މީކާންގެ ދިރިއުޅުމުންނާއި ހިތުން މަންމަގެ މަތީދަރަޖަ ސަލީމާއަށް ހޯދޭނެހެއްޔެވެ؟ އެ ދަރަޖަ ސަލީމާއަށް ދޭން ފަސޭހަވާނެހެއްޔެވެ؟ އެތަށްއަހަރެއްވަންދެން ލޯބިވި މަންމަމަތިން ހަނދާންނެތި އޭނާގެ އަސްލު މަންމަ ދެކެ ހަމަ އެފަދައިން ލޯބިވެވިދާނެހެއްޔެވެ. ސުވާލުތަކެއްގެތެރޭ އެމުނެމުންދިޔަ މީކާން އަށް ހުރެވުނީ އެގޭ ބެލްކަނީގައެވެ. އެންމެނާއި ދުރަށްޖެހިލުމަށާއި ތާޒާ ވައި ހޯދުމުގެ ބޭނުމުގައި އޭނާ އިތުރު އެއްޗެއް ނުބުނެ އެގޭ ބެލްކަނީއަށް ނިކުމެލިއެވެ. އަމިއްލަ ޒަމީރު އޭނާއާއި އެތަށް ސުވާލެއްކުރެއެވެ. އޭނާގެ ހިތާއި ސިކުނޑި ދިޔައީ އެކި އެކި ހަނދާންތަކަކުން […]
“ޝާން.. ހުޅުމާލޭ އިމާރާތެއްގައި މަރާލާފައި އޮތް ކުއްޖާގެ ކޭސް އެބައިން އައިސް. ނަންގަވަންވީތޯ؟ ” ޝާންގެ ސެކެޓްރީ ޝާން ކުރެން އެހިއެވެ. “އާން.. އޭތި ގެނެސް އަހަރެން މޭޒުމަތީ ބައިންދާލާ އަހަރެން މިދަނީ މިވަގުތު ކޯޓަށް މައްސަލައަކަށް ދާން.” ކޯޓު ލަމުން ޝާން ލީނާ އަށް ބުނެލިއެވެ. ކާރުގައި ޝާން ނައްޓާލީ ކުރިމިނަލް ކޯޓަށެވެ. މިއަދަކީ އޭނާއަށް ވަރަށް މުހިންމު ދުވަހެކެވެ. އޭނާ މިހާތަނަށް ހަވާލުވި ހުރިހާ މައްސަލަ ތަކުގެ ތެރެއިން ހެކި ނެތުމުގެ ސަބަބުން ކުށްވެރިޔާ […]
ދެވަނަ ބައި ‘މިއީ ލާރާ..’ ކަޅު ކުލައިގެ މިނީ ސްކާރޓަކާއި އަޅި ކުލައިގެ ކުރު ގަމީހެއް ލައިގެން ހުރި އަންހެންކުއްޖާ އެއް ލޯ މަރާލަމުން ހީލިއެވެ. ‘އަހަރެންނަކީ ސުހާ’ ދެން ހުރި އަންހެނކުއްޖާގެ ހުދު ދަތްތައް ފެންނަވަރަށް ހީލިއެވެ. ‘ހޫނ..؟’ އާހިލް ގެ ކައިރީގައި އިން ނިޒާރު އެ ދެކުދިން ބޭނުންވެގެން އުޅޭ ކަންތައް އޮޅުންފިލުވާލުމުގެ ގޮތުން ނިތް އަރުވާލިއެވެ. ‘…އެންމެ ރަނގަޅުތަ އަހަރެމެން މިތާ އިށީންދެލިޔަސް؟’ އެތަނުގައި ހުސް މޭޒެއް ހުރިތޯ ނިޒާރު ބަލާލިއެވެ. އަދި […]
ސްކޫލުގެ އަޑުގަދަ މާހައުލުގައި ވާހަކަ ފޮތެއް ހިފައިގެން ހިނގަމުން ދިޔަ ޝާޔަންގެ މިސްރާބު ހުރީ ލައިބްރަރީއާ ދިމާއަށެވެ. ލައިބްރަރީއަށް ވަދެވުމާއެކު ޝާޔަންއަށް ބޭއިހުތިޔާރުގައި ހީލެވުނެވެ. ހުސް ގަޑި ތަކުގައި އޭނާ އަބަދުވެސް ސްކޫލުގެ އަޑުގަދަ މާހައުލުން ސަލާމަތް ވުމަށްޓަކައި އަންނަ އޭނާ އެންމެ ގަޔާވާ ތަނަކީ އެއީއެވެ. ދިވެހި ވާހަކަ ކިޔުމަށް ޝައުޤުވެރިވާ ޝާޔަން އަވަސް އަވަހަށް އެންމެ ކަނުން ގޮނޑިއެއް ހޯދައި އިށީންދެލިއެވެ. އަދި އޭނާގެ ފޮތުގެ ތެރެއަށް ގެނބިގެން ދިޔައެވެ. “އޭ..ކްލާސް ފެށެން ޓޫ […]
“ޑްރީމިންގް އެބައުޓް ޓުނައިޓް؟” ނަވާޒް ހީވީ ނިހާންގެ ހިތުގައި ވާ އެއްޗެއް އެނގިގެން އަހާލި ހެންނެވެ. ނިހާން ޖަވާބެއް ނުދީ ހީލިއެވެ. “އޯކޭ، ޑްރީމްވެސް ކުރެވޭނެ ދޯ ދެން…” ހީގަންނަމުން ނަވާޒް ދިމާކޮށްލިއެވެ. “ސަކަރާތް ޖަހަން ނޫޅޭ” ނިހާން ބުންޏެވެ. ނިހާންއާ ދައުހާއަށް އެކަނި ވެލެވުނީ އޭގެ ހަތަރު ގަޑި އިރު ފަހުންނެވެ. ވަރުބަލި ވެފައި ތިބި ނަމަވެސް އެކަން އެކަކުގެ ހިތަކުވެސް ނެތެވެ. ދެ މީހުންވެސް ބޭނުން ވީ ވިހާވެސް ގާތްވެ، ދެ ހިތުގައި ވީ […]
އާޔަންއަށް ކަރުއެލުވާލުން ނޫން ކަމެއް ނުކުރެވުނެވެ. އެއްކޮޅުން ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ނައިރާއާއި ދަރިފުޅެވެ. ޖީބުން ފޯނު ނެގުމަށްފަހު ދެކޮޅު ބަލާލަމުން އާޔަން ނަމްބަރަކަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ ފިރިހެނެކެވެ. ” ޔަމާން… ބައްޕަ އަށް ކުރިއެރުމެއް ނާދޭތަ…” އެންމެ ފުރަތަމަވެސް އާޔަން ކޮށްލީ ސުވާލެކެވެ. ” އާޔަން.. ވަރަށް އުފާ ވެއްޖެ އެހާ ދުވަސްފަހުން ގުޅާލީމަ… ރޭގަ ޒިވީ ބުނި ނައިރާ އައި ވާހަކަ… އަހަރެން މިހުންނަނީ އާޔަންއާއި ބައްދަލުކޮށްލަން ބޭނުންވެފަ…” އާޔަން ކުރި […]
އަމާން މާހައުލެކެވެ.14 ވިލޭރޭގެ ހަނދު އޭގެ މަގާމުގައި ރަނިކަން ކުރަމުން ދިޔައެވެ. ރީތި ހިމުން ދޮންވެލިގަނޑު ގައި ރާޅުތައް ބީހިލާ އަޑު މިއުޒިކެއް ފަދައިން ގުގުމަމުން ދިޔައެވެ.ކުއްލިއަކަށް ނެގި ބޮޑު ރާލާ އެކު ފައުޅުވީ ލޯބި އަންހެން ކުއްޖެކެވެ. ރާޅުތައް ކަފަމުން ފަރިހިނގުމެއް ގައި ލުޔޫން ރަށުގެ އެއްގަމާ ދިމާއިށް މިސްރާބުޖެހިއެވެ.ހަނދުގެ ދޯދިތަށް އެމޫނަށް އެޅީފައިވާ ގޮތުން މޫނުގެ ސާދާކަން އިތުރުކޮށް ދެއެވެ.ޖެހިލާ ފިނިވައި ރޯޅި އެފަން އިސްތަށިގަނޑު ގައި ބީހިލި ގޮތް ކިތަންމެހާވެސް ޗާލެވެ.ބޯއެސްފިޔަ ތަކުގެ […]
އީރަމްއަށް ނިދެންދެން މީކާން އެއިންގޮތަށް އިނދެފައި އެތަނުން ދުރަށްޖެހިލީ ފޯނު ނަގާ މަންމައަށް ގުޅަމުންނެވެ. މުނާގެ ސަބަބުން އެންމެ ކުރިންފަށައިގެންވެސް އީރަމްއަށް ވަނީ ހިތްދަތިކަންތައްތަކާއި ކުރިމަތިލާންޖެހިފައެވެ. މުނާދެކެ ކިތަންމެ ލޯތްބެއްވިއެއްކަމަކު މުނާގެ ސަބަބުން އެތަށް ބަޔަކަށާއި މިކާންއަށާއި އީރަމްއަށް ލިބުނު ހިތްދަތިކަން އޭނާ ހަނދާނެއް ނުނެތޭނެއެވެ. މިފަހަރުވެސް މުނާގެ ފޯނު ވަނީ ނިވިފައިކަމަށް ބުނުމާއި އެކު މީކާން ދެންގުޅީ ޔޫސުފްއަށެވެ. ޔޫސުފް ގެ ފޯނުވެސް ވަނީ ނިއްވާލާފައެވެ. އެންމެފަހުން އޭނާ ހަނދާނަށް ގެންނަންފެށީ މުނާ ދާނެ ތަނަކާއި […]
ހަވީރުގެ ވަގުތެވެ. އެހެން ދުވަސްތަކޭ ވެސް އެއްފަދައިން މަރުކަޒުގެ ހުސްބިމުގައި ތަފާތު ކުޅިވަރުތައް ކުޅެވެމުން ދިޔައެވެ. ކައިލް އިނީ އެހެންޏާވެސް އޭނާ އާންމުކޮށް އިށީނދެ އިންނަ ބެންޗުގައެވެ. ކުރިމައްޗަށް ބަލަހައްޓައިގެން އިން ކައިލްގެ ނަޒަރު ބަދަލުވީ މީހަކު އޭނާ ކައިރީ ބެންޗުގައި އިށީނުމުންނެވެ. އޭރު ރައިހާ އޭނާ އަބަދުވެސް ހަދިޔާ ކުރާ ރީތި ހިނިތުން ވުމާއެކު ބެންޗުގައި އިށީންނަނީއެވެ. ރައިހާގެ އުނގުގައި ބާއްވާލާފައި އޮތް ސްކެޗް ގަނޑު ކައިލް އާ ދިމާއަށް ދިއްކޮށްލިއެވެ. ” ކައިލް ކުރަހާ […]