ގޭގެ ފަހަރަކު ކޮޓަރިއެއްގެ ދޮރުގައި ތަޅަމުން، ކައިލަން ދިޔައީ ނައިރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ. މުޅި އެގޭގައިވެސް އިތުރު މީހަކު ނެތް ވަގުތެކެވެ. ކައިލަން އަނެއްކާވެސް ދުވެފައި އައީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. އެވަގުތު ނައިރާގެ ކޮޓަރިން ނުކުމެގެން ކޮންމެވެސް މީހަކު ދުވެފައި ދިޔަތަން އޭނައަށް ފެނުނެވެ. އެމީހެއްގެ ފަހަތުން ދާން އުޅެފައިވެސް، ކައިލަންގެ ޚިޔާލު ބަދަލުވިއެވެ. އެ ނަޒަރު ހުއްޓުނީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއިން ނައިރާގެ ވޭނީ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ކައިލަން ގޮސް، ނައިރާގެ ކޮޓަރި ދޮރުމަތީގައި ހުއްޓުމާއިއެކު ދެލޯ ބޮޑުވެގެން ދިޔައެވެ.
********
ފޭރާމެއްނެތް ނައިރާގެ ހަށިގަނޑު އަތްދަނޑި މައްޗަށް އުފުލާލައިގެން ހުރި ޔުމާން ފެނި، ކައިލަންގެ ހަރަކާތް ހުއްޓުނެވެ. ނޭވާލާންވެސް ހަނދާން ނެތިފައި، އޭނަ ހުރީ ޔުމާންގެ މޫނަށް ބަލާށެވެ. ކުރިޔަށް ހިނގައިގަންނަންވެސް ނޭނގިފައި ކައިލަން ހުރިއިރު، ދެފައިގައިވެސް ކަސްތޮޅު އެޅިފައިވާ ކަހަލައެވެ.
ދޮރުމަތީގައި ހުރި ކައިލަން ފެނުމާއިއެކު ޔުމާންއަށް ސިހުމެއް ލިބުނެވެ. ދެފަރާތަށް ބޯ ހޫރާލާފައި އެއްޗެއް ބުނަން އުޅުނެވެ. އޭގެ ކުރިން އަވަސްއަވަހަށް ނައިރާގެ ހަށިގަނޑު އެނދުމަތީގައި ބޭއްވިއެވެ.
ނައިރާގެ ބަނޑަށް ހަރާފައިވާ ވަޅި ފެނުމާއިއެކު ކައިލަން ކޮޓަރިތެރެއަށް ދެމިގަތީ ވައިސޫރިއެއް ހެންނެވެ. ޔުމާން އެއްޗެއް ބުނުމުގެ ކުރިން ގަމީހުގައި ހިފައިގަނެފައި ދުރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރުމުން ޔުމާން ގޮސް މުށިތަކުގެ މައްޗަށް ވެއްޓުނެވެ.
ކައިލަންގެ ހަރަކާތްތައް އަވަހެވެ. އެނދުމަތީގައި އޮތް ބެޑްޝީޓް ނަގައި، ނައިރާގެ ހަށިގަނޑު ނިވާކުރިއެވެ. އޭރު ނައިރާގެ ދެލޯ މެރިއްޖެއެވެ. ހަރަކާތް ހުއްޓި ހަށިގަނޑު ދެމުނުއިރު، މުޅި އެނދުވެސް ލެއިން ތެމި ފޯވަމުން ދިޔައެވެ.
“ނޯ ނޯ ނޯ… ނައި… ނައި… ނައީ…” ނައިރާގެ ދެކޮލުގައި ހިފައި ތަޅުވަމުންދިޔަ ކައިލަން ހީވަނީ މޮޔަވެފައިވާ ހެންނެވެ.
ލިބުނު ހާސްކަމާއިއެކު، ކުރެވޭ ނުކުރެވޭ ކަމެއްވެސް ކައިލަންއަކަށް ނޭނގެއެވެ. އެނދުގެ ކައިރީގައި މުށިތަކުގެ މަތީގައި ކުޑަކަކޫ މައްޗަށް ވާހެން އިށީނެވެ. ތުރުތުރުއަޅަމުންދިޔަ އަތަކުން ނައިރާގެ ބަނޑަށް ހަރާފައިވާ ވަޅި ނެގޭތޯ އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. އެކަމަކު އެ ވަޅި ދަމައިގަންނާނޭ ހިތްވަރެއް ކައިލަންއަކަށް ނުލިބުނެވެ. ލޭމަނާ ކުރަން އުޅެ، އެކަންވެސް ކުރެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން ގޮތް ހުސްވުމުން ކައިލަންގެ ހިތްވަރު އެލުނީއެވެ. މުށިތަކުގެ މަތީގައި އިށީނދެފައި، މޫނުމަތީގައި އަތް އެޅިއެވެ. ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން، އޭނަ އަނެއްކާވެސް ބަލައިލީ ނައިރާއަށެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ، މާޔޫސްކަމެވެ.
“ނައި… ޕްލީޒް ޑޯންޓް ލީވް މީ…” ކައިލަންއަށް ގިސްލެވެން ފެށުނެވެ.
ދުރުގައި މަންޒަރު ބަލަން އިންނާކަށް ޔުމާންއަކަށް ފަސޭހައެއް ނުވިއެވެ. އޭނަ ތެދުވެގެން ގޮސް ކައިލަންގެ ކޮނޑުގައި ހިފައި ނަގަން އުޅުނެވެ.
“ދަރިފުޅާ… ބައްޕަ…” ޔުމާން އުޅުނީ ކައިލަންއަށް ވިސްނައިދޭށެވެ.
“އަހަރެންގެ ބައްޕައެއް ނުހުންނާނެ… އަހަރެންމީ ބައްޕަ ނެތް ކުއްޖެއް…” ޔުމާންގެ އަތް ފޮޅުވައިލަމުން، ކައިލަން ފުންމައިގެން ތެދުވިއެވެ.
ކައިލަން ހަޅޭއްލަވައިގަތްލެއް ބާރުކަމުން ޔުމާން ދިޔައީ ސިއްސައިގެންނެވެ. ކައިލަން އެހާ ރުޅި އައިސްފައި ހުއްޓައި އޭގެ ކުރިން ދުވަހަކުވެސް ޔުމާންއަށް ފެނިފައެއް ނުވެއެވެ. ހައިރާންވެފައި އޭނައަށް ހުރެވުނީ ކައިލަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކައިލަންގެ ދެލޯ ރަތެވެ. ކަރުގެ ނާރުތައް ވަނީ ލޭ އަރައި ފުފިފައެވެ. ދެއަތް މުށްކަވާލައިގެން ހުރިއިރު، އަވަސްއަވަހަށް ހިންދިރުވަމުން ދިޔަގޮތުން ކައިލަންގެ އެތެރެ ހަށީގައި ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުކަން ހާމަވަމުން ދިޔައެވެ.
“ކޮން ލިޔުމެއްގަ އޮތީ ތީ އަހަރެންގެ ބައްޕައޭ… އޭނ… ބުނެބަލަ… ކޮން ލިޔުމެއްގަހޭ އޮތީ؟… ދައްކަބަލަ އެންމެ ލިޔުމެއްވެސް… އައިޑީކާޑު؟، އުފަންދުވަހުގެ ސެޓްފިކެޓް؟، ރަށްވެހިންގެ ރަޖިސްޓްރީ؟… އޭނ… ބުނެބަލަ، އެއިން އެއްވެސް އެއްޗެއްގަ އަހަރެންގެ ބައްޕަގެ ނަން އެބައޮތްތަ؟… ނިކަން ދައްކަބަލަ…” ކައިލަންގެ ރުޅި ގަދަވެފައިވާވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ފުންކޮށް ނޭވާލަމުން ދިޔަގޮތުން ހީވަނީ ދެންމެދެންމެ ޔުމާންގެ ގައިގައި ހިފައިގަނެދާނޭ ހެންނެވެ.
“ދަރިފުޅާ…” ޔުމާންގެ ހިތުގައި ޖެހުނެވެ.
ކައިލަން ދުވަހަކުވެސް ޔުމާން އާއި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިނުވެއެވެ. އެހާ ލޯބިވާ ދަރިފުޅު އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޔުމާންގެ ހިތް ކުދިކުދިވިއެވެ. މާޒީގެ ހަނދާންތައް އާވުމާއިއެކު ޔުމާންގެ ދެލޯ ފެންކަޅިވިއެވެ. އެ ހިތްދަތި ދުވަސްތަކުން އަރައިގަތުމަށް ކަށިން ނެތް ހިތްވަރު ނެރެގެން އޭނަ ވަނީ އެތައް ދުވަހެއް ވޭތުކޮށްފައެވެ. އެކަމަކު އަނެއްކާވެސް އެ ހަންދާންތައް ދެންމެ ވީކަމެއްހެން ޔުމާންގެ ބޯމަތީގައި އެނބުރެން ފެށިއެވެ. ފިލްމެއްގެ މަންޒަރުތަކެއްހެން، ޔުމާންގެ ކުރިމަތީގައި އެދުވަސްތަކުގެ މަންޒަރުތައް ސިފަވާން ފެށިއެވެ.
“އަހަންނަށް ދަރިފުޅު ކިޔައިގެން ނުވާނެ… ތީ އަހަރެންގެ ބައްޕައެއް ނޫން… އަހަރެންގެ ލޯމަތިންވެސް ދުރަށްދޭ… ދޭ ހަމަ މިހާރު ދޭ…” ޔުމާންގެ މޭގައި އަތްއަޅައި ކޮއްޕަމުން ކައިލަން ވާހަކަ ދެއްކިއެވެ.
“ވީ ހުރިހާ ކަމަކަށް ހިތުގެ އެންމެ ފުންމިނުން މަޢާފަށް އެދެން… ދުވަހަކުވެސް ދެރަގޮތެއް ވުމަކަށް ނޭދެން…” ޔުމާން އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަނެއް ފަރާތަށް އެނބުރުނެވެ.
“މިބުނީނު މިތަނުން ދާށޭ… އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނޫން…” ޔުމާން އެންބިއުލާންސްއަށް ގުޅާފައި ފަސްއެނބުރުނުތަނައި، ކައިލަން ހަޅޭއްލަވައިގަތެވެ.
އިތުރަށް އެތަނުގައި މަޑުކޮށްގެން ކައިލަންގެ ރުޅި ގަދަކުރަން ބޭނުން ނުވާތީ، ޔުމާންއަށް އެތަނުން ނުކުންނަން މަޖުބޫރުވިއެވެ. ޔުމާން ނުކުތުމާއިއެކު ކައިލަންއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އޭރު ޔުމާން އާއި ދޭތެރޭގައި ކަންތައް ކުރެވުނުގޮތުން އޭނަ ހުރީ ދެރަވެފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ޔުމާންއަކީ އޭނަގެ ބައްޕައެވެ. ބައްޕައަށް އިޚްތިރާމް ކުރުމަކީ ދަރިން ކުރަންޖެހޭނޭ ކަމެކެވެ. ނަމަވެސް އޭނައަށް ކަންތައް ކުރެވުނީ އިވްޔާގެ ތަރުބިއްޔަތާއި ޚިލާފަށެވެ. ބައްޕަގެ ހިތުގައި އޭނައަށް އެލައްވައިލެވުނީ ދުވަހަކު ފިލައިގެން ނުދާނޭ ވަރުގެ ފާރުގަނޑެކެވެ. މާޒީގައި ކަން ހިނގާފައިވާގޮތް އެނގިހުރެ، އެ ބައްޕަ ކުއްވެރިކޮށް ރޮއްވައިލެވުމުން، ކައިލަންއަށް އޭނާގެ އަމިއްލަ ނަފުޞު ކުށްވެރިކުރެވުނެވެ. އޭނަ މަޑުމަޑުން ގޮސް ނައިރާގެ ކައިރީގައި އިށީނެވެ. ނައިރާގެ އަތް ނަގައި މޫނުގައި ޖައްސައިލިއެވެ.
********
ރައިން އޮތީ ތަޅުންގަނޑުގެ މަތީގައެވެ. އެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނުވާއިރު، ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ހަކަތަ ހުސްވިގޮތަށް، ލޯ ހުޅުވައިލާނެ ހިތްވަރުވެސް އެ ހަށިގަނޑުގައި ނެތެވެ. އެހާލުގައިވެސް ރައިންގެ ހަތަރެސްފައި އޮތީ، ގުޑިވެސް ނުލެވޭނޭ ވަރަށް ބަނދެފައެވެ.
ރައިންއަށް ހޭވެރިކަންވީ އޭނަގެ ގަޔަށް ފެން އެއްޗެއް އޮއްސައިލުމުންނެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލާފައި، ހަމަ އެހާ އަވަހަށް ދެލޯ މަރައި ބާރުކޮށްލިއެވެ. ލޮލާއި ދިމާއަށް އެޅިފައިވާ ގަދަ އަލީގެ ސަބަބުން، ދެލޯ ހުޅުވައިގެން އޮންނާނޭ ހިތްވަރެއް ރައިންއަކަށް ނުލިބުނެވެ.
“ކަލޭގެ ކަންތައް ތަންކޮޅެއް މައްޗަށް ގޮސްފިހެން ހިޔެއް ނުވޭތަ؟…” އިވުނީ ފިރެހެނެއްގެ އަޑެވެ.
ރައިންގެ ފުރިހަމަ ސަމާލުކަން އެއަޑަށް ދެވުނެވެ. ދެލޯ އައްޔަށް ހޭނުމާއި އެކުހެން ރައިން މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. ކުރިމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަށައިގެން ބަލައިލުމާއިއެކު، ރައިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކައިރީގައި އޮތީ ނާބިޚްގެ އެކުވެރި މުނީރުގެ ހަށިގަނޑެވެ. ބަންޑުން އޮތްއިރު، ލެއިން ކަޅިވެފައެވެ. މުނީރުގެ ދެލޯ ބޮޑުވެފައިވާއިރު، ނިތްކުރިންމަތިން ފައިބާފައިވާ ލޭތައް ވަނީ ލޮލަށް އެޅިފައެވެ. ދެލޯ ރަތްކަމުން އަނގުރު އަލިފާންކޮޅެކޭ އެއްފަދައެވެ. ލައިގެން އޮތް އަންނައުނުގެ ކުލަ ވަކިކުރަން ނޭނގޭވަރަށް ލެއިން ތެމި ފޯވެފައިވިއެވެ. އެއް އަތް އޮތީ އިދިފުށަށް ވާހެން އަނބުރާލާފައެވެ. ދެފައިވެސް ކުޑަ ހުޅާއި ހަމައިން ބިނދިފައެވެ. ބޮޑު ވޭނެއް ތަހަންމަލް ކޮށްފައިވާކަން އެ ހަށިގަނޑުގައިވި އަނިޔާގެ ނިޝާންތަކުން އެނގެއެވެ. މުޅި ހަށިގަނޑުގައިވެސް ހިރަފުހުގެ ޢަޞަރެވެ. ބަލާބެލުމަށް އެތައް އަނިޔާއަކާއި ކުރިމަތިލާންޖެހުމުން، ފުރާނަ ވަނީ ހަށިގަނޑާއި ވަކިވެފައެވެ.
ރައިންގެ ދެލޯ ފެންކަޅިވިއެވެ. އަނގައިން ނުކުތީ މަޑު އާޙެއްގެ އަޑެވެ. ނޭވާލާންވެސް ނުކެރިފައި އޮއްވައި، ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވެ، އޭނަ ދެލޯ މަރާލިއެވެ.
“ހިސާބަށްވުރެ އަނގަ ގަދަވީމަ ވާހާ ކަންކަން މިހުންނަނީ… އޭރުވެސް އަނގަ މައިތިރިކޮށްގެން ހުރިނަމަ އެހެން ނުވީސް…” ވަކި ހިސާބަކުން ވާހަކަ ހުއްޓާފައި، އެ މީހަކު ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މީހަކު މެރުމަކީ އަހަރެން އެއްވެސް އިރެއްގަ ކުރަން ބޭނުންވި ކަމެއް ނޫން… އެކަމަކު މިފަހަރު މިއޮތީ މިކަންވެސް ކުރެވިފަ… މީހުން ބުނެއެއްނު، އެކަކު މަރައިފި މީހަކު އަނެކަކުވެސް މަރާނެއޭ… އެއީ ހަމަ ތެދެކޭ…” އަޑު އައީ ރައިންގެ ކުރިމަތިންނެވެ.
ރައިން މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. ކުރިމަތީގައި ފުރަގަސްދީގެން ހުރީ ފިރެހެނެކެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި، ކަޅު ފަޓުލޫނެއްގައި ހުރި އެ މީހާގެ ބޯ ވަނީ، ހޫޑްއަކުން ފޮރުވާލެވިފައެވެ. އެމީހާގެ ނަޒަރު ހުއްޓިފައިވީ މުނީރުގެ ހަށިގަނޑަށެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު، އެމީހަކު ރައިން އާއި ދިމާއަށް އެނބުރުނެވެ. އެމީހާގެ މޫނު ފެނުމާއިއެކު ރައިން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވެގެން ދިޔުމާއިއެކު، ރައިންއަށް ތެޅިގަނެވުނެވެ.
“އަހަރެންގެ ދުޝްމަނުކަމެއް ކަލެއަކަށް ނެތް… އެކަމަކު މި ނޫން އޮޕްޝަންއެއް ދެން ނުވެސް ނެތްތާ ދޯ…” އެމީހަކު އޭނާގެ އަތުގައި އޮތް ވަޅި ހިއްލައި، ވަޅީގެ މިޔައިގައި އަތް ކާއްތައިލަމުން ވާހަކަ ދެއްކިއެވެ.
********
ހެނދުނު ހޭލައިގެން އިވްޔާ އޭނާގެ ކޮޓަރިން ނުކުތްއިރު، ސޯފާގައި ޔުމާން އިނެވެ. އިވްޔާ ފެނުމާއިއެކު، އަވަސްއަވަހަށް ސޯފާއިން ތެދުވެގެން އައިސް އިވްޔާގެ ފައިދަށަށް ތިރިވިއެވެ.
“އިވީ… މިހުރިހާ ކަމަކަށް ޒިންމާ ނަގަންޖެހޭނެ މީހަކީ އަހަރެން… އަހަރެމެންގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް… އައި ޕްރޮމިސް ޔޫ، އެ ދަރިފުޅަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” ޔުމާން ވާހަކަ ދައްކަމުން ދިޔައީ ގިސްލަމުން ކަހަލަ ގޮތަކަށެވެ.
ހިތްހަމަނުޖެހިފައިހުރެ، އިވްޔާ އުޅުނީ އެތަނުން ދާށެވެ. ޔުމާންގެ ވާހަކަތައް އަޑުއެހުމުގެ ޝައުޤުވެރިކަމެއް އޭނަގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ ޔުމާންދެކެ ހިތްހަމަނުޖެހިފައެވެ.
“އިވީ ޕްލީޒް… އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަދީބަލަ…” ޔުމާން ހިފެހެއްޓީ އިވްޔާގެ އަތުގައެވެ.
އިވްޔާ އޭނާގެ އަތް ދަމައިގަތެވެ. ދެލޯ ހަނިކޮށްލަމުން ހަށަމް ބަނދެލިއެވެ. ޔުމާންއަށް ނުބަލަންވެގެން އޭނަ ހުރީ ކުރިމަތީގައި ހުރި ފާރަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަ އެތަނުގައި މަޑުކުރިނަމަވެސް، ޔުމާންގެ ވާހަކަ އަޑުއެހުމުގެ ޝައުޤުވެރިކަމެއް ނެތެވެ.
“އެރޭ، ކައިކްއަށްވުރެ ކުރިން ނައިރާގެ ކައިރިއަށް ދިޔައީ އަހަރެން… ކައިކް އެގެއަށް ދިޔައީވެސް އަހަރެން ނައިރާގެ ކައިރީގައި ހުއްޓާ… އެކަމަކު، އަހަރެން ދިޔައީ ނުބައި ނިޔަތެއްގައެއް ނޫން… އަހަރެން އެއްވެސް ފާފައަކަށް އަރައެއް ނުގަންނަން… ހަމަ ހުވާކޮށްފަ މިބުނީ، އަހަރެން ހަމަހޭގަ ހުރެ، އެފަދަ ފާފައަކަށް އަރައެއް ނުގަންނާނަން…” އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނަމުން ދިޔައިރު، ޔުމާންގެ އަރު ބެދޭވަރުން ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.
“ތިވާހަކަ އަހަރެން ޤަބޫލުކުރާނީ ކިހިނެތް… އަހަރެން ޔުމާންއަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ…” އަނެއްކާވެސް އިވްޔާ އުޅުނީ އެތަނުން ދާށެވެ.
ޔުމާން އަވަސްއަވަހަށް ތެދުވިއެވެ. އޭނަ ގޮސް އިވްޔާގެ ކުރިމަތީގައި ހުއްޓިފައި ބަލައިލީ އާދޭހުގެ ރާގަކަށެވެ.
“އިވީ ޕްލީޒް… ހެޔޮނުވާނެ… އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަދީ… އެރޭ ކަންތައްވީގޮތް ކިޔައިދޭށޭ މިއުޅެނީ… މި ސިކުނޑިއަކު ނެތޭ ހުރިހާ ކަމެއް ސްޓޯކޮށްގެން ހުންނާނޭ ހިތްވަރެއް…” ޔުމާންގެ ހިތްވަރު އެލުނެވެ. އަޑު ކުރެހުނެވެ. ދެފައިގެ ވަރު ދޫވިހެންވެސް ހީވިއެވެ. އެވަރުންވެސް އޭނަ ހިތްވަރު ކުރިއެވެ. ކެތްތެރިވިއެވެ.
“އަޑުއަހާށޭ… މިހުރިހާ ދުވަހު، ތިވާހަކަތައް ކިޔައިނުދެވުނީ ކީއްވެ؟ ކައިކްގެ ކުށެއްނެތި އެވަރުގެ އަދަބެއް ލިބޭއިރު، ތިގޮތަށް ބަލަން ހުރީ ކީއްވެ؟… މިހާރު ކުއްލިއަކަށް ހުރިހާ ވާހަކައެއް ކިޔައިދޭން ތިއުޅެނީ ކޮން ބޭނުމަކު؟…” ޔުމާން އާއި ދިމާއަށް ބަލައިލިއިރު، އިވްޔާގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ.
“ޔުމާންއަށް ނޭނގޭތަ އަހަރެން މިކުރާ ހިތާމަ؟… އެއީކީ ހަމައެކަނި އަހަރެންގެ ދަރިއެއް ނޫނޭ… ޔުމާންގެވެސް ދަރިއެކޭ އެއީ… ކިތައް ދުވަސް އެވަނީ އެ ގޮޅީތެރޭ އެފަކީރު ކެތްކުރާތާ… މަޔަކަށްވީތީ އަހަންނަށް އިޙްސާސްކުރެވޭ ކައިކް އެފަދަ ވިޔާނުދާ ކަމެއް ނުކުރާނެކަން… އެކަމަކު ޔުމާން، ހަޤީގަތް އެނގިހުރެ، މިހުރިހާ ދުވަހު ތިހުރީ ހަނު… ހަމަ ގައިމުވެސް އަހަންނެއް ނުހުންނާނަން…” އިވްޔާ ހުރީ އޭނަގެ މޭގައި އަތް ޖައްސާލައިގެންނެވެ. ހިތްވަރު ކުރަން އުޅުނަސް، ކައިލަން ތަހަންމަލް ކުރަމުންދާނޭ ވޭން އިޚްސާސް ކުރެވުމުން މައިލަގޮނޑިއަކަށް ކެތެއް ނުވިއެވެ. އޭނަ ގޮސް ސޯފާގައި އިށީނދެފައި ދެއަތުން މޫނު ފޮރުވާލިއެވެ.
“އިވީ ހީކުރަނީ އަހަރެންގެ ދަރިފުޅު އެ ގޮޅިތެރެއަށް ދޫކޮށްލާފަ އަހަރެން މިހުންނަނީ އުފަލުން ކަމަށްތަ؟… މިހިތަށް ކެތްވާނެއޭ ހީވަނީތަ؟… ކައިކްއަށްވުރެ ބޮޑަށް އެކަމުގެ ތެރޭގަ ޝާމިލްވި މީހަކީ އަހަރެން… ކައިކްގެ ދޫ ހިމޭނުން އެއޮތީ، އަހަރެންގެ އަބުރަށް ހުތުރުވެދާނެތީ… ދެން ކިހިނެތް އަހަންނަށް ހަމަޖެހުމެއް ލިބޭނީ؟… އިވީ ބުނެބަލަ… އަހަރެންގެވެސް ލެޔޭ އެއީ… ރިޔާޒު ކަހަލަ ނުބައި އިންސާނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން… އަމިއްލަ ނަފުޞު ޤުރުބާންކޮށްގެންވެސް އަހަރެންގެ ދަރިފުޅު ރައްކާތެރި ކުރާނަން… އަހަރެން އެ ޔަޤީންކަން ދެން… އެކަމަކު މިއީ ތި ހީކުރާހާ ފަސޭހަކަމެއް ނޫނޭ… މިކަމުގެ އަޑީގަ ތިބީ ވަރަށް ނުރައްކާތެރި ބައެއް… މިކަން ނިންމާލަން ޖެހޭނީ ވަރަށްވެސް ބުއްދިވެރިކޮށް…” އިވްޔާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު، ޔުމާން ހިނގައިގަތެވެ. އަނެއްކާވެސް ފަސް އެނބުރިފައި އައިސް އިވްޔާގެ ކުރިމަތީގައި ހުއްޓުނެވެ.
“އަހަންނަށް ވަރަށް ރަނގަޅަށް ނައިރާ އެނގޭ… ނައިރާ އަކީ ކާކުކަން، ކޮންކަހަލަ އުޅުމެއް އުޅޭ މީހެއްކަން ވެސް… އެކަން އެނގިހުރެ، އަހަރެން ވަކި ބޭނުންވާނެތަ، އަހަރެންގެ ދަރިއަކު އެފަދަ މީހަކާ ގުޅިގެން އުޅޭތަން ދެކެން… ކައިލަން އާއި ނައިރާގެ ގުޅުން ގޮސްފައިވާ ހިސާބު އަހަންނަށް އެނގުނީ ނާބިހްއަށް ފާރަލުމުގެ ތެރޭގައި… ނާބިހް ނައިރާގެ ކައިރިއަށް ދިޔަކަން އެނގުނު ފަހުން އަހަރެން ނާބިހްއަށް ފާރަލީން…” ޔުމާން ދޫކޮށްލީ ފުން ނޭވާއެކެވެ.
“އިވީ ބުނެބަލަ… އިވީ ބޭނުންތަ، އެކަހަލަ މީހަކާއިއެކު، އެ ދަރިފުޅުގެ މުޅި ޙަޔާތް ވޭތުކޮށްލަން… އެކަހަލަ ހަޑި މުޑުދާރު، ފާފަތަކެއް ކުރަމުން އައި އިންސާނަކާއިއެކު އެ ދަރިފުޅު އުޅޭތަން ބަލަން ކެތްވާނެތަ؟…” އިވްޔާގެ ކޮނޑުގައި އަތް ޖައްސައިލަމުން ޔުމާން ވާހަކަ ދެއްކިއެވެ.
“އިވީ ޓްރަސްޓް މީ… އިންޝާﷲ ހަޤީގީ ކުށްވެރިޔާ ހޯދައި، އަހަރެމެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނަން… ކޮންމެ ގޮތަކަށް ކަންތައްވިޔަސް، އަމިއްލަ ފުރާނަ ޤުރުބާން ކުރަންޖެހުނަސް، ކައިކްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” ޔުމާންގެ ފަހު ޖުމްލަ އަޑު އިވިފައި އިވްޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





Woowwwww v reethi mi bai vx…… Me first dhw….ly eysh sis
Thank u so much dear.. varah ufaavehje kamudhiyaeema.. yess dear first.. congratulations.. ly2 dear
Ohhhhhhhhhh… ???????? Alhey e nimunee ey.. Hama vadhe husvefa indha ????????? alhe dhen hama rain maraalaaneetha emeehaa. Noon noon please rain maraaliya nubehehchey. Kommes gothakun rain salaamaiy kohdhehchey.. ???????????????? Yumaan ves aslu goaheh noon dhw ehenveema. Yumaan ah kuvverin hoadheynebaa..??? Kaik salaamaiy kureveynebaa..????? Ekamuge thereyga yumaan ah gellumeh nulibeynebaa..???? ♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️ Riyaax ah fahu dhen anekka hama ehaa nubai meeheh miae. Anekkaa kaakubaa..???? Eyna ge beynumakee kobaibaa.. ????? Anekka naira aa gulhun huri meehehbaa…???? ???????????????????????????? Ivyge dialogue thah genesdheefa hurileh vvvv salhi. Vvv emotional. ???????????????????????? Vaahakaige sifakoh dhinun vvv quality. Hama film eh balaalun fadha. ?????????????????????? Mi part ge jumulathah v fashuvi ibaaraathun maa hiygaimu koh hurihen heevanee.. Specially ivy and yumaan ge conversations. ????????????????????????????? Mulhi oart ves vvvvv interesting.. Ehgothakah ves nimen beynun nuvefa indha nimunuiruves neynge. Eh paragraph ah vure aneh paragraph interesting ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Dhen vaanee kihinehbaa ey hithah ara araa mi innanee. Waiting for the next part. ????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Mi part hama v dhigukoh indhefa thihaa busy life ehga ulheyiruves alhugandumennahtakaa vaahaka liyedheythee hithuge emme fumminun shukuru adhaakuran you are the great writer. Lyme ?????????????????????????????????????❤️❤️❤️❤️❤️❤️❤️
Awww another sweet cmnt frm u dear.. Thank u so much.. varah ufaavehje kamudhiyaeema.. hingaa dho dhen vaane gotheh balamaa.. v ufaavehje understand v ma.. aslu story genesdheyn beynun vey v avahah.. ekam kankan dhimaavaa gothun nuvegen dhanee.. v dheravey readers ehaa gina dhuvahu inthizaaruga bahahttanves.. ekam kuriyah vaan hunna kankan neyngeythee bunefa onna date ah genesdhevey goiy nuveves dhanee.. ly2 dear.. thank u so much fr the support. Means a lot..
After a long time ??happy to meet you sissy…. Story hama habbu.. Neh bunaane ehcheh.. Hama speech less… Sis kon thaaku ulhe laafa thr thi aii??? Varah sad vefa mihury sis aa dhimaa nuvaathaa maa gina dhuvas V ma??but it’s okei ??ingey busy v ma kan.. When next??. Curiously waiting…
?MY FAV WRITER ?
❤️LOABI LOABI EYSH SIS ❤️
_sweet Neha_
Awww thank u so much.. v gina dhuvas thakakah fahu dhimaaveema v ufaavehje.. eki kankan dhimaavegen story genesdhevey goiy nuvee.. avahah genesdheyn v beynunvi ekam nuve dhiyaee e dhuvaskolhuge gothun.. v dheraves vi readers ehaa gina dhuvahu inthizaaruga baithibban jehuneema.. next part In Sha Allaah avahah genesdheveytho balaanan..
V ufaavehje story kamudhiyaeema.. keep waiting fr the next part..
Varah reethi mibaives…………. Keep it up………. Eysh ge story tah V reethi……… Waiting for next part…………
Awww so sweeet.. thank u so much dear.. varah ufaavehje cmnt kiyaalaafa.. means a lot.. keep waiting fr the next part..
Mi bai vx hama habeys…….. Waiting fr nxt…… Nxt part thankolheh avahah up koh dheh chey……. LYSM
Thank u so much kylie.. varah ufaavehje mibaives kamudhiyaeema.. keep waiting fr the next part.. In Sha Allaah avahah genedheyn v masakkaiy kuraanan.. ly2 dear.. btw i started a new story.. as i said story ge main character ga ulheynee Kylie..
މާޝާﷲ.. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އޭޝްއަށް ތަޢުރީފު ކުރަން ބޭނުންކުރާނެ ލަފުޒެއް ނޭނގެއެވެ. ވާހަކަ ތިޔަ ގެނެސްދެނީ ޝައުގުން ފުރުވާފައެވެ. ބަސްތައް ބޭނުންކޮށްފައި ހުންނަނީ ހާދަ ފަށުވިކޮށެވެ. ޢިބާރާތް ކުރުން ވެސް އެހާ ނަލައެވެ. ވަރަށް ފުރިހަމައެވެ. ކިޔާހިތުން ކިޔާލެވިއްޖެއެވެ. ބޭނުންވެފައި އިންދާ ނިމިއްޖެއެވެ. ޝައުޤުވެރިކަން އިންތިހާއެވެ. އޭޝް ވަރެއް ނެތެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.
Thank u so much dear.. varah ufaavehje story kamudhiyaeema and cmnt kiyaalaafa.. means a lot.. keep waiting fr the next part..
Wow vvvv reethi mi baives. Waiting for the next part ♥
Thank u so much dear.. varah ufaavehje story kamudhiyaeema.. means a lot.. keep waiting fr the next part..
Ayee???…eysh darlinnnn???…Missed u so much ingey❤❤❤❤…Eysh ge mi story up nuvegen haadha dhera vegn ulhunymey..Ekam mihaaru ekan vx vefa thaa miothy???..hehe..jiji kiyan mihaaru eysh fenvaru ga liyamun thithaa story..ekam adhi comment eh nukurevey dhw???…adhi ihakah dhuhu fenuny vx…time eh vx nulibey scwl ga busy kamun..adhi eh spart thah kiyaafa eh comment eh gothah kohlaanan ingey…ok dhw e goiy vx…Dhen mi part aa behey gothun tlk kohlaanan ngey????..Mi part vx vrh vrh vrh furihama..sifa kurumaa ibaaraiy kurumaa hurihaa ehcheh vx hama vrh habbu???…Dhen alhe ekm rain ah dhera gotheh nuhadhahchey eysh..Waiting ???for the next curiouslyy???….Lysm eysh
Thank u so much jiji.. varah ufaavehje story kamudhiyaeema.. means a lot.. missed u too jiji.. eysh ves v dheravi ehaa dhuvas upnukurevi dhiyaeema.. ekam In Sha Allaah next part avahah genesdheyn masakkaiy kuraanan.. fenvaru site ga genesdhey story ves kamudhaane kamah unmeedhukuran.. yess jiji ok vaane egoiy ves.. jiji ge cmnt eh libuneema v ufaavey abadhuves.. hingaa dho Rain ah vaagotheh balamaa.. keep waiting fr the next part..ly2 dear..
Ummmmm eysh sis ge adafi ga in vaahaka ah Kihineh hadhany…..????. Plx don’t say that you won’t continue the story…..????.. Adafi ga nuliye benyaa mi site ga nama vx liye dhehchey igey……???..
Which story dear? Ufaleh netheehe dhuniyeyn? That one? Aslu Eysh story liyanee Fenvaru site ah.. so e story In Sha Allaah hama regular koh upvaane.. dont worry kylie.. unmeedhukuran kylie ge cmnt eh fenvaru site ga in eysh ge story in ves fenigen dhaane kamah.. mi story ves In Sha Allaah new part eh lasnukoh genesdheyn masakkaiy kuraanan.. ly dear.. tc
Salaam all..
Story genedhinun lasvi kamahtakai kiyuntheringe arihun maafah edhen.. Eysh gabool kuran v gina dhuvahu inthizaaruga beythibbun kan.. ehenve v dheraves vey.. aslu v kuraahithun kuraa kameh story liyumakee.. ekam life ga baeh faharu kankan dhimaavaagothun ehgothakah ves time nuvaa dhuvas thah ves dhey.. unmeedhukuran kiyuntherinnah understand vaane kamah.. In Sha Allaah next part avahah upkohladheveytho balaanan..
Kehtheri kamaa ekee story ah inthizaarukohli kamahttakai kiyuntherinnah v bodah shukuru adhaakohlan..
Thank u all.. have a nice day..
Masha Allah v v v v v v v v v furihama vefa rythi story eh mee ???????????????????????
Thank u so much Naju.. varah ufaavehje story kamudhiyaeema.. means a lot