Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގާތުގައި ނުވިޔަސް ލޯބިން 3

aishoo Level 1100 Login
June 26, 2019 6 Mins Read
30 Comments

އެނދުގައި އޮށޯވެލާގެން އޮތް ޒިޔާން ގެ މޫނު މަތިން ކަމަކަށް ވިސް ނަން އޮތްކަން ހާމަވެގެން ދެއެވެ. ” އެ ލޮލުގެ ނަޒަރު… އެ ފަން އިސްތަށިގަނޑު … އަލިކަންގަދަ ހަންގަނޑެއް…. އަސްލުވެސް ރީތިކަމުގެ ރާނީއެއް… ވަރަށްވެސް ފުރިހަމަ…” މިފަދަ ހިޔާލުތަކުން ޒިޔާންގެ ސިކުންޑި ފުރާލެވިފައި ވީއިރު އެ ދެލޮލުގެ ނިދި ވަނީ އެ ދެލޮލާ ވަރަށް ދުރުގައެވެ. އެ ފުރަތަމަ ބައްދަލުވުމުންވެސް ޒިޔާންގެ ހިތުގައި އެ ސޫރަ ފަވާލެވިފައިވެއެވެ. ” ޒިޔާން ނުނިދަންތަ..” ކޮޓަރިޔަށް ވަދެގެން އައި ޝަރާހް، ޒިޔާން ނުނިދަ އޮތުމުން އަހާލިއެވެ. ” އޭ ޒިޔާން.. ” ފުރަތަމަ ފަހަރުގޮވުމުން ޒިޔާންއަށް އަޑު ނީވުމުން ދެވަނަ ފަހަރު ވަރަށް ބާރަށް ޒިޔާން ގެ ނަމުން ޝަރާހް ގޮވާލިއެވެ. ޝަރާހް އެހާބާރަށް ގޮވައިލުމުން ޒިޔާންއަށް ހިޔާލުތަކުގެ ދުނިޔެއިން ބޭރަށް އާދެވުނެވެ. ” ހުމްމް.. ކިހިނެއްވީ ޝަރާހް؟..” . ” މަށަށް ކަމެއް ނުވެ.. ބުރޯ ނުނިދަ އޮވެގެން ކޮން ކަމަކާ ތި ވިސްނަނީ.. “. ޒިޔާން ކިހިނެއް ވީތޯ ސުވާލުކުރުމުން ޝަރާހްވެސް ޖަވާބުގައި ސުވާލެއް ކުރިއެވެ. ” މި އުޅެނީ ނިދަން… މި އަންނަ ހަފްތާގަ ސުކޫލަށް ޖޮއިން ވާތީ ކިޔެވުމާ ބެހޭ ގޮތުން ކުޑަކޮށް ވިސްނާލީ… ޝަރާހް ނުނިދަނީތަ މާދަން ސުކޫލް ވެސް އޮވެ އެއްނުން..” އެނދުގައި ހަމަޖެހިލާގެން އޮށޯވެލަމުން ޒިޔާން ބުނެލިއެވެ. ޒިޔާން އަކީ ރަނގަޅު ތައުލީމެއް ހާސިލް ކުރުމަށްޓަކައި ޝަރާހްގެ ރަށަށް އާސްގެން އުޅޭ ކުއްޖެކެވެ. ޒިޔާން އެގޭގައި އެ ހުންނަނީ ޝަރާހްގެ ބެލެނިވެރިންނާއި ޒިޔާންގެ ބެލެނިވެރިންގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ސަބަބުންނެވެ. އެ ދެ އާއިލާގެ މެދުގައި އާއިލީގޮތުން ގުޅުމެއް ނެތްކަމަކު ޒިޔާން ދެކެނީ ޝަރާހް އެއީ އޭނަގެ ކޮއްކޮއެއް ކަމުގައިއެވެ. އެ ރަށުގައި ޒީޔާން ދަންނަ މީހަކަށް ހަމައެކަނި ހުރީ ޝަރާހްއެވެ. ޒިޔާން ނިދަން އޮށޯތުމުން ޝަރާހް ވެސް އައިސް އެ ކޮޓަރީ ހުރި ސިންގަލް ބެޑްގައި ނިދަން އޮށޯތެވެ. ނިދާލުމަށްޓަކައި ލޯމަރާލިތަނުން އެ މައުސޫމު ސޫރަ ޒިޔާންގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. ޒިޔާންއަށް އެވެވުނު ފުރަތަމަ ބައްދަލުވުމުން ހިތުގައި އެ ކުއްޖާއަށް ލޯބި އުފެދިފައިވެއެވެ. ޒިޔާންގެ ލޮލަށް ނިދިސަވާރުވީ އެ ހިޔާލުތަކުގައި އެތައް އިރެއް ހޭދަވިފަހުންނެވެ.

އައުދުވަހަކަށް އިރުއެރީ އެކިމީހުންގެ ހިތުގައި އެކިކަހަލަ ޖަޒުބާތުތަކެއެއް އުފައްދެމުންނެވެ. ކިއާރާއާއި ކައިޒަންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިގެން އަންނައިރު އަލަށް އެރަށަށް ތައުލީމް ހާސިލް ކުރުމަށް އައިސްގެން އުޅޭ ޒިޔާން ވަނީ ކުއްޖެއްގެ ލޯބީގައި ޖެހިފައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ސުކޫލުގެ ރަސްމީގަޑިތައް ފެށި ކިޔަވައިދެމުން ގެންދިޔައެވެ. ރަސްމީގަޑިތައް ނިމިގެން ގޮސް ގެއަށް ފޮނުވާލާ ބެލް ޖެހިއެވެ. ” ކިއާރާ… ލީޝް…” ސުޓާފް ރޫމް ކާއިރީ މަޑުކޮށް ލައިގެން ހުރި ކިއާރާއާއި ލީޝް ފެނުމުން ކައިޒަން ގޮވާލިއެވެ. އަދި ކިއާރާއާއި ދިމާލަށް ދިއުމަށް މިސްރާބު ޖެހިއެވެ. ނާހިލް ވެސް ކައިޒަންގެ ފަހަތުން ދިޔައެވެ. ” ކިހިނެއް ވީ ކައި..” ކައިޒަންއާއި ނާހިލް ކިއާރާއާއި އަރާ ހަމަވުމުން ކިއާރާ އަހާލިއެވެ. ” ކިއާ… މިއުޅެނީ ކުޑަ ކަމެއްކޮށްލަން … ކިއާމެން އަހަރުމެންނާ ޖޮއިން ވާނަންތަ…” ” ކޮންކަހަލަ ކަމެއް..” ކައިޒަން އެތަނަށް އައި ބޭނުން ބުނުމުން ކިއާރާ އަހާލިއެވެ. “އަ ސުމޯލް ޕިކްނިކް..” ” ކައުންޓް މީ އިން.. ކައުންޓް މީ އިން.. މަ ދާނަން.. ” ކައިޒަން އެހެން ބުނުމާއެކު ކެތްމަދުވެ  ހުރެ ލީޝް ބުނެލިއެވެ. ” އެއްކަލަ ލީޝް.. ތިހާ ވަަރަށް ނުކިޔަސް އަހަރުމެން ލީޝް ގެންދާނަމޭ… ” ލީޝް ކެތްމަދުވެފައި ހުރެ ވާހަކަ ދެއްކުމުން އެޔަށް ރައްދުދިނުމުގެ ގޮތުން ސަމާސާ ރާގެއްގައި ނާހިލް ބުނެލިއެވެ. ނާހިލް އެހެން ބުނުމުން ލީޝް އޭނަގެ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެއާއެކު އިވިގެން ދިޔައީ އެ މަންޒަރު ބަލަން ހުރި ކިއާރާއާއި ކައިޒަންގެ ހުނުމުގެ އަޑެވެ. ” ކޮން ބައެއް ދަނީ… ” ހުނުން  ހުއްޓާލުމަށްފަހު ކިއާރާ އަހާލިއެވެ. ” ފްރެންޑްސް ތަކެއް..ކިއާރާ ދާނަން ދޯ..” ކިއާރާއަށް ޖަވާބު ދެމުން ނާހިލް ބުންޏެވެ. ” ހަމްމް … ދާނަން.. ” ކިއާރާ ޖަވާބުގައި ބުނެލިއެވެ. ” މިއަދު މިކަމަށް ކުޑަކޮށް ޑިސްކަސް ކޮށްލަން މީމެން ގެޔަށް އަންނަންވީނުން.. . އެންމެ ރަނގަޅުތަ..” މިއަދު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާލަން ނާހިލް ބުނުމުން ކިއާރާއާއި ލީޝް އަދި ކައިޒަންވެސް އެކަމަށް އެއްބަސްވިއެވެ. ރައްޓެހި ރަހުމަތްތެރިންގެމެދުގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ޕިކްނިކް ގޮސް އުޅުމަކީ މި ކުދިންގެ މެދުގައި ކޮށް އުޅޭކަމެކެވެ. އިރުކޮޅަކު އެހެން ތިބުމަށް ފަހު ގެއަށް ދިޔުމަށް އެންމެން އެއްކޮށް ހިނގައިގަތެވެ.

ގެއަށް ވަދެގެން އައި ކިއާރާގެ މޫނުމަތިން ފެންނަނީ މޯޅިކަމެކެވެ. ކޮޓަރިއަށް ވަދުމަށް ފަހު ކޮންޑުގައި އިން ދަބަސް ސްޓަޑީ ޓޭބަލް މަތީ ބެހެއްޓުމަށް ފަހު ފެންވަރާލުމަށްޓަކައި ފާހަނަޔަށް ވަނެވެ. ފާހަނައިން ނިކުމި ކިއާރާގެ މޫނުމަތިން މިހާރު ފެނިގެން ދަނީ ތާޒާކަމެވެ. ފެންވަރާލުމުން ވަނީ ހަށިގަނޑުގައި ވަރު ޖެހިފައެވެ. ފާހަނައިން ނިކުތުމަށްފަހު ކުޑަގޮތަކަށް ތައްޔާރުވެލައި ނާމާދު ކުރުމަށް އަވަސްވެގަތެވެ. ނަމާދުގެ އަޅުކަން ނިންމާލުމަށް ފަހު މެންދުރުގެ ކެއުމަށް ކާކޮޓަރީއާދިމާލަށް މިސްރާބުޖެހިއެވެ. މިސްކިތުން ނިކުމެގެން އައި ކައިޒަންގެ ގެ މިސްރާބަކަށް ވީ ނާހިލްމެންގެ ގެއެވެ. ކިއާރާމެން އައުމުގެ ކުރިން އެގެއަށް ދިއުމަށް ވަނީ ނާހިލް ބުނެފައެވެ. ” އައްސަލާމްއަލައިކުމް…” ގެއަށް ވަނުމުގެ ކުރިން ކައިޒަން ސަލާމް ގޮވިއެވެ. މިކަހަކަ ރީތި އާދަތަކައް ކައިޒަން ވަނީ ހޭނިފައެވެ. “ވާލައިކުމުއްސަލާމް.. އަހާން ކައިޒަން އާދެ އެތެރެއައް..” ސަލާމް ގެ ޖަވާބު ދެމުން ނާހިލްގެ މަންމަ ރިޒާނާ ބުންޏެވެ. ” ކޮބާ ނާހިލް؟.. ” އެތެރެޔަށް ވަންނަމުން ކައިޒަން އަހާލިއެވެ. ” އެބައުޅޭ ކޮޓަރީގަ… ގޮވާލަންވީތަ ” ކައިޒަން ކުރި ސުވާލަށް ޖަވާބުދެމުން ރިޒާނާބުންޏެވެ. ” ނޫން އަޅުގަނޑު މިދަނީ ނާހިލް ކޮޓަރިޔަށް… ” ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ނާހިލް ގެ ކޮޓަރިއާ ދިމާލަށް ކައިޒަން ހިނގައިގަތެވެ. ” ވަދޭ… ” ދޮރުގައި ޖަހާލި އަޑަށް ފޮތެއް ކިޔާލަން ސޯފައިގައި އިށީންދެއިން ނާހިލް ބުނެލިއެވެ. ” އަހާން… ކައި.. ތި އައީ ދޯ… ” ކޮޓަރިއަށް ވަދެގެން އައި ކައިޒަންފެނި ނާހިލް އަހާލިއެވެ. ” ހާން .. ގުޅައިފިންތަ މިހާރު…” ނާހިލް ކާރީ އިށީންނަމުން ކައިޒަން ބުނެލިއެވެ. ” އާން… ގުޅާފިން ޝަރާހްއަށް… ދާނަމޭ ބުނީ.. ކިއާރާމެނ ބުނި އަންނާނަމޭ ހަތަރެއް ޖަހާއިރު… ”  ކައިޒަން ސުވާލުކުރުމުން ޖަވާބުގައި ނާހިލް ބުންޏެވެ. ދެ އެކުވެރިން އެކުގައި ވާހަކަ ދައްކާލަން ވަގުތުކޮޅެއް ހޭދަކޮށް ލުމަށްފަހު ބަންގީގެ އަޑު އިވިގެން ދިއުމުން މިސްކިތައް ދިއުމަށް އެކުގައި ހިނގައިގަތެވެ.

ބަންގި ގޮވާ ނިމުމުން ފޮތް ކިޔުމަށްޓަކައި ސްޓަޑީ ޓޭބަލް ކައިރީ އިށީންދެލާގެން އިން ކިއާރާ ތެދުވެ ނަމާދުކުރުމަށް އަވަސްވެގަތެވެ. ހަތަރެއް ޖަހާއިރު ނާހިލްމެން ގެއަށްދާތީ އާއެކު ނަމާދުކުރުމުގެ ކުރިން ތާޒާވެލުމަށްޓަކައި ފެންވަރާލަން ފާހާނާއަށް ވަދެވެ. ފާހަނައިން ނިކުމެ ނަމާދު ކުރަން ލައިއުޅޭ ކަހަލަ ހެނދުމެއް ލުމަށްފަހު ނަމާދު ކުރުމަށް އަވަސްވެގަތެވެ. ނަމާދު ކޮށް އަވަދިވެގެންނާއި އެކު ނާހިލް މެންގެއެއަށް ދިއުމަށްޓަކައި ތައްޔާރުވާން ފެށިއެވެ. އަލަމާރިން ނޫކުލައިގެ ޓޮޕް ކޮޅަކާއި ކަޅުކުލައިގެ ސިކިނީއެއް ނެގިއެވެ. އެއްޗެހި ބަދަލް ކޮށްލުމަށްފަހު ފަރިތަކަމާއެކު ކިއާރާގެ ފަން އިސްތަށިގަނޑުގައި ފުނާ އަޅައިލިއެވެ. ފިނިފެންމަލެއްފަދަ އެ ތުނި ތުންފަތުގައި ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އިން ފަވާލުމަށްފަހު އެ ބޮޑު ލޮލުގައި  މަސްކަރާ އަދި އައިލައިނާ އަޅައިލިއެވެ. އެންމެ ފަހު ކަމެއް ގޮތުގައި ގަޔަށް ސެންޓު ބުރުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އަދި ކިއާރާ މަންމަ ގާތުގައި ދަަނީ ކަމުގައި ބުނެ ލީޝްގެ ގެއަށް ދިޔުމަށް ގެއިން ނިކުތެވެ. ލީޝް މެން ގޭ ކައިރީ ލީޝް ފެންނަން ނެތުމުން ތައްޔާރުވެ ނުނިމެނީކަން ކިއާރާއަށް ދެނެގަނެވުނެވެ. ލީޝް ގެ އިންތިޒާރުގައި އެ ގޭގެ ކައިރީ ކިއާރާ މަޑުކޮށް ލައިގެން ހުއްޓެވެ. ލީޝް ގެ އިންތިޒާރުގައި ބޭރުގައި  އެތައް ވަގުތެއް ހޭދަ ކުރިއިރުވެސް ލީޝް ގެއިން ނުނިކުތުމުން ކިއާރާ ލީޝް ގެ ގެއަށް ވަދިއެވެ. ގޭގެ ބޮޑު ދޮރާށި ހުޅުވައިލިތަނާ ކިއާރާގެ ކުރިމަތީ އައިސް ލީޝް ހުއްޓުނެވެ. ” ލީޝް… ސިއްސާގެންނޭ ދިޔާ.. ”  ކުއްލިޔަކަށް އައިސް ކިއާރާގެ ކުރިމަތީ ލީޝް ހުއްޓުމުން ސިއްސައިގެން ގޮސް ކިއާރާ ބުންޏެވެ. “ހެހެހެ.. މާ ސިއްރު ސިއްރުން ވަންނަންޔާ ތިހެންވެސް ވާނެ ދޯ… ” ކިއާރާއަށް ޖަވާބު ދެމުން ލީޝް ބުނެލިއެވެ. ” ދެންވެސް ހިނގާ ބަލަ ދާން މިހާރު ވަރަށް ލަސްވެއްޖެ… ” މޫނަށް ވައްތަރެއް ޖައްސާލަމުން ކިއާރާ ބުންޏެވެ. އަދި ނާހިލްމެން ގެއަށް ދިއުމަށް ބާރު ހިނގުމެއްގައި ހިނގައިގަތެވެ.

” ހާދަ ލަސްވީ ..” ނާހިލްގެ ގޭގެ ބޮޑު ދޮރާށި ހޮޅުވައި އެތެރެއަށް ވަދެގެން އައި ލީޝްއާއި ކިއާރާ ފެނުމުން ނާހިލް އަހާލިއެވެ. ” ދެންވެސް ލަސްނުކޮށް އަވަސް ކުރަން ވީނުން… ކޮބާ ކައިޒަން… ” ކިއާރާއަށް އެއްޗެކޭބުނުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ލީޝް ވާހަކަ ދެއްކިއެވެ. ” ކައިޒަންވެއްޖެ ކޮޓަރީގަ … އާދެ އެތެރެއަށް..” އެތެރެއަށް ވަދުމަށް އިޝާރާތް ކުރަމުން ނާހިލް ބުނެލިއެވެ. ކައިޒަންގެ ނަޒަރު ގޭތެރެއަށް ވަދެގެން އައި ކިއާރާއަށް ހުއްޓުނެވެ. ހަމަ އެފަދައިން ކިއާރާގެ ނަޒަރުވެސް ކައިޒަންއަށް ހުއްޓިގެން ދިޔައެވެ. މަޑު ނޫކުލައިގެ ގަމީހަކާ ކަޅުކުލައިގެ ޖިންސް އެއް ލާފައިވީއިރު ގަމީހުގެ އަތް އޮޅަބޮއްޓާ ހަމަޔަށް އޮޅާލާފައިއެވެ. ބޮލުގަ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައިވުމުން ފިރިހެން ވަންތަކަން އަނގައިދެއެވެ. ކިއާރާގެ ނަޒަރު ކައިޒަންއާ ވަކި ކޮށްލިނަމަވެސް ކައިޒަންގެ ނަޒަރު ކިއާރާއަށް ހުއްޓިފައިވިއެވެ. ކައިޒަން ކިއާރާގެ ހިޔާލުތަކުގެ ދުނިޔެއަށް ގޮސް ހުސްވެފައި ވީ ހިނދު އެތާ ދެކެވެމުން ދިޔަ ވާހަކަ ތަކަށް އެއްވެސް ފަރުވަލެއް ނެތެވެ. ކިއާރާ ފެނުމާއެކު ކައިޒަންގެ ހިތުގައި ތަފާތު އިހްސާސް ތަކެއް ކުރެވެއެވެ. ކައިޒަންގެ ހިތުގައި ކިއާރާއަށްޓަކައި ލޯބި ވާކަން ޚުދު ކައިޒަންވެސް ގަބޫލުކުރެއެވެ.” ޒިޔާން އިތުރުއެއްޗެއް އެބާންތަ…” ކިއާރާއަށް ނަޒަރު ހުއްޓައިލައިގެން ހުރި ކައިޒަންއަށް އަމިއްލަ ދުނިޔޭން ބޭރަށް އާދެވުނީ ލިސްޓް ހަދަން އިންދެފައި ލީޝް ވާހަކަދެއްކުމުންނެވެ. “ނޫން ނެތް.. ” ލިސްޓް ބަލާލުމަށްފަހު ކައިޒަން ބުނެލިއެވެ. ހޮނިހިރު ދުވަހު ޕިކްނިކް ދިޔުމަށް ހަމަޖައްސާފައިވީއިރު ހުކުރުދުވަހު އެއްޗެހި ގަތުމަށްޓަކައި ހުކުރު ނަމާދަށް ފަހު ފިހާރަޔަށް ދިއުމަށް ނިންމިއެވެ. އެހެން ކުދިންނަށް އެކަން އެންގުމަށް ބުނެ ކިއާރާއާއި ލީޝް ގެއަށް ދިއުމަށް ހިނގައިގަތެވެ. ކައިޒަން ނާހިލް އާއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ފަހު ގެއަށް ދިޔައެވެ.

ކިއާރާއަށް ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެހެން ގާތްވެފައެވެ. ގެއަށް ވަދުމަށްފަހު ފުރަތަމަވެސް ކިއާރާ ދަތުރުރ ދިއުމަށްޓަކައި މަންމަ ގާތު އެހިއެވެ. ހުރިހާކަމެއް ތައްޔާރު ކުރުމަށްފަހު ކިއާރާގެ މަންމަގާތު އެހީ ދަތުރު ދިޔުމަށް މަނާ ނުކުރާނެކަން އިނގޭތީއެވެ. ކަން ވީވެސް އެހެންނެވެ. ކިއާރާގެ މަންމަ ކިއާރާ ދަތުރު ދިޔުމަށް ހުއްދައަަށް އެހުމާއެކު އެކަމަށް އެއްބަސް ވިއެވެ. ރިމްޒާއާއި ނިޒާރު ކިއާރާއަށް ފުރިހަމައަށް އިތުބާރު ކުރެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ކިއާރާއަށް މަނާކޮށެއް ނަހަދައެވެ. ރިމްޒާ ހުއްދަދިނުމާއެކު ކިއާރާއަށް ރިމްޒާގާގައި ވަރަށް ބާރަށްބަށްދާލިއެވެ. ރިމްޒާ އޭނައާ ކިއާރާާ ދުރުކޮށްލުމަށްފަހު ކިއާރާގެ ބޮލުގައި ނުހަނު ލޮއެއްބާއެކު ފިރުމާލިއެވެ. ބަދަލުގައި ކިއާރާ ހިނިތުން ވެލިއެވެ. އިރުކޮޅެއް ނުވެ ބަންގި ގޮވުމާއެކު ނަމާދަށް ދިއުމަށް ކިއާރާ ކޮޓަރިއަށް ދިޔައެވެ. ނަމާދު ކޮށް އަވަދިވެގެން އެހެން ދުވަސްތަކެކޭ އެއްފަދައިން ޤުރްއާން ކިޔެވުމުގައި އިޝާ ނަމާދަށް ބަންގި ގޮވަންދެން ވަގުތު ހޭދަ ކުރިއެވެ. އިޝާ ނަމާދަށް ބަންގި ގޮވުމުން ނަމާދު ކޮށްގެން އެނދުގައި އޮށޯވެލިތާ ގިނަ އިރުތަކެއް ނުވެ ކިއަަރާގެ ލޮލަަށް ނިދި ސަވާރުވިއެވެ.

އައު ދުވަހަކަށް އިރު އަރައިގެން ދިޔައީ އުފާވެރިކަމާއެކުއެވެ. ސުކޫލުގައި ރަސްމީގަޑިތަކުގެ ކިޔެވުންވަނީ ފެށިގެން ގޮސްފައެވެ. ގަޑި އަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ދުވަހުގެ ރަސްމީ ކިޔެވުން ނިމިގެން ދިޔައެވެ. ސުކޫލުގެ ކިޔެވުން ނިންމާލުމަށް ފަހު ގެއަށް އައި ކިއާރާގެ މޫނުމަތި ވަނީ މިލާފައެވެ. ހޫނުގަދަކަމުން ވަރުބަލިކަން އިތުރަށް އިހްސާސްވެއެވެ. ފާހަނައަށް ވަދެ ތާޒާ ވެލުމަށްފަހު ނަމާދުކޮށްލައިގެން ފޮތްކިޔާލަން އިށީންދިއެވެ. އިރުކޮޅަކު ފޮތް ކިޔާލަން އިނުމަށްފަހު އަރާމް ކޮށްލުމަށްޓަކައި އޮށޯވެލުމާއެކު ކިއާރާއަށް ނިދުނެވެ. “ދަރިފުޅާ ކިއާރަ… އާދެ ކާން.. ”  ނިދާފައި އޮތް ކިއާރާއަށް ރިމްޒާ ކާން ގޮވި އަޑަށް ހޭލެވުނެވެ. މަޑުމަޑުން ލޯ ހޮޅުވާލުމަށް ފަހު ކައިރީ އޮތް ފޯނުން ގަޑި ބަލާލިއެވެ. އިރުއޮސި އަށެއް ޖަހަނީއެވެ. ގަޑި ބަލާލުމުން ވަަރަަށް އިރުވަންދެން ނިދިއްޖެކަން ކިއާރާއަށް އެނގިގެން ދިޔައެވެ. ފާހަނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ ކާކޮޓަރިއަށް ދިޔައެވެ. ރޭގަނޑުގެ ކެއުން ިންމާލުމަށް ފަހު ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލާގެން އިށީނުމަށް ފަހު ފޯނު ނަގައި ވައިފައި ޖައްސާލިއެވެ. އެއަށްފަހު އެކި ރަހުމަތްތެރިންނާާ ވާހަކަ ދެއްކުމުގައި ރޭގނޑުގެ ހިތްގައިމު ވަގުތު ކޮޅު ކިއާރާ ހޭދަކުރްމުންދިޔައެވެ. އެތައް އިރަކު ފޯނުކުޅުމުގައި ހޭދަކުރުމަށް ފަހު މާދަމާގެ އިންތިޒާރުގައި ނިދާލުމަށް އެނދުގައި އޮށޯވެލިއެވެ. ކިއާރާގެ ލޮލަށް ނިދި ސަވާރުވި އިރު ހުރީ ވަރަށް ދަންވެފައެވެ.

މުޅިން އައު ދުވަހެކެވެ. ހުކުރުދުވަހުގެ ވާޖިބު އަދާ ކުރުމަށްފަހު މިސްކިތުން ނިކުމި ކައިޒަންއާއި ނާހިލް މިސްރާބުޖެހީ ކިއާރާގެ ގެއަށް ދިއުމަށެވެ. ކިއާރާގެ ގެއާ އަރައި ހަމަވިއިރު ކިއާރާއާއި ލީޝް އެމީހުގެ އިންތިތާރުގައި ތިއްބެވެ. އެންމެން ހަމަވުމާއެކު އެއްޗެހިގަތުމަށްޓަކައި ފިހާރަޔަށް މިސްރާބުޖެހިއެވެ. މުޅި ދުވަސް ނާގާލީ ޕިކްނިކް ދިޔުމަށް ތައްޔާރުވުމުގައިިއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ބެލްކަނީގައި ހުއްޓިލާގެން ހުރި ކައިޒަންގެ މޫނުމަތިން ފެންނަނީ ހަމަހިމޭން ކަމެވެ. ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ތަރިތައް ބަބުޅަމުން ދިޔަ އެ ރީތި އުޑަށް ނަޒަރު ހުއްޓައިލައިގެން ހުރިއިރު ކައިޒަން ފެންނަލެއް ވަރަށް ފުރިހަމައެވެ. އިރުކޮޅަކު ބެލްކަނީގައި ހުރެލުމަށްފަހު ނިދުމަށް ކޮޓަރިއަށްވަނެވެ. މާދަމާއީ ޕިކްނިކް ދާދުވަސްކަމުން އަަވަހަށް ނިދާލުމަށްޓަކައި އެނދުގައި ހަމަޖެހިލާގެން އޮށޯވެލިއެވެ. ގިނައިރުތަކެއް ނުވެ ނިދީގެ ފުންކަނޑަށް ކައޒަން ގެބިގެން ދިޔައެވެ. ހެންދުނުގެ ވަގުތެވެ. ނާހިލްމެންގެ ގޭ ކުރިމަށްޗަށް ޕިކްނިކްދާން ކުދިންތައް އެއްވަމުން ދިޔައެވެ. އެތަނުގައި ތިބި އަންހެން ކުދިންނާއެކު ކިއާރާ ހީ ސަމާސާ ކުރަމުން ދިޔައެވެ. ” ކިއާރާ…” ނާހިލް ގޮވާލިއަޑަށް ކިއާރާ ފަސްއެންބުރި ބަލާލިއެވެ. ނާހިލް އާއި ކައިޒަން އެއްތާކު މަޑު ކޮށްލައިގެން ތިއްބެވެ. އެމީހުނާ އެހާންމެ ކާއިރީ އިތުރު ޒުވާނެއް ކިއާރާއަށް ފަސްދީގެން ހުއްޓެވެ. ނާހިލް ކިއާރާއަށް ގޮވުމުން އެ ޒުވާނާ ފަސް އެންބުރި ބަލާލިއެވެ. ކުރިމަތިން ކިއާރާއަށް ފެނިގެން ދިޔަ ސޫރައިގެ ސަބަބުން ކިއާރާ މޫނުމަތީގެ ކުލަވަރު ބަދަލްވެގެން ދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aishoo

Level 1100 Login

❤?❤?❤?❤?❤❤?❤?❤I am 15 year old girl who loves to read and write stry . ❤?❤?❤?❤?❤?

Other Articles

Previous

ދުޝްމަން – 4

Next

އަހަރެން އެނބުރި އަންނާނަން (10 ވަނަ ބައި)

Next
June 26, 2019

އަހަރެން އެނބުރި އަންނާނަން (10 ވަނަ ބައި)

Previews
June 26, 2019

ދުޝްމަން – 4

30 Comments!

  1. jiji says:
    June 26, 2019 at 9:10 pm

    Yeyy me first dhw…Kiyaafa comment eh kohlaanan ingey aishoo…v wait kohkoh huhta kiyaalan mi libuny..hehe❤❤❤❤

    1. aishoo says:
      June 26, 2019 at 9:27 pm

      Congrats dear… u r first….. hehe .. waiting for ur comment… ?????❤❤

  2. aishoo says:
    June 26, 2019 at 9:30 pm

    Salaam readers…. ????here is the 3 part of gaathuga nuviyas loabin..❤❤❤❤. hope all will like this part too….✌✌✌ up kuran lass v sch ga maa bsy dhuvas varakah v ma….?? hope all will understand and feel free to cmnt… ??and kuriekey ehfadhain mistakes bunedheyne kamah ummeedhu kuran … love u all my readers… ?❤?❤?❤?❤?

  3. Dhonthee says:
    June 26, 2019 at 10:54 pm

    Ohhho aishoo❤️❤️❤️ It’s OK…. School kudhinnakee vvvv busy koh ulhen jehey baeiy…. Dhonthi ves v busy koh ulhefa dhen me free time eiy mi libuny… Aishoo ves Haadha molhey dhw readers curious kuran?????????As well mi part ves vvv loabi ingey… Waiting for your story’s next episode… Love you so much❤️❤️??????❤️??❤️???????????❤️❤️❤️??Good night???

    1. aishoo says:
      June 26, 2019 at 11:02 pm

      Dhonthee… ❤❤❤ i was waiting for u r cmnt ….???? so happy to see u r cmt dear….??? aww thanks dear..????. keep waiting..????.. much much n much more love frm me….. ❤❤❤❤

  4. ?Nafu? says:
    June 27, 2019 at 1:19 pm

    Aishoo.. mi part Vs vr rythi..??? Masha Allah… But vr faahaga vi thankolheh ebaan.. list hadhan inefa leesh Eba bune ehnu ziyaan ey.. ekam ethaaku ziyaan eh nethehnu.. btw Hama vr salhi stry.. waiting for nxt epsd????????????

    1. aishoo says:
      June 28, 2019 at 10:05 am

      Sry dear e olhumakun ethaa innaany kaizan… thanks dear….it means a lot… keep waiting

  5. jiji says:
    June 27, 2019 at 1:58 pm

    Alhey dear mi bai vec vv rythi ingey❤❤❤??????..Ekm kudhi kudhi mistakes ebahuri ingey adhivec…Nd am so curious to knw wats gonna be happen next…i guess its ziyaan??????…hehe..lysm sis

    1. aishoo says:
      June 27, 2019 at 6:47 pm

      Thank you jiji…. ?? i means a lot….?? kury faharh vureh rangalhu kurecey thw try kurin ki ah vureh rangalhu kohlaanan …..???? i am so happy that u guys like my stry…..???? lets see wht happens dhw …. ?☺☺keep waiting dear….. ???lymm jiji…..❤?❤?❤?❤?❤?❤?❤

  6. Jasmine says:
    June 27, 2019 at 7:29 pm

    This part is so lovely and very nice.keep it up .next part avahah up kohlachee.????????????????????

    1. aishoo says:
      June 28, 2019 at 10:07 am

      Thanks alot jasmine…. ??? it means a lot….??? iraadha kurehvihyyaa vaavarakun up kuramun dhaanan….. ???keep waiting dear…..❤❤❤❤ much love…. ?❤?❤?

  7. Dhonthee says:
    June 29, 2019 at 7:25 pm

    Sorry aishoo.. Aslu Vaahaka eiy bunan handhaan nethifa mihiree?????Hehe… Dhonthi bunan mi ulhenee miee mihaaru dhonthi au enme reethi vaahakaey????????❤️❤️??

    1. aishoo says:
      June 30, 2019 at 10:01 am

      Awwwn……. ☺☺☺☺thanks a lot dhontheee it means a lot to me…. ????v ufaavehjje enme reethi stry ah v ma….. ???much love frm me….???❤❤❤??

  8. Near niaa ? says:
    June 29, 2019 at 10:11 pm

    Alhey haadha reethi stry ekay when nxt part………….. keep the good work luv the stry ❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

    1. aishoo says:
      June 30, 2019 at 10:06 am

      Thanks near niaa… ☺☺☺☺it means a lot… ???insha allah next part v avahah genes dhevey thw balaanan…❤❤. test feshumaaeku lil busy koh ekamuves try kuraanan v avahah up kohlevey thw keep waiting … ❤?❤?❤?much love????

  9. aishoo says:
    July 6, 2019 at 10:20 pm

    Salaam readers. .. varah bodah maafah edhen mi hafthaaga episode eh up nukurevunyna … test feshunyma varah busy koh mi ulheny. ….. and i need to get a good result…. so mi anna saturday ga 4 th vana episode nereynan..or miah vureh avahah ves up kuran try kuraanan…. hope readers wait kuraane kamah…

  10. Dhonthy says:
    July 8, 2019 at 10:08 am

    Aishoo❤️❤️❤️ Focus more on studies ingey… Dhonthi vv ufaavaane aishoo test thakun rangalhu natheejaa thakeiy hoadhaifiyyaamun…. Because we are good friends right… ???Once again I m telling you.. Focus more on studies and get a good result ingey aishoo….. Adhi aishoo au veevarakun story up kodhdheynekamau ummeedhukuran ???? Love you aisho❤️❤️❤️??

    1. aishoo says:
      July 8, 2019 at 7:55 pm

      Thanks dhonthy for supporting me ….❤❤❤ and understanding me… ❤❤❤ofcrs u r a good frnd… ??and a good reader ..❤❤. and a good supporter.??. i am lucky to have readers like u..???❤. insha allah i will try my best in study… ???☺☺and also vavarakun stry up kohdheynana…. ☺???wednesdayga test nimeyne…????. eyah fahu hama konme week ehga ves up kohlaana …. ❤❤❤❤continue koh… ?????keep waiting… ??and love u tooo one of my best reader… ???????

  11. Dhonthy says:
    July 11, 2019 at 5:50 pm

    Aishoo dear ulheny Maaleygatha?? Hama ahaalee ingey…. Because dhonthi beynun aishoo aa meet vaan❤️❤️❤️???

    1. aishoo says:
      July 11, 2019 at 6:05 pm

      Nooney hama raahjje therey kuhjjeh…. male dhaa faharakun dhonthi aa meet velaany dhw…hehe.. much love ????

    2. Dhonthy says:
      July 11, 2019 at 6:22 pm

      Hehe… Dhonthi ves mee Raajje therey kujjeiy… Konme aharegge bodu chutteega dhonthi Maaleau dhanee… Dhn kudhi kudhi bandhu dhuvasthakugaves dhan maale au…. Adhi neynge ennu kihineiykameiy dhonthi aai aishoo meet vaane eiy…

  12. aishoo says:
    July 11, 2019 at 7:46 pm

    Hmmm …. dhonthi vaki kuraany ves kihineh meet viyas… hehe

    1. Dhonthy says:
      July 11, 2019 at 7:50 pm

      Hehe…. Dhonthi kiyaidheynamey aishoo au edhuvahakun… Don’t worry about that… Aishoo ves bodu chutteega Maaleau annaanamennun dhw… We can… If we try.. Dhonthi meet vaane gotheiy hadhaidheynan…. Dhonthi kiyaidhineema hama yageen aishoo au ingeyne dhonthi vakikuran… OK aishoo. Vvv miss ingey… Next part au waiting????

    2. aishoo says:
      July 11, 2019 at 8:06 pm

      Mym… keep waiting mi maadhan up vaane iraadha kurehvihyyaa

  13. Dhonthy says:
    July 12, 2019 at 11:18 pm

    ?Aishoo gmail use kurantha

    1. aishoo says:
      July 12, 2019 at 11:23 pm

      Yeah innaane

  14. Dhonthy says:
    July 12, 2019 at 11:26 pm

    We can talk through gmail dhw

    1. aishoo says:
      July 12, 2019 at 11:30 pm

      Think so

    2. aishoo says:
      July 13, 2019 at 12:08 am

      Aishoo gmail use nukuran so dont know much

  15. Dhonthy says:
    July 12, 2019 at 11:41 pm

    [email protected] au mail kolla… Dhonthi athuga mihaaru phone eba oiy.. Now you can contact me.. ok aishoo

Comments are closed.

Next Episodeގާތަގައި ނުވިޔަސް ލޯބިން 4←


All Right Reserved!