ގާތަގައި ނުވިޔަސް ލޯބިން 4
ނާހިލް ކިއާރާއަށް ގޮވުމުން އެ ޒުވާނާ ފަސް އެންބުރި ކިއާރާއާއި ވީ ދިމާ ބަލާލިއެވެ. ކުރިމަތިން ކިއާރާއަށް ފެނިގެން ދިޔަ ސޫރައިގެ ސަބަބުން ކިއާރާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކިއާރާގެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔައެވެ. ކިއާރާފެނި އެ ޒުވާނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލުގެ ތޫނު ނަޒަރު ކިއާރާއަށް އަމާޒުވެފައި ވިއެވެ. އެ ޒުވާނާގެ ނަޒަރު ކިއާރާއަށް ހުއްޓިފައި ހުރުމުން ކިއާރާއަށް އުނދަގޫވާގޮތެއް ވިއެވެ. ” އާދެބަލަ މިތަނަށް…” ކިއާރާ އެ ހުރިތާ މަޑުކޮށްފައި ހުރުމުން ނާހިލް ކިއާރާއަށް އެތަނަށް އައުމަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ނާހިކް ގޮވުމާއެކު ކިއާރާ ނާހިލްމެންނާއި ދިމާލަށް މިސްރާބު ޖެހިއެވެ. “ތި..؟” ނާހިލްމެން ކައިރިއަށް އައިސް ހުއްޓެމުން އެ ޒުވާނާ އެއީ ކާކުތޯ ކިއާރާ ސުވާލުކުރިއެވެ. އެ ވަގުތު ލީޝް ވެސް އައިސް ކިއާރާ ކައިރީ ހުއްޓުނެވެ. ” މި ޒިޔާން ޝިރާހްމެން ގޭގައި އުޅޭ ކުއްޖެއް…. ޒިޔާން މީ …. ” “ކިއާރާ” ނާހިލް ކިއާރާއަށް ޒިޔާން، ޒިޔާންއަށް ކިއާރާ ތައާރަފްކޮށް ދޭން ބުނި ފަހު ޖުމުލަ ހުއްޓުނީ ޒިޔާންގެ ދުލުން ކިއާރާގެ ނަން ބުނުމުންނެވެ. ” ކިހިނެއް ކިއާރާ އިނގެނީ … ” ނާހިލް ސުވާލު ކުރިއެވެ. ” ކުރިން……. ” . ” ދެންމެ ނާހިލް އަހަންނަށް ގޮވީ ކިއާރާއޭ ކިޔާފައެއްނުން … އެހެން ވީމަ ދެން އިނގޭނެތާ…. ” ލީޝް ކުރިން ދިމާވި ވާހަކަ ބުނަން އަނގަ ހޮޅުވާލިތަނާ ލީޝްގެ އަތުގައި ހިފާ ބާރުކޮށްލަމުން ކިއާރާ ބުންޏެވެ. އެދުހު ކަން ހިނގައި ދިޔަ ގޮތް ކިއައިދީފިނަމަ ނާހިލްގެ ދިމާކުރުންތައް އަމާޒު ވާނެކަން އިނގޭތީ ކިއާރާ އޮޅުވައިލާފައި ބުންޏެވެ. ނާހިލްއަކީ ދިމާކޮށްލަން ވާހަކައެއް ނުލިބިފަ ހުންނަ ކުއްޖެކެވެ. ” އާން ދޮގެއްނޫން… ހެހެހެ….” މަޑު ހުނުމަހާއެކު ނާހިލް ބުނެލިއެވެ. ” ހިނގާ ބީޗަށް ދާން … މިހާރު އެންމެން ހަމަވެއްޖެއްނުން…. މިތާތަ ހުންނާނީ މިއަދުއެއްކޮށް….” އެންމެން ހަމަވުމުން ނާހިލްމެން ކައިރީ އައިސް މަޑުކޮށްލި ޝިރާހަ ބުނެލިއެވެ. ” އާން ހިނގާދާން… ” ދިއުމަށް ހިނގައިގަންނަމުން ނާހިލް ބުނެލިއެވެ. ” ނާހިލްމެން ދޭ…. އަހަރުމެން ދާނަން އިރުކޮޅަކުން… ” ނާހިލްމެންނާއެކު ދާން ހިނގައިގަތި ކިއާރާގެ އަތުގައި ހިފަހައްޓާ ލީޝް ބުންޏެވެ. “އޯކޭ…” އެންމެ ރަނގަޅުކަމުގައި ބުނެ ނާހިލްމެން އެމީހުންގެ މަންޒިލަށް މިސްރާބުޖެހިއެވެ. ” ކިހިނެއްވީ؟.. ” ސުވާލުގެ ނަޒަރަކުން ބަލައިލަމުން ކިއާރާ އަހާލިއެވެ. ” މީ ކުރިން ދިމާވިއޭ ބުނަން އުޅުނީމަ ކީއްވެ ހުއްޓުވީ؟.. “. ” ލީޝްއަށް ވެސް އިނގޭނެ އެންނުން ނާހިލްގެ ގޮތް.. ނާހިލްއަށް އެދުވަހުވީ ގޮތް ކިޔާދީފިނަމަ ދިމާކުރާނެ ވަރަށް… އަން އައި ދޯންޓް ވޯންޓް ދެޓް ޓު ހެޕެން…” މޫނުމަށްޗަށް ފޫހިކަމެއް ވެރިކުރުވަމުން ކިއާރާ ބުނެލިއެވެ. ” އޯކޭ… ” ލީޝް ބުނެލިއެވެ. ” ހިނގާ ދަމާ…..” ކުރިއަށް ހިނގައި ގަންނަމުން ކިއާރާ ބުނެލިއެވެ. ލީޝްވެސް ކިއާރާގެ ގެ ފަހަތުން ހިނގައި ގަތެވެ.
ގޮނޑުދޮށް ކާރީގައި ހުރި ބޮޑު ގަހެއްގެ ހިޔާދަށުގައި އެންމެން މަޑުކޮށްގެން ހުއްޓެވެ. ” ކޮބާ ކިއާރާމެން؟ މިއަންނަނީއޭ ބުނީ . އަދިވެސް ނާދެވެއެއްނުން… ” ކިއާރާމެންގެ އިންތިޒާރުގައި ހުރެ އެތައް އިރެއްވުމުން ނުރުހުމުގެ ރާގެއްގައި ނާހިލް ބުނެލިއެވެ. ” އެހެރި އަންނަނީ …. ” ކުޑަކޮށް ދުރުނޫން ހިސާބެއްގައި ހުރި ކިއާރާއާއި ލީޝް ފެނި ޝިރާހް ބުނެލިއެވެ. ” ހާދަ އިރެކޭ… ކީއްވެ އެހާލަސްވީ … މިހާރު ކިހާއިރެއްވެއްޖެ…” ނާހިލް ކިއާރާމެންނާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔައެވެ. ” ސާބަހޭ ނާހިލްއަށް .. ކުޑަކަމެއް ކޮށްލީއޭ… ” ކިއާރާ ބުނެލިއެވެ. ” އޭ ދެން އުޅެމާ ގުރޫޕް ހަދާލާގެން މަސައްކަތްތައް ފަށަމާ … މިތާވަރަށް ކުނި އެބަހުރި….” ނާހިލްގެ ޝަކުވާތައް ހުއްޓުމާއެކު ޝިރާހް ބުނެލިއެވެ. ” އަހަރުމެން ކާއެއްޗެހިތައް ތައްޔާރު ކުރާންނަން … ޝިރާހްމެން މިތަން ސާފުކޮށްލަ.. އެންމެ ރަނގަޅެއްނުން….” ލީޝް ބުނެލިއެވެ. އެންމެންވެސް އެކަމަށް އެއްބަސްވެ މަސައްކަތްތައް ކުރަން ފެށިއެވެ.
ސޭންޑްވިޗް ތައްޔާރު ކުރަން ހުރި ކިއާރާ މުޅިމާހައުލަށް ނަޒަރެއް ހިނގާލިއެވެ. މުޅި މާހައުލަށް ނަޒަރު ހިނގާލުމުގެ ތެރޭގައި ކިއާރާގެ ލޮލުގައި ކައިޒަން އަޅައިގަނެގެން ދިޔައެވެ. ނޫކުލައިގި ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސް ސޯޓެއްގައި ފެންނަލެއް ވަރަށް ފުރިހަމައެވެ. ބޮލުގެ އިސްތަށިގނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވުމުން ފިރިހެން ވަންތަކަން އިންތިހާއަށް ދައްކައިދެއެވެ. ކައިޒަންފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް އުތުރިއަރައިގެން ދެއެވެ. ކައިޒަންގެ ހިތްގައިމު ސޫރަޔަށް ބަލަން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައި ކިއާރާއަށް ހުރެވުނެވެ. “ކައިޒަން ހާދަ ސުމާރޓް އޭ…. ހީ އިސް ސޯ ކިއުޓް..” ކިއާރާގެ ފަހަތުގައި ހުރެ ލީޝް ވާހަކަދެއްކިއެވެ. އެ ހިނދު ފަސްއެންބުރި ކިއާރާއަށް ލީޝްގެ މޫނަށް ބަލައިލެވުނެވެ. “ވަޓް” ހައިރާން ކަމާއެކު ކިއާރާއަށް ބުނެލެވުނެވެ. ” އަސްލުވެސް ހަމަ ވަރަށް ސުމާރްޓް އޭ… ” ކިއާރާ ވާހަކަ ދެއްކުމުން ކައިޒަން އަށް ގެއްލިފައިހުރި ލީޝް ކިއާރާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ” ކިއާރާއަކަށް ސުމާރްޓްއެއްނޫންތަ ކައި އެެއް..” ލީޝާގެ މޫނަށް ކިއާރާބަލަހައްޓައިގެން ހުރުމުން ލީޝް އަހާލިއެވެ. “އާން …. ނޫން…. ނޭންގެ… ލީޝްމެންނެއްނުން އެހާވަރަށް ތި ބަލަނީ..” ލީޝް އަހާލި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ހުރެ ކިއާރާއަށް ބުނެވުނެވެ. އަދި އެންމެ ފަހު ސޭންޑްވިޗް ތަށީގައި ބޭއްވުމަށްފަހު ކިއާރާ އެތަނުން ދިޔައެވެ. އެއިރުވެސް ކިއާރާގެ މޫނުމަތިން ފެނިގެން ދިޔައީ ލަދުވެތިކަމެވެ. ނަމަވެސް އެކަމެއް ލީޝް އަކަށް ފާހަގައެއް ނުކުރެވުނެވެ. ލީޝްއަށް ހުރެވުނީ ކައިޒަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. ފަހަތުން އައިސް މީހަކު ކޮނޑުގައި ކޮށްޓާލުމުން ސިއްސައިގެން ލީޝް ފަހަތައް އެބުރި ބަލަލިއެވެ. ” ދެލޯ ކާއްޓަކަށް ހަދައިގެން ކޯންޗެއް ތި ބަލަނީ… ” ސަމާސާ ކޮށްލުމުގެ ގޮތުން ނާހިލް ބުނެލިއެވެ. ” ނާހިލްއަށް ކީއް ކޮންމެ ތަނެއް މަ ކޮންމެ ގޮތަކަށް ބެލިޔަސް ..” ނުރުހުމުގެ ރާގަށް ލީޝް ރައްދުދިނެވެ.” ” މަ ބުނެފިންތަ މަށަށް ކަމެއް ވެޔޭ…. ” މަޖާވެލަމުން ނާހިލް ބުނެލިއެވެ. “އައި ޑޯންޓް ކެއަރ..” މޫނަށް ވައްތަރެއް ޖައްސާލަމުން ލީޝް ބުނެލިއެވެ. އަދި ތުން އަނބުރާލުމަށްފަހު އެތަނުން ދިޔައެވެ. ނާހިލްވެސް ކޮނޑު އަރުވާލުމަށްފަހު އެތަނުން ދިޔައެވެ.
ސާފުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު ހުދު ދޮން ވެލިގަނޑުގައި ކައިޒަން އިއްތާލާއިނެވެ. ކައިޒަންގެ ނަޒަރު ހުއްޓިފައިވީ ގަސްތަކުކައިރީ މާތަކާކުޅެލަ ކުޅެލާހުރި ކިއާރާއަށެވެ. މަޑު ފިޔާތޮށި ކުލައިގެ ކަކުލާހަމައަށް އަންނަ ވަރުގެ ހެދުމެއް ލައިފައި ވީ އިރު ތިރިން ލާފައިވަނީ ކަޅުކުލައިގެ ސިކިނީއެކެވެ. އިސްތަށިގަނޑު އައްސާލާފައިވީއިރު އެ ދޮން އިހި ކަނދުރާހާމަޔަށް ފެންނަން ހުއްޓެވެ. ފިނިފެންމަލެއްފަދައިން ފޮޅިފައިވި ތުނި ތުންފަތުގައިވީ ފިލާދިޔުމަށް ނޭދޭފަދަ ހިނިތުން ވުމެކެވެ. މާތަކުގެ ތެރޭގައި ހުރި އިރު ކިއާރާ ޕަރީއެއްފަދައިން ސިފަވެގެން ދެއެވެ. ކައިޒަންގެ ނަޒަރު ކިއާރާއާ ވަކިވާގޮތެއް ނުވިއެވެ. އެ މައުސޫމު ހިތްގައިމު ސޫރަ ކައިރިން ބަލައިލުމަށް ކައިޒަންގެ ހިތް ބޭނުންވިއެވެ. ހިތާ އެއްގޮތައް އަމަލުކުރުމަށް ކައިޒަން ފަސްޖެހެއެވެ. “ކައި ހިނގާބަ މަށާއެކު އެއްޗެއްބަލާދާން … ” ކައިޒަންގެ ފަހަތުގައި އައިސް މަޑުކޮށް ލަމުން ނާހިލް ބުނެލިއެވެ. ނާހިލް ވާހަކަދެއްކި އަޑު އިވި ކައިޒަން ފަހަތައް އެނބުރި ބަލައިލިއެވެ. ” ކީކޭ…؟ ” އަމިއްލަ ހިޔާލަށް ގެއްލިފައި ހުރުމުން ނާހިލް ކީއެއްޗެއް ކައިޒަންއަށް ސާފެއްނުވިއެވެ. ” މަ މި ބުނީ އައިސްބަލާށޭ މަށާއެކު އެއްޗެއް ބަލާދާން… ” ކައިޒަންއަށް ނާހިލް ބުނިއެއްޗެއްސާފުނުވުމުން ދެވަނަފަހަރަށް ނާހިލް އޭނަ ބުނިއެއްޗެއް ތަކުރާރު ކޮށްލިއެވެ. “އާން ހިނގާ ދާން…” އެތަނުން ތެދުވަމުން ކައިޒަން ބުނެލިއެވެ. އަދި ނާހިލް ފަހަތުން އޭނަ ބުނިތަނަށް ދިއުމަށް ހިނގައިގަތެވެ.
” ދެރަކަމެއް މި ނާހިލްގަނޑާ ހެދީ… ނެތޭ ހަމަނޭވާލެވެން… ” ނާހިލްގެ ސަކަރާތްތަކާމެދު ހިތްހަމަނުޖެހިފައި ހުރި ލީޝް ނާހިލްއަށް ކުދިކިޔަމުން އައިސް ކިއާރާ ކައިރީ ހުއްޓިލިއެވެ. ” މިހާރު ކިހިނެއްވީ ތިހާ ރުޅިއައިސް ގެން ތި އުޅެނީ… ” ލީޝް ކުދި ކީއަޑު އިވި ކިއާރާއަހާލިއެވެ. ” މި ނާހިލްގަނޑެއް ވަރުގަދަ … މީހަކު ތާކު ރީތިކޮށް ހުރެލެވޭކަށް ނެތް..” ލީޝް ވާހަކަ ދެއްކިއެވެ. ލީޝްގެ ވާހަކަދެއްކުމުގައި ނުރުހުންތެރިކަން ހުރުމުން ކިއާރާއަށް ހެވޭ ގޮތްވިއެވެ. ” އެވެދާނުން ލީޝްއާ އަޅައިގަތީ ކަމަށް…” ލީޝް އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގައި ކިއާރާ އެހެން ބުނެލުމަށްފަހު ކުޑަކޮށް ފަހަތައް ޖެހިލިއެވެ. އެއީ ލީޝްގެ ފަރާތުން މަލާއެއް އަތުވެދާނެތީއެވެ. ” ވަޓް…. ކިއާރާ އައި ވޯންޓް ސުޕޭރ ޔޫ….” އައި ރުޅީގައި އެހެން ބުނެފައި ކިއާރާއާ ދިމާލަށް ފިޔަވަޅެއްއަޅާލިއެވެ. ލީޝް އެޅި ފުރަތަމަ ފިޔަވާއެކު ކިއާރާ އެތަނުން ދުއްވައިގަތެވެ. ލީޝްވެސް ކިއާރާގެ ފަހަތުން ދުއްވައިގަތެވެ.
ދުވަމުން އައި ކިއާރާ ގޮސް ޖެހުނީ ޒިޔާންގެ މޭމަތީގައިއެވެ. ޖެހުނުލެއް ބާރުކަމުން ކިއާރާ ފަހަތައް ވެއްޓެން ދިޔައެވެ. ހުށިއާރު ކަމާއެކު ކިއާރާ ވެއްޓުނަ ނުދީ ކިއާރާގެ އުނަގަނޑުގައި ޒިޔާންގެ އަތް ވަށާލިއެވެ. ޒިޔާންގެ އަތް ކިއާރާގެ ހިމަ އުނަގަނޑުގައި ވަށާލުމުން ކިއާރާއަށް ލޯބޮޑުކޮށްލެވުނެވެ. އަދި ޒިޔާންގެ މޫނަށްބަލައިލެވުނެވެ. ޒިޔާންގެ ލޮލުގެ ނަޒަރު ހުއްޓިފައި ހުރީ އެހާކާރިން ފެނިގެން ދިޔަ ކިއާރާގެ ދޮން އޮމާން މޫނަށެވެ. އެ ވަގުތު ވެގެން ދިޔައީ ކިއާރާ އަދި ޒިޔާންގެ ހަތަރުކަޅި ބައްދަލް ވެގެން ދިޔަ ވަގުތަށެވެ. ކަޅުކަންގަދަ ކަޅިއެއްލިބިފައިވި ކިއާރާގެ ދެލޮލަށް ގެންބިގެން ދިޔުމަށް ނެގީ ސިކުންތުކޮޅެކެވެ. ހަމައެފަދައިން ކިއާރާއަށްވެސް ބޭއިހްތިޔާރުގައި ޒިޔާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެކަކު އަނެއްކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުން ލީޝް އަދި ޝިރާހްގެ ހުނުމުގެ އަޑަށް ސިއްސައިގެން ގޮސް ހުނުމުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. ހުރެވުނުގޮތް ރޭކާލުމުން ދެމީހުންދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އެކަކު އަނެއްކަކާ ދުރުވެލައި ހަމަޖެހިލިއެވެ.” ސޮރީ… ” ގަތްލަދުން ކިއާރާ މައާފަށް އެދުމަށްފަހުއެތަނުން ހުނުމުގައި ހުރި ލީޝް ގެ އަތުގައި ހިފައި ބާރު ހިނގުމެއްގައި އެތަނުން ދިޔައެވެ. ކިއާރާއާއި ވީ ދިމާލަށް ބަލަން ހުރެފައި ޒިޔާންއަށް އޭނަގެ ބޮލަށް އަތް ހިނގާލެވުނެވެ. ކިއާރާ ލޯމަތިން ގެއްލުމުން ޒިޔާން ޝިރާހް ކައިރި ބަލައިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ޝިރާހް ހެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


Salaam dear readers…. here is the 4th episod of gaaathuga nuviyas loabin… hope all will like this part and feel free to comment.. and kihaa lahun stry upvaathy kiyuntheringe kibain maafah edhen and i will try haftaaga 2 dhuvahu namaves stry up kohllan…. thanks forthe support love u all readers… have a nice day..
Masha allah varah reethi mi part ves ?… waiting for next part…
Thanks friend eh….??? keep waiting ….. ?❤?❤ much love
Oh so cute stry ?????????????????????????
Thanks alot near niaa….??? it means a lot ….❤❤❤ much love ??❤?❤?❤?❤?
Vvv cute❤️❤️❤️ mi part kiyaalaafa handhaanvey dhonthi ge family aai ekkoh Beach au gos ulhunuhandhaan…. Vvvvv reethi ingey mi part??? Aishoo…. You are a great writer… Talented writer… Mihaahisaabau ai iru dhonthi bunaanee…. You are improving a lot?????? Mistakes thah mihaaru v madhu???? Thigothuga kuriah dhey… Adhi iraadhakurevviyya miahvure bodahves improve vaane… I m sure… Aishoo❤️❤️❤️ Take very great care ingey… And dhonthi always love you aishoo?❤️?❤️?❤️??❤️?❤️?❤️?❤️?????
Thanks a lot dhonthy…???. it means a lot for me….???? i am improving because my readers are really support me…?? thanks for all that…?? n once again thanks dhonthy and tc dear….❤❤❤ much n much more love to sis ?❤?❤?❤?
Aishoo????…Mi bai vec vv rythi….But ‘ohthaalun’ ebas use kuryma thankolheh odd dhw??????…Can correct it…
Nd Im sooo curious to read next???❤❤❤…Lysm
Thanks jiji dear….????? it means a lot…????? i will correct that mistake..???. lysm to u also.. ?❤?❤?❤?❤?❤❤??
masha allah.. vr vr vr vr rythi mi part vs.. 🙂 hama habeys.. whn nxt prt aishooo.. waitin waitin.. 🙂 nd keep it up dear… much luv frm me.. 🙂 🙂
thanks a lot… ???Insha allah varah avahah next epsd genesdheynan keep waiting… ????much more love frm me…?❤?❤?❤?
Kaizan abadhu lany Blue kulaage T_shirt noony gamees.. Dhen thirin abadhu Kalhu jeans and sorts.. ????
Hehehe… kai ge fav kulayah vedhaanun ?? e aishooo ge mistk eh rangalhu kohlaanan… thanks for the cmnt… much love?❤?❤?
Maybe he likes it.. Itx possible.. Not that u wanna knw but all I have is Blue and black too
Really…. ????
Ma adhi kiriyaa mikiyaaly… Vaahaka reethi.. Love triangle eh dhw..
Mistakes bodah hury vaih nikuih inun hurun othun.. Mi 5 kanthah kiyaidhinumuga.. Improved compared to first episode..
As a personal request.. I wud like to ask u to put images of all main characters to the story cover so that readers can imagine better when reading..
Adhi mikiyaaly 4 baives.. Vaahaka kithammehaaves reethi.. Love triangle and all..
Mistakes are mostly there when it comes to vaih nikuih hurun inun othun.. Oththaaly iththaaly.. Such words are for 10 year old audiences..
As for a personal request.. I wud like to request you to out images of main characters so that imagining wud be easier.
Put*
Put*
Thanks for reading…????. happy to know u like it…????. try kuraanan ekahala mistakes nuhadhan … ???oce again thanks for reading…. much love.. ?❤?❤?❤?
And coverga eyni mi vaahaka binaa vaa enme muhinmu dhe character…
E ee aslu mi story Love triangle akah vaan ulhey hen hyvaathy.. E kaaku kameh neyngeythy.. Kaizan kameh Ziyaan kameh.. Kaizan gothuga imagine kuranikoh ziyaan ah.. Ziyaan gothuga imagine kuranikoh kaizan ah ves vedhaanethy??
Ehen dhw…???❤?❤
Aishoo???..kobaa thr story..plc avahah upkohdhyybaa??????
insha allah Maadhan up kohlla dheynan … aishoo kudakoh bali koh ulheythy lass v
,????