މަޔާންގެ ކޮޅަށް ކުޅިފަސް ލިބެމުންދިޔަނަމަވެސް ނާކާމިޔާބު ޤަބޫލުކޮށް ކުޅިބައި ދޫކޮށްލުމުގެ ވިސްނުމެއް ރާސިލްނުގެންގުޅުނެވެ. އޭނައަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި ގޮނޑިން ތެދުވީ މަޔާންއާއި ދެކޮޅަށް ބިންދާލާނޭ ވާހަކަތަކެއް ސިކުނޑިއަށް އެއްކޮށްލައިގެން ހުރެއެވެ. ގޮނޑިން ތެދުވެ މޭޒުމަތީ އިން މައިކާއި ގާތަށް ލެފިލިވަގުތު އަލްހާން ރާސިލްގެ އަތުގައި ހިފެހެއްޓިއެވެ. ރާސިލް ވަގުތުން މޫނު އަނބުރާބަލާލިއިރު އަލްހާން ކޮށްލި އިޝާރާތާއިއެކު އެމޫނުގެ ކުލަ ވަގުތުން ބަދަލުވެގެންދިޔައެވެ. ދެލޯބޮޑުކޮށްލަމުން ބަލާލެވުނީ އަލްހާންގެ އެ އަމަލުން އެބުނަން އުޅޭ އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ.
ދެވަނަ ފަހަރަށްވެސް އަލްހާން ބޯހޫރާލިއެވެ. އޭރުން އެލޮލަށް ކަރުނަތައް ޖަމާވަމުންދިޔައެވެ. އަމިއްލަ އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއްނެތި ކުރިކުށަށް އެއްބަސްނުވެ އޭނަ އުޅޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އޭނަ ދެކޮޅު ހެދިޔަސް އެއީ ނުވާކަމަކަށް އޭނަ ނުކުރާކަމަކަށްވެދާނެ ހެއްޔެވެ؟ މީހަކަށް ނޭނގި ސިއްރުވެފައި އޮތަސް ވެރިއިލާހަށް ސިއްރުކުރެވިދާނެހެއްޔެވެ؟ އެހެންނޫނަސް ކުށަށް އެއްބަސްނުވެ ހުރެގެން ހިތަށް ހަމަޖެހުމެއް ލިބޭނީީކީ ނޫނެވެ. ޖަލުގެ ހަތަރުފާރުގެ ތެރޭގައި ވަގުތު ހޭދަކުރަން ފެށުނުފަހުން އަޒްހާންއާއިމެދު އޭނައަށް ނުވިސްނޭ އެންމެ ހިނދުކޮޅެއް ނުދެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކޮންމެ ރެއަކު ހުވަފެނުގައި އަޒްހާން އޭނައާއި ބައްދަލުކުރެއެވެ. ހުދު ފޭރާމުގައި އިސްޖަހާލައިގެން ބަހެއްނުބުނެ ހުރެ ބޭބެ ކުރިމަތީ ހުރެގެން އެ ކޮއްކޮ އެދޭގޮތް އަންގައިނުދޭ އެންމެ ރެއެއްވެސް ނުދެއެެވެ.
ރާސިލްއަށް އިތުރު ހަރަކާތެއްކޮށްނުލެވެނީސް އަލްހާން ގޮނޑިން ތެދުވިއެވެ. އެއާއިއެކު އެންމެންނަށް އަލްހާންއާއި ދިމާލަށް ބަލާލެވުނީ އަލްހާން ކުރަން އުޅޭކަމެއް ނުވިސްނިފައި ތިބެވެ. އަލްހާން ނަޒަރު ޝާދީންގެ މޫނަށް ހުއްޓުނުވަގުތުކޮޅު ކަރުނައިގެ ތެރެއިންވެސް ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. އޭނަ ކުރަން މިއުޅޭ ކަންތަކުން އެ ދަރިފުޅުގެ ހިތަށް ތަސައްލީއެއް ލިބިއްޖެނަމަ ދެން ވެދާނެ އެއްވެސް ކަމަކަށް އޭނަގެ ފަރުވާލެއްނެތެވެ. އެއީ މިދުނިޔޭގައިވާ އޭނަގެ ކުޑަކުޑަ ފުރާނައެވެ. އޭނައާއިނުލާވެސް އެ ދަރިފުޅުގެ ވަށައިގެން އުފާވެރިކަންވުމަށް އޭނަ އެދެއެވެ.
“އިއްޒަތްތެރި ޣާޒީ އަޅުގަނޑު ކުށަށް އިއުތިރާފުވަން…” އެ ޖުމްލަތަކާއިއެކު އެތަށް ލޮލެއްގެ ނަޒަރު އަލްހާންގެ މޫނަށް ހުއްޓުނެވެ. މަޔާންގެ ކަންފަތަށް އިވުނު ބަސްތައް ޤަބޫލުކުރަން ދަތިވިއެވެ. އަލްހާން ދުވަހުގެ ކޮޅުންވެސް ކުށަށް އެއްބަސްވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އޭރު ރާސިލް ހިތްހަމަނުޖެހިފައި އިނދެ އޭނަގެ އަތުގައި ހުރި ލިޔެކިޔުންތައް ބަންދުކޮށްލައިފިއެވެ. އިތުރަށް މި މައްސަލައާއިގެން ކުރިއަށް ދިޔުމުގެ ބޭނުމެއްނެތެވެ.
ހައިޒަލްއާއި ނައިނާއާއިދެމެދު ހައިރާންކަމުގެ ނަޒަރެއް ބަދަލުކުރެވުނެވެ. ޝާދީންގެ ލޮލަށް ބޮޑިވެގަތް ކަރުނަތަކާއިއެކު އަލްހާންގެ އަމަލާއިމެދު ހިތްހަމަޖެހުނުކަމަށް މޫނުގެ ކުލަތައް ހެކިވިއެވެ.
ޣާޒީގެ ސުވާލާއިއެކު އަލްހާން ދެވަނަ ފަހަރަށްވެސް އެބަސްތައް ތަކުރާރުކުރިއެވެ. އޭނައަށް ކުރިމަތިވި ސުވާލުތަކަށް ޖަވާބުދިނެވެ.
“އަޅުގަނޑާއިއެކު މިކުށުގައި ބައިވެރިވި ދެފަރާތެއް އެބަވޭ… އަޅުގަނޑު އެދެން އެދެފަރާތުގެ އަރިހުން ކުށަށް އިއުތިރާފުވުމަށް…” ޣާޒީގެ ފަރާތުން ހުއްދަ ނަގައިގެން އަލްހާން އޭނަގެ ވާހަކައަށް އިތުރުކޮށްލި ވާހަކަކޮޅަށް އެންމެންގެ ސަމާލުކަން ދަމައިގަތެވެ. މަޔާންއަށްވެސް ބަލާލެވުނެވެ. އޭނައަށް އިނގިފައިވާ ގޮތުން އެކަމުގައި ބައިވެރިވެފައިވަނީ ދެފަރާތެކެވެ. ވީއިރު ތިންވަނަ ފަރާތަކީ ކޮބައިބާވައެވެ؟
*** *** *** *** *** ***
އައްމާރަށް މަސައްކަތްކޮށްދޭ ރިޔާޒު އެންމެ ހޫނުކަމާއިއެކު ގެނެސްދިން ހަބަރު އަޑުއަހަން ހުރެފައި ހަށިގަނޑަށް ވެރިވި ރުޅިގަނޑު މައިތިރިނުކުރެވިފައި ހުރެ މޭޒުމަތީގައި ހުރިހާ އެއްޗެއް އަތުކޮޅަށް ހޫރާލީއެވެ. މޭޒުމަތީ އިން ނޭމް ޕްލޭޓްއިން ޖަހާ އޮމާން މޭޒުގައި ކޫރުން އަޅުވާލިއެވެ. އޭނަގެ އަތްފޯރާ ހިސާބުގައި ހުރި ކަރުދާސްތައް ވިދާ ކުދިކުދިކޮށްލިއެވެ. އެވަރުންވެސް ރުޅި މައިތިރިނުވިއިރު އިސްތަށިގަނޑުގެ ތެރެެއަށް އަތްމަހާލިގޮތަށް އައްމާރު ހަޅޭލަވައިގަތެވެ.
“އުނދަގުލެއްނު… އަމިއްލައަށް ބެނދިގެންދަމުން އެހެން މީހުން ބައިތިއްބާފައިދާން އެ ބޯގަނޑަށް ނޭނގުނީތަ؟ އަނެއްކާ އަނެއް މުސީބާތެއްނު މިޖެހުނީ…” އައްމާރު މޭޒުގައި އަތްވިއްދާލައިގެން ހުރިއިރު މޫނުން ފެނުނީ ކަމަކާއި ވިސްނާފަދަ ކުލަވަރެކެވެ. މާބްލްސްމަތީ ފުޑުވެފައި އޮތް ފޯނަށް ބަލާލަމުން އޭނަ ޗޮސް ކަނޑާލިއެވެ.
“ޒާއިން… ގުޅާ އިޝާރަށް… ބުނޭ އަހަރެން ބައްދަލުކުރަން ބޭނުމޭ…” އިޝާރު އަމުރުކުރިއެވެ. އޭނަ ކޯޓް ރަނގަޅުކުރަމުން މޭޒު ވަށާލައިފައި ކެބިންއިން ނިކުތެވެ.
އަމިއްލަ ހަލާކަށް އިންތިޒާރުކުރުމަކީ އޭނަ ކުރާނެކަމެއްނޫނެވެ. ސަލާމަތްވެވެން އޮތްގޮތަކުން އޭނަ ސަލާމަތްހޯދައިގަންނާނެއެވެ. ޖަލުގެ ތޭރިތަކުގެ ފަހަތަށްދާންދެން އަތްއުރާލައިގެން މަންޒަރު ދެކޭކަށް އޭނަ ނުހުންނާނެއެވެ. ބަލި ގަބޫލުކުރުމަކީ އޭނަ ދަންނަ ބަހެއްނޫނެވެ. ހާއްސަކޮށް އޭނަގެ ގަދަރުވެރި ސަހްސިއްޔަތާއިއެކު ކުރާނޭ ކަމެއްނޫނެވެ.
*** *** *** *** *** ***
ދުނިޔެމައްޗަށް ނިވާއެޅިވިލާގަނޑުން ވާރޭ އޮއްސާލުމުގެ ކުރިން މަގުތަކުގައި ހަރަކާތްތެރިވަމުންދިޔަ މީހުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ގޮސް އަވަދިވިއެވެ. އެތައް އިރަކު އިންޒާރު ދިނުމަށްފަހު ބާރުވަޔާއިއެކު ވާރޭ އޮއްސާލިއިރު ފަޅުވެފައިވާ ބީޗްގެ ހިލަ ގޮނޑިއެއްގައި ޝާދީން އިނީ ހަރަކާތެއް ނެތިފައެވެ. ވާރޭއާއި ހިޔާވާން އެކިދިމާލަށް މީހުން ދަމުން ގޮސް މުޅި ބީޗްއެކީހެން ފަޅުވެގެންދިޔައިރު ވާރެެއާއި ހިޔާވުމުގެ އެއްވެސް ހިޔާލެއް ޝާދީންގެއެއް ނެތެވެ. ވާރޭތިކިތައް އެ ހަންގަނޑުގައި ބޮސްދެމުން ނާރުތަކުގައި ފިނިކަން ހިލުވަމުންދިޔައިރު ޝާދީން އިނީ އެއްވެސް ކަމެއް އިހުސާސްވާފަދަ ހާލަތެއްގައެއްނޫނެވެ. ހޮޅިލައި ބިންދަމުންދިޔަ ރާޅުތަކަށް ބަލަހައްޓައިގެން އިންއިރު އެލޮލުގައިވީ ހާސް ހިތާމައެެވެ. ވާރޭތިކިތަކާއި ކަރުނަތައް އެކުވަމުންދިޔައިރު ތުންފަތުގައި ދަތްއަޅާލައިގެން އިނދެ ޝާދީން ނުރޯން ހިތްވަރުކުރިއެވެ. އެންމެފަހުން އޭނަގެ ހުރިހާ ހިތްވަރެއް ނެތިގެންދިޔައިރު ދެއަތުގެ ތެރޭ މޫނު ފޮރުވާލަމުން ޝާދީން ރޮއެގަތެވެ. އިރުކޮޅެއްވަންދެން ހިތް ފުރެދެން ރޮއެފައި ޝާދީން ނޭފަތް އެތެރެއަށްދަމާލިއެވެ.
“ލީވް…” ވާރޭ ތުނިކޮށްލި ވަގުތު ޝާދީންއާއި ކައިރިވަމުން އައި ފިޔަވަޅުތަކުގެ އަޑު އިވިފައި ޝާދީން އެ އިންގޮތަށް އިނދެފައި އިއްވާލިއެވެ. ފިޔަވަޅުތަކުގެ އަޑުން އެކަނިވެސް އެއީ ކާކުކަން ޝާދީން ދެނެގަތީއެވެ. އިރުކޮޅެެެއްވަންދެން ރޮއެރޮއެފައި އިނދެފައި ޝާދީން އިސްއުފުލާ ބަލާލީ ރުޅިވެރިކަމާއި އެކުގައެވެ. އޭރު ޔަޒްދާން ހުރީ އޭނަ ހުއްޓިލި ހިސާބުގައި ހުއްޓުނުގޮތަށް ޝާދީންއަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ޝަވާ…” ދެހިޔާލެއްގައި ހުރެފައި ޝާދީންއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން ޔަޒްދާން ގޮވާލިއިރު ޝާދީން އަނެއްފަރާތަށް އެނބުރިލިއެވެ. އެހާދުވަސްފަހުން ޔަޒްދާން އެހެން ގޮވާލުމުން ހިތަށްވީ އެންމެ ކުރިންވެސް ވީގޮތެވެ.
“މިތަނުން ދޭ… އަހަރެން ޔަޒްދާންގެ ހަމްދަރުދީއެއް ބޭނުމެއްނޫން…” ޝާދީން އެއްވެސް އަސަރެއްނެތްގޮތަކަށް ބުނެލަމުން ބެންޗްއިން ތެދުވެ ދުރަށް ހިނގައިގަތްއިރު ޔަޒްދާން އޭނަގެ އުޅަބުއްޓާއި ހިސާބުގައި ހިފަހައްޓާލިއެވެ. ޝާދީންއަށް ހަރަކާތެއް ނުގެނެވެނިސް އެ ހިމަ އަތުގައި އިނގިލިތައް ހިންގާލަމުން ޔަޒްދާންގެ ދިގު އިނގިލިތައް ޝާދީންގެ އިނގިލިތަކުގެ ތެރެއަށް މަހާލީއެވެ.
“މިބޯވާރޭތެރެއަށް ޝަވާ ދޫކޮށްލައިފައި ދާހާ ހިތްހަރުމީހެއްނޫނޭ އަހަންނަކީ… ޕްލީޒް.. އަހަރެން ކުރިމަތީ ހިތާމަތައް ނުފޮރުވާ އަހަންނާއި ހިއްސާކޮށްބަލަ… ތިލޮލުން ކަރުނަ ދެކުމަކީ އަހަންނަށް ކެތްވާރުކަމެއް ނޫނޭ…” ޔަޒްދާންގެ އަޑުގައި އެކުލެވިގެންދިޔަ ވޭނަކުން އެއަޑުގައިވީ އަސަރު އިތުރުކުރުވިއެވެ.
“ކީއްވެ މިއަދު އަހަރެންގެ ކަރުނަތައް ދެކެން ޔަޒްދާންއަށް ކެތްނުވީ… އެދުވަހު ރަހުމެއްނެތި އަހަރެން ދޫކޮށްލައިފައިދިޔައިރުވެސް އަހަރެން ރުއީމޭ… ޔަޒްދާންއަށް އަސަރެއްކުރިތަ؟ އެދުވަހު ތިހިލަ ހިތަށް ނުކުރި އަސަރެއް މިއަދު ކުރަންޖެހޭ ސަބަބެއް އެބައޮތްތަ؟” ޔަޒްދާންގެ އަތުތެރޭގައި އޮތް އޭނާގެ އަތްތިލަ ވަކިކޮށްލަމުން ޝާދީން ބުނެލިއިރު ރުޅިއާއި ހިތާމަ އެކުވެގެން އުފެދުނު ބާރުގަދަ ޖަޒްބާތުން ޔަޒްދާންގެ ހިތުގައިވެސް ފާރުތައް ލައްވާލިއެވެ.
“ޝަވާ… ޕްލީޒް… އަހަރެން އެދުވަހު އެގޮތަށް ކަންތައްކުރީ ޝަވާއަށް ރަނގަޅަކަށޭ… ޝަވާގެ އުފަލަށް… ޝަވާދެކެ ލޯބިވާތީ….” ޔަޒްދާން ޝާދީންގެ ކޮނޑުގައި ހިފައި އޭނައާއި ދިމާލަށް އަނބުރާލިއިރު އެދެލޮލުން ފެނުނީ ތަފާތު ކުލަވަރެކެވެ. ޝާދީންގެ ލޮލުގައި ވިދަމުންދިޔަ ކޮންމެ ކަރުނަތިއްކަކާއިއެކު އެ ފުންލޮލަށްވެސް ކަރުނަ ޖަމާވަމުންދިޔައެވެ.
“މިހުރިހާ އަހަރެއްވަންދެން އަހަރެން ކުރި ހިތާމައާއި… ހިތުގައި އެޅި ވޭންތައް ޔަޒްދާންއަށް އިހުސާސްކުރެވިދާނެތަ؟ އަހަރެން އިހުސާސްކުރި ވޭނާއި ރިހުން… ޔަޒްދާންގެ ނަޒަރުގައި އުފަލަކީ އެއީތަ؟ ލޯތްބަކީ ހިތުގައި ޖައްސާ ރޮއްވުންތަ؟ ޕްލީޒް… ތިގޮތަށް އެއްވެސް މީހަކު އަހަރެން ދެެކެ ލޯބިނުވެބަލަ… އަހަރެން….” ޝާދީން ވާހަކަދައްކަމުންދިޔައިރު އެ ލޮލުގައި ވިދަމުންދިޔަ ކަރުނަތަކުން ހިތަށް އަސަރުކޮށްފައިވާކަން ހާމަވިއެވެ. ޝާދީންގެ ވާހަކަދައްކަނިކޮށް ޔަޒްދާން ޝާދީންގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން އެ ޖުމްލަތައް މެދުކަނޑާލިއެވެ.
“ޝަވާ ބޭނުންވަރަކަށް އަހަރެން ކުށްވެެރިކުރޭ… އަހަންނަކީ ޝަވާގެ ކުށްވެރިއެއް… އެކަމަކު އަހަރެން ޝަވާދެކެވީ ލޯތްބާއިމެދު ޝައްކުނުކުރޭ…. މިވީ ހަތަރު އަހަރުދުވަހުގެ ތެރޭ ޝަވާ މިހިތާއި ވަކިވި އެންމެ ހިނދުކޮޅެއްވެސް ނާނދެ… އަމިއްލަ ހިތްމަތީ ގާގަނޑެއް ބާއްވައިގެން އަހަރެން ކެތްކުރިވަރު އިންސާނަކަށް ނޭނގޭނެ….” ޔަޒްދާން ޝާދީންގެ އަތުގައި ހިފާލިގޮތަށް ގެނެސް މެޔާލައި ބޮޑިކޮށްލިއެވެ. އެ ހިތުގައި ރައްކާކުރެވިފައިވާ ކޮންމެ ލަފްޒަކަށް ދިރުންލިބި ދުލުން ބޭރުވަމުންދިޔައީ ޔަޒްދާންގެ އަމިއްލަ އިޙްތިޔާރަކާއިނުލައެވެ. ޝާދީންގެ ކަރުނަތައް އޭނަގެ ދުލުގައި ފުރާނަ އެޅުވިފަދައެވެ.
“މިހަތަރު އަހަރު އަހަރެން ދިރިހުރިތޯވެސް އުޅުނު ހާލެއްވެސް ޔަޒްދާން ބަލާލިންތަ؟ އަހަރެން މަތިން މުޅިންހެން ހަނދާންނައްތާލީ… އެހެން އަންހެންކުއްޖެއް ދިރިއުޅުމަށް ގެނައީ… މިއަދު އަހަރެން ފެނުނީމަ ލޯބިވެގެން އުޅެގަންނަންވީ… ޔަޒްދާން އަހަރެން ދޫކޮށްލީ އަހަންނަކީ އަލްހާންގެ ދަރިއަކަށްވީތީ… ވީއިރު މިއަދު ތިޔައައީ ކީއްކުރަން އަހަންނަކީ އަދިވެސް އަލްހާންގެ ދަރިފުޅު…” އިރުކޮޅެއްވަންދެން ޔަޒްދާންގެ އަތުގެ ތެރޭ ރޮއެރޮއެ ހުރެފައު ޝާދީން ދުރުވެލިއިރު އެ ދެލޮލުން ފެނުނީ ރިހުމެވެ. ޔަޒްދާން ކަންތައްކުރިގޮތުން އޭނަގެ ހިތަށް ކުރި އަސަރު ޔަޒްދާންފަދަ އަނިޔާވެރިއަކަށް ނޭނގޭނެއެވެ. ޔަޒްދާން އިސްޖަހާލިއެވެ. އެއީ މާޒީގައި އޭނަ ޝާދީންއާއި ދިމާލަށް ބުނެލި ބަސްތަކެކެވެ. އެއީ ޝާދީން އެހަޔާތުން ދުރަށްލާން އޭނަ ހޯދި ބަހަނާއެއްކަން ޝާދީންއަށް އިނގޭނަމައެވެ. އޭނަގެ ހިތް ޝާދީންގެ ކުރިމަތީ ފުރަތަމަ ފަހަރަށް ހުޅުވާލިއިރުވެސް ޝާދީންގެ އެއްވެސްކަމެއް އޭނައަށް ސިއްރުވެފައެއް ނެތެވެ.
“މިއަދު އަހަރެން ޔަޒްދާންގެ އެހީއެއް ބޭނުމެއްނޫން… މިވީ ހަތަރުއަހަރުދުވަހުގެ ތެރޭގައި ޔަޒްދާންއާއި ނުލާ އުޅެން އަހަރެން ދަސްކޮށްފީން… ކުރިންވެސް އަހަރެން އުޅުނުގޮތަށް އުޅުނަދީ…” ޝާދީންގެ ހަށިގަނޑު ވަށާލެވިފައިވާ ދެއަތް ނައްޓުވާލަމުން ޝާދީން ފަހަަތަށް ފިޔަވަޅެއް އަޅާލިއެވެ. ބޮޑު ކަރުނަތިކިތަކުން ލޯ ބަރާވެގެންދިޔަވެގެންދިޔައިރު ޔަޒްދާންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ޝާދީން ދުރަށް ދުއްވައިގަތެވެ.
“ޝަވާ…” ޝާދީން ފަސްދީ ދަނިކޮށް ޔަޒްދާންއަށް ގޮވާލެވުނެވެ. ޝާދީން ހުއްޓުވަން ބޭނުންވެފައިހުރެ ޝާދީންއާއި ދިމާލަށް އަތްދިއްކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ކަރުއެލުވާލަމުން ޖީބަށް އަތްތިލަ ޖަހާލިއެވެ. ޔަޒްދާންގެ އަޑަށް އިޖާބަދިނުމެއްނެތި ކުރިއަށްދިޔައިރު ޝާދީންއަށް އޭނަގެ ހިތް ފަޅިފަޅިވަމުންދާ ފަދަ އިހުސާސެއް ކުރެވުނެވެ. އޭނަގެ ސިކުނޑިއަށް މާޒީގެ ހިޔާ އެޅުނު ވަގުތުކޮޅެކެވެ.
ޔަޒްދާން ހުދު ދޮންވެލިގަނޑުގައި ޝާދީން ދުވެފައިގޮސް ނިވާވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު އެތާގައި ހުރި ގަހުގައި ބޯ ޖެއްސިއެވެ. ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. އޭނަގެ މޭގައި ރިހުމެއް އުފެދިގެންއައެވެ. މާޒީގެ ރިހުންތައް އޭނަގެ ހިތުގައި ފާރުކޮޅުތައް އިތުރަށް ބޮޑުކޮށްލައިފިއެވެ. އެ ހަނދާންތައް އޭނަގެ އަމިއްލަ ނަފްސު އެހާބޮޑަށް ބަލިކަށިވިދުވަހެއް އަދި މިނޫނީ ނާދެއެވެ. މިއަދު މާޒީ އެހެންސިފައެއްގައި އޭނައާއި ބައްދަލުކޮށް އޭނަގެ ހިތުގެ ހާލަތު ޝާދީންގެ ކުރިމަތީ ބޭޒާރުކޮށްލައިފިއެވެ. އެތައް ދުވަހެއްވަންދެން އޭނަގެ އަމުރުތަކަަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމަށްފަހު އޭނަގެ ހިތްވެސް އޭނަގެ އަތްދަށުން ވީއްލިގެންދިޔައީއެވެ.
ޖައްވު ހަލަބޮލިކުރަމުންދިޔަ ވައިރޯޅިތަކާއި އޭނަގެ ހިތުގެ އާޙްތައް ހަވާލުކުރަމުން ޔަޒްދާން ޝާދީން ނިވާވެގެންދިޔަތަން ބަލަންހުރުމަށް ޝާދީން ދިޔަދިމާނޫން އެހެންދިމާލަކަށް ހިނގައިގަތެވެ. ރާޅުތަކާއި އޭނަގެ ފިޔަވަޅުތައް ހަވާލުކުރަމުން އޮއްސެމުންދިޔަ އިރާއި ދިމާލަށް ދިޔައިރު ޔަޒްދާންގެ ހިޔާލުގެ ލޯގަނޑަށް ދުވަސްތަކެއް އަރާފޭބިއެވެ. އޭރު ތަރުތީބެއްނެތި ބިމަށް ފައިބަމުންދިޔަ ވާރޭ ތިކިތައް އޭނަގެ ހަނދާނުގެ ކޮންމެ ސަފްހާއެއްގެ ކުލަ ގަދަކޮށްލަދިނެވެ. އެދުވަހުވެސް އެއީ ވިއްސާރަ ދުވަހެކެވެ. އެއް މަންޒިލެކެވެ. ތަފާތުވީ މަންޒަރާއި ވަގުތެވެ. ހާލަތެވެ.
*** *** *** *** ***
ހެނދުނުއްސުރެ ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދަމުން އައިސްފައި ވިލާތަކަށް އޮބިނޯވިގެން ވާރޭ އޮއްސައިގަތީ މެންދުރުވީފަހުންނެވެ. ހެނދުނުއްސުރެ ފިނިރޯޅިތައް ޖެހިޖެހިފައި އޮވެފައި ވާރޭވެހެންފެށުމުން ފަޒާގައި ހިފާލީ ކަށިތައް ފޫއަޅުވާލާހާ ފިނިކަމެކެވެ. ބާރުގެ ވަޔާއިއެކު އެކިދިމަދިމާލަށް ވާރޭތިކިތައް ވިއްސަމުންދިޔައިރު ދޭތެރެއަކުން އަންނަ ގަދަ ވައިގައި ގަސްތައް ހެލިގަންނަ އަޑު ވާރޭގެ ބަރުހެލި އަޑުގެ ތެރެއަށް އޮބިގެންދެއެވެ.
ކޮލެޖްގެ ކްލާސްތައް ނިމޭ ގަނޑިއާއި ދިމާކޮށް އޮއްސާލީ ކެރިގަނޑުގެ ސަބަބުން ބޭރަށް ނުދެވި ކްލާސްތައް ނިންމާފައި ނިކުތްކުދިންތައް ނިކުންނަ ދޮރުދޮށަށް ޖަމާވަމުންދިޔައެވެ. އޭރު ވާރޭ ކުރިއަށްވުރެ ބޯކޮށްލައިފައިވާއިރު ދޮރުމަތީ ފެންކޯރު ދެމެމުންދިޔައެވެ. އުޑުމަތި ފޮރުވާލައިފައިވާ އަނދުން ކުލައިގެ ވިލާތަކުގެ މަތިމައްޗަށް ވިލާތައް އެއްވަމުންދިޔައިރު މިއިން އިރަކު ވާރޭ ހުއްޓާލާނެހެން ހިޔެއްނުވެއެވެ.
ޝަބްނަމް ތިކިތަކެއްފަދައިން މިނިވަންކަމާއިއެކު ފަޒާގައި ބުރުޖަހަމުންދިޔަ ވާރޭތިކީގެ ހަރަކާތްތައް ދެކެން ހުރެފައި ދޮރަށް ލެގިލައިގެން ހުރި އަންހެންކުއްޖާ ކުރިއަށް ފިޔަވަޅެއްއަޅާލަމުން ވާރޭ ތެރެއަށް އަތްދިއްކޮށްލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ވާރޭގެ ތިކިތައް އެ އޮމާން ހަންމަތީ ވިދަންފެށިއިރު ލޯމަރާލަމުން އެ ކުއްޖާ މޫނު އުފުލާލިއެވެ. ވާރޭގެ އެތަށް ހާސްތިކިތައް އެ މޫނުގައި ފިރުމަމުން އެ ތުނި ތުންފަތުގެ ތެރެއަށް ވަންނަމުންދިޔައިރު އެ ރީތި ހޫރެއްފަދަ ކުއްޖާއަށް އެތައް ޒުވާނުންގެ ދަހިވެތި ނަޒަރުތައް އަމާޒުވިއެވެ. އެތައް ފޯނެއްގެ ކެމެރާގެ އަމާޒަކަށް އެ މޫނުވިއެވެ. ފޯނުގެ ލައިޓްތައް މޫނަށް އެޅެން ފެށުމާއިއެކު އެ ކުއްޖާ ލޯހުޅުވާލަމުން ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ރުޅިވެރިގޮތަކަށް އެ ޒުވާނުންނާއި ދިމާލަށް ކަޅިއަޅާލުމާއިއެކު އެ މީހަކު ކުރަންތިބި ކަމަކާއި މަސްއޫލުވެއްޖެއެވެ.
އަތުގައި އޮތް ގަނޑިއަށް ނަޒަރެއްދެމުން އެ އަންހެންކުއްޖާ ވެހެމުންދިޔަ ވާރޭއަށް ފަރުވާލެއްނެތި މޭގައި ދަބަސް ޖައްސާލައިގެން ހުރެ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. މާދުރަށް ނުދެވެނީސް ކޯރުގެ ފެންގަނޑު ދެފަރާތަށް ބުުރުއްސަމުން ދުވެފައި އައި ޒުވާނަކު އެ އަންހެންކުއްޖާގެ އިސްތަށިގަނޑާއި ކުޅެލިއެވެ.
“ކިހާ ދެރަކަމެއް… މި ކައްޑަދެވިތައް…” ފަސްއެނބުރިބަލާލެވުނުއިރު ރުޅިވެރިކަމާއިއެކު ޝާދީން އަމުނާލަން ތައްޔާރުވި ޖުމްލަތައް އަރުތެރެއަަށް ހިނދިގެންދިޔައީ އޭނަގެ ކުރިމަތީން ފެނުނު ސޫރައަކުންނެވެ. ލާނެތްގޮތަކަށް ހެވިފައި ހުރެ އެޒުވާނާ ބަލާލިގޮތުން ޝާދީންއަށް އޭނަގެ ތުންފަތުގައި ދައެގަނެވުނެވެ.
“ސީރިއަސްލީ ކައްޑަދެވިއޭ… މިކުއްޖާ ކޮންތާކުން ދަސްކުރާހާ މޮޅެތި ބަސްތަކެއްތަ؟” ވާރެއިން ސަލާމަތްވާންވެގެން ބޯމަތީ ދަބަސް އަޅައިގެން ހުރެފައި އެންމެ ކައިރިއަށް ހުރި އަސްކަނިދޮށަށް ދެމިގަންނަމުން ޔަޒްދާން ވާހަކަދެއްކިއެވެ. އޭރު ދެންމެ ފެނުނު މަންޒަރަކުން އޭނައަށް ހުރެވުނީ ހިނިއައިސް އެއްކޮލަށް އަޑިއަޅުވާލައިގެންނެވެ. ފިރިހެންކުއްޖެއް ދެލޮލުން ޝާދީންއާއި ދިމާލަށް ބަލާލިޔަސް އެދެލޮލުން އެ ކުއްޖަކު ރޮލާކާލާނޭކަން އޭނަ ދަނެއެވެ. ރީތިކަން ހުސްކޮށްލައިގެން ހުއްޓަސް ވަރެއްގެ ރުޅިގަނޑެއް ދެއްވާފައި ހުންނަ އަންހެންކުއްޖެކެވެ.
“ދާން ގާތު ކިތައްފަހަރު ބުނާނީ އެގޮތަށް އައިސް ސިއްސުވާނުލާށޭ… ނަސީބެއްނު ދަބަހުގެ ވަރު ދައްކާނުލެވުނުކަން… ވާވް… އެންމެ ސަޅި ވަގުތަށް ވާރޭވެހެންމިފެށީ…. ލެޓްސް ގޯ…” ޝާދީން ރަކިނުވާވެގެން މައުޞޫއު ބަދަލުކޮށްލިގޮތަށް ޔަޒްދާންގެ އަތުގައި ހިފާ ދަމާލިއެވެ. އަސްކަނިދޮށަށް މުޅީން ނުވަދެ ހުރިއިރު އޭނަ ހުރީ ތެމިފޯވެފައެވެ.
“ވާރެއާއި ތެމިގެންދާން… ނޯވޭ… މިދިޔަފަހަރުވެސް ޝަވާއާއި ހެދި ބަލިވިގޮތަށް މަށަށް ހިންދެމިލެވޭވަރު މިވީ އަދި ކިރިޔާ…. އަނެއްކާ ބަލި އެނދުގައި އޮންނަންވީ.. މިކުއްޖާގަނޑަށް ވެގެން ވަންޏާ މަގޭ އަބަދު ފުޑާލައިފައި އޮންނާނީ… އެކަމަކު ލޯބިވެޔޯ…” ވާރޭގެ ނަން އިވުމާއިއެކުވެސް ޔަޒްދާން އަނގަޔަށް ގޮތެއްހަދާލިއެވެ. ވާރޭދެކެ ޔަޒްދާންވަނީ އަމަށަކު ފޫއްސެއްނޫނެވެ. ފިނި މޫސުމަކީ އޭނަައާއި އެންމެ ނުގުޅޭ މޫސުމެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލިޔަސް އޭނަގެ ބަލިގަނޑު ހިލިގަންނާނެއެވެ.
ޔަޒްދާންގެ ބަސްތައް އަޑުއިވުމާއިއެކު ވާރެއާއިހެދި މޮޔަވެފައިހުންނަ ޝާދީން ވަގުތުން މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިކުރުވިއެވެ. ހިތްހަމަނުޖެހިފައި ހުރިކަން އަންގާލަންވެގެން ޔަޒްދާންއާއި ދިމާލަށް ކަޅި އަޅާލިއެވެ. ބަހެއްވެސް ބުނުމެއްނެތި ވާރެއާއި ތެމިގެން ޔަޒްދާންއާއި ދުރަށް ހިނގައިގަތުމާއި ޔަޒްދާން އިސްތަށިގަނޑަށް އަތްމަހާލަމުން އެއްމިޔަކަނިން ހިިނިިތުންވެލިއެވެ. ޝާދީންގެ ފަހަތުން ނުދާން ހުރިހެން ހީވި ވަގުތުކޮޅަކަށްފަހު ޔަޒްދާން ވާރޭތެރޭގައި ދުވެލައިފައި ގޮސް ޝާދީންއާއި އަރާހަމަކުރިއެވެ. އެއާއިއެކު ޝާދީން ފިޔަވަޅުތައް ހަލުވިކޮށްލިއެވެ.
“ޝަވާ ދެން ތިވަރު ނުވިޔަސް އޯކޭއޭ… މިހިރީ ތެމެވިފައެއްނު… ދެން މިޔަށްވުރެ ބޮޑަކަށް ނުއެއް ތެމެވޭނެ…” ޝާދީން ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން ޔަޒްދާން ޝާދީންގެ އަތުގައި ހިފާ ދަމާލިގޮތަށް އޭނައާއި ދިމާލަށް އަނބުރާލިއެވެ. ޔަޒްދާންގެ ފިރިހެންވަންތަކަމުގެ ދެވަނައެއްނުވާ މޫނާއި ނަޒަރު ހަމަވިވަގުތުކޮޅަކަށްފަހު ޝާދީން ތުންއަނބުރާލަމުން ދުރަށް ހިނގައިގަތެވެ.
“ޝަހާދެއް މިބުނީ ބޯހަރުކުއްޖެއް ދެއްވާފައި މިހުރީ މަށަށް… ބޭބީ… އިފް ޔޫ ޓޭކް އަ ސްޓެޕް އެހެޑް މީ އައިމް ގޮނަ ހަގް ޔޫ….” ޔަޒްދާން ދެފަރާތަށް ބޯހޫރާލަމުން ހިތާއި ހިތުން ކިޔާލިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަ ބުނެލި އެއްޗަކުން ޝާދީން އެނބުރިބަލާލިއިރު އެދެލޯ ކުރިއަށްވުރެ ބޮޑުކޮށްލެވިފައިވެއެވެ. އޭރު އެދެޒުވާނުންނަށް ތިބެވުނީ ގޭޓް ކުރިމަތީގައެވެ. ވިއްސާރަ ދުވަހަކަށްވާތީ މަގުމަތީ މީހުން މަދުވެފައިވީކަމުގެ ފައިދާ ނަގައިގެން ޝާދީން ޔަޒްދާންއަށް އަތުނުވާންވެގެން ދުރަށް ދުއްވައިގަތެވެ. ޔަޒްދާންވެސް ޝާދީންގެ އަތުކުރަން އެތައްއިރަކު ވާރޭގެ ތެރޭގައި ދުވުމަށްފަހު ފާރަށް ލެގިލިއެވެ. އޭރު ލޯމަރާލައިގެން ހުރެ ޝާދީން އަވަސްވެފައިވާ ނޭވާތައް ހަމަޔަކަށް އަޅުވަމުންދިޔައެވެ.
“ބުނާނެޔޯ ލޯބިވެޔޭ…” އެ ބަސްކޮޅާއިމެދު ހިތްހަމަނުޖެހިފައިހުރި ޝާދީންއަށް އެކަން އަންގާނުލައެއް ނުހުރެވުނެވެ.
“އޯ… އެކަމާތަ ޝަވާ މާވަރުގަދަ ރުޅިއެއްމިއައީ… އަހަރެންދެކެ ލޯބިވާވަރު ބޯޑުކަމުން ކެތްނުވީދޯ… ޓޫ ބޭޑް… ކައްޑަދެވިއަށް ގޮވާފައިވެސް ޗާމިން ބޯއީ ޔަޒްދާންގެ ކާރސްއަށް ފޯލްވީއޭ ދޯ…” ޔަޒްދާން ޝާދީންއާއި ދިމާކޮށްގަތެވެ. ކޮލެޖުން ފެނުނު ފުރަތަމަ ދުވަހު އޭނައާއި ދިމާލަށް ޝާދީން ބުނެލި ބަސް ހަނދާންކޮށްދިނީވެސް ޝާދީން ލަދުގަންނަވާލަންވެގެންނެވެ.
“ވަރަށް ފޫހިވޭ ދާން… ހަމަ އޮޅިގެންކަން އިނގޭއިރުވެސް ދިމާކުރަނީއޭ…” ޝާދީން ތުންކޮޅު އޫކޮށްލިއެވެ. އެވަގުތު ޝާދީންގެ ދެފަރާތުން ޔަޒްދާން އަތްވިއްދާލުމާއިއެކު ޝާދީން ހީނގަަތްފައި ޔަޒްދާން ދުރަށް ކޮއްޕާލިއެވެ.
“ސާބަހޭ… ތިއީ ލޯޔަރެކޭ… ކޮބާތަ މަގުމަތީގެ އަދަބުތައް….” ޝާދީން ލޯހަނިކޮށްލަމުން ޔަޒްދާންއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ޔަޒްދާންގެ މޫނަށް ވެރިވިކުލަވަރު ދެކެން ހުރެފައި ޝާދީން ދުރަށް ދުއްވައިގަތެވެ. ވަކިހިސާބަކަށް ގޮސްފައި ޝާދީން އެނބުރި ޔަޒްދާންއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ޔަޒްދާން ދުވެފައިކަހަލަ ގޮތަކަށް އައިސް ޝާދީންގެ އަތުގައި ހިފާލުމުން ދެޒުވާނުންގެ އިނގިލިތައް ލާމެހިގެންދިޔައިރު ނަޒަރު ސީދާވިއެވެ.
ވާރޭގެ ތެރޭގައި ދެލޯބިވެރިން އަތުގުޅާލައިގެން ކުރިއަށް ދިޔައިރު ޔަޒްދާންގެ ނަޒަރު ހުއްޓިފައި ހުރީ ޝާދީންގެ މޫނަށެވެ. ޝާދީން ކޮންމެވެސް ވާހަކައެއް ދައްކަމުން ހެމުންދިޔައިރު ޔަޒްދާންއަށް ހުރެވުނީ އެ ރީތިކަމަށް ގެއްލިފައެވެ. ވާރެއާ ތެމިގެން ހުންނައިރު ޝާދީންގެ ރީތިކަން ދެގުނަވާކަން އޭނައަށް ފާހަގަކުރެވިފައިވެއެވެ. އެ ފަން އިސްތަށިގަނޑު ދެފަރާތުން މޫނުގައި ތަތްލާފައިވާއިރު މޫނުމަތީ ފެންތިކިތައް ދެމެމުންދިޔައެވެ. ފިޔާތޮށި ތުންފަތްމައްޗަށް ފެންތިކިތައް ތިރިކޮށްލައިގެން ތިބިއިރު ފިނިފެންމަލެއް ފިޔައިގައި ފެންތިކިތައް ވިދަމުންދާފަދައެވެ. ޔަޒްދާންގެ ހިތުގެ ތެޅުން ބާރުވެލާ ކޮންމެ ހިއްސަކަށް އަސަރުކުރިއެވެ. އެއިން ކޮންމެ ސިފައެއް ހިތުގައި ވަކީން ބޮޑަށް ފެވުނެވެ.
އަތުގުޅާލައިގެން އައިސް ދެޒުވާނުން ވަކި ހިސާބަކުން ވަކިވީ ދެމީހުންގެ ގެވެސް މަގުގެ ދެފަރާތުގައި ހުންނާތީ މަގުގެ ދެކޮޅަށް ދާން ޖެހޭތީއެވެ. ބޮޑު މަގުންލާފައި ޝާދީން ގޮސް ހަނި ގޯޅިއަކަށް އެޅުމާއިއެކު ޔަޒްދާން ދެޖީބަށް އަތްޖަހާލަމުން އެވަރޓަންއާއި ދިމާލަށް ހިނގައިގަތީ ތުނބުން ރާގެއް އަޅުވާލައިގެން ހުރެއެވެ. އެ މޫނުމަތީގައިވީ ހިނިތުންވުމާއިއެކު އޭނަގެ އުފާތައް ވެހެމުންދާ ވާރެއާ ހިއްސާކުރަމުންދިޔައިރު ޔަޒްދާންއަށް ނޭނގުނީ އޭނަގެ ކޮންމެ ހަރަކާތަކަށް ތޫނު ލޮލެއްގެ ނަޒަރު ހުއްޓިފައިވީކަމެވެ. ޝާދީންއާއި އޭނައާއިމެދު ހިނގައިދިޔަ އެ ލޯބި ވަގުތުކޮޅު އެހެން ފަރާތަކުން ދެކުނު ކަމަކެވެ.
*** *** *** *** *** ***
ވާރެއާއި ތެމެމުން ވައިގެ ހަމަތަކާއި އެއްގޮތަށް ނަށަމުން ކުރުނީސް ކުރަމުންދިޔަ ގަސްތަކުގެ ތެރެއިން ހިނގާލައިފައި އައިސް ޔަޒްދާން ފަސްބުރީގެ އެވަރޓަންގެ ކުރިމައްޗަށް ހުއްޓުނެވެ. ތެމިފައި އޮތް ދަބަހުން ކާރޑްނަގަން ބުރަކަމަކަށްވެފައިހުރެ ޔަޒްދާން ދެފަހަރަކު ދޮރުގެ އެއްފަރާތެއްގައި އިން ބެލްއަށް ފިއްތާލިއެވެ. އިރުކޮޅެއްނުވަނީސް މިލީނާ އައިސް ދޮރުހުޅުވާލުމާއިއެކު ޔަޒްދާންއަށް ލޯމަރާލަމުން މޫނަށް ގޮތެއް ހަދާލެވުނީ މިލީނާ ހިތްހަމަނުޖެހޭނެކަން އިނގޭތީއެވެ.
“ދަރިފުޅު ބަލައިދާނަމޭ ބައްޕަ ބުނުއްވި… ބައްޕަ ދުރުވަންދެން މަޑުނުކޮށް ވާރެއާއި ތެމިގެން ދަރިފުޅު އައީދޯ… ދާން.. ކިތައްދުވަހު މަންމަ ބުނާނީ ފިންޏަށް ދަރިފުޅު ބަލިއިރު ވާރޭތެރެއަށް ނުނިކުންނާށޭ…” ޔަޒްދާންއަށް އެތެރެއަަށް ފިޔަވަޅެއް އަޅާލާނޭ ފުރުސަތެއްވެސް ދިނުމެއްނެތި މިލީނާ ވާހަކަދެއްކިއެވެ.
“މަންމާ ސޮރީއޭ… ވާރޭ ފެނުނީމަ އަޅުގަނޑު ހަނދާންނުހުންނަންޏާ ކީއްކުރާނީ… ދެންވެސް އަޅުގަނޑު އެތެރެއަށް ވައްދަބަލަ… ހީކަރުވައިގަނެގެން ގޮސް ގަނޑުވަނީއޭ…” މިލީނާގެ ފަރާތުން ސަލާމަތް ވާންވެގެން ޔަޒްދާން އެކްޓެއް ޖައްސާލިއެވެ. ދެއަތް ގައިގައި ވަށާލަމުން ތުންފަތް ތުރުތުރުލާގޮތް ދައްކާލުމާއިއެކު މިލީނާ މާބްލްސްތައް ތެމިދާނެތީވެސް ފަރުވާލެއްނެތި ޔަޒްދާން އެތެރެއަށްވެއްދިއެވެ.
“ދޭ ތެތްއެއްޗެހި ބަދަލުކޮށްލަން… މިގަނޑީގައި ފެންވަރަން ނުހަދާތި… ހޫނު ފެނުން ގައިދޮވެލާނީ އެހެންނޫނީ ފިނިހިފާފާނެ… ދަރިފުޅު ނިކުންނަންވާއިރަށް މަންމަ ހޫނުބުއިމެއް ގެންގޮސްދޭނަން…” މިލީނާ ކުޑަކުއްޖެއްފަދައިން ޔަޒްދާންއަށް ކިޔައިދޭންފެށުމުން ޔަޒްދާންގާތަށް ހިނިއައެވެ. މަންމައަށް އޭނަ ދުވަހަކު ބޮޑުނުވާނެއޭ ހިތަށްއެރިއެވެ. އޭނަ ކިނބިއްސެއް އަޅާލިޔަސް މިލީނާ ކަންބޮޑުވެގެން ހީވާނީ އެހެންފަދަކަމެއް ހެންނެވެ. ޔަޒްދާން އޭނަގެ މަންމަގެ ގައިގައި ބައްދާލިގޮތަށް ދުވެފައި ސިޑިން އަރަންފެށުމުން މިލީނާ އަޑުލިއެވެ. ސިޑިބަރިތެމި މާބްލްތައް މަތިން ކައްސާލަފާނެކަން ހަނދާންކޮށްލަ ދިނެވެ. ކުދިންބޮޑުވިޔަސް މިލީނާއަށް ކުޑަކުދިންނަކާއި ތަފާތެއް ނުކުރެވެއެވެ.
ނޫކުލައާއި އަޅިކުލައިން ޕެއިންޓްކުރެވިފައިވާ މާސްޓަރ ބެޑްރޫމްއަށް ވަދެގެން ދިޔަގޮތަށް ޔަޒްދާން ފާހަނަވަދެ ލައިގެން ހުރި ގަމީސް ގަޔާއި ވަކިކޮށް ދާވަށިގަނޑުގެ ތެރެއަށް ވައްޓާލިއެވެ. އަތުގައި އޮތް ދަބަހުގައި ހުރި ސާމާނު މޫނުދޮންނަ ތަށިވަށައިގެން ލެވިފައިވާ މާބްލްގަނޑު މައްޗަށް ހުސްކޮށްލިއެވެ. އެވަގުތު ފޯން ވައިބްރޭޓްވީ އަޑުއިވިފައި ޔަޒްދާން ފޯން އަތަށްނެގިއެވެ.
“ސީ ޔޫ އެޓް އެއިޓް… ލަވްޔޫ ދާން…” ޝާދިންގެ ކުރުކުރު ލޯބީގެ މެސެޖުން ޔަޒްދާންގެ ތުންފަތްމައްޗަށް ގެނައި ހިނިތުންވުން ދެލޮލާއި ހަމަޔަށް ފޯރިއެވެ. އެ މެސެޖުގެ ޖަވާބަކަށް ރަތްކުލައިގެ ހިތްތަކެއް ފޮނުވާލުމަށްފަހު ފާރުގައި ހަރުކުރެވިފައިވާ ކަބަޑްގެ ތެރެއަށް ފޯންލުމަށްފަހު ޖީންސްގެ ގޮށްތައް ނައްޓުވަމުން ފެންވަރަން ހާއްސަކުރެވިފައިވާ ބަޔަށްވަދެ އެތަނުގެ ވަށައިގެންވާ ބިއްލޫރި ދޮރުތައް ލައްޕާލިއެވެ.
ތިރީސްވަރަކަށް މިނެޓްފަހުން ޔަޒްދާން ފާހަނައިން ނިކުމެގެން އައިރު ތަރުތީބެއްނެތި ހޭވިފައި އޮތް އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތަކުން ޓީޝާޓުގެ ކަރުމަތި ފޯވަމުންދިޔައެވެ. އަޅިކުލައިގެ އަތްކުރު ޓީޝާޓަކާއި ކަކުލާއި ހަމަޔަށް އޮތް ޓޭންކުލައިގެ ސޯޓްގައި ހުރިއިރު މޫނާއި ތުންފަތް ރަތްވެފައިވަނީ ފިނިބޮޑުވެގެންނެވެ. ދެއަތް ދެއަތާއި އުނގުޅަމުން ނިކުމެގެން އައިސްފައި ޔަޒްދާން ހީޓަރު ޖައްސާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ޖެލްލާންވެގެން އިސްކޮޅުހާ ދިގު ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ލޯގަނޑަށް އެޅިފައިވާ މިޙުރާންގެ ސޫރަ ފެނިފައި ޔަޒްދާންއަށް ފަސްއެނބުރިބަލާލެވުނެވެ. ބެލްކަންޏަށް ނިކުމެވެން އިންނަ ބިއްލޫރި ބިތާއި ޖެހިގެންކަހަލަގޮތަކަށް އިން ސޯފާގައި މިޙުރާން އިންއިރު ނަަޒަރު އަމާޒުވެފައިވީ ޔަޒްދާންގެ މޫނަށެވެ. ޔަޒްދާން ހައިރާންވިއެވެ. މީގެ ކުރީންވެސް އޭނަގެ ކޮޓަރިއަށް މިޙުރާން ވަދެފައިވަނީ އިނގިލިތަކުން ގުނާލެވޭހާ މަދުފަހަރެއްގައެވެ. ހިތުގައި ސުވާލު އުފެދުނީ މިއަދު ބައްޕަ ކޮޓަރިއަށް ދުރުވާންޖެހޭ ސަބަބެއް ނޭނގިފައެވެ.
“ބައްޕާ ކަމަކުތޯ…” ސްޓޭންޑްގައި ތުވާލި އަޅުވާލަމުން ޔަޒްދާން ސޯފާއާއި ދިމާލަށް ފިޔަވަޅު ނަގަންފެށިއެވެ. މިޙުރާން އެއްއަތުން ސޯފާގައި ޖަހާލަމުން ޔަޒްދާންއަށް އިށީންނުމަށް އިޝާރާތްކުރިއެވެ. ޔަޒްދާން ޖެހިލުންވެފައިވެސް އިށީދެލީ މިޙުރާންއާއި ދާދިގާތުގައެވެ. އެއާއިއެކު މިޙުރާން ފުންނަޒަރަކުން އޭނަ ދަރިއެއްފަދައިން ދެކެމުން އަންނަ ޔަޒްދާންގެ މޫނަށް ބަލާލިއެވެ.
“ދަރިފުޅާއި ޝާދީންއާއި އޮންނަނީ ކޮންގުޅުމެއް…” އެއީ މިޙުރާންގެ ފަރާތުން ޔަޒްދާން އުއްމީދުވެސް ނުކުރާފަދަ ސުވާލެއްކަން އިނގުނީ އެ ހަށިގަނޑަށް އައި ބަދަލުތަކުންނެވެ. ސިހިފައިކަހަލަގޮތަކަށް ހަށިގަނޑު ސީދާވެގެންދިޔައިރު ދެވަނަ ސިކުންތުގައި ޔަޒްދާން އިސްޖަހާލައިފިއެވެ. އެސުވާލަށްދޭނޭ ޖަވާބު ހިތުގައި އޮތަސް ޔަޒްދާން ފަސްޖެހުނެވެ. އޭނަގެ އުމުރުގެ ޅަކަމާއިއެކު އޭނަގެ ފަރާތުން ބައްޕަ އެފަދަކަމަކަށް އުންމީދުނުކޮށް ހުރެފާނެއަތީ ފާޅުކުރަން ޖެހިލުންވިއެވެ. އިސްއޮބާލިގޮތަށް އިނދެވުނީ މިޙުރާންގެ ސީރިޔަސް މޫނަށް ބަލާލަން ނުކެރިފައެވެ. މިޙުރާންއަށް ދަރިފުޅުގެ މޫނަށް ބައްލަވާލެއްވުނީ ހިތާމައާއި ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނަގެ ވާހަކަތައް އިވުމަށްފަހު އެޅަހިތް ކުދިކުދިވެގެން ދާނޭކަމީ ޔަގީންކަމެކެވެ.
“ބައްޕައަކަށް ނޭނގެ ދާންއާއި ޝާދީންގެ ދެމެދުގައި އެފަދަ ގުޅުމެއް އުފެދުނީ ކޮންގޮތަކަށް ކަމެއް… އެކަމަކު ބައްޕައަށް އިނގޭ ކަމަކީ ދަރިފުޅުމެން ދެކުދިންނަކީ ފަސޭހަކަމާއިއެކު ގުޅެވޭނޭ ދެކުދިންނެއް ނޫންކަން… އަލްހާންއާއި ބައްޕައާއިމެދު އޮންނަ ވާދަވެރިކަން ދާންއަށް ރަނގަޅަށް އިނގޭނެ… ބައްޕަ އެމީހުންނާއިމެދު ބުރަހިތެއް ނުގެންގުޅުނަސް އެމީހުންގެ ހިތުން އެކަން ދުވަހު ފިލުވައެއްނުލާނެ… ގޮތްދޫނުކުރުމާއި ގޮތުގައި ހިފަހެއްޓުމަކީ އެމީހުންގެ ކަށީގައި ހިފާފައިވާ އާދަތައް… އެ މީހުންނަށް ދެކޮޅުވެރިވާ ބަޔަކަށް ވެވެން އޮތް ގޮތަކަށް ދަތިކުރާނެ…” މިޙުރާން ވާހަަކަދައްކަމުން ދިޔަވަރަކަށް ޔަޒްދާންގެ މޫނަށް ސުވާލުތައް އަރާފޭބިއެވެ. ހިތުގައި ބިރުވެރިކަމެއް ދައުރުވާންފެށިއެވެ.
“ކުދިންގެ އުފަލަށް ބައްޕަމެން އިސްކަންދިނަސް އަލްހާންގެ ނަޒަރުގައި އަމިއްލަ ޤަދަރަށްވުރެ މުހިންމުކަމެއްނުވާނެ…. ދަރިފުޅާ… ބައްޕަ އެދެނީ ޝާދީންއާއި ދާންއާއިމެދުގައި އޮތް ގުޅުމެއްވިއްޔާ ނިންމާލުމަށް… އެއީ ދެކުދިންނަށްވެސް އެންމެ ރަނގަޅުވާނޭގޮތް…” މިޙުރާން ބުނުއްވުމާއިއެކު ޔަޒްދާން ބަލާލީ ސިހިފައެވެ. އެބަސްތައް އޭނަގެ ކަންފަތަށް އިވުނު ރަނގަޅަށްނޫންކަމަށް ހީވި ހިނދުކޮޅަކަށްފަހު ޔަޒްދާން ދެފަރާތަށް ބޯހޫރާލިއެވެ.
“ދަރިފުޅަށް ހީވެދާނެ ދަރިފުޅުގެ އުފާތަކަށް ބައްޕަ ހުރަސް އަޅަނީއޭ… ގޮތުގައި ހިފަހެއްޓުން ބައްޕައަށް މުހިންމީއޭ… ނޫން… ދާންގެ ކޮންމެ އުފަލަކަށް ބައްޕަ އުފަލާއިއެކު މަރުހަބާކިޔާނަން… އެކަމަކު ތިކަމަކީ ބައްޕަ އަމިއްލައަށް ގޮތެއް ނިންމޭނޭކަމެއްނޫން… އަންހެންދަރިފުޅުގެ ހުރިހާ ބާރެއް އޮންނާނީ ބައްޕަގެ އަތުގައި… އަލްހާންގެ ނުރުހުމުގައި ދަރިފުޅު ތިގުޅުން ކުރިއަށް ގެންގޮސްފިނަމަ ހުރިހާ ދެރައެއްލިބޭނީ ޝާދީންއަށް… އަލްހާންއަށް މިކަން އިނގޭ ހިސާބުން ފިޔަވަޅު އަޅާނޭކަމީ ޔަގީންކަމެއް…. އޭރުން ދެކުދިން ވަކިވާންޖެހޭއިރު ކަންތައްވެގެންދާގޮތް މާ ހިތްދަތިވާނެ…” މިޙުރާން ވާހަކަދައްކަވަމުން ދިޔަވަރަކަށް ޔަޒްދާންގެ ލޯތެމެމުމުންދިޔައެވެ. ލޯމަރާބާރުކުރަމުން ކަރުނައެއް ވައްޓާނުލާން ޔަޒްދާން ހިތްވަރުކުރިއެވެ. އެއިން ކޮންމެ އެދުމެއް އޭނަގެ ހިތްދެފަޅިއަށް ފަޅާލިއެވެ. ކޫރުމެއްނެތިވާ ހިތުގައި އެތަކެއް ކޫރުމެއް ލައްވާލިއެވެ.
“ފުރާ ފުރިހަމަވެ ޒުވާނަކަށްވިޔަސް ދަރިފުޅު އަދިވެސް ވަރަށް ޅަ… ޅަ އުުމުރުގައި ބިންގާ އެޅިގެންދާ ގިނަގުޅުންތަކަކީ ގިނަފަހަަރަށް މާގިނަ ދުވަހަށް ދެމިގެންދާ ގުޅުންތަކެއްނޫން… މާ ހަރުދަނާ ގުޅުންތަކެއްނޫން… ﷲގެ ހެޔޮ ރަހްމަތާއިއެކު ދާންގެ އުމުރުގައި އަދި ދުވަސް އެބައޮތް… ލޯބިވާ މީހުންނާއި ބައްދަލުވެ ގުޅުންތައް އުފެދުން އޮތީ ކުރިއަށް… މިއަދު ދެރަވިޔަސް ވަގުތާއިއެކު ހުރިހާކަމެއް ހަމައަކަށްއެޅިގެން ހިނގައިދާނެ… އުނދަގޫވާނެކަން ބައްޕައަށް އިނގޭ… އެކަމަކު ގޮތެއްނިންމުމަކީ ދަރިފުޅުގެ އަތްމަތީ އޮތްކަމެއް… ދަރިފުޅު މިއަދު ޝާދީން ދޫކޮށްލައިފިނަމަ ޝާދީންއަށް އެހެންމީހަކު ދެކެ ލޯބިވެވިދާނެ… އާ ދިިރިއުޅުމެއް ލިިބިދާނެ… އެހެންނޫނީ ދެކުދިންގެ ހަޔާތްވެސް ހަލާކުވާނީ…” މިޙުރާންގެ އަޑުން ރިހުމެއްގެ އަޑު ފާޅުވިއެވެ. ފިރިހެންދަރިފުޅުގެ އުފަލާއި މިގޮތަށް ވަކިކުރުމަކީ އޭނަ ކުރަން ބޭނުންވާކަމެއްނޫނެވެ. ނަމަވެސް ދަރިފުޅުގެ އުފަލަށްޓަކައި އާއިލާގެ ބަދަހިކަން ނަގާލާކަށް އޭނަ ބޭނުމެއްނުވެއެވެ. އޭނަ ދެކުދިންއަށް ދަސްކޮށްދެމުން އައީ އަމިއްލަ އުފަލުގެ މައްޗަށް އެހެންމީހުންގެ އުފާ އިސްކޮށްގެން ކުރިއަށްދިޔުމަށެވެ. މިއަދު މިއޮތީ އޭނަ އެދުވަހު ދަސްކޮށްދިން ފިލާވަޅު އަމަލުން ދައްކަން ޖެހިފައެވެ.
ޔަޒްދާން ކޮނޑުގައި ފިރުމާލުމަށްފަހު މިޙުރާން ނިކުމެގެންދިޔަތާ އެތަށްއިރެއްވެގެންދިޔައިރުވެސް ހަށިގަނޑަށް ކުޑަ ގުޑުމެއްވެސް ނުގެނެސް ދިރުމެއް ނެތް ފަދައަކުން ޔަޒްދާންއަށް އިނދެވުނީއެވެ. އެ ޖުމްލަތަކުން އޭނަ ގަނޑުކޮށްލައި ހިލައިގެ ބުދަކަށްހަދާލައިފައިވާފަދައެވެ. އޭނަގެ ލޮލުގައި ދަޅައަޅަމުންދިޔަ ކަރުނަތަކާއިއެކު ހަށިގަނޑުގެ ހުރިހާ ހިއްސެއްވީ ހުއްޓިފައެވެ. ކަޅިވެސް ހިންގާލުމެއްނެތި ހޭދަވެގެންދިޔަ ހިމޭން ސިކުންތުކޮޅަށްފަހު ޔަޒްދާން ބަނޑުވަތަށް ސޯފާމައްޗަށް ވެއްޓިގަތެވެ. މިހުރިހާއިރު ޔަޒްދާން ހިފަހައްޓަމުން އައި ކަރުނަތައް ލޮލުން އޮހިގަތެވެ. ކަރުނަތައް ކަރުނައިން ބަރުވެފައިވާ އެސްފިޔަތައް މަރާލެވުނުގޮތަށް އަލުން ލޯހުޅުވާލާނެ ހިތްވަރެއްވެސް ޔަޒްދާންއަކަށް ނުލިބުނެވެ.
*** *** *** *** *** ***
މާލޭގެ ހަލަބޮލި މަގުތަކުގައި ހުއްޓުމެއްނެތި ކާރު ދުއްވަމުންދިޔައިރު ޝާދީން ބައްދަލުކުރަން ބުނި ގަނޑި ފާއިތުވެގެންދިޔަކަމެއްވެސް ޔަޒްދާންއަކަށް ނޭނގުނެވެ. އޭނަ އިނީ އެއްވެސް ކަމަކަށް ފަރުވާ ބެހެއްޓޭފަދަ ހާލެއްނޫނެވެ. ސިކުނޑިތެރޭ ބުރުޖަހަމުންދާ ފިކުރުތަކުން އޭނަގެ ދުނިޔެ އަނދިރިކޮށްލާފައި ވެއެވެ. މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައި ޖަހާލި ދެވަނަ ބުރަށް ފަހު ތޮށިގަނޑު ކައިރީ ޔަޒްދާން ކާރު ޕާރކްކޮށްލިއެވެ.
ކާރުގެ ވިންޑްސްކްރީން ތިރިކޮށްލައިގެން ކުޑަދޮރުގައި ވިއްދާލެވިފައިވާ އަތްތިލަމަތީ ދަތްދޮޅިވިއްދާލައިގެން އިންއިރު އެ މޫނުން ފެންނަމުންދިޔައީ ކަމަކާއި ވިސްނާފަދަ ކުލަވަރެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުގައި ކަރުނަނެތަސް އެ ލޮލުގެ ތެރޭގައި ތެތްކަމެއްވިއެވެ. ދެމިޔަކަންޏަށް ދެމިފައިވާ ތުންފަތްވަނީ މަގާމުން ނެއްޓިފައެވެ. ނިއްކުރީގައި އެއްއަތުން ހިފަހައްޓާލައިގެންއިނދެ ލޯމަރާލަމުން ޔަޒްދާން ފުންނޭވާތަކެއް ދޫކުރަންފެށިއެވެ. ހަށިގަނޑުގެ ތެރެއަށް އެތެރެކޮށްލާފައި ދޫކޮށްލާ ނޭވާފަދައިން މި ހުރިހާ ފިކުރުތަކެއް އޭނަައާއި ވަކިވެގެންދާނެނަމައެވެ. ޤުރުބާނީ އެބަހަކީ ދިރިއުޅުމުގެ އުފާތަކަށް ހުރަސްއަޅާ ބަހަކަށް ނުވާނަމައެވެ.
ޔަޒްދާން އިރުކޮޅެއްވަންދެން ހިޔާލުގެ ކޯރަށް ސިކުނޑި ޣަރަޤުވާން ދޫކޮށްލައިގެން އިނުމަށްފަހު ކާރު ދުރަށް ދުއްވާލިއެވެ. ވިއްސާރަ ރެއަކަށްވާތީ ކާރޫބާރޫކަން ކުޑަވެފައިވާ މަގުތަކުން ދުއްވާފައި އައިސް އޭނަ ކާރު މަޑުކޮށްލީ އާރޓިފިޝަލް ބީޗްގެ ކުރިމައްޗަށެވެ. ސިކުންތުކޮޅެއްވަންދެން ދެ ހިޔާލެއްގައި އިނދެފައި ޔަޒްދާން ކާރުން ފޭބިއެވެ. އޭރު ޝާދީން ހުރީ މާކުރިން އައިސް ޔަޒްދާންގެ އިންތިޒާރު ގައެވެ. އާންމުކޮށް ދެލޯބިވެރިން ބައްދަލުކުރާ ބެންޗް ކައިރީ ހުރި ހިމަ ގަހުގައި ޝާދީން ލެގިލައިގެން ހުރިއިރު ގުދުރަތުގެ ރީތިކަން ފުރިހަމަކޮށްލާ މަންޒަރެއްފަދައެވެ. މެދު އުޑުގައި ރަނިކަން ކުރާ ހަނދުނެތަސް ބިމަށް ހަނދުވަރުދީފައިވާފަދައެވެ.
މަޑު ތެތްފަސްގަނޑުގައި ފިޔަވަޅުތައް ބިންވަޅުނަގަމުން އެހިތުގެ މަލަކާއާއި ދާދިގާތަށް ނަގަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ޔަޒްދާންގެ މޫނުގެ ކުލަ ބަދަލުވެ ހިތާމައިގެ އަސަރު ފާޅުވަމުންދިޔައެވެ. އޭނަގެ ހިތްވެސް ހަށިގަނޑާއި ވަކިވެ ކެތްތެރިކަން ނެތިގެންދާން އުޅޭހެން ހީވިއެވެ. ދުވެފައިގޮސް އެއަތުގެ ތެރޭގައި ޝާދީން ފޮރުވާލަން ހިތް އެދުނެވެ. ދުނިޔޭގެ އެއްވެސް ފަރާތަކަށް ބާރުނުފޮރުވޭނޭ ފަދައިންނެވެ. އޭނަގެ މުށުގެ ތެރެއިން ވީއްލައިލައިގެން ނުގެންދެވޭނޭ ފަދައިންނެވެ. ރޭގަނޑެއްފަދަ އިސްތަށިގަނޑުގެ ތެރޭގައި އޭނަގެ ކަރުނަތައް އަބަދަށްޓަކައި ފޮރުވާލުމަށް ހިތްއެދުނެވެ. އެއަތުގެ ހިމާޔަތުގައި އަބަދަށްޓަކައި ޝާދީން ބަހައްޓަން ހިތްއެދުނަސް އޭނައަށް ހިތުގެ އެދުމާއި ދެކޮޅު ހަދަން ފާޑަކަށް މަޖުބޫރުވެއްޖެއެވެ.
“ދާން… ހާދަ ލަސްވީ…” ލަސްފިޔަވަޅުތަކެއްގައި ޝާދީންއާއި ދިމާލަށް އަންނަމުންދިޔަ ޔަޒްދާން ފެނިފައި ޝާދީން ދުވެލައިފައި އައިސް ޔަޒްދާންގެ އަތްތިލައިގައި ހިފެހެއްޓިއެވެ. ޔަޒްދާން އެވަގުތު ޝާދީންގެ މޫނަށް ބަލާލި ފުންނަޒަރާއިއެކު އެމަޑު އަތްތިލަ އަތާއި ވަކިކޮށްލަމުން ޖީބަށް އަތް ޖަހާލިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
“ދާން….” ޔަޒްދާންގެ އަމަލުތަކުންވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޝާދީން ނަގައިގަތެވެ.
“ޝާދީން އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވަނީ… ވެއިޓް… ދުވަހުގެ ކޮޅުންވެސް ތެދުހިތަކުން އަހަރެންދެކެ ޝާދީން ލޯބިވިންތަ؟” ޝާދީންގެ މަޑުމުށިކުލައިގެ ލޮލުގެ ތެރެއަށް ފީނާލަމުން ޔަޒްދާން ކޮށްލި ސުވާލުން ޝާދީންގެ ނޭވާވެސް މެދުކެނޑުނެވެ. ދެވަނަ ފަހަރަށް ކުރިމަތިވެެގެންދިޔަ ސުވާލާއިއެކު ޝާދީންއަށް ޔަޒްދާންގެ ނަމުން ގޮވާލެވުނެވެ. އޭނަ ޔަޒްދާންގެ ދެކެވަމުން އަންނަ ތެދުވެރި ލޯތްބާއިމެދު ޔަޒްދާން ސުވާލުއުފެއްްދީކަން ޤަބޫލުކުރަންވެސް ޝާދީންއަށް ދަތިވިއެވެ.
“އަހަރެންގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް… ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ދާންދެކެ އަަހަރެން ލޯބިވަން….” ޝާދީންގެ ލޮލުގައި ބަބުޅަންފެށި ކަރުނަތަކާއިއެކު އެ ލޮލުން ފެނުނު ކުލަވަރު އެ ބަސްތަކުގެ ތެދުކަމަށް ހެކިވިއެވެ.
“ދޮގު… ހުސް ދޮގު… ލޯބިވާ މީހުންނެއް ކަންކަން އޮޅުވާލާ ސިއްރެއް ނުކުރާނެ…. ބުނެބަލަ… ކީއްވެ ނުބުނީ ތިއީ އަލްހާންގެ ދަރިއެކޭ… އަހަންނަށް ސިއްރުކުރީ ކީއްވެ؟” ފަހުޖުމްލައާއިއެކު ޔަޒްދާން ހަޅޭލަވައިގަތްގޮތުން ޝާދީން ސިހުނެވެ. އެ މޫނަށް އަރާފޭބިކުލަވަރުން ޔަޒްދާންގެ ހިތްވިރިގެންދިޔަ ވަގުތުކޮޅަކަށްފަހުވެސް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ޔަޒްދާން ކުރި ހޯދިއެވެ.
“ދާން އަހަރެންދެކެ ލޯބިވާނަމަ އެކަން އިނގިގެން ބަދަލުވާނޭކަމެއް ނޯންނާނެއަތީ…” ޔަޒްދާންގެ މޫނު ނޫންތަނަކަށް ނަޒަރު ހަމަކޮށްލުމެއްނެތި ޝާދީން އިއްވާލަމުން ޔަޒްދާންގެ ހިތަށް ގުޑުމެއް އައެވެ. އެއިން އެއްވެސްކަމަކުން އެދެމެދުގައިވީ ލޯބި ބަދަލުނުވާނޭކަމަށް ޔަޒްދާން އަމިއްލަ ނަފްސަށްވެސް ހުވާކޮށްފައި ވެއެވެ. ނަމަވެސް ހިތުގެ ހާލަތު ފޮރުވަމުން ޝާދީންގެ ކުރިމަތީ އޭނަ ދައްކަން ބޭނުންވީ އެހެން ކުލައެކެވެ.
“އެހެންތަ ޝާދީން ހީކުރަނީ… އަހަރެންގެ ބައްޕަގެ އެންމެ ބޮޑު އަދުއްވުގެ ދަރިއަކަށް އިނގިހުރެވެސް ލޯބިވާހާ ދަށް މީހެއްކަމަށްތަ… ޝާދީންއާއި ހެދި އަހަރެން ހަމަ އެވަރަށް ދީވާނާވެފައި ހުރިކަމަށްތަ؟ ބޭނުންހާ ފަސޭހައިން އަހަރެންގެ ދިރިއުޅުމާއި ކުޅެލެވޭނެކަމަށްދޯ ޝާދީން ހީކުރީ… އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަންނަށް މަލާމާތްކުރާވަރު ޝާދީންކޮށްފި… ކީއްވެ މިގޮތަށް ކަންތައްކުރީ…” ޔަޒްދާން ކުޑަކޮށް މައިތިރިވެލިޔަސް އެއަޑުގައިވީ ބީރައްޓެހިކަމެކެވެ. ދުވަހަކު މައާފުނުކުރާނޭފަދަ ރާގެކެވެ. އެޖުމްލަތަކުގައިވީ ރަހުމްކުޑަކަމާއިއެކުވެސް ޔަޒްދާންގެ ހިތް ރޮމުންދިޔަައެވެ.
“ދާން… ޕްލީޒް އަޑުއަހާބަލަ… އަހަރެން ދާންއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ނޫން….” ޝާދީން ވާހަކަ ދައްކަދައްކާ ހުއްޓާ ޔަޒްދާންގެ ޓީޝާޓުގައި ހިފާލެވިފައިވާ ޝާދީންގެ ދިގު އިނގިލިތައް ޔަޒްދާން ވީއްލުވާލިއެވެ. އެއަމަލުން ޝާދީން ސިހުނެވެ. ކުއްލިއަކަށް އެދެމަށް އައި ދުރުކަން އެލޮލުން ކަރުނަ އޮހޮރާލިއެވެ. އޭނަގެ ވާހަކަތައް އަޑުއެހުން މުހިންމު ނޫންކަން ޔަޒްދާން އަމަލުން އެންގީއެވެ. އޭނަ އެވާހަކަތައް ނުބުނީ ސިއްރުކުރުމުގެ މަޤްޞަދަކުނޫނެވެ. އެވާހަކަދައްކައިގެން ސިކުނޑި ހާސްކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ޔަޒްދާން އެކަން ޤަބޫލުކޮށްފާނެ ހެއްޔެވެ؟
“އިތުރަށް ހަދަން ދޮގުތަކެއް އޮތީތަ… އަހަރެން ޝާދީންއަށް ކުރި އިތުބާރު އަމިއްލައަށް ތި ނަގާލީ… އަހަންނަށް ކިހިނެތް އިނގެނީ މިހުރިހާ ދުވަހު އަހަރެންނާއި އެކު ތިއުޅުނީ ލޯބިވެގެންކަމަށް… ނޫނީ ނުބައި މަޤްސަދެއް އޮވެގެންނޫންކަމެއް… އަހަންނަށް ދެން ދުވަހަކު އިތުބާރެއް ނުކުރެވޭނެ… އަހަރެންގެ ދިރިއުޅުމުން އެތަށް ދުވަހެއް ބޭކާރުކޮށްލީ… ދެން ބޭނުމެއްނޫން… މިއަދުން ފެށިގެން ޝާދީން ތިއީ އަހަރެން ދަންނަ މީހެއްނޫން…” އެ ރަހުމްކުޑަ ޖުމްލަތަކުން ޝާދީންގެ ލޮލަށް ކަރުނަތައް ބޮޑިވުމާއިއެކު ޔަޒްދާން ފުރަގަސްދިނީއެވެ. އެއާއިއެކު ޝާދީން އެއަތުގައި ހިފަހައްޓާލުމުން ޔަޒްދާން ފަސްއެެނބުރިލުމަށްފަހު ޝާދީން ފޮޅާލިލެއް ބާރުކަމުން ޝާދީން ދެތިންފިޔަވަޅު ފަހަތަށް ދިޔައެވެ. އެވަގުތު ޔަޒްދާން ޝާދީން ހިފަހައްޓަން އަތްދިއްކޮށްލާފައިވެސް ޖީބަށް އަތް ޖަހައިލައިފިއެވެ. ހިނދުކޮޅަކަށް އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުމަށްފަހުވެސް ރުޅިވެރިކަމުގެ އިހުސާސްތަކުން އެ އަސަރުތައް ޔަޒްދާން ނުހަނު މޮޅަށް ފޮރުވާލިއެވެ.
ޔަޒްދާން ހުއްޓުވާނޭ ބާރެއްނެތި ޝާދީންއަށް ހުރެވުނީ ހުއްޓުންއަރާފައެވެ. ޔަޒްދާންގެ ޒަހަރަށްވުރެ ވިހަ ބަސްތަކުން އޭނަގެ މުޅި ވުޖޫދު ހުއްޓާލައިފިއެވެ. ސިކުންތުކޮޅަކަށް ލިބުނު އުފާތަށް ފެނަށް ހަދާލީއެވެ. އޭނަގެ ދިރިއުޅުމަށް ދެތިން ރެއަކު ހަނދުވަރުދީފައި ކަޅުފޮއެކަން ވެރިގަތީއެވެ. އޭނަގެ ކަޅުފޮއެ ރޭތަކުގެ ބައިވެރިއެއް ކަމުގައިވީ ހަނދު އޭނައާއި ވަކިވެގެންދިޔައީއެވެ. އޭނަގެ ކުށަކާއިނުލައެވެ.
ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއިއެކު ޔަޒްދާން އެނބުރި އައިސް ޝާދީންގެ ކުރިމަތީ ހުއްޓުނެވެ. އެ ދެލޯބިވެރިންގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ޝާދީންގެ އަތުން ޔަޒްދާންގެ އަތުގައި އަޅުވާލި ޗެއިންކޮޅު އަތާއިވަކިކޮށްލިގޮތަށް ޝާދީންގެ މުށުގެ ތެެރެއަށް ލެއްވިއެވެ. ޝާދީންގެ އަތުގެ ކަށި އިނގިލީގައި އޮތް އަނގޮއްޓި ނެގިގޮތަށް މޫދުގެ ރާޅުތަކާއި ހަވާލުކުރިއެވެ. ޝާދީންގެ ހިތަށް ހީވީ އެތަށް ތުޑު ތޫނު ކަށިތަކެއް ހަރާލެވުނުހެންނެވެ. ބަހަކާއިނުލާ އެދެމެދުގައިވާ ހުރިހާ ގުޅުމެއް ކެނޑުކަން ޔަޒްދާން އަންގައިދިނީއެވެ. މުޅިއުމުރަށް އޭނައާއި ވަދާއުކިއީއެވެ.
އިރުކޮޅެއްވަންދެން ޝާދީންގެ މޫނަށް އަސަރެއްނެތްގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ދެ ޖީބަށް އަތްޖަހާލިގޮތަށް ޔަޒްދާން ދުރަށް ހިނގައިގަތެވެ.
“ދާން… ޕްލީޒް… އަހަންނަށް ތިހެންނުހަދާ… އާދޭސްކުރަން…” ޔަޒްދާން ޝާދީންއަށް ފަސްދީ ކުރިއަށް ނެގި ފިޔަވަޅާއިއެކު ޝާދީން ދުވެފައި އައިސް ޔަޒްދާންގެ ބަނޑުގައި ދެއަތް ވަށައިލިއެވެ. ޝާދީންގެ މޫނު ޔަޒްދާން ބުރަކަށީގައި ޖައްސާލިއިރު ޔަޒްދާންގެ ގަމީސް ތެމިގެން ދިޔައީ ޝާދީންގެ ވޭނީ ކަރުނަތަކުންނެވެ.
“އަހަރެން ޝާދީންއަށް ގޮތެއް ނުހަދަން… ޝާދީން އަމިއްލައަށް ހުރިހާކަމެއް ކުރީ…” ޝާދީންގެ ކަރުނަތަކުން ޔަޒްދާންގެ ހިތްވެސް ހިނދުކޮޅަކަށް މަޑުވެގެންދިޔައިރު ޝާދީންގެ އަތުގައި ހިފާލަން އަތް އުފުލާލައިފައިވެސް ގޮށްމުށްކަވާލަމުން އަތްތިރިކޮއްލިއެވެ. ލޮލުން ވޭނީ ކަރުނަތަށް ދެމެންފެށުމުން ޔަޒްދާން ކަރުނަތައް ދިރުވާލަމުން ގަދަކަމުންކަހަލަގޮތަކަށް ޝާދީންގެ ދެއަތް އޭނަގެ ހަށިގަނޑާއި ވަކިކުރުވިއެވެ.
“ޖަސްޓް ސްޓޭ އަވޭ ފްރޮމް މީ… ޑޯންޓް ކަމް ނިއަރ މީ… އައި ޑޯންޓް ވޯންޓް ޓް ސީ ޔުއަރ ފޭސް…” ޔަޒްދާން ހަރުކަށިގޮތަކަށް އިއްވާލަމުން ޝާދީން އެކަނި ހާލަށް ދޫކޮށްލަމުން ހިނގާލައިފައި ދިޔައީ ޝާދީންއަށް ބަލާލުމެއްވެސް ނެތިއެވެ. އޭރު އެ ހިތް ހަލާކުވެފައިވާއިރު އެ ރީތި ލޮލުން ރޮނގަކަށް ދެމެމުންދިޔަ ވޭނީ ކަރުނަތައް ކިތަންމެ ރީއްޗަކަށްވެސް އަނދިރީގެ ތެރޭގައި ފާޅުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި ޔަޒްދާން ފަސްއެނބުރިބަލާލިއެވެ. އޭރު ޝާދީން އިނީ ދެކަކޫމައްޗަށް ބިންމައްޗަށް ތިރިވިގޮތަށް ދެއަތް މެޔާލައި ބޮޑިކޮށްލައިގެންނެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުގައި ހިފާލައިފައިވަނީ ޝާދީންގެ ވޭނީ ގިސްލުމުގެ އަޑެވެ. ޔަޒްދާންގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރިވަގުތުކޮޅަކަށްފަހު ލޯ ފުހެލަމުން ކުރިއަށް ފިޔަވަޅުތައް ނަގަންފެށިއެވެ.
މިއަދު ޝާދީންގެ ހިތްހަލާކުވިޔަސް ވަގުތާއިއެކު ހުރިހާކަމެއް ހަމަޔަކަށް އެޅިގެންދާނޭކަމަށް ޔަޒްދާން އުއްމީދުކުރެއެވެ. ޝާދީންއަށް ނުވިސްނުނަސް އަމިއްލަ ހިތް ހަލާކުކޮށްލުމަށްފަހު އޭނަ އެފަދަ ފިޔަވަޅެއް ނެގީ ޝާދީންއަށް ރަނގަޅަށެވެ. އޭނަގެ ސަބަބުން ޝާދީން އާއި އަލްހާންއާއި ދެމެދު ހަނގުރާމައެއް ފެށެން ނޭދޭތީއެވެ. އަލްހާންގެ ލޯބިން ޝާދީން މަހުރޫމްކުރަން ހިތް ނޭނދޭތީއެވެ. ޝާދީންގެ ހިތަށް ކުޑަވެސް ދަތިކަމެއް ދީގެން އެ ލޯބި ހާސިލްކުރުމަކީ އޭނަ ކިތަންމެ ބޭނުންވިޔަސް ކުރާނެކަމެއްނޫނެވެ. ޝާދީންދެކެ އޭނަ ވާލޯބި އެއަށްވުރެ މާމަތިވެރިއެވެ. މިއަދު އެ ލޯތްބާއި ދުރަށްދާންޖެހުނީ އޭނަގެ ހިތުން ޝާދީން މިލްކުކޮށްފައިވާ މަޤާމުގެ މަތިވެރިކަމުންނެވެ.
*** *** *** *** *** ***
އަރުތެރެއިން ރުއިމުގެ އަޑުބޭރުވެދާނެއަތީ އަނގަމަތީ އަތްއަޅާލައިގެން ހުރެ ބާރު ހިނގުމެއްގައި ޝާދީން އައިސް ކާރަށް އެރިއެވެ. ޔަޒްދާން ދުނިޔެއަށްވެސް ސިއްރުކޮށްގެން ގެންގުޅޭ އެފަރާތް ފެނުމުން އޭނަގެ މާޒީގެ ދޮރުގައި ހަނދާންތަކެއް ޓަކިދީފިއެވެ. ހިނދުކޮޅަކަށް ނަފްސުވެސް އެ ދުވަސްތަކަށް އިޔާދަވެލައިފިއެވެ. އަހަރުތަކެއްވެގެންދިޔަޔަސް މިއަދުވެސް ހިތް އެދުނީ އެދުވަސްތަކަށް އަނބުރާދާށެވެ. އެ ބާރުގަދަ ދެއަތުގެ ހިމާޔަތުގައި ހުރެލާށެވެ. “ދާން” އޭ ކިޔާގޮވާލަމުން އެއަތުގެ ތެރޭ ބޮޑިވެލަމުންް މި ކެހިވެރި ދުނިޔެެއާއި ފޮރުވިލާށެވެ. ވެހެމުންދިޔަ ވާރެއާއި އެ މަންޒިލްވެސް ހަނދާންކޮށްދެމުންދިޔައީ އެދެޒުވާނުންގެ ލޯބީގެ ފޮނި ހަނދާންތަކެވެ. ނަމަވެސް އެ ފޮނިކަމުގެ ބަދަލުގައި ޝާދީންގެ ހިތަށް އިހުސާސްވަމުންދިޔައީ ދިލަ ހޫނުކަމެވެ. ވާރޭވެސް އަނިޔާވެރި ހަންޖަރަކަށްވެގެން އޭނަގެ ހިތުގައި ޔަޒްދާން އެޅުވި ލޯވަޅުތައް ބޮޑުކުރަން އުޅޭފަދައެވެ. އެއް ދުވަހަކު ވާރެއަކީ އޭނަގެ ބައިވެރިއަކަށްވިޔަސް މިއަދު އެއީ އޭނަ ދެކެން ބޭނުންނުވާ ދުސްމިނެވެ. އޭނަގެ އެންމެ ހިތި ހަނދާން ރައްކާކުރި އެއްބައިވެެރިޔާއެވެ.
ހަލުވި ހިނގުމެއްގައި ޝާދީން އައިސް ކާރަށް އަރާ ދުއްވާލިއިރު މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ ދެތިން މީހެއްގެ ނަޒަރު އެ މޫނަށް ހުއްޓިފައިވިއެވެ. އޭނަގެ މޫނަށް ދިރާސާކުރާފަދަ ގޮތަކަށް ބަލަމުން ޖެހިގެން ހުރި މީހާ ކައިރީ ކޮންމެވެސް އެއްޗެއް ކިޔަމުންދިޔަގޮތުން އޭނައާއި ގުޅޭ ވާހަކައެއް ދައްކަނީކަން ޝާދީންއަށް ނަގައިގަނެވުނެވެ. ޝާދީންގެ ލޮލުން ފެނުނު ދިރުމެއްނެތްކަމުގެ އަސަރާއި އެކުވެސް ލޮލުން ކަރުނަ ތިއްކެއް ވައްޓާނުލާ ކާމިޔާބުކުރިއެވެ. އެ މަންޒަރުތައް ފެނި ފެނި އެ މަންޒަރުތަކަށް އޭނަ އާދަވެއްޖެއެވެ. ބަދަލެއް ނައީ އެއިން ކޮންމެ ވަގުތަކު ހިތުގައި އުފެދޭ ވޭނަށެވެ. އަލްހާންއާއި ރިހާނާ ކުރި ކުށުގެ ޒިންމާ ނަގަން ޖެހުނީ ހަމައެކަނި އެދެމީހުންނަކަށް ނޫނެވެ. މުޅި ދުނިޔެވެސް އޭނައާއި ދިމާލަށް އިނގިލި ދިއްކުރަމުންދަނީ އޭނަގެ ކުށެއްނެތިއެވެ.
*** *** *** *** *** ***
މެންދުރުއްސުރެ ވެހެންފެށި ވާރޭ ހުއްޓާލީ ހަވީރުވާންއުޅެނިކޮށެވެ. އުޑުމަތީ ހަނގުރާމަ ފަށައިގެން ތިބި ކަޅުވިލާތައް އަމާންދެމުން އުޑުމަތީން ކެހިގެންދިޔައީ އިރަށް އޭގެ ވާޖިބު އަދާކުރާނޭ ފުރުސަތު ދެމުންނެވެ. އިރުގެ ދޯދިތައް ނިއްވާލައިފައިވުމާއިއެކު ވާރޭ ހުއްޓާލިޔަސް ފަޒާގައިވީ ތެތްފިނިކަމެވެ. ދޭތެރެއަަކުން ޖެހިލާ ފިނިރޯޅިތަކުން ފިނިކަން އިތުރުކޮށްދެއެވެ.
ރާޅުގަނޑު ސަރަހައްދާއި ދިމާގައި ހަދަންފަށާފައިހުރި ދެބުރީގެ އިމާރާތުގެ ކުރިމައްޗަށް ހުއްޓާލި ކަނޑު ނޫކުލައިގެ ކާރުން އިޝާރު ފޭބިއެވެ. ކޯޓުގެ ގޮށް ރަނގަޅުކޮށްލުމަށްފަހު އޭނަ ޑްރައިވަރު ސީޓާއި ކައިރިވެ ކާރުގައި އިން އީތަން ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއިއެކު އީތަން ބޯޖަހާލިއެވެ. ކުރިމަތީގައި ހުރި އިމާރާތުގެ ތެރެއަށް އިޝާރު ވަދެގެންދާ ތަން ބަލަން އިނދެފައި އޭނާ އިމާރާތާއި ދުރަށް ކާރުދުއްވާލިއެވެ.
މަގުދައްކަމުން ކުރިއަށްދިޔަ ޒުވާނާގެ ފަހަތުގައި ހުރެގެން ސިމެންތި ސިޑިން އިޝާރު އިމާރާތުގެ ދެވަނަ ބަޔަށް އެރިއެވެ. އެބައިގެ މައްޗަށް ސިމެންތި ބެރިތައް ހިއްލާލެވިފައިވާއިރު ޝީޓެއްނެތި މަތި އޮތީ ހާމަައަށެވެ. އެކި ދިމާލުގައި މަސައްކަތްކުރާ ސާމާނުތައް ވިހުރިފައި އޮތެވެ. ސިމެންތި ތަޅުން ފޮރުވިފައިވަނީ ދަގަނޑާއި ފިލައާއި އެހެނިހެން ސާމާނުތަކުންނެވެ. އިޝާރުު ފިޔަވަޅުތަކަށް ފަރުވާތެރިވެ ކުރިއަށް ފިޔަވަޅު ނަގަމުން އައިސް ވަކިހިސާބަކަށް ހުއްޓުނެވެ. އިމާރާތުގެ އެންމެ ބޭރަށްވާގޮތަށް އިން ތަނބަށް އައްމާރު ލެގިލައިގެން ހުރިއިރު އޭނަގެ ގޭންގުގެ މެންބަރުންތައް އައްމާރު ވަށާލައިގެންތިބީ ހަށިފާރަވެރިންތަކެއް ފަދައިންނެވެ. އެ މީހުންނާއި ކޮންމެވެސް ވާހަކައެއްގައި ހުރެފައި އިޝާރު ފެނުމާއިއެކު އައްމާރު އެދިމާލަށް އައުމަށް އިޝާރާތްކޮށްލިއެވެ.
“މިތަނުގެ މަސައްކަތް ހުއްޓިފައި މިއޮތީ ކީއްވެތަ؟” އިމާރާތުގެ ވަށައިގެން ފެންނަމުންދިޔަ މަންޒަރަށް ނަޒަރު ހިންގާލަމުން އައްމާރުގެ ވާހަކަ ފެށުމުގެ ކުރިން އިޝާރު ސުވާލުކުރިއެވެ. އެތަނުގައި ހުންނަ އިރު ބަޑިބަޑި ލައްވާފައި މޫދުގެ ލޮނުގަނޑު ތެރެއިން ދެމިގަނެގެން އަންނަ ރާޅުތައް ގާތަކުގެ މައްޗަށް ބިންދާލާ މަންޒަރު ނުހަނު ރީތިކޮށް ފެނެއެވެ. އުދަރެސް މަތީން ސިފަވާ ވިލާތަށް އަދި އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ހޮޓެލްއެއް ނޫނީ ރެސްޓޯރެންޓްއެއް ހިނގަން އެންމެ އެކަށޭނޭ ބިމެވެ.
“އިމާރާތާއި ތަންތަން އަޅަން އުޅެވިފައެއްނު މިހިރީ… އަހަރެންގެ އަމިއްލަ އަތުން ކާންދީގެން ގެންގުޅުނު މީހުންގެ އަތުން ކަންނޭނގެ އަހަރެން އަދަގޮނޑި ޖެހޭނީ…. އަލްހާން… އަލްހާން އެ ބިތާ ކުށަށް އިއުތިރާފުވެއްޖެ… އަދި އެވެސް އޭނަ އެކަނި ކުށަށް އިއުތިރާފުވީކީ ނޫން… އަހަރެމެންވެސް ގޮވައިގެން އޭނަ އެދިޔައީ… އެހާ ފިޑި ފިރިހެނެއްކަން އިނގޭނަމަ ހުވާ މިބުނީ އެ އަޒްހާންއާއިއެކު އޭނަވެސް މަރާލީމުސް….” އައްމާރުގެ ގަޔަށް ބާރުގަނޑެއް އަރާ ކަރުގެ ނާރުތަކަށްދާންދެން ފުފުނެވެ. ޖެހިލުމެއްނެތި ފަހު ބަސްތައް ބުނެލިގޮތުން އުނދަގޫވީ އިޝާރަށެވެ. އައްމާރުގެ އިންސާނިއްޔަތުކަން ކުޑަކަމާއިމެދު ފުރަތަމަ ފަހަރު ވިސްނާލެވުނެވެ.
“އިޝާރު ބުނަން… އަލްހާންހެން ކަލޭ މޮޅު އެއްޗެއް ހަދައިގެން އަހަރެން ބައްދާލަން ނުހަދައްޗޭ… އަހަރެން ދަންޏާ އެކަނިއެއް ނުދާނަން… ކަލޭ ކަތި މަގެއް އަޅައިފިއްޔާ ކަލޭގެ ދަރީގެ ދަރިންގެ ފަރާތުންވެސް އަހަރެން ބަދަލުހިފާނަން… އަހަރެންގެ މޫނުގައި ކޮޅުފައިން ޖެހުނީތީ އަދި އެ އަލްހާން ހިތާމަކުރާނެ…” އައްމާރު އިޝާރުއާއި ދިމާލަށް އެނބުރުނުއިރު އެލޮލުގައި އަނދަމުންދިޔައީ ނަފްރަތާއި ރުޅިވެރިކަމުގެ އަނގުރު އަލިފާނެވެ. އެލޮލުން ފާޅުވި ނުރައްކާތެރި ވިދުމަކުން އިޝާރުގެ ނަފްސު ރޫރޫއަޅައިގަތެވެ. އެލޮލަށް ބަލައިގެން އެތަށް ދުވަހެއްފަހުން އޭނަ ކަށިން ނެރުނު ހިތްވަރު ފެނަށްވެގެންދާން ބޭނުންނުވާތީ އިޝާރު ލޯމަރާ ތަގުޅިކޮށްލިއެވެ. އޭނަގެ ހިތުގައިވާ ބަސްތައް ދުލުގެ ކުރިއަށް ގެންނަން ނަފްސު ތައްޔާރުކުރިއެވެ.
“އައްމާރު… އަދިވެސް އަހަރެމެން މިކަން ހުއްޓާލާކަށްނުވޭތަ… އުމުރުގައި ކުރެވުނު އެންމެ ކުށެއް ފޮރުވަންވެގެން މަތި މައްޗަށް ކިތައް ކުށްކުރެވިއްޖެ… މިހުރިހާ ދުވަހު އަމިއްލައަށް ވައަތުފަތް ބަރުކުރުން ނޫން ކޮންކަމެއް އަހަރެމެންނަށް ކުރެވުނީ… ދުނިޔޭގެ ޖާހަތާއިގެން އުޅެން ހަދައިގެން އުމުރު ހުސްވެގެން މިދަނީ…” އިޝާރު ދުލުން ބޭރުވެގެންދިޔަ ބަސްތަކާއިއެކު އައްމާރުއަށް އިޝާރުއާއި ދިމާލަށް ބަލާލެވުނީ ހައިރާންވެފައެވެ. މިވީހާތަނަށްވެސް އިޝާރަކީ އޭނަ ޖެހިހާ ބެރަކަށް ނަށަމުން އައީ މީހެކެވެ. މިއަދު އޭނަގެ ކުރިމަތީގައި ގަދަވެ ބަސްބުނުމުގެ ހިތްވަރު މި ފިޑި އިޝާރު ހޯދައިގަތީ ކޮންތަނަކުން ހެއްޔެވެ؟
“މިހުރިހާ އަހަރެެއް ފާއިތުވެގެންދިޔައިރު އަހަރެމެންގެ ހިތަށް ހަމަޖެހުމެއް ލިބުނު ސިކުންތުކޮޅެއްވެސް އައިތަ؟ އަބަދާއި އަބަދު ތިބެން ޖެހުނީ އަހަރެމެންގެ ދަރީންނާއި އަންހެނުންނަށް އަހަރެމެން ކުރި މުޑުދާރު އަމަލު އިނގިދާނެެތީ ސިހި ސިހި… ނޭނގިނަމަވެސް އަމިއްލަ ނަފްސު ދިޔައީ ކުށްވެރި ކުރެވެމުން… ބާތިލްގޮތުގައި އަހަރެމެން ހޯދި މުދަލުން ހިތަށް ފަސޭހަކަމެއް ކީއްކުރަން… ބަނޑު ފުރުނުތަނެއް ނައި… މިހުރިހާ ދުވަހު އަހަރެމެންގެ ދަރީންގެ ހިތްފުރާލަދިން މުއްސަނދިކަމަކީ ކިހިނެތް ހޯދައިގަތް ކަމެއްކަން އިނގުނީމަވެސް މިއަދުހެން އެކުދިން އަހަރެމެންނާއިމެދު ފަޙުރުވެރި ވާނެތަ؟ ހަތަރުކަޅި ހަމަކޮށް އެކުދިންނާއި ދިމާލަށް ބަލާލުމުގެ ހިތްވަރު އަހަރެމެންނަށް ކުރެވޭނެތަ؟ މިހުރިހާ ދުވަހެއްވަންދެން މައުސޫމްބައެއްގެ ގޮތުގައި އެތަށް ބައެއްގެ ލޯމައްޗަށް އޮޅުވާލައިގެން އަހަރެމެން އުޅެފިން… އަދިވެސް ކުށަށް އިއުތިރާފުވެ ތައުބާވާކަށް ނުވޭތަ؟” އިޝާރުގެ ދުލުން ބޭރުވި ކޮންމެ ބަހެއްވެސް ހެކިވީ ކުރެވުނުކުށާއިމެދު އޭނަ ލަދުވެތިވެ ހިތާމަކުރާކަމެވެ. އޭރު އައްމާރު ހުރީ ބަހެއް ބުނުމެއްނެތި އިސްޖަހާލައިގެންނެވެ. އެއިން ކޮންމެ ބަހެއް އައްމާރުގެ ހިތުގެ ފުންމިނަށް ފޯރަމުންދިޔަކަމަށް އިޝާރުގެ ޔަގީންކުރިއެވެ. އެއީ އެހާ ތަފްސީލްކޮށް އެވާހަކަ ކުރިއަށް ގެންދަން އޭނައަށް ލިބުނު ހިތްވަރެވެ.
“ނިމުނީތަ…” އިޝާރުގެ ވާހަކަކޮޅު ނިމުމާއިއެކު އައްމާރުގެ ދުލުން ބޭރުވި ހަތަރުއަކުރުގެ އެ ލަފްޒުން އިޝާރު އައްމާރާއި މެދު ޤަބޫލުކުރިކުރުން ވަޔަށް ބުރައިގެންދިޔައެވެ. އައްމާރުގެ މޫނުމަތީވި ސީރިޔަސްކަން ކެނޑި ހޭންފެށީ އޭނަައަށް މަޖާވާހަކައެއް އިވުނު ބީދައެއް ފަދައިންނެވެ. އަނގަމަތީ އަތްއަޅާލައިގެން ހުރެ ހުނުން މައިތިރިކުރަން މަސައްކަތްކުރިވަރު ވަގުތުކޮޅަކަށްފަހު އަނގަމަތީ އޮތް އަތްނަގައި އޭނަ އިޝާރުއާއި ދިމާލަށް ބަލާލިއިރު އެ މޫނުމައްޗަށް ރުޅިވެރިކަމުގެ އަސަރުތައް ވެރިވެގަނެފައިވެއެވެ. އެ ވަރުގަދަ ބުމަގޮށްޖެހި ލޯހަނިކޮށްލެވިފައިވެެއެވެ.
“އަލްހާން ކަލޭގެ ކަންފަތްދަށުގައި ރީތި ނާނާއެއް ކިއީތަ މާ މާތްވެގަންނަން ތިއުޅެނީ… ކޮންމެހެން މަށަށް ފަތުވާ އިއްވަން އުޅޭނެކަމެއްނެތް… ކިތަންމެ ވަރަކަށް އުޅުނަސް އެއީ ކަލޭ ނުކުރާ ކަމަކަށް ނުވާނެ… ތިއީ ހަމަ އެ ފައިސާއަށް ބޫތުކައިފަ ހުރި އިޝާރު… އަޒްހާންގެ މަރުގައި ކަލޭގެ އަތެއް ނެތްކަމަކަށް ނުވާނެ…” އައްމާރު އައިސްފައި ހުރި ރުޅީގައި އެއެންމެންތަކުގެ ތެރޭގައި އިޝާރު ބޭޒާރުކޮށް ފަޞީހަތްކުރާކަށްވެސް ފަހެއްނުޖެހުނެވެ. ދާދި އަވަހަށް އޭނަގެ އަސްލު ކުލަ ދައްކާލައިފިއެވެ.
އިޝާރުގެ ހަނދާނަށް އައީ އަލްހާންއާއި ބައްދަލުކުރި ވަގުތުކޮޅެވެ. އަލްހާން ކުށަށް އިއުތިރާފުވި ހަބަރު އިވުމާއިއެކު އޭނަ ވަގުތުން އަލްހާންއާއި ބައްދަލުކުރަން ދިޔައެވެ. ނަމަވެސް އޭނައާއި އެތަނުން ބައްދަލުވީ އޭނަ އުއްމީދުކޮށްގެންވެސް ނެތް ކަމެކެވެ. އޭނަ ދަންނަ އެކުވެރިޔާއާއި މުޅީން ތަފާތު މީހެކެވެ. އެދުލުން ބޭރުވި ކޮންމެ ބަހަކުން އަމިއްލަ ނަފްސާއި މެދު ވިސްނާލުމަށް އިޝާރަށް އިންޒާރުކުރިއެވެ. އަމިއްލަ އުފަލަށްޓަކައި އޭނައަށް ހެދިފައިވާ ގޯސްތައް ހަނދާންކޮށްދިނެވެ. މެރިފައިވާ އޭނަގެ ދެލޯ އަލިކަމަށް ހުޅުވާލަދިނެވެ.
“އިޝާރު… މިއީ އަހަރެން ކީއްކުރަން ކުރިކަމެއް… ކޮން އުފަލެއް ލިބޭނެކަމަށް… ދުނިޔެމަތީގައި ބަފައަކަށް ދަރިއެއްގެ ލޯތްބަށްވުރެ ވަކި އުފާވެރިކަމެއްވާނެތަ… އަހަރެން މިވަނީ އެ ނިއުމަތުން މަޙުރޫމްވެފައި… އަހަރެންގެ ދެކުދިން އަހަންނަށް ނަފްރަތުކުރޭ… އަހަރެންގެ ޝާދީން… އަހަރެންގެ ލޭ ހިނގާ ދަރިފުޅު އޭނަގެ ހަށިގަނޑުގައި ހިނގާ ލެއަށް ފަކުރުގަނޭ… އަހަރެން އެކުދިން ކުށްވެރިއެއް ނުކުރާނަން… މިހުރިހާކަމެއް ވެގެންދިޔައީ އަހަރެންގެ ސަބަބުން… ކުދިންނަށް ލޯތްބެއް ނުދެވުނުތާ އެކުދިން އަމިއްލަ އުފަލެއް ހޯދުމުގެ ފުރުސަތެއްވެސް އަހަންނަކަށް ނުދެވުނު… ހައިޒަލް އަހަންނާއިމެދު ބައްޕަގެ ނަޒަރުން ދެކެމުން އައިސްފައި އަހަރެންދެކެ އެހާ ލޯބިވެފައިވެސް އެހާ ބަދަލުވީ އަހަރެންގެ ސަބަބުން…. އެ ކުއްޖާގެ މަންމައާއި ބައްޕައާއި ވަކިކުރިގޮތަށް އެހެން އުފާތަކުންވެސް މަހުރޫމް ކުރެވުނީ… އަޒްހާން… އަޒްހާންގެ ކުރިމައްޗަށް އަހަރެންދާނީ ކިހިނެތް… އަހަންނަކީ އަޒްހާންގެ މައާފު ހައްޤުވާވަރަށްވުރެ ބޮޑު އަނިޔާވެރިއެއް….” އަލްހާންގެ ދެލޯ ފެންކަޅި ކުރަމުންދިޔަ ކޮންމެ ކަރުނަ ތިއްކަކުން އަންގައިދިނީ އޭނަ އަމިއްލަ ނަފްސު ކުށްވެރިކުރާވަރެވެ. ކުށާއިމެދު ހިތާމަކުރާވަރެވެ. އެކަރުނަތައްވެސް އިޝާރަށް މަލާމަތްކުރިއެވެ. އޭނަގެ ކުށްވެރިކަން ހައްތަހާ ބޮޑަށް އިހުސާސް ކޮށްދިނެވެ. އޭނައަށް ހިތްވަރު ދިން ބަސްތަކަކަށް އެ ބަސްތައްވިއެވެ.
“އަހަރެން ނުކުރާކުށަށްނުވިޔަސް ކުށަށް ތައުބާވުމުގެ ފުރުސަތު އަހަންނަށް އެބައޮތް… ތެދު ހިތަކުން ތައުބާވެއްޖެނަމަ އެ ފަރާތުން ނުފުއްސަވާނޭ ފާފައެއްނުވޭ… އަހަރެންގެ ކުށަށް އަހަރެން ތައުބާވާނަން… އަދަބު ލިބިގަންނާނަން… އަހަރެން މިދަނީ އަމިއްލައަށް ފެނިގެން ކަމާއިބެހޭފަރާތަށް ހަވާލުވާން… ދިޔުމުގެ ކުރީން އަހަރެން އައްމާރަށް އެކަން އަންގާލީ މި… އެކަމަކު އައްމާރުގެ ވިސްނުން ފަސާދަވެފައިވާވަރުން އަހަރެން ހިތާމަކުރަން…” އިޝާރު ސާބިތުކަމާއެކު އިއްވާލިއެވެ. އިޝާރުގެ ދުލުން ބޭރުވި ބަސްތަކާއިއެކު އައްމާރުގެ އެތެރެހަށީގައި އަނދަމުންދާ އަލިފާންގަނޑު ހުޅުފަޅައި އެރިފަދައެވެ. އޭނަ އުދުހިލާފައި ކަހަލަގޮތަކަށް ގޮސް އިޝާރުގެ ގިރުވާނުގައި ހިފަހެއްޓިއެވެ. ގިރުވާނުގައި ހިފަ ލަކިޖަހަމުން އޭނަ އިޝާރު ފަހަތަށް ކޮއްޕާލިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ވަށައިގެން ޗެންޗޭނެއްވެސް ނެތި އޮތް ހަމައެކަނި ބައްޓަމަށް އޮތް ބެލްކަނިކޮޅުގައެވެ.
“އެހެންތަ ކަލޭ ހީކުރަނީ… ދުނިޔޭގައި ހުރެގެންނެއްނު ކަލޭގެ ދުލުން ތެދު ބޭރުވާނީ… އަހަރެން ބޭޒާރުކުރަން އުޅޭ ކޮންމެ މީހެއްގެ ނިމުން އަންނާނީ އަހަރެންގެ އަތުން… އަޒްހާންހެން ކަލޭވެސް މަރުވޭ…” ރުޅިންގޮސް އިޝާރުގެ ސިކުނޑި ހަމައިން ނައްޓާފައިވެއެވެ. އިޝާރުގެ ކަރަށް ބާރުކުރަމުން މަރުގެ ތުންފަތާއި ކައިރިއަށް އިޝާރު ދަމަމުން ގެންދިޔައިރު އައްްމާރު ހުރީ ހެޔޮނުބައި ވިސްނޭފަދަ ހާލެއްގައެއްނޫނެވެ. ބޭޒާރުވެދާނެކަމުގެ ބިރުވެރިކަން އޭނަގެ ސިކުނޑި މޮޔަކޮށްލައިފައިވެއެވެ.
ބެލްކަނީގައި ތިރިކޮށް ރާނާފައިވާ ގާފޮޅާއި ގާތްވަމުންދިޔައިރު މަރުން ސަލާމަތްވާން އިޝާރު މަސައްކަތްކުރިއެވެ. ދެފައިވިއްދާ ގަދަކަން ދެއްކިއެވެ. އޭރު އައްމާރު އޭނަގެ ކަރަށް ބާރުކޮށްލައިފައިވީ ގޮތުން އިޝާރުގެ ކަޅި މައްޗަށް އަރާފައިވިއެވެ. ނޭވާހާސްވެގެން ރޯ މަހެއް ތެޅޭފަދައިން އިޝާރު ތެޅެމުންދިޔައެވެ. ނޭވާހޮޅި ބެދެމުންދިޔައިރުވެސް އަނގައިން ބަހެއް ބޭރުކުރަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް އައްމާރުގެ ހިތުގައި ރަހުމުގެ ކުޑިފަށެއްވެސް ނުއުފެދުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
67 Comments!
Comments are closed.






My dear readers heres the next part of the story.. hope you will like this part too.. specially the ones who were curious to know more about shaadheen and yazdhaan… enjoy reading and leave a comment… next part on wednesday night.. keep waiting… thanks for the love and support
Mee first dhw…Mibai ehaa interesting eh noon… Ekam vx okey… V reethi vaahaka… Dhn alhe naina n haizal plus mayaan n sheleen gulhuvaba….❤ i love this stry….❤? love yuh… When is next episode?
thankss dear.. guess you like the scenes of the young couples… hurihaa couples thakeh ethibee gulhifa.. dhen othy parents ge ruhun hoadhun… thank you so much dear… lytoo
Chaaaaa… ❤️❤️❤️❤️
awwn.. thankss dear
Ok.
thanks dear
Dhiraa wish.. kaddhevitha e ee koancheh
hama shaadheen ah ingeynee…eeee hiyaalee dheyo akah kiyaa nameh… dhen dhiyo akee avalaa meehun ge fahathun ulhey ehjeh nu… ehenve eyna fahathun ulhey boys ah shaadheen kiyaa nameh ee
Me first? Vrh reethi vhk..????? when next part??
next time first hoadhan try kohlahjjey.. thankss dear
Dhiraa where is shallow mihaaru?.. This story is superb hama.. Keep up the good work ❤️❤️
*shaaly
shalee ge part eh mi bayah nulevi e inee.. sorry for that.. thankss dear.. it means a lot to me
Saabahey dhira varah reethi shaadhin and yazdhaan ge breakup scene….oh god….varah dheravi ethankolhu eh ee varah painful kameh aslu…ishaaru and ammaaru kure ekaku maru thoacheh vaani…ma sha Allah dhiraa ge ibaaraiy thakaa feelings genesdheefa hunnagothaa sifa kurumaa no one can beat this….baarah kuriah dhey dhira ah vaane ?????❤❤
Miee dhiraage amilla khiyaaleh no. Tharujamaa eke.
thank you so much dear.. varah ufaa vehjje hai ah e pary ehaa reethiveema… ekamuge painful kan ingeynee yazdhaan akahnu… hingaa dhw balamaa… thank you so much dear.. im really really happy to hear that.. insha allah
Ishaaru numarahchey???
dont cry dear.. iyaana nurovarah dear eba ron dhw
Wow wow wow..Really speechless dhiraa ganduu ???..Dhiraa ibaaraiy kohfa hurileh alhe haadha furihama eyy❤❤❤..kohme part ehga vx new gothakah sifakohdhinun genesdheyfa huhnany???..dhiraa hama vrh vrh molhu??????..hama mi site ge queen ey buneveyny???…Ishaar ah dhn kihineh baa dhw vaany..sooo curious ingey darlx..Waiting fr the next dearr..LYL & GN?????????
thankss dear.. right now im the one who is speechless… thanks for the love and support.. your comments motivate me alot.. im so happy to hear such heart warming words… hingaa dhw.. balamaa.. ly too
Wooow….awsome???
Dhiraa dhn thankolheh avahah up kurancheh….kehnukurevey❤❤
thankss dear.. insha allah i will
Haizal r naina ge romence gina kohlaa eyrun so awsome vaane….vaahaka hama varah vx salhi…no more words to describe the story❤❤❤❤???
yes dear.. e dhemeehun ep thah gina kohlaanan ingey.. thank you so much dear..
Varah reethi mi part ves…..but baeh name tha ehba huri kahnenge olhifa…..but its okk…….. One of my fav…..luv ur storyyy so much..ly
thankss dear.. thankss for pointing out proof read nukurevi einee.. im really happy that i got to be your one of the favs
Wow v v v furihama …. This is getting too interesting n I love it …. V ufaavejje shaadheen ge bae ineema …. Curiously waiting for the next part ….. This story is one of the best story…. Keep it up dhiraa … Best of luck n once again love ya ????????
thankss dear.. shaadheen is your favourite right.. im happy that i included scenes of her cause you liked it so much.. is it dear.. i cant express how happy im to hear those words.. ly too
Haasaru varah bodu. Dhen eki myhun liyaanee ves eki goi gotha dhetho.? Mihaaru news in genesdhey binmaa ge vaahaka “dhekeyhiivey nikan” , adhi dho. mv in genesdhey” andhirifaraai ” mi vaahaka thakakee varah rythi style akah genesdhey seedhaa on point ah haasaru nuhimeney reethi vaahaka thakeh. Ehaame inthizaar kurevey e vaahakathah kiyaahithun. Mi vaahakaves huthureh noon.
Nowadays esfiya and vaahaka. com varah foohi. Vaahaka. com maabodah ves foohi. Update eh nuvey. Liyuntherinves bahabaru. Dhiraage mi story ves upkohdhey goi mulhin change vejje.kurin haadha surprise aa echhis libeyey. Mihaaru dhen not like those days.
Ingey abadhu ehgotheh nuvaane kanves. Baeh faharu avi dheefinama aneh faharu veheynee vaarey. Liyuntherinves ge gulheynee mi usool. Kiyuntherin ufaaves kuruvaa baraabarah upkohfa kiyuntherin moyavaavarah inthizaar ves kuruvaane. Alhe fahe liyuntheriyaa shaz lyn ves manshaa 2 genesdhee dhee hurefa vee eh nuvee eh neygi gellijje. Dhiraaves Mihaaru dheythere dheytherein gellenee. Maayoos kohnulaa thikuraa massakathaigen kuriah dhaane kama hykuran
Kithanme haasarubodas aharen varah kiyaahithun mi vaahaka kiyan. Evaahakaves hama bunelee
CORRECTION: Dho. mv in genesdhey “ehaa loabiveemey”.
thankss for the compliment dear… really glad to know you read it and like it
Woah Masha Allah varah reethi varah varah furihama sifa kurunthah. Waiting for next part ???
thankss dear
Thank you dhiraa shava n dhan ge bai genesdhinyma. Vaahaka hama v rythi..
Rangalhu kollan jehey bahehves ebain “dhiya dhovi dhashah” van vaahaka. Rangalhu gothaky ” Askani dhoshah”. Rangalhu kollaane kamah hykuran?
Adhi eh vaahaka.. ” kadde dhevi” a e koacheh?? Mulhin alah ivunu baheh v ma mi ahaaly?” kandu vigani” tha a e anekka?
thankss dear.. ow ethankolhu einee bas olhifa mihaaru ragalhu kohlaafa ihnaanee.. thanks for pointing out… e bas dhw.. e ee hiyaalee dheyo eh
Mihaaru dhen ma dhigu vanee mi vaahaka .ehenveema liuntheriyaa ah ves neygey mihaaru vaanuva. Dhen haasaru nudhama ninmaalan vee nun
thanks dear
V v reethi vhk… ?????❤️ when is next part..
thanks dear
kobatha mihaaru shayam menge bai..emyhunah v gotheh neyge fahun
75 vana baiga ihnaane shayam men ge scene eh.. kiyaalahjjey dear
keehvetha ehn vaahaka thakah vure kurin meethi upvanee?
varah foohivey
Thee haasil vumah edhi ge author Nafutha? If so or not your very rude.. ekaku anekakah ihthiraam kurumakee ohnan jeheyne kameh.. haasa koh liyuntherin.. thigothah vaahaka dhehkunmakee gabool kurevey kameh noon.. avahah up vun lasvun ee dhira kuraakamehnu.. meethi kiyaigen thi judge kuranee meeheh ge buramasaikaih.. im sure you will even feel badif some one comment on your story the same way.. esfiyaige dhuvasvee kiyuntheri ehge haisihyathun bunelee
Nau ge vaahaka ah taaeedh
varah thafaathu kurey writers mi site hingaa meehun
???????Vaahaka long vi Vareh OK….. Nice mi part vx……. Laishaa ge bayaka haixal ge part Eh crazy beynun ???????????#crazy LUV U❤️❤️❤️❤️❤️❤️❤️
thankss dear.. characters gina vefa storyline complicate vaa varah dhiguves vaane tha dhw.. e dhe couples ge baithah liyaanan ingey.. luv u too dear
Vaahaka kithamme dhigu viyas kulliakah nimmaa nulahchey dhira darling.. Mi part aa nugulhunas vaahakaeh ahaalan beynun.. Yazdhaan ah ingey dhw mihaaru haizal akee zel kan? Dhn haizal ah vs ingey dhw yazdhaan akee eynage close meehehkan? Mayaan akee eynage bestie kan vs engey dhw? Hama gaimuves mihraan engijje.. Ehn v ma dhn mayaan men vs ingeyne dhw.. Ekm haizal keevve mihraan men kairiah nudhanee? Mihaaru haila vs annan vejje ennu haizal kairiah.. Can’t wait to see all of them meet.. Btw mi pt vs hama habeys ???(vaahakaeh ahaashey kiyaafa baivaru suvaal thakeh ossaalaafi dhw ??.. Hama mi suvaalthah sikundi therey enburey varun nuhurevigen mi ehee..)
Miee dhiraage amilla khiyaaleh no. Tharujamaa eke.
Anonymous ah kihineh ingenee? Anyways I didn’t even ask if this story was a translation or not.. Noonee dhiraa buneetha anekka anonymous kairee? Tharujamaa akah vanya alhe meege aslu dhakkaaladhevidhaanetha? Eyrah gabool kureveynee anonymous thi kiyaa ehcheh thedhu kan..
Maves beynun thikiyaa aslu kiyaalan anonymous .
yes dear.. story dhiguviyas storyline ah badhaleh nugehnaanan.. hama plan kohffa in gothah nimun ahnaanee… yazdhaan aai haizal ingey ehves kameh neyngenee mayaan ah.. hingaa dhw mayaan ah ingey goih balamaa dhw.. thi hurihaa suvaaluge javaabu kuraiah othy… lets wait for their reunion.. thankss dear.. hehehe.. its okey.. if you have any doubts just ask me.. i will be happy to answer.. and curious and kalhu handi dont mind to answer those comments.. some times silence is the best answer.. thanks for the support and love
Speechless????haadha curious kollaafa thi nimmailee..wgen next❤
thankss dear
vvvv rythi mi vhk
thankss dear
Kurin dhedhuvahun eh dhuvahu noony eyah vure ves avahah up kuri vaahaka eh mee
Mihaaru mihen vaathy v v v v v v v v v v v v v v v v v v v v v v v v v v v v v v v v dhera vey
Mee Aslu one of my favorite Ekam mihen vaany kada????????????????????????????????
sorry dear.. im trying my best not to bring any delays.. but hence im a student i have a very limited time for my story.. but i will try my best not to repeat those things.. varah happy vehhje mi vaahaka dear ge fav akah veema
Awlheyy haadha lwbieyyy mi part ves??…dhiraa thi sifa kurunthah genasdheefa huhnaleh ryythi kamun , award eh dhinun hahgu❤❤❤❤… mihaaruves e dheven oi nama dhinys bt still u’ve got hingey the best writer ge lagabu mihithun❤???…. just love it dhiraa?….& plus dhiraage thi hunaruveri kamaa visnun thoonukamun just.. ??Ma Sha Allah??… ur the best & the cutest writer i’ve ever met ?????..& wanna say that really had enjoyed reeding this part??… & those love scenes were fascinating ❤❤… lyssssmmm?????❤❤❤❤… & work hard & keep it up ????❤❤
thankss dear.. haadha loabi colourful comment ekey dhw… alheyy.. hama thihaa thaureef haqqutha… ufalun dhira ah neynge bunaane ehjehves,.. thank you so much dear… zeek’s ge fav akah veema varah varah ufaavehjje.. your are also very sweet cute reader… one of the best readers.. it such a nice thing that you enjoy.. hope you will enjoy the upcoming eps too.. thank you and love you dear
This part is also amazing maasha allah. Curiously waiting for the next part ❤❤❤
thank you so much my dear
Mihaaru haadha ehvahtharu ge nantakun faadu faadu ge comment kureyaaa dho dhiraa… hurihaa ehman beynun vaagothakah hiyhama jeha gotheh nuvaane dho
yeah.. dhira ah ves varah faahaga kurevey.. hiyaalu thafaathuvaa kudhin ginaee dhw.. mee vaahaka eh veema dear bunaa gothah story line aai ehgothah dhanee.. hiyaalakee thafaathu ehjakah vaathee baeh kudhin nah kamunudhiun ekasheegen veyy.. if so you can share your opinions