Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 3

Mimmi7 Level 210 Stories100 Comments100 Login
July 23, 2019 4 Mins Read
22 Comments

ކުއްލިއަކަށް ފަހަތުން މީހަކު އައިސް ޒާޔާގެ ލޯމަތީގައި އަތްއެޅިއެވެ. “ހޫމް… ބޭބީ… މަށަށް އެނގޭއޭ ތީ މަގޭ ޒިޔާންކަން…” އެ ވަރުގަދަ އަތުން ޒާޔާގެ މޫނުގައި ބީހިލުމުން ވެސް އެއީ ކާކުކަން ޒާޔާއަށް އެނގިއްޖެއެވެ. މަޑުމަޑުން ޒާޔާގެ މޫނު މަތިން އަތް ނެގުމަށް ފަހު އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޒިޔާން އިށީންނެވެ. ޒިޔާންއެއީ ޒާޔާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ކަރާ ހަމައަށް އަރާ ކަޅުކުލައިގެ އިސްތަށިގަނޑަކާއި، މަޑު ފެހިކުލައިގެ ދެލޮލާއި، ދޮން މޫނަކާއި،  ދިގު އިސްކޮޅެއް ލިބިފައިވާ ޒިޔާން ފެންނަ ފެނުމަށް ހީވަނީ ފިލްމެއްގެ ހީރޯ އެއްހެނެވެ. މީގެ އިތުރުން ޒިޔާން އަކީ އެ ކޮލެޖުގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ލިބުމަށް އެދި އެދި ހުންނަ ކިތަންމެ އަންހެންކުދިންތަކެއް ތިބެއެވެ. އަދި ޒާޔާއާއި ޒިޔާން ރައްޓެހިވީފަހުން އެތަކެއް އަންހެންކުދިންތަކެއްގެ ހިތްތަކުގައި ވަނީ ޒާޔާއާ މެދު ހަސަދަވެރިކަން އުފެދިފައެވެ. ޒާޔާ ފުރަތަމަ ކޮޅު ޒިޔާންއާއި ރައްޓެހިވީ ކޮލެޖު ތެރޭގައި ޕޮޕިއުލާ ވުމަށެވެ. އަދި މިކަން ވަނީ އޭނާއަށް ވަރަށް ރަނގަޅަށް ކާމިޔާބު ކުރެވިފައެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ޒިޔާންއާއި ގަޔާވާން ފަށާފައެވެ.

“ކިހިނެއްތަ ޒާޔާއަށް ކޮންމެ ފަހަރަކު އެނގޭނީ މީ އަހަރެން ކަމެއް..” ސީދާ ޒާޔާގެ އަޅިކުލައިގެ ދެ ލޮލަށް ބަލަން ހިނިތުން ވެގެން އިނދެ ޒިޔާން ސުވާލުކުރިއެވެ. “ދެޓް އިޒް ބިކޯޒް އައި ލަވް ޔޫ” ޒާޔާވެސް ޒިޔާންއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ބުންޏެވެ. “ކީއްވެތަ އެއްވެސް އެއްޗަކަށް އޯޑަރު ނުކޮށް ތިއީނީ… ވެއިޓާ އާދެބަ” ޒިޔާން ކެންޓީނުގެ ވެއިޓާއަށް ގޮވާ ގެނައެވެ. “އެއް ކޮފީ އަދި އެއް ލެމަންޖޫސް ގެނެސް ދީބަލަ” ޒިޔާން ވެއިޓާ ގާތު ގެންނަންވީ އެއްޗެހި ބުންޏެވެ.

“*ފެނިދެނިވާ އެދުވަސްތައް އަނބުރާ ލިބި ދާނެބާ * އެދުވަސް ހަނދާނުގައި ނުފިލާ ވުމާ * ހެވިފަ ތިބާ.. ހިތުގެ ތެރޭގައި ފެވި ރަހުމާ * ހިތުގެ އުދާހުން ދުރުވާނެބާ *”. ކުއްލިއަކަށް އިނދެފައި ޒިޔާން ކިޔަންފެށި ލަވަޔަކުން ޒާޔާ ސިހުނެވެ. އެއީ އެގޮތް ނޭނގޭ ފިރިހެން ކުއްޖާ ކީ ލަވައެވެ. “ތިއީ ބޭބި ކޮންތާކުން އަޑުއެހި ލަވައެއްތަ…” އެންމެފަހުން ނީންދެވިގެން ޒާޔާ ސުވާލުކުރިއެވެ. “މިއީ މިއަދު އަހަރެން ލައިބުރަރީ އިން ނިކުމެގެން އައި ވަގުތު ބޭންޑު ރޫމްއިން އަޑު އިވުނު ލަވައެއް.. އަހަރެންނަށް މި ލަވަ ކަމުގޮސްގެން ލަވަކީއި ކާކުތޯ ބަލަން ރައްޓެއްސަކު ގާތު އެހުމުން ބުނީ އެއީ ކޮލެޖައް އަލަށް ވަން ކުއްޖެކޯ.. އަދި އަހަރެން އޭނާގެ ފޯނުގައި އޮތް އެކުއްޖާ ލަވަކީ އޯޑިޔޯވެސް އަހަރެންގެ ފޯނަށް އެޅިން” ޒިޔާން އޭނާއަށް އެ ލަވަ އަޑުއިވުނުގޮތް ކިޔައިދިނެވެ. “އެހެންތަ، އަޅެ އަހަރެންގެ ފޯނަށް ވެސް އަޅާ ދީބަ ޕްލީޒް…” ޒާޔާ އާދޭސް ކުރަން ފެށުމުން ޒިޔާން އެއްބަސްވިއެވެ. ޒާޔާ އުފަލުން އޭނާގެ އައި ފޯނު ޒިޔާންއަށް ދިއްކޮށްލިއެވެ.

“ބައިދަވޭ، ކޮން ނަމެއް ކިޔާ ކުއްޖެއްތަ އެއީ…” ޒާޔާ ވަރަށް ޝައުޤުވެރިކަމާއެކު އެހިއެވެ. “އޭނާއަށް ކިޔަނީ ރާ…” ޒިޔާންއަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވެނިސް ވޭއިޓަރު ތަބަކެއް މައްޗަށް ކޮފީ ތައްޓާއި ލެމަންޖޫސް ތަށި ލައިގެން އަންނަމުން ގޮނޑީގައި ފައި އަޅައިގަނެފަ ވެއްޓެން ދިޔަ ވަގުތު އަތުގައި ހުރި ކޮފީ ތަށި މޭޒުމައްޗަށް އަދި ލެމަންޖޫސްތަށި ޒާޔާގެ އުނގަށް އެޅުނެވެ. “ވަޓް ދަ ހެލް..” ޒާޔާ އަޑުގެ ނެތް ކޮޅަކަށް ހަޅެލަވައިގަތެވެ. “ސޮރީ މެޑަމް ސޮރީ އަޅުގަނޑަށް ނޭންގީ..”  ވެއިޓަރު މާއަފަށްއެދުނެވެ. “ކޮން ސޮރީއެއް ކިޔާކަށްތަ… ދެލޯމަރައިގެންތަ ކަލޭ ހިނގަނީ… މަގޭ މިޔޮއް ރީތި ހެދުން ހަޑިކޮށްލާފައި ކަލޭ ސޮރީ ބުނެލީމަ ފުދޭތަ… ކާކުތަ މި ކެންޓީނާއި ހަވާލްވެގެން ހުރީ..” ޒާޔާ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. “ޔޭސް މެޑަމް އަޅުގަނޑު މިވަގުތު މިތަނާއި ހަވާލުވެ މިހުންނެވީ… ކިހިނެތްތޯވީ..” ރިސެޕްޝަން ބައިން ނިކުމެގެންއައި އަންހެނެއް ޒާޔާއާއި ވާހަކަދެއްކިއެވެ. “ކިހިނެތްހޭވީ.. މިހިރަ މީހާގަނޑު ކައިރީ އަހާބަ ކިހިނެތްހޭވީ… އޭނާ އެހެރީ މަގޭ ހެދުމަށް ޖޫސްތަށި ވަރާލާފައި… މިދެން ކިހާ ބޮޑު އުނދަގުލެއްތަ… ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް މީގެ ފަހުން މަށަށް މީނާ މި ކެންޓީނުން ފެނިގެން ނުވާނެ… ކަލޭއަށް އިނގޭއެއްނު މަގޭ ބައްޕައަކީ ކިހާވަރެއްގެ މީހެއްކަން…” ޒާޔާ އެ އަންހެންމީހާއަށް އިންޒާރެއްދިނެވެ. “ނޫން.. ނޫން އެހެން ނަހަދާ.. އަހަރެންގެ އަނބަކާއި ކުޑަކުޑަ ދެކުދިން ތިބޭ.. އެކުދިން ކައިބޮއެ ހަދަނީ އަހަންނަށް ލިބޭ އެއްޗަކުން.. އަހަރެން ވަޒީފާއިން ވަކި ކޮށްފިނަމަ ކިހިނެތް އެމީހުންނަށް ކަންދޭނީ… ހެޔޮނުވާނެ ﷲ އަށްޓަކައި އާދޭސްކޮށްފަ މިބުނަނީ އެހެން ނަހަދާ.. ” އެ ވެއިޓަރު އާދޭސްމަތިން އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ޒާޔާ އެއަށް ދީނީ ބީރު ކަންފަތެކެވެ.

” ހިންގާ ދާން ޒާޔާ” ޒާޔާގެ ރުޅިގަނޑު މައިތިރި ނުވާނެކަން އެނގުމުން ޒިޔާން ބޭނުންވީ ވީހާވެސް އަވަހަކަށް ޒާޔާ ގޮވައިގެން ދާށޭވެ. “ތިއޮތީ މުޅި ހެދުން ހަޑިވެފައި ދެން ކިހިނެއް ހަދާނީ…” ކެންޓީނުން ނިކުތުމަށް ފަހު ޒިޔާން، ޒާޔާ ގާތުގައި އެހިއެވެ. “އިންނާނެ ލޮކަރުގައި އެކަސްޓްރާ ހެދުމެއް… އަންނާނަން ޗޭންޖު ކޮށްލައިގެން” ކުޑަކޮށް ރުޅި މައިތިރި ކޮށްލަމުން ޒާޔާ ބުނެލިއެވެ. އަދި ލޮކާރޫމްއަށް ދާން ހިންގައިގަތެވެ. ލޮކާރޫމް ހުންނަނީ ހަތަރުވަނަ ބުރީގައި ކަމުން، ޒާޔާއާއި ޖެހުނީ ބައިވަރެއް ސިޑި ތަކަކުން މައްޗަށް އަރާށެވެ. ޒާޔާ އޭނާގެ ލޮކާ ހުޅުވާލުމައްފަހު އޭގެ އެތެރެއިން ކަކުލާއި ހަމައަށް އަރާ ޕްލޭން ކަޅުކުލައިގެ އަތްދިގު ހެދުމެއް ނެގިއެވެ. އަދި ލޮކާގެ ދޮރު ލައްޕާލުމަށް ފަހު ފާޚާނާއަށްވަނެވެ.

ހެދުން ބަދަލު ކޮށްލުމަށް ފަހު އެނބުރި އައިސް ޒާޔާ، އޭނާ ލައިގެން ހުރި ހެދުން ލޮކާތެރެއަށް ލިއެވެ. އަދި ލޮކާގެ ދޮރު ލައްޕާލުމަށް ފަހު ރަނގަޅަށް ތަންޑުއަޅުވާލިއެވެ. ބޭރަށް ނިކުންނަން ވެގެން އަނެއް ފަރާތަށް އެނބުރުން ވަގުތު ޒާޔާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތެވެ. ކުރިމަތީގައި އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރީ ޒިޔާންއެވެ. ޒިޔާން ހުރީ ޒާޔާއައި ދިމާލަށް މަސްތީ ނަޒަރަކުން ބަލަހައްޓައިގެންނެވެ. “ޒާޔާ މޫޑު ކަޓާފަ ހުރީމާ މި އައީ މޫޑު ރަނގަޅު ކޮށްލަން ފަރުވާއެއް ހިފައިގެން” ދެ މީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު ޒިޔާން ބުނެލިއެވެ. އަދި މަޑުމަޑުން ޒާޔާގެ މޫނާއި ދިމާލަށް ތިރިވާން އުޅުނެވެ. “ޒިޔާން.. މީހަކަށް ފެނިއްޖިއްޔާ ކިހިނެތް ހަދާނީ..” ޒިޔާންގެ އެ އަމަލުން ޒާޔާ އެހާ ހިތްހަމަ ނުޖެހުންނެވެ. މިކަމާ މެދު ޙުދު ޒާޔާވެސް ޙައިރާންވިއެވެ. ސަބަބަކީ މީގެ ކުރިން އޭނާ ހުންނާނީ ޒިޔާންއާއި ގާތްވެލާނެ ފުރުޞަތެއް ނުލިބިފައެވެ. އެހެނަސް މިފަހަރު ކަންވީކީ އެގޮތަކަށް ނޫނެވެ. ޒިޔާން ކައިރި ވުމުން ޒާޔާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. “އެކަމާ އަޅާ ނުލާބަ އަހަރެން ހުންނާނެ އަހަރެންގެ ބެސްޓްފުރެންޑު ނިހާދު ފާރަޔަށް ބަހައްޓާފައި… މީހަކު އަންނަކަމަށް ވާނަމަ އޭނަ ބުނާނެ” ޒިޔާން ރީތިގޮތަކަށް ހީގަނެގެން ހުރެ ބުނެލިއެވެ. އަނެއްކާވެސް ޒިޔާން ޒާޔާގެ މޫނާއި ކައިރިވެލިއެވެ. މިފަހަރު ޒާޔާ ޒިޔާން ހުއްޓުވާކަށް ނޫޅުނެވެ. ޒިޔާންގެ ދެއަތުން ޒާޔާގެ ކަރުގައި ވަށާލެވުނެވެެ. އަދިި، އޭނާގެ މަޑު ތުންފަތަށް ބޮސްދޭންފެށިއެވެެ. ޒާޔާ ލޯ މަރާލީ އޭނާގެެ ހަށިގަނޑު ތެރޭގައި ބަސްއެހުމެއް ނެތި އަވަސް އަވަހަށް ތެޅުމުން ދިޔަ ހިތް މައިތިިރި ކުރުމަށެވެ. ޒިޔާން ގައިގާ ބައްދާ ލުމަށްފަހު ޒާޔާ އޭނާގެ ތަނަވަސް މޭމަތީގައި ބޯއަޅާލިއެވެ.

ޒިޔާން ވެސް ޒާޔާގެ ގައިގާ ކުރިޔަށް ވުރެ ބާރަށް ބައްދާލިއެވެ. ޒާޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ އޭނާއާއި ޒިޔާން ކުރިން އުޅުނު ގޮތް ލޯ މައްޗަށް ސިފަވާން  ފެށުމުންނެވެ. ޒިޔާން އޭނާ ދެކެ އެހާ ލޯބި ވީއިރުވެސް އޭނާއަށް ޒިޔާންއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނާއި، އޭނާގެ އަމިއްލަ ބޭނުން ފުއްދުމަށްޓަކައި ޒިޔާން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވުނީތީ ޒާޔާ ވަރަށް ދެރަވިއެވެ. ދެވަނަ ސިކުންތު ތެރޭގައި ޒާޔާގެ ހިތަށް އެރީ ފަހަރެއްގައި ޒިޔާން ވެސް އެ އުޅެނީ ކޮންމެހެން އޭނާ  ދެކެ ލޯބިވާތީއެއްނޫނެވެ. ޒާޔާއަކީ ކިޔެވުމަށް އެންމެ މޮޅު ކުއްޖާއަށްވެފައި ބަލާލަން ރީތި ކުއްޖަކަށް ވާތީ އެކަމުގެ ފައިދާ ނަގަން ވެގެން ކަމަށް ވެސް ވެދާނެއެވެ. ޒާޔާ ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ވާ އެއްޗެއް ނޫން ވެވޭ އެއްޗެކެވެ. އޭނާ ޒިޔާން ދެކެ މި ވަނީ ލޯބިކަމެއް ނުވަތަ އެހެން އެއްޗެއް ކަމެއް އޭނާއަށް ނޭނގެއެވެ. ނަމަވެސް ޒާޔާއަށް އެނގޭ އެއްޗަކީ އެހެން އަންހެންކުދިން ފަދައިން އޭނާ ވެސް ބޭނުންވަނީ އޭނާ ދެކެ ވަރަށް ލޯބިވާނެ “ޕްރިންސް ޗާމިންޖް” އެއްކަމެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi7

Level 210 Stories100 Comments100 Login

I am a girl who loves to read and write stories since I was a small girl. Now I am 15. I have a special interest on writing love stories hope you'll like all my stories??

Other Articles

Previous

ދުޝްމަން – 10

Next

ވާނަން އުމުރަށް – 10 –

Next
July 23, 2019

ވާނަން އުމުރަށް – 10 –

Previews
July 23, 2019

ދުޝްމަން – 10

22 Comments!

  1. Mimmi7 says:
    July 23, 2019 at 7:08 am

    Salaam all readers??here’s the 2nd part of my first story…. Pls don’t hesitate to tell me if there are any mistakes… Ummeedhu kuran hurihaa kiyun thereinnah mi part vx kamudhaane kamah ❤️❤️❤️???

  2. Meekkomee says:
    July 23, 2019 at 7:52 am

    Varah reethi ingyy mi part ves ????

    1. Mimmi7 says:
      July 23, 2019 at 8:03 am

      Thanks… ❤️❤️

  3. Nayyikko says:
    July 23, 2019 at 8:05 am

    Salhii Ey buny❤️❤️?keep it up ??

    1. Mimmi7 says:
      July 23, 2019 at 8:11 am

      Nayyikko baby❤️? Thankuuuu…. Lysm

  4. Sher_07 says:
    July 23, 2019 at 8:13 am

    ????♥️♥️salhi wowww

  5. Cute heart ❤️❤️❤️❤️❤️ says:
    July 23, 2019 at 9:06 am

    Wowwww reethi mi part ves good job Mimmi7 ?❤️?

  6. Ryn says:
    July 23, 2019 at 9:38 am

    Mimmi7 Salhi ey ingey varah… Keep it up. ❤️❤️❤️❤️❤️❤️❤️???????????????????

    1. Mimmi7 says:
      July 23, 2019 at 9:46 am

      Awwwwn… What a colourful comment… Shukuriyya Ryn??

  7. Sher_07 says:
    July 23, 2019 at 12:32 pm

    Mimmi7 is an awesome story writer and a beloved friend may Allah fill ur life with laughter and wish u hope love and everlasting joy and happiness❤️❤️????????

    1. Mimmi7 says:
      July 23, 2019 at 3:38 pm

      Thanks…. Aameen.. N may Allah bless u too… Keep readin my stry?

  8. jiji says:
    July 23, 2019 at 5:12 pm

    V v furihama❤❤❤???…Mimmi adhi miahvure vec next part dhigukohlahcheyy???…mihaaru v interesting mythi..good job mimmi..hope next oart would be uploaded soon???

    1. Mimmi7 says:
      July 23, 2019 at 7:17 pm

      Thanks jiji… Mimmige stryge hurihaa part akah jiji comment kuraathee Mimmi vrh ufaavey… Thanks a lot for your help and support.❤️❤️❤️ nxt part mihaaru innanee pending ga e part thankolheh kuru vedhaane but I promise eyge jehigen inna part miahvure dhiguvaane ??

  9. Ryn says:
    July 23, 2019 at 6:59 pm

    You’re welcome ???

  10. Story lover says:
    July 23, 2019 at 10:28 pm

    Wow.. This part is amazing

  11. Psycho says:
    July 23, 2019 at 10:29 pm

    Next part kon iraku??

  12. Nayyikko says:
    July 24, 2019 at 12:14 am

    Still waiting for the next part ???

  13. Sher_07 says:
    July 24, 2019 at 7:51 am

    Waiting waiting 4 nx t part?

  14. Cute heart ❤️❤️❤️❤️❤️ says:
    July 24, 2019 at 11:22 am

    Eyyy I want next part please please please ??????????????????

  15. Mimmi7 says:
    July 24, 2019 at 3:58 pm

    Nxt part innanee submit kohffa but still it is pending??? mihaaru vrh Gina iru vejje pending ga innathaa…. I So so sorry ??Mimmi ah neygey keehve kameh up nuvegen E ulhenee

  16. Nunnu says:
    October 26, 2019 at 7:06 pm

    Hei prince charming is only mine ey she can’t get him….

  17. Nunnu says:
    October 26, 2019 at 7:08 pm

    Btw story habeys higley…

Comments are closed.

Next Episodeއެދުވަސްތައް އަނބުރާ ލިބި ދާނެބާ 4←


All Right Reserved!