ބުނާށެ ލޯބި ނުވަނީހޭ….45
ދެތިން ދުވަސްތެރޭގައި އަޒްހަދްގެ ހާލު ރަނގަޅުވިއެވެ. ހަމްޒާއާ ސުނައިނާ ކޮންމެ ދުވަހަކު އަޒްހަދްއާ އެކީ ވަގުތު ހޭދަކުރެއެވެ. އެދެކުދިންގެ އިތުރަށް ރާނިޔާއާ އަޒްހަދްގެ ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ. އެކުދިންނެކޭ އެއްފަދައިން އަޒްހަދްއަށްގެ ހާލު ދެރަވިކަމުގެ ޚަބަރު ލިބުމާއެކު ރާނިޔާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އެތައް ފަހަރަކު އަޒްހަދްގެ ކިބައިން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އޭނާ ދޫކޮށްފައި ނުދާނެކަމަށް އެތައް ފަހަރަކު ވައުދުވިއެވެ. ހަމްޒާއާ ސުނައިނާއަކީ އޭނާގެ އަމިއްލަ ކުދިން ގޮތުގައި ރާނިޔާ ދެކުނެވެ.
އަންޖަލް ހުންނަނީ އުފަލުން ނަށާލަ ނަށާލައެވެ. ބައްޕައާ މަންމަ ގުޅުނުއިރު ލޯބިވާ ދޮންތައާ ދޮންބެވެސް ބައްޕައަށް މާފުކުރީއެވެ. ހައަހަރުކުރިން ވާން ބޭނުންވި ކަންތައް މިއަދު މިވަނީ ފުރިހަމަވެފައެވެ. އޭނާ އަބަދުވެސް ބޭނުންވި އާއިލާ އެވަނީ ލިބިފައެވެ.
އަޒްހަދް ގެއަށް ދޫކޮށްލި ދުވަހު ހަވީރު ލިއާ ގޮވައިގެން ސުނައިނާއާ މިރާޝް އަޒްހަދް ގާތަށް ދިއައެވެ. ފުރަތަމަ ފަހަރަށް މަންމަ ފަރާތު ކާފަ ފެނުމުން ލިއާ އިނީ ކުޑަކޮށް ލަދުގަނެފައެވެ. އަޒްހަދް ވާހަކަ ދެއްކުމުން ވާހަކައެއްވެސް ނުދެއްކިއެވެ. ރަކިވެގެން މިރާޝް ގައިގައި ބާރަށް ހިފަހަައްޓަނީއެވެ. ސުނައިނާމެން އެގޭގައި ތިއްބާ އަންޖަލް ރީހާން ގޮވައިގެން އައެވެ. ރީހާންއެކޭ ލިއާއެކޭ ތަފާތެއް ނެތެވެ. ލަދުން ހުރި ވަރުން އަޒްހަދްއާ އަނގައިންވެސް ނުބުނެއެވެ. ރާނިޔާ ވާހަކަ ދެއްކުމުންވެސް ބޯޖެހުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.
އަންޖަލްއާ ރީހާންގެ ގުޅުމާމެދު އަޒްހަދްއާ ރާނިޔާ ތިބީ އުފަލުންނެވެ. އަންޖަލްއަށް ވުރެ ރީހާން ހަގުކަމުގައި ވިއަސް ދެކުދިން ވާލޯބީ އެދެމީހުންނަށް ފެންނަމުން ދިޔައެވެ. އަންޖަލްއަށް ވަކި މީހަކާ އިންނަން މަޖުބޫރު ކުރާކަށް އަޒްހަދް ބޭނުމެއް ނޫނެވެ. އޭނާއަށް ދިމާވި ފަދަ ގޮތެއް އޭނާގެ އެއްވެސް ދަރިއަކަށް ދިމާވާކަށް އަޒްހަދް ބޭނުމެއް ނޫނެވެ. ކިތަންމެ ނިކަމެތި އާއިލާއެއްގެ ކުއްޖަކާ އަންޖަލް ގުޅެން ބޭނުންވި ނަމަވެސް އެކުއްޖަކީ ގޯސް ކުއްޖެއް ނޫންނަމަ އޭނާ އެކަމަށް ދެކޮޅެއް ނުހަދާނެއެވެ. ރީހާންއަކީ ކުޑައިރުއްސުރެ އޭނާ ދަންނަ ކުއްޖެކެވެ. ރީހާން އަންޖަލް އުފަލުގައި ގެންގުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޒްހަދްއަށް އޮތެވެ.
އިރުއޮއްސެން ކައިރިވުމާއެކު ސުނައިނާމެން ގެއަށް ދިޔައެވެ. ބަންގި ގޮވުމުން ރީހާންވެސް އަޒްހަދްއާ ސަލާންކޮށްފައި ނަމާދަށް ދިޔައެވެ. އަޒްހަދް ގާތު އިރުކޮޅަކު އިނުމަށްފަހު އަންޖަލްވެސް ނަމާދު ކުރަން ދިޔައެވެ. އަޒްހަގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތިން ކުދިންނާއި އޭނާގެ ލޯބިވާ އަންހެނުން އޭނާއަށް އަޅާލާވަރު ފެނުމުންނެވެ.
ރައިހާނާ ތައްޔާރުވަމުން ދިޔައީ ރުހާމްއާ ޝައުފާ ބަލާ އެއާޕޯޓަށް ދާށެވެ. ރީތިވާން އިންއިރު ރައިހާނާ އިނީ ހަމްޒާއަށް ގުޅައިގެންނެވެ. ފޯނު ސްޕީކަރަށް ލައިގެން ހުރެ ހަމްޒާއާ ވާހަކަ ދައްކަމުން ދިޔައެވެ. މާދަމާ އިސްކޫލު ހުޅުވުމުން ސުކޫލުގައި އުޅެން ޖެހޭނެ ގޮތް ހިތަށް އެރުމާއެކު ރައިހާނާ ބިރުން އެވާހަކަ ހަމްޒާއާ ދެއްކިއެވެ. އެދެމީހުންގެ ގުޅުން ކުދިންނަށް އެނގިއްޖެޔާމުން ވާނެ ގޮތަކާމެދު ރައިހާނާ ސުވާލު ކުރިއެވެ. “ރިލެކްސް. މާބޮޑަށޭ ތި ހާސްވަނީ. އެމީހުންނަށް އެނގުނަސް މާބޮޑު ކަމެއް ނުވާނެ. އިޓްސް ގޮންނާ ބީ އޯކޭ. އޭއި މި ގަޑީ ބާއްވަނީ ދެން. ބައްޕަގެއަށް އައިސް މީނީ. ބާއި”.
ފޯނު ކަނޑާލުމަށްފަހު ހަމްޒާ ގޭތެރެއަށް ވަނެވެ. އޭރު ރާނިޔާ އަޒްހަދްއަށް ކާން ހަދައި އުޅުނެވެ. އަންޖަލްގެ ހިލަމެއް ނުވެއެވެ. ހަމްޒާ ރާނިޔާއަށް ގޮވާލުމަށްފަހު ދިޔައީ އަޒްހަދް އޮންނަ ކޮޓަރިއަށެވެ. އޭރު އެނދުގެ ފަޑީގައި ލެގިލައިގެން ރީއްޗަށް އެނދުގައި އިށީންދެގެން އަޒްހަދް ހުއްޓެވެ. ކޮންމެސް މީހަކަށް ގުޅައިގެން ވަރަށް މުހިއްމު ވާހަކައެއް ދައްކާށެވެ. ހަމްޒާ ކޮޓަރީ ދޮރުގައި ޓަކި ޖަހާފައި އެތެރެއަށް ވަދެ ވަކިން އިން ސޯފާގައި އިށީނެވެ. ހަމްޒާ އައުމާއެކު ފޯނު ކޯލު ކުރުކުރިއެވެ. “ބައްޕަ ކިހިނެއް މިހާރު؟” އަޒްހަދް ކުރިމަތީ ގާތްކޮށް ވާހަކަ ދައްކާކަށް އަދިވެސް ހަމްޒާއަކަށް ނުކެރެއެވެ. އެހެނަސް ވަރަށް އަޅައިގަންނަމުން އުނދަގުލުން އަޒްހަދްއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. “އިރާދަކުރެއްވިއްޔާ ރަނގަޅު. ކޮބާ ލިއާ؟ އިއްޔެވެސް ގުޅައިގެން ވަރަށް އަނގަތެޅި. މިއަދު ޚަބަރެއް ނުވޭ. ލިއާއެއީ ހަމަ ސުނައިނާ. ސުނައިނާވެސް ކުޑައިރު ނިކަން އަނގަ ގަދަ ވާނެ” އަޒްހަދް ހިނިތުންވެފައި އިނދެ ސުނައިނާ ކުޑައިރުގެ ވާހަކަ ދެއްކިއެވެ. ހަމްޒާވެސް ފޫހިކަމެއް ނެތި އެވާހަކަތައް އަޑުއަހަން ހުއްޓެވެ. ދޭތެރެއަކުން ދެބަފައިން އެކީ ހިނިގަނޑު ޖަހާލައެވެ.
އަންޖަލް ތަބަކަކަށް އަޒްހަދްގެ ކާއެއްޗިހި އަޅައިގެން ގެނަސް ދިނެވެ. އަޒްހަދް އަމިއްލައަށް ކާން އުޅުމުން އެކަން މަނާ ކޮށްފައި އަންޖަލް ސަމްސަލުން އަޒްހަދްއަށް ކާންލެވިއެވެ. އަޒްހަދްއަށް ކާންދީފައި ތަބައް ހިފައިގެން އަންޖަލް ދަމުން ހަމްޒާ ގާތު އަޒްހަދްއަށް ބޭސްދޭން އެދުނެވެ. ހަމްޒާ ބޯޖަހާލުމަށްފަހު ބޭސް އަޅައިފައި ހުރި ތަށިން އެގަޑީ ކާން ޖެހޭ ބޭސް ނަގާފައި އަޒްހަދްއަށް ދިނެވެ. އަޒްހަދްއަށް ބޭސް ދީފައި އެނބުރި ސޯފާގައި އިށީންތަނުން ރައިހާނާގެ މެސެޖެއް އައެވެ. ރައިހާނާގެ މެސެޖެއް ލިބުމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެހިނިތުންވުމުގައި ހުރެ ރައިހާނާގެ މެސެޖަށް ރިޕްލައި ކުރިއެވެ. ހަމްޒާގެ މޫނަށް އަންނަމުން ދިޔަ ބަދަލު ރީއްޗަށްވެސް އަޒްހަދްއަށް ފެންނަމުން ދިޔައެވެ. “ބައްޕަ ވާހަކަައެއް އަހާލަންތަ؟” ހަމްޒާ އާއެކޭ ބުނުމާއެކު އަހަން ނާހަން ހުރެފައިވެސް އޭނާ ހިތުގައި އުފެދެމުން ދިޔަ ސުވާލު އަޒްހަދް ކުރިއެވެ. “ރައިހާނާ ގާތު ބުނެފިންތަ؟” ހަމްޒާއަށް ދެލޯ ހަނިކޮށްލެވުނީ އަޒްހަދް ކުރި ސުވާލު ދޭހަނުވުމުންނެވެ. “މި ބުނީ ލޯބިވާ ވާހަކަ ބުނީހޭ؟” ހަމްޒާ ދެލޯ ބޮޑުކޮށްފައި ކެއްސައިގަތެވެ. ރައިހާނާދެކެ ލޯބިވާކަން އަޒްހަދްއަށް އެނގުނީ ކިހިނެއްހެއްޔެވެ. “ހަމްޒާ އެކުއްޖާޔަށް ބަލާގޮތުންވެސް ތިހިތުގައި އެކުއްޖާއަށް ދެވިފައިވި މަގާމު އެނގުނު. އެއީ މީގެ ހައަހަރު ކުރިން. އަދިވެސް ތިހިތުގައި ރައިހާނާގެ ނަން ލިޔެވިފައި ވާހެން ހާދަ ހީވެޔޭ” ހަމްޒާ އެއް މިޔައަކުން ހީލިއެވެ. ލަދުންހުރެވެސް އޭނާ އުޅެނީ ރައިހާނާއާ ރަށްޓެހިވެގެން ކަމަށް ބުންޏެވެ. “ވަރަށް އުފާވެއްޖެ. ސެން ތިހެން ނޫޅޭ އަވަހަށް ކައިވެނި ކުރޭ. ރުހާމްމެންނަށް އެނގޭތަ؟” “ނޫން އަދިނޭންގޭނެ. މިރޭ ރައިހާނާގެ މަންމައާ ބައްޕަ ރާއްޖެ އަންނާނެ. ތަންކޮޅެއް ހަމަޖެހުނީމަ ދާނަން ކައިވެންޏަށް އެދެން” އިސްޖަހައިގެން އިނދެ ހަމްޒާ ބުންޏެވެ. އަޒްހަދް ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ.
ކޮޓަރީ ބޭރުގައި އެވާހަކަތައް އަަޑުއަހަން ހުރި އަންޖަލް ބޭނުންވީ އުދުއްސައި ގަންނާށެވެ. ހަމްޒާ އެފަދަ ވާހަކައެއް އަޒްހަދްއާ ހިއްސާކުރުމުންނެވެ. ކުރިންވެސް ހަމްޒާއަށް ހުރުހައި ހަގީގަތެއް ކިޔާދެވުނުނަމައޭ ހިތަށް އެރިއެވެ. ރައިހާނާމެން ރަށުން މާލެއާ ބޯޓު މަތީގައި އަންޖަލް ސުނައިނާއާށާ ހަމްޒާއަށް އަޒްހަދް އެކުދިންނާ ވަކިވި ސަބަބު ކިޔާދިނެވެ. ސުނައިނާއާ ހަމްޒާ ބޮޑަށް ހިތުގައި ޖެހުނީ އެހެންވެއެވެ. އަޒްހަދް އެއާއިލާއާ ވަކިވީ އެދެމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން އެނގުމުންނެވެ. ހަމްޒާއާ ސުނައިނާ ވަނީ އަޒްހަދްގެ ކިބައިން މާފަށް އެދިފައެވެ. ހަގީގަތް ހޯދަން މަސައްކަތް ނުކުރެވުމުންނެވެ.
ރައިހާނާއާ ރީހާން އިންތިޒާރު ޖުރަމުން ދިޔައީ ޝައުފާއާ ރުހާމް ނުކުންނާނެ އިރަކަށެވެ. ދެކުދިން އެތާ ތިބޭތާ ފަނަރަ މިނނެޓު ވާން ކައިރިވީއިރުވެސް ނުނިކުމެއެވެ. ރީހާންއާ ރައިހާނާ ސިކުންތަކު އެއްފަހަރު މީހުން ނުކުންނަ ދޮރާ ދިމާއަށް ބަލާލައެވެ. ޝައުފާއާ ރުހާމް ނުކުތްތަން ފެނުމާއެކު ރީހާންއާ ރައިހާނާ ދުއްވައިގަތެވެ. ކުޑަދެކުދިންނަށް ދޫނުކުރެއެވެ. ރީހާންއާ ރައިހާނާ ދިޔަ ގޮތަށް ގޮސް ޝައުފާ ގައިގައި ބައްދާލިއެވެ. “މަންމާ ވީ މިސްޑް ޔޫ” ރީހާންއާ ރައިހާނާ ހީވީ ޝައުފާ ނޭވާވެސްލިއަ ނުދޭން އުޅޭހެންނެވެ. “މަންމަވެސް ވަރަށް ހަނދާންވި ދަރިފުޅުމެން މަތިން” ޝައުފާ ރީހާންގެ އިސްތަށިގަނޑު ހާވާލިއެވެ. “އެއްކުއްޖަކުވެސް ބައްޕަ މަތިން މިސްްެއެެއް ނުވޭ ދޯ؟” ރުހާމް އެހެން ބުނުމާއެކު ރައިހާނާއާ ރީހާން އެއްފަހަރާ ނޫނެކޭ ބުންޏެވެ. ރީހާންއާ ރައިހާނާ ގޮސް ރުހާމް ގައިގައިވެސް ބައްދާލިއެވެ. މަންމައާ ބައްޕަ އެނބުރި އައުމުން ރީހާންއާ ރައިހާނާ ތިބީ އުފަލުންނެވެ. ދެކުދިންވެސް މަންމަމެންނާ ބައިވަރު ވާހަކަ ދައްކަން އެބަހުއްޓެވެ.
ޝައުފާއާ ރުހާމް ބޭނުންވީ އެރޭ އަރާމުކުރާށެވެ. ރީހާންއާ ރައިހާނާވެސް ޝައުފާމެންނަށް އުނދަގޫ ނުކޮށް ކޮޓަރިއަށް ވަނެވެ. ރައިހާނާ ނިދުމުގެ ކުރިން ކުޑަކޮށް ސުކޫލަށް ދާންވާއިރަށް ތައްޔާރުވެލިއެވެ. ނިދުމުގެ ކުރިން ހަމްޒާއަށް މެސެޖެއްކޮށްލިއެވެ. ރައިހާނާ މެސެޖް ކުރުމާއެކު ހަމްޒާ ގުޅިއެވެ. އަޒްހަދްއަށް އެދެމީހުންގެ ގުޅުން އެނގޭ ވާހަކަ ހަމްޒާ ބުނުމާއެކު ރައިހާނާ ލަދުން މަރުނުވީ ކިރިޔާއެވެ. ދެން އެގެއަށް ދާންނުކެރޭނެކަމަށް ބުނުމުން ހަމްޒާ ހޭން ފެށިއެވެ. “ތި ޖެހުނީ ގަދަކަމުންވެސް ގެންދަން. އަންކޮ ގާތު ބުނެގެން ނަމަވެސް ރައިހާނާ ބައްޕަ ގާތަށް ގެންދާނަން. ގައިމު މަށާ މެރީކޮށްގެން ކޮންމެ ގޮތެއްވިއަަސް ބައްޕަ ގާތަށް ދާން ޖެހޭނެއްނު” ހަމްޒާ ރައިހާނާ ރަކިކުރިއެވެ. ދެޒުވާނުން އެތައްއިރަކު ވާހަކަ ދައްކަން ތިއްބެވެ.
ރީހާން ސިކުނޑިތެރޭގައި މޮޅު ރޭވުމެއް ރާވާލިއެވެ. އަންޖަލް މެސެޖު ކުރުމުން ޖަވާބު ނުފޮނުވީވެސް އެރޭވުމާ އެއްގޮތަށް ކުރިއަށް ދާންވެގެންނެވެ. ރައިހާނާ ސްކޫލަށް ދިއުމުގެ ކުރިން ރައިހާނާއަށް އެރޭވުން ކިޔާދޭން ރީހާން ނިންމިއެވެ. ރީހާންއަށް ނިދުނީވެސް ޚިޔާލީފޮލާ ކައްކަން އޮއްވައެވެ.
ރީހާންގެ ޖަވާބެއް ނުލިބުމުން އަންޖަލް ދެރަވިއެވެ. ރީހާން ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް އޭނާއަށް ގުޅާނެއެވެ. ނުގުޅޭ ރޭރޭވެސް މެސެޖެއް ކޮށްލާނެއެވެ. މިރޭ ރީހާންގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވިއެވެ. އަންޖަލް ކަންބޮޑުވެގެން ރައިހާނާއަށް ގުޅިއިރު ރައިހާނާގެ ފޯނު އެންގޭޖެވެ. އަންޖަލް ތުން ދަމާލަމުން އެނދުމައްޗަަށް ފޯނު އެއްލާލާފައި މުޅި ގައިއެކީ ފޮތުގަނޑު އަޅައިގެން ނިދަން އޮށޯތެވެ.
ހަމްޒާގެ ފޯނުކޯލު ނިންމާފައި ބަލާލިއިރު އަންޖަލްގެ މިސްޑް ކޯލެއް އިނެވެ. އެގަޑީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުން މާބޮޑު ސަމާލުކަމެއް ނުދީ ރައިހާނާ ނިދަން އޮށޯތެވެ. އެނދުގައި ޖެހުމާއެކު ރައިހާނާއަށް ނިދުނެވެ.
ފަތިސް ނަމާދުކޮށްގެން ރައިހާނާ ސްކޫލަށް ދިއުމުގެ ކުރިން ސައިބޯން ނިކުތެވެ. އޭރު ރީހާން ކާމޭޒުދޮށުގައި ކޮފީތަށްޓެއް ބޯން އިނެވެ. ރައިހާނާ ފެނުމާއެކު ނިކަން ރީތިކޮށް ހީލިއެވެ. ރީހާން އާންމުގޮތެއްގައި އެހެން ހޭނީ މޮޅު ވާހަކައެެއް ބުނަން ވެގެންނެވެ. ކޮފީތަށްޓެއް ގިރައިގެން އައިސް ރައިހާނާ އިށީނެވެ. “ކިހިނެއްވީ؟” ރައިހާނާ އެހެން އަހާލުމާއެކު ރީހާން ދެކޮޅު ބަލާލިއެވެ. ޝައުފާއާ ރުހާމްގެ ހިލަމެއް ނުވުމުން އޭނާގެ މޮޅު ރޭވުން ކިޔައިދިނެވެ. “ކޮންއިރަކުން ދަނީ އެގެއަށް؟ ދޮންތިވެސް ބޭނުން އެގަޑީގަ ހުންނަން. އަޅެ ދޮންތިއަށް ދެވޭ ގަޑިއެެއްގަ ދައްޗޭ. ޕްލީޒް” ރައިހާނާ އާދޭސްކުރަން ފެށުމާއެކު އޭނާ އެދޭ ކަންތަކަށް ރީހާން އާބަސް ބުންޏެވެ. ކުޑަޖުއްޖެއް ފަދައުން ޔެސްއޭ ބުނެފައި ރައިހާނާ އަތްތިލަ ބަޑި ޖަހާލިއެވެ. “ހަމްޒާބެ ގާތު ނުބުނާތި” “ޝުއަރ ޝުއަރ ލިޓްލް ބްރަދާރ” ރައިހާނާ ރީހާންގެ އިސްތަށިގަނޑު ހާވާލިއެވެ.
ހަގަޑި ސާޅިސް ފަހެއްވީއިރު ކުދިން އަންނަން ފެށިއެވެ. ކޮންމެ ކުއްޖަކުވެސް އެތެރެއަށް ވަދެފައި ބަލާލަނީ އެކުވެރިޔަކު ފެނޭތޯއެވެ. އެކުވެރިޔަކު ފެނިއްޖެނަމަ ދުވަމުން އެކުއްޖެއް ގާތަށް ގޮސް ބަންދުގައި ހޭދަކުރި ދުވަސްތަކުގައި ވީގޮތް ކިޔާދެއެވެ. ބައެއް ކުދިންގެ ސިފަ ވަނީ އޮޅިފައެވެ. ރަށްރަށަށް ގޮސްފައި އައި ކުދިން ރީއްޗަށް ވަކިކުރަން އެނގެއެވެ.
ރައިހާނާ އެންމެ ފުރަތަމަ ގަޑީވެސް ގަޑިއެއް ނަގައިދޭން އޮތެވެ. ރައިހާނާގޮސް ކުލާހަށް ވަނުމާއެކު ކުދިން ސުވާލުކުރަންފެށީ ރައިހާނާ ޗުއްޓީހޭދަކުރަން ދިޔަތަނަކާ ބެހޭ ގޮތުންނެވެ. ރައިހާނާ ޖަވާބު ދިނުމުން އެކުދިން އަމިއްލައަށް ޗުއްޓީ ހޭދަކުރިގޮތް ކިޔާދޭންފެށިއެވެ. މަގުސަދަކަށްވީ ގަޑި ކަޓުވާލުމެވެ. ރައިހާނާ ގާތަށް ހިނިއައީ އެހެންވެއެވެ. “ތިކުދިން ހީކުރީ މިސްއަށް ނޭންގެނެ ކަމަށްދޯ؟ މިސްމެންވެސް ސްކޫލްގަ އުޅުނުއިރު ހަދާގޮތެކޭ ތީ ގަޑިކެޓުވުން. އެކަމް ދުވަހަކުވެސް ހިސްޓްރީ ގަޑިކަޓުވަން ތިހެން ނޫޅެން. އަދި ޚާއްސަކޮށް ޓުވެލްގެ އަހަރުގަ” “އެއީ ހަމްޒާ ސާރ ކިޔަވަދޭތީތަ؟” ރައިހާނާއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ކުއްޖަކު ޖުރިސުވާލުން ރައިހާނާގެ ދޫއެެއްކޮށް ބަންދުވިއެވެ. ހަމްޒާގެ ނަން އަޑުއިވުމާއެކު މުޅި މޫނު ރަތްވިއެވެ. ހިތް އަވަސްވާން ފެށިއެވެ. ހަރަކާތެއްވެސް ގެންނާކަށް ރައިހާނާއަކަށް ނޭންގުނެވެ. “އަޅެ މިސް ޕްލީޒް ބުނެބަ. ޔޫ ލައިކް ހިމް ދޯ!” އަނެއްކާވެސް ކުލާސްތެރޭގައި އެ މައުޟޫއަށް ވާހަކަ ދެކެވެންފެށުނެވެ. ކުދިން ރައިހާނާ ގާތު އާދޭސް ކުރަމުން ދިޔައެވެ. ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގެއެވެ. “ތިކުދިންނަށް ތި ސުވާލުގެ ޖަވާބު ވަރަށް އަވަހަށް ލިބޭނެ. އެހެންވީމަ އެހަށް ކެއްކޮަށްލާ” އެކުދިން އާދޭސްކުރާވަރުން ރައިހާނާ ބުންޏެވެ.
ސްކޫލުން ހަމްޒާ ފެނުމުންވެސް ނުފެންނަ ކަމަށް ހަދައިގެން ރައިހާނާ އުޅުނެވެ. ކުދިންނަށް ޝައްކުވެދާނެތީއެވެ. ހަމްޒާ ބަލާލުމުންވެސް އިނގޭ ކަމަކަށް ނުހަދައި އެހެން ކަމަކައިގެން އުޅުނެވެ. ކެންޓީނަށް ގޮއްސައިވެސް ހަމްޒާ ހުސްމޭޒެއްގައި ހުއްޓާވެސް ގޮސް އިށީނީ ޒިވާން ގާތުއެވެ.
“ހެއި ޒިވާން. ހާދަ އުފާވެފަ؟” ޒިވާން މާ އުފާވެފައި ހުރުމުން ރައިހާނާ އަހާލިއެވެ. “ހޫމް. އުފާވާނެއްނު ރައިވެސް ތިހިރީ ނުލާހިކު އުފަލުންނެއްނު” ޒިވާން ރައިހާނާއަށް އެއްލޯމަރާލިއެވެ. “އޭގެ މާނައަކީ ޒިވާންއަށް ލީމް ލިބުނީއޭތަ؟” ޒިވާން ބޯޖަހާކުމާއެކު ރައިހާނާ ޒިވާންއަށް މަރުހަބާކިއެވެ. “ލީމްދެން ހަމްޒާ ފަހަތުން ނުދާނެތީ ދޯ ތިހާ އުފާ ތިވީ؟” ޒިވާން މަޖާމޫޑެއްގައި ހުރުމުން ރައިހާނާއާ ދިމާކޮށްލިއެވެ. ރައިހާނާ ތުންކޮޅު ދަމާލަމުން ނޫނެކޭ ބުންޏެވެ. “ހަމްޒާ އެތާ އެކަނި ހުއްޓަ ކީއްވެއޯ މަގޭ ކައިރިއަށް ތިއައީ؟” ހަމްޒާ ނުރުހިފައި ބަލާހެން ހީވުމާއެކު ޒިވާން އަހާލިއެވެ. “އެއީ ދެން ހަމަ ވަކި ކަމެއްވެގެންނެއް ނޫން” ރައިހާނާ އަސްލު ސަބަބު ބުނަން ޖެހިލުންވިއެވެ.
ޒިވާންއާ ރައިހާނާ ސަކަރާތްޖަހާހެން ހީވަން ފެށުމުން ހަމްޒާ ނުރުހުންވިއެވެ. ރައިހާނާ އެއުޅެނީ ކިހިނެއްވެގެންބާއޭ ހިތަށްއެރިއެވެ. ދުރުގައި ހުންނަން ކެއްނުވުމުން ހަމްޒާ ގޮސް ޒިވާންއާ ރައިހާނާ ތިބި މޭޒުގައި ހުރި ހުސްގޮނޑީގައި އިށީނެވެ. ހަމްޒާ އިށީނުމާއެކު ދާންވެއްޖެކަމަށް ބުނެ ޒިވާން ދިޔައެވެ. ޒިވާންގެ މަގްސަދަކަށްވީ ހަމްޒާއާ ރައިހާނާއަށް އެކަނިވެލަން ފުރުސަތެއް ދިނުމެވެ.
“އިޒް އެވްރީތިން އޯކޭ؟” ހަމްޒާ ނުތަނަވަސްކަމާއެކު އަހާލިއެވެ. ރައިހާނާ ދެފަރާތަށް ބޯހޫރާލުމަށްފަހު ކުދިން އޭނައާ ހަމްޒާ އަޅުވާ ކިޔާވާހަކަ ބުންޏެވެ. “އެމީހުން ބެޓްވެސް ކުރީމޯ ރައިއާ ޔޫ ރަށްޓެހިވާނެކަމަށް” ނުހަނު މައޫސޫމްކޮށް ރައިހާނާ ބުނިގޮތުން ހަމްޒާއަށް ހިނިތުންވެވުނެވެ. ” އެކުދިންނަށް އެނގުނަސް އެއީ މައްސަލައެއް ނޫން. އެއީ މިހާރު ކުޑަކުދިންނެއް ނޫނެއްނު. ސިއްރުކުގާހެން ހީވަންޏާ މާ ގިނައިން އަހާނެ. ތިއެއް ނޫނޭ އެނގޭތަ ރައިހާނާ މިއަދު ވަރަށް ރީތިކަން” ސީދާ ރައިހާނާގެ ދެލޮލަށް ހަމްޒާގެ ނަޒަރުވަނީ ހުއްޓިފައެވެ. މުށިކުލައިގެ އަސަރުގަދަ ދެލޮލަށް ބަަލައި މީހަކު ފޫހިނުވާނެއެވެ. އެހެން އެއްވެސް މިހާކަށް ރައިހާނާގެ ރީތިދެލޯ ފެންނާކަށް ހަމްޒާއެއް ނޭދެއެވެ. ހަމްޒާ ބަލާވަރުން ރައިހާނާ ލަދުގަތެވެ. މުޅި ކޯތަފަތް ރަތްވެގެން ގޮސް ގައިން ހީބިހިވެސް ނެގިއެވެ. ގަޑިއެއް ނަގަން އޮތްކަމަށް ބުނެ އަވަހަށް ކައިލައިގެން ކެންޓީނުން ނިކުތެވެ. އޭރުވެސް މަޖުނޫނެއް ފަދައިން ހަމްޒާ ރައިހާނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
ރީހާންގެ ޚަބަރެއް އެއްގޮތަކަށްވެސް އަންޖަލްއަކަށް އެދުވަހަކު ނުވިއެވެ. މެސެޖްކޮށްގެން ޖަވާބު ނުލިބުމުން ގުޅުމުން ފޯނުވެސް ނުނެގިއެވެ. ރީހާންއަށް ކަމެއްވީ ކަމަށް ހިތާ ހިތްބިރުގަތެވެ. ރައިހާނާ އިންނާނީ ސްކޫލްގައިކަން އެނގިހުރެވެސް ރައިހާނާއަށް ގުޅީ ރީހާންއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާށެވެ.
ރައިހާނާއަށް އަންޖަލް ގުޅީ ކުލާހެއް ނިންމާފައި ނިކުތްތަނުންނެވެ. އެގަޑީ އަންޖަލް ގުޅާތިވެ ފޯނު ނަގަން އަވަސްވެގަތެވެ. “ހަލޯ. ރައި. ރީހާން ކޮބާތަ؟ ބަލިވީތަ؟ ފޯނެއް ނުނަގާ. އިޒް ހީ އޯކޭ؟” ރައިހާނާއަށް އަނގައިން ނުބުނެވި އުޅެނިކޮށް އަންޖަލް ފައްޗަަކަށް އަމުނާލިއެވެ. “އަންކޮ ރިލޭކްސް ހީ އިޒް ފައިން. މިއަދު ޔުނިވާރސިޓީއަށް ދާ ދުވަސްވީމަ ބިޒީވެގެން ފޯނުނަގަނީ!” ކިތަންމެ ހިނިއައި ނަމަވެސް ރައިހާނާ ހިނިގަނޑުމަތަ ކުރިއެވެ. އަންޖަލްއަށް އެހެން ހަދަން އޭނާ ދެރަވެސްވެއެވެ. އެހެނަސް އަންޖަލްއަށް ވާ ގޮތް ހިތަށް އެރުމާއެކު ހެވެނީއެވެ. ކޮއްކޮދެކެ އެހާ ލޯބިވާ ބައިވެރިއަކު ހުރީތީވެ އުފާވެސްވިއެވެ.
ވިޝާހްއަށް ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި ޚަބަރު އެދުވަހު ލިބުނެވެ. އޮފީސް ބްރޭކްގަޑީ ގެއަށް ދިޔައިރު ނިކްހާތް ދިން ޚަބަަރުން އޭނާ ބޭނުންވީ ނިކްހާތް ގޮވައިގެން އުދުހިގަންނާށެވެ. އެތަށް ފަހަރަކު އޭނާ ނިކްހާތްއަށް ޝުކުރު އަދާކުރިއެވެ. ނިކްހާތް އުރާލައިގެން ގޭތެރޭގައި އެނބުރުނެވެ. “ނިކް އައި ކާންޓް ބިލީވް އިޓް. ވީއާރ ގޮއިން ޓު ބީ ޕޭރަންޓްސް” ވިޝާހް ނިކްހާތްގެ ނިއްކުރީގައި ބޮސްދިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.






haadha rangalhey
Salam all. Here’s 45th part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Next part next Sunday ge kurin In Sha Allah
wow vv rythi mi part.. thank you
Varah rythi mi part ves gud work dear keep it up????
Me third dhw?…Ma Sha Allah…Mi bai vec vvv rythi ingey kiyaa?…Thnx mihaa avahah upkohla dhinyma?..waiting
Masha allah i am speachless vv rythi….kn irakun next ep…..kiythah bai ebaintha nunimi….
vvv salhi mi prt ves
curiously waiting for nxt prt☺️☺️☺️
its not a problem dating a girl who is bigger… anyway story v. nice???
Dhiraawish aa kiyara me ekaku baa, dhen haadha Gina name name ga ey mi liyanvee, hus ekacheh noontha mee.
what no way dhemyhun ge writing style thafaathu and hiyaalu ves maybe… ?????
Woww… Can’t wait for the next part ??☺️?
Hurihaa vaahaka kiyaa hurihaa gals ah bunelan othee amilla nafs dheke loabivaashey, firihenun dheke ehaa varah noolheyshey, emyhun noolheyvarakun.
?????
It’s true ??????
Wow vrh vrh vrh rythi mi part vs ? ? ? keep it up kiyaara ? ? When next part? ???❤️
Nice… Waiting hama❤️
Kiyaa❤️❤️???Mi part ves vv reethi… Anjal au surprise eiy dheyn ulhenee dhw… Dhn surprise ey kiyaafa anjal dhera koh nulachchey????? curiously waiting for the next part ?????
Wow… Varah reethi
?Wowww
?❣️Love yuh girloo
????yuh r the best laav
nice …….. waiting 4 the next parttt
Thankolheh avahah up kohdheeba.. anyway haadha loabi ey vaahaka. Mi vaahaka dhuvahakubes nuninmaalahchey..
Nunimmachay mi vaahaka
Plx plx??
V reethi mi vaahaka ???