ގާތުގައި ނުވިޔަސް ލޯބިން 5
އެކަކުއަނެއްކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުން ލީޝް އަދި ޝިރާހްގެ ހުނުމުގެ އަޑަށް ސިއްސައިގެން ގޮސް ހުނުމުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލިއެވެ. ހުރެވުނުގޮތް ރޭކާލުމުން ދެމީހުން ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އެކަކު އަނެއްކަކާ ދުރުވެލައި ހަމަޖެހިލިއެވެ. ” ސޮރީ..” ގަތް ލަދުން ކިއާރާ މައާފަށް އެދުމަށް ފަހު އެތަނުން ހުނުމުގައި ހުރި ލީޝްގެ އަތުގައި ހިފާ ބާރު ހިނގުމެއްގައި އެތަނުން ދިޔައެވެ. ކިއާރާއާއި ވީ ދިމާލަށް ބަލަން ހުރެފައި ޒިޔާންއަށް އޭނާގެ ބޮލަށް އަތް ހިނގާލެވުނެވެ. ކިއާރާ ލޯމަތިން ގެއްލުމުން ޒިޔާން ޝިރާހްއާއި ދިމާލަށް ބަލައިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ޝިރާހް ހެމުން ދިޔައެވެ.
********************************************
“ސްޓޮޕް ލާފިން ލީޝް…. ” ނުރުހުމުގެ ރާގަކަށް ކިއާރާ ބުނެލުމުން ލީޝްގެ ހުނުން ހުއްޓުނެވެ. ” މި ހުރިހާކަމެއްވެސް ވީ ލީޝްއާ ހެދީނުން … ” ތުންކޮޅު އަބުރާލަމުން ކިއާރާ ބުނެލިއެވެ. ކިއާރާގެ އެ އަމަލުން ލީޝްއަށް ނުހީ ނުހުރެވުނެވެ. ” އިނަފް ލީޝް .. ސްޓޮޕް އިޓް….. ” ލީޝް ދެވަނަ ފަހަރަށް ހޭންފެށުމުން އަޑުލާފައި ކިއާރާ ބުނެލިއެވެ. ” ނުހީ ހުރެވޭތަ…. މަށާވެސް ބެހުނީމެއްނުން… ނައު އިޓްއިސް މައި ޓާރން… އަދިވެސް އުޅޭތި މީހުންނާ ދިމާކޮށް ކޮށްފަ…. ބައި ދަވޭ ވަރަށް ރޮމޭންޓިކް އިނގޭ….. ” “ލީޝް……. ” ލީޝް ދިމާ ކުރަން ފެށުމުން ކިއާރާ ލީޝް ގެ ނަމުން ވަރަށް ބާރަށް ގޮވައިލިއެވެ. އަދި ލީޝްގެ ގާގައި ޖެހުމައް ކިއާރާ އަތް ހޫރާލިއެވެ. ނަމަވެސް ހުޝިޔާރު ކަމާއެކު ކިއާރާގެ އެއަމަލުން ލީޝް ރަކިވެގަތެވެ. އަދި ކުރިއަށް ދުއްވައިގަތުމަށް އެބުރިގަތެވެ. ކުރިއަށް ދެ ފިޔަވަޅުއެޅި ލީޝް އެމީހުން ކައިރީ އައިސް މަޑުކޮށް ނާހިލްގެ ގައިގައި ޖެހި ބިންމަށްޗަށް ވެއްޓުނެވެ. “އައުޗް….. ބަލާގެން އުޅިބަލަ…. ނާހިލްއާ ހެދީ މަށަށެއްނުން މި އަނިޔާ ލިބުނީ… ” ނާހިލްގެ މޫނަށް ބަލައިލަމުން ނުރުހުމުގެ ރާގަކަށް ލީޝް ބުނެލިއެވެ. އެ މަންޒަރު ގާތުން ބަލަން ހުރި ކިއާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” އަދިވެސް މަތަ ބަލައިގެން އުޅެން ވީ …. ކާކުތަ މަގައިގަ ޖެހިގަތީ….” ލީޝްއަށް ރައްދު ދިނުމުގެ ގޮތުން ނާހިލް ބުނެލިއެވެ. ނާހިލް އެހެން ބުނުމުން ލީޝް އެ އިން ގޮތަށް އިނެ ނާހިލްއަށް ލޯ އަޅައިލަމުން ހިތާ ހިތުން ނާހިލްއަށް ކުދި ކިޔާލިއެވެ. ” ތި ކީއް ކުރަންށޯ…. ” ކައިޒަން ހިފަހައްޓައިގެން ހުރި ބޮއުލް އެއް ފެނި ކިއާރާ އަހާލިއެވެ. ” މި ނާހިލް ގެނާއެއްޗެއް…” ” އާން މަ ގެނާއެއްޗެއް އެއީ.. ވަރަށް އަވަހައް އިނގޭނެ ކީއް ކުރަން ކަން… ” ކައިޒަން ވާހަކަދެއްކުމުން އެއަށް އެއްބައި ވަމުން ނާހިލް ބުނެލިއެވެ. ” ހުމްމް… ހިނގާ ކާން… މަ ވަރަށް ބަޑުހައި… ” ކޮޅަށް ތެދުވަމުން ލީޝް ބުނެލިއެވެ. ” އަހަހަ… ތި ބުނިގޮތުން ހީވަނީ ދުވަހަކުވެސް ނުކާ މީހެންހެން…. ބަޑަށް ޖެހިފަ… ” ލީޝްއަށް ދިމާކޮށް ލުމުގެ ގޮތުން ނާހިލް ބުނެލިއެވެ. “ނާހިލް ގަނޑާ ބެހޭކަމެއް ނޫން…. ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ީޝް ބުނެލިއެވެ. ނާހިލްއާއި ލީޝްގެ ކޯޅުންގަނޑު ބަލަން ހުރި ކިއާރާއާއި ކައިޒަން ހުރީ ހީހީ ވަރުބަލިވެފައިއެވެ. ” ހުމްމް.. ތި ކޯޅުންގަނޑު ހުއްޓާލައިފަ ހިނގާ ކާން ދާން… ކައި މެންވެސް އާދެ ދާން… ” ގަސް ކައިރިއަށް ދާން ހިނގައި ގަންނަމުން ކިއާރާ ބުނެލިއެވެ. ” އާން ހިނގާ… ” ކައިޒަން ބުނެލިއެވެ. ކިއާރާމެން ގަސް ކައިރިއަށް އައުމަށްފަހު އެންމެންނަށް ކެއުމަށް އެތާކައިރިއަށް އައުމަށް ބުނެލިއެވެ. އެންމެން އެއްވުމާއެކު ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ.
ކެއުން ނިންމައިލިއިރު ހުރީ މެންދުރުގެ ވަގުތުވެފައިއެވެ. ހުރިހާއެންމެންވެސް އަރާމުކޮށްލުމަށް ގަސްދޮށުގައި އިށީންދެލައިގެން އިނެވެ. “ކިއާރާ އުޅޭ ފައިގަ ތަޅާ ކުޅެލަން ދާން…” ބޯޅަ ހިފައިގެން އައިސް ގަހުގެ ހިޔަލުގައި އިށީންދެލައިގެން އިން ކިއާރާގާތު ބުންޏެވެ. ” ހުމްމް… ” ކުރު ޖަވާބެއް ދެމުން ލީޝް އަތުގައި އޮތް ބޯޅަ އަތުލުމަށް ފަހު ކުޅެން އައުމަށް އެންމެން ގާތު ބުނެލިއެވެ. ދެ ބަޔައް ކުދިން ބެހިލުމަށް ފަހުން ކުޅިވަރު ފެށިގެން ދިޔައެވެ. އެންމެން އެކުވެލައިގެން ކުޅިވަރުގެ ފޯރި ނަގަމުން ދިޔަ މަންޒަރު ނުހަނު ހިތްގައިމެވެ. ކުޅުމުގެ ތެރޭގައި ވަރުބަލިކަން އިހްސާސްވާން ފެށުމުން ކިއާރާއައިސް ގަހުގެ ހިޔަލުގައި އިށީންދެލިއެވެ. ކައިޒަންގެ ނަޒަރު ކުޅުމުގެ ތެރެއިން ގެއްލިގޮސް ހުދުދޮން ވެލިގަނޑުގއި އިށީންދެލައިގެން އިން ކިއާރާއަށް ހުއްޓުނެވެ. ކިއާރާ ކައިރިއަށް ދިއުމަށް ކައިޒަންގެ ހިތް އެދުނެވެ. ވަރުބަލިކަން އިހްސާސް ވެފައިވާތީއާއެކު ހިތުގެ އެދުމާއެއްގޮތަށް ކައިޒަން އަމަލުކުރިއެވެ. “ކައި… ނިންމާލީތަ…. ” ކިއާރާ އޭނަ ކައިރީ އައިސް ހުއްޓިލި ކައިޒަން ގާތު އަހާލިއެވެ. ” ޔާހް … ވަރަށް ތަޔާރޑް ވެއްޖެ… އަވިދޭބައެއްނުން ވަރަށް…. ” ކިއާރާ ކައިރީ އިންށީދެލަމުން ކައިޒަން ބުނެލިއެވެ. “ކިއާރާ ނުކުޅެނީތަ… ” އެ ދެމެދުގައި ވެރިވަމުން ދިޔަ ހަމަހިމޭންކަން ފޫއަޅުވައިލުމުގެ ގޮތުން ކައިޒަން ވާހަކަދެއްކިއެވެ. ” ހުމްމް… އަހަރެންވެސް ވަރަށް ވަރުބަލި….” ޖަވާބުގައި ކިއާރާ އެހެން ބުނެލުމަށްފަހު ކުޅޭތަނާދިމާލަށް ހުރިހާ ސަމާލުކަމެއް ދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ވާހަކަ ދައްކާލުމަކަށްފަހު އެދެމެދުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމެވެ. ” ކައި… ” ވާހަކައެއް އަހާލުމަށްޓަކައި ކިއާރާ ވާހަކަ ދައްކަން ފެށިއެވެ. އަދި ކައިޒަންއާއި ވީފަރާތައް އެބުރިލިއެވެ. އެވަގުތަކީ ކައިޒަންވެސް ކިއާރާއާއި ދިމާލަށް ބަލައިލިވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ކިއާރާގެ ދުލުގައި ދިޔައީ ތަޅެއް އެޅުވިގެންނެވެ. ބުނަން އުޅުނު ވާހަކަދުލުން ބޭރެއް ނުކުރެވުނެވެ. ކައިޒަންގެ ތޫނު ދެލޮލަށް ބޭއިހްތިޔާރުގައި ކިއާރާއަށް ބަލަން އިނެވުނެވެ. ކިއާރާގެ ދެލޮލަށް ކައިޒަން ގެއްލިފައިވިއެވެ. ކައިޒަންގެ ހިތް ދިޔައީ އެހިތުގެ ހާލު ބާޔާން ކޮށްދިނުމަށް އެދި ގޮވަމުންނެވެ. ކައިޒަން ދުލުން ބަހެއް ބޭރު ނުވިނަމަވެސް އެ ދެލޮލުން ދިޔައީއެތައް ވާހަކަތަކެއް ބުނެދެމުންނެވެ. ކައިޒަނގެ މޫނުމަށްޗަށް ވެރިވަމުން ދިޔަ އަސަރުތައް ކިއާރާއަށް ދެނެގަނެވެމުން ދިޔައެވެ. އެ ދެލޮލުން ކިއާރާއަށް ލޯބިފެނިގެން ދިޔައެވެ. ކައިޒަންވެސް ދިޔައީ ކިއާރާގެ ލޮލުން އެއްޗެއް ދެނެގަނެވޭ ތޯ ބަލަމުންނެވެ. ” ކައި… އާދެބަލަ..” ނާހިލް ގޮވާލުމުން ކައިޒަނގެ ލޮލަށް ގެއްލިފައި އިން ކިއާރާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ކިއާރާގެ ނަޒަރު ކައިޒަންގެ ލޮލާއި ވަކިވުމުން ނާހިލް އާއިވީފަރާތައް ކައިޒަންވެސް ބަލައިލިއެވެ. ނާހިލް ކައިޒަންގާތު އެތަނަށް އައުމަށް ބުނުމުން އެއިން ތަނުން ތެދުވެ އިތުރުއެއްޗެއް ބުނުމެއްނެތި ކައިޒަން ދިޔައެވެ.
ކުޅިވަރުތައް ހުއްޓުމަކަށްއައީ އެންމެންނަށް ވެސް ވަރުބަލިކަން އިހްސާސް ވާން ފެށުމުންނެވެ. އޭރު ހުރީ ހަވީރުވެފައިއެވެ. އެންމެން ގަހުގެ ހިޔާދަށުގައި އިށީންދެލައިގެން އިނެވެ. ” ގާއީސް … ހިއާރް އިސް އަ ސަޕްރައިސް ގޭމް ފޯރް އޯލް… ” އެކި ކުލައިގެ ކަނޑުތަކެއް ހުރި ބޮއުލް ހިފައިގެން އައިސް ނާހިލް ބުނެލިއެވެ. ” ކޮނަކަހަލަ ގޭމް އެއްތަ… ” ވަރަށް ޝައުގުވެރިކަމާއެކު ޝިރާހް އަހައިލިއެވެ. “އޯކޭ… މި ބޮއުލްގަ އޮންނާނެ ގަނޑުކޮޅުތަކެއް … ކޮންމެ ގަނޑުކޮޅެއްގަ ލިޔެފަ އިނާނެ ޑެއަރް އެއް…. އެންމެނަށްވެސް ކުރަންޖެހޭ…. ފުރަތަމަ ކާކު…. ” ވަރަށް ތަފްސީލުކަމާއެކު ނާހިލް ކިޔައި ދިނެވެ. ” މަ ފުރަތަމަ….” ވަރަށް ގަޔާވެލަމުން ލީޝް ބުނެލިއެވެ. ” ހުމްމް .. މި ކޮޅަށް އައިސް މީގެން ގަނޑުކޮޅެއްނަގާ…. ” ނާހިލް ބުނެލިއެވެ. ނާހިލް އެހެން ބުނުމުން ލީޝް އައިސް އެ ބޮއުލްގައޮތް ހަމައެކަނި ފިޔާތޮށި ކުލައިގެ ގަނޑު ކޮޅެއް ނެގިއެވެ. އަދި ނާހިލްއަތައް އެ ގަނޑުކޮޅުދިނެވެ. ” މަ ގާތު 100 ފަހަރު މައާފަށް އެދެންވީ…. ” ނާހިލް ބުނެލިއެވެ. އަދި ތުންފަތައް ލާނެތް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއީ ލީޝްއަށް ރޭވުމަކުން ކުރުވަން ނިންމައިގެން ނާހިލް ހުރިކަންތައް ފުރިހަމަވުމުންނެވެ. ލީޝްއަށް އެންމެ ރީތި ކުލައަކީ ފިޔާތޮށި ކުލަކަމުން އެ ބޮއުލްއިން ނަގަންޔާ ލީޝް ނަގާނީވެސް ފިޔާތޮށިކުލާގެ ގަނޑުކޮޅުކަން ނާހިލްއަށް އިނގެއެވެ. އެހެން ކަމުން އެ ބަޮއުލްގައި ނާހިލް ބޭއްވީ އެންމެ ފިޔާތޮށި ކުލައިގެ ގަނޑުކޮޅެކެވެ. ވަރަށް ރުޅިއައިސްފައި ހުރެ ލީޝް އެ ކަންތައް ފުރިހަމަކުރިއެވެ. ފަހަރަކު މީހަކުވެގެން އެ ބޮއުލްއިން ގަނޑު ކޮޅެއް ނެގުމަށްފަހު އެކަމެއް ފުރިހަމަ ކުރަމުން ދިޔައެވެ. ކިއާރާއަށްވެސް ޖެހުނު މަސައްކަތް ވަރަށް ފުރިހަމައަށްކޮށް ނިންމާލިއެވެ. އެހެން ބާވެރިންވެސްމެ އެމީހަކަށް ޖެހުނު ކަމެއް ފުރިހަމަ ކުރަމުންދިޔައެވެ. އެންމެ ފަހު މީހެއްގެ ގޮތުގައި ހުރީ ކައިޒަންއެވެ. ބޮއުލްގައި އޮތް އެންމެ ފަހު ގަނޑުކޮޅު ނެގުމަށްފަހު ނާހިލް ގެ އަތައްދިނެވެ. ” ލަވައެއް ކިޔާލަންވީ… ” ނާހިލް އެ ގަނޑުކޮޅުގައި އޮތް އެއްޗެއް ބާރަށް ބުނެލަދިނެވެ. “ކިހިނެއް މިގަޑީ ކިޔާނީ… ” ” މަޑު ކޮށްލަ… ” ކައިޒަންގެ ވާހަކަ މެދު ކަނޑައިލަމުން ނާހިލް ބުނެލިއެވެ.
” އަން މި އޮތީ ގިޓާރް…. ” ގިޓާރް ކައިޒަންގެ އަތަށް ދެމުން ނާހިލް ބުނެލިއެވެ. “މިވެސް ގެނައިންތަ…” ގިޓާރއަށް ބަލައިލަމުން ކައިޒަން އަހާލިއެވެ. ” މި ގެނާތޯ ނާހަ ޑެއަރް ކޮމްޕްލީޓު ކުރޭ…..” ކައިޒަން އުޒުރުތައް ދެއްކުމުގެ ކުރިން ނާހިލް ބުނެލިއެވެ. ހިތުގެ ހާލު ކިއަރާއަށް ބަޔާން ކޮށްދޭން ރަނގަޅު ފުރުސަތެކޭ ހިތާ ކައިޒަންވެސް އިތުރު އެއްޗެއް ބުނުމެއްނެތި ލަވަކިޔަން ހަމަޖެހިލިއެވެ. ” ހުމް…. ” އަތައް ގިޓާރ ހެޔޮވަރުކޮށްލަމުން ރީތިރާގެއް ކުޅެލިއެވެ. މިއުޒުކުގެ ރީތި ރާގަށް އެންމެންވެސް ހަމަޖެހިލާގެން އިންށީންދެލިއެވެ. **ފުރަތަަމަ ނަޒަރުން ހިތް އަދު ދެވުނީ … ހިތް ގައިމު އަޑުން ފިނިކަން ލިބުނީ… ޔާރާތީ މިހިތުގެ ރާނީއޭ…. ހިތު ވިންދު އަވަސް ވާހެން ހީވޭ… އިހްސާސޭ މީ މިހިތުން ބުނެދޭ… ޔާރާ ތީ މިހިތުގެ ރާނީއޭ….** ކިއާރާގެ ދިމާލަށް ނަޒަރު ހުއްޓައިލަމުން ކައިޒަންގެ ދުލުން އެބަސްތައް ބޭރުކޮށްލިއެވެ. ކިއާރާއަށްވެސް ބޭއިހްތިޔާރުގައި ކައިޒަންގެ މޫނަށް ބަލައިލިއެވެ. ފިރިހެންވަންތަ އަޑުން އަމުނާލި ބަސްތައް ކިއާރާގެ ހިތުގައި ބިންވަޅުނެގުނެވެ. ***ފުރަތަަމަ ނަޒަރުން ހިތް އަދު ދެވުނީ … ހިތް ގައިމު އަޑުން ފިނިކަން ލިބުނީ… ޔާރާތީ މިހިތުގެ ރާނީއޭ…. ހިތު ވިންދު އަވަސް ވާހެން ހީވޭ… އިހްސާސޭ މީ މިހިތުން ބުނެދޭ… ޔާރާ ތީ މިހިތުގެ ރާނީއޭ….*** ދެވަނަ ފަހަރަށްވެސް އެ ބަސްތައް ކައިޒަން ތަކުރާރުކޮށްލިއެވެ. ކައިޒަންގެ ލޮލަށްގެއްލިފައި އިން ކިއާރާ އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލް ކޮށްލޮއެވެ.***ހުމްމް.. މި ހިތް ވެއްޖޭފިދާ ތި ހިނިތުން ވުމުންމަސްތުކުރު ވީ ހުވާ… މިވަރު ވާނޭ ހުވާ ތި ދެލޮލާއީސްތަށި ގަނޑުން ގައިމުތާ…ތީއޭމަގޭރާނީ އިނގޭ… ކަލާޔަށް މިހިތް އެދި ގޮވާ… ތީއޭ މަގޭ ރާނީ އިނގޭ.. މިހިތުގާ ހަމަވަނީ ހަމަ ކަލާ… ފުރަތަމަ ނަޒަރުން ހިތް އަދު ދެވުނީ… ހިތްގައިމު އަޑުން ފިނިކަން ލިބުނީ… ޔާރާތީ މިހިތުގެ ރާނީއޭ… ހިތުވިންދު އަވަސް ވާހެން ހީވޭ… އިހްސާސޭ މީ މިހިތުން ބުނެދޭ…. ޔާރާ ތީ މިހިތުގެ ރާނީއޭ…….*** ކިއާރާގެ ނަޒަރު ކައިޒަންއާ ވަކި ކޮށްލާފައި ވީ ނަމަވެސް ކައިޒަން އެބަސްތައް ކިއާރާއާއި ދިމާލަށް ބަލަންހުރެ އަމުނާލިއެވެ. **ތިނަން އިވުމުން މަލާ މި ލިބިދޭ އަރާމާއި ފިނިކަން ހިތާ….. ތިހާ ގާތޭ ދުވާ މި ނިމިގެން ދަނީ ލޯބިވެވުނީމަޔާ….. ތީއޭ މަގޭ ރާނީ އިނގޭ… ކަލާޔަށް މިހިތް އެދި ގޮވާ…. ތީއޭ މަގޭ ރާނީ އިނގޭ… މި ހިތުގާ ވަނީ ހަމަ ކަލާ…. ފުރަތަަމަ ނަޒަރުން ހިތް އަދު ދެވުނީ … ހިތް ގައިމު އަޑުން ފިނިކަން ލިބުނީ… ޔާރާތީ މިހިތުގެ ރާނީއޭ…. ހިތު ވިންދު އަވަސް ވާހެން ހީވޭ… އިހްސާސޭ މީ މިހިތުން ބުނެދޭ… ޔާރާ ތީ މިހިތުގެ ރާނީއޭ…. އެދެނީ އުމުރަށް ވުމަށޭ އެކުގާ… އުމުރަށް ބީހިލުމަށް ފަހު ހިތުގާ… ޔާރާ ތީ މިހިތުގެ ރާނީ އޭ.. ހުމްމްމ………….*** ލަވަ ނމިގެން ދިޔައިރު އެންމެ ސިކުންތުކޮޅަކަށްވެސް ކައިޒަނގެ ނަޒަރު ކިއާރާއާއި ވަކިއެއްނުވެއެވެ. އެކަން ވަރަށް ފުރިހަމައަށް ކިއާރާއަށް ދެނެގަނެވުނެވެ. ލަވަ ނިމުމާއެކު އެންމެންގެ ތަރުހީބުގެ އަތްތިލަބަޑިއެއް ކައިޒަންއަށް ރައްދުވިއެވެ. އެހާފުރިހަމަކޮށް ލަވަ ކިޔާލިއިރު ކައިޒަންގެ ހިތުގެ ހާލު ކިއާރާއަށް ވަނީ ދެނެގަނެވިފައިއެވެ. އިރުއޮއްސެހެން ގާތްވެފައިވުމާއެކު އެންމެންވެސް ގެއަށްދިއުމަށް މިސްރާބުޖެހިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް ކިއާރާގެ ސިކުޑީގައިވަނީ މިޔަދު ހިނގާފައިވާ ކަންތައްތަކެވެ. ލަވާގެ ޒަރީއާއިން ދެނެގަނެވުނު ކައިޒަންގެ ހާލެވެ. ކައިޒަންގެ ލޮލުން ފެނިގެން ދިޔަ ލޯތްބެވެ. ” ކައިޒަން އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ކައިޒަންގެ ދުލުން ބޭރު ކުރި ބަސްތައް އެއީ އަހަރެންނަށް ބުނެދިން އެއްޗެހި ހެއްޔެވެ؟ ” ކިއާރާގެ ސިކުނޑި ފުރިފައިވީ މިކަހަލައެތައް ސުވާލަކުންނެވެ. މިއަދު ކައިޒަންގެ އަމަލުތައް ހުރި ގޮތުންވަނީ ކިއާރާގެ ހިތައް އެތައް އަސަރެއް ކޮށްފައިއެވެ. ހިޔާލުތަކުގެ ދުނީގައި އޮތް ކިއާރާގެ ލޮލަށް ހިނދުކޮޅެއްގެ ތެރޭގައި ނިދި ސަވާރުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.


Varah reethi mi part ves …. whn is next part….?
Thanks friend eh …. varah avahah up kohlevey thw try kuraanan
Ziyaan ah elava kee iru kaizan ge nazar faahaga nuvey baa evves varakah.. Vaane gothakaa medhu curious
Ziyaan akah e kameh neygunu and shahku ves nuvaane thaa cx those aa childhood frnds… ???❤?❤?❤???? lets see what happens… Much luv ?????
Salaam readers…. ☺☺☺here is the 5 part of gaathuga nuviyas loabin..?. next part insha allah v avahah genesdheynan…??? and sry lahun up viyathy… ❤❤❤aishoo mi ulheny v bodah balivegen….?? hope readers maaf kuraane kamah?? much love to all m readers…?? and have a nice day?❤?❤?❤?
??Awesome……….. brilliant…….. amazing……… fabulous…………..
Just speech less ??
Thank u near niaa….
Aishoo❤️❤️❤️. MI part ves vv reethi ingey… I love this story… Mi story ge konme part evves Haadha reechchey????And its OK aishoo…. Balivumakee massala eiy noon… Get well soon dear????? Curiously waiting for the next part….. Ummeedhukuran dhen oiy part ves reethi vaane kamau… Get well soon dear and dhonthi always love you AISHOO?????❤️❤️❤️❤️❤️???❤️
Thank u dhonthy…. ????it means a lot for me…??. insha allah i wont dissapoint my readers….??? keep waiting …… ??love u too always dear…. ???? once again thanks a lot….. ?❤?❤?❤?❤?
Masha Allah… Vvvvvvvvvvvr rythi mi part Vs aishoo..??????? kuriyah huri part thah Vs mihaa furihama vaane kamah unmeedhu kuran…???????? Keep it up.. ????? lysm??? when next??
Thanks nafu….???? insha allh i wont dissapoint u guys…???v avahah next part up kohlaanan… ???lysmm…. ?❤?❤?❤?❤
Varah varah reethi.I’ll be waiting for the story and get well soon.???????
Thanks dear…. ??its mean a lot.. ?keep waiting… ??much love..???? once again thanx ?❤?❤?❤?
Aishooo❤❤❤..Ma Sha Allah mi bai vec v v rythi?????????????????????..But sifakurun adhi vec ithuru kohlahcheyy…N so curious to knw wats gonna be happen next???..Gws soon nd lym??????❤❤❤???
Thanks jiji..????. it means a lot for me….?? iraadha kurehvihyyaa dhen huri baithakuga gina kohlaanan..????.. lets see wht hppns …. ❤❤❤keep waiting..???. lysm…. ???thanks again… ?❤?❤?❤?❤?
Saabas dhen mee bodu varu
???
Either cuz of story or comment section.. Btw CR7.. Just curious.. Cr7 as in Chromium?
Or something else?
Aisooo ??????Your story is obines to the max Maasha Allah varah reethi?????
Thank you dear….???? it means a lot….????much love…???? ?❤?❤?
Masha allah mi part varah lobi
Keep it up
By the way when will you upload next part actually I am very curious to read???????
Thanks dear jasmine….??? it means a lot ….. ??next part saturday ga….?? aishoo adhives rangalhu nuvaathy nuliyevuge…?? sry to late uploads… ???keep waiting …???❤❤❤ much love…… ?❤?❤?❤?❤?
Masha allah mi part varah lobi
Keep it up
???
Thanks.. ????
Aishoo… Stry V. Salhi…. Waiting for next part ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️
Thanks dear…. ????it means a lot… ???keep waiting .. ❤❤❤❤much love?❤?❤?❤?
❤️❤️❤️❤️Hey aishoo dear
Yeah .. keekey dear ??
Miss vaatheeve.. Dhn talk kureveynee mithaa ennu
Yeah dhw.. miss yuh too dear ????
Month eiy vary vaane dhonthi au online nuvevi??? so sad
Month eh vandhen phone nulibeyne dhw…. ?
Aan. So sad.. But hama parent annairau phone athulaanan??? Hehe… V miss vaane.. Dhonthi mi dhanee tuition au dhaan ready vaan ingey aishoo.. Will miss you always.. Love you so much
??? miss yuh tooo dear…??????. love you more and more n more ?????????????
Happy Independence day my lovely friend
Happy independence day to u also dear….bsti ???
Aishooo ge all readers innah ves minivan dhuvahuge heyo thahuniyaa ariss kuran…. ????????? HAPPY INDEPENDENCE DAY TO ALL…?❤?❤?❤?❤?❤?❤?