Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

…..ރީން….. 3

RifuRifu Level 1
September 8, 2019 2 Mins Read
6 Comments

” ހަމަ ރީ އަށް ވެސް އެނގުނު ގޮތަށް. ” ރީން ހެމުންހެމުން ބުނެލިއެވެ.
________________
” ހޫން ދެން ހެވޭ. ” ރީމާ ދެލޯ ކުޑަ ކޮއްލައި ހިނިތުންވެލަމުން ބުނެލިއެވެ.
” އޭ ދެން މި ވާހަކަ ދައްކާނީ ފަހުން. ” ރީން ރީމާގެބފަހަތުން އައި ރިހާން އާއި ރުހާން އަށް އިޝާރަތް ކުރަމުން ބުނެލިއެވެ. ރީމާ ވެސް އޭގެ ފަހުން އެ މައުޟޫއަކަށް ނުދެއެވެ.
” އޭ ރީން އަން މިއޮތީ މެގްނަމް. މި ވައްތަރު އޯކޭތަ؟ ” ރިހާން ރީން އަށް މެގްނަމް ދިއްކޮއްލަމުން ބުނެލިއެވެ.
” ހްމްމްމްމް… ކޮންމެ ވައްތަރަކަސް މެގްނަމެއް ވެއްޖެއްޔާ އޯކޭވާނެ. ” ރީން ހިނިތުންވެލައި އޭގައި ހިފަމުން ބުނެލިއެވެ.
” އޭ ދެން ހިނގާ ދާން ހިނގާލަން ދަންޏާ. މިހާރު އެއޮށް ފަސްގަޑި ތޭރަވީ. ” ރުހާން އޭނާ އަށް ގެނައި މެގްނަމް ކަނޑަމުން ބުނެލިއެވެ.
” ޔާ. ހިނގާ. ” ރީމާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ރިހާންގެ އެ ދޮންދޮން މޫނު ހީވަނީ މޮޑެލާފައި އޮތް ފުއްގަނޑެއްހެންނެވެ. އެންމެ ރީތި ވަރުގެ ނޭފަތެކެވެ. އެ މަޑު އަޅިކުލައިގެ ފުންފުން ދެ ލޯ ވަށްވެފައި ބޮޑެވެ. އެސްފިޔަ ތައްވެސް ދިގުވެފައި ބޮލެވެ. ރަތް ކުލައިގެ ތުނި ތުންފަތެކެވެ. ތުނބުޅި މަތިމަހެއް ނެތެވެ. ހީވަނީ ހަމަ މިއަދު ބާލައި އޮމާންކޮއްފައި ހުރިހެންނެވެ. މަޑު ނޫކުލައިގެ ގަމީހުގެ އަތްކުރި އުޅަންބޮށި ނުފެންނަވަރަށް އޮޅާލައިފައި ވާއިރު ގަމީސް ވަނީ ތިރިން ލައިގެން ހުރި ފަޓުލޫނުގެ ދަށަށް ޖަހައިފައެވެ.

ރުހާން ގެ އެ އޮމާން ދޮން ޕީޗް ކުލައަކަށްދާ މޫނުމަތީގައި އެންމެ ލަކުނެއްވެސް ނެތެވެ. ތުނބުޅި އާއި މަތިމަސް ވަނީ ކުރުކޮށް ކޮށާލައިފައެވެ. އެއްވަރިގެ ‘ޕާފެކްޓް’ ނޭފަތެކެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ލޯ ކުޑަ ވިޔަށް ހުންނަނީ ދަގަތްފާނަށް ދަމާކަހަލަ ބާރެކެވެ. މަޑު މުށި ކުލައިގެ ކަޅިއެކެވެ. އެސްފިޔަތަށް ވެސް ދިގުވެފައި ބޮލެވެ. ގަޔަށް ފިޓުކޮށް ހުރި ކަޅު ޓީޝާރޓާއިއެކު ގަދަ ނޫކުލައިގެ ޖިންސު ފޮތީގެ ޖެކެޓަކާއި ހަމަ އެކުލައިގެ ޖިންސު އޭނާއާ ވަރަށް ގުޅެއެވެ.

މާލޭގެ ހަލަބޮލި މަގުތަކުގެ ޕޭމަންޓް މަތީގައި އެ ހަތަރުކުދިން ހިނގާފައި ދިޔައިރު ހީވަނީ ބޭރު ގައުމަކުން އައިސް ތިބި ފަތުރުވެރިން ހެންނެވެ. މަގުމަތިންދާ އެންމެންގެ ނަޒަރު އެ ހަތަރު ކުދިންނަށް ހުއްޓެމުން ދިޔައެވެ. ނަމަވެސް އެ ކުދިންގެ ފަރުވާލެއް ނެތެވެ. އަމިއްލަ ވާހަކައިގައި ތިބެ ކުރިޔަށް ދިޔައީއެވެ.

” އޭތް ރިހާނޫ… އިޒަ ދެޓް ޔުއާ ހައުސް؟ ” ރުހާން ރިހާން ކައިރީގައި އަހާލީ އެ ކުދިންގެ ކުރިމަތީގައި ހުރި ބޮޑު ގެ ދައްކާލަމުންނެވެ.
” ޔާ. ކާރު ގެންނަންތަ؟ މަ ގޮއްސާނަން އެންމެން ގެޔަށް ލާން. ” ރިހާން އަހައިލިއެވެ. އެންމެން އެއްފަހަރާ އާންއެކޭ ބުނެލިއެވެ. ރިހާން އޭނާ އާއި އެއްކޮއް އަންނަން ބުނުމުން ހުރިހާ ކުދިންވެސް އޭނާގެ ފަހަތުން ދިޔައެވެ.

ބޭރުފުށުން އެ ގެ ފެނިލުމުން އެކަނިވެސް ރިހާން އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މެމްބަރެއްކަން އެނގުނެވެ. ހުދުކުލައިގެ އެ ބޮޑު ގެ ކުރީ ތިންބުރިއަށް ނަގައިފައެވެ. ބޮޑު ދަގަނޑު ގޭޓެއް ލާފައި ހުއްޓެވެ. ތިން އެކުވެރިން ބޭރުގައި މަޑުކޮއްގެން ތިބީ ރިހާން އޭނާގެ ކާރު ނެރެންދެނެވެ. ރިހާންގެ މެރޫން ކުލައިގެ ކާރު ނެރުމުން އެންމެން ގޮސް ކާރަށް އެރިއެވެ. ރުހާން ކުރީ ސީޓަށް އެރިއިރު ރީން އާއި ރީމާ އިނީ ފަހަތު ސީޓުގައެވެ.
” ކޮބާ އެންމެންގެ އެޑްރެސް ބުނޭ. ކާކު ފުރަތަމަ ދާނީ؟ ” ރިހާން އަހައިލިއެވެ.
” މަ ދާނީ ފުރަތަމަ. އިނގެއެއްނު އަހަރުމެންގެ ގެ؟”
ރުހާން ފުރަތަމަ ދާން ބޭނުންވާކަމަށް ބުނެލިއެވެ.
” މަށަށް އޯކޭ. ” ރިހާން އެއްމިޔަކުން ހިނިތުންވެލަމުން ބުނެލިއެވެ. ރުހާން ގެޔަށް ލުމަށްފަހު ދެން ދާން ބޭނުންވީ ރީމާއެވެ.
” އަހަރުމެން ގެޔަށް ކިޔަނީ ބްލޫމް. ” ރީމާ މާ އަވަހަށް ގެޔަށް ދާން އުޅުނީ ރީން އާއި ރިހާން އެކަނިކޮއްލަންވެގެންނެވެ.
” އަހަރެންގެ ގެއަށް ކިޔަނީ ލެވެންޑާރ. ” ރީން އިސްޖަހާލައިގެން އިނދެ ބުންޏެވެ. ގެއާ ހަމައަށް އާދެވުމުން އޭނާ ރިހާންއަށް ޝުކުރުއަދާ ކޮއްފައި ގެއަށް ވަނެވެ. ރިހާން އެއް މިޔަކުން ހިނިތުންވެލައިގެން ރީން ދިޔަ ދިމާލަށް ބަލަން އިނެވެ.

Share Article

Follow Me Written By

RifuRifu

Level 1

I am a 13 years old girl who loves to read and write stories. I want all ur support to be a good writer. Feel free to comment.??? Now u can contact me via my e mail address. [email protected]

Other Articles

Previous

….ރީން…. 2

Next

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 9

Next
September 8, 2019

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 9

Previews
September 8, 2019

….ރީން…. 2

6 Comments!

  1. I.S.H.A.A says:
    September 8, 2019 at 2:55 am

    Salhi

  2. Yersh says:
    September 8, 2019 at 2:16 pm

    Varah reethi…
    Maa sha Allah..
    when is next part..

    1. RifuRifu says:
      September 8, 2019 at 7:09 pm

      Thank u so much. Next part varah avahah. In Shaa Allah.

  3. Ryn says:
    September 8, 2019 at 7:16 pm

    Varah reethi Ma Shaa Allah. Keep it up RifuRifu. Ly..

    1. RifuRifu says:
      September 8, 2019 at 7:16 pm

      Thank u so much Ryn. Ly too.

  4. Sifam says:
    September 18, 2019 at 8:18 am

    Masha Allah vaahaka varah reethi ☺️☺️☺️

Comments are closed.



All Right Reserved!