ކުއްލިއަކަށް ފަހަތުން މީހަކު އައިސް ޒާޔާގެ ލޯމަތީގައި އަތްއެޅިއެވެ. “ހޫމް… ބޭބީ… މަށަށް އެނގޭއޭ ތީ މަގޭ ޒިޔާންކަން…” އެ ވަރުގަދަ އަތުން ޒާޔާގެ މޫނުގައި ބީހިލުމުން ވެސް އެއީ ކާކުކަން ޒާޔާއަށް އެނގިއްޖެއެވެ. މަޑުމަޑުން ޒާޔާގެ މޫނު މަތިން އަތް ނެގުމަށް ފަހު އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޒިޔާން އިށީންނެވެ. ޒިޔާންއެއީ ޒާޔާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ކަރާ ހަމައަށް އަރާ ކަޅުކުލައިގެ އިސްތަށިގަނޑަކާއި، މަޑު ފެހިކުލައިގެ ދެލޮލާއި، ދޮން މޫނަކާއި، ދިގު އިސްކޮޅެއް […]
އެރޭ ދަންވަރު ބާރަ ޖަހަން ގާތްވަނީއެވެ. ފަޅު ގެޔެއްގެ އެތެރޭގައި އަހަރެން ހުރީ ތުނި ގަމީހެއް ލައިގެނެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަސް ކައްކަން އޮންނަ ފިރިހެނެއްގެ ގައިން ދުވާ ވަސް މީނައަށް ރަނގަޅަށް އަންގާލާނަމެވެ. ބާރަގަޑި ބައިވާން ވާއިރަށް ކޮޅުކޮޅަށް ބޯ އެއްލަމުން ޝާޔާ އެބަ އާދެއެވެ. ވާރޭގެ ކަނި ޖަހަން ފެށީވެސް އެ ވަގުތެެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. ކެތްމަދުވެ ޝާޔާ ލައިގެން ހުރި ކަރުވަޅު ބޮޑު އަތްކުރު […]
ކުއްލިއަކަށް ޒިލްވާ އާ އިއްބާންއަށް އެކަކު އަނެކަކަށް ބަލާލެވުނީ ދެލޯބޮޑުކޮއްލަމުންނެވެ. ******************* “ބެން…އާރ ޔޫ ތިންކިން ވަޓް އައިމް ތިންކިންގް…” ޒިލްވާ ހައިރާންވެފައިހުރެ އިއްބާން ގާތު އަހާލިއެވެ. އިއްބާން އައިލީން އާ ދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. “އައިލީން….” އިއްބާން ގޮވާލިއެވެ. ފާހަނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަހުރި އައިލީން އިއްބާންއަށް ބަލާލިއެވެ. “އެއީ ކޮންގެއެއްތަ…މި ބުނީ އެ ބޭބެ އެއީ ކޮންގެއެއްގެ މީހެއްތަ…” ޒިލްވާ އަހާލިއެވެ. އައިލީން އޭނާގެ ނަޒަރު ޒިލްވާއަށް ބަދަލުކޮއްލިއެވެ. “ބޮލެކްރޯޒް” އައިލީން ބުނެލިއެވެ. […]
ޒާޔާމެންނަށް ކޮލެޖާއި ހަމައަށް ފޯރުނުއިރު ގަޑިޖެހިއްޖެއެވެ. ޒާޔާގެ އަޚުލާގު ކިތަންމެ ދަށަސް އޭނާއަކީ ކިޔެވުމަށް އެ ކުލާހުގައި ހުރި އެންމެ މޮޅު ކުއްޖާއެވެ. ކޮންމެ ފަހަރަކު ނަގާ ޓެސްޓުން އެއްވަނަ ހޯދުމަކީ ޒާޔާގެ ކަށީގައި ހަރުލައިފައި ވާކަމެކެވެ. އޭނާ އެންމެ ކުޑައިރުށްސުރެ ފެށިގެން ވެސް ދެކެމުން އަންނަ ހުވަފެނަކީ އޭނާގެ އަމިއްލަ މޭކަޕް ސެލޫންއަކާއި ފެޝަން ހެދުންތަކާއި، ގަހަނާއާ، ބޫޓު ފަދަ ތަކެތި އަދި މިނޫންވެސް ޒަމާނީ އެތައް ބައިވަރު އެއްޗެހިތަކެއް ވިއްކާ ބޮޑު ފިހާރައެއް ހުޅުވުމެވެ. […]
ނަބާޙު ރިޕޯޓްފޮތް ހިފައިގެން އައުމުން އެންމެ ފުރަތަމަވެސް މަރުހަބާ ކީ އީނާޝްއެވެ. އީނާޝް އަބަދުވެސް ނަބާހުއަށްޓަކައި ފަހުރުވެރިވެއެވެ. ދުވަހަކުވެސް ނަބާހު އާއި މެދު ހަސަދަވެރިއެއް ނުވެއެވެ. ބޭރުން ކިތަންމެ ބޮޑަކަށްވެސް އީނާޝް އުފާވެރިކަމެއް ދައްކައިގެން ހުއްޓަސް އީނާޝް އެތެރެ ވަނީ އެއްކޮށް މަރުވެފައިއެވެ. އާރިފާ އީނާޝްއާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ އީނާޝްއާ ދިމާއަށް ކުދި ކިޔަމުންނެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝް އާރިފާއަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރެއެވެ. އެންމެ މޮޅު ކުދިންނަށް ދޭ […]
އެކަކުއަނެއްކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުން ލީޝް އަދި ޝިރާހްގެ ހުނުމުގެ އަޑަށް ސިއްސައިގެން ގޮސް ހުނުމުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލިއެވެ. ހުރެވުނުގޮތް ރޭކާލުމުން ދެމީހުން ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އެކަކު އަނެއްކަކާ ދުރުވެލައި ހަމަޖެހިލިއެވެ. ” ސޮރީ..” ގަތް ލަދުން ކިއާރާ މައާފަށް އެދުމަށް ފަހު އެތަނުން ހުނުމުގައި ހުރި ލީޝްގެ އަތުގައި ހިފާ ބާރު ހިނގުމެއްގައި އެތަނުން ދިޔައެވެ. ކިއާރާއާއި ވީ ދިމާލަށް ބަލަން ހުރެފައި ޒިޔާންއަށް އޭނާގެ ބޮލަށް އަތް ހިނގާލެވުނެވެ. […]
ހިތް ގައިމު ރީތި ގޮނޑު ދޮށެއްގައި ޔޫސުފް އިށީންދެގެން އިނީ މާދުރު ނޫން ހިސާބެއްގައި އޭނާގެ އަށް އަހަރުގެ ދަރިފުޅު އައިދަން، ވެއްޔާއި ކުޅޭތަން ބަލާށެވެ. އައިދަންގެ އުމުރުން ތިން އަހަރުގައި އޭނާގެ މަންމަ ނަފާ ވަނީ އެދެބަފައިން ދޫކޮށް އެހެން ފިރިހެނަކާއި އެކު ގޮސްފައެވެ. ހަލާލު ފިރިމީހާއާއި ބަނޑު އަޅައި ވިހެއި ދަރިފުޅު ދޫކޮށްފައި ދާން ނަފާ ނިންމި ސަބަބަކަށް އޭނާ ބުނީ، އަނތްބަކާއި ދަރިއެއް ގެންގުޅެވޭނެ ފެންވަރު ޔޫސުފްގެ ކިބައިގާ ނެތުމެވެ. ނަފާ ގާތު […]
އިރުކޮޅަކު އެހެން ހުރުމަށްފަހު ފެންވަރާލަން ދިއުމަށް ޝިފާ އެދުނެވެ. ޒައިކް ފާހާނާ އަށް ވަން އިރު ޝިފާ ބޭގުގަ ހުރި އެއްޗެހި އަލަމާރިއަށް ލާން އުޅުނެވެ. މީހަކަށް މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަތައް ކިޔައިދެވުމުން ޒައިކް އަށް ހިތްހަމަ ޖެހުން ލިބުނެވެ. އެނދުގައި އިށީންނުމުން ޝިފާވެސް އައިސް ގާތުގައި މަޑުކޮށްލިއެވެ. ޒައިކް ޝިފާ އަތުގައި ހިފާލުމަށްފަހު ކުޑަކޮށް ދަމާލައި އެނދަށް ވައްޓާލިއެވެ. ޝިފާގެ މަޑުމަޑު ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރުނު އަޑާއެކު ޒައިކް ޝިފާ […]
”ނަޒްހާ މިހާރު މާ މައްޗައް އިނގޭ ތިދަނީ… އަހަރެން ބުނާ ގޮތަކަށް ކަމެއް ކުރަން ނޭނގޭ ތާކު ތިއަހަނީ ހެޔޮހޭ މިރޭ ޕާޓީ އަށް ދިޔަޔަސްް.. ހެހެ. ކަލޭ މިރޭ ޕާޓީ އަށް ދާން ވާނީ ޝާނީއަށް މިރޭ ލާން އޮތް ހެނދުން ފަހާދީފަ. މިރޭ އޭނާވެސް ދާނެ ޕާޓީ އަށް މިހިރީ ފޮޮތި އެހެރީ ފަހާ ފޮށި އަވަސް ކުރޭ…. އަދިި ހަނދާނުގައި ބަހައްޓާތި. އެންމެ ތަނެއްވެސް ހަނޑިކޮން ފަހާފިއްޔާ.. ކަލޭގެ ދުވަސް މިރޭ ދާނެ.” […]