ދެން އަހަރެން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރީ މެވެ. ”ދަރިފުޅާ. ދޮންބެެ އާ ދޮނާ މާދަމާ އަންނަ ވާހަކަ ބުނި. ވާނެ ރަނގަޅު އެއްޗެއް ހަދާލަން. އަނެއްކާ މާދަމާ ސްކޫލަށް ވެސް ދާކަށް ނުޖެހޭނު . ” އަަހަރެން ކައިގެން އައިސް ސިޓިން ރޫމް އަށް ވަތް ތަނާ މަންމަގެ ފޫހި ބަސްތައް އަޑު އަހަން ޖެހުނެވެ. މަންމަ އަކީ އަހަންނަށް އެއްވެސް މީހެއް ނޫނެވެ. އެއީ ކާކުހެއްޔެވެ؟ ހަމަ އެކަނި ބަނޑު އަޅާ ވިހެއި މީހާ […]
އަހަރެން އާދައިގެ މަތިން ފެންވަރައި ރީތިވެލައިގެން ހަވީރު ގަޑީ އަހަރެންގެ އެކުވެރިންނާއެކު ހިނގާލަން ދިޔުމަށް ތައްޔާވެގެން ބޭޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ ދެ އެކުވެރިން އަަަހަރެންގެ އިންތިޒާރުގައި މަޑުކޮއްލައިގެން ތިއްބެވެ. އެ މީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ”އަފާ. މަލްހާ. ހިނގާ ދެން ދާން.” އަހަރެން ލަސްވާން ފެށުމުން ބުނީމެވެ. އެ މީހުންވެސް ބޯ ޖަހާލާފައި ހިނގައިގަތެވެ. އަހަރެމެންގެ މިސްރާބު ހުރީ އައިސްކޯން ވިއްކާ ފިހާރައެވެ.ފިހާރަ ތެރެއަށް ވަނުމަށްފަހު ތިން ވެނީލާ އައިސްކޯން ދިނުމަށް […]
އަހަރެންވެސް މީ އިންސާނެކޭ.. ބާކީ ކޮށް ނުލާ… ސިފައަކަށް ބަދަލެއް އަޔަސް އެއީ ގުދުރަތްތެރިކަން ކަން ވިސްނާށޭ…. ބާކީ ކޮށްނުލާ…. އިންސާފާ އެއްގޮތަށް ހުރިހާ ކަމެއް ކުރާށޭ… ބާކީ ކޮށްނުލާ… ހިތުގައި ރަހުމު އުފައްދާށޭ… ބާކީ ކޮށް ނުލާ….. ދެރަވޭ ކުރުމުން ބާކީ… ބާކީ ކޮށް ނުލާ…… މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. އެހެން ކަމުން މިސްޓޭކުސް ހުރެދާނެވެ. މި ވާހަކައިގެ މެއިން ވާހަކައަކީ ”ދެރަވޭ ކުރުމުން ބާކީ…. ބާކީ ކޮށްނުލާ”