ހަސަން ވެސް އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ.
*.*.*.*.*.*.*.*.*
މުނާ އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެެވެ. މުނާ ތެދުވެގެން ގޮސް އެންމެ ފުރަތަމަ ދިޔައީ ފާހަނަ އަށެވެ. ފާހަނައިން ނުކުމެ ބޮލުގަ ލުއި ހުޅި އެއްޖަހާލަމުން މުނާ ނުކުތީ ކޮޓަރިން ބޭރަށެވެ. އެއީ މަރީނާ ފަތިސް ނަމާދައް ހޭލިތޯ ބަލާލާށެވެ. މަރީނާ ހޭލައިން އުޅޭ ކަން އެނގުމުން މުނާ ކޮޓަރި އަށް ވަދެ ނަމާދު ކޮށްލިއެވެ. މުނާ ކުރާ ކޮންމެ ނަމާދެއް ފަހުގަ ޝައިމް ލިބޭތޯ ދުޢާ ކުރެއެވެ.
**********
ޝައިމް ގޭ ދޮރު ހުޅުވާލީ މީހަކު ޓަކި ޖަހާ އަޑަށެވެ. ” ބައްޕާ….. ތިއައީ ދޯ!”. ޝައިމް ދޮރު ހުޅުވާލި ތަނުން ހަސަން ފެނުމުން ބުންޏެވެ.
”ހޫމް މި އާދެވުނީ…. ކޮބާ ދަރިފުޅާ، މުނާގެ އެއްވެސް ޚަބަރެއް ވިތަ ފަހުން” ހަސަން ސޯފާގައި ޖައްސާލަމުން ބުނެލިއެވެ.
”ނޫން އަދި ނުވޭ. އަހަރެންނަށް މިހުންނަނީ މުނާ އާ ދޭތެރޭގަ ކަންތައް ކުރެވުނު ގޮތަކުން މުނާ އަށް ގުޅަން ވެސް ނުކެރިފަ”. ޝައިމް މާޔޫސް ކަންމަތީ ހުރެ ބުނެލިއެވެ.
” ދަރިފުޅާ… ދިރިއުޅުމުގަ ދިމާވާ މައްސަލަތަކާ ޖެހޭނެ ވަރަށް ކެރިގެން ކުރިމަތި ލާން.. ބައްޕަ އަށް ފެންނަނީ މިއަދު ދަރިފުޅު މުނާ ގެއަށް ގޮސް މުނާގެ ކިބައިން މައާފަށް އެދި ކައިވެނި ކުރަން އަހަން”. ހަސަން ޝައިމް އަށް ވިސްނަދެވޭތޯ ބެލިއެވެ. ޝައިމް ވެސް ހަސަން ގެ ވާހަކަ ތަކާ އެއްބަސްވެ ބޯ ޖަހާލިއެވެ.
*********
ކައިރާ އޮތީ ކޮޓަރީގައި ފޯނު ހިފައިގެން ފޭސްބުކް ބަލާށެވެ. ކައިރާ އަށް ކަންތައް ކުރެވުނު ގޮތުން މިހާރު ކައިރާ ވަރަށް ދެރަވެއެވެ. ކައިރާ ބޭނުން ވަނީ މުނާ ކައިރި އަށް ގޮސް މައާފަށް އެދޭށެވެ. އަދި ޝައިމްގެ ކިބައިން ވެސް މައާފަށް އެދޭށެވެ.
************************
އިރު އޮށްސެން ގާތް ވަނީއެވެ. މުނާ ކޮޓަރިން ނުކުތީ މީހަކު ސަލާން ގޮވާ އަޑަށެވެ. ކުއްލިއަކަށް މުނާ އަށް ފެނުން މީހަކުން މުނާ އަނގަ މަތީގައި އަތް އަޅައި ރޮމުން ރޮމުން ފަހަތައް 3 ވަރަކަށް ފިޔަވަޅު އަޅާލިއެވެ. އެއީ ހަމަ ޝައިމް އެވެ.
”މުނާ…. ނޫން…. ނުރޮއެ. އައިމް ސޮރީ… ވަރަށް ބޮޑަށް ސޮރީ. މުނާ ޕްލީސް އަހަންނަށް މާފް ކުރޭ. އަހަރެން ބޭނުން ކަންތައް ވީ ހުރިހާ ގޮތެއް މުނާ އަށް ކިޔައި ދޭން.”. ޝައިމް މުނާ ފައި މައްޗައް ތިރިވެ އާދޭސް ކުރަން ފެށިއެވެ.
” ކީއް.. ކީއްވެ ޝަ… އިމް. އަހަންރެ ”. މުނާ ބުނަން އުޅުން އެތި ރަނގަޅަށް ނުބުނެވެނީސް ޝައިމް މުނާ އަށް ހުރިހާ ކަމެއް ފަށައިން ނިމެންދެން ކިޔައިދިނެވެ.
ޝައިމް ހުރިހާ ވާހަކަ އެއް ކިޔައި ދިނުމުން މުނާ އަށް މާބޮޑަށް ރޯން ފެށުނެވެ. މުނާ އެންމެ ގާތް ރަހްމަތް ތެރިޔާ މުނާ އަށް އެހާ ބޮޑު ލަނޑެއް ދިނީމަ ކިހާ ދެރަ ވާނެ ހެއްޔެވެ!. ޝައިމްގެ އެއްވެސް ކުށެއް އޮތް ކަމަކަށް މުނާ ނުބަލައެވެ.
”ޝައިމް ކީއްވެ އޭރު އަހަރެން ކައިރީ ކައިރާ ބުނި އެއްޗެކޭ ނުބުނީ؟ ކައިރާ ވެސް އަހަންނަށް ހަބަރެއް ނުވާތާ މިހާރު ދެމަސް ވަނީ.”. މުނާ ދެލޮލުން ފައިބާ ކަރުނަ ތައް ފޮހެލަމުން ބުނެލިއެވެ.
”މުނާ…. އޭރު އަހަރެން ހީކުރީ ކައިރާ އެދެއްކީ ހުސް ތެދު ވާހަކަ ތަކެއް ކަމަށް. އައިމް ރިއަލީ ސޮރީ މުނާ”. ޝައިމް މާފައް އެދުނެވެ.
”އަހަރެން ޝައިމް އަށް މާފް ކޮށްފިން! އަހަރެންގެ ހިތުގަ ޝައިމް އަކަށް އެއްވެސް ބުރަކަމެއް އަދި ނަފުރަތެއް ނެތް!”. މުނާ ބުނެލިއެވެ. އަނެއްކާވެސް މުނާ މޭ ނުބައި ކޮށް ހޮޑު ލަވަން ފެށީމަ ދުވެފަ ފާހަނަ އާ ދިމާލައް ދިޔައެވެ. ޝައިމް އަށް މުނާ ބަނޑުބޮޑު ކަން މިހާރު ޔަޤީން ވެއްޖެއެވެ.
މުނާ އައިސް ސޯފާގައި އިއްތާލި ތަނާ ޝައިމް މުނާާ މޫނު މައްޗައް އިނީ ނަޒަރު ހުއްޓައިލައިގެންނެވެ. މުނާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ. މުނާ ވެސް ފުން ނޭވައެއް ދޫ ކޮށްލުމަށް ފަހު ޝައިމް އާ ދިމާލަށް ޝައިމް އާ ދިމާލަށް ނަޒަރު ހިންގާލިއެވެ.
”މުނާ… އާރ ޔޫ ޕްރެގްނެންޓް؟”. މުނާ ރަނގަޅަށް ޖަވާބު ދޭތޯ ބަލާލަން ވެގެން ޝައިމް މުނާ އާ ސުވާލު ކޮށްލިއެވެ.
” ޔެސް ޝައިމް.. އަ… އައިމް ޕްރެގްނެންޓް”. މުނާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.
”ކޮބާ މަންމަ؟” ޝައިމް މުނާ ކައިރީ މަރީނާ ކޮބާތޯ ސުވާލު ކުރިއެވެ.
”މަންމަ ވީ ފިހާރަ އަކަށް ގޮސް”. މުނާ ޝައިމް އާދިމާލަށް ނަޒަރު ވަކިކޮށްލަމުން ބުންޏެވެ.
”އަަހަރެން ބޭނުން މުނާ އާ ވަރަށް ބޮޑު ސުވާލެއް ކޮށްލަން! އަސްލު ރަނގަޅު ގޮތަކީ މަންމަ ވެސް އިންދަ މި ސުވާލު ކުރަން. ދެން ފަހުން މަންމާ އާ ވަކިން ސުވާލު ކުރާނީ”. ޝައިމް ބުނެލިއެވެ.
”ކޮށްބަލަ ސުވާލު” މުނާ ޝައިމް ކައިރީގައި ސުވާލު ކުރަން އެދުނެވެ.
”ވިލް ޔޫ މެރީ މީ”. ޝައިމް މުނާ ފައި ކައިރިއަށް ތިރިވެލަމުން އިންނަން އެހިއެވެ.
”ޔެސް އައި ވިލް”. މުނާ އެއްވެސް ވިސްނުމެއް ނެތި، ވަގުތުން އިންނަން އެއްބަސް ވިއެވެ. އެއީ މުނާ ޝައިމް ދެކެ ތެދުވެެރި، ވަފާތެރި ލޯތްބެއް ވާތީއެވެ.
”މުނާ…. އަހަރެން ދެން ދަނީ އިނގޭ!. އަދި އަންނާނަން ފަހުން”. ޝައިމް ކޮޅަށް ތެދުވެލަމުން ބުނެލިއެވެ.
”އޯކޭ!”. މުނާ ބުންޏެވެ. މުނާ މިއަދު އެހުރީ ވަރަށް އުފާވެފައެވެ. އަދި އެއްގޮތަކުން ދެރަވެސް ވެފައެވެ. ކައިރާ އެފަދަ ނުބައި ކަމެއް ކޮށްފާނޭ މުނާ ހިތަކައް ވެސް ނާރައެވެ.
ޝައިމް ދިޔަތާ މާގިނަ އިރެއް ނުވެ މަރީނާ އައެވެ. ”މަންމާ…. އާދެބަލަ!”. މުނާ މަރީނާ އަށް ގޮވިއެވެ. މިވަގުތު މުނާގެ މޫނު މަތިން ފެންނަނީ އުފާ ވެރި ކަމެވެ. ކުރިން ހުރި މާޔޫސް ކަން މިހާރު އެއްކޮން ފިލާ ދިޔަ ކަހަލައެވެ. މަރީނާ އަށް މުނާ އެއިން އުފާވެރި ކަން ފެނިފަ މަރީނާ ހިތް ވެސް އުފަލުން ފުރުނެވެ.
”ކީކޭ ދަރިފުޅާ؟… ކިހިނެއް ވެފަ ދަރިފުޅަށް ތިއިނީ؟.. ހާދަ އުފާވެފަ!…. އަނެއްކާ ކިހިނެއްވީ؟”. މަރީނާ އައިސް މުނާ ކައިރީގަ އިށީންނަމުން އެއްފަހަރާ އެތައް ސުވާލު ތަކެއް ކުރިއެވެ.
” އަޅޭ މަންމާ… ދެންމެ ޝައިމް އައޭ”. މުނާ މަރީނާގެ އަތުގަ ހިފާފަ ބުނެލިއެވެ. ”ކީކޭ ދަރިފުޅާ؟… ޝައިމް އައޭ؟… ދެން ޝައިމް ބުނީ ކީކޭ؟”. މަރީނާ ހުރީ ޤަބޫލު ކުރަން ދަތި ވެފައެވެ.
”ޝައިމް ބުނީ ސޮރީ އޭ. ދެން ބުނީ ޝައިމް އާ އިންނާނަން ހެއްޔޭ. އެހެން ބުނީމަ އަހަރެން އެއްބަސް ވިން އިންނަން. އަހަރެން ވެސް ބޭނުމީ ޝައިމް އާ އިންނަން! މިކަމުގަ މަންމަގެ ހިޔާލަކީ ކޮބާ؟”. މުނާ މަރީނާގެ ހިޔާލަކަށް އެދުނެވެ.
”ދަރިފުޅު ހަމަ އެއްވެސް ވަރަކަށް ނުވިސްނާލަތަ ކައިވެންޏަށް ތި އެއްބަސްވީ؟… އަނެއްކާވެސް ފެންނާނީ ހަމަ ދަރިފުޅު ނުކުރާ ކަމެއް ދަރިފުޅު ބޮލުގަ އަޅުވާތަން ކަންނޭންގެ.”. މަރީނާ ބުނެލިއެވެ.
މަރީނާ އަށް ކަންތައް ވެގެން ދިޔަ ގޮތް މުނާ ވަރަށް ރަނގަޅަށް ކިޔައި ދިނެވެ. އަދި މަރީނާ ޤަބޫލް ކުރާ ގޮތުގައި ވެސް ޝައިމްގެ އެއްވެސް ކުށެއް ނެތެވެ. ޝައިމްގެ މައްސަލަ އަކަށް އޮތީ އެދުވަހު އެހެން ކަންތަށް ވީއިރު ވެސް މުނާ އަށް އިތުބާރު ނުކޮށް ގެއިން ނެރެލީމައެވެ. ވެދިޔަ ކަމެއް ހަދާާން ނައްތާލާ މަރީނާ ވެސް ބޭނުން ވަނީ އަލުން ޝައިމް އާއި މުނާ ގުޅުވަންށެވެ. އެއީ އެންމެ ރަނގަޅު ގޮތް ވެސްމެއެވެ.
*******
މުނާ ހޭލި އިރު މުނާ ފޯނަށް މެސެޖެއް އައިސް އިނެވެ. އެއީ ކައިރާ ކޮއްފަ އިން މެސެޖެކެވެ. މެސެޖުގަ ލިޔެފަ އޮތީ {*މުނާ* އަހަންނަށް މުނާ ވަރަށް ހިތުގަ ޖެއްސިއްޖެ ދޯ* އަހަރެން އޭރު ބޭނުން ވީ ޝައިމް އާ މުނާ ދޭތެރެ ޖައްސާ ދުރުކުރަން* އަހަރެން މިހާރު ދެރަވޭ އޭރު ކަންތައް ކުރެވުން ގޮތުން* އައިމް ސޯ ސޮރީ* އަހަރެން ހީކުރަން މުނާ އަހަންނަށް މާފް ކުރާނެ ކަމަށް}….. މުނާ މެސެޖް ކިޔާލާފައި ރިޕްލައި ކުރިއެވެ. މުނާ ރިޕްލައީގަ ޖެހީ މާފް ކުރި ވާހަކަ އާއި، އެކަމް ދެން ބެސްޓް ފުރެންޑެއް ގޮތުގަ ނުބެލޭނެ ވާހަކަ އެވެ.
**********
_ 2 ދުވަސް ފަސް _
މިއަދަކީ މުނާ އާއި ޝައިމް ކައިވެނި ކުރާ ދުވަހެވެ. މިފަހަރު މާ ބޮޑު ކޮށެއް ސައެއް ނަހަދައެވެ. ކޯޓުގައި ކައިވެނި ކުރާ ގޮތައް ހަމަޖައްސާފައި، ގޭގަ ކުޑަ ކެއުމެއް ތައްޔާރު ކުރީއެވެ.
ކައިވެނި ކޮށް ނިމި، ދެން މުނާ ބަދަލުވީ ޝައިމް މެން ގެއަށެވެ. މުނާ އާއެކު މިފަހަރު މަރީނާ ވެސް ޝައިމް މެން ގެއަށް ދިޔައެވެ. މަރީނާ އެގެއަށް ދިޔައީ ޝައިމް ބުނެގެންނެވެ. އެއީ މުނާ ދުވަސް ކޮޅަކުން ވިހާނެތީ، މުނާ އަށް އެހީތެރި ވެލަދޭށެވެ.
ދެވަނަ ފަހަރައް ކައިވެނި ކުރިޔަސް ޝައިމް އުޅެމުން ދާގޮތް ވަރަށް ރޮމައިންޓިކެވެ. ކުރިޔެކޭ އެއްގޮތައް ލޯބީގެ ބައި ވަރަށް ބޮޑެވެ. މަރީނާ އާ ހަސަން ވެސް މުނާ އާ ޝައިމް އުފަލުގަ އުޅޭތީ ތިބެނީ ވަރަށް އުފަލުންނެވެ.
***
ދުވަސް ތަށް ފާއިތު ވަމުން ގޮސް މުނާ ވިހަން މިހާރު ވަނީ ވަރަށް ގާތް ވެފައެވެ. ހުރިހާ އެންމެން ވެސް ތައްޔާރު ވަނީ ދަރިފުޅަށް ބޭނުން ވާ ރީތިވާ ސާމާނާއި، އެހެނިހެން ތަކެތި ގަންނާށެވެ.
ދަންވަރުގެ ވަގުތެވެ. މުނާ ބަނޑު ގައި ރިއްސާތީ އުޅުނެވެ. މުނާ ކުކުރާ އަޑަށް ޝައިމް އަށް ހޭލެވުނެވެ. ”މުނާ… ބަނޑުގަ ރިއްސަނީތަ؟”. ޝައިމް ހާސްވެ ހުރެ ބުނެލިއެވެ. އެކަމަކު މުނާ އަކަށް ޖަވާބު ދެވޭ ވަރެއް ނުވިއެވެ. ޝައިމް އަވަސް ވެގަތީ މަރީނާ އަށާއި ހަސަން ގޮވާށެވެ. މަރީނާ އާއި ހަސަން އައުމުން، އަވަހައް ޓެކްސީ އަކަށް ގުޅާފައި، މުނާ ހޮސްޕިޓަލަށް ގެންދިޔައެވެ.
2 ގަޑިއިރެއްހާ ފަހުން ޑޮކްޓަރ ނުކުތެވެ. ޑޮކްޓަރ ނުކުތުމުން ޝައިމް އާއި މަރީނާ އަދި ހަސަން ޑޮކުޓަރ ކައިރިޔައް ދިޔައެވެ. ”ގޮންގުރެޖުލޭޝަން…. މުނާ ވިހޭ އެންމާބަނޑު ދެކުދިން އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް! ކުޑަ އިރުކޮޅެއް ފަހުން ދެކުދިން ސާފު ކޮށްލާފައި ނެރޭނަން. ދެކުދިންގެ ހާލުވެސް ރަނގަޅު. އަދި މުނާގެ ހާލު ވެސް ވަރަށް ރަނގަޅު”. ޑރ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
ޝައިމް ހުރީ އުފަލުން ގޮސް ހަދާނެ ގޮތެއް ނޭނގި ފައެވެ. ހަމަ އެގޮތައް މަރީނާ އާއި ހަސަން ވެސް ތިބީ ވަރަށް އުފާވެފައެވެ.
_7 ދުވަސް ފަސް_
މިއަދަކީ އެދެކުދިންނަށް 7 ދުވަސް ފުރުނު ދުވަހެވެ. ހަސަން ހުރީ އެދެކުދިންގެ ބޯ ބާލާށެވެ, މަރީނާ އަވަދި ނެތި އުޅެނީ މެންދުރަށް ބޮނޑި ބަތް ކައްކާފައި ކުކުޅު ހަނާ ކުރާށެވެ. އަދި ޝައިމް އުޅެނީ ޝައިމްގެ އޮފީސް މީހުންނަށް މިއަދު މެންދުރުގެ ކެއުމެއް ދޭން ވެގެން ގޭތެރެ ކުޑަކޮށް ޒީނަތްތެރި ކޮށްލާށެވެ. މުނާ އުޅުނީ ބަދިގޭގަ ކުރާ މަސައްކަތް ބަލާލަން އައިހެވެ.
އަންހެން ކުއްޖާއަށް ކީ__ އައިޝަތު އަމްނާ ޝައިމް__ އެވެ.
ފިރިހެން ކުއްޖާ އަށް ކީ__ މުހައްމަދު ޒައިކު ޝައިމް__ އެވެ.
******
އުފާވެރި ކުޑަ އާއިލާ އެކެވެ. މިއީ ހަމަ މި އެންމެންގެ ނަސީބެވެ.
♡ނިމުނީ♡
18 Comments!
Comments are closed.




Maa avahah nimuny… ekm vex reethi waiting for next story
Thank you so much shaakko… Keep waiting
Masha Allah ??????varah varah reethi ingyyy mi story ves?????
Thank you so much meekko…
Ma Sha Allah nimun vx vrh rythi..keep it up mai..ly??❤❤??
Thank you jiji
Bandu bonduve hure kaivenyye nukureveyne
Maabandu meehaa eyrah innaanee ihdhaiga also dhemeehun vai vithaa vee 2 mas kaiveni kureveynee Maabandu meehaa viheii ma adhi Maabandu noon nama 3 mas fahun. Hama bunelee Ingey. Story varah salhi ethankolhu goas koh inee
Sorry!!!… That’s my mistake.. And thanq u
Alheyyyyyyyyyy…. Wow Varah reethi second part ❤️❤️❤️❤️❤️?????❣️❣️❣️???❣️❣️???????❤️???❣️❣️Masha Allah ☺️☺️☺️☺️☺️?????❣️
Thankssss aisher
Miothy loabeege naseeb enme fahu part up kohlaafa.. Ummeedhu kuran mi bai vx hurihaa readers ah kamudhaane kamah… Mi story mi nimmaalevunee readers ge support libigen. Thank you soooo much readers… 2 week varakah fahun “thedhuveru loabi” mi story liyan fashaanan… Have a nice day.. Bye
Oops.. Sorry ingey.. Neyngi eh inee reply akah comment gossa
Prg iruvess merry kureveytha..
?
Mee varah hadi vahaka eh . Site ga migothha vahaka nuliyuny aa ragalhu vany hus fukeh kuda. Huwaa magey 3 ha ulhey kohme ves miyah vureh dhigukoh episode Gene’s hama jehey vahaka liyaane
????
Vvvvvvvvv reethi mi vhk vx
Masha Allah
Ummydhu kuran kuriyah oyythaa miah vureh reethi vhk up kuraane kamah
Insha Allah
?????????????????????????
Awwn. Thankssss dear…