Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފެވިފާ ތިނަން ވެޔޭމިހިތުގާ 9

Rym Level 210 Stories100 Login
July 15, 2019 4 Mins Read
10 Comments

އެހެން އިންނަތާން އެތަށް އިރެއްފަހުން މާފިނި ބޮޑުވާތީވެ އެލީނާ ފެންވަރާއިގެން ނިދަން އޮށޯތޮވެ. އަރާމު މަޑު ތަންމަތީގައި ބުރަކަށި ޖެހުމާއެކު މާ އިރުތަކެއްނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް އެލީނާ ގެނބުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑު ލޮޑުވެފއިވާތީ އަަވަހަށް ނިދުނީއެވެ. އެހެން ނޫންނަމަ އެލީނާ ފަކީރު މުޅި ރޭ ވޭތު ކުރިހީ އޭނާގެ ވިއްސިވިހާލި ވެފައިވާ ހަޔާތާ މެދު ވިސްނާ ފިކުރު ކުރުމުގައި އެވެ.

**** **** **** ****

ޢަނެއް ދުވަހު އިރުއޮއްސި ހައެއް ޖެހިއިރު އެލީނާ އޭނާ ވައުދުވީ ފަދައިން ހުރީ އީޝަލް މެން ގޭގައިވެ. އެންމެ ގާތް އެކުވެރިޔާގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހުގައި އޭނާ ނެތުން އެއީ ނުވާނެ ގޮތެކެވެ.

އީޝަލްވަނީ މިރަންއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ބުރުގާއަޅަން ނިންމާފައިއެވެ. އެހެންކަމުން ބުރުގާވެސް އަޅާދޭން އީޝަލް ވަނީ އޭނާގާތު އެދިފައިއެވެ. އީޝަލް ފެންވަރާއިގެން ނިކުތުމާއެކު އެލީނާ އަވަސްވެގަތީ އޭނާގެ މަސައްކަތާއިގެންނެވެ.

އެލީނާ އެންމެ ފުރަތަމަ އުޅެގަތީ އީޝަލް މޭކަޕާއިގެންނެވެ. އެއަށް ފަހު އީޝަލްގެ ހިތުގެ ބައްޓަމަށް ވާ މޫނާއި ގުޅޭނެ ފަދަ ގޮތަކަށް ހުދު ކުލާއިގެ ޝޯލް ބޮލުގައި އޮޅާލިއެވެ. އެންމެފަހުގެ ކަމަކަށް އީޝަލްގެ ހިމަހޯޅި އަތުގައި ހެދުމާ ގުޅޭނެފަދަ ރިހި ކުލާއިގެ ރީތި ކެވެލިކޮޅެއް އަޅާއިދިނެވެ. އެ ކެވެލިކޮޅުގައި ރީތި ޑިޒައިނަކަށް މިރަން އާއި އީޝަލްގެ ވަނަން ކަނޑާ ނަގާފައިވެއެވެ . އެއީމީގެ އަހަރެއް ހާ ދުވަސް ކުރިން އޭނާ އީޝަލްއަށް ޓަކާއި ހާއްސަކޮށް ގަތް ކެވެލިކޮޅެކެވެ. ކައިވެނި ކުރާރޭ އޭނާގެ ފަރާތުން ލޯބިވާ އެކުވެރިޔާއަށް ދޭ ކުޑަކުޑަ ހަދިޔާއެކެވެ.

“ތޭންކްސް އެލީ” އެލީނާގާއިގަ ކުޑަ ގޮތަކަށް ބައްދާލުން އީޝަލް ބުނެލިއެވެ. އެލީނާގެ އެ ކުޑަކޮޑަ ހަދިޔާ އީޝަލްއަށް ކިތަންމެހާވެސް ކަމުދިޔައެވެ.

“ޖަސްޓް ލުކް އެޓް ޔޫ ޝެލް…… ސޯ ޕްރިޓީ ޔަގިން މިރޭ ރެން ފެއިންޓް ވާނެ ޝެލް ފެނިފަ އެހާވެސް ރީތި… ހަމަ ޕަރީއެއް ހެން ހީވަނީ….. މީހެއްގެ އެސްފިންނާއިން ސަލާމަތް ކުރައްވާށި….” އީޝަލް އަށް ތައުރީފުކުރަމުން އެލީނާ ބުނެލިއެވެ .

ޙަގީގަތުގައިވެސް އީޝަލް މިރޭ ވަރަށް ތަފާތެވެ. ޢެ ވިދުންގަދަ ދެލޯވަނީ އައިލައިނާރ އިން ފެވާލެވިފައެވެ. ޢެހެން ކަމުން އެ ދެލޮލުގެ ވިދުން އެތަށް ގުނައަށް އިތުރު ކަމަށް ދައްކައެވެ. އެ ދިގު އެސްފިޔަތަކުގައި މަސްކަރާ ބޭނުން ކުރެވިފައިމުގެ ސަބަބުން އެސްފިޔަތަށް އިތުރަށް ކަޅުކަން ގަދަ ކަމަށް ދައްކައެވެ. ލޮލުގައިވަނީ މޫނާގުޅޭފަދަ އައިޝެޑޯއެއް ޖައްސާފައިއެވެ. އާންމުކޮށް މަޑު ފިޔާތޮށި ކުލައެއްގެ ލިޕްސްޓިކްބޭނުން ކުރުމަށް އާދަވެފައިވާ އީޝަލް މީރޭ ބޭނުން ކޮށްފައި އެވަނީ ގަދަ ރަތްކުލައެކެވެ.

ހެދުންވެސް އެހާ ފުރިހަމައެވެ se puede encontrar aquí. ހުދު ކުލާއިގެ ލޭސްފޮތީގެ ފަސްބާއި ފުޅާ ވެޑިން ޑްރެސްގައި ހީވަނި ހޫރު ޕަރީއެއް ހެނެވެ. ރީތި ގޮތަކަށް ރޭނދާ އަދި ބީޑްސް ހަރު ކުރެވިފައިވާ އިރު އާޝޯހުވާހާ ފުރިހަމައެވެ މާގޮތް ބޮޑުކޮށް ނޫންނަމަވެސް ރީތި ސްޓައިލްއަކަށް އަޅާފައިވާ ޝޯލްގެ ތެރެއިން އީޝަލް ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއް ހެނެވެ. ޢީޝަލްގެ ރީތިކަމާ އަރަބި މޮޑެލުންނަށް ވެސް ވާދަ ނުކުރެވޭނެހާ ރީތި ކަން ގާއިމެވެ. ޢެހާވެސް ފުރިހަމައެވެ އެލީނާއާ ޔުއާން ވަނީ އެންމެ ފުރިހަމަ ގޮތުގައި އެ މީހުންގެ މަސައްކަތް ނިންމާފައިއެވެ. ޢީޝަލް ހިތުގެ އެންމެ ފުންމިނުން އެ ދެ އެކުވެރިންނަށް ޝުކުރުވެރިވިއެވެ. އެދެ އެކުވެރިންނާއި ނުލާ މި ދުވަސް ހާއްސަ ނުވީސްމު ކަން ޔަގީނެވެ.

“ދެން….. ޢެލީ ވެސް އަހަންނަކަށް ދުލެއް ނުކުރޭ އިންފެކްޓް އަހަންނަށް ވުރެން އެލީ މާ ލޯބި” އެލީނާގެ އެ ތައުރީފުން ލަދު ގަތް ކަން ފޮރުވަންވެގެން އީޝަލް ވާހަކަ އޮޅުވައިލިއެވެ.

އެލީނާ ހުރީ ޔުއާން އަތުން ގަތް ރަތް އަދި ކްރީމް ކުލައިގެ ހެދުން ލައިގެނެވެ. އެ ހިމަ އުނަގަނޑުގައި ވަނީ ހެދުމާ ގުޅޭފަދަ ހިމަ ބެލްޓެއް އަލާފައިއެވެ. ޢެ ކަޅުކަންގަދަ ރާޅި ބާނީ އިސްތަށިގަނޑު ވަނި ރީތި ގޮތަކަށް ހުޅިއެއް ޖަހާލެވިފައިއެވެ. ކަން ހުޅިން ދެ އިސްތަށި ކޮޅު ވަނީ ދޫކޮށްލެވިފައި ވާއިރު އެ އިސްތަށިކޮޅުވަނީ ރީތި ގޮތަކަށް އޮޅާލެވިފައިއެވެ. އެ ދޮން މޫނުގައި ލުއި މޭކަޕެއް ކުރެވިފައިވާއިރު ހެދުމާ ގުޅެފަދަ ރަތްލުލައިގެ ލިޕްސްޓިކަކުން އެ ތުންފަތް ވަނީ ފަވާލެވިފައިއެވެ . އެ މުށިކުލާއިގެ ކަޅިއެއް ލިބިފައިވާ ދެލޮލުގައި އައިލައިނާރ އިން ފަވާލެވިފައި ވާއިރު އެ ދެލޮލުގެ ރީތި ކަން އެތަށް ގުނައަކަށް އިތުރުކޮށްދެއެވެ. އެ ދިގު އެސްފިޔަތަކުގައި މަސްކަރާ ބޭނުން ކުރެވިފައުވުމުން އެ އެސްފިޔަތަށް އިތުރަަށް ދިގުވެ ކަޅުކަންގަދަ ކަމަށް ދައްކައެވެ. ކަރާއި ކަންފަތް އަދި އަތުގައިވަނީ ރަތް ކުލައިގެ ގަހަނާ ތަކުން ފަޅުފިލުވާލެވިފައިއެވެ. އަތުގައި ހެދުމާ ގުޅެފަދަ ރީތި ކްލަޗެއް އޮތެވެ.

އެލީނާ އީޝަލް އަށް ހިނިތުންވުމެއް ދެމުން ކޮޓަރިން އެ ވަގުތު ނިކުތީ އީޝަލްގެ މަންމަ ފަރުޒާނާ ކޮޓަރިއަށް ވަނުމުން އެދެ މައިންނަށް އެކަހެރި ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ. ކަރު ހިއްކާގަނެފައިވުމުން ފެން ފޮދެއް ބުއިމުގެ ނިޔަތުގައި އޭނާ މިސްރާބުޖެހި ބަދިގެއަށެވެ. ނަމަވެސް ބަދިގެ ތެރެއިން ފެނުނު ސޫރައަކުން އެލީނާގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ. މޫނު ނުފެނުންނަމަވެސް އެއީ ކިޔާން ކަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެވަގުތު އައިކޮޅަށް އަނބުރާލާފަ ދާންވެސް އެލީނާ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ދެފާއި އޭނާއަކަށް އިޖާބަ އެއް ނުދިނެވެ. ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނިީއެވެ.

އެވަގުތަކީ ކިޔާންވެސް ކޮންމެސް މީހެއް ގެ ހިލަންވެގެން ފަހަތަށް ބަލައިލި ވަގުތެވެ. ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލު ވި ހިނދު ދެ ޒުވާނުންގެ ހިތުގައި ލޯބީ ގެ އޮއިވަރެއް ހިނގައި ގެންދިޔައެވެ. އެލީނާގެ ހަށިގަނޑަށް ހިތާމަ ކުރުމުގެ ސަބަބުން އައިސްފައިވާ ބަދަލު ފެނުމުން އެ ހިތަށް އަސަރު ކުރި އެވެ. ޢެ އަތުގެ ތެރެއަށް އެލީނާ ގެނެސް ހުރިހާ ތަކުލީފުތަކަކުން ރައްކާތެރި ކުރަން އެ ހިތް އެދި އެތަށް ސަތޭކަ ފަހަރު ގޮވިއެވެ. ލޯބިން އެ ދެލޮލުގައި ބޮސްދޭން ހިތް އެދި ރުޔެވެ. ލޯބި ވާވަރު ބުނެދޭން އެހާ ބޭނުންވި ވަގުތުކޮޅެއް މި ވަގުތު ނޫނީ ނާދެއެވެ. އެލީނާއަކީ ހަމައެކަނި އޭނާގެ ހައްގެކަން މުޅި ދުނިޔެއަށް އަންގަން ހާދަ ބޭނުންވިއެވެ.އާހް. ޢެކަމަކު މި އިން އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. ހުދު އެ ހަޔާތުން އެލީނާ ބާކީ ކޮށްލީ އޭނާއެވެ. ނަމަވެސް އެއީ އޭނާ ގަބޫލުކުރާ ގޮތުގައި އެލީނާއަށް އެންމެ ރަނގަޅު ނިންމުމެވެ. އޭނާ ވަކިވެގެން ދާއިރު އެންމެ ލޯބިވާ ކުއްޖާ ހިތާމަތަކުގެ ތެރެއަށް ދޫކޮށްފައި ދިއުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ . އެލީނާ އެ ހިތާމަތަކުގައި ފަނާވެގެން ދިއުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. ޢޭނާ ބޭނުމީ އަބަދަށްޓަކާއިވެސް އެލީނާގެ އުފާވެރިކަމެވެ. އެއީ އެނާ އާ ނުލާ ކަމުގައި ވީ ނަމަވެސްއެވެ . އޭނާ ހިތްވަރު ކުރަންޖެހޭނެއެވެ tienda. މޫނުމަތީގައިވީ ކުލަވަރުތަށް ކުޅަދާނަކަމާއެކީ ދާދި އަވަހަށް ބަދަލު ކޮށް ލަމުން ބަދިގެއިން ބޭރަށް ނިކުތުމަށް ކިޔާން އަވަސްވެގަތެވެ.

އެލީނާތޯއެވެ. ކިއާން ފެނުމުން އެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ފަހަތުން ގޮސް އެ ހަށިގަނޑުގައި ބައްދާލުމަށް އެދި ހިތް ގޮވަމުން ދިޔައެވެ. މިއޮއް ހާ ދުވަހު އެ ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. ޝަކުވާ ކުރަން ބޭނުންވިއެވެ. ލޯބިވާވަރު ބުނެދޭން ބޭނުންވިއެވެ. ކިޔާންގެ ލޮލުން ފެނުން ލޯތްބާއި އޯގާތެރިކަމުން ހިތްވަރު ލިބިގެން ކުރިއަށް އަޅާލި ފިޔަވަޅު މަޑުޖެހުނީ ދާދި އަވަހަށް އެ ލޮލުން ފެނުން ލޯބި އާއި އޯގާތެރިކަން ގެއްލީ ފޫހިކަމާއި ބީރައްޓެހިކަމުގެ ކުލަވަރަށް ބަދަލުވުމުންނެވެ espanolviagra.net. އެ ވަގުތު އެތަށް ހާސް ތީރުތަކެއް ހިތަށް ހެރުނު ފަދަ އިހުސާސެއް އެލީނާއަށް ކުރެވުނެވެ. ޢޭނާ މީ ނެތް މީހެއް ކަމަށް ހާދާ ދިއުމުން އެ ހިތް ކުދިކުދިވިއެވެ. ހިތް މާޔޫސްވެ ހިތްވަރު އެލުނެވެ ފަހަތް ބަލައިލީ އެންމެ ފަހަރުކު ނަމަވެސް ކިޔާން އެނބުރި ބަލާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އިތުރަށް އެ ހިތް ޒަހަމްވީ އެވެ. ކިޔާންގެ ފަރާތުން ލޯތްބާއި އާޅާލުން ލިބޭނެ ކަމުގެ އުއްމީދު ކުރެވުނު ކަމުގެ މޮޔަ ހީވިއެވެ. އެއީ އޭނާ ލޯބިވީ ކިޔާންއެއް ނޫނެވެ.. މުޅިން ތަފާތު ކިޔާންއެކެވެ. ހަރު ހިތެއްގެ ވެރި ކިޔާންއެކެވެ. ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުން ލޯ ފެންކަޅިވިއެވެ. ތުންފަތުގައި ދަތް އެޅީ ނުރޮއި ކަރުނަ ކޮންޓްރޯލް ކުރުމުގެ ނިޔަތުގައިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި ފުން ނޭވާ ތަކެއް ލާން ފެށިއެވެ. ޢެނާގެ ސަބަބުން އީޝަލްގެ އުފާވެރިރޭ ހަރާބުވާނެ އެއްވެސް ކަމެއް ވުމަށް ނޭދޭތީއެވެ.

އެލީނާއަށް ނޭނގުނީ ދުރުގައި ފެންކަޅިވެފައިވާ ދެލޮލަކުން ހިތް ހަލާކުވެފައިވާ ހާލު އެ މަންޒަރު ދެކެން ތަނބެއްގެ ނިވަލުގައި ކިޔާން ހުރި ކަމެވެ. ޢެލީނާ އަށް ނޭނގުނީ އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ތުރެން ދެގުނަ ވޭން ކިޔާންގެ ހިތުގައި އަޅަމުން ދިޔަކަމެވެ. ލޯބިވާ ކުއްޖާ އެހާ ގާތަގައި ވާއިރުވެސް ދުރުގައިވުމުން އެ ހިތަށް ކުރަމުން ދިޔަ އަސަރެވެ. އެލީނާގެ ލޮލުން އޮހުރޭ ކޮންމެ ކަރުނަ ތިއްކެއްގެ އަގު އޭނާގެ ގާތުގައި އަގު ބޮޑުވާވަރު އެލީނާއަށް އިނގޭނެނަމަކިހާ ރަނގަޅު ވިސްމުހެއްޔެވެ. ޢެލީނާ ރޯތަން ފެންނަ ކޮންމެ ހިނދަކު އެ ހިތަށް އެތަށް ހާސް ކަށި ތަކެއް ހެރޭފަދަ އިހުސާސް ވެއެވެ . އެލީނާ އެކޭ އެއްފަދައިން ކިޔާންވެސް އެ ދަނީ މި ހިތާމާގައި ފަނާވަމުންނެވެ. ދެ ލޯބި ވެރިންވެސް ދަނީ ދުނިޔޭގައި ނޭވާލަމުން ދާ ކޮންމެދުވަހަކު އެތަށް ހާސް މަރަކުން ކޮންމެ ދުވަހަކު މަރު ވަމުންނެވެ. މި ހިތާމަތަކަށް ދުވަހަކުވެސް ނިމުމެއް ނާންނަނީ ހެއްޔެވެ؟މި ވޭނަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާންކޮށް ދެވޭ ވަރަށް ވުރެން ވޭން ދެނިވި އިހުސާސެކެވެ. މި ވޭން ތަހައްމަލް ކުރަމުން ދާ ބަޔަކަށް މެނުވީ މި ވޭން އިހުސާސެއް ނުވާނެކަން ގާއިމެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލެވުމުން އެލީނާ އީޝަލް ގާތަށް މިސްރާބު ޖެހިއެވެ. އީޝަލްއަށް އަށް އޭނާ ގެ މޫނުމަތިން އެއްވެސް ކަމެއް ފާހަގަ ނުވޭތޯ ދުއާ ކުރާ ހާލުއެވެ. 1 ގަޑި އިރު ފަހުން ހަފްލާ އޮންނަން ހަމަ ޖެހިފައިވާ ހޯލްއަށް ދާންވެސް ޖެހޭނެއެވެ. އެހެން ކަމުން މި ވަގުތު ކޮޅަކީ އޭނާ އީޝަލް އާއެކީ ހޭދަ ކޮށްލަން ރަނގަޅު ފުރުސަތެކެވެ، ތިން ދުވަސް ފަހުން އަލުން ހޮސްޕިޓަލް އާ ގުޅެން ނިންމަވާފައި ވާތީ ދެން ބައްދަލު ކުރަން މާގިނަ ފުރުސަތުތަކެއް ވެސް ލިބޭނެ ކަމެއް ނޭނގެއެވެ.

ނުނިމޭ

Share Article

Follow Me Written By

Rym

Level 210 Stories100 Login

A girl who loves to read and write stories. I also love to read the lovely comments from my readers. Negative comments are also welcome

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ….45

Next

ބުނެދޭށޭ ރުހެމޭ 56

Next
July 15, 2019

ބުނެދޭށޭ ރުހެމޭ 56

Previews
July 15, 2019

ބުނާށެ ލޯބި ނުވަނީހޭ….45

10 Comments!

  1. jiji says:
    July 17, 2019 at 1:58 pm

    Yey me first?..kiyaalaafa comment eh kohlaanan enge reem❤

    1. Rym says:
      July 17, 2019 at 2:03 pm

      Congrats on being first jiji waiting for your comment❤️.

    2. jiji says:
      July 19, 2019 at 7:12 pm

      V rythi…fahun kiyaalan huhta handhaan nethuny..dhnme fenunyma avahah kiyaali mi..Nd yess laalu..Hangouts use kurangna dhiraa ah sis ge mail fonuvaafa buneba jiji ge mail dheyshey..Eyrun prvt koh tlk kureveynu??

    3. Rym says:
      July 19, 2019 at 9:21 pm

      Thanks jiji❤️☺️

  2. Laalu says:
    July 17, 2019 at 2:03 pm

    Hi jiji…… Long no c dhw dhariyaa…. Btw story v nice kyp it up… Dhuvasthakakahfahu dhw mi up viy…. Aneh prt avahah, up kohdhehchey

    1. Rym says:
      July 17, 2019 at 2:15 pm

      Thank you Laalu?❤ nxt part liyevunu haa avahakah up kohladheynan

  3. Laalu says:
    July 23, 2019 at 2:51 pm

    Dr… Laalu nt using hangouts….. If u want tlk to me u can ask dhiraa sis to give my no…. She have my number…. ?

    1. jiji says:
      July 24, 2019 at 6:17 pm

      Number akun nukereyne i akah..
      Use kuran v nu Laalu..i mean hangouts ☺

    2. Laalu says:
      July 25, 2019 at 12:47 pm

      So sad dr… I cnt use it…. So sad???

  4. ރާގޮނޑި says:
    October 4, 2019 at 12:35 am

    vaahaka nuliyevenytha adhivess

Comments are closed.



All Right Reserved!