ލޯތްބެއްގެ ފެށުން 20
އިރުކޮޅަކު އެހެން ހުރުމަށްފަހު ފެންވަރާލަން ދިއުމަށް ޝިފާ އެދުނެވެ. ޒައިކް ފާހާނާ އަށް ވަން އިރު ޝިފާ ބޭގުގަ ހުރި އެއްޗެހި އަލަމާރިއަށް ލާން އުޅުނެވެ. މީހަކަށް މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަތައް ކިޔައިދެވުމުން ޒައިކް އަށް ހިތްހަމަ ޖެހުން ލިބުނެވެ. އެނދުގައި އިށީންނުމުން ޝިފާވެސް އައިސް ގާތުގައި މަޑުކޮށްލިއެވެ. ޒައިކް ޝިފާ އަތުގައި ހިފާލުމަށްފަހު ކުޑަކޮށް ދަމާލައި އެނދަށް ވައްޓާލިއެވެ. ޝިފާގެ މަޑުމަޑު ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރުނު އަޑާއެކު ޒައިކް ޝިފާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އެތައް ދުވަހަކަށް ފަހު ދެހިތް ބޭނުން ވާފަދައިން އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ. ޒައިކް ގެ ކޮންމެ އަމަލެއް ބެހެއްޓީ އެންމެ އޯގާތެރި ފިރިއަކު އަންބަކާ މެދު އަމަލު ކުރާނެހާ ލޯބިންނެވެ. ނިދެމުން ދިޔައިރު ޒައިކް ހިތުގައި އޮތީ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެކަމުގައެވެ. އެހިތުގައި ޝިފާ އަށް ދެވިފައިމާ މަތިވެރި ގަދަރު އިތުރު ވިކަހަލައެވެ.
******************
އެތައްދުވަހަކަށް ފަހު އެއްވެސް ވިސްނުމަކާ ނުލައި ނިދާލެވުނެވެ. އިރުގެ އޮރެންޖު ދަޅައިން ސަމާސާ ކުރަންފެށުމުން ޝިފާ ލޯ ހުޅުވާލަން ޖެހުނެވެ. ވަރުގަދަ އަތްތިލައަކުން ބަނޑުގެ ވަށައިގެން ވީކަމުގެ އިހުސާސް ކުރެވުނެވެ. ޒައިކުގެ މޫނުވަނީ ޝިފާގެ ކަނދުރާ ދަށުގައި ނޭވާ އެޅިއެޅިއެވެ. އެހޫނު ނޭވާތަކުގެ ސަބަބުން އިރުކޮޅުކޮޅުން ހީލިއަރާވަރުން ޝިފާއަށް ދުރަށް ޖެހެން އުޅެވެއެވެ. ޒައިކު ގެ އަތް ވަށައިގެންވީއިރު އެއަތް ދުރުކޮށްލަން ވިސްނަމުން ދާކަހަލައެވެ. މޮޅުހިޔާލެއް އައި ފަދައިން ޝިފާގެ މޫނުމައްޗައް ހިނިތުންވުން ފާޅުވިއެވެ. އެއްއަރިއަކަށް ޖެހިލުމަށްފަހު ޝިފާގެ އަތްތިލަ ނަގާ ޒައިކްގެ ބުރަކަށިން މަތިން ފެށިގެން ތިރިއަށް ހިންގާލިއެވެ. ހިތްއަވަސްވީ ޒައިކު ހަށިގަނޑަށް ލޮޅުމެއް އައިހެން ހީވެގެންނެވެ.
ބާރުލާފައި ޒައިކުގެ ދެލޯ ހުޅުވާލުމަށްފަހު ، އެރީތި ލޮލުން ބަލާލިއެވެ. މައުސޫމު ހިނިތުންވުމެކެވެ. ދުވަހަކު ބަލާ ފޫހިނުވާނެއެވެ. މިހުރިހާދުވަހަކު އުޅެވުނު އެކަނިވެރިކަން ހަނދާން ނެތުނުކަހަލައެވެ. ހަށިގަނޑަށް ދިރުން ލިބުނެވެ. ނަފްސަށް އިތުރު ހިއްވަރެއް ލިބުނެވެ. ކުރިއަށް ފިޔަވަޅު އަޅަން ފަސޭހަ ވާނެކަން ގައިމެވެ.
” ގުޑް މޯނިންގް ” ކުރިއަށްވުރެ ބޮޑަށް ހީލިއެވެ. ކުރިން އޮތްގޮތައް އޮވެ ކުރިއަށްވުރެ ބޮޑަށް ބައްދާލިއެވެ. އެއަތުތެރެއިން ޝިފާ ނުކުމެދާނެތީ އުޅޭކަހަލައެވެ. ބާރަށް ހިފަހައްޓާލައިގެން އޮތްއިރު އެތައް ވިސްނުންތަކެއް ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ. މިމާތް އަންހެން ކުއްޖ ހިތުގަ ޖެއްސުމުން ދެރަވާނެ ވަރު އިހުސާސް ކޮށްލެވުނެވެ.
” ތެންކިޔު ފޯރ ލާސްޓް ނައިޓް، ރޭގަ ޝިފް އުޅުނު ގޮތުން މިހުރީ ހަނޑިއެއް ކަމަށް ނިންމައިގެން އިނގޭ. މިހުރީވިއްޔަ ތިއަތުގަ ނިޔަފަތިތައް މަގޭ އަތައް އަރާފަ. ޑރ ދާންވީ ކަންނޭގެ އިންސާނެއްގެ އަތުގެ ނިޔަފަތިތޯ ނޫނީ ބުޅަލެއްގެ ނިޔަފަތިތޯ ޗެކް ކުރަން ” އިތުރަށް ޝިފާ ލަދުގަންނުވާލުމަށްފަހު އެއްލޯ މަރާލިއެވެ.
” ހިނގާބަލަ ރީތިވެލައިގެން އީޝް ކައިރިއަށް. ވަރަށް މަޖާ ވާހަކަ ދައްކާނެ. ކުޑަ ހިނދުކޮޅެއް ނަގާނީ ޓިއުނުވެދާނެ ” އެރީތި މޫނުގައި ހިފަހައްޓާލަމުން ޝިފާ ހިނިތުންވެލިއެވެ. ރޭގަ އޭނަ އުޅުނު ގޮތުގެ ވާހަކަ ޒައިކު ދައްކަން ފެށުމުން ހަމަރަނގަޅައްވެސް ލަދު ގަނެއްޖެ އެވެ. އަވަހަށް ވާހަކަ ބަދަލުކޮށްލެވޭތޯ އުޅެން ފެށިއެވެ. އެހާ އަވަހަށް އެމެރިކާއަށް ނުދާނެ ވާހަކަ ޒައިކް ދެއްކިއެވެ. ލަންކާ އަށް ދިއުމަށްފަހު ޝިފާ އާއިއެކު ލަންކާގައި ކުޑަދުވަސްކޮޅަކު ހުރުމަށް ބޭނުން ވާ ވާހަކަ ބުނީ އާދޭސް ކުރާ އަޑުންނެވެ. ހިނިތުންވުމާއެކު ޝިފާ އެކަމަށް އެއްބަސްވިއެވެ. ޒައިކް ގެ ހިތުން ޖާގައެއް ހޯދުމަށް ކުރަން ޖެހުނު ކަމެއް ކުރުމަށް އޭނަ މިހުރީ ތައްޔާރަށެވެ.
ގައިމަތީ އޮތް ބުލޭންކެޓް އެއްފަރާތް ކޮށްލުމަށްފަހު ޒައިކް ތެދުވަން އުޅުމުން ބާކީ ބައިން މޫނާއެކު ޝިފާ ފޮރުވާލިއެވެ. އަދިވެސް ލަދުވެތިކަމުގެ ކުލަ ފިލާ ނުދަނީކަން ގައިމެވެ. މިކަން ޒައިކް އަށް އެނގުމުން ޝިފާ މޫނުން އެ ދުރުކުރެވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ހިފަހައްޓާފައިވާލެއް ބާރުކަމުން އެއަތައް ކުޑަނަމަވެސް އަނިޔާއެއް ވެދާނެތީ ބާރުކުރަން ޒައިކުއަށް ނުކެރުނީއެވެ.
” ތިއުޅެނީ ލަދުންތަ؟ މަށަށް ފޮރުވަންތަ ތިއުޅެނީ. އެކަމު ބުނަން ތި ހަށިގަނޑަކީ މަގޭ މިލްކެއް. ބޭނުން އިރަކު ލޯބިކުރާނަން. ޝިފް ބޭބީ ވެސް ނުލާހިކު ބޭނުން ވެއެއްނު. ރޭވެސް މަށައް ކެއްވީކީ ނޫން ކުޑަ ހިނދުކޮޅަކަށްވެސް ދުރުގަ ހުންނަން. އޯކޭ ފައިން. ނުނަގާނަން ދޯ ބެލޭންކެޓް އެއް ” އެހުރިހާ ވާހަކައެއް ދެއްކުމުންވެސް ޝިފާ އެ ބުލޭންކެޓް އެއް ނުނެގިއެވެ. ޝިފާ ހަޅެއްލަވަލަވާ އޮތްވަ ބްލޭންކެޓް އާއެކު އޮޅާލައިގެން ފާހާނާ އަށް ގެންދިޔައެވެ. ދެން އިވުނީ ދެމަފިރިންގެ ހުނުމުގެ އަޑެވެ. އެއާއިއކު ކޮންމެވެސް މީހެއްހެ އަތުން ޖެހި ސައިބޯނި އަދި ޝޭންޕޫ ފުޅިތައް ތަޅުން މައްޗައް ވެއްޓުނު އަޑާއި އެކު އިތުރަށް ހުނުމުގެ އަޑު އިވުނެވެ.
********
ޝިފާ މެންގެ އިންތިޒާރުގައިއެކަކުވެސް ސައިބޯން ނުފަށާ މޭޒުކައިރީ ހުއްޓެވެ. ތަނުގެ ހިމޭންކަން ކެނޑުނީ ހެމުން އައި ދެމަފިރިންގެ އަޑުންނެވެ. ވަހީދާ ހުރީ ހައިރާންވެފައެވެ. ރޭ އިރުއޮއްސުނު އިރު ދެމީހުން ހިތްހަމަ ނުޖެހިގެން އުޅުނުއިރު މިއަދު ދެމީހުން އެކަން ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އޭނަ އިލްހާމް ކައިރީ އެވާހަކަ ދެއްކުމުން ދެކުދިން އަމިއްލައަށް މައްސަލަ ހައްލުކުރާނެ ކަމަށް ބުންޏަސް އޭނަވެސް ހުރީ ވީކިހިނެއްކަމެއް ނޭނގިގެން ކަންބޮޑުވެފައެވެ. ހެނދުނު ސައިބޯން ނުފެށިވެސް ހުރީ އެހެން ވެއެވެ. ހެނދުނުގެ ސަލާން ކުރުމަށްފަހު އެދެމަފިރިންގެ އުފާވެރި މޫނުތައް ފެނުމުން އިލްހާމްމެންގެ މޫނުމަތި ވެސް އުޖާލާވެއްޖެއެވެ. ހާސްކަން ފިލައިފިއެވެ.
“ގުޑް މޯރނިންގ ސްވީޓް ހާޓް. ކޮންނަމެއްތަ ކިޔަނީ ” އީޝް ގެ އަތުގައި ހިފާލުމަށްފަހު ޒައިކް ވާހަކަދެއްކުމުން ވަރަށް ގަޔާވެފައި އީޝް ޒައިކް އާ ރައްޓެހި ވެއްޖެއެވެ. އީޝްއަކީ މީހުންނާ އަވަހަށް ރައްޓެހިކަން އުފައްދާ މަޖާ މިޒާޖެއްގެ ކުއްޖަކަށް ވުމުން ޒައިކް އަށް ފޫހި ވެފަ ހުންނާނެ ވަގުތެއް ނުލިބުނެވެ. ޒައިކުގެ މަޖާ މިޒާޖަކީ އީޝްއަށް ވަރަށް ކަމުދާ ކަމެކެވެ.
” ޒައިކް ދޮންބޭ. އަޅުގަނޑު ބޮޑުވެގެން އެމެރިކާއަށް ދާނަން ޒައިކް ދޮންބެ މެންގޭގައި އުޅެލަން އޯކޭތަ؟ ” ދެލޯ ބޮޑުކޮށްލަމުން އީޝް ސުވާލު ކުރިގޮތުން ދެމީހުން ނަށް ހެވުނީ އީޝް ގެ ލޯބިކަމުންނެވެ. ބޮޑުނުވިއަސް އެއްފަހަރަކުން އީޝް ގެންދާނެ ކަމުގައި ޒައިކް ބުންޏެވެ. އީޝް އުފަލުން ޒައިކް ގައިގަ ބައްދާލިއެވެ.
” މަންމަ ބުނި ކޮންމެ ގާލްއެއްވެސް ބޮޑު ވީމަ ބަނޑުގަ އޮންނާނެއޭ ބޭބީ އެއް. އަޅެ ޝިފާ ދައްތަ ބަނޑު ދައްކަބަލަ ކަންފަތް ޖަހާނަން ބޭބީ ބަނޑުގަ ބޭބީ ލަވަތައް ކިޔާތޯ ” އީޝް އައިސް ޝިފާ ބަނޑުގައި ހިފަހައްޓާލުމަށްފަހު ކައިރިވެލި އިރު ދެމީހުންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ. އީޝް ދައްކާ ވާހަކަ އިން ހީހީ ބަލި ވެފަ ހުރިއިރުވެސް އެންމެ ފަހުން ދެއްކި ވާހަކައަކުން ދެމީހުންގެ މޫނުން އުފާވެރިކަން ފިލާ ބަލަހައްޓައިގެން ތިބެވުނެވެ. ޒައިކް ކިތަންމެ ލޯބިން އުޅުނަސް އަދިވެސް އެ ގުޅުމަށް ފުރިހަމައަށް ތަން ނުދޭކަން ޝިފާއަށް އިނގެއެވެ. ދެމީހުންގެ މެދުގައިވީ ފަރުދާ ކެހިގެން ގޮސްފައި ވީކަމުގައި ވިނަމަވެސް ދަރިއަކު ލިބިދާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އެފަދަ ކަމަކަށް މާ ކުރިން ޒައިކް ވިސްނައިފައި ވާފަދައެވެ. ފުރަތަމަ ފަހަރު ފިޔަވައި ރޭ ވެސް ޒައިކް ޕްރޮޓެކްޝަން ޔޫސްކުރީ އެހިތުން އަދިވެސް ޖާގަ ނުލިބޭތީކަން ޝިފާގެ ސިކުނޑިއަށް ވިސްނޭނެ ނޫންހެއްޔެވެ.
ތަނުގެ ހިމޭން ކަން ފިލުވާލުމަށް ޝިފާ ވަރަށް ބާރަށް ހުނުމަށްފަހު އީޝް ގޮވައިގެން ކާރު ދުއްވާލުމަށް ޒައިކް އާއެކު ބޭރަށް ނުކުތެވެ. ހަފްތާއަކު މާލޭގައި އުޅުމަށްފަހު އެންމެން ލަންކާއަށް ބަދަލުވީ އިލްހާމުގެ ގެއަށެވެ. ކުރިންވެސް ޝިފާ އުޅުނު ކޮޓަރީގައި ޝިފާ އުޅުނު އިރު ޝިފާ ކުޑައިރު ގެންގުޅުނު އެކި އެއްޗިހި ފެނި ޒައިކް ހުރީ ހީލަހީލައެވެ. ކުޑައިރުއްސުރެ ވަކި ނުކުރާ ބެއާއެއް އޮންނަކަމަށް އިލްހާމް ބުނުމުން އެ ބެއާ ހޯދައިގެން ޒައިކް ދިމާކުރިއެވެ. އެންމެ ފަހުން ބެއާ ގެންގޮސް ޒައިކް ބޭގަށް ލުމަށްފަހު ފޮރުވިއެވެ. ގޭގެ ވަށައިގެން އެކިކަހަލަ މާގަސްތަކާ، މޭވާ އަޅާ ގަސްތައް ހުރުމުން ކޮންމެ މީހެއްގެ މޫނުންވެސް ފެންނަނީ އުފާވެރިކަމެވެ. ނުހަނު ހިތްގައިމު މާހައުލެކެވެ. ގޭގެ އެއްފަރާތުގައި އޮންނަ ސުވިމިންގ ޕުލަށް އީޝް ހުންނަނީ މާ ފޯރިއެކެވެ. ކޮންމެ ދުވަހަކު ޝިފާ އާއި ޒައިކް ނޭރި ނުހުރެވެއެވެ. އީޝްގެ ބޮޑާހޭކުމުން ޖެހެނީ ކޮންމެ ކަމެއް އީޝް ބޭނުންވާ ގޮތަކަށް ކުރުމަށެވެ. މިކަމުން އެންމެނަށް ލިބެނީ އުފަލެކެވެ.
ހަފްތާއެއް ވޭތުވެ ދިޔައީ ނުލާހިކު އަވަހަށެވެ. މިދުވަސްތަކުގައި އިތުރަށް ދެމީހުން ކައިރިވީއިރު ދެމީހުންގެ ދެމެދަށް ދުރުކަމެއް، ހުސްކަމެއް އަންނާނެކަމެއް އިނގޭނީ ކިހިނަކުން ހެއްޔެވެ. ދުވަހަކު ދެމީހުން އިތުރަށް ކައިރީގައި އުޅުމަށް ހުރަހެއް ކުރިމަތި ވެދާނެކަމަށް ޝިފާ އަށް ވިސްނިފައިވެސް ނެތެވެ. އެމެރިކާ އަށް ދިއުމަށް ޒައިކް އެދުމުން އަދި ދުވަސްކޮޅަކު މަޑުކޮށްލަން ބުނީ ނަތާ އަދި ސައިފް ލަންކާއަށް ކުރު ޗުއްޓީއަކަށް އަންނާތީއެވެ.
މެންދުރު ގަޑި ކަމުން ޝިފާ ހޭލުމަށްފަހު ފެންވަރާލައިގެން ނުކުތްއިރުވެސް ޒައިކް ފެންނާކަށް ނެތެވެ. ސިޓިންގ ރޫމަށް ނުކުތް އިރު ޒައިކް ކައުޗް ގައި ފުޓު ބޯޅަ މެޗެއް ބަލަން އޮތެވެ. ޓީޥީގެ އަޑު މަޑު ކޮށްލުމަށްފަހު އެނބުރިލިއެވެ.
” ހެނދުނު ހޭލައިގެން އުޅުމަށްފަހު ހަތަރު ވަރަކަށް ގަޑި އިރު ނިދާލެވިއްޖެ ” އިށީންނަމުން ޒައިކުގެ ބޯ ހާވާލިއެވެ. މިއީ ޝިފާ އެންމެ ކުރާ ހިތް ވާ އެއް ކަންތަކެވެ.
” ޔާހ. ނުގޮވީ އެހެންވެ ވަރަށް ލޯބިކޮށް ނިދާލާފަ އޮތީމަ. ” ޝިފާ ގެ ދެއަތުގައި ހިފަހައްޓާލަމުން ހީލިއެވެ.
” ކޮންއިރަކު ޒައިކް ހޭލީ ”
” ދެ ގަޑި އިރު ވެދާނެ މިހާރު. ބޭބީ ހޭލަންވާއިރަށް ހުންނާނެ ވަރަށް މީރު ކޮށް ޕާސްތާ ތައްޔާރު ކޮށްލާފަ . ދެން ޓީވީ ހުޅުވާލިއިރު އަންނަނީ ފޫހި ފިލްމު ގަނޑެއް. ދަ ފޯލްޓް އިން އަވާރ ސްޓާރސް. ބޭބީގެ ޕެންޑުރައިވް އެއްތަ އެހުރީ. އޭގަ ހުރި ފިލްމެއް އެ ” އަނގަޔަށް ގޮތެއް ހަދާލަމުން ޒައިކް ވާހަކަ ދެއްކިއެވެ.
” ނޯ އަލުން ލާބަލަ އެފިލްމަށް ވަރަށް ދުވަސްވެއްޖެ ނުބަލާތާ ” ރިމޯޓު ނުދީގެން ޝިފާ ރުޅިއަންނަ ވަރުވުމުން ރިމޯޓު ދީފައި ޒައިކް އައީ ދެތައްޓަށް ޕާސްތާ އަޅައި ކޯކް ދެތަށި ހިފައިގެނެވެ. ކާއެއްޗެހި ފެނުމުން އުފަލުން އެއްތަށި ދަމައިގަތެވެ. ބައެއް ފަހަރު ޝިފާ އުޅޭލެއް ލޯބިކަމުން ޒައިކު ކައިރިއަށް ހިނިއާދެއެވެ. ކުޑަކުއްޖެއްގެ އުޅުމެކޭ ތަފާތެއް ނެތެވެ. ދުވަހަކަށް ވުރެ ދުވަހެއް ޝިފާއަށް އޭނަ ބޭނުން ވާލެއް ބޮޑެވެ. ހަށިގަނޑު އެކަމަށް އެދޭވަރު އިތުރު ވެއެވެ.
ޒައިކުގެ ކެއްކުމުގެ ހުނަރު މިހާރު ވަރަށް މޮޅުކަން ޝިފާއަށް އެނގުނެވެ. އަނގަޔަށް ލީ ފުރަތަމަ އެތިކޮޅުންވެސް މީރުކަމުން އަތުން ރަނގަޅުކަމަށް ބުނެލިއެވެ. ކައި ނިމުމުންވެސް ތަށިތައް ގެންދިއުމަށްފަހު ޝިފާ އައިސް ޖައްސައިލީ ފިލްމު ބެލުމަށްޓަކާ ޒައިކް އުނގުގައެވެ. ޒައިކުގެ ދެއަށްގެނެސް ވަށާލިއެވެ. ކައުޗްގައި ދިގުދިގައް އޮތްތާލަމުން އަދިވެސް ގަޔާ ކައިރިކޮއްލިއެވެ. ޝިފާގެ ބުރަކަށި ޒައިކް މޭމަތީ ޖެހިފައިވީއިރު، އިރުއިރު ކޮޅުން ބަނޑުގައި އަތް ހިންގާލާ ގޮތަކުން ހީލިއަރައިގެން ޝިފާ ހަޅެއްލަވައިގަނެއެވެ.
ފިލްމު ބެލުމުގެ މާ ބޮޑު ޝައުގު ވެރިކަމެއް ޒައިކް ހުރިހެނެއް ހިޔެއްނުވެއެވެ. މަޑުމަޑުން އޮވެގެން ޝިފާ އަށް އުނދަގޫ ކުރަމުން ދިޔައެވެ.
” ވަޓް އަ ބޯރިން މޫވީ ”
” ހޭ ދެޓްސް މައި ފޭވަރިޓް މޫވީ، ޑޯންޓް ޔޫ ޑެއާރ ސޭ އެނީތިންގް އެގެނއިންސް އިޓް ” ޒައިކް ގައިގަ ޖަހާލުމަށްޓަކައި ނެގި އަތުގައި ހިފުމަށްފަހު ފިރުމާލިއެވެ.
” މިއަށްވުރެ ރަނގަޅު ގޮތެއް އިނގޭ ވަގުތު ދުއްވާލަން ” ޝިފާގެ ކޮލުގެ އެއްފަރާތެއްގައި ބޮސް ދިނުމާއެކު ހީލިއެވެ.
” ލައިކް ވަޓް ”
ފަސޭހަކަމާއެކު ޝިފާ ޒައިކް ކުރިމައްޗައްވާގޮތައް އަބުރާލުމަށްފަހު ގާތައް ދަމާލިއެވެ. އަދި މޫނުގައި ހިފާ ކައިރި ކޮށްލުމަށްފަހު ކޯތާފަތުގައި ބޮސްދިނެވެ. ޒައިކް ތުންފަތުގެ ހޫނުކަން އިހުސާސް ވީ ހިނދު ލޯމަރާލެވުނެވެ. ބައްޕަމެން ރައްޓެއްސަކާ ބައްދަލުކޮށްލަން ގޮސް، އަވަހަށް ނާންނާނެކަން އިނގުމުން މިހެން އޮވެލާނެ ފުރުސަތު ލިބުނީއެވެ.
ފުރިހަމަ ތިން ހަފްތާއެއް ވަރު އެމެރިކާ އާ ދުރުގަ ހުރުމަށްފަހު ޝިފާމެން އެނބުރި ޒައިކް ގެ ގެއަށް ދިޔައެވެ. އޭރު ވިއްސާރަ މޫސުން ގޮސް އަވި ދޭން ފަށައިފިއެވެ. އެންމެ ފުރިހަމަ ގޮތުގައި ޒައިކުގެ ލޯބި ލިބެމުން ދިޔައީތީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބެމުން ދިޔަކަހަލައެވެ. ހިތުގައި އޮތީ ބައްޕަ މަންމަ ދެކެ ލޯބިވާ ގޮތައް އޭނާދެކެވެސް އެވަރަށް ލޯބިވާނެ ފަރާތެއް ލިބުނީ ކަމުގައެވެ. ހުރިހާކަމެއްވެސް އެހާ ފަސޭހައިން އޮމާން ކޮށް ދާތީ ޝިފާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ކޮންމެ ހެނދުނަކު އޭނާ ޒައިކް އަށް އެންމެ މީރުގޮތަށް ސައި ހަދައިދެއެވެ. އޭރުން ދެން އޮފީހަށް ގޮސްދާނެއެވެ. ހަފްތާގެ އެންމެ ފަހު ދެދުވަހަކީ ޝިފާވެސް ޒައިކް އާއެކު އޮފީހުގައި މަސައްކަތް ކުރާ ދެދުވަހެވެ. އެހާ ބުރަކޮށް މަސައްކަތް ކުރުން ޒައިކް ހުއްދައެއް ނުދިނެވެ.
ކޮންމެ ރެއަކު ރީތި ފިލްމެއް ބަލާލުމުގައި ވަގުތު ކޮޅެއް ދެމީހުންވެސް ހުސްކޮށްލައެވެ. ރޭގަނޑު ކެއުން ތައްޔާރު ކުރުމުގައި ޒައިކް އެހީވެދޭނެއެވެ. ހިނިތުން ވެގެން ހުރެ ވާހަކަ ދެއްކުމާ، ޒައިކް ފަރާތުން ފެންނަ ހުރިހާ އާދައެއްދެކެވެސް އޭނާގެ ހިތުން ރުހުމުން ގަބޫލުކޮށް ލޯބިވެއެވެ. ޒައިކް ގެ ފަރާތުން ހިފެހެއްޓުމެއް ނެތް ވަރަށް ލޯބި ލިބެމުން ދާތީ އުފާވިނަމަވެސް އަބަދުވެސް ޒައިކް ގެއްލިދާނެތީ ހިތުގައި އޮންނަ ބިރުވެރިކަން ކުޑައެއް ނޫނެވެ. އެކަމުވެސް މިހުރިހާ ދުވަހަކު ވީ އިރުވެސް ސީދާ ބަހުން ލޯބިވެޔެކޭ ނުބުނެއެވެ. އެކަމަށް ވަގުތު ނެގިއަސް ޝިފާ ކެއްތެރިކަން އިހުތިޔާރު ކުރިއެވެ.
ޔަމާން ވެސް ގުޅީ އެދުވަސް ތަކުގެ ތެރެއިންނެވެ. ވިޔަފާރި ކަމަކު ތުރުކީއަށް ގޮސް ހުރެ ގުޅާލަމުން ވަރަށް ފޮނި ކެނޑިއެވެ. ޒައިކް އާ ދެމެދު އޮތް ގުޅުން ރަނގަޅުވި ވާހަކަ ބުނުމުން މަރުހަބާ ކީނަމަވެސް އެއަޑަކު ކުރިން ހުރި ޖޯޝެއް ނެތެވެ. ފަހަރެއްގަ ބަލިވެ އުޅެނީ ކަމަށް ވެސް ވެދާނެއެވެ.
ލަންކާގަ އުޅުނު އިރު ނަތާ އަށާ ސައިފް އަށް ނުދެވުމުން އެމީހުން ކައިރި އަށް އެމެރިކާއަށް އައެވެ. ޒައިކް ގިނަ ވަގުތު އޮފީހުގައި އުޅެން ޖެހުމުން ގިނަ ވަގުތު ތަކެއް ޝިފާ ހޭދަ ކުރަމުން ދިޔައީ ނަތާ މެނާ އެކުއެވެ. ސައިފް އަދިވެސް ދެއްކީ އޭނަ ލޯބިވެގެން އުޅޭ ކުއްޖާ ގުޅެން އެއްބަސް ނުވި ވާހަކައެވެ. އެކަނި ވެރިކޮށް ދިރި އުޅޭ އެކުއްޖާ އުޅެނީ ރަޝިޔާ ގައި ކަމެވެ. އާއިލާ މީހަކު ނޫޅޭ އިރުވެސް ދިރިއުޅެނީ އަމިއްލަ މަސައްކަތުން ހިތްވަރާއެކުއެވެ. ސައިފް ލޯބިވެރިއެއްގެ ގޮތުގައި ބަލައި ނުގަތްނަމަވެސް ވަރަށް ގާތް ރަހުމަތް ތެރިއެއްގެ ގޮތުގައި ބަލައިގަތެވެ.
******************
ޖޫލީ އާއެކު ބަދިގޭގައި އުޅުމަށްފަހު ސިޓިންގރޫމަށް ނުކުތީ ޒައިކް ކޮބާތޯ ބަލާލުމުގެ ބޭނުމުގައެވެ. ފޯނަކުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައިރު މޫނުމަތިން ހާސްކަން ފެންނަމުން ދިޔައީ އަތުން ކުރަމުން ދިޔަ ހަރަކާތް ތަކަކާއެކުއެވެ. ފޯނު ކަނޑާ ލުމަށްފަހު އޭނާއާ ދިމާއަށް އެނބުރިލިއެވެ. އަދި ނިތްކުރީގައި އަތް އަޅުވާލިއެވެ. މަޑުމަޑުން ހިނގާފައި ކައިރިއަށް އައެވެ.
” މަންމަ އޮތީ ހޮސްޕިޓަލްގަ. ޑޮކްޓާރ ބުނީ އެންމެ އަވަހަކަށް ދިއުމަށް. އަދި ވަރަށް ބޭޑް ނިއުސް އެއް އޮތް ކަމަށް ބުނީ. ޝިފް މިދަނީ ކާރު ނެރެން އާދޭ އަވަހަށް” އަވަސް ނޭވާތަކެއް ލަމުން ވާހަކަ ދައްކާ ނިންމުމަށްފަހު ބޭރަށް ނުކުތުމަށް ހިންގައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.





?Kiyaalafa comment kohlaanan ingey?
Thanks jiji,
Varah reethi ??? whn is next part ???☺️☺️☺️??☺️
Thanks Meekkomee. yester day ga 21 vess up kohlin. miulheny 22 and 23 up kohlan. hurihaa part eh ehfahaa kanneyge kiaalan libeyny, hehe
hei, hurihaa kudhin kihinehtha. 20 vana part vess kamudhaane kamah hykuran, yesterdayga 20 and 21 part up kurin. bt adhi 20 vana part dho fennan hury.
miadhu 22 and 23 vana part up kohlan miulheny. ummydhu kuran hurihaa kudhinnah mi part thah kamudhaane kamah.
Yeshh?????
Wawawa! Mi part ves vvvvv salhi ingey ? ? ?…. Ekam adhi 21 nufeney. ???
Thanks Mary ???
beautiful
Thanks Naxu ??????
21 vana part kiyaahithun mihury kehmadhuvefa
Thanks
Thanx dear v salhi igey vaahaka keepit up dhen huri part tha avaha up kola dheche dooni
Thanks
ވަރަށް ރީތި މިބައިވެސް. ދެން ހުރި ޕާޓް ތަކަށް ވަރަށް އިންތިޒާރުކުރަން. މި ސައިޓުގަ ލިޔާއިރު ވަރަށް ރީތި ޕާޓުތައް
Thanks
Wow.??? Vvvvv reethi mi part.. Next part thankolheiy avahah genesdhechchey ingey… Belle Gmail use kurantha????
Thanks
Superb ????? story is awesome ?????MashaAllah ??????????????belle dear bunèmehnu change kuramey but I died see any changes ??? but it’s ok change nukuriyas hehehe ??????????????curiously waiting for next part of the best story on the world ???????????????????❤❣?????❤?????????????❤❤❤????❤❤??keep it up dear ????????????????????????????????????????????
Thanks yasha, aslu shifa and zaik ge bai kiyaalyma ingeyne change or add kohfa hurikan than thankolhu, bt 26 in feshigen v reethikoh liyeveythoo mibalany ????????
Vara reethi mi part ves.
One of my favourite story
Thanks 1234 ???
Awesome ???
Waiting for next part
Love this story
Thanks my daily Reader
Alhe kobaa 22
21 and 22 up koffa vy, tomorrow morning ga 23 and 24 up kuraanan
Vara reethi????