Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ހަތްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 31, 2019 14 Mins Read
33 Comments

ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ.

 

ދޮރުމަތީގައި ހުއްޓި ތިބީ ބަލާބެލުމަށް މެދު ޢުމުރުގެ ފިރިހެނަކާއި ބުރުގާ ނާޅާހުރި އަންހެނެއްގެ އިތުރުން އަޔާޒާއި ދާދި އެއްވަރެއްގެ ޒުވާނެކެވެ. ދޮށީ ފިރިހެން މީހާ ގަމީހަކާއި ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރިއިރު މޫނުން ރޫތައް ނަގަން ފަށާފައިވި އަންހެން މީހާ ލައިގެން ހުރީ ފެހި ކުލައިގެ ދިގު ހެދުމަކާއެކީ ބޮލުގައި ފޮތިކޮޅު އަޅައިގެންނެވެ. އެ ހިނދު އެމީހުންގެ ފުރަގަހަށްވާ ގޮތަށް ހުއްޓިގެން ހުރި ޒުވާނާ ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ތިން މީހުން އެހެން ތިބިއިރު ތިން މީހުންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ ކިބުރުވެރި ހިނިތުންވުންތަކެވެ.

 

ނިޝާން އެމީހުންނަށް ބަލަބަލާ އިނދެފައި އެންމެފަހުން ނުހުރެވިގެން ކޮޅަށް ތެދުވިއެވެ.

 

“ވަޢަލައިކުމުއްސަލާމް….އަނެއްކާ ނުބައި ގެއަކަށްތޯ ތި ވަދެވުނީ؟ މި ގޭގަ ނެތް މިއަދު އެއްވެސް ކައިވެންޏެއް ކަހަލަ ކަމެއް ތި ޒާތުގެ ހެދުންތައް އަޅައިގެން އަންނާކަށް. އަނެއްކާ ރައީސް އޮފީސް ކަމުގަ ހީކުރައްވައިގެންތޯ ތި ވަޑައިންނެވީ…އެތަން ވެސް ދޮގު ހެކި ދައްކައިގެން ޖަހައިގަންނަން؟” ނިޝާން މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަމުން ގޮސް ފަހު ސުވާލުކޮށްލިއިރު އޭނަ ރުޅިން ރޫރޫއެޅިއެވެ. އަޔާޒް ވެސް އެއްފަހަރު އޭނަގެ ބޭބެއަށް އަނެއްފަހަރު އެމީހުންނަށް ބަލާލި ވަގުތު އެމޫނުމަތިން ވެސް ފެނުނީ އެއްކަހަލަ އަސަރެކެވެ.

 

“ހެހެހެ….ހާދަ ރުޅިއެކޭދޯ ނިޝާން؟ ކުޑަކޮށް މިސްވެސްވޭ ނިޝާން މަތިން އެދުވަހު ކޯޓުގަ ވީ ގޮތް ހަނދާންވެފަ. މުޅި މާލެއަށް މަޝްހޫރު ވަކީލު، އުސްތާޒް ނިޝާން ޢަބްދުލްޙަލީމް ފުރަތަމަ ފަހަރަށް މައްސަލައަކުން އަމިއްލަ ކޮޅު ދިފާޢުކުރުމުގަ ނާކާމިޔާބުވި ގޮތް. އެ ވެސް އަމިއްލަ މުދަލުގެ މައްސަލައެއްގަ. ޕިސް ޕިސް ޕިސް…” ދޮރުމަތީގައި ހުރި ފިރިހެން މީހާ ގޭގެ ތެރެއަށް ވަންނަމުން ޗޮއްކަނޑަން ފެށި ވަގުތު އޭނަގެ ފަހަތުން އޭނަގެ އަންހެނުންނާއި ދަރިފުޅުވެސްވަނެވެ. އެ ހިނދު އަޔާޒާއި ނިޝާންގެ ހަނދާނަށް ވެސް ވެރިވެގެން ދިޔައީ އެއްދުވަސްވަރެއްގެ މަންޒަރުތަކެވެ. ބައްޕަ ނިޔާވިތާ މާ ގިނަ ދުވަހެއްނުވެ ކުރިމަތިން އެ ފެންނަމުން ދިޔަ އެމީހުންގެ ދޮންމަންމަ ކަމަށްވާ އަޒީޒާ ބައްޕަގެ ވަޞިއްޔަތޭ ކިޔައި ގެއަށް ގެނެސްގެން އުޅުނު ލިޔުންކޮޅެވެ. އޭގައި ވާގޮތުން ބައްޕަ ފިހާރަތަކެއްގެ ގޮތުގައި އަޅައިގެން އުޅޭ ދެ ޢިމާރާތާއި ކުއްޔަށް ދޭ ދެ ޢިމާރާތަކީ ވެސް ދޮންމަންމަގެ މިލްކެކެވެ. އޭރު ނިޝާނަށާއި އަޔާޒަށް އެންމެ 10 އަހަރާއި 6 އަހަރު ކަމަށްވުމުން އެމީހުންނަށް ވާނުވާއެއް މާ ބޮޑަކަށް ނޭނގެއެވެ. ވަނީ ގޯހެއްކަން ކިރިޔާވެސް އެނގުންވީ ބޮޑުމަންމަ އެކަމާއި ދެކޮޅަށް އަޑުއުފުލުމުންނެވެ. އަޒީޒާއާއި އޭނަ ފަހުން އިން ފިރިހެން މީހާ ކަމަށްވާ ރާޝިދާއި ދެކޮޅަށް ވަސީމާ ކޯޓުގައި މައްސަލައެއް ހުށަހެޅިއެއްކަމަކު އެމީހުން ގެނައި ދޮގު ހެކިވެރިންނާއި ގާޒީއަށް ފޯރުވި ނުފޫޒުގެ ސަބަބުން ވަސީމާ އަޔާޒްމެންގެ މުދާ ދިފާޢުކުރުމުގައި ކާމިޔާބެއްނުވިއެވެ. އޭގެ އަހަރުތަކެއްފަހުން ނިޝާން އަމިއްލަ ފައިމައްޗަށް ތެދުވެ އެމީހުންނާއި ދެކޮޅަށް އަޑުއުފުލުމުން އޭނަގެ ކޮޅު ދިފާޢުކުރުމަށްޓަކައި ބާރުދޭ ހެއްކެއް ނެތުމުން އޭނަ ކާމިޔާބުވާ ގޮތެއްނުވިއެވެ. އެހެނަސް އަދި އަދަށްދާންދެން ވެސް ނިޝާނާއި އަޔާޒްވެސް ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.

 

“ކަލެއަށް ހީވަނީ ކަލެއަށް އެ މުދާ ހިފަހައްޓާލެވުނީ ކަމަށްތަ؟ އެހެން ހީވަންޏާ ތިއުޅެނީ ވަރަށް ބޮޑު އޮޅުމެއްގަ. ބައްޕަގެ ޙަޤީޤީ ވަޞިއްޔަތް އަހަރުމެންނަށް ފެންނައިރަށް އެދުވަހު ކަލޭ ހިންގި ޖަރީމާއަށް ނިމުމެއް އަންނާނެ!” ނިޝާން ސާބިތުކަމާއެކީ ބުނެލިއެވެ. އެ ފިރިހެން މީހާ ދެންވެސް އޭނަގެ ހިނިތުންވުމުގައި ހުރިގޮތަށްހުރެ ވާހަކަ ދެއްކިއެވެ.

 

“އަސްލުވެސްތަ؟ ބިރުވެސް ގަނެއްޖެ މިހާރު. އެކަމަކު އެ ބައްޕަ ވަޞިއްޔަތް ލިޔަން ހަނދާން ހުރިއިރު ލިޔުނު ވަޞިއްޔަތް އޮތީ ކާކު އަތުގަ ބާ؟ ކަލޭމެން ބުއްފުޅި ނުކެނޑެނީސް ކަލޭމެން ދޫކޮށްލާފަ ދިޔަ މަންމަ އަތުގަ. އެ މަންމަ ރާއްޖެތެރެ ރަށަކަށް ގޮސް އަލިފާން މަޅިއެއްގެ ތެރެއަށް އެއްލާލީ ނޫންކަމެއް ކަލޭމެންނަކަށް ނޭނގޭ. އޭތި އޭނަ ނުއުކަންވީ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނޭ!” ރާޝިދު އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއެކީގައެވެ. އެ ހިނދު ނިޝާނަށް އޭނަގެ މޫނުމަތިން ނުތަނަވަސްކަމެއް ފެނިގެން ދިޔުމުން އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“މިހާރު އެނގިއްޖެ. އަނުމް އަންނަ ވާހަކަ އިވިގެން ބިރުންދޯ ތިއުޅެނީ؟ އަނުމް އަތުގަ އޭތި އޮވެދާނެތީތަ އަނެއްކާ؟ މީގެ 3 މަސް ކުރިން މަންމަ ވަނީ މި ދުނިޔެ ދޫކޮށްގޮސްފަ. އެހެންވީއިރު އަނުމް އަންނާނީ މަންމަގެ ހުރިހާ ހަނދާންތައް ހިފައިގެންހެން އަހަންނަށް ހީވަނީ. އޭތި އޮވެއްޖެއްޔާ ކިހިނެއް ހަދާނީ؟” ނިޝާން އެމީހާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި ސުވާލުކުރިއެވެ. އެ ހިނދުވެސް އެ މޫނުމަތިން ނުރުހުންތެރިކަމާއި ނުތަނަވަސްކަން އެއްވެފައިވާ ފަދައަކުން ހިނދުކޮޅަކަށް ފެނިގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަ ވާހަކަ ދެއްކިއެވެ.

 

“އަހަންނަކީ ކާކުކަން ހަނދާން ނެތިގެން ނިޝާން ތިއުޅެނީ. ގާޒީ ހުރީ ކޮން ކޮޅެއްގަ ކަންވެސް އޮޅިގެން ތިއުޅެނީ. އަދި އަމުދުން ތި ދެމީހުންގެ ބައްޕަ ބޮޑަށް ލޯބިވީ ތި މީހުންގެ މިހިރި ދޮންމަންމަ ދެކެކަން ހަނދާން ނައްތާލީ ކިހިނެއް؟ ވަޞިއްޔަތުގަ އަމިއްލަ ބުރަ މަސައްކަތުން ލިބޭ މުދާގެ ބޮޑުބައި ދޭނީ އެންމެ ލޯބިވާ މީހަކަށްހެން އަހަންނަށް ހީވަނީ.” ރާޝިދު އެ ޒުވާބުން މޮޅުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ހިނދު ހިމޭނުންހުރި އަޔާޒް ވާހަކަ ދެއްކިއެވެ.

 

“އެކަމަކު ބައްޕައަކީ ނާއިންސާފުން އެއްވެސްކަމެއް ކުރާނެ މީހެއްނޫން. ބައްޕަގެ އަމިއްލަ ދަރިންނަށާއި ޢާއިލާގެ އެހެނިހެން މީހުންނަށް ނުދީ ކުޑަ ދުވަސްކޮޅަކަށް ބައްޕަގެ އަނތްބަކަށްވީ އަންހެނަކަށް މުދަލުގެ ދެބައި ކުޅަ އެއްބައި ނުދޭނެ. އަދި އެ މުދަލުން ގޯސް ކަންތައްތައް ކުރާ މީހުންނަށް އަމުދުންނެއްނޫން.” އަޔާޒް ބުނެލިއެވެ. އެހިނދު ރާޝިދުގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.

 

“އަނހަ! އަޔާޒްވެސް އެބަހުއްޓޭދޯ؟ ހާދަ ދުވަހެއްފަހުންނޭ ތިއައީ. ޑޮކްޓަރެއްދޯ މިހާރު؟” ރާޝިދު މޫނުމަތި އުޖާލާކުރަމުން ވާހަކަ އޮޅުވިއެވެ. ނިޝާނާއި އަޔާޒްގެ އިތުރުން ވަސީމާވެސް އެއަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއްކަމުގައި ނުދެކުނެވެ. އެމީހުން ރައްދެއް ނުދިނުމުން ރާޝިދު އިތުރަށް ވާހަކަ ދެއްކިއެވެ.

 

“މާ ޝާ ﷲ! ކާމިޔާބު ޢާއިލާއެއް. ޑޮކްޓަރަކާއި ވަކީލެއް. ކޮންމެ މަހެއްގަ މި ގެއަށް ލައްކައެއްހާ ރުފިޔާ ވަންނާނެދޯ؟ ދެން ކީއްކުރަން ބޭނުންވާ ޢިމާރާތެއް؟ އެއެއްޗެހި މަށާއި މަގޭ އަންހެނުންނަށް ދިނަސް މައްސަލައެއް ނެތެއްނު؟ އަހަރުމެން ނުލާހިކު ރަނގަޅަށް އެތަންތަން ހިންގަމެއްނު؟ މިހާރުވެސް އަސްލު މިއައީ ފިހާރައެއްގެ ޕްރޮމޯޝަނަށް ޖެއްސި ޙަފްލާއެއްގަ ހުރެފަ.” ރާޝިދު ހެވިފައިހުރެ އެހެން ބުނެލީ، އޭނަ އެދުނު ކަމަކީ އެއްވެސް ކަމެއްނޫންހެން ހީވާ ފަދައަކުންނެވެ. ނިޝާން އެއަށް ރައްދެއްދޭން އުޅުނުތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ތިބުނީ ހަމަ ތެދެއް. ކަލޭމެން ބައްޕަގެ ވިޔަފާރި އެއްކޮށް ކާލިޔަސް އަހަރުމެންނަކަށް މިއަދު ގެއްލުމެއްނުވާނެ. އެކަމަކު އެއީ އަހަރުމެންގެ ބައްޕަ ދާ އޮހޮރުވައިގެން ރެއާއި ދުވާލު މަސައްކަތް ކޮށްގެން ބިނާކުރި ޢިމާރާތްތަކާއި ވިޔަފާރިތައް. ބައްޕަ އެ މަސައްކަތްކުރީ ހަމައެކަނި އަހަރުމެންނަށްޓަކައި. އެ މަސައްކަތް ކުރަމުން ބައްޕަ ބަނޑުހައިހޫނު ކަމުގަ ވިޔަސް ބައްޕަގެ ޢާއިލާއަށް ކާންދިނުމަށްޓަކައި. ބައްޕަ އަމިއްލައަށް އާ ހެދުންތައް ނުގަތަސް ބައްޕަގެ ޢާއިލާއަށް އާ ހެދުން ގަނެދެވޭތޯ ބެލުމަށްޓަކައި. ބައްޕައަށް އަރާމު ދިރިއުޅުމެއް ނުލިބުނަސް ބައްޕަގެ ޢާއިލާއަށް އުޖާލާ މުސްތަޤްބަލެއް ފަހި ކޮށްދެވޭތޯ ބެލުމަށްޓަކައި. އޭރު މީހެއް ނުބުނާނެ ބައްޕަގެ ވިޔަފާރި މިހާތަނަށް އަންނާނެއޭ. މިއަދު އެ ވިޔަފާރި ބޮޑުވެގެން ދިޔައިމަ ތި މީހުން ދަހިވެތިވެގެން ތިއުޅެނީ. އެކަމަކު އަހަރުމެންނަށް އެއީ އަދިވެސް ބައްޕަ ކުރި މިންނެތް މަސައްކަތް. އަހަރުމެން އެ ވިޔަފާރިން ބައްޕަގެ ނަން ފޮހެވިޔައެއްނުދޭނަން.” އަޔާޒް ސާބިތުކަމާއެކީ އެހެން ބުނެލީ ބައްޕަގެ ހަނދާންތަކުން ހިތްދަތިވެފައިވާ ޙާލުގައެވެ.

 

“އެހެންނުވެސްވާނެ އިރާދަކުރެއްވިއްޔާ. ދޮގު ހެކިދޭ ބަޔަކު މި ދުނިޔޭގަ ވެސް ކާމިޔާބުވާނީ މަދު ފަހަރަކު. ކޮންމެވެސް އެއްދުވަހަކުން ޙަޤީޤަތް އެންމެންގެ ކުރިމައްޗަށް އަންނާނެ ﷲ ގެ އިރާދަފުޅުން.” ނިޝާން ބުނެލިއެވެ. އެ ހިނދު ރާޝިދުގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅުގެ މޫނުމައްޗަށް ވެސް ވެރިވީ އެއްޒާތެއްގެ ނުރުހުންތެރިކަމެކެވެ.

 

“އެނގިދާނެތާ….ދެން އެ ވާހަކަ ބާއްވަމާ. އަހަރުމެން މިގެއަށް މިއައީ ދެން އަހަރުމެން ތިބޭނީ މިގޭގެ ތިރީ ބައެއްގައި ކަމަށް އަންގަން. މައްސަލަ ހުށަހަޅަން ބޭނުންވަންޏާ މިހާރުވެސް ދާންވީ. މިވަގުތު ކޯޓުގަ ހުރި ގާޒީ ބަދަލުނުވެ ކަލޭމެންގެ ބައްޕަގެ ދެ އެކުވެރިން ހެކިދޭހާ ހިނދަކު މައްސަލަ އެހެންކޮޅަކަށް ނުނިމޭނެކަން އެންމެ ރަނގަޅަށް އެނގިލައްވާނީ އުސްތާޒް ނިޝާނަށް. ސޯ….ވީ ވިލް ބީ ގޮއިންގް. ދޭތެރެ ދޭތެރެއިން މައްޗަށް ވެސް އަންނާނަން. މިހާ ބޮޑު ޓީވީއަކާ މޮޅެތި އޭސީތައް ހުންނަނީ މި ބައިގަވިއްޔާ. އަހަރުމެންނަށް މިއަދުވެސް މަރުޙަބާ ކިޔާލިއްޔާ ރަނގަޅުވާނީ…” ރާޝިދު އެހެން ބުނެ ހިނިތުންވެލުމުން އައި ރުޅީގައި އަޔާޒަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެނަސް އޭނަ ހުއްޓިގެން ދިޔައީ ނިޝާން އޭނައަށް ގޮވާލަމުން ދިޔަދޭށޭ ބުނުމުންނެވެ. އަޔާޒް ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި ހުރެ ދޮންބެއޭ ކިޔައި ގޮވިއެވެ. އެހެނަސް ނިޝާން ހަމައެކަނި އެމީހުންނަށް ބަލަހައްޓައިގެން ހުރީއެވެ. ރާޝިދު ކާމިޔާބުގެ ހިނިތުންވުމަކާއެކީ އޭނަގެ ޢާއިލާއާއެކު އެމީހުންނަށް ފަސްދިނެވެ. އެމީހުން ނިކުމެގެން ދިޔުމާއެކު އަޔާޒްގެ އިތުރުން ވަސީމާއާއި ހައިފާ ވެސް ނިޝާނާއި ސުވާލުކުރަން ފެށީ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ގައެވެ. ބީރައްޓެހި ބަޔަކު އަމިއްލަ ގޭގައި ތިބެން އެގޮތަށް ހުއްދަދިނީ ކީއްވެތޯ އަހަމުންނެވެ. އެމީހުން ގެ ވެސް ޖަހައިގެންފިއްޔާ ހަދާނީ ކިހިނެއްކަމާމެދު ސުވާލުކުރަމުންނެވެ.

 

“މިވަގުތު އަހަންނަށް ކިޔައިދެވޭކަށް ނެތް. އެކަމަކު މިކަން ޙައްލުކުރެވޭނެ ގޮތެއް އަހަންނަށް އެނގޭ. ބައްޕަ މާ ގިނަ މީހުންނާ ޙިއްސާނުކުރާ ސިއްރެއް އަހަންނަށް އެނގޭތީ…..ވަގުތު ޖެހުނީމަ ހުރިހާ ކަމެއް ސާފުވެގެންދާނެ އިރާދަކުރެއްވިއްޔާ. އެކަމަކު މި ވަގުތު ސުވާލުނުކުރުން ވަރަށް ބޮޑަށް އެދެން.” ނިޝާން އޭނަގެ ކުރިމަތީގައި ތިބި މީހުންނަށް ވަކިވަކިން ބަލަމުން މަޑުމައިތިރި އަޑަކުން އެދުނެވެ. ހަމަ އެއާއެކު އަޔާޒް ކޮން ސިއްރެއްތޯ އެހިއެވެ. އެ ހިނދު ނިޝާން އަޔާޒަށް ސީރިއަސް ނަޒަރެއް ދިނެވެ. އެ ނަޒަރު ދީގެން އިރުކޮޅެއް ވަންދެން ދޮންބެ ހުރީ އޭނަގާތު އެއްޗެކޭ ބުނަން އުޅުނު ފަދައަކުންނެވެ. ދެންމެދެންމެ އޭނަ ގާތު ދޮންބެ އެ ވާހަކަ ބުނެލާނެހެން އަޔާޒަށް ހީވިއެވެ. އެހެނަސް ނިޝާން އެއްވެސް އެއްޗެކޭ ނުބުނެ އޭނައަށް ފަސްދިނީއެވެ. އަދި ގޮސް ކާމޭޒުމަތީގައި ހުރި ފެންތަށި ބޯލުމަށްފަހު އޭނަގެ ލެޕްޓޮޕް ދަބަސް ނަގައިގެން ގެއިން ނިކުންނަން ދިޔައެވެ. އާދައިގެ މަތިން ލިލިއަން ބައްޕިއޭ ކިޔައި ފަހަތުން ދާން އުޅުމުން ލިލިއަންގެ ކޯތާފަތަށް ބޮސްދީފައި ބައްޕި އަވަހަށް އަންނާނަމޭ ބުނެ މަސަލަސް ކުރިއެވެ. އެއަށްފަހު ގެއިން ނިކުމެގެން ދިޔައީ ގޭގައި ތިބި ތިން މީހުން ޙައިރާންކަމެއްގެ ތެރެއަށް ދޫކޮށްލަމުންނެވެ.

 

**

 

މަންމަ ބުންޏެއްކަމަކު އޭނަގެ ޚަބަރު ފެތުރިގެން ދިޔަ ފުރަތަމަ ދުވަހުވެސް މަލާކް އާދައިގެ މަތިން ހަވީރު ގެއިން ނިކުތެވެ. ހެނދުނެކޭ އެއްގޮތަށް އެދުވަހުގެ އެވަގުތު ވެސް އޭނަގެ ބޯއަނބުރަމުން ދިޔަނަމަވެސް އޭނަ ދާން ޚިޔާރުކުރިއެވެ. ކޮންމެ ދުވަހެއްގެ ހަވީރު އޭނަގެ ގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ފިނި މައިޒާނުގެ ޞަރަޙައްދަށް ގޮސް އެތާ ތިބޭ ކުދިން ކުޅޭ މަންޒަރު ބެލުމަކީ އޭނަގެ އާދައެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުދިން ވެސް މަލާކާއި ނުހަނު އެކުވެރިވާނެއެވެ. އަނުމްވެސް އޭނައާއި ބޮޑަށް އެކުވެރިވެގެން ދިޔަ ގޮތަކީ އެއީއެވެ.

 

އަނުމްގެ ހަނދާންތައް އާކުރަމުން ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން މަލާކް ގޮނޑި ދުއްވަމުން ގޮސް މަޑުކޮށްލީ ރުއްތަކުގެ ބަދަލުގައި ބިޔަކޮށް ހެދިފައި ހުރި ފުނަ ގަހެއްގެ ކައިރީގައެވެ. ރުކެއްގެ ކޮޅުން ކާށްޓެއް ވެއްޓިގެން ހިނގައިދާނެ ހިނދަކު އޭނައަށް ރަނގަޅު ވަގުތު ދުރަށް ނުދެވިދާނެހެން ހީވާވަރުންނެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ހާސްވެގެންދާ ކޮންމެ ވަގުތެގައި އޭނަގެ އަތްފައި ޙަރަކާތްކުރަން އިންކާރު ކުރެއެވެ. އެކަމާހުރެ ކުއްލިއަކަށް ވެދާނެ ކަންތަކަށާއި ކުއްލިކުއްލިއަށް އިވޭ އަޑުތަކަށް މަލާކް ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

 

މަލާކް ފުނަ ގަހުގެ ކައިރީގައި ގޮސް ގޮނޑި މަޑުކޮށްލަމުން އޭނައާއި ދެ ފިޔަވަޅުހާ ދުރުގައި ވެލިގަނޑުމަތީގައި ފަސްއޮށް ކުޅެން ތިބި 3 އަންހެން ކުދިން އޭނައަށް ފެނުނެވެ. އެހެން ދުވަސްދުވަހު މަލާކް އެތަނަށް ނުފޯރަނީސްވެސް އެ އަންހެން ކުދިން ދައްތިއޭ ކިޔާ ގޮވައި މޮޅުވަނީ ކާކުތޯ ބެލުމަށް އެދޭނެއެވެ. އެހެނަސް މިއަދު އެމީހުންގެ ކުރިމަތީގައި މަލާކް މަޑުކޮށްލި ވަގުތުވެސް އެ މޫނުތަކުން ފެންނަމުން ދިޔައީ ބަނަކަމެވެ. އެއީ ކީއްވެކަން މަލާކަށް ދޭހަ ނުކުރެވެނީސް މެދުގައި ހުރި އަންހެން ކުއްޖާ އިސްއުފުލައި އޭނައަށް ބަލާލިއެވެ. އެއަށްފަހު ހަމަ އެއް ސީރިއަސް ނަޒަރެއްގައި އިނދެ ކައިރީގައި ހުރި ކުއްޖާ ކައިރި ސިއްރު ވާހަކައެއް ބުނެލިއެވެ. އެކުއްޖާ އެ ވާހަކައަށް ބޯޖަހާލުމުން މަލާކަށް ދެންވެސް ދޭހަ ކުރާކަށް ނޭނގުނެވެ. އޭނަ ދުރަށް ނަޒަރު ހިންގާލި ހިނދު ދުރުގައި އެހެނިހެން ކުޅިވަރުތައް ކުޅެން ތިބި ކުދިންވެސް އޭނައަށް ބަލަބަލާފައި އެކަކު އަނެކެއްގެ ކަންފަތް ދޮށުގައި ވާހަކަ ދައްކަމުން ދިޔަތަން އޭނައަށް ފެނުނެވެ. ވާގޮތް އޭނައަށް ނަގައިގަނެވުނީ އަތިރިއާއި ގާތް ހިސާބެއްގައި ބެހެއްޓިފައި ހުރި ހޮޅުއަށީގައި ތިބި އަންހެނުންތައް ފެނުމުންނެވެ. އެމީހުން އޭނައަށް ބަލާފައި އިނގިލި ދިއްކޮށް ވާހަކަ ދެއްކުމުން މަންމަ ބުނި ވާހަކަ ހަނދާނަށްއައެވެ. ހަމަ އެއާއެކު އޭނަގެ ހިތް ގެނބިގެން ދިޔަ ކަހަލަ އިޙްސާސެއް މަލާކަށް ކުރެވުނެވެ. އެމީހުން ހަމަ އޭނަ މޮޔައެއްގެ ގޮތުގައި ސިފަކުރަނީތޯ މަލާކްގެ ހިތަށްއެރިއެވެ. އޭނައަކީ ދެން އެހެން މީހުންގެ ތެރޭގައި އުޅެވޭނެ މީހަކީ ނޫންތޯ އޭނަގެ ހިތް ސުވާލުކުރިއެވެ.

 

އެ ވަގުތުކޮޅުން ފެށިގެން މަލާކަށް ވިހަގަދަ ދޫތަކުން އިވެން ފެށި ވާހަކަތަކުން އޭނަގެ ސުވާލުތަކަށް ޖަވާބުތައް ލިބެން ފެށިއެވެ. މަލާކް އެތާނގައި ނުހުރުމަށްޓަކައި ގޮނޑި ދުއްވަމުން ރަށު ތެރެއަށް ދިޔައީ އޭނަގެ ހީކުރާހާ ގޯސް ވާހަކަތައް އެހާ ގިނަ ބަޔަކު އޭނައާއި ބެހޭގޮތުން ނުދައްކާނެކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. އެހެނަސް…..

 

“އޭ އެދަނީ….ނޭނގޭތަ؟ އެކުއްޖާ އުޅެނީ ސިކުނޑި ސަކަރާތްވެގެންނޯ…”

 

“އެ ދައްތިއާ ކައިރި ނުވާށޯ މަންމި ބުނީ. އެއްޗަކުން ޖަހާފާނެޔޯ.”

 

“މޮޔައިއްޔާ ކީއްވެޔޯ އަދިވެސް މިރަށުގަ ބަހައްޓާފަ ހުރީ؟ ގުރާދޫއަށް ފޮނުވާލަންވީނު؟”

 

“ސާރިޔާގެ ނަސީބު ހަމަ ދެރައީ. ދަރިއަކު ލިބުނުއިރުވެސް ލިބުނީ މޮޔަ ނުކުޅެދުންތެރި ކުއްޖެއް….”

 

“މަށަށް ވެސް ހީވޭ މަލާކްގެ ވިސްނުން ކޮށިހެން އެންމެ ކުރީއްސުރެވެސް. ހާސްނުވާންޖެހޭ ވަގުތު ތެޅިފޮޅޭތަން ވެސް އާދޭވިއްޔާ. ދެން އެ ސިހޭ ސިހުމެއްދޯ؟”

 

“މަ އަޑުއެހީ އޭނަ މީހުން ގަޔަށް އަތްލައި އަނިޔާވެސް ކުރެޔޯ…މަށެއް ދެން އޭނައާއި އެކުވެރިއެއް ނުވާނަން ހުވާ!”

 

“ސޯ ސޭޑް…މަލާކްއާ ދެން ރައްޓެހިވާނެ ކުއްޖަކުވެސް ނުވާނެ. އަސްލު އޭނަ ރީތިވީމަ ލައިކްވާ ކުދިން އުޅޭ. އެކަމަކު މިވީ ގޮތުން އައި ގެސް އޭނައަށް ދެން އެއްގޮތަކަށް ވެސް ހަސްބެންޑެއް ނުލިބޭނެ.”

 

ރަށުގައި ތިބި އަންހެނުންނާއި ކުޑަކުދިންނާއި މަލާކްގެ އެކުވެރިންނަށް ވެސް ތަފާތު ނުވާނެހެން އެންމެން ދައްކަމުން ދިޔައީ އެއްޒާތުގެ ވާހަކަތަކެވެ. އޭގެއިން ކޮންމެ ވާހަކައެއް އިވޭ ކޮންމެ ފަހަރަކު އޭނަ ފުން ކަނޑެއްގައި ޣަރަޤުވަމުންދާ ކަހަލަ އިޙްސާސެއް މަލާކަށް ކުރެވެމުން ދިޔައެވެ. އޭނައާއި އޭނަގެ މަންމައާމެދު ދަށްކޮށް ދެކި ދައްކަމުން ދިޔަ ވާހަކަތައް އިވިފައި މަލާކްގެ ލޮލުން ދިލަ ނެގިއެވެ. ރަށުތެރެއިން ގޮނޑި ދުއްވާފަ ދިޔައިރު އޭނައާއި އެންމެ ގާތްކޮށް އުޅުނު އެކުވެރިންނާއި އޭނަ ލޯބިން ގެންގުޅުނު ކުޑަކުދިންގެ ދޫތަކުން ވެސް އެ ޒާތުގެ ވާހަކަތައް އިވެމުން ދިޔަދިޔަހެން މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ރަށުގެ ވަށައި ދިޔުމަށްފަހު އަނެއްކާ އޭނަގެ ގެ ކުރިމަތީގައި ހުރި ފިނި މައިޒާނަށް އާދެވުނު ވަގުތު އެތާނގައި އެންމެ ކުއްޖެއްވެސް ނެތެވެ. އެމީހުން ގެއަށް ދިޔައީ ގެއަށްދާ ގަޑި ޖެހުމުން ކަން އެނގުނެއްކަމަކު އެމީހުން އޭނަ ދުނިޔެ ޢުމުރަށް ދޫކޮށްފައި ދިޔަ ކަހަލަ އިޙްސާސެއް މަލާކަށް ކުރެވުނެވެ. ހަމަ އެހިނދު އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. އޭނަގެ އެއްފަރާތުން މޫދާއި ދިމާލުން އިރުއޮއްސެމުން ދިޔަ ރީތި މަންޒަރު ފެންނަމުން ދިޔައެއްކަމަކު މަލާކަށް ފާހަގަވަމުން ދިޔަހާވެސް ކަމަކީ އެތަން އަނދިރިވަމުން ދިޔަކަމެވެ. ހަމައެއާއެކު އޭނަގެ ޙަޔާތަށް ވެސް އަނދިރިކަން ވެރިވާން ފަށައިފިކަން އެނގުންވުމުން މަލާކަށް އާދައިގެ މަތިން ދެލޯ މަރައި ތަގުޅިކޮށް ގިސްލެވެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ނުރޯނެކަމަށް ބުނެ އަމިއްލަ ނަފްސުގާތު ބުންޏެއްކަމަކު އޭނައަށް ނުހުއްޓޭނެކަން މަލާކަށް އެނގުންވިއެވެ. އެހެންކަމުން އޭނަ ހުއްޓުމެއްނެތި ރުޔެވެ. ދެންމެ އޭނައަށް އިވުނުހާ ނޭދެވޭ ވާހަކަތައް ކަންފަތުގައި ގުގުމަމުންދާ ޙާލުގައެވެ. އޭނައަކީ މޮޔައެއްކަމަށް އެކަކަށްވުރެ ގިނަ މީހުން ބުނެ ދެއްކި ވާހަކަތައް އިވިފައި ހެޔޮކޮށް ވިސްނަން އޭނައަށް ދަތިވިއެވެ. އޭނަގެ އެކުވެރިން އޭނަ ނުކުޅެދުންތެރިއެއްގެ ގޮތުގައި ސިފަކުރި އަޑުތައް އިވެމުން ދިޔަދިޔަހެން އަމިއްލަ ބަލިކަށިކަން އިޙްސާސްކުރެވުނެވެ.

 

މަލާކް ރޯންފެށިތާ މިނެޓްތަކެއްފަހުން ސާރިޔާ ގެއިން ނިކުތެވެ. އޭނަ ގެއިން ނިކުތީ އެވަގުތު ވެސް މަލާކް ގެއަށް ނައިސްގެން ވީގޮތެއް ބެލުމަށެވެ. ގޭގެ ދޮރުމަތީގައި ހުރެވެސް މަލާކްގެ ގިސްލުމުގެ އަޑުއިވި އެ މަންޒަރު ފެނިފައި ސާރިޔާއަށް މަލާކްގެ ނަމުން ގޮވަމުން އޭނަގެ ދަރިފުޅު ކައިރިއަށް ދުއްވައިގަނެވުނެވެ. ސާރިޔާއަށް ފުރަތަމަ ކިހިނެއްވީތޯ އަހާލެވުނެވެ. މަލާކަށް ގިސްލުމުގެ ތެރެއިން ބުނެލެވުނީ ‘މީހުން’ އެކަންޏެވެ. ހަމަ އެއާއެކު ވީގޮތް ނަގައިގަނެވުމުން ސާރިޔާގެ ލޮލުން ވެސް ކަރުނަތައް ވިދާލިއެވެ. އޭނަ އެންމެ ފުރަތަމަ ރުޅި އިސްކޮށް އެއްޗެހި ގޮވިއެވެ. ބޭރަށް ނައުމަށް ނުބުނަންތޯ ބުނަމުންނެވެ. އެހެނަސް މަލާކްގެ ގިސްލުމަށް ބަދަލެއް ނައުމުން ސާރިޔާއަށް ވެސް ރޮއިގަނެވުނެވެ. މަލާކްގެ އުނގުމަތީގައި ބޯ އަޅާލަމުން އޭނައަށް ކުރެވުނީ އެންމެ ދުޢާއެކެވެ. އޭނަގެ ދަރިފުޅާއިމެދު ނޭދެވޭ ވާހަކަ ދައްކާ ކޮންމެ މީހަކަށް އެއީ ދޮގެއްކަން ސާބިތުވާނެ ގޮތް ހެއްދެވުމަށް އެދިއެވެ. މަލާކްގެ ޞިއްޙަތާއިމެދު އޭނައަށް އިވުނު ވާހަކަ ހަނދާންވެފައި އެއީ ނާދިރުކަމެއްހެން އެވަގުތު ސާރިޔާއަށް ވެސް ހީވިއެވެ. އެހެނަސް އޭނަގެ އެ ދުޢާ އިޖާބަވެގެންދާނެ ގޮތުގެ ފުރިހަމަކަން އޭނައަށް ރޭކާވެސް ނުލައެވެ.

 

އެރޭ ގެއަށް ދިޔުމަށްފަހު މަލާކްމެންގެ ގޭގެ ތެރެއަށް ވެރިވެފައިވީ ހިމޭންކަމެކެވެ. މަސްޢޫދު މަޣްރިބް ނަމާދުކޮށްގެން އައުމުން ސާރިޔާ އޭނައަށް ވަކިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއަށްފަހު މަސްޢޫދަށް ވެސް މަލާކާއި ދިމާލަށް ބެލެމުން ދިޔައީ ހިތްދަތިކަމާއި އެކީގައެވެ. ޙަޤީޤަތް އޮތީ ކޮންމެ ގޮތަކަށް ވިޔަސް މަސްޢޫދު މަލާކް ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. މަލާކް ވިހެއީއްސުރެ އެކުއްޖާ ބަލައި ބޮޑުކުރުމުގެ ހުރިހާ ޚަރަދަކާއި ބުރައެއް އުފުލީ އޭނައެވެ. އެކަމަށްޓަކައި އޭނަގެ ހިތުގައި މަލާކަށްޓަކައި ކުލުނެއްވެއެވެ. އޭނަގެ އަމިއްލަ ދަރިއެއް ނެތް ޙާލުގައި މަލާކަކީ ވެސް އޭނައާއި ދުރު ކުއްޖެއްގެ ގޮތުގައި ދެކުމަކީ މަސްޢޫދަށް ދަތިކަމެކެވެ.

 

އެރޭ ކެއި ގަޑީގައި ވެސް މަސްޢޫދު ސަމާސާ ވާހަކައެއް ދައްކައި މަލާކް ހެއްވާލެވޭތޯ މަސައްކަތް ކުރީ އެހެންވެއެވެ. އޭނައަކީ ސަމާސާކުރަން ދަންނަ މީހަކަށް ނުވިޔަސްމެއެވެ. އޭނަ ކުރި މަސައްކަތަށްފަހު ވެސް މަލާކް އިސްޖެހިފައި އިނުމުން މަސްޢޫދުގެ ވެސް ހިތް ދެރަވާ ގޮތްވިއެވެ. އޭނަވެސް ކެއުމުގެ ތެރެއިން ވަކި ހިސާބަކުން ހިމޭންވެގެން ދިޔައީ އެހެންވެއެވެ.

 

އެ ހިމޭންކަމަށް ލޮޅުމެއް ގެނުވީ އެރޭ 8:30 ވާން ގާތްވެފައި ވަނިކޮށް އެގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑުންނެވެ. އެވަގުތު މަލާކާއި މަސްޢޫދު ބޮޑު ކޮޓަރީގެ ފަތްޖެހި ގޮނޑިއެއްގައި އިންއިރު މަލާކް އޭނަގެ ކޮޓަރިއަށް ދާން މިޞްރާބު ޖަހަނީއެވެ. އެހެނަސް މަންމަ ދޮރު ހުޅުވަން ދިޔަ ވަގުތު މަލާކަށް ބޭއިޚްތިޔާރުގައި އެދިމާލަށް ގޮނޑި އަނބުރާލެވުނެވެ. އަނބުރާލި ވަގުތުވެސް އޭނަގެ އަތުގައި ވަރެއް ނެތްހެން ހީވިއެއްކަމަކު އެވަގުތު މަލާކަށް އެކަމަށް ފަރުވާލެއް ނުބެހެއްޓުނެވެ. ގެއަށް އަންނަނީ ކޮންމެ މީހަކު ކަމަށްވިޔަސް އެމީހަކު ދައްކާނެ ވާހަކައެއް ސާފުކޮށް އަޑުއަހަން ބޭނުންވި މިންވަރުންނެވެ. ސާރިޔާ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ ފާރޫޤުގެ ދެމަފިރިން ހެވިދިއްލިފައި ތިބި މަންޒަރެވެ. އެ ދެމީހުން ފެނުމާއެކު ސާރިޔާއާއި މަސްޢޫދު ނުރުހުންވެގެން ދިޔައީ އެއްވަރަކަށެވެ.

 

“އައްސަލާމްޢަލައިކުމް!” ފާރޫޤު ސަލާމް ގޮވައި ވަންނަން އުޅުނެވެ.

 

“ޚަބަރުދާރު މިގެއަށް ވަނިއްޔާ! އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނީސް ދާންއުޅޭ އަހަރުމެންނަށް ނުފެންނަ ހިސާބަށް.” ސާރިޔާއަށް ބޭއިޚްތިޔާރުގައި ރުޅި އިސްކޮށް ހަރުއަޑުން ވާހަކަ ދެކެވުނެވެ. އެ ހިނދު މަސްޢޫދުވެސް ގޮނޑިން ތެދުވެލީ އައި ރުޅީގައެވެ.

 

“އައްދެ! ކިހިނެއްވީތަ އަނެއްކާ؟ އަހަރެން މިއައީ ވަކި ސާރިޔާއާއި ބައްދަލުކުރާކަށް ނޫން. އަހަރެންގެ ބޭބެއާ ބައްދަލުކުރަން އަހަރެން މިއައީ.” ފާރޫޤު އެހެން ބުނެލަމުން ސާރިޔާގެ އެއްފަރާތަކުން އެގެއަށްވަނެވެ.

 

“ތި ބޭބެއަކު އުޅޭހެން ހީވާނީ ބައެއް ދުވަސްދުވަހު. ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟” ފާރޫޤުގެ ގޮތް އެނގޭ މަސްޢޫދު އަހާލިއެވެ.

 

“ހެހެ…..ބޭބެއަށް އެނގެއެއްނު ބޭބެގެ ފަރާތުން އަހަރެން ބޭނުންވާނެ ވަކި އެއްޗެއް ނޯންނާނެކަން؟ އަހަރެން އަތުގަ ހުރި އެއްޗެއްސަށްވުރެ ބޭބެގެ އަތުގަ ހުރި އެއްޗެހި މަދުވެސް ވިއްޔާ. މިއައީ މިގޭގެ މަލާކްއަށް ދޭން ހަދިޔާއެއް ހިފައިގެން.” ފާރޫޤު ހިނިތުންވުމަކާއެކީ މަލާކަށް ބަލަންހުރެ ބުނެލިއެވެ.

 

“ކޮން ކަހަލަ ހަދިޔާއެއް؟” މަސްޢޫދު ސާރިޔާއަށްވުރެ ކުރިން އަހާލިއެވެ.

 

“މަލާކްއާ އިންނަން ބޭނުންވާނެ މީހަކު އެބައުޅޭ. އޭނަ އެބަ އާދޭ އިރުކޮޅަކުން. އަންނަންވާއިރަށް ބޭބެއާއި ސާރިޔާވެސް ތިބިއްޔާ ކަންނޭނގެ ރަނގަޅުވާނީ.” ފާރޫޤު ހަމަ އެ ހިނިތުންވުމުގައި ހުރެ ބުނެލިއެވެ. އޭނަ އެ ޚަބަރު ދިނުމުން ވެސް ސާރިޔާ އައީ ރުޅިއެވެ.

 

“ކީކޭ ހިތަށްއަރައިގެން އަހަރުމެން މޮޔަ ހައްދަން ތިއުޅެނީ. ތިއައީ އަހަރުމެންނަށް މަލާމާތް ކުރަން ކަމަށްވަންޏާ އެހެރީ ދޮރު….” ސާރިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާ މަސްޢޫދު ސާރިޔާއަށް ގޮވާލިއެވެ. އެ ހިނދު ސާރިޔާ އޭނައަށް ބަލާލަމުން މަސްޢޫދު ބޯހޫރުވާލީ އެއްޗެކޭ ނުބުނާށޭ ބުނާ ފަދައަކުންނެވެ.

 

“ކިހާއިރަކުން އަންނާނީ؟” މަސްޢޫދު އަހާލިއެވެ.

 

“މިހާރު ހަމަ އަންނާނެ ކުޑަ މިނެޓް ކޮޅަކުން ހިނގާދޯ އަހަރުމެން ވެސް އިށީންނަމާ ފަރުޒާނާ؟ މަލާކް ދަރިފުޅު ކިހިނެއް؟” ފާރޫޤު ބޮޑު ކޮޓަރިއަށް ވަންނަމުން މަލާކް ކުރެން އެހެން އަހާލީ އޭނައަށްވުރެ ބޮޑަށް މަލާކަށް ހެޔޮއެދޭ މީހަކު ނުހުންނާނެހެން ހީވާ ފަދައަކުންނެވެ. ފަރުޒާނާ ގޮސް ފާރޫޤުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން ދެންވެސް ހިތްހަމަނުޖެހިފައިހުރި ސާރިޔާ މަސްޢޫދުގެ ޢިޝާރާތަށް އޭނަ ކައިރީގައި ހުރި ގޮނޑީގައި އިށީނީ މެހުމާނަށްޓަކައި އެތާ ހުދު ކުލައިގެ ޕްލާސްޓިކް ގޮނޑިއެއް ހުރުމުންނެވެ. ސާރިޔާ އިށީނދެ މަސްޢޫދު ކައިރި އެއްޗެކޭ ބުނަން އުޅުނު ވަގުތު ފާރޫޤު މި އައީ ނޫންތޯ ބުނެލި އަޑު އިވުނެވެ. އެއާއެކު މަސްޢޫދާއި ސާރިޔާގެ އިތުރުން މަލާކަށް ވެސް ދޮރާއި ދިމާލަށް ބަލާލެވުނީ

އެތަނުން ޒުވާނަކު ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ދޮރުމަތިން ފެނިގެން ދިޔައީ ބޮލުގައި ނުރަ ފަޅާފައި ހުރި މުސްކުޅި ފުރައިގެ ފިރިހެނެކެވެ. ލައިގެން ހުރި ގަމީހާއި ފަޓުލޫނުގެ ފެންވަރުން އެއީ މާލޭ ހިސާބު މަހުޖަނެއްހެން ހީވިއެވެ. ބަނޑު ފުއްޕާފައި ހުރުމުގެ ސަބަބުން ރޫފަ ދައްކަމުން ދިޔައީ އެހާ ދެކޭ ހިތްވާ ގޮތަކަށް ނޫނެވެ. އެމީހާ މަލާކަށް ބަލާލި ނަޒަރުން މަލާކް ދުވަހަކުވެސް މޭނުބައި ނުކުރާ ގޮތަކަށް މޭނުބައި ކުރިއެވެ.

 

“މިއީ ޒާހިރު….ޒާހިރު، މިތިބީ މަސްޢޫދާއި ސާރިޔާ…މަލާކްގެ މަންމައާއި ބައްޕަ.” ފާރޫޤު ކޮޅަށް ތެދުވެ އެމީހުން ތަޢާރަފު ކޮށްދިނެވެ. ޒާހިރު އެމީހުންނާއި ހިނިތުންވެލަމުން ގޮސް މަސްޢޫދު ދެއްކި ގޮނޑީގައި އިށީނެވެ. އެ ހިނދު މަސްޢޫދާއި ސާރިޔާއަށް ވެސް ތިބެވުނީ ޝައްކެއްގެ ތެރޭގައެވެ.

 

“އަމް…..ތިއީ މަލާކްއާ އިންނަން ބޭނުންވާ ކުއްޖާގެ ބައްޕަ ދެއްތޯ؟ އެކުއްޖާ މިރަށަށް އެބަ އައިތޯ؟” މަސްޢޫދު މަޑުމައިތިރި އަޑަކުން އޭނައަށް ހީވި ހީވުމުގެ މައްޗަށް ސުވާލުކުރިއެވެ. އެ ހިނދު ޒާހިރުގެ އިތުރުން ފާރޫޤުގެ ދެމަފިރިން ވެސް ހީލިއެވެ. އެ ހީލުމަށްފަހު ވާހަކަ ދެއްކީ ފާރޫޤެވެ.

 

“ނޫނޭ ބޭބޭ…..މަލާކްއާ އިންނަން ބޭނުންވާ މީހާ އެހެރީ ގޮނޑީގަ. ޒާހިރު މަލާކްއާ އިންނަން ބޭނުންވަނީ. ތިންވަނަ އަނބީގެ ގޮތުގަ.” ފާރޫޤު ދެއްކި ވާހަކައިން މަލާކް ގަނޑުވެގެން ދިޔަ ހިނދު ސާރިޔާއާއި މަސްޢޫދުގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ދެމީހުންނަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން އައި ރުޅި ދައްކާކަށްވެސް ނޭނގިފައި ތިބެވުނެވެ.

 

“އެއީ ތެދެއް. އަޅުގަނޑު މީގެ ދުވަސްތަކެއްކުރިން މި ރަށަށް އައިސް އުޅެނިކޮށް މަލާކް ފެނިފަ އަޅުގަނޑަށް ވަރަށް ކަމުދިޔަ. ދެން އަޅުގަނޑު ފާރޫޤު ކައިރީގަ ބުނީ މިކުއްޖާއާ ބެހޭގޮތުން މަޢުލޫމާތު ހޯދަދޭށޭ. ފާރޫޤު ހޯދައިދިނީމަ މިހާ ހިސާބަށް މި އާދެވުނީ. ހެހެ…” ޒާހިރު އެހެން ބުނެ ހީލި ވަގުތު މަސްޢޫދާއި ސާރިޔާއަށް ތިބެވުނީ ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާހިރު އެ ކިޔައިދިނީ ވެސް ވާހަކައިގެ އެއްބައެވެ. އޭނަ ފާރޫޤުގެ އެހީ ހޯދީ ހަމައެކަނި މަލާކްގެ މަޢުލޫމާތު ހޯދުމަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު މަލާކްގެ ރީތިކަމުގެ ފޮނި މީރުކަން އޭނައަށް ލިބިގަނެވޭނެ ކަމުގެ ޔަޤީންކަން ހޯދުމަށްޓަކައި ފާރޫޤު ލައްވައި އެ ނުލަފާ ރޭވުން ރޭވީވެސް އޭނައެވެ. މަލާކް މޮޔަ ކުއްޖެއްގެ ގޮތުގައި ސިފަކުރީ މަސްޢޫދާއި ސާރިޔާ ބަލިކަށި ކުރުވުމަށެވެ. މި ޙާލަތުގައި އެމީހުންނަށް އިންކާރުވެސް ނުކުރެވެނީސް ފާރޫޤު އެ މަސައްކަތް ފެށިއެވެ.

 

“އެނގޭ ވަރަށް ހިތާމަވެރި ދުވަސްކޮޅެއްކަން މިއީ މި ޢާއިލާއަށް. މަލާކާއި ބެހޭގޮތުން އެކި ޒާތުގެ ވާހަކަތައް އެކި މީހުން އެބަ ދައްކާ. މި ދުވަސްވަރު މަލާކަށް ލިބޭނެ އުފަލެއް ކަންނޭނގެ ޒަވާޖީ ޙަޔާތެއް ފެށުމަކީ.” ފާރޫޤު ބުނެލިއެވެ. ހަމަ އެހިނދު ހިމޭނުން އިން މަސްޢޫދަށް ވާހަކަ ދެކެވުނެވެ.

 

“މަލާކްގެ އުފާވެރިކަން ޚިޔާރުކުރާނީ ހަމައެކަނި މަލާކް. އެހެންމީހެއްނޫން. މަލާކްގެ އަމިއްލަ އިޚްތިޔާރުގައި ނޫނީ އަހަރެން މަލާކް މީހަކާ އިނދެވިޔަ ނުދޭނަން. މި ޙާލަތުގަ އަހަރެން އަހާކަށް ވެސް ބޭނުމެއްނޫން މަލާކް ކައިރިން. އަހަންނަށް އެނގޭ މިއީ މަލާކް އުފާވާނެފަދަ ނިންމުމެއް ނޫންކަން. މިވަގުތު މިގެއިން ދިޔުން ވަރަށް މަޢާފާއެކީ އެދެން.” މަސްޢޫދު ސާބިތުކަމާއެކީ އަންގާލިއެވެ. އެ ހިނދު މަލާކްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައިރު ޒާހިރުގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވި މަންޒަރު ފެނިފައި ފާރޫޤުގެ ނިތުން ދާތިކިތައް ހިއްލާލިއެވެ. އެއާއެކު އޭނަ ނުތަނަވަސް ގޮތަކަށް ހީލިއެވެ.

 

“ހެ….ހެހެ…ބޭބޭ. ކުޑަކޮށް ޙާލަތާމެދު ވިސްނާލަބަލަ ބޭބޭ. މަލާކް ބޭނުމެއްނުވިޔަސް މަލާކްގެ ޢުމުރު އެ ދަނީ މީހަކާ ނުއިނދެ. މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކާނީ ނުއިނދެ ހުރީމަވެސް. މިހާރު ވެސް ފެތުރިފަ ހުރި ވާހަކަތަކުން އެ މަންޖެއަށް މީހަކު ލިބުން ދަތިވެސްވާނެ.” ފާރޫޤު ބުނެލިއެވެ. އެ ހިނދު ސާރިޔާ ވާހަކަ ދެއްކިއެވެ.

 

“ނޫނެކޭ ބުނީމަ ނުވިސްނެނީތަ ފާރޫޤަށް؟ އަހަރުމެން ބޭނުމެއްނޫން މަލާކްގެ ހިތްނޭދޭނެ ފަދަ މީހަކާ ދެވާކަށް. މިގެއިން ވީހާވެސް އަވަހަކަށް ދިޔުން ވަރަށް އަދަބުވެރިކަމާއެކީ އެދެން.” ސާރިޔާ ކިތަންމެ ބޭނުމެއްނުވިޔަސް އޭނައަށް އެހެންބުނެލެވުނީ ޒާހިރަށް ބަލަމުން ދަތްކުނޑި ވިކަމުންނެވެ.

 

“ސް….ސާރިޔާ. މަލާކްގެ އުފާވެރިކަމަށްޓަކައޭ އަހަރެން މި ވާހަކަ މި ބުނަނީ. މަލާކް ޒާހިރާއި އިނދެފިއްޔާ އޭނައަށް ކިޔެވުމުގެ ފުރުޞަތު ވެސް ލިބޭނެ. ވަޒީފާއެއް ވެސް ހޯދައިދީފާނެ. ހުޅުމާލޭގަ ވަކިން އެޕާޓްމެންޓެއް ވެސް މަލާކަށް ލިބޭން…” ފާރޫޤުގެ ޖުމްލަ ފުރިހަމަ ނުވަނީސް ރުޅިން ރަތްވި ސާރިޔާއަށް ގޮނޑިން ތެދުވެލެވުނެވެ.

 

“މިގެއިން ނިކުމެގެން ދާށޭ! ދާށޭ ބުނީމަ ދާނީ!!! އަހަރުމެން ބޭނުމެއްނޫން މަލާކްގެ ހިތާއި ދެކޮޅަށް އެއްވެސް ކަމެއް ކުރުވާކަށް. މަލާކް ދުވަހެއްގެ ކޮޅުން ވެސް ތި މީހަކާ ނުއިންނާނެ! އެކަމަކު އިން ޝާ ﷲ މަލާކަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ. ވީ އެންމެ މޮޅަށް މަލާކް ކިޔަވާނެ. ކިޔަވައިގެން ތި މީހުން ހީވެސް ނުކުރާ ކަހަލަ މަތީ ވަޒީފާއެއް އަދާކުރާނެ. އެޕާޓްމެންޓެއް ހޯދިއްޔާ ހޯދަނީ އަމިއްލަ އަތުން ފައިން މަސައްކަތް ކޮށްގެން ހޯދާ ލާރިން އަޑުއިވިއްޖެތަ؟! ތި މީހުން ދުނިޔޭގަ ތިބިއްޔާ ބަލަހައްޓައިގެން ތިބޭތި!” ސާރިޔާއަށް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ ހަޅޭއްލެވުނެވެ. އޭނަ އެންމެ ފަހު ޖުމްލަތައް އިންޒާރެއް ފަދައިން ބުނެލި ގޮތުން އެތާތިބި މީހުންނަށް ބަލަހައްޓައިގެން ތިބެވުނެވެ. އެންމެ ފަހު ބަސް ބުނެފައި ސާރިޔާއަށް ގިސްލެވެން ފެށުމުން ޒާހިރު އެ ބައްދަލުވުމުން ވީ ނުރުހުމުގައި ތެދުވެގެން ދާން ހިނގައިގަތެވެ. އެއިން އިތުރަށް ނުތަނަވަސްވި ފާރޫޤުގެ ދެމަފިރިން އޭނައަށް ގޮވަމުން އޭނަގެ ފަހަތުން އެގެއިން ނިކުމެގެން ދިޔައެވެ. ހަމަ އެހިނދު ސާރިޔާ ގިސްލުމުގެ ތެރެއިން ނުލަފާ ކެއްސުންގަނޑެއްގެ ތެރޭގައި ޖެހުމުން މަސްޢޫދު އޭނަގެ ގައިގައި ހިފެހެއްޓިއެވެ. އަދި އޭނަ ގޮވައިގެން ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ. މަންމައާއި ބައްޕަ އޭނަ ފަހަނަޅައި ދިޔަ ހިނދުވެސް މަލާކަށް އިންގޮތަށް އިނދެވުނެވެ. މަންމަ އެންމެ ފަހުން ދެއްކި ވާހަކަތަކުން އޭނައަށް އަސަރުކޮށްފައިވެއެވެ. މަންމަ ދެއްކި ވާހަކަތަކާމެދު އޭނައަށް ވިސްނުނެވެ. އޭނައަށް ހަމަ ކިޔެވުމުގެ ފުރުޞަތު ލިބޭނީ ހެއްޔެވެ؟ އޭނައަށް މަތީ ވަޒީފާއެއްވެސް ލިބޭނީ ހެއްޔެވެ؟ އަމިއްލަ އެޕާޓްމެންޓެއް ގަނެވޭނެ ވަރަށް އޭނައަށް އާމްދަނީއެއް ލިބޭނީ ހެއްޔެވެ؟ އެ ހުރިހާ ކަމަކާމެދު މަލާކަށް ޝައްކު ކުރެވުނެވެ. އެހެނަސް އެ ބަސްތައް މަންމަ ބުނި ހިނދު އެ އަޑުގައިވި ސާބިތުކަމުން މަލާކް އެ ބަސްތައް ޤަބޫލުކުރަން ބޭނުންވިއެވެ. އޭނައަށް ހުރިތާ ހުރެ އެއާމެދު މިނެޓްތަކެއް ވަންދެން ވިސްނުނެވެ. ކޮޓަރިތެރެއިން އިވެމުން ދިޔަ މަންމަގެ ކެއްސުމަށް ސަމާލުކަން ދެވުމުން މަންމަ ކައިރިއަށް ދާން ހިތަށްއެރިއެވެ. އެހެނަސް އޭރު މަންމަގެ ކެއްސުމުގެ އަޑު ކެނޑި ބައްޕަ، މަންމަ ކައިރީގައި ދެން ނިދާލާށޭ ބުނެލި އަޑަށް މަލާކް މަންމައަށް އުދަގޫ ކުރާހިތް ނުވިއެވެ. އެހެންކަމުން މަލާކް އޭނަގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހީ ނިދަން ތައްޔާރުވުމަށެވެ.

 

ކޮޓަރިއަށް ގޮސް އޭނަގެ ވަރު ދެރަވަމުން ދިޔަ އަތާއެކީ ދަތް އުނގުޅައި މޫނު ދޮންނަން ފުދޭވަރަކަށް ދަތިވުމުން މަލާކަށް ތައްޔާރުވާން ބައިގަޑިއަށްވުރެ ގިނައިރު ނެގިއެވެ. އޭނަ ދުވަހުން ދުވަހަށް ބަލިކަށިވަމުންދާ ގޮތާއިމެދު ވިސްނުމަށްޓަކައި ޙަރަކާތްތައް މަޑުކޮށްގެން ހުރެވުމުގެ ސަބަބުން ވެސްމެއެވެ. އެހެނަސް ތާޒާވެލަމުން މަލާކް އެނދު ފެނިފައި އުފާވީ އާދައިގެ މަތިން ނިންޖާއެކީ އޭނައަށް ދެލޯ ހުޅުވައިގެން ވެސް ހުންނަން ދަތިވެފައިވީތީވެއެވެ. ނަމަވެސް ނިދުމުގެ ކުރިން މަލާކް ފެންފޮދެއް ބޯލަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ ގޮނޑި ދުއްވާފައި ކޮޓަރިން ބޭރަށް ދިޔައީ ބަދިގެއަށް ދާން ކަމަށެވެ. އެހެން ބޮޑު ކޮޓަރިއާއި ހަމަވީ ވަގުތު ކުޑަކޮށް ހުޅުވިފައި ހުރި ބަދިގޭގެ ދޮރު ދޭތެރެއިން މަންމައާއި ބައްޕަ ވާހަކަ ދައްކާ އަޑުއިވުނެވެ.

 

“ނޫން މަސްޢޫދު. އަހަންނަށް ދެން ކެތްނުވާނެ މަލާކް އެގޮތަށް އުޅޭތަން ދެކޭކަށް…..މީހަކު އަހަރުމެންނަށް ފޯރުކޮށްދީފަ އޮތް އެހީގެ ބޭނުން އަހަރުމެން ހިފަންޖެހޭނެ. މި ހުރިހާ ދުވަހު މަސްޢޫދު އަހަރެން ކައިރީގަ އެހީ މަލާކަށްޓަކައި އެ ސިޓީއަށް ޖަވާބެއް ފޮނުވަންހޭ. އެކަމަކު އަހަރެން ނޫނެކޭ ބުނީ ކީއްވެކަން ވެސް މަސްޢޫދަށް އެނގޭނެ. އެކަމަކު ދެނެއްނޫން…..މަލާކާމެދު މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ ކިޔާފަ ވާހަކަ ދައްކާ އަޑު އަހާކަށް އަހަރެން ބޭނުމެއްނޫން. އަހަރުމެން އުއްމީދުކުރާ ފަދަ އެހީއެއް ލިބިއްޖެއްޔާ އެ ހުރިހާ އަޑުތައް ކެނޑިގެންދާނެ މަސްޢޫދު.” މަންމަ ރޮވިފައިވާ އަޑަކުން އެ ވާހަކަ ބުނެލި ހިނދު ބަދިގޭގެ މޭޒުކައިރީގައި އިށީނދެގެން ތިބި މަންމައާއި ބައްޕަ، ހަނި ދާއިރާއަކުން މަލާކަށް ފެނުނެވެ.

 

“އަހަންނަށް އެނގޭ ސާރިޔާ. އެކަމަކު ސާރިޔާއަށް ވެސް އެނގޭނެ އެއީ ކިހާ ދުވަސްވެފައި ހުރި ކަމެއްކަން. އަހަރުމެން އުއްމީދު ކުރާ ގޮތަށް ކަންތައްވާނެހެން ވަރަށް ހިއެއްނުވޭ.” ބައްޕަ އެހެން ބުނެލި އަޑަށް މަލާކްގެ ނިތަށް ރޫގިނަވިއެވެ. މަންމައާއި ބައްޕަ އެ ދައްކަނީ ކޮން ވާހަކައެއްތޯ ހިތަށްއެރިއެވެ.

 

“އުއްމީދު ކަނޑާނުލާ އެކަމާމެދު ފިޔަވަޅެއް އަޅާ މަސްޢޫދު. ސިޓީއެއް ލިޔެފަ އެ އެޑްރެހަށް ފޮނުވާ. ތިއީ ކާކުކަން ބުނެދީ. ހަމަ ނޭނގޭ ރަނގަޅު ކުއްޖެއް ނޫންކަމެއް ވެސް އަންނާނީ އަހަރުމެންގެ މަލާކަށްޓަކައި.” މަންމަ އާދޭހާއެކު ބުނެލި ފަހު ޖުމްލައިން މަލާކްގެ ނިތުން ރޫ ފިލައިދިޔައެވެ. މަންމަމެން މިހާރު އަމިއްލައަށް އޭނަގެ ކައިވެނި ހަމަޖައްސަން އުޅެނީތޯ ހިތަށްއެރިއެވެ. ހަމަ އެއާއެކު އެ ދޮރު ބޮޑުކޮށް ހުޅުވައި އޭނަ މީހަކާ އިންނަން ބޭނުންނުވާ ކަމަށްބުނެ ދިގު ވާހަކައެއް ދައްކަން މަލާކް ބޭނުންވިއެވެ. އެހެނަސް މަންމައާއި ބައްޕަ ދެން ދެއްކި ވާހަކަތަކުން ވެސް އެމީހުން އެކަމަށް އުއްމީދުކޮށްގެން ތިބި މިންވަރު އެނގުންވުމުން މަލާކަށް އެހެން ހަދަން ނުކެރުނެވެ. މަލާކް ފުން ނޭވައެއް ދޫކޮށްލީ ކޮންމެ ގޮތެއްވިޔަސް އޭނަގެ މަންމައާއި ބައްޕަ އޭނައާއިމެދު ދެރަގޮތަކަށް ނުރާވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

 

**

 

އޭގެ އަނެއްދުވަހު މަލާކް މިހާރުގެ އާދަޔާއި އެއްގޮތަށް ފަތިސް ނަމާދަށް ހޭލެވުނީ އެލާމުގެ އަޑުގެ އިތުރުން ބައްޕަވެސް ގޮވުމުންނެވެ. އެދުވަހު އަދި އިތުރަށް ވަރުބަލިކަން އޭނައަށް އިޙްސާސް ކުރެވުނެވެ. ދުވަސްވާވަރަކަށް އޭނަގެ އަތް ފައިން ވާގި ދޫވަމުން ދިޔަހެން އޭނައަށް ހީވިއެވެ. އެހެނަސް އެދުވަހު ތެދުވީއްސުރެ ބޯ އަނބުރައި މޫނަށް އަނދިރިވަމުން ދިޔަ ގޮތުން ހުސް ވިސްނެމުން ދިޔައީ އެކަމާއި މެދުގައެވެ. ފަތިސް ނަމާދަށް ވުޟޫކުރަން ގޮސްފައިވަނިކޮށް އޭނައަށް ހޮޑުވެސް ލެވުނެވެ. ނަމާދަށްފަހު ވެސް ލެވުނެވެ. ހޮޑު ލުމަށްޓަކައި އެތެރެ ހަށީގައި އެއްޗެއް ނެތް ވަގުތެއްގައި ވެސް އޭނަ އޯކަތް ދެމިއެވެ. މަސްޢޫދާއި ސާރިޔާވެގެން އެކި މީހުން ކައިރިއަށް ގޮސް އެއްޗެހި ހޯދައިގެން ހޮޑު ހެޔޮކުރުމަށް އެ ފަތިސް ގަޑީގައި ވެސް ދިވެހި ބޭހެއް ހެދިއެވެ. އެ ބޭހުގެ އެހީގައި މުޅި ހެނދުނު މަލާކްގެ ހޮޑު ރަނގަޅުވެފައި ހުއްޓެވެ. އެހެނަސް މެންދުރުވުމުން އަނެއްކާވެސް ގޯސްވާން ފެށުމުން ސާރިޔާ އަނެއްކާވެސް އެ ބޭސްދިނީ ކަންބޮޑުވެފައިވާ ޙާލުގައެވެ. މަލާކަށް މުޅިންހެން ވިސްނެމުން ދިޔައީ އޭނަގެ ޙާލާއިމެދު ކަމަށްވުމުން މިއީ އެއްގޮތަކަށް ވެސް އޭނަ ކާ ބޭހެއްގެ ސަބަބުން ވެދާނެ ގޮތެކޭ އެދުވަހު އޭނަގެ ހިތަށް ނާރައެވެ. ގޯސްވަމުން ދިޔައީ އެ ބޭހާއިގެން ކުރިއަށް ދިޔުމުންކަން އޭނައަށް ރޭކާނުލައެވެ. އެހެންކަމުން މުޅި ދުވަހު މަލާކަށް ހުރެވުނީ ކާ ހިތްނުވެފައި ވަރު ދެރަވެފައެވެ. ދުވަސް ކުރިއަށް ދިޔަވަރަކަށް އޭނަގެ މޫނަށް އަނދިރިވާ މިންވަރު ވެސް އިތުރުވިއެވެ. އެހެނަސް މަންމަމެން އިތުރަށް ކަންބޮޑު ނުކުރުމަށްޓަކައި މަލާކް އެ ވާހަކަ ސިއްރުކުރިއެވެ.

 

އެ ސިއްރު ދެމެހެއްޓުމަށްޓަކައި މަލާކް މަންމަމެންގެ ސުވާލުތަކުން ދުރުވުމުގެ ގޮތުން އެދުވަހު ހަވީރުވެސް ބޭރަށް ނިކުތެވެ. ދުވަހުގެ އެ ވަގުތާއި ހިސާބަށް ދިޔައިރު މޫނަށް އަނދިރިވެގެން ގޮސް ބައެއްފަހަރު ބަންޑުން ގޮސް ގޮނޑިން ވެއްޓިދާނެހެން ހީވާ ހިސާބަށް ދިޔައެވެ. އޭނަ ބޭރަށް ނިކުތީ ވެސް އެކަމާމެދު ޖެހިލުންވުމެއްގައި އިނދެއެވެ. އެހެނަސް އެއްކަލަ ފުނަ ގަހުގެ ކައިރީގައި ގޮސް ގޮނޑި މަޑުކޮށްލީ ކުދިން ކުޅޭ މަންޒަރު ފެނުމުން އޭނަ ރަނގަޅުވާނެއޭ ވެސް ހިތް ބުނުމުންނެވެ. އެދުވަހު މަލާކްގެ ކުރިމައްޗަށް ވާ ގޮތަށް ފެންނަމުން ދިޔައީ 5 އަހަރުގެ އަހުމަދާއި 6 އަހަރުގެ ރިފާއުގެ ފުޓުބޯޅަ މެޗެކެވެ. ފުޓުބޯޅައަކީ މަލާކް ނުހަނު ޖޯޝު ހުންނަ ކުޅިވަރަކަށްވުމުން އޭނައަށް ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަމުން ކުޑަވަރެއްގެ އެ މެޗު ބަލަން އިނދެވުނެވެ. ބޯޅަ ގެންދާ ކުއްޖާއަށް ސަޕޯޓް ކުރުމުގެ ގޮތުން ފޯރިއާއެކީ އެކުއްޖެއްގެ ނަން ކިޔެމުން ދިޔައީ ވެސް އިޚްތިޔާރުން ބޭރުގައެވެ. އެއްކުއްޖަކަށް ގޯލެއް ޖެހި އަނެއްކުއްޖާއަށް ނުޖެހުމުން ބަލިވާ ކުއްޖާއަށް ވެސް މަލާކަށް ހިތްވަރު ދެވެމުން ދިޔައެވެ. އެއްވެސް މީހަކު އުއްމީދު ގެއްލި ދެރަވެފައިވާތަން ފެނި، ޙާލަތް ބަދަލުކުރުމަށް ކަމެއް ނުކުރުމަކީ އޭނައަށް ދަތި ކަމަކަށްވާތީވެއެވެ.

 

މަލާކް އެތަނަށް އައިތާ މިނެޓްތަކެއް ފަހުން ރިފާއުގެ މަންމަ އެތަނަށް އައިސް ދެކުދިން ސައިބޯން އަންނާށޭ ބުނެލިއެވެ. ހަމަ އެވަގުތު ދެކުދިން ހިނިތުންވުންތަކާއެކީ މަލާކަށް އަލްވަދާޢު ކިޔުނީ މަލާކްގެ އެކުވެރިކަމުގެ ސަބަބުން އެހުރިހާ ނޭދެވޭ ވާހަކައެއްގެ މަތިން އެކުދިން ހަނދާން ނެތިފައިވި ފަދައަކުންނެވެ. އެކަމާމެދު ހިތްހަމަޖެހިފައިހުރެ އެކުދިން ދިޔަ މަންޒަރު މަލާކަށް ބަލަން އިނދެވުނީ ލުއި ހިނިތުންވުމެއްގައެވެ. ހަމަ އެވަގުތު އޭނަގެ މޫނަށް އަނދިރިވާން ފެށިހެން މަލާކަށް ހީވުމުން މަލާކަށް އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނެވެ. އެސްފިޔަ ޖެހިވަގުތު އޭނައަށް ދެލޯ ހުޅުވެމުން ދިޔައީ ވެސް އުދަގުލުންނެވެ. ފަހަކަށް އައިސް އަބަދުވެސް އޭނަގެ ލޮލުގައި ހުންނަ ނިންޖެއްގެ ސަބަބުންނެވެ. ބޮލަށް އެނބުރުން އަރަން ފެށި ވަގުތު މޫނަށް އަނދިރިވުމުން މަންމަ ބުނިހެން ގޮނޑިއަށް ލެނގިލަން އޭނަ ހަނދާން ނެތުނެވެ. ކަން ދިމާ ކުރި ގޮތުން މެޗުގެ ފޯރީގައި އޭނައަށް ހުރެވުނީ ވެސް ފުދޭވަރަކަށް ކުރިއަށް ޖެހިލާފައެވެ. ނަތީޖާއެއްގެ ގޮތުން މޫނަށް މުޅިން އަނދިރިވެ މަލާކްގެ ދެލޯ މެރުނު ވަގުތު އޭނަ ބިންމައްޗަށް ބަންޑުން ވެއްޓެން ދިޔައެވެ. ހަމަ އެހިނދު ދުރުގައި މަންޒަރު ބަލަން ރުކަކަށް ލެނގިގެން ހުރި ޒުވާނާ ސީދާވެލަމުން އެދިމާލަށް ދާން ފެށިއެވެ. އެ ޒުވާނާ ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގެ ބައްޓަން ފެންނަމުން ދިޔައެވެ. ކަނދުރައާއި ހަމައަށް ދިގުކުރެވިފައިވި އިސްތަށިގަނޑުގައި ތެތްކަމެއް އެކުލެވިގެންވިއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ގޮތުން އޭނަ ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާއަށް އަނިޔާއެއް ލިބިދިޔަ ނުދޭނެކަން އެނގެއެވެ.

 

ކަންވީވެސް އެހެންނެވެ. މަލާކްގެ ކަކޫ މަޑުމަޑުން ގޮސް ބިންމަތީގައި ޖެހުނު ވަގުތު ބާރުގަދަ ދެއަތުން އޭނަގެ ތުނި ހަށިގަނޑު ވަށާލެވިގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މަލާކަށް ދެލޯ މަރައިގެން އޮވެވުނީ ތަނަވަސް މޭމައްޗެއްގައި ބޯއަޅައިގެންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކަފުން ވެވިފާ…05

Next

ބުނެދޭށޭ ރުހެމޭ 72

Next
August 31, 2019

ބުނެދޭށޭ ރުހެމޭ 72

Previews
August 31, 2019

ކަފުން ވެވިފާ…05

33 Comments!

  1. Sifam says:
    August 31, 2019 at 11:19 pm

    Nice story

    1. Jana says:
      September 1, 2019 at 9:41 am

      Alhamdhulillah! (All praise and thanks belong to Allah) ?

  2. IsHa IsHa says:
    August 31, 2019 at 11:20 pm

    V. REETHI

    1. Jana says:
      September 1, 2019 at 9:42 am

      Alhamdhulillah! ?

  3. Shaako❤️ says:
    August 31, 2019 at 11:31 pm

    Mee first dhw Varah reethi mi bai????? so when the next part??

    1. Jana says:
      September 1, 2019 at 9:43 am

      Shaako third ey mifaharu. ? next part wednesday ga In Sha Allah. Alhamdhulillah! ?

  4. Shahu says:
    September 1, 2019 at 6:35 am

    Woooooww. Masha Allah ❤️ ❤️ ❤️ varah salhi. Varah curious. Eii kaakubaa?. Waiting for the next part ?..

    1. Jana says:
      September 1, 2019 at 9:45 am

      Shahu ah heevany ey kaakuhen? ? balamaa dho dhen oiy bain In Sha Allah. Dhen oiy bai wednesday ga In Sha Allah. Alhamdhulillah! ?

  5. jiji says:
    September 1, 2019 at 7:08 am

    Wow v v v rythi mi bai vx..ma sha allah..
    Ayaaz aee kahneyge dhw ey..So curious?..waiting for the next <3?

    1. Jana says:
      September 1, 2019 at 9:47 am

      Ayaaz hen heevany dho balaa belumah. Ekamaku eyna e rashah annaany keehkuranba? Balamaa dho next wednesday ga In Sha Allah ?

  6. Eemyaa says:
    September 1, 2019 at 10:20 am

    Ma Sha Allah..❤❤❤ thafaath reethi vaahaka eh… malaaaaakkkk ???

    1. jiji says:
      September 1, 2019 at 10:42 am

      Hey sis..whn will ur another story be uploded..u r the author of” yaru mivany loibbey hagygy ” right dear

    2. Jana says:
      September 3, 2019 at 10:18 pm

      Alhamdhulillah! 🙂 <3

  7. Eenash says:
    September 1, 2019 at 11:30 am

    Ok. Now im curious, btw plx malsak ayaaz noon meehaka nugulhuvahchey.. plx?

    1. Jana says:
      September 3, 2019 at 10:19 pm

      YES! Eenash curious vejjeyya jana kaamiyaabu vejje kamah dheken 😀 hehe….dhen balamaa dho malaak gulheyny kaakaa kan 😛 Alhamdhulillah! 🙂

  8. ?Shifna? says:
    September 1, 2019 at 1:20 pm

    Masha allah. Vrh reethi mi part vx. Kaaku asluga e a ee. Ayaaz thr?? Can’t wait to c. When next?? Curiously waiting 4 next part….

    1. ?Shifna? says:
      September 1, 2019 at 1:21 pm

      May allah bless u sis.

    2. Jana says:
      September 3, 2019 at 10:20 pm

      hingaa balamaa ey Ayaaz tho noon tho maadhamaa dho In Sha Allah. Next part upvaany maadhan haveeru 5 hikah haairu In Sha Allah 🙂

  9. Axee ? says:
    September 1, 2019 at 8:29 pm

    Masha Allah varah reethi mi vaahaka vx adhi kureege vaahaka thakugai varah ginain(ސަޅި) milafzu beynunkoh fa hurikan faahaga vey ehen vma mibahuge maana balilumakee alhuganduge varah Bodu edhumekeve. Sababakee mibas beynunkuraa ginameehunah mibahuge aslu maana neyngi mibas beynun kurevey than fennaathee mihenvma bunanbeynun vaagoeh noon ehen gothakah maana badhalvey ???????????????????????????
    and thikura masehkathah hama saabas bhey haavey

    1. Jana says:
      September 3, 2019 at 10:22 pm

      Ma Sha Allah…varah ufaavejje Axee bunedhineema 😀 Aslu engeytha Axee, jana e bas vaahakaiga beynun koffa e hunnany Addu bahun beynun kuraa gothah. Addu bahun ‘salhi’ beynun kureveyne misaalakah reethi gothakashey bunan ves. salhi gothekey bunevidhaane varah casual koh. ekamaku jana ves mihaaru basfoiy beleema mi enguny Male’ bahuga kudakoh thafaathukan. Jazaakillah Khairan bunedhin kamattakai 😀 Alhamdhulillah! <3 <3 <3 <3 <3

  10. Shahoo says:
    September 1, 2019 at 9:12 pm

    Masha Allah?❤

    1. Jana says:
      September 3, 2019 at 10:23 pm

      <3 😀

  11. Haho says:
    September 2, 2019 at 1:44 am

    މާށާﷲ ވަރައްވަރައްސަޅި

    1. Jana says:
      September 3, 2019 at 10:24 pm

      އަލްޙަމްދުލި ﷲ! 🙂

  12. Kiyaa says:
    September 2, 2019 at 6:11 am

    ????????????????????????Yeyy ayaaz aee… curiously waiting for next part ????????????????????????

    1. Jana says:
      September 3, 2019 at 10:26 pm

      Ayaaz tha ey anekka kiyaa? baeh kiyuntherinnah eba shakku kurevey. hehe…hinga dho balaalan maadhama In Sha Allah 😀 <3 <3 <3 <3 <3 <3

  13. Unique says:
    September 2, 2019 at 6:40 am

    Maasha allah sissy
    Its soo nice emotional plus malaakge bravery mi vaahakain varah reethikoh dheyha kohdhey hama awesome vaahakaeh miee
    Masha allah

    1. Jana says:
      September 3, 2019 at 10:33 pm

      Malaak ge bravery dho? hama asluves jana dhakkuvaidheyn beynunvi ekkan ey. varah gina meehunnah heeva kahala kiriyaaves khaassa ehy ah beynunvejjenama emeehaku ulhen jeheyny ehen meehunnah baroasa vegenney. vakin khaassakoh anhen kujjeh nama e haalathuga meehun kanboduvaane e kujjegge kaivenya medhu. ekamaku eavvure bodah muhimmy eygein komme kujjakahves amilla hunaruthah hoadhumuge furusathu hoadhaidhinun kanneynge dho Unique. ekan varah bodah dhakkaidheyn beynun jana. khaassa ehy ah beynunvaa kujjegge nazariyyathu 🙂 Alhamdhulillah! <3 efadha kujjeh engey kiyuntherieh huriyya mi vaahaka hissa kollun jana edhen. vakin khaassakoh cerebral palsy aa eky ulhemundhaa kujjaku engenya ves hissa kollun edhen In Sha Allah. mi vaahakain ekudhinnah v bodu ehee eh libigen dhaane gothah jana mi vaahaka faruma koffa hury 🙂

  14. Jasmine says:
    September 2, 2019 at 1:13 pm

    Wow this part is also amazing. Masha allah.And very curious to read the next part

    1. Jana says:
      September 3, 2019 at 10:34 pm

      Alhamdhulillah! 😀 Next part maadhamaa haveeru In Sha Allah 🙂

  15. Alhugan'du says:
    September 2, 2019 at 11:35 pm

    Jana ge English vaahakaige aa ep. up vaany kon irakun

    1. Jana says:
      September 3, 2019 at 10:35 pm

      English vaahakaige next chapter maadhamaa rey upvaane In Sha Allah. e chapter thah lasvy kuda kameh dhimaaveema. In Sha Allah kuriah oiythaanga gavaaidhun up kureveytho balaanan 🙂

  16. Thoo says:
    December 24, 2019 at 9:42 pm

    Jazakillah khairan ♥️ everytime i read ur stories it motivates me to be on the right path.. alhamdhulillah ♥️ May Allah bless and increase your knowledge and reward u for doing these amazing things ?

Comments are closed.

Next Episodeވަޢުދު (އަށްވަނަ ބައި)←


All Right Reserved!