އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައިގެ ތެރެއިން..)
ކޮންމެއަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞް ވާން ފަށައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި، ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާއިބެހޭ ގޮތުން މަޝްވަރާކުރާކަށް އަހަރެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތު ގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރެމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޙްޞާޞްއެއް މަންމައަކަށް ނޭނގެއެވެ.
+++++++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން (10 ވަނަ ބައި)
އަހަރެން މިވާހަކަތައް ހުވޭއަށް ކިޔަަައިދީ، މިކަމާ ވަރަށް ދެރަވާ ވާހަކަ ބުނީމެވެ. ހުވޭ ވެސް ވަރަށް ކަންތައް ބޮޑުވިއެވެ. އެކަމަކު ހުވޭ ބުނީ ޒައިދާން އަށް ވެގެން އުޅޭގޮތެއް ނޭނގެނީސް މިކަމަށް ޙައްލެއް ނާންނާނެވާހަކައެވެ. އަދިވެސް ހިތްވަރުކޮށްފައި ޒައިދާން ގަޔާވާކަހަލަ ކަންތައް ކުރުމަށާއި، ޒައިދާންއާއި، ރަނގަޅަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް ހުވޭ އަހަރެންނަށް ޚިޔާލުދިނެވެ.
++++++++++++++++++++++++++++++++++++++++++++++++++++
” މާދަމާ ކޯހުގެ ގްރެޖުއޭޝަން އެބައިން..ޒައިދާން ފްރީ ވާނެތަ؟ އަހަރެން ޒައިދާންގެ މޫނަށް ބަލަންހުރެ އެހީމެވެ.
“އަދި ނޭނގޭ! އޮފީހުގެ ޕްރެޖެކްޓަކަށް ބޭރުބަޔަކު އައިސްގެން އުޅޭތީ، މާދަމާ އޮފީހަށް ދިޔައިމަ އެނގޭނީ.. އަންގާލާނަން..” ޒައިދާން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ، ސޯފާގައި އިނދެ ޖަވާބު ދިނެވެ.
އެ ޖަވާބުން ޒައިދާން ނުދާނެކަން އަހަރެންނަށް ވަރަށް ބޮޑަށް ޔަޤީން ވިއެވެ. އެހެންޏާ، އަހަރެންގެ ކަމެއް އޮވެއްޖެެއްޔާ، ޒައިދާން ސަލާން ބުނެފައިވެސް، ޗުއްޓީ ނަގައިގެންވެސް އެކަމެއްގައި އަހަރެންނާއި ބައިވެރިވާނެއެވެ. މިހާރު ކުޑަމިނުން އަހަރެން ހުރީ ކައިގެންތޯ ވެސް، ބަލާލާނެ ވަގުތެއް ޒައިދާންއަކަށް ނުވެއެވެ. ޒައިދާންއަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެބާއޭ އަަހަރެންގެ ހިތަށް ތަކުރާރުކޮށް އަރަމުން ދެއެވެ.
އޭގެ އަނެއް ދުވަހެވެ. ޒައިދާން އަހަރެންނަށް މެސެޖްކޮށްފައި، ގްރެޖުއޭޝަންއަށްދާން ގެއަށް ނާދެވޭނެ ވާހަކަ ބުންޏެވެ. އެކަންވެސް އެވީ ހަމަ އަހަރެން ހީކުރި ގޮތަށެވެ. އަހަރެންވެސް ގްރެޖުއޭޝަންއަށް އެކަނި ދާހިތެއް ނުވިއެވެ. ކަލްނަރީ ކޯހަކީ އަހަރެން ކިޔާ ހަދާހިތުން ހެދި ކޯހެއްކަން އެންމެ ރަނގަޅަށް އެނގޭނީ ޒައިދާންއަށެވެ. އެކޯސް ހަދަން އަހަރެންނަށް އެންމެ ބޮޑަށް ހިތްވަރުދިނީވެސް ޒައިދާންއެެވެ. މިއަދު ނިކަން ބަލާބަލާށެވެ. މިއަދު އަހަރެން މިކޯސް ނިންމިއިރު، އަހަރެން އެންމެ ލޯބިވާ ޒައިދާން އަހަރެން ގްރެޖްއޭޓްވާތަން ބަލާކަށް ހޯލަކު ނީންނާއެވެ. މިފަދަ ޚިޔާލުތަށް އަހަރެންގެ ކޯތާފަތް ތެތްމަމުން ދިޔައެވެ.
ވައިބަރ ކޯލެއްގެ ރިންގުން އަހަރެން ސިއްސައިގެން ދިޔައެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ތުއްތަ ގުޅަނީއެވެ. އެފޯނު ނަގައިގެން ވާހަކަ ދައްކާނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެން ރޯކަން ތުއްތައަށް އެނގިއްޖެނަމަ، ސުވާލުކޮށް އަހާ، އޮޅުންފިލުވާނެތީއެވެ.
‘މިއަދު ދޯ ގްރެޖުއޭޝަން އޮތީ؟..’ ފޯނަށް ޖަވާބު ނުދިނުމުން ތުއްތަ މެސެޖެއްކުރިއެވެ. ޖަވާބުގައި އަހަރެން ‘އާއެކޭ’ ބުނެ ރިޕްލައި ކުރީމެވެ. އެކޮޅުން އަލުން މެސެޖެއް އައެވެ. ‘ތައްޔާރުވެފައި ފޮޓޯއެއް ފޮނުވާލައްޗޭ’ ތުއްތަގެ މިމެސެޖަށް ޖަވާބުދޭން އަހަރެންނަށް ވަގުތުކޮޅެއް ބޭނުންވިއެވެ. ސަބަބަކީ އަހަރެން އޭރު އިނީ ޙަފްލާއަށް ނުދާން ގާތްގަނޑަކަށް ނިންމައިގެންނެވެ. ނަމަވެސް އެވީގޮތުން އަހަރެންނަށް ޙަފްލާއަށް ދާން މަޖްބޫރުއެބަވެއެވެ. ގްރެޖުއޭޝަން ހެދުން ފަހާފައި މާލެއިން ފޮނުވީ ތުއްތައެވެ. ތުއްތަ އަންނަންވެސް ބޭނުންވިއެވެ. ނަމަވެސް މަންމަ ކުޑަކޮށް ބަލިވެއުޅޭތީ، ތުއްތަހުރީ އޭރު، މަންމަގާތު ރަށުގައިކަމުން ތުއްތައަށް އާދެވެންނެތީއެވެ. އިރޮކޮޅެއްފަހުން އަހަރެން ‘އާނ ފޮޓޯ ފޮނުވާނަން’ މިހެން ބުނެފައި ތުއްތައަށް ރިޕްލައި ކުރީމެވެ.
ކޮންމެއަކަސް އަހަރެންނަށް އިތުރު ހިތްވަރެއްލާން ޖެހުނެވެ. ހިތާއިދެކޮޅަށެވެ. ތައްޔާރުވެގެން ތުއްތަ އެދުނުފަދައިން ފޮޓޯއެއްވެސް ފޮނުވީމެވެ. ޙަފްލާއަށްވެސް ދިޔައީމެވެ. ޒައިދާން ނުދިޔަސް ގްރެޖްއޭޓްވެސް ވެއްޖެއެވެ.
++++++++++++++++++++++++++++++++++++++++++++++++++
ކޯސްވެސްނިމުނީއެވެ. މިހާރު ގިނަ ވަގުތު އޮންނަނީގޭގައެވެ. އެކަންޏެވެ. އާދައިގެމަތިން ޒައިދާން ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. އެކަނި ގޭގައި އޮންނަން ޖެހުމުގެ ސަބަބުން ޒައިދާންއާއި ދޭތެރޭ މާބޮޑަށް ވިސްނެއެވެ. އަހަރެންމިއީ މީހެއްގެ އަތްބެއް ބާއޭ ހަަމަ އަހަރެން ހިތަށް އަރައެެވެ. މީގެ ކުރިން އަހަރެންމިއީ މީހެއްގެ އަތްބެއްކަން އިޙްޞާޞްވެއެވެ. އަހަރެންދެކެ އިންތިހާއަށް އަހަރެންގެ ފިރިމީހާ ލޯބިވެއެވެ. މިއަދި މީ އެހެން ދުވަހެކެވެ. އެދުވަސް މާޒީއާއި އެކުވެ، އަހަރެންގެ މޫނުމަތީގެ އުފާވެރިކަށް އަބަދުގެ އަބަދަށް ގެއްލުނުކަހަލައެވެ.
ފާރުގައި އިން ގަޑިއަށް އިރުކޮޅަކާ އަހަރެންނަށް ބެލެއެވެ. ޒައިދާން އަންނާނޭ ވަގުތަކަށެވެ. ފުންނޭވާއަކާއެކު ދެން އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ، ކޮޓަރީ މޭޒުގައި އިން ޓޭބަލް ކަލަންޑަރަށެވެ. އޭގައި ބޮޅުއަޅާފައި އޭނދީ، ޒައިދާންގެ އުފަންދުވަހެެވެ. އާނއެކެވެ. މާދަމާ ނޫން އަނެއްދުވަހަކީ ޒައިދާންގެ އުފަންދުވަހެވެ. ހުވޭ ބުނި ވާހަކަތައް އަހަރެންގެ ހަނދާނަށް ކުއްލިއަކަށް އައެވެ. އަދި ޒައިދާންގެ އުފަންދުވަހަށް އަހަރެންގެ އަމިއްލަ އަތުން ކޭކެއް އެޅުމަށް ނިންމާފީމެެވެ. އެ ކޭކުވާނީ އަހަރެން ކޯސް ނިންމިފަހުން އަޅާ އެންމެ ފުރަތަމަ ކޭކަށެވެ. އަދި އެކޭކު ޚާއްޞަ ވާނީ އަހަރެން އެންމެ ލޯބިވާ ޒައިދާންއަށެވެ. މި ޚިޔާލުތަކުން ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ.
+++++++++++++++++++++++++++++++++++++++++++++++++++
ޒައިދާން އެރޭވެސް ނިދަން އައީ ލަހުންނެވެ. އާދައިގެ މަތިން ނިދަންއެރިއެވެ. އަހަރެންވެސް މާބޮޑަަކަށް އަޅައެެއް ނުލަމެވެ. ޒައިދާން ހެނދުނު އޮފީހަށް ދިޔުމުން ކޭކެެއް އަޅާނީއޭހިތާ، ބާތްޑޭ ވިޝްއެއްވެސް ނުކުރަމެވެ.
ކޮންމެއަކަސް ޒައިދާން ހެނދުނު ހޭލައިގެން އޮފީހަށް ގޮއްސިއެވެ. އަހަރެން، އެދުވަހުގެ ބޮޑުބައެއް ހޭދަކުރީ ކޭކު އެޅުމުގައެވެ. ޒައިދާން ގެއަށް އަންނަ ގަޑިލަސްކަމާއިއެކު، އަހަރެން ނިންމީ، ކޭކު ހިފައިގެން ޒައިދާން އަށް ‘ސަރޕްރައިސް’ އެއް ދިނުމަށް އެ އޮފީހަށް ދިޔުމަށެވެ. ޒައިދާން އެއްދުވަހު އަހަރެން އެ އޮފީހަށް ގެންދިޔައެވެ. އެހެންވީމާ، ކޭކު ހިފައިގެން އަހަރެންނަށް އެ އޮފީހަށް ދާންކެރޭނެ ކަމުގައި އަހަރެން ނިންމީމެވެ.
ކޮންމެއަކަސް ކޭކު ނިންމާލުމަށްފަހު، ކޭކު ހިފައިގެން އަހަރެން، ޒައިދާންގެ އޮފީހަށް ދިޔައީމެވެ. ޒައިދާން އަކީ އެ ސެކްޝަންހެ ސެކްޝަން ހެޑް ކަމުން، ޒައިދާން އިންނަނީ ވަކީ ކެބިން އެއްގައިކަން ޒައިދާންވަނީ އަހަރެންގާތު ބުނެފައެވެ.
އަހަރެން ގޮސް ޒައިދާންގެ އޮފީހަށް ވަނުމުން، ހުރި ގޮތަށް އެތެރެއަށް ގޮސް ކަނާތްފަރާތު ކެބިންއަށް ދިޔުމަށް އަހަރެންގާތު، ކައުންޓަރުގައި އިން ކުއްޖާ ބުންޏެވެ. ކައުންޓަރުގައި އެދުވަހު އިން ކުއްޖާއާއި، އޭގެ ކުރިން ދިމާވެފައިނެތުމުން، އަހަރެންމީ ޒައިދާންގެ އަންހެނުންކަމެއް އޭނާ އަކަށް ނޭނގޭނެއެވެ.
އަހަރެން ކޭކު ހިފައިގެން ހެޔޮވަރުގެ ހިނގުމެއްގައި ހިނގާފައި ޒައިދާންގެ ކެބިންއާއި ދިމާލަށް ދިޔައީމެވެ.
ޒައިދާން ހައިރާންކޮށްލާ، ޒައިދާންގެ މޫނުމައްޗަށް އަންނާނެ އުފާވެރިކަށް ދެކިލުމަށް ކެތްމަދުވެފައިވާ ޙާލުގައެވެ.
ޒައިދާންގެ ކެބިން ކުރިމަށްޗަށް ކޭކާއެކު އަރާހަމަވިއިރު ފެނުނީ ޤަބޫލުކުރަންދަތި މަންޒަރެކެވެ. ޙައިރާންވެ އަންތަރީސްވީ އަހަރެންނެވެ. ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެންނަށް ފެނުނީ އަހަރެން ދުވަހަކުވެސް ފެންނާނެއޭ ހީކުރި ކަހަލަ މަންޒަރެެއް ނޫނެވެ.
ޒައިދާންގެ ކައިރީގައި، މާބަނޑު އަންހެންކުއްޖަކު ކޮޅަށް ހުއްޓެވެ. އެކުއްޖާ ހުރީ ޒައިދާންގެ މޫނަށްްބަލަހައްޓައިގެން ރޮވިފައެވެ. ޒައިދާން ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެހެނަސް ޒައިދާން ހުރީ، އެ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
އަހަރެން ހުރިތަނަށް ގަނޑުވިއެވެ. އަތްފައިފިނިވެ، މޭގަނޑު ބާރަށް ތެޅެން ފެށިއެވެ.
މީހަކު އައިހެން ހީވެގެން ދެމީހުން އެކުއެކީގައި ކަހަލަ ގޮތަށް ސިހިފައި ބަލައިލިއެވެ. އެ ދެމީހުނަށްވެސް އަހަރެންފެނުނެވެ. ހަމައެވަގުތު އަހަރެންގެ އަތުގައި އޮތް ކޭކު ބިންމައްޗަށް ވެއްޓުނެވެ.
“އަފާ..” ކުއްލިއަަކަށް ޒައިދާންއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
އަހަރެން އެއަށް އެއްވެސް ޖަވާބެއްނުދީ ވަރަށް ހިތްވަރުކޮށްފައި އެ ތަނުން ނިކުތުމަށް ހިނގައިގަތީމެވެ.
(ނުނިމޭ..)
775 Comments
Comments are closed.
jiji
June 26, 2019 at 9:12 pmYaas4…Alheyy haadha lahunney dhw?…v dhera vi story up nuve gina dhuvas v ma…
Btw kiyaafa comment eh kohlaanan ingey❤❤?
jiji
June 27, 2019 at 6:12 amAlheyy kihineh baa evy..So sad…btw mi bai vec v rythi ingey…Whn next??????❤❤❤
mulla
June 26, 2019 at 9:17 pmhaadha lahunneyy mi vaahaka up vanniii… v reethi mi part vx… knirakun dhn next part genesh dheynii
ކ
June 27, 2019 at 12:02 pmހާދަލަހޭ އަޕްކުރާލެއް
?Nafu?
June 27, 2019 at 1:32 pmAlheyyyy mi Bai Vs vr vr vr rythi… Masha Allah.. next epsd thankolheh avahah up kohla dhehcheh…??❤️❤️??