Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ

aishath shazula Level 1
March 22, 2015 2 Mins Read
5 Comments

ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ. އަހަރެމެން ވެސަް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. އެއީ އަހަރެންގެ މަންމައެވެ. “ކިތައް ފަހަރު ކިޔާރާ ކައިރީ އަހަރެން ބުނީ ގެއިން ނުނުކުއްނާށޭ؟ މިހާރު އާދޭ ދާން!” އަހަރެން ވަރަށް ބިރުންހުރެ މަންމަ ފަހަތުން ގެއައްދިއައީމެވެ. މީ އަބަދުވެސް އާދައެވެ. އަހަރެން ރައްޓެހިންނާ އެކު މަޖާ ކުރާ ކަށް މަންމަ ގަބޫލެއް ނުވާ ނެއެވެ. އަދި ބޭރައް ދާންވެސް މަންމަ ގަބޫލް ނުވާނެއެވެ. އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުން ވެސް މަންމަ އޮންނަނީ މަނާ ކޮއްފައެވެ. އަހަރެން މިސުވާލު ތަކުގެ ޖަވާބު ހޯދަން އުޅިއުޅި ވަރުބަލި ވެއްޖެއެވެ. މިހާރު އަހަރެންގެ އުމުރުން ވިހި އަހަރު ވެއްޖެއެވެ. އަދި ވެސް އަހަރެން ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ވާހަކަ ނުދައްކަމެވެ. އަހަންނަ ކަމުދާ ކަހަލަ ކުއްޖަކާ ވެސް ދިމާނުވެއެވެ. ހެދުނުގެ ރީތި އިރުގެ އަލިން މުޅި ރަށުތެރެ ވަނީ އުޖާލާ ކޮއްފައެވެ. “ދަރިފުޅާ ކިޔާރާ، އަވަހައް ތެދުވޭ މިހާރު އެއޮއް އަށެއްޖަހަނީ” އަރެންނަށް ހޭލެވުނީ މަންމަ އައިސް ގޮވިއަޑަށެވެ. އަހަރެން ހުރީ އަޖައިބު ވެފައެވެ. ސަބަބަކީ މަންމަގެ މޫނުމަތިން ފެންނަން ހުރި އުފާވެތި ކަމުން ނެވެ. އަހަރެން ހުރީ ހުއްޓުން އަރާފައެވެ. އެހެން އިން ދާ އަނެއްކާ ވެސް މަންމަ ވާހަކަ ދައްކަންފެށިއެވެ. “މިއަދަކީ ވަރަށް ހާއްސަދުވަހެއް! މިއަދު މަންމަ ގެ ވަރަށް ގާތް ރައްޓެއްސެއް މިރަށައް އަންނާނެ!” އަހަރެންވެސް އަވަހަށް ތެދުވެ ތާޒާވުމައިގެން އުޅެގަތީމެވެ. އަހަރެން ނުކުތް އިރު މަންމަ ވަރަށް އަވަދިނެތި ބަދިގެ ތެރޭ އުޅެމުން ދެއެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. “މަންމާ މީކޮންކަމެއެއްތަ؟” އަހަރެންނައް ނުހުރެވިގެން އަނެއްކާވެސް އެހީމެވެ. “ދަރިފުޅާ ނައީމާ މިރަށައް އެ އަންނަނީ ފަނަރަ އަހަރުފަހުން، އެހެން ވީމަ މަންމަ މެން ވާނެއްނުން ހޫނު މަރުޙަބާއެއް ކިޔަން! އެމީހުން އަންނާނެ މިއަދު ބާރަ ޖަހާއިރު، އަވަސް ކޮއްފަ ހިގާ ދަމާ އަތިރިމައްޗަށް!” ހޫނުގަދަ ދުވަހެއްކަމުން އަހަރެން ދިއައީ ކުޑަ ވެސް ހިފައިގެން ނެވެ. އަހަރުމެން ގޮސް މަޑުކޮއްލީ އަތިރިމަތީ ހުންނަ ނިކަގަސް ދަށުގައެވެ. އިންތިޒާރުގައި ހުއްޓާ ލާންޗް އައިސް މަޑުކޮށްލީ ފާލަން ކައިރީ އެވެ. އަހަރެން އެދިމާ އައް ބަލަހަށްޓައިގެން ހުއްޓާ ވަރަށް ރީތިކޮން ހެދުން އާޅައިގެން ހުރި އަންހެނަކާއި ފިރިހެނެއް ފައިބައިގެން އައެވެ. އެއަންހެން މީހާ ހުރީ ކަކުލާ ހަމައަށް އަންނަ ހެދުމަކާ ބެލްސެއްލައިން އަވިއައިނުން ލޯ ފޮރުވައި ލައިގެންނެވެ. ކަރުގައި އަޅާފައިވާ އަލިމަސް ހާރުން އިތުރައް އޭނަގެ މުއްސަދިކަން ދައްކުވައިދެއެވެ. އޭނަ އައިގޮތައް އައިސް މަންމަގެ ގައިގައި ބައްދާލާ ސަލާމް ކޮއްލިއެވެ. އަދި އަހަންނާ ދިމާ އައް އެބުރިލާ ފައި ހިނިތުން ވުމަކާއެކު ބުނެލި އެއްޗަކުން އަހަރެންގެ ގަޑުވިކަހަލައެވެ. (ނުނިމޭ)

Share Article

Follow Me Written By

aishath shazula

Level 1

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)

Next

ޝަޒް

Next
March 22, 2015

ޝަޒް

Previews
March 22, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)

5 Comments!

  1. athoo.. says:
    March 22, 2015 at 5:42 pm

    surukhee liyan jehey thaaga vaahaka liyuneeema mihen upload vefa miothy.. bt vaahaka salhi.. hima koh kudakoh inna thanaky surukhee liyaa than.. eyge thireeega bodukoh innanaany vaahaka liyaa than. kanaai faraathuga innaane photo laa bayaa category laa than.. kuda koh kulhelaba.. eyrah igeyne.. next part ga mi vaahaka ah surukhee eh dheefa photo eh ves lahchey igey… good luck.

    1. aishath shazula says:
      March 22, 2015 at 6:04 pm

      thaks so much…… 🙂

  2. athoo.. says:
    March 22, 2015 at 6:33 pm

    You are most welcome..

  3. aii says:
    March 23, 2015 at 8:46 pm

    Ehfaharaka ethah vahakaeh fatane…kome vahaka akun thankolheh…dhen up kurany garuneh fahun..liya komes ekathi hama jehigen liye nimafa anekathi liye ba..

  4. testing carried says:
    April 29, 2015 at 8:35 pm

    kobaa aneh bai????????? plz genesdhy..

Comments are closed.


All Right Reserved!