Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 4

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 14, 2019 5 Mins Read
26 Comments

އޭގެ އެނެއް ދުވަހު އީނާޝް ތައްޔާތުވަމުން ދިޔައީ އެގެއިން ނިކުތުމަށެވެ. އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން ސޮބާހު މާލޭގައި ނެތުމުން އިނާޝްއަށް އެގެއިން ނުކުތުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަދި އީނާޝްގެ ނަސީބު ރަނގަޅުކަމުން އެދުވަހަކީ ނަބާހުއަށް ވެސް ސުކޫލްގެ ކަމަކު ދާން ޖެހުނި ދުވަހެކެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުތް އީނާޝްއަށް ހުއްޓެން މަޖުބޫރު ވީ ކުރިމަތިން ފެންނަން ތިބި މީހުންގެ ސަބަބުންނެވެ.

ހުދު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި ދެމީހުން ފެނިފައި އީނާޝް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އީނާޝްއަށް އެއީ ކޮން ބައެއް ކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ. އެހެންކަމުން އެއިން އެކަކަށްވެސް އަޅާނުލައި އީނާޝް ހިނގައިގަނީ އެގެއިން އަވަހަށް ނުކުތުމަށެވެ. އީނާޝް އަށް ނޭނގުނު ކަމަކީ އެއި އާރިފާ ފޮނުވައިގެން އައި ބައެއް ކަމެވެ. ”ތީތޯ އީނާޝް އަކީ؟” އީނާޝް އަށް ހުއްޓެން މަޖުބޫރު ވީ އެމީހުން ސުވާލުކުރުމުންނެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ނުދީ ދެންވެސް އީނާޝް ދިޔައީ ދާށެވެ. ”އަހަރެން މިއީ ފަޒީލް.. މިހިރީ މާހިލް.. މިއައީ އާރިފާ ބުނެގެން އީނާޝް ބަލައި.. ތިއީ އީނާޝް ކަމަށް ވަންނާމުން ހިނގާ އަހަރެމެންނާއި އެކު ދާން..” ފަޒީލް ދިޔައީ އީނާޝް އާއި ވަރަށް ރީތިކޮށް ވާހަކަ ދައްކަމުންނެވެ. އަދި ފަޒީލްގެ އަތުގައި އޮތް ގަނޑުކޮޅަށް ބަލައިފާ އީނާޝްއަށް ބަލައިލީ އެއީ އީނާޝްތޯ ޔަގީން ކޮށްލުމަށެވެ. އީނާޝް ވެސް ދެން ސަލާމަތް ނުވެވޭނެކަން އިނގުމުން އެމީހުންނާއި އެކީ ގޮސް ކާރަށް އެރިއެވެ. ނަމަވެސް އެއީ ދާހިތަކުން ނޫނެވެ.

މާހިލް ހުރީ ކުރިމަތިން ފެންނަން ހުރި އިނާޝް އަށް ބަލަން އާޝޯހުވެފައިއެވެ. ކަޅު ކުލައިގެ ޖީންސްއަކާއި އެކު ކަކުލާއި ހަމައަށް އަންނަ މަޑު ފިޔާތޮށި ކުލައިގެ ގަޔަށް ދޫ ހެދުމުގައި އީނާޝް ހީވަނީ ޕަރީއެއް ހެންނެވެ. އެއްވެސް މޭކަޕެއް ނުކޮށް ހުރި އިރުވެސް އީނާޝް ނުހަނު ޗާލެވެ. އަދި ކަޅުކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު ވަނީ ވޫލް ކޮޅަކުން އައްސާލައިފައެވެ. ނަމަވެސް ނިތްކުރިމައްޗަށް ހުރީ ކުރު އިސްތަށިތައް ދޫކޮށްލާފައިއެވެ. އެހެން ކަމުން އީނާޝްގެ ރީތި ކަން ދިޔައީ ދެގުނައަށް ހާމަ ވަމުންނެވެ. އީނާޝްގެ ފުރަތަމަ ފެނިލުމުންވެސް މާހިލްގެ ހިތުގައި އީނާޝްއަށްޓަކައި ވިންދެއް ޖަހާލިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި މާހިލް ހިތްހަމަ ޖައްސަލީ އަވަހަށް ގެއަށް ދިޔުމަށެވެ.

ކާރަށް އެރުމަށްފަހު ކާރު ތެރޭގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ފަޒީލް ކާރު ދުއްވަން އިން އިރު މާހިލް އިނީ ފަޒީލްގެ ކައިރީ އިން ސީޓްގައިއެވެ. ފަހަތުގައި އީނާޝް މޫނަށް ވައްތަރެއް ޖައްސަގައިން ބޭރު ބަލަން އިނެވެ. މާހިލް އިނީ ފަހަތުގައި އިން އީނާޝްއަށް ކަޅިވެސް ޖަހައިނުލައި ބަލާށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އީނާޝްއަކަށް ނޭނގެއެވެ. ”އަހަރެން ބޭނުން ފެންފުޅިއެއް ގަންނަން..” ކާރު ތެރޭގައިވި ހަމަ ހިމޭންކަން ނަގައިލީ އީނާޝް ގެ ހިތްގައިމު ރީތި އަޑުންނެވެ. ފަޒީލް ކާރު ހުއްޓާލުމާއި އެކު އީނާޝް ހަލުވި ހިނގުމެއްގައި ކާރުން ފައިބައިގެން ދިޔައެވެ. އީނާޝްގެ ފަހަތުން މާހިލްވެސް ދިޔައީ އީނާޝް އެކަނި ނުކުރުމަށްޓަކައިއެވެ. ނަމަވެސް އީނާޝްއަށް ނޭނގުނު ކަމަކީ ފަހަތުން މާހިލް އަންނަ ކަމެވެ. އެހެން ކަމުން ފިހާރައަށް ވަންނަ ކަމަށް ހަދާފައި އީނާޝް އެހެން ކޮޅަކަށް ދުއްވާގަނީ މާހިލްމެންނާއި ފިލަންވެގެންނެވެ. ވަކި ހިސާބަކަށް ގޮސް ފަހަތް ބަލައިލި އީނާޝް ސިއްސައިގެން ދިޔައީ އޭނާއާއި ހަތަރު ފޫޓު ކައިރީގައި ހުރި މާހިލް ފެނިފައިއެވެ. ނަމަވެސް އީނާޝްގެ ދުވުން އެންމެ ތަންކޮޅަކަށްވެސް މަޑު ނުކޮށްލައެވެ. ހަމަ އެ ބާރު މިނުގައި ދުވަމުން ދިޔައީ މާހިލްގެ އަތު ނުޖެހެން ވެގެންނެވެ. އެހެންކަމުން މާހިލްވެސް މާހިލްގެ ދުވުން ބާރުކޮށްލާފައި އީނާޝް އާއި ނުހަނު ކައިރިއަށް ޖެހިލައި އީނާޝްގެ އަތުގައި ހިފަން މަސައްކަތްކުރިއެވެ. އީނާޝްގެ އަތުގައި ހިފަން އުޅުނު މާހިލްއަށް ހިފެހެއްޓުނީ އީނާޝްގެ އިސްތަށިގަނޑުގައި އައްސާފައި އިން ވޫލްކޮޅުގައިއެވެ. ހަމައެއާއިއެކު މާހިލްގެ އަތަށް އީނާޝްގެ ވޫލް ކޮޅު އައިސް އީނާޝްގެ އިސްތަށިގަނޑު ވައިގައި ވިހުރެމުން ދިޔައިރު ހީވަނީ ހަމަ ޕަރީއެއް ހެންނެވެ. އެހައިވެސް ރީއްޗެވެ. މާހިލްއަށް އެމަންޒަރު ބަލަން ހިނދުކޮޅަކު ހުރެފައި އަނެއްކާވެސް ދެފަޔަށް ބާރުލާފައި ދުއްވައިގަނީ އީނާޝް ހިފެހެއްޓުމަށެވެ. މިހަފަރު މާހިލްއަށް އީނާޝް ނުހަނު ފަސޭހައިން ހިފެހެއްޓުނެވެ. ވެފައި ހުރި ވަރުބަލި ކަމާއިއެކު މާހިލް އީނާޝް ކައިރީ މަޑުކޮށްލައިގެން ހުރީ ދެ ކަކުލުގައި އަތް ވިއްދައިގެންނެވެ. އީނާޝްވެސް އެގޮތަށް ހުރެފައި ވަރުބަލި ފިލުމުން އަނެއްކާވެސް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ހުށިޔާރު ކަމާއިއެކީ މާހިލް އީނާޝްގެ އަތުގައި ހިފެހެއްޓިއެވެ. ”ދޫކުރޭ އަހަރެން އަތުން.. ހަމަ މިޙާރު ދޫކުރޭ..” އީނާޝް ދިޔައީ މާހިލް އޭނާގެ އަތުގައި ހިފެހެއްޓުމުން ނުހަނު ބާރަށް ހަޅޭލަވަމުންނެވެ. ”ނުދޫކުރާނަން.. އަހަރެމެން ނޫޅެމޭ އީނާޝް އެހެން ތަނަކަށް ގެންދާކަށް.. އަހަރެމެން އައީ އީނާޝް ބަލައި.. އެހެން ވީމަ އީނާޝް މިހާ ހިސާބަށް އެކަނި ދޫކޮށްލާފަ އަހަރެންނަކަށް ނުކެރޭނެ ދާކަށް.. އަދި އާރިފާ އަހަރެން ކައިރީ ބުނި އީނާޝް ބަލައި ގޮއްސިއްޔާ ފިލަން މަސައްކަތް ކުރާނޭ.. އެހެންވެ އަހަރެން މިއައީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން.. ކަން ވީވެސް ހަމަ އެހެން.. އަަހަރެން މޮޅުތަ މީހުން އަތުލަން؟” އީނާޝްގެ އަތުގައި ހިފައިގެން މާހިލް ވާހަކަދައްކަމުން ދިޔައީ އީނާޝްގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އަދި މާހިލް ދައްކަން ހުރި ވާހަކަތައް ނިންމާލުމަށް ފަހު އީނާޝްއަށް ބަލަން ހުރީ ހެވިލައިގެންނެވެ. ނަމަވެސް އީނާޝް މާހިލްއާއި ދިމާއަށް ބަލަން ހުރީ ލޯ އަޅައިގެން ދެބުމަ ގޮށްޖަހައިލައިގެންނެވެ. އީނާޝް މާހިލް ކުރި ސުވާލަށް ޖަވާބު ދޭން ނޫޅުމުން މާހިލްވެސް އިތުރަކަށް އީނާޝްއާއި ސުވާލެއް ނުކުރެއެވެ. އަދި އީނާޝްގެ އަތަށް ދާމާލައިފައި ދާން ހިނގާށޭ މާހިލް ބުނުމުން ކުޑަކުއްޖެއް ފަދައިން އީނާޝްވެސް މާހިލްގެ ފަހަތުން ދިޔައެވެ.

*******

ކައި ޓްރޭޑާރސް ގެ އެތެރެ ފެނުމާއިއެކު އީނާޝްއަށް ވެސް ވީ ހަމަ އާރިފާއަށް ވީވަރެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ބަލަން ހުރިއިރު ދުވަހަކު އެކަހަލަ ތަނެއް ފެނިފައި ހުރި ހެންނެއް ހިޔެއް ނުވެއެވެ. ފަޒީލް އާއި މާހިލް ހުރީ އީނާޝްއަށް ވެފައި ހުރި ގޮތް ފެނިފައި ހިނިގަނޑު އެތެރެއަށް ހިންދައިލައިގެންނެވެ. އަދި ފިހާރަ އެތެރެއިން ލައިގެން ގޮސް ގެއަށް ވަނުމުން އީނާޝް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރިއިރު ދެލޯ ވަނީ ނުހަނު ބޮޑުކޮށްލާފައިއެވެ. ”އީނާޝް.. އާދޭ އިށީންނަން..” އީނާޝް ސިއްސައިގެން ދިޔައީ ކުރިމަތީގައި ތިބީ އާރިފާ އާއި ކައިޒީންއާއި އަދި ޒިރާން ފެނިފައިއެވެ. އަދި ކުރިން އެ މީހުން ނުފެނުމުން އީނާޝްގެ އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ. އަދި އީނާޝްއަށް ހުރެވުނު ގޮތް ހިތަށް އަރުވާލައިފައި އެކަމާ ނުހަނު ލަަދުގަނެފައި ހުރިއިރު މުޅި މޫނުވަނީ ރަތްވެފައިއެވެ. ދެވަނަ ފަހަރަށް ޒިރާން އިށީންނަން އަންނާށޭ ކިޔާ ހަމަ އެ ޖުމުލަ ތަކުރާރު ކޮށްލިއެވެ. އީނާޝް އިށީންނަން ނައުމުން އާރިފާ ސޯފާއިން ތެދުވެލާފައި ގޮސް އިނާޝްގެ އަތުގައި ހިފާ ދަމާފައި ގެނެސް ޒިރާންގެ ކުރިމަތީގައި ބޭންދިއެެވެ. ޒިރާން އީނާޝްއާއި އެތަށް ސުވާލެއް ކުރުމުންވެސް އީނާޝް އެއިން އެއްވެސް ސުވާލަކަށް ޖަވާބުނުދީ އިސްދަށަށް ޖަހައިލައިގެން އިން ގޮތުން އާރިފާ އިނީ ރުޅިއައިސް ރަތް ވެފައިއެވެ. ”އީނާޝްއަށް މިގޭގައި ބޭނުން ގޮތަކަށް އުޅެވޭނެ.. އަދި އަހަރެން އީނާޝް އަށް ސުކޫލަށްވެސް ދެވޭނެ ގޮތް ހަދާއިދޭނަން.. މިއީ އީނާޝްގެ ގެ ކަމަށް ހީކޮށްލާ މީގެ ފަހުން.. އީނާޝްއަށް މިގޭގައި އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ..” ޒިރާން ނުހަނު މަޑުމައިތިރި ކަމާއި އެކު އީނާޝްއާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އީނާޝް ސަމާލުކަން ދޭހެންނެއް ހިޔެއްނުވެއެވެ.

އެތާގައި އެތަަށް އިރަކު ވާހަކަދައްކަން  ތިބެފައި ވާހަކަ ދެއްކުން ހުއްޓައިލީ މެންދުރު ނަމާދު ބަންގި ގޮވުމުންނެވެ. ޒިރާން ނަމާދަށް ދިޔައީ އީނާޝްގާތު އާރާމު ކޮށްލައިށޭ ބުނެފައިއެވެ. އެހެންކަމުން އީނާޝްވެސް  އާރިފާ އާއިއެކު ތަންތަނަށް ބޯ ދިއްކުރަމުން ގޮސް އާރިފާއަށާއި އީނާޝްއަށް ހަމަޖެހިފައިވާ ކޮޓަރިއަށް ގޮސް ވަނެވެ. އީނާޝް ކޮޓަރިއަށް ވަނެފައި ދިޔަގޮތަށް ގޮސް ވެއްޓިލީ ކޮޓަރީގައި ހުރީ ބެޑަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އީނާޝްއަށް ބެޑުގައި އޮއްތުނުހެން ހީނުވެ އާރިފާ އައިސް އީނާޝް ކޮޅަށް ނަގައި އީނާޝްގެ މޫނަށް ހޫނު ގަދަ އެތިފަހަރެއް ޖެހިއެވެ. ވީ ތަދުން އީނާޝްއަށް ހުރީ ގުޑިލަންވެސް ނުކެރިފައިއެެވެ. ހަމައެއާއިއެކު އީނާޝްގެ މޫނުގައި އާރިފާ އަތް އިން ގޮތަށް ރަތްވެފައި އިނެވެ. ”މަ ނުބުނަންތަ ކަލޭ ކައިރިއަކު ކުރިން އުޅުނު ގޮތަށް ނޫޅޭށެކޭ.. ލަދުން ގޮސް ބޯ ހަލާކު ނުވީ ކިރިޔާ.. ނޭނގެނީތަ ތިމާއަށް ވުރެ ބޮޑު މީހުންނަށް އިހްތިރާމް ކުރަން.. ޒިރާން އެތަށް ސުވާލެއް ކުރުމުންވެސް ކަލޭ ޖަވާބުނުދީ އިންއިރު ހީވަނީ ވާހަކަ ނުދެއްކޭ މީހެއް ހެން.. ކިރިޔާ އޭ އަހަރެންގެ ރުޅިގަނޑު ހިފަހައްޓާލެވުނީ ކަލޭ އާއި ހެދި.. ދެން ތި ކަހަލަ ކަމެއް ކޮށްފިއްޔާ.. ހަނދާން ކުރާތި މަވަރުގެ ނުބައި މީހެއް ނުހުންނާނެ..” އަރިފާގެ ކޮންމެ ބަހެއް ދިޔައީ އީނާޝް ހިތް ކަފާ ކުދި ކުރަމުންނެވެ. ލޮލުން ހުއްޓާނުލައި ކަރުނަ ފައިބަމުން ދިޔައިރު މުޅި މޫނު ވަނީ ރަތްވެ ދުޅަވެފައިއެވެ.

އާރިފާ ކިޔަން ހުރި އެއްޗެހި ކިޔާ ނިންމާފައި ކޮޓަރިން ނުކުމެގެން ދިޔައީ އީނާޝްއާއި ދިމާއަށް ބަލާވެސް ނުލައިއެވެ. އީނާޝް އެތަށް އިރަކު ރޯން ހުރެފައި ފާހަނާއަށް ގޮސް ވަނީ ނަމާދުކުރަން ވުޟޫ ކުރުމަށެވެ. ނަމާދުކޮށް ނިންމާދައި އެތަށް އިރަކު އަތް މައްޗަށް ނަގައިގެން އީނާޝް ދުޢާ ކުރަން އިނީ އޭނާގެ މަންމައަށް ހެޔޮ ވިސްނުން ދެއްވާތޯއެވެ.

*******

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް މިއަދަކީ އީނާޝް އެތަށް ދުވަހަކަށް ފަހު ސުކޫލަށް ދާ ދުވަހެއެވެ. އެންމެ ފަހުން އީނާޝް ސުކޫލަށް ދިޔައި އުމުރުން ދިހަ އަހަރުއެވެ. މިއަދު އީނާޝްއަށް ސުކޫލަށް ދާން ފުރުސަތު ލިބުމުން އީނާޝްއަށް ވެފައި ހުރީ ބުނެދޭން ނޭނގޭ އުފަލެކެވެ. އައު ޔުނީފޯމާއިއެކު އައު ދަބަހެއް ހިފައިގެން ދާން ރެޑީވެގެން ހުރި އީނާޝް ނުހަނު ޗާލެވެ.

އީނާޝް ވެސް ދަނީ ކަިއޒީން ދާ ސުކޫލަށް ކަމުން ދެމީހުން އެކީގައި ކާރުގައި ދާން ނުކުމިއެވެ. ކާރަށް އަރާފައި ކައިޒީން ދިޔައީ އީނާޝްއާއި ނުހަނު ގިނައިން ވާހަކަ ދައްްމުންނެވެ. ނަމަވެސް އީނާޝް އެންމެ ފަހަރަކު ވެސް ކައިޒީން އާ އަނގައަކުން ނުބުނެއެވެ. އީނާޝްގެ މިޒާޖުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ”ހެޔޮނުވާނެ.. ތި ބޭކާރު ވާހަކަތައް ދެއްކުން ހުއްޓާލަފާނަންތަ؟ އަހަރެންގެ ބޯ ފަޅައިގެން ދާވަރު ވެއްޖެ މިހާރު..” އީނާޝް ބުނެލި ޖުމުލައިން ކާރު ތެރެ އެއްކޮށް ހިމޭންވިއެވެ. އަދި ކާރު ދުއްވަން އިން މާހިލް އިނީ ބުނާނެ އެއްޗެއް ނޭނގި އީނާޝްއާއި ދިމާއަށް ބަލާށެވެ. ކައިޒީންވެސް އިނީ ހަމަ އެގޮތަށެވެ. އީނާޝް އެހެން ބުނުމުން ކާރު ތެރޭގައި އޭގެ ފަހުން އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

އީނާޝްއަަށް ސުކޫލް ފެނުމާއިއެކު ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ހަނދާނަށް އައީ އޭގެ އެތަށް އަހަރެއް ކުރިން އީނާޝް ހަމަ އެސުކޫލަށް އައި ދުވަސް މަތިންނެވެ. އެއީ ދުވަހަކުވެސް އީނާޝް ހަނދާނުން ފިލާނެ ދުވަސްތަކެއް ނޫނެވެ. އެގޮތަށް ސުކޫލާ ދިމާއަށް ބަލަން ހުރެފައި އީނާޝް ސުކޫލަށް ވަންނަން ދިޔައީ އެހެން ކުދިންވެސް ސުކޫލަށް ވަންނަން ދިޔުމުންނެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ގާތަގައި ނުވިޔަސް ލޯބިން 4

Next

ބާކީ ޓްރެއިލާރ

Next
July 14, 2019

ބާކީ ޓްރެއިލާރ

Previews
July 14, 2019

ގާތަގައި ނުވިޔަސް ލޯބިން 4

26 Comments!

  1. Friend eh says:
    July 14, 2019 at 5:39 am

    Masha allah varah reethi mi part ves ?waiting for next part…

    1. ?Nafu? says:
      July 14, 2019 at 7:01 am

      Thanks a lot friend eh..????? ya keep waiting..???

  2. ?Nafu? says:
    July 14, 2019 at 10:09 am

    assalaam alaikum.. finally miothy miothy 4 vana epsd vs up vefai.. alhamdullilah.. 🙂 hope readers will like this part too.. and vr vr vr bodah maafah edhen saturday gai nugenes dhevunyma..
    vr vr vr vr bodah thanks readers thidhey support ah.. 🙂 nd point out the mistakes for me to improve.. much love from me.. 🙂 nxt part tuesday gai.. insha allah…

  3. Anonymous says:
    July 14, 2019 at 11:49 am

    Wow? nice story. Masha Allah ?

    1. ?Nafu? says:
      July 14, 2019 at 1:02 pm

      Thanks a lot anonymous…??????

  4. jiji says:
    July 14, 2019 at 1:52 pm

    Wow?…Vv rythi Mi bai vec..v kiyaa hithun indha nimuny?…Nd I saw a misatake that ‘ohthuney’ miheneh nukiyaane enge..Ekan rangalhukohlahchey?…Keep going

    1. ?Nafu? says:
      July 14, 2019 at 2:59 pm

      thanks a lot jiji.. it means a lot.. nd i will try to improve that mistake.. 🙂 🙂 🙂

    2. Luc!f3r says:
      July 14, 2019 at 4:29 pm

      Ohh.. Jiji already said it dhw??..

    3. jiji says:
      July 14, 2019 at 8:19 pm

      ?E rangalhu vaane eyy

    4. ?Nafu? says:
      July 14, 2019 at 8:25 pm

      Heheh.. thedheh.. mistakes eh vehjjaa bune veynehnun..

  5. Friend eh says:
    July 14, 2019 at 3:42 pm

    Masha allah vr salhi mī part ves waitting for next part Your storys Are awesome keep it up @@@@@@@@@@@@@@@@@@@@@@@

    1. ?Nafu? says:
      July 14, 2019 at 4:11 pm

      Awwn..????? thanks a lot friend eh.. ?♥️?♥️?♥️?♥️ ya keep waitin..??????

    2. Friend eh says:
      July 16, 2019 at 5:40 am

      Friend eh … namuga comment kurany kyve … thats the name i have being used … and thats not fair

    3. ?Nafu? says:
      July 16, 2019 at 1:01 pm

      Alhaanulaa friend eh.. emyhaku beynun name ehgaanun comment kuraany dhw.. ☺️☺️

  6. aishoo says:
    July 14, 2019 at 3:45 pm

    Masha allah nafu….???? mivaahaka hama v ves reethi..????. waiting for nxt epsd….. ???????when dhen up kuraany…. ????❤?❤?❤

    1. ?Nafu? says:
      July 15, 2019 at 1:10 pm

      Thanks a lot aishoo..?????? ????? Tuesday gai next epsd… Keep waiting…

  7. Its me says:
    July 14, 2019 at 3:48 pm

    nafu ge vaahaka nimeyne kiyaaaaaa Hithun Indha so Sad waitting för next Part friendooooooö

    1. ?Nafu? says:
      July 14, 2019 at 4:13 pm

      Heheh… Thanks its me,♥️♥️♥️♥️♥️ ya keep waiting..???

  8. Luc!f3r says:
    July 14, 2019 at 4:26 pm

    Bed ey? Storyga narration baiga endhu kahala aadhaige dhivehi bahegge badhalu english words huryma massalaeh dhw Nafu..

    Oththunu is odd… Ur target audience doesn’t seem to be for 10 year olds.. You should choose words that are fitting for the target audience of ur story..

    Btw did she go to that school just one day in her past? I wanna knw what happened if itx unforgettable

    1. ?Nafu? says:
      July 14, 2019 at 4:46 pm

      Thanks Luc!f3r for telling those mistakes.. I will try to improve those mistakes.. ????no not only one day.. dhuvas thakekey innaane jahaafa.. Nd once again thanks Luc!f3r..?????

    2. Luc!f3r says:
      July 16, 2019 at 3:02 am

      Oh yeah.. Soz.. Eyge mathy in sentence ga Ai dhuvas mathinney inyma..

    3. ?Nafu? says:
      July 16, 2019 at 1:02 pm

      Yeah.. ethaa eyny nuliyevi.. thanks.. ??????

  9. RAIN LOVER GIRL says:
    July 16, 2019 at 5:59 pm

    Nice

    1. ?Nafu? says:
      July 18, 2019 at 11:28 am

      thanks rain lover girl.. 🙂 🙂

  10. Korea says:
    July 19, 2019 at 12:05 pm

    Mee cinderellas stepsister dhw?

    1. ?Nafu? says:
      July 19, 2019 at 1:40 pm

      Noway.. mi e amihla hiyaalah liyaa vaahaka eh.. dhn neygigen Vs vahtharu vedhaane dhw ehn ehchakaa noony story Akaa.. sababAky amihla hiyaalah liyaathy..

Comments are closed.

Next Episodeހާސިލް ވުމަށް އެދި 5←


All Right Reserved!