Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 9

Emm Level 3100 Comments10 Stories100 Login
September 8, 2019 5 Mins Read
32 Comments

ދެލޯ މަރާލައިގެން އޮތް އަޒާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މަލްޝާ ތެދުވެގެން ރައުލްއާ ދިމާލަށް ދިޔައިރު ހިތުގެ ތެޅުން ބާރުވެފައިވެއެވެ. ” މިރޭ ދިމާ ވެވިދާނެ ތަ؟ ވީ ނީޑް ޓު ޓޯކް… ” މަލްޝާއާ ހަތަރުކަޅި ހަމަކޮށްލަމުން ރައުލް ބުނެލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް މަލްޝާ އެކަމާ އެއްބަސްވީ އޭނާވެސް ރައުލްއާ ވާޙަކަ ދައްކަން ބޭނުންވެފައި ހުރުމުންނެވެ. ރައުލް އިތުރު އެއްޗެއް ނުބުނެ ބޯ ޖަހާލާފައި ދިޔައީއެވެ. ރައުލް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު މަލްޝާ އަޒާން ކައިރިއަށް ދިއުމަށް ހިނގައިގަތް އިރު ރައުލް ދައްކަން އުޅޭ ވާހަކަ އަކާ މެދު ފިކުރު ހިންގުނެވެ. ހިތުގެ ކަނެއްގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލި ނަމަވެސް ނަފްސު އެކީ ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އަޒާން އޭނައާ ދިމާލަށް ބަލަހައްޓައިގެން އޮތް  ވީ އެ ނުތަނަވަސްކަމުގެ އެއް ސަބަބަށެވެ. ދެ ބުމަ ގޮށްޖަހާލައިގެން އޮތް އިރު އެ ތޫނު ނަޒަރު އެންމެ ސިކުންތަކަށްވެސް މަލްޝާގެ ބޮޑު ދެލޮލާ ވަކި ނުވެއެވެ.

” ކީކޯ އޭނަ އެ ކީ… ” އަޒާންގެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު އެކުލެވިގެން ވިއެވެ. ބިންމަތީގައި އަޅާފައި އޮތް މެޓުގައި ދެއަތް ވިއްދާލަމުން ތެދުވެ މަލްޝާ ކައިރިއަށް ގޮސް ހުއްޓެލިއިރު އެ މޫނުމަތީގައިވީ އަސަރަކުން މަލްޝާއަށް އެއް ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭނާ ރައުލްއާ ވާހަކަ ދައްކައިގެން އަޒާންއަށް މިހާ ވަރު ވާން ޖެހޭ ސަބަބެއް މަލްޝާއަކަށް ނުވިސްނުނެވެ. ” އޭނަ ކީކޭ ހޭ ބުނީ؟! ” ތަންކޮޅެއް ބާރަށް އަޒާން އަހާލުމާއެކު މަލްޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެފައި އަޒާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ.

” މަލްޝާ… ” މަލްޝާއަށް ހޭވެރިކަމެއްވީ އަޒާން މަލްޝާގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުންނެވެ. ” ކީކޭ ހޭ އޭނަ ބުނީ؟! އަޑެއް ނީވޭތަ؟! ” އަޒާން އުޅެން ފެށި ގޮތަކުން މަލްޝާ ހުރީ ބޮލުގައި ރިއްސައި ގަނެފައެވެ. އެންމެންގެ ލޯތައް އެ ދިމާލަށް ހުއްޓެން ފެށުމުން މަލްޝާ އެތަނުން ދިއުމަށް ހިނގައިގަތެވެ. ” އަޖައިބެއް ނުވާނެތަ؟! ކީކޭ ހޭ އޭނަ ބުނީ؟! ” މަލްޝާގެ ކުރިމައްޗަށް އަރާ ނުދެވޭނެހެން ކުރި ބައްދަމުން އަޒާން ހަޅޭއްލަވައި ގަތެވެ. ” އަޒާން… މޮޔަވީތަ؟! ” މަލްޝާ ވަށައިގެންވީ މާހައުލަށް އަވަސް ނަޒަރެއް ދެމުން އަޒާންއާ ކުރިމަތިލިއެވެ. މީ އެކަމަށް އެންމެ އެކަށޭނަ ވަގުތު ނޫން ކަން އެނގި ހުރެއެވެ. ” މަ ތަ އަދިވެސް މޮޔަވެގެން މިއުޅެނީ؟! ” އަޒާންގެ މޫނުމައްޗަށް ވެރިވީ ތަފާތު ކުލަވަރެކެވެ. ” އާނނ… ހަމަ ރަނގަޅަށްވެސް މޮޔަވެފަ ތިހިރީ… ” މަލްޝާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލުމަށްފަހު އަނބުރާ އައި ކޮޅަށް ހިނގައިގަތެވެ.

މަލްޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އަޒާން ހުރީ އޭނާއަށް އުޅެވުނު ގޮތުން ލަދު ގަނެފައެވެ. ރައުލްއާ މަލްޝާއާ ކޮންމެ ވާހަކަ އެއް ދެއްކިޔަސް އަޒާންއަށް އެކަމާ ރުޅި އައުމުގެ އެއްވެސް ހައްގެއް ނޯންނާނެކަން އަޒާންއަށް ގަބޫލު ކުރެވުނެވެ. ވަށައިގެންވީ މާޙައުލަށް ނަޒަރު ހިންގާލިއިރު އެންމެން ހެން އޭނާއަށް ބަލަހައްޓައިގެން ތިބުމުން އިސްޖަހާލަން އަޒާންއަށް މަޖުބޫރުވިއެވެ. މަލްޝާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން މައާފަށް އެދެން ބޭނުންވި ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ. މަލްޝާ ފެނުމުން އޭނާއަށް ވާ ގޮތްތަކަކީ އެހެން އަންހެންކުދިން ފެނުމުން ވާ ގޮތްތަކެއް ނޫނެވެ. އެއީ މުޅިން އާ ތަޖުރިބާއެކެވެ. އާ އިހްސާސްތަކެވެ. ދުލުން ބަޔާންކޮށް ދެވޭ ވަރަށް ވުރެ މާ ފުން އިހްސާސްތަކެވެ. ހިތުގެ ހަމަޖެހުން ކަމުގައި މަލްޝާވެފައިވީ އޭނާއަށްވެސް ނޭނގިއެވެ. މަލްޝާ ނުފެނި ސިކުންތެެއް ހޭދަވިޔަސް ހިތުގައި ނުތަނަވަސްކަމެއް އުފަންކުރުވައެވެ. މަލްޝާ ފެނުމުން ހިތުގެ ތެޅުން އަވަސް ވަނީ ބޭއިޚްތިޔާރުގައެވެ. އަބަދުވެސް އެކުގައި ވަގުތު ހޭދަކުރާ ހިތްވެއެވެ. މި އިހްސާސްތަކަށް ދޭނެ ނަމެއް އަޒާންއަކަށް ނޭނގުނެވެ.

* * * * * * * * * * * * * *

އުޑުމަތީގައި ހަނދު ރަނިކަން ކުރަމުން ދިޔައިރު އަޅިކުލައިގެ ވިލާތައް ދޭތެރެއަކުން ހަނދުގެ އަލިކަމުން ދުނިޔެ މަހުރޫމްކޮށްލައެވެ. އެފަދަ ވަގުތުތަކުގައި ދުނިޔެ މައްޗަށް ވެރިވާ އަނދިރިކަމުން ހިތްތަކަށް ބިރުވެރިކަން ގެނުވާހާ ވެއެވެ. ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށްވެސް ދުނިޔެއަށް އަލިކަމެއް ފޯރުކޮށްދިނުމުގައި އެފަދަ ވަގުތުތަކުގައި ނުކުޅެދިފައިވާ ފަދައެވެ. މަލްޝާ ތައްޓަކަށް ކާން އަޅައިގެން އައިސް އިށީނީ އެންމެންނާ ތަންކޮޅެއް ދުރުގައެވެ. ހަވީރު އަޒާންއާ އޭނާއާ ދެމެދު ހިނގައި ދިޔަ ދެބަސްވުމަށްފަހު އަޒާން އޭނަޔާ ވާހަކަ ނުދައްކަނީ އަމިއްލަ ނަފްސު ކުށްވެރިކުރެވޭތީ ކަން މަލްޝާއަށް އިނގެއެވެ. އެހެންކަމުން އަޒާން ކާއެއްޗިހި އަޅައިގެން އައުމުން އޭނަޔާ ވާހަކަ ދައްކަން ނިންމައިގެން މަލްޝާ އިނެވެ.

ކާއެއްޗިހި އަޅަން ހުރި އަޒާންގެ ނަޒަރު އިރުއިރުކޮޅުން އެންމެންނާ އެކަހެރިކޮށް އިން މަލްޝާއަށް ހުއްޓެމުން ދިޔައެވެ. މާފަށް އެދެން ބޭނުންވެފައި ހުރުމުން އަޒާން ހިނގައިގަތީ މަލްޝާއާ ދިމާލަށެވެ. ” ހޭ… އޯކޭ ތަ މިތާ އިށީނަސް… ” އަޒާންގެ ވާހަކަ ދެއްކުމުގައި ހުރި ބީރައްޓެހިކަމަކުން މަލްޝާގެ ހިތުގައި ޖެހުނެވެ. ” ވަޓް؟! އާރ ޔޫ ސީރިއަސް އަޒާން؟! ” މަލްޝާއަށް ބުނެލެވުނީ ބޭ އިޚްތިޔާރުގައެވެ. އަޒާން އޭނާ އެހާ ދުރުކޮށްލަން ޖެހުނު ސަބަބެއް މަލްޝާއަކަށް ނުވިސްނުނެވެ. މިއަދު ވީ ކަންތައް އެއީ މާ ބޮޑުކަމެއްގެ ގޮތުގައި މަލްޝާ ނުދެކެއެވެ. ” ޔާ… އަމް ސޮރީ މަލްޝާ… އައި ނޯ އަސްލު މަލްޝާ ކޮންމެ މީހަކާ ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަމާ ސުވާލުކުރުމުގެ އެއްވެސް ހައްގެއް އަހަރެންނަށް ނޯންނާނެކަން… ނޭނގެ އެގަޑީ ކީކޭ ހިތަށް އަރައިގެން ކަމެއް އެ ހުރިހާ އެއްޗެއް ކިޔުނީ… ” މަލްޝާގެ ވާޙަކަ ހުރި ގޮތުން އަޒާންއަށް ހީވީ މަލްޝާ އަދިވެސް އޭނާ ދެކެ ހިތްހަމަ ނުޖެހިފައި ހުރީ ހެންނެވެ. އެހެންވެ އެތާ އިށީންނާކަށްވެސް ނުކެރުނެވެ. އިސްޖަހާލައިގެން ހުރެ އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު އަޒާން އެނބުރި ހިނގައިގަތެވެ.

” އަޒާން… އިޓްސް އޯކޭ އޭ… އައި ނޯ ރައުލްގެ ކަންތައް ހުންނަ ގޮތުންކަން އަޒާން އަހަރެން ރައުލްއާ ވާހަކަ ދައްކަން ހިތްހަމަ ނުޖެހެނީ… އައިމް ރިއެލީ ހެޕީ ތިހާ ޕްރޮޓެކްޓިވް ފްރެންޑްއެއް ހުރީމަ… އައި ނޯ އެގަޑީ އަހަންނަށްވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަން… ސޯ އައިމް އޯލްސޯ ސޮރީ… ލެޓްސް ފޮގެޓް ދިސް… ” އަޒާންގެ އަތުގެ މުލައްދަނޑީގައި ހިފާ ހުއްޓުވަމުން މަލްޝާ ބުނެލުމާއެކު އަޒާންގެ މޫނުމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަނެއް ފަރާތަށް އެނބުރިލިއިރު އެ މޫނުމަތިން ކުރިން ފެނުނު އެއްވެސް އަސަރެއް މިހާރަކު ނެތެވެ. ” ތޭންކްސް މަލް… ” ހިތަށް ލިބިގެން ދިޔަ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމުގެ ސަބަބުން އަޒާންއަށް އުޅެފައި ނޫޅޭނެ ގޮތެއްވެސް ނޭނގުނެވެ. ” ބައި ދަ ވޭ ބްލެކް ލުކްސް ގުޑް އޮން ޔޫ… ” އަޒާންއަށް ތައުރީފްކޮށްލަމުން މަލްޝާ އެއް ލޯ މަރާލިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ހުޑީ އަދި  ޓްރެކް ސޫޓްއަށް ނަޒަރެއް ދެމުން އަޒާން މަލްޝާއަށް ބަލާލިއިރު ދެލޮލުގެ ވިދުން ގަދަވެފައި ވެއެވެ. މަލްޝާ ކޮށްލި އެންމެ ތައުރީފް އަކުންވެސް އަޒާންގެ ހިތް ފުރި ބަންޑުން ވިއެވެ. މޫނުމައްޗަށް ވެރިވީ ހިތްތައް ފަތަހަ ކުރާ ވަރުގެ ފިރިހެންވަންތަ ހިނިތުންވުމެކެވެ. ދެ ކޮލަށް އެޅިފައިވީ އަޑި ކޮޅު އެ ހިނިތުންވުން އިތުރަށް ފުރިހަމަކޮށް ދިނެވެ.

” ހެހެ… ތެންކްސް… ” އަޒާން ބުނެލުމާއެކު މަލްޝާ ނޯ ޕްރޮބްލަމް އޭ ބުނެލިއެވެ. އެވަގުތު މަލްޝާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން މަލްޝާގެ ނަޒަރު ހުއްޓުނީ ފޯނަށެވެ. ނުދަންނަ ނަމްބަރަކުން ކޮށްފައި އިން އެ މެސެޖުގައި އޮތީ ތުނޑިއާ ދިމާލަށް އައުމަށެވެ. ހައިރާންވެފައި މަލްޝާ އިރުކޮޅަކު އެ މެސެޖަށް ބަލަހައްޓައިގެން އިންދާ އެ ނަމްބަރުން އިތުރު މެސެޖެއް އައިސްފައި އޮތެވެ. ރައުލްގެ ނަން ޖަހާފައި ފޮނުވާފައި އިން އެ މެސެޖު ފެނުމާއެކު މަލްޝާއަށް ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ތެދުވެވުނެވެ. ” އޯ ނޯ… ” ނިޔަފަތިގަނޑު އަނގައަށް ލައިގެން ހަފަން ހުރެ މަލްޝާއަށް ބުނެވުނެވެ. އޭރު އަޒާން އިނީ މަލްޝާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހައިރާންވެފައެވެ. ” މަލްޝާ؟! ” އަޒާން މަލްޝާއަށް ގޮވާލުމާއެކު އަތުގައި އޮތް ތަށި އަޒާންގެ އަތަށް ދިނުމަށްފަހު ބާރު ހިނގުމެއްގައި މިސްރާބު ޖެހީ ޓެންޓުތައް ޖަހާފައި ހުރި ދިމާލަށެވެ. އަޒާން ގޮވާ އަޑު އިވުނު ނަމަވެސް އޭނާ ހުރީ އެހެން ކަމަކަށް ސަމާލުކަން ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އީވާއާ މަލްޝާއަށް ހާއްސަކޮށްފައިވާ ޓެންޓަށް ވަތް އިރު އެތެރޭގައި ފޯނު ކުޅެން އޮތް އީވާއަށް މަލްޝާ ފެނުމާއެކު ފަނޑު ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. މަލްޝާވެސް ރައްދުގައި ހިނިތުންވެލަމުން އޭނާގެ ދަބަސް ކައިރިއަށް ޖެހިލާފައި އޭގެން ނެގި ‘ ވިކްޓޯރިއާރސް ސީކްރެޓް އޭންޖަލް ‘ ސެންޓު ފުޅިން ގަޔަށް ސެންޓުކޮޅެއް ބުރުވާލުމާއެކު މުޅި މާހައުލު އެ ވަހުން ހުވަނދުލެވުނެވެ. މަލްޝާ އަވަސް ފިޔަވަޅުތަކެއްގައި ޓެންޓުން ނިކުތުމަށްފަހު ތުނޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ހިތުގައި ނުތަނަވަސްކަމެއް އުފެދި ހިތް ބިރުގަނެފައިވީ ނަމަވެސް މަލްޝާ އެނބުރި ދާ ޚިޔާލެއް ނުކުރިއެވެ. އެ އަށް ވުރެ ބޮޑަށް އޭނާ ހުރީ ރައުލްއާ ވާހަކަ ދައްކަން ބޭނުންވެފައެވެ.

މަލްޝާއަށް އެހިސާބަށް ދެވުނުއިރު ރާޅު ބީއްސާ ހިސާބުގައި ފުރަގަސްދީގެން ހުރި ރައުލް ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ސޯޓުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރި އިރު ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓު ވަޔާ އެ ބާމަތި ފުޅާ ހަށިގަނޑުގައި ތަތްލާފައިވާ ހުރި ގޮތުން މަލްޝާގެ ގައިން ހީބިހި ހަލުވާލިއެވެ. މަލްޝާ އެ ހިސާބަށް ގޮސް ހުއްޓިލުމާއެކު ރައުލް ފަސް އެނބުރި ބަލާލީ އެކަން އިހްސާސްވެގެން ހެން ހީވެއެވެ. ނުކިޔަމަންތެރިކަމާއެކު މޫނުމައްޗަށް ނިވާ އަޅަމުން ދިޔަ އިސްތަށިކޮޅުތައް ރައުލް މަޑުމަޑުން މައްޗަށް ހިއްލާލިއެވެ. ރައުލް މަލްޝާގެ މޫނަށް ބަލަހައްޓައިގެން ހުރި ގޮތުން މަލްޝާއަށް ލަދުން އިސްޖަހާލަން މަޖުބޫރުވިއެވެ. ” އަމް…  ސޯ… ހާއި… ކިހިނެއް ތަ؟! ” ރައުލްއަށް ވާހަކަ ފަށާނެ ގޮތެއް ނޭނގުމުން ބުނެލިއެވެ. ” ރަނގަޅު… ” މަލްޝާ ޖަވާބު ދިނީ ފާޑަކަށެވެ. ” އަދިވެސް ރުޅިއައިއްސަ؟! އެކަމަކު ހިޔެއް ނުވޭ ތިހާ ރުޅި އައިއްސަ ހުރި ނަމަ މި ކަހަލަ ތަނަކަށް އަހަރެން ބުނީމަ އައިސް ހުންނާނެ ހެންނެއް… ” ރައުލްގެ ވާޙަކަ ދެއްކުން ހުރި ގޮތުން މަލްޝާ އެތަނަށް އާދެވުނު މޮޔަ ހިތަށް އެރިއެވެ. ” އަޒާން ކަންތަކާ ތަ ރުޅި އައިއްސަ ތި ހުންނަނީ؟! ޗިލް ގާރލް ޗިލް… އޭނަ ނުޖެހޭ ދޯ އަންނަ ގޮތަށް އައިސް އަހަރެންގެ ގަޔަށް އަރާކަށް… ތި ދެމީހުން އުޅެނީ ރައްޓެހިވެގެން ތަ؟! ” މަލްޝާ އެއްވެސް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ރައުލްއެވެ. މި ފަހަރުވެސް މަލްޝާ ޚިޔާރުކުރީ ހިމޭންކަމެވެ. ދެ އަތް ދެއަތާ މޮޑެލަ މޮޑެލާ ހުރި ގޮތަށް ހުރީއެވެ. ” އަޒާންއަށް… ” ” އަޒާންގެ ވާހަކަ ދައްކަންތަ އަހަރެން ކައިރީ މި ތަނަށް އަންނަން ބުނީ؟! އެހެން ވިއްޔާ އަހަރެން މި ދަނީ ދާން… ” ރައުލް ދައްކަ ދައްކާ ހުރި ވާހަކަ މެދުކަނޑާލުމަށްފަހު މަލްޝާ ބުނެލީ ހިތްހަމަ ނުޖެހިފައެވެ.  ” އޮހް ސޮރީ… އަޒާންގެ ވާހަކަ ދައްކާކަށް ނޫން އަންނަން ބުނީއެއް… އެއްކަލަ އިރުގެ ވާޙަކަ ދައްކަން އަންނަން ބުނީ… ” ރައުލް އެހެން ބުނެލުމާއެކު އެހެން ފަހަރު ތަކެކޭވެސް އެއް ގޮތަށް މަލްޝާގެ ދެލޯ ފުރުނީ ތާޒާ ކަރުނައިންނެވެ. ” މީ ދެން މީހަކު ދެރަވެ ރޯވަރު ކަމެއް ނޫނެއްނު… އަހަރެމެން ދެމީހުން ނޫން އެހެން އެކަކަށްވެސް އަހަރެމެން ދެމީހުންގެ ދެމެދު ގުޅުމެއް ހިނގި ކަމުގެ ޝައްކެއް ވެސް ނުވޭ… ” ރައުލްގެ ފަރާތުން ފެނުނީ ވަރަށް ހަމަޖެހިފައި ހުރި ފަދަ އަސަރުތަކެކެވެ. އެއްވެސް ވަރަކަށް ކުރެވުނު ކަންތަކާ ލަދުގަނެ ދެރަވެފަ ހުރި ކަހަލަ އަސަރެއް ނުފެނެއެވެ. ރައުލްގެ ވިސްނުން ހުރި ގޮތް އިނގުމުން މަލްޝާއަށް އެއަށް ވުރެ ބޮޑަށް ރޮވުނީއެވެ. އިތްފަތްތެރިކަން ގެއްލުމަކީ ކުޑަ ކަމެއް ހެއްޔެވެ؟ އުމުރު ދުވަހަށް މިކަން ސިއްރު ކުރެވޭނޭ ރައުލްއަށް ހީވަނީ ހެއްޔެވެ؟ އާނއެކެވެ. ރައުލްގެ ނަން ސިއްރު ވެދާނެއެވެ. ފިރިހެންކުއްޖާގެ ނަން ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ބޭޒާރުވާނީ މަލްޝާއެވެ. ހުރިހާ ވޭނެއް އުފުލަން ޖެހޭނީވެސް މަލްޝާއަށެވެ. މަލްޝާގެ ހިތުގައި ރައުލްއަށްޓަކައި ވީ ހުސް ޝަކުވާއެވެ. ނަފްރަތުކުރަން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. މަލްޝާ އަނެއް ފަރާތަށް އެނބުރުނީ ރައުލްއަށް ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ” ލުކް މަލްޝާ… އައި ޔޫސްޑް ޕްރޮޓެކްޝަން… ސޯ ނޯ ނީޑް ޓު ވޮރީ އެބައުޓް އިޓް… ”

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

…..ރީން….. 3

Next

ވީމޭ ތިޔަ އިންތިޒާރުގައި..1

Next
September 8, 2019

ވީމޭ ތިޔަ އިންތިޒާރުގައި..1

Previews
September 8, 2019

…..ރީން….. 3

32 Comments!

  1. I.S.H.A.A says:
    September 8, 2019 at 2:47 am

    Salhi first dhw

  2. drax says:
    September 8, 2019 at 3:52 am

    Oh wow
    It’s awesome ??? waiting for next part
    I don’t know why for me Raul is the hero not that azaan.
    Anyway this story is great.keepit up????????

    1. Emm says:
      September 8, 2019 at 1:46 pm

      congratss gurl… ???? ahaha… khiyaalu thafaathu vumaky mahsala eh nuun… draz ah ingeyny hero akah hadhaane myhaka nuhadhaane myheh… ? anyway, thanks dear for the sweet comment… ? i really appreciate ur support… ❤ next part soon, in sha allah… keep waiting… ? luv yuh! ❤❤

    2. azker says:
      September 8, 2019 at 6:11 pm

      Me too

  3. jiji says:
    September 8, 2019 at 4:19 am

    Yeyy me second…Kiyaafa comment eh kohlaanan??

    1. jiji says:
      September 8, 2019 at 6:05 am

      Wow???❤…hama super..Hyvany hama filimeh balailevun hen..Ehaa vx rythi..Ibaaraiy kohdhyfa hurileh vx v v v furihama ey buneveyny..Im so curious to knw wats gonna be happen next..ly???❤

    2. Emm says:
      September 8, 2019 at 2:24 pm

      awwwnn… ? so sweet… ❤ thanks a lot dear… ? u r a really supportive reader… ❤ glad to have such a sweet friend… ? next part soon, in sha allah… keep waiting… ? luv u more ?

  4. Xaara says:
    September 8, 2019 at 9:13 am

    Wow..??❤️u r so Talented at this age.. Even I start writing stories at the age of 13.. It’s a really good hobby..❤️??.. Hama v salhi Eyyyyyy buneveynee ?❤️❤️❤️❤️❤️?

    1. Emm says:
      September 8, 2019 at 2:32 pm

      awwnnn… ? thanks dear… ❤ yh! i agree with u… ? there is nothing better for a hobby, than writing stories… ??????looking forward to read a story of urs… ? luv yuh! ❤❤❤

  5. Meekkomee says:
    September 8, 2019 at 12:29 pm

    woww ….mi part ves varah varah reethi ingyyy…..whn is next part emm…………waithing……..ly….

    1. Emm says:
      September 8, 2019 at 2:36 pm

      awwwnn… ? thanks meekko… ❤ next part soon, in sha allah… keep waiting… ☺☺☺ luv u moree… ??

  6. Xxx says:
    September 8, 2019 at 1:34 pm

    Yayyyyy!!!!!. Malsha is not pregnant. Oh thank goodness. ???luv this story Emm. And also luv u. Your one of the most talented writers in this site.??❤??❤??❤naseebeh Raul protection use kurikan.

    1. Emm says:
      September 8, 2019 at 2:41 pm

      ahaha… saabas… ? raul ah shukuru adhaa kuran jehey vagutheh aissi dhw… ? i’m beyond thank u now… ? just have no words to describe how thankful i am… ☺ luv u moree… ???

  7. Jairu says:
    September 8, 2019 at 2:26 pm

    Wow…. v reethi mi part vex…. u make my day so colourful with this story…. thanks…best of luck for the next…??????????????????????????????????????????????????????????????????????????????????????????????????

    1. Emm says:
      September 8, 2019 at 2:48 pm

      awwnnn… ❤ alheyy… such a sweet comment… ? n u make my day so colourful with that cute comment… ?????????????????????????????????❤❤❤❤❤❤i goes crazy by reading ur comment… ? it’s like honey… ? makes me melt like an ice cream… ?? hehe… ? thanks again… ? luv yuh! ???

  8. Cute Lips says:
    September 8, 2019 at 4:28 pm

    naseebeh thiya ibilees protection use kurikan.. ekm virgin akh nuvaane dhn kithanme vareh viyas.. damn i feel so sad for her… i hate that ibilees,, i hope zaan will forgive to malsa… poor mal… kill that raul.. he is such a coward… that zeyba eh thw zooba eh thw safaru kaihdhah…v rythi.. ngey… hope to see the nxt part soooooooooooon.. LY Emm sis

    1. Emm says:
      September 8, 2019 at 5:34 pm

      ehehe… aan dhn kithanmme vareh kuriyas vergine akah nuvaane thaa dhw… ? let’s hope for the best… hehe… zeyba dhw… l can’t stop laughing, rysh ge mi commnet kiyaafa… ? thanks darling… ❤ netx part sooooooooon, in sha allah… ? luv u more ryshuuu… ???

  9. Xxx says:
    September 9, 2019 at 7:03 pm

    I guess the is some good deep down in Raul’s heart dhw. You know what???? I actually SHIP malsha and Raul.❤❤❤ I dont think malsha and azaan is meant to be together.????

    1. Emm says:
      September 9, 2019 at 8:05 pm

      yh maybe dhw… oh! dhn hingaa dhw balama vaa gotheh… ? thanks for the comment dear… ❤❤❤ luv yuh! ?

  10. Xxx says:
    September 9, 2019 at 7:03 pm

    Correction:- I guess there is some good deep down in Raul’s heart dhw. You know what???? I actually SHIP malsha and Raul.❤❤❤ I dont think malsha and azaan is meant to be together.????

    1. Emm says:
      September 9, 2019 at 8:00 pm

      ehehe… emme thankolheh nubai v ma vx mulhi ethi ehkoh dhw thi fonuvy… ? gadha ingey! ??

  11. Evzzz says:
    September 9, 2019 at 9:54 pm

    Beyond beutiful..maasha allah

  12. Kaily says:
    September 10, 2019 at 4:28 pm

    Varah Varah Varah Varah Varah Reethi story… Whn is nxt part dear… ❤️❤️❤️???

    1. Emm says:
      September 10, 2019 at 6:29 pm

      Awwwwwnn… ? Thank u so much dear… ??? Next part in sha Allah maadhama up kohla dheynan… Half liyefa innaany… Keep waiting…♥️♥️♥️ Luv yuh loadss… ???

  13. Dust says:
    September 10, 2019 at 4:38 pm

    Awesome story.. keep up the good work???.. byw when is the next part??? Waiting for it curiously!!!!??

    1. Emm says:
      September 10, 2019 at 8:04 pm

      So sweet… ♥️ Thanks for the cute comment dear… ? Next part in sha Allah tomorrow… Keep waiting… ? Lots of luv… ♥️♥️♥️?

  14. esfiya fan 1 says:
    September 10, 2019 at 5:07 pm

    Aww… I cried reading this it’s really heart touching ???the writer stole my heart may allah give you all the happiness in the whole world !!!❤️??? You are a great writer Masha Allah ????

    1. Emm says:
      September 10, 2019 at 8:07 pm

      Awwwnn… Thank u so much deary… ? For the lovely comment+ the blessings… ♥️♥️♥️ May u be blessed with a happy tomorrow… ? Thanks again… ??? N u too r a great reader… ??? A kind hearted one… ??? Luv yuh loadss… ♥️♥️♥️?

  15. Azhad says:
    September 13, 2019 at 10:10 pm

    When is next part ….?

    1. Emm says:
      September 14, 2019 at 6:05 am

      Alhey… Sorry for the delay dears… Busy v ma nuvegen miulheny… ? But in sha Allah miadhu up kohla dheynan… Thanks for waiting… ? Luv yuh! ???

  16. Meekkomee says:
    September 14, 2019 at 12:30 am

    Emmm…… Whn is next part dear????wait nukurevigen mi eh hyyy kon irakun thww????luv yeahh ???????

    1. Emm says:
      September 14, 2019 at 6:07 am

      Awwwnn… ♥️♥️♥️ So sweet… ? In sha Allah miadhu up kohla dheveythw miulheny… ? thanks for waiting deary… ?? Luv u more… ???

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 10←


All Right Reserved!