެން ހުރިއިރު ކިތަންމެހާވެސް ރީއްޗެވެ.
“ނައި ޑޮކްއަށް ދައްކަންތަ؟” ޝަލީން ރިސެޕްޝަންގައި އިން ކުއްޖާއަށް ކޮންމެވެސް ފައިލްއެއް ހޯދަން ހަވާލުކޮށްލުމަށްފަހު ނައިނާއާއި ވާހަކަދެއްކިއެވެ.
“ނޫނޭ… ދައްތަ ދައްކާލަންވެގެން…” ގޮނޑިބަރީގައި އިން ހައިރާއަށް ނައިނާ އިޝާރާތްކޮށްލިއެވެ.
“ދެއްކޭކަހަލަގޮތެއްވެއްޖެތަ؟ މިއަދު ވަރަށް ކްރައުޑެޑްކޮށް މިއުޅެނީވެސް….” ގޮނޑިތަކުގައި ތިބި މީހުންނަށް ނަޒަރެއްދެމުން ޝަލީން ވާހަކަދެއްކިއެވެ.
“ނޫނޭ… ދައްތަގެ އައިޑީ ކާރޑް ނެތީމަ ނުވި…” ނައިނާގެ ނަޒަރު ހުއްޓިފައި ހުރީ ހައިރާއަށެވެ. ހައިރާ ދެއަތް ދެއަތާއި މޮޑެލަ މޮޑެލައި އިންގޮތުން މީހުންގެ ތެރޭ އިންނަންވުުމުން އުނދަގޫވަނީ ހީވެއެވެ. ޝަލީން ރިސެޕްޝަންއިން ފައިލް ނަގައިގެން ހިނގައިގަތްނަމުން އޭނަގެ ފަހަތުން އައުމަށް ނައިނާއަށް އިޝާރާތްކޮށްލިއެވެ.
“ރެގިއުލަރ ނޫން ޕޭންޝިއެންޓްސްއަށް މިތަނަށް ދައްކަން ވަރަށް އުނދަގޫވާނެ… މާ ވިއައިޕީ ތަނެއްނު މިއީ… ނައި ބޭނުމިއްޔާ ގޮތެއް ހަދައިދީފާނަން… ކެޝުއަލްޓީ އަށް ދައްކާލަންވީނު ޑޮކްޓަރ ޒަވިއަން ކްލޯސްވީމަ ފަސޭހައިން ގޮތެއް ހަަދާލެވިދާނެ…”ނައިނާ ގޮވައިގެން ދުރަށް ޖެހިލައިފައި ޝަލީން ވާހަކަދެއްކިއެވެ.
“އޯކޭ ހަމަ… އެކަމް ސިސް ޑިއުޓީގައެއްނޫންތަ… އުނދަގުލެއް ނުވާނެތަ؟” ނައިނާ އަހާލިއެވެ.
“ބްރޭކްއަށް ނިކުމެ މިއުޅެނީ… އެކެއް ޖަހަންދެން ފްރީވާނެ… ދޭ ދައްތަ ގޮވައިގެން އަންނަން…” ޝަލީން ހިނިތުންވެލައިގެން ހުރެ ހައިރާ ދައްކާލަމުން ބުނެލިއެވެ.
އިރުކޮޅެއް ފަހުން ނައިނާ ހައިރާ ގޮނޑިން ނަގައިގެން ގޮވައިގެން އައިރު ޝަލީން ފައިލް ބަލަންހުރެފައި ހައިރާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ސިސް މީ ދައްތައަކީ… ކުރިން ބުނީމެއްނު… ދައްތާ މިއީ ޝަލީން… ސިސްއެއްގެ ވާހަކަ ދައްކަމެއްނު… ނައިނާ މަސައްކަތްކުރާ ކޮމްޕެނީގެ ސީއީއޯ ހައިޒަލްގެ ވައިފް…” ނައިނާ ޝަލީންއާއި ހައިރާއަށް އެކަކު އަނެކަކު ތައާރަފުކޮށްދިނެވެ. އެންމެ ފަހު ޖުމްލަތައް ބުނެލަން ކިތަންމެ ހިތްވަރެއް ބޭނުންވިޔަސް ނައިނާ އެއްވެސް އަސަރެއްދައްކައެއްނުލައެވެ.
“ތިހާ ވަރަށް ނުކިޔައިދިނަސް ޝަލީންއޭ ބުނީމަ އޯކޭވާނެއޭ… ދައްތަ ކިހިނެތްތަ؟” ޝަލީންގެ މޫނުމައްޗަށް ހިނދުކޮޅަކަށް ވެރިވި ކުލަވަރު ފޮރުވާލަމުން ހިނިތުންވެލަމުން ހައިރާއަށް ސަލާމަށް އަތް ދިއްކޮށްލައިފިއެވެ. އެވަގުތު ހައިރާކޮށްލި ކަމަކުން ޝަލީންއާއި އެއްވަރަށް ނައިނާއަށްވެސް ހައިރާންކަމެއް ލިބުނެވެ. ހައިރާގެ އަތްތިލަ ޝަލީންގެ މޫނުގެ އެއްފަޅީގައި ޖައްސާލިއިރު އެލޮލުން ހިމަ ކަރުނަތިއްކެއް ނީރާލިއެވެ. އިރުކޮޅެއްވާންދެން ޝަލީންގެ މޫނުގައި އަތްޖައްސާލައިގެން އެ ދެލޮލަށް ބަލަހައްޓައިގެން ހައިރާ ހުރިއިރު ޝަލީންވެސް ހުރީ ދެކޮޅުހެދުމެއްނެތި ހައިރާއަށް ފުރުސަތުދީގެންނެވެ.
އެވަގުތު އެންޓްރެންސްއާއި ދިމާ ހަލަބޮލިވެގެންދިޔައިރު ނައިނާއާއި ޝަލީން އަދި ހައިރާވެސް އެދިމާލަށް ބަލާލިއެވެ. އޭރު ބޮޑީގާރޑުންނާއިއެކު އަލްހާން އެންޓެރެންްސްއިން ވަދެވަޑައިގަތީއެވެ. ހައިޒަލްގެ ހުރީ އަލްހާންގެ އެއްފަރާތެއްގައެވެ. އަލްހާންގެ މޫނަށް ނަޒަރު ހުއްޓާލެވުނުއިރު ހައިރާ ވަގުުތުން ފިނިވެގެންދިޔައިރު ވަގުތުން ދޮރާއި ފަސްދިނެވެ. އޭރު އޭނަ ބޭޒާރުވެދާނެކަމުގެ ބިރުވެރިކަން ހިތުގައި ހިނގާލައިފިއެވެ. އެކަކަށް އޭނަ ފާހަގަކުރަން ނޭނގުނަސް އޭނަގެ މޫނު ފެނުމާއިއެކު އަލްހާން ހުރިހާކަމެއް ދެނެގަންނާނެއެވެ.
އަލްހާން އެހިސާބަށް އަރާހަމަވުމާއިއެކު ޝަލީންއާއި ނައިނާގެ އިހުތިރާމް އަދާކުރުމުގެ ގޮތުން ހިނިތުންވެލިއެވެ. ހިނދުކޮޅަކަށް ހައިޒަލްއާއި ނައިނާގެ ނަޒަރު ބައްދަލުވީއިރު ނައިނާ ވަގުތުން ދުރުބަލާލިއެވެ. ހައިޒަލްގެ މޫނުމަތިން ފެނުނީ ކަމަކާއި އުނދަގޫވެފައިހުރިކަމުގެ އަސަރުތަކެވެ. އަލްހާންގެ ސަމާލުކަން އަތުލީ ފަހަތަށް އެނބުރިގެން ހުރި އަންހެންމީހާއެވެ. ދަންނަމީހެއްހެން ހީވެލައްވާތީ އިރުކޮޅެއްވަންދެން ބަލަހައްޓައިގެން ހުންނަވާފައި މާބޮޑު ފަރުވާލެއްނެތި ދުރަށް ވަޑައިގަތްފިއެވެ. އެއާއިއެކު ހައިރާ ފަސްއެނބުރި އަލްހާން ދިޔަދިމާލަށް ބަލާލިއެވެ.
ލިފްޓް އައުމާއިއެކު ތިން މީހުން ލިފްޓަށް އެރިއިރުވެސް ހައިރާހުރީ އާދަޔާހިލާފަށް ހިމޭންވެފައެވެ. އެ ސިކުނޑި ގަޑުބަޑުކުރަމުންދިޔައީ ކޮން ހިޔާލަކުންކަމެއް ނޭނގެއެވެ. ލިފްޓްގެ ދޮރު ލެއްޕުމާއިއެކު ލިޕްޓުގެ ދޮރު ހުޅުވިގެންދިޔައިރު ލިފްޓުގެ ކުރިމަތީ މަޑުކޮށްލައިގެން ހުރި މަޔާންއަށް ޝަލީންގެ ނަޒަރު ހުއްޓުނެވެ. އެއާއިއެކު މަޔާންގެ ލޮލުން ސިކުންތުކޮޅެއްގެ ތެރޭގައި ފާޅުވެގެންދިޔަ ރުޅިވެރި އަސަރާއިއެކު ވަގުތުން އަނެއް ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. ޝަލީން ކިތަންމެ ކެތްތެރިވެލައިގެން ހުއްޓަސް ލޮލަށް ކަރުނަތައް ބޮޑިވާގޮތްވިއެވެ. މަޔާން މިވަގުތު އިންވެސްޓިގޭޓްކުރަމުންދަނީ ހޮސްޕިޓަލްގެ ވެރިމީހާއާއި ބެހޭ މައްސަލައަކަށްވާތީ ގިނަވަގުތު އުޅެނީ ކީ ޓޮޕްގައެވެ. ޝަލީންއަށް މަޔާން ފެންނަ ވަގުތައް މިދުވަސްކޮޅު ގިނަވެފައިވާއިރު މަޔާން ފެންނަ ކޮންމެ ފަހަރަކު އެހިތަށް ވޭނެއްލިބެއެވެ. މަޔާންގެ ރުޅިވެރި ބެލުންތަކާއި ކަޅިއެޅުންތަކުން ޝަލީންގެ ހިތް ވިރުވާލައެވެ. މިފަހަރުވެސް މަޔާން އެދިޔައީ ބަހެއްބުނުމަކާއި ނުލާ މަޔާންގެ ހިތުގައި ޝަލީންގެ މައްޗަށް ރޯވަމުންދާ އަލިފާންގަނޑުގެ ހޫނުކަން އަންގައިދީފައެވެ.
ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކު ޝަލީން ވެއިޓިން އޭރިއާ ހުރަސްކޮށް ގޮސް އެންމެ ފުރަތަމައަށް ހުރި ރޫމްގެ ދޮރުގައި ޓަކިދިނެވެ. އެތެެރެއިން ޒުވާނަކު ވަންނާށޭ ބުނެލި އަޑުއިވުމާއިއެކު ޝަލީން ދޮރުހުޅުވާލަމުން ރޫމްތެރެއަށް ބޯދިއްކޮށްލިއެވެ.
“ޒާވް… ބިޒީވަގުތެއްތަ؟” ޑޮކްޓަރ ކޯޓްގައި މޭޒުދޮށުގައި އިން ޒަވިއަންއާއި ޝަލީން ވާހަކަދެއްކިއެވެ. އެއާއިއެކު ޒަވިއަން ދެފަރާތަށް ބޯހޫރާލަމުން ނޫނެކޭ ބުނެލައިފިއެވެ.
“އަމް… ޝަލީ ރިކޮމެންޑްކުރާ ޕޭޝިއެންޓްއެއް ބަލައިދެވިދާނެތަ…” ޝަލީން ސުވާލުކުރިއެވެ.
“އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު ޝަލީ… ވައްދާ އެތެރަށް…” ޒަވިއަން ބުނެލުމާއިއެކު ޝަލީން ނައިނާއާއި ހައިރާއަށް އިޝާރާތްކޮށްލިއެވެ.
ބަލިމީހާ ބަލާގޮނޑީގައި ހައިރާ އިށީނުމާއިއެކު ޝަލީންއާއި ނައިނާ ހައިރާ ކައިރި މަޑުކޮށްލިއެވެ. އެވަގުތު ޑޮކްޓަރުގެ މައުލޫމާތު އެހުމާއިއެކު ހައިރާގެ މައުލޫމާތު ބުނެދޭން ނައިނާ އަވަސްވެގަތެވެ.
“މަރިޔަމް ހައިރާ… އުުމުރުން 42 އަހަރު… އުފަން ތާރީޙު 16 ނޮވެމްބަރ….” ނައިނާއަށް އިނގިފައިވާގޮތަށް ޑޮކްޓަރަށް ކިޔައިދިނެވެ. އެ މައުލޫމާތުތަކަކީ ތެދެއްނޫންކަން އިނގެނީ ހަމައެކަނި ހައިރާއަށެވެ.
*** *** *** *** *** ***
މެންދުރުގެ ހޫނުކަން ދުނިޔެއަށް ގަދަވަމުންދިޔަ ވަގުތު ފަރުދާ ކަހާލެވިފައިވާ ބިއްލޫރި ކުޑަދޮރުތަކުން ވަންނަމުންދިޔަ އަލިކަމުން ހައިޒަލްގެ މާސްޓަރބެޑްރޫމް ދިއްލިފައިވެއެވެ. އިރުގެ އަލި އެޅި ފައިދޮށުގައިވާ މާބްލްތައްވެސް ވިދަމުންދާއިރު ކޮޓަރީގެ ތަރުތީބުކަމާއިއެކު ފަރުނީޗަރުގެ ރީތިކަމުން ކޮޓަރިއަށް ދިރުމެއް ގެނެސްދޭހެން ހީވެއެވެ.
ހައިޒަލް ހަމައެކަނި ޖިންސްއެއްގައި ހުރެގެން ބާރތްރޫމްއިން ނިކުމެގެން އައިރު ފާރމް ހަށިގަނޑުގައި ބީހިލާފައި ފެންތިކިތައް ދެމެމުންދިޔައެވެ. ކަނދުރާއާއި ހަމަޔަށް އޮތް އިސްތަށިގަނޑު ތެތްކޮށްއޮތްއިރު އިސްތަށިގަނޑުގެ ކުލަ ގަދަވެފައިވާހެން ހީވެއެވެ. އެ ރީތި މޫނަށް ވެރިވެފައިވާ ރަންކުލައާއިއެކު ދެލޯވެސް ކަޅުކުލައިގެ ޔާގޫތުކޮޅެއްފަދައެވެ.
ހައިޒަލް ކުޑަކޮށް ސެންޓްބުރުވާލަމުން ޓީޝާޓް ނަގާ ބޮލުން ވައްޓާލަމުން ޑްރެސިން ޓޭބަލްއާއި ގާތްވެލިއިރު ކުޑަކޮށް ކޮޓަރިތެރެއަށް ލޯ ހިންގާލެވުނެވެ. މިވަގުތު ކޮޓަރީގައި ޝަލީން ނެތްއިރު ޝަލީންގެ ލެޕްޓޮފް ޖައްސާލައިފައި ހުރިއިރު ޕްލޭވަމުންދިޔަ ލަވަތަކުގެ އަޑު ކޮޓަރިތެރެ ހިފާލައިފައި ހުއްޓެއެވެ. ހީވާގޮތުން ޝަލީން ލެޕްއަޅުވާލައިގެން އިނދެފައި ހައިޒަލް އައުމުން ބޭރަށް ދެމިގަތީއެވެ.
ޝަލީންގެ ލެޕްއިން ލަވައަކަށްފަހު ލަވައެއް ޕްލޭވަމުންދިޔައިރު ހައިޒަލް އުނދަގޫވެގެން ލެޕް ނިއްވާލަންވެގެން އެނދާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޕްލޭވަމުންދިޔަ ލަވަ ނިމި ދެން އިވެންފެށި ލަވަ އަޑުއިވި ހައިޒަލްގެ ފިޔަވަޅުތަކަށްވެސް ހުއްޓުމެއްއައެވެ. ކަންފަތުގައި ގުގުމާލި ލަވައާއިއެކު ހައިޒަލްގެ ސިކުނޑިއަށް ބާރުވެގެންދިޔައިރު ބޮލު މެދުގައިި އެއްޗަކުން ތެޅުމުންވާފަދަ ބަރު އިހުސާސްއެއް ސިކުނޑިއަށް ކުރެވުނެވެ. ނިއްކުރިއާއި ދިމާލުން ކެތްނުވާވަރަށް ރިއްސަންފެށިއިރު ހައިޒަލްގެ ލޯމައްޗަށް ފުސްވާންފެށިއެވެ. ހުދާއި ކަޅުން މަންޒަރުތައް ފެންނަން ފެށިއިރު މަޑުމަޑުން ލޯކުރިމަތިން ފެންނަމުންދާ މަންޒަރު ބަދަލުވާންފެށިއެވެ.
*** *** *** *** *** ***
ހުދުކުލައިގެ ފާރާއި ޖައްސައިގެން ބަހައްޓާފައިވާ ކުޑަ އެނދުގެ ކުރިމަތީ ޒުވާން އަންހެނަކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނަގެ ކޮނޑުމަތީ ބާއްވާލެވިފައިވާ ކުޑަ ފިރިހެންކުއްޖާގެ ބުރަކަށީގައި ފިރުމަމުންދިޔައެެވެ. މަޑުމަޑުން އެކުއްޖާގެ ލޯމެރެމުންދިޔައިރު ދޭތެރެއަކުން ފުންނޭވާއެއްގެ އަޑު އިވިލައެވެ.
”ލޯބިން މިރޭ ހީލައިފަތާ ނުނިދަން އެބައުޅޭ…
ލޯވެސް މެރޭ އާވެސް ފުރޭ ހިނިތުންވެ އެބައޮވޭ…
ލޮލުގެ މަގޭ ނޫރް އަދު ބުނާނީ….
އޯގާވެދޭނަން ލޯބިން އުރާލާ…
ހޫމްމްމް ނިންދަވާނީ…
މީ ނާނާއޭ….”
އެއަންހެންމީހާގެ އަޑުން އިވެމުންދިޔަ ނާނާގެ އަޑާއިއެކު މަޑުމަޑުން އަތްމަތީ އޮތް ކުއްޖާގެ ހަށިގަނޑު ތަޅުވަމުންދިޔައެވެ. އޭރު މަޑުމަޑުން އެކުއްޖާ ފުން ނިންޖަކަށް ގެނބެމުންދިޔައިރު އެ ކުއްޖާގެ ހަށިގަނޑުގެ ބަރު އެއަންހެންމީހާގެ އަތަށް ދޫވަމުންދިޔައެވެ.
*** *** *** *** *** ***
އެނދުގައި އޮށޯވެގެން އޮތް ހައިޒަލްގެ ދެއަތުން ބޮލުގެ އިސްތަށިގަނޑަށް ވާންކުރަމުންދިޔައިރު ލޮލަށް ކަރުނަތައް ގިނަވަމުންދިޔައެވެ. ކަންފަތުގެ ހިނދުރީގެ ތެރޭގައި އެއަޑު ގުގުމަމުންދިޔައިރު ސިކުނޑިއަށް ވާންވަމުންދިޔަގޮތުން ނާށިގަނޑު ފަޅާލައިފައި ނިކުންނަން އުޅޭހެން ހީވެއެވެ. ބޮލުން ނަގަމުންދާ ދިލަ ރިހުމަށް ކެތްނުވެގެން ހައިޒަލް ދަތްތަކަށް ބާރުކުރަމުންދިޔައިރު އަމިއްލަ އިހްތިޔާރަކާއި ނުލާ ގިސްލެވެމުންދިޔައެވެ. ސިކުނޑި ފަޅައިގެންދާހެން ހީވިއިރު ހައިޒަލް އަތުން ޖަހާ ލެޕް ތިރިއަށް ވައްޓާލިއެވެ. ކާޕެޓްމައްޗަށް ލެޕްވެއްޓި ލަވަ މެދުކެނޑިގެންދިޔައިރު ހައިޒަލްގެ ސިކުނޑިއަށް އަރާފައިވާ ވާންކަން މަޑުމަޑުން ކެނޑެންފެށިއެވެ. ލޯމަތީ ވާ ފުސްކަން ފިލާގޮސް ލޮލަށް ސާފުކޮށް ފެންނަން ފެށިއިރު ހައިޒަލް އަތްއުފުލާލަމުން ލޮލުގެ ކައިރީ އިނގިލި ޖައްސާލިއެވެ. ހައިޒަލްގެ ހަމުގެ މަތިން ކަރުނަތިކި ފިރުކިފައިދިޔައިރު ހައިޒަލް ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އަމިއްލަ ނަފްސާއި ދިމާލަށް ބަލާލީ ގަބޫލުކުރަންދަތިގޮތަކަށެވެ.
“ޑިޑް އައި ރިއަލީ ކްރައި…” ލޯ ކައިރީ ޓިޝޫއެއް ޖައްސާލަމުން ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައާއި ދިމާލަށް ބަލާލަމުން ހައިޒަލް އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.
ލަވައެއް އަޑުއިވިގެން އޭނައަށް ރޮވުނީ ކީއްވެހެއްޔެވެ؟ ފިރިހެން ލަވަކިޔުންތެރިއަކު ކިޔާފައިވާ ލަވަ އޭނާއަށް އަންހެން އަޑަކުން އިވެންވީ ކީއްވެގެން ހެއްޔެވެ؟ އެވަގުތު އޭނަގެ ބޮލުގައި ކެތްނުވާވަރަށް ރިއްސިއިރު ހިނދުކޮޅަކަށްވެސް މާޒީއަށް ދަތުރުކުރެވުނުހެން ހީވިއެވެ. އެ އަންހެންމީހާއާއި ކުޑަކުއްޖާ އޭނާއަށް ފެނުނީ ލޮލުގެ ކުރިމަތިންހެން ހީވިއެވެ. އެ ކުޑަ ފިރިހެންކުއްޖާއާއި އޭނައާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހުވަފެނުންނާއި އަދި މިހާރު ލޮލުގެ ކުރިމަތިން އެ ފިރިހެންކުއްޖާ ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެ ފިރިހެންކުއްޖާ ފެންނަކޮންމެފަހަރަކު އޭނަގެ ލޮލުން ކަރުނަ އަންނަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ އެ ފިރިހެންކުއްޖާއަކީ އަސްލުވެސް އޭނަ ހެއްޔެވެ؟
*** *** *** *** *** ***
ހައިޒަލް ކެބިންގައި އިނދެފައި ސެކިއުރިޓީ ބަޔަށް ފައިލްއެއް ނަގަންއައިރު އެބައިގައި އުޅެނީ ޝެނާއާއި ނައިނާއެވެ. ނައިނާ ގޮނޑީގައި އިށީދެގެންއިންއިރު ޝެނާއިނީ ނައިނާގެ ފައިގައި އައިސްޕެކް އަޅާށެވެ. ހައިޒަލް ފައިލްތައް އަޅާފައިހުރި ރެކްއާއި ގާތްވެލައިފައިވެސް ޝެނާ ކައިރިއަށް އައިސް ހުއްޓުމެން ސުވާލުކޮށްލިއެވެ.
“ނައި ސިޑިން ކަހާލައިގެން ވެއްޓުނީ…” ޝެނާ ޖަވާބުދިންއިރު ހައިޒަލްއަށް ނައިނާއާއި ދިމާލަށް ބަލާލެވުނީ ނައިނާގެ ފަރުވާކުޑަކަމާއިހެދި ހިތްހަމަނުޖެހިފައިހުރެއެވެ.
“ވަރަށް ބޮޑަށް ތަދުވީތަ… ލެޓްމީ ޗެކް…” ހައިޒަލް އެދުމާއިއެކު ހައިޒަލްއަށް ތަންދެމުން ޝެނާ ދުރަށް ޖެހިލިއެވެ. އެއާއިއެކު ހައިޒަލް ނައިނާގެ ފައި ކައިރިއަށް ތިރިވެލިއިރު ނައިނާ ފައިން ގޮނޑި ދުރަށް ކޮއްޕާލިއެވެ. އެވަގުތު ހައިޒަލް ތެދުވެފައި ކޮށްލީ ނައިނާ ހިތަށްވެސް ނާރާފަދަ ކަމެކެވެ. ގޮނޑިއާއި ކައިރިވެލުމަށްފަހު ނައިނާ އަތްދަނޑިމައްޗަށް އުފުލާލުމާއިއެކު ނައިނާގެ ދެލޯބޮޑުވެގެން ދިޔައިރު އޭނާ ތިރީގައި ބެހެއްޓުމަށް ބުނެވުނީ އަމުރުވެރިގޮތަކަށެވެ. ނަމަވެސް ހައިޒަލްއަށް އެއަޑު ނީވޭފަދައެވެ. ނައިނާ އުފުލާލައިގެން ހުރެ ކެބިންއިން ނިކުންނަން ހިނގައިގަތެވެ. ނައިނާ ކިތަންމެ ގަދަހަދާލައިފައި ރުޅިވެރިކަން ދެއްކިޔަސް ކަރުނަތައް ހިފައްޓާލަން ނުކުޅަދާނަވިއެވެ. ހިތާއި ދެކޮޅަށް ހައިޒަލްގެ މޭގާއި މޫނު ފޮރުވާލެވުނުއިރު ނައިނާގެ ހޫނު ކަރުނަތަކުން ހައިޒަލްގެ ގަމީސް ފޯވިއެވެ.
ހައިޒަލް ނައިނާ ކެބިންގެ ސޯފާއެއްގައި ބޭންދުމަށްފަހު ފަސްޓްއެއިޑްބޮކްސް ހިފައިގެން އައިސް ނައިނާގެ ފައިގައި އަޅާލަދިނުމަށްފަހު ތަދުކަނޑުވާހާ ބޭހެއްވެސް އުނގުޅާލަދިނެވެ. ފައިތިލަ ދުޅަވެފައިވާތީ ކްރެޕް ބެންޑޭޖް އޮޅާލަދިންއިރު ނައިނާ ގަދަހެދުމެއްނެތި ހައިޒަލްއަށް ފުރުސަތު ދީގެންއިންއިރު ލޮލަށް ގިނަވިކަރުނަަތައް ދަތްދޮޅިންލާފައި އައިސް ހައިޒަލްގެ އަތްމައްޗަށް ތިކި ޖެހިއެވެ. ހައިޒަލްގެ މިފަރާތް ފެނި އެދެމީހުން ހޭދަކުރި އުފާވެރި ދުވަސްތަށް ހަނދާންވީ މާބޮޑަށެވެ. އެދުވަސްތަކަށް އަނބުރާ ދެވޭނެނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ.
ހައިޒަލް ކުރަމުންދިޔަ މަސައްކަތް ނިންމާލުމަށްފަހު ރެކްއިން ނެގި ކަޅުކުލައިގެ ހީލް ނައިނާގެ ފަޔަށް ލައްވާލަދިނެވެ. އެއީ ތަންކޮޅެއްކުރިން ނައިނާއަށް ހަދިޔާކުރަންވެގެން ހައިޒަލް ގަތް ހީލްއެކެވެ. ނަމަވެސް އެ ހަދިޔާ ނައިނާއަށް ނުދެވެނިސް އެދެމެދުގައި ގޮތް ގުޅުން ކެނޑިގެންދިޔައީއެވެ.
ހީލް ފަޔަށް ލައްވާލަދިނުމަށްފަހު ހައިޒަލް ހިންދެމިލުމާއިއެކު ނައިނާ ފައިތިލައިން ހީލް ވަކިކޮށްލާފައި ދުރަށް ހޫރާލިއެވެ. އެއާއިއެކު ހައިޒަލްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ ހުސްފައިގައި ހުރެ ކެބިންއިން ބޭރަށް ދުއްވައިގަތެވެ. ނައިނާއަށް ނިކުމެވުނީ ރިހާނާގެ ކުރިމައްޗަށެވެ. ނައިނާއަށް ހީވީ ކަރަންޓް ޝޮކްއެއްގައި ޖެހުނު ހެންނެވެ. އޭރު އަދި ހައިޒަލް ކެބިންގެ ދޮރުހުޅުވާލަމުން ނިކުތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.






me first dhw…
watt! aslu meehaa a behey infors like age ah vure bodah name dhw badhalu kurany… but haira name change nukoh age n born date change kury… sounds funny… hehe… btw story is max… have no word to desribe… im impressed… ;* luv u moree
Haira eh nooneh nu.. HAILAA
congratulations on being first
thankss sweet gurl… . haira changed her everything not only birth date.. keep waiting for upcoming eps to know more about haira
info.. theres a haira and a hailaa in my story.. lets see if they both are same person or not
Yeyyyyy…. Finally 46
sorry for the delay dear.. hope you liked it
sorry for the late upload.. heres the 46th part hope you will all like this part too.. enjoy reading.. good night
woooow v reethi mi part vx.. knirakun next part gennanii… gud nyt ?????❤❤
thankss dear.. next part on sunday night
Wow v reethi
thankss dear
I’m laaraa fan, but now I can say u r not less than laaraa, keep going dear
thankss dear… im also a big fan of laara..
So hairaa aky haizal ge aslu mom. Rihaanaa ah huvafenun fenna al’haan ge kuryge wife dhw.. So much interesting…
thankss dear.. lets see haira akee kaakuthoa
Enmen maruvikamah ninmi hailaa dhw. Dhira wish plc avahah upload kohdhehchey. When next part?
next part on sunday night.. keep waiting
Vaahaka varah reethi as always mi vaahaka mi dhanee varah interesting koh haira name change nukuriyas okay nuh haira kiya baivaru meehun ulheynuh and alhan ah igeynuh haira ge aslu d.o.b aa age aa ehchis so name change nukuriyas eh ehchis change kureema alhan ah yageeneh nuvaanuh seedha eh haira kameh this is just my view igey dhiraa keep going igey love ??♥️
thankss dear.. yeah haira is doing her best to keep alhaan confussed hehehe.. with your support insha allah i will be always going with this
Haila ya haira e dhenameh nun … Story v nice ????
yeah.. haira and haila are two characters in this story.. they just guessing that they both could be same person.. what to do you think Aff? thankss for the comment dear
please let me know Shaileen and Nainaa dhimaavi goyy
shaleen and naina dhimaavee naina ge parents car accident eh ga maruvi dhuvas kolhu.. she was suffering a lot from her parents death.. and shaleen helped her alot to cope with the stituation.. there will be a part explaining more about them.. hope you will look forward to know more
Alheyy???…Mi part vec vv rythi as usual??????…I am just outta of words..Have no words to describe hw nice the story is❤❤❤..Each nd every scene is awsm????????…I can imagine..Dhiraa yuh are also really really amazing???…Nd mi bai vv dhigu kohla dhyfa iny..vv ufaa vehje ehnve???.. dhiraa!!!whn next..I’m so curious???????..Hope it would be upload soon….
Luw yuh to the moon nd back??????
thankss dear.. im just loss of words after seeing your colourful comment.. next part on sunday night keep waiting.. love you darla
Omg??. Dhn vaanii kihine baa???..waiting for next part..
may be a slap on his face.. thats what rihana does when shes mad at him.. hehehe.. lets see rihanas reaction on next part
Dhiraa akee bunaa dhuvahakah enme dhigukoh upload kuraa writer. Mi vahaka vrh reethi kurin comment nukuriyas abadhuves kiyan. Keep going like this ??❤️
thnks dear..happy to hear tht
Yaarey so nice…… No wrds to describe… Hama fab ey bunveyny.. Dhiraa ur so talaented Maashaa ahllah…❤️❤️❤️❤️n laalu enme favourite naanaa eyniy… Konme reaku nidhumuge kurin I listen it… OMG its such a luvly nice song???…. V kiyaahiyvi e song himanaafa inyma… Sis belintha e film… Such a hrt touching film right…. Btw neh hama bunaane ehchehvx….thankx bunaadhuvahah up kohdheythiy… Luv it…. ??? n luv u too sis….
thankss dear.. laalu and hai ge fav song same dho.. yes dhiraves belin e film.. varah dheravaa film eh.. and dhira ah ves varah reethi song eh mee.. your welcome love
mayaan rulhi aun haggu, shaleen jeheyne haizal ah hageegaiy kiyaidheyn aalu kaivenyge kurin, v foohi shaleen ge bai.
shaleen had her own reasons dho.. and they didnt met oftenly before the marriage.. thankss for the compliment dear