Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (9 ވަނަ ބައި)

Shaz Level 110 Stories
March 22, 2015 5 Mins Read
6 Comments

އާނއެކެވެ. ކޮޓަރި ފަންކާގައި ދަންޖެހިފައި އެހުރީ އިމްޝާއެވެ. އިމްޝާ ހުރީ މަރުވެފައެވެ.

“ޝާއިން” އަހަންނަށް ބުނެވުނެވެ.

“އިމްޝާ ތިރިކުރޭ..” އަހަންނަށް ރޮވުނެވެ.

ޝާއިން ގޮސް އިމްޝާގެ ކަރުގައި އައްސައިފައި ހުރި ބެޑްޝީޓް މޮހަންފެށިއެވެ.

“މަގޭ ދަރިފުޅު..” އައިނައި ދިމާލެއް ނޭނގި އިމްޝާގެ މަންމަވެސް ރޮވެ ގަތްއަޑު އިވުނެވެ.

“ގޮތްކުޑަ ޖާހިލު..”އިމްޝާގެ މަންމަ ގޮސް ޝާއިން ކޮއްޕާލިއެވެ.

“މިހިރަ ސުންޕާ އާއި އިނދެގެން މަގޭ ދަރިފުޅު ހިތްދަތި ކުރެވުނު ވަރު ކުޑައީތަ.. އެންމެ ފަހުން އެދަރިފުޅު މަރާތިލީ..” އިމްޝާގެ މަންމަ ހުރީ ހަމައިންނައްޓާފައެވެ.

“މަންމާ… އަހަރެން ހުރީ ވެސް ނަޝާމެން ކޮޓަރީގަ… ދެންމެ މި އައީ ވެސް..” ޝާއިންއަށްވެސް ހުރީ ރޮވިފައެވެ.

“އާއެކޭ.. ދެންބުނޭ ތިހެން.. ކަލޭމެން ދެމީހުން ރާވައިގެން ކުރި ކަމެއްވިއްޔާ.. އަހަރެން މިގުޅަނީ ފުލުސް އޮފީހަށް” އިމްޝާގެ މަންމަ ހަޅޭއްލަވަމުން ޕޮލިހަށް ގުޅިއެވެ.

އަހަންނަށް ބުނާނެއެއްޗެއްވެސް ނޭނގުނީއެވެ. އަހަރެން ދުވެފައި އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. އަވަސް އަވަހަށް ފޯނުނަގާ ދޮންބެއަށް ގުޅަން ގަޑިބަލާލިއިރު އެއްގަޑިބައި ވަނީ އެވެ. އީތަންގެ މެސެޖެއްވެސް ލިބިފައި އިނެވެ. ނަމަވެސް އެކަމާ އަޅާނުލާ އަހަރެން ދޮންބެއަށް ގުޅީމެވެ.

“ދޮންބޭ..” އަހަރެން ރޮވެގަނެވުނެވެ.

“ކޮއްކޯ.. ކިހިނެތްވީ..” ދޮންބެ ހާސްވިއެވެ.

“އިމްޝާ.. އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ.. އިމްޝާގެ މަންމަ ޕޮލިހުންނާ ގުޅައިފި.. އޭނަ ހީކުރީ އަހަންނާ ޝާއިން އިމްޝާ މަރާލީ ކަމަށް..” އަހަންނަށް ވާހަކަ ދެއްކެނީވެސް ވަރަށް އުނދަގުލުންނެވެ.

“ކީކޭ… އަމިއްލައަށް މަރުވީއޭ.. ” ދޮންބެވެސް ހައިރާންވިއެވެ.

“ދޮންބެ އާދެބަ..” އަހަރެންނަށް ބުނެލެވުނެވެ.

“އާން މިދަނީ..” ދޮންބެ ފޯނުކަނޑާލިއެވެ.

އަހަރެން ބޭރަށް ނުކުތްއިރު ޝާއިން އިނީ ބޮލުގައި އަތްއަޅައިގެންނެވެ. ރޮވެރޮވެ އެމޫނު ވަނީ ދުޅަވެފައެވެ.

ފުލުހުން އައިސް ވަނީ އެވަގުތުއެވެ.

“ބައްލަވާ.. އަޅުގަނޑުގެ ދަރިފުޅު.. އޭނަ މަރާލީ އޭނާގެ ފިރިމީހާ އާއި ހަގު އަނބި.. ހައްޔަރު ކުރޭ އެމީހުން..” އިމްޝާގެ މަންމަގެ ވާހަކަތައް ހުރިގޮތުން އަހަރެންނަށް ހަދާނެގޮތް ހުސްވިއެވެ.

ފުލުހުންގެ ޓީމެއް މުޅިގޭ ބަލާ ފާސް ކުރަމުން ދިޔައެވެ. ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހެކިތައް ހޯދަމުންދިޔައިވެސް ހުއްޓާނުލާ އިމްޝާގެ މަންމަ ބުނަމުން ދިޔައީ އިމްޝާ މަރަލީ އަހަންނާ ޝާއިން ކަމުގައެވެ.

“އަހަންނަށް އާދެވުނު އިރުވެސް ޝާއިން ހުރީ އިމްޝާގެ ކަރަށް ބާރުކުރަން ފޮތިގަނޑުގައި ހިފައި ދަމަން..” އެންމެފަހުން އިމްޝާގެ މަންމަ ހަޅޭއްލަވައިގަތެވެ. އެއާއެކު އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެ އިސް ފުލުސްމީހާ އިމްޝާގެ މަންމަ ގާތަށް ދިޔައެވެ.

“އަޅުގަނޑަށް ކިޔަދީ ތިބޭފުޅާއަށް ފެނުނު ކަންތައްތައް..” އޭނާ އިމްޝާގެ މަންމަ އާއި ސުވާލުކުރިއެވެ.

“އަޅުގަނޑަށް ހޭލެވުނީ ފެންބޮވައިގަނެގެން.. ކޮޓަރީގައި ހުރި ފެން ޖަގު ހުރީ ހުސްވެފަ.. އެހެންވެ އަޅުގަނޑު ދިޔައީ ފެން ބޯން ބަދިގެއަށް.. ގޮސްގޮސް ހުއްޓާ އަޅުގަނޑަށް ފެނުނީ މިހިރަ ނަޝާ މިކޮޓަރީ ދޮރުމަތީ ހުއްޓާ.. އެހެންވެ އަޅުގަނޑު އައީ މަޑުމަޑުން އޭނައަށް ފެނިދާނެތީ.. އައިރު ޝާއިން ހުރީ އަހަރެންގެ ދަރިފުޅު ކަރުގައި މިއޮތް ބެޑްޝީޓް އައްސައިގެން އޭނާގެ ކަރަށް ބާރުކުރަން.. ދެން އަޅުގަނޑު އައިސް އޭނަ ކޮއްޕާލީ ދުރަށް..” އިމްޝާގެ މަންމަ ކިޔައިދިނެވެ.

ދެން އެމީހާ އައީ އަހަރެން ގާތަށެވެ.

“އަޅުގަނޑަށް ކިޔައިދީ ތިބޭފުޅާއަށް ފެނުނު ގޮތް..” އެމީހާގެ މޫނުމަތިން ފެންނަން ހުރީ ސީރިއަސްކަމެވެ.

“އަޅުގަނޑާ ޝާއިން ތިބީ އަޅުގަނޑުގެ ކޮޓަރީ ގައި ޝާއިން އިނީ އަޅުގަނޑާ ޝާއިން އާއި ދެމީހުންގެ ކުޑަ ދަރިފުޅު ނިންދަވަން.. ދެން މިރޭ އިރާ ކޮޅު ޝާއިން އާއި އިމްޝާ އާއި ޒުވާބުކުރި.. ޒުވާބުގެ ތެރޭގައި ބުނެވުނު އެއްޗަކުން އިމްޝާ ރޮމުން ރޮމުން ކޮޓަރިއަށް އައީ.. އެހެންވެ އަޅުގަނޑު ބުނިން ޝާއިން ކައިރީ މިރޭ ދާށޭ އިމްޝާ ކައިރިއަށް އޭނަ ހުންނާނީ ވަރަށްދެރަވެފައޭ.. ބުނީމަ ޝާއިން އައީ ހަމަ މިނެޓެއްވެސް ނުވޭ އަނެއްކާ އަޅުގަނޑު ކައިރިއަށް ގޮސްބުނީ އައިސްބަލާށެ.. އޭރު ޝާއިންއަށް ވާހަކަދެއްކެނީވެސް އުނދަގުލުން.. ދެން އަޅުގަނޑު އައިއިރު އިމްޝާ ހުރީ ދަންޖެހިފަ.. އަޅުގަނޑަށްވެސް ވީ ގޮތެއްވެސް ނޭނގުނު.. އަޅުގަނޑު ބުނީ ޝާއިން ކައިރީ އިމްޝާގެ ކަރުން ވާގަނޑު މޮހާލާށޭ.. ބުނީމަ ޝާއިން ވާގަނޑުގަ ހިފި ތަނުން އިމްޝާގެ މަންމައަށް އާދެވުނީ..” އަހަންނަށް ރޮވުނެވެ.

އެވަގުތު އަހަރެންގެ ދޮންބެއައިސް ވަނެވެ. ދޮންބެ އައީ ޝިބާވެސް ގޮވައިގެންނެވެ.

“ދޮންބޭ..” އަހަރެން ރޮމުން ރޮމުން ގޮސް ދޮންބެގައިގަ ބައްދާލީމެވެ.

ފުލުހުން ބޭނުންވާ ހެކި ހޯދުމަށްފަހު އިމްޝާގެ ހަށިގަނޑު ތިރިކުރިއެވެ. އޭރު ޝާއިންގެ އަތުގައި ބިޑިއަޅުވައިފިއެވެ. ދެން އައީ އަހަރެންގެ ގާތަށެވެ.

“އަޅުގަނޑުމެންގެ ތަހުގީގަށް އިތުރު މައުލޫމާތު ބޭނުން ވާތީ ތިބޭފުޅާވެސް އެބަޖެހޭ އަޅުގަނޑުމެންނާއެކު ދުރުވަން.. ” އެމީހާ ބުންޏެވެ.

“އެކަމަކު އަޅުގަނޑުގެ ގާތުން ބޯ ތުއްތު ކުއްޖެއްވެސް އޮވޭ.. އަޅުގަނޑު ކިހިނެތްތޯ ދާނީ..” އަހަންނަށް ބުނެވުނެވެ.

“ބާރުގެ ބޭނުން ކުރަން އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރައްވާ…” އެމީހާ ބުންޏެވެ.

އަހަރެން ދެއަތް ދިއްކޮށްލީމެވެ. އެމީހާ އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ.

އަހަރެން ދެއަތް ދިއްކޮށްލީމެވެ. އެމީހާ އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ދޮންބެއަށެވެ. ދޮންބެގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.

“ދިޔުމުގެ ކުރިން އަޅުގަނޑު ހަމަ އެންމެ ކަމެއް ބޭނުން” އަހަރެން ހުއްޓިފައި ބުނީމެވެ.

“ކޮންކަމެއް..” އަހަރެން އަތުގައި ބިޑި އެޅުވިމީހާ ބުންޏެވެ.

“އަޅުގަނޑުގެ ދަރިފުޅު.. އޭނަ އުރާލަން.. އެއީ އަދި މަހެއް ނުވާ ދަރިއެއް” އަހަރެން ވާހަކަ ދެއްކީ ޝާއިންއަށް ބަލައިގެން ހުރެއެވެ.

“އަޅުގަނޑުވެސް ބޭނުން އަޅުގަނޑުގެ ދަރިފުޅު އުރާލަން..” ޝާއިން ބެދިފައިވާ އަޑަކުން ބުންޏެވެ.

އެންމެން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އަހަންނަށް ބެލެނީ ޝާއިންއަށެވެ.

“އެންމެ ރަނގަޅު..” އަހަރެމެން ދެމީހުންގެ އަތުން ބިޑިނެއްޓުމަށް އަހަރެން ކައިރީގައި ހުރި ފުލުސްމީހާއަށް އިޝާރަތްކުރަމުން އަހަރެންނާ ސުވާލު ކުރި ފުލުސްމީހާ ބުންޏެވެ.

ބިޑި ނައްޓާލުމާއެކު ޝާއިން އަހަރެންގެ އަތުގައި ހިފާލިއެވެ. މަޑުމަޑުން އަހަރެންގެ އަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައިންނެވެ. ދެމީހުން އެކުގައި ހިނގާފައި އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އެހެން އެންމެންވެސް އަހަރެމެން ދެމީހުން ފަހަތުން އައެވެ. އަހަންނަށްވުރެ ކުރީ އީޝާ އުރާލީ ޝާއިން އެވެ. ވާނީވެސް އެހެންތާއެވެ. ދަރިއަކު ނުލިބިގެން ރޮވެ ރޮވެ ހުއްޓާ ލިބުނު ދަރިފުޅު ވިއްޔާއެވެ.

“ދަރިފުޅާ.. ޑެޑީއަށް މާފް ކުރޭ.. ދަރިފުޅު ދޫކޮށްލާފަ މިދަނީ.. އެކަމަކު ދަރިފުޅުގެ މިޑެޑީ އަކީ ދުވަހަކުވެސް މީހަކު މަރާނެ މީހެއްނޫން.. އަދި އަމްދުން އިމްޝާ… ޑެޑީ ވަރަށް ލޯބިވޭ އިމްޝާ ދެކެ ވެސް… ޑެޑީ ވަރަށް މިސްވާނެ..” ޝާއިން އީޝާ އާ ލޯބިކުރަމުން ވާހަކަ ދެއްކިއެވެ. އެމަންޒަރު ބަލަން އަހަންނަކަށް ދުރަކު ނުހުރެވުނެވެ. ދުވެފައި ގޮސް އީޝާ އާ ޝާއިން އާ ދެމީހުންގައިގަ އެކީ ބައްދާލީމެވެ. އެވަގުތު އީޝާ ނިދީގައި ރޮވެލިއެވެ. އަހަރެން އީޝާ އުރާލީ މެވެ.

“ދަރިފުޅާ މަންމީ މިދަނީ.. މަންމީ ވިލް މިސް ޔޫ.. އެންމެ މިނެޓަކުވެސް ދަރިފުޅާ ނުލާ މަންމީ އަކަށް ކެތެއްނުވާނެ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން” އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ.

“ދެން ހިނގާ..” ފުލުހުންގެ މީހަކު ބުންޏެވެ.

އަހަރެން އީޝާ އުރާލައިގެން ހުރެ އަހަރެންގެ ދޮންބެކައިރިއަށް ދިޔައީމެވެ.

“ދޮންބޭ.. އަހަރެންގެ މިދަރިފުޅަށް ރަނގަޅަށް ބަލާތި.. އަހަރެންގެ ފުރާނަތީ..” އަހަރެން އީޝާ ދޮންބެއަތަށް ލީމެވެ.

އަހަންނާ ޝާއިން ގެންދިޔައީ ފުލުސް އޮފީހަށެވެ. އެތަނަށް ވެއްދިފަހުން އަހަންނަކަށް ޝާއިން އެއް ނުފެނެއެވެ. އަހަރެން ގެންގޮސް ފާޑެއްގެ ކޮޓަރިއެއްގައި ބޭންދީއެވެ. އެތާކު އަހަރެން ނޫން އެހެން މީހަކު ނެތެވެ. އެކޮޓަރި އަނދިރިއެވެ. ކޮޓަރީގެ މެދުގައި މޭޒަކާއި ދެގޮނޑި ހުއްޓެވެ. މޭޒާދިމާލު މަތީ ކުޑަކުޑަ ބޮތްކެއް އިނެވެ. އެބޮކިން އަލިވަނީ ހަމައެކަނި އެމޭޒަށެވެ. އެގޮތުގައި ވޭތުވީ ކިހާއިރެއްކަމެއް ނޭނގެއެވެ. އީޝާ ބަނޑުހައިވެގެން އުޅޭކަމުގެ އިހްސާސް އަހަންނަށް ވާން ފަށައިފިއެވެ. އަހަންނަށް ރޮވުނެވެ. އަހަރެންގެ ދަރިފުޅު ރޮނީ ކަންނޭގެއެވެ. އަދި އެވެސް ބަނޑުހައިވެގެންނެވެ. އަހަންނަށް ހަދާނެގޮތް ހުސްވެއްޖެއެވެ. ގޮނޑިންތެދުވެ ދެކޮޅަށް ހިނގަންފެށީމެވެ. އީޝާ މަތިން ހަނދާން ވަނީއެވެ. ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ އެކޮޓަރީގެ ދޮރު އަހަންނަސް ފެނިއްޖެއެވެ. ހަމައެހިނދުން ދުވެފައިގޮސް އެ ދޮރުގައި ތަޅައިގަތީމެވެ.

“މީހެކޭ.. ހެޔޮނުވާނެ.. އަހަރެންގެ ތުއްތު ދަރިފުޅު އެބަ ރޮވޭ.. އޭނަ ބަނޑުހައިވެގެން އެބަރޮވޭ… އަހަރެންގެ ދަރިފުޅުކައިރިއަށް އަހަރެން ގެންގޮސްދީ.. އާދޭސް ކުރަން.. މީހެކޭ.. އަހަރެން ކުށެއް ނުކުރަން.. އަހަރެންގެ ދަރިފުޅު ކައިރިއަށް އަހަރެން ގެންގޮސްދީ.. ހެޔޮނުވާނެ.. އަހަރެން މޮޔަވަނީ..” އަހަރެން ރޮމުން ރޮމުން އެ ދޮރުގައި ތެޅީމެވެ. ނަމަވެސް ދިރިހުރި ނިޝާނެއްގެ ހިލަމެއްވެސް ނުވިއެވެ.

އެދޮރުގައި ތަޅާ ތަޅާ ވަރުބަލިވެގެން އަހަރެން އިށީނީމެވެ. އޭރުވެސް އަހަރެން ހުއްޓާނުލާ އެތަނުން ނެރެދިނުމަށްއެދި ގޮވީމެވެ. ނަމަވެސް އެއްވެސް ހިލަމެއްނުވިއެވެ. އެތާ އިންދާ އަހަންނަށް ނިދުނުއިރެއްވެސް ނޭނގެއެވެ.

އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ މޫނުގައި ޖަހާލުމުންނެވެ. އަވަސް އަވަހަށް އަހަރެން ތެދުވީމެވެ.

“ކާކު؟” ކޮޓަރީގައި ހުރި ބޮކިން އަލިނުވާތީ ކާކުކަމެއްވެސް ނޭނގެއެވެ.

“މުއްދަތު ޖަހަން ކޯޓަން ދާން ހިނގާ..” އެމީހަކު އަހަރެންގެ އަތުގައި ހިފާތެދު ކުރިއެވެ.

“އަހަރެންގެ ދަރިފުޅު ކައިރިއަށް ގެންގޮސް ދީ.. ހެޔޮނުވާނެ.. އަހަރެން މިހިރަ މޮޔަވަނީ..” އަހަރެން ރޯންފެށީމެވެ.

އެމީހަކަށް އަހަރެން ދެއްކި ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. އަޅާވެސް ނުލާ އަހަރެން ގެންގޮސް ވެހިކަލަކަށް އެރުވިއެވެ.

ކޯޓުން އަހަރެންގެ ބަންދުގެ މުއްދަތައް އިތުރު ދިހަ ދުވަސް ޖަހައިދިނެވެ. އަހަރެންގެ ދަރިފުޅު ކައިރިއަށް ގެންގޮސްދޭށޭކިޔައި ގާޒީގާތުވެސް އަހަރެން ރޮވެއާދޭސް ކުރީމެވެ. ގާޒީގެ ޖަވާބަކަށްވީ ތަހުގީގުން ވަކި ގޮތެއް ނިންމެންދެން އަހަރެން ބަންދުގައި ހުންނަން ޖެހޭނެ ވާހަކައެވެ.

އަހަރެން އަހަރެންގެ ތުއްތު ދަރިފުޅާ ނުލައި ދިހަ ދުވަސް ވޭތުކުރާނީ ކިހިނެތް ހެއްޔެވެ؟ މިފަހަރު އަހަރެން ގެންގޮސް ބެހެއްޓީ އެހެން ދެ އަންހެނުންނާއެކު ޖަލުގެ ގޮޅިއެއްގައެވެ. އަހަރެން ވެއްދުމުން އެމީހުން އައިސް އަހަންނާ ވާހަކަ ދެއްކިއެވެ.

“އަހަންނަށް ކިޔަނީ ރިޝްފާ.. ދެން މިހުރީ ޒިޔާދާ..” އެތަނުން ހިކިކޮށް ހުރި މީހާ ބުންޏެވެ.

“އަހަންނަށް ކިޔަނީ ނަޝާ..” އަހަރެން ފަރުވާކުޑަކޮށް ބުނީމެވެ.

“ކައެ ކީއްވެ ޖަލައްލީ..” ރިޝްފާގެ ވާހަކަ ހުރިގޮތުން އަހަރެން އެހާ ހިތްހަމައެއްނުޖެހުނެވެ.

“އަހަރެން ޖަލަށްލީ މީހެއްގެ މަރުގެ ތުހުމަތު ކުރެވިގެން..” އަހަރެން ބުނީމެވެ.

“ނަޝާ ބަލާލަފަ ހީއެއްނުވޭ އެކަމް..” ޒިޔާދާ ވާހަކަ ދެއްކީ އޯގާވެރި ކަމާއެކުއެވެ.

“އާން އަހަރެން މީހަކު ނުމަރަން… އަހަރެން ކީއްކުރަން.. މިއަދު އަހަރެންގެ ތުއްތު ދަރިފުޅު ދޫކޮށްލައިފަ މިއައީ…” އަހަންނަށް ރޮވުނެވެ.

“ދެރަނުވޭ.. އަސްލު ވީގޮތް އަހަރުމެންނަށް ކިޔައިދީބަލަ..” މިފަހަރުވެސް ވާހަކަ ދެއްކީ ޒިޔާދާ އެވެ.

“އަހަރެންގެ ފިރިމީހާގެ ދޮށީ އަނބި އަމިއްލައަށް މަރުވީ.. އޭނަގެ މަންމަ އެކަން އެޅުވީ އަހަންނާ އަހަރެންގެ ފިރިމީހާގެ ބޮލުގަ.. އެއީވީ ގޮތަކީ..” އަހަރެން ލޮލުން ފައިބައިފައި ހުރިކަރުނަތައް ފުހެލީމެވެ.

“އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ނަޝާއަށް އިނގޭތަ އަހަރެންވެސް ބެދިފަ މީނީ ނުކުރާ ކަމެއްގަ.. މީހަކު މަށަށް ދިން ލަނޑެއް..” ޒިޔާދާ ވާހަކަ ދެއްކީ އިސްދަށަށް ޖަހާލައިގެން އިނދެއެވެ.

“ދެން ރިޝްފާ..” އަހަރެން ރިޝްފާއަށް ބަލާލަމުން ބުނީމެވެ.

“ޑްރަގްސް..” ވަރަށް ހަމަޖެހިލައިފަ ރިޝްފާ ބުންޏެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

އިންތިޒާރު 17

Next

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)

Next
March 22, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)

Previews
March 21, 2015

އިންތިޒާރު 17

6 Comments!

  1. suma says:
    March 22, 2015 at 11:44 am

    varrah salhi.. nxt part vex varrah reethi vaane dhw… up kohlahchey avah… 🙂

  2. naju says:
    March 22, 2015 at 12:32 pm

    OMG!!! ishaa ah kihineh vaany?? varah dhera vehjje mi part kiyaafa.. btw itx nyc.. 🙂

  3. xima says:
    March 22, 2015 at 2:07 pm

    V reeethi! emme reethi hisaabah dhiyaima anehkkaavx nxt prt ah wait kuran juhuneeema v sad. Hithah araaa vhk ehkn kiyaaleveyne namaey.nxt prt v v avahah up kurachey plzzz!

  4. elshish says:
    March 23, 2015 at 11:40 am

    Hama rangalhah e Nisha ah e v. adhives meehun ge life ah vadhegen firihen jahaigannan ulheythi. Hahaha. Dhen ovey jaluga. Whore.

  5. Anoo says:
    March 23, 2015 at 12:57 pm

    Cant wait for the next part. please upload ASAP. Nice story. 🙂

  6. suma says:
    March 24, 2015 at 2:52 pm

    haadha lahey anne part up kuraale……

Comments are closed.


All Right Reserved!