Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝަޒް

aishath shazula Level 1
March 22, 2015 2 Mins Read
5 Comments

 

summertime_sadness_by_mahafsoun-d5kchqu

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ.

އަހަރެމެން ވެސަް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. އެއީ އަހަރެންގެ މަންމައެވެ. “ކިތައް ފަހަރު ކިޔާރާ ކައިރީ އަހަރެން ބުނީ ގެއިން ނުނުކުއްނާށޭ؟ މިހާރު އާދޭ ދާން!” އަހަރެން ވަރަށް ބިރުންހުރެ މަންމަ ފަހަތުން ގެއައްދިއައީމެވެ. މީ އަބަދުވެސް އާދައެވެ. އަހަރެން ރައްޓެހިންނާ އެކު މަޖާ ކުރާ ކަށް މަންމަ ގަބޫލެއް ނުވާ ނެއެވެ. އަދި ބޭރައް ދާންވެސް މަންމަ ގަބޫލް ނުވާނެއެވެ. އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުން ވެސް މަންމަ އޮންނަނީ މަނާ ކޮއްފައެވެ. އަހަރެން މިސުވާލު ތަކުގެ ޖަވާބު ހޯދަން އުޅިއުޅި ވަރުބަލި ވެއްޖެއެވެ. މިހާރު އަހަރެންގެ އުމުރުން ވިހި އަހަރު ވެއްޖެއެވެ. އަދި ވެސް އަހަރެން ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ވާހަކަ ނުދައްކަމެވެ. އަހަންނަ ކަމުދާ ކަހަލަ ކުއްޖަކާ ވެސް ދިމާނުވެއެވެ.

ހެދުނުގެ ރީތި އިރުގެ އަލިން މުޅި ރަށުތެރެ ވަނީ އުޖާލާ ކޮއްފައެވެ. “ދަރިފުޅާ ކިޔާރާ، އަވަހައް ތެދުވޭ މިހާރު އެއޮއް އަށެއްޖަހަނީ” އަރެންނަށް ހޭލެވުނީ މަންމަ އައިސް ގޮވިއަޑަށެވެ. އަހަރެން ހުރީ އަޖައިބު ވެފައެވެ. ސަބަބަކީ މަންމަގެ މޫނުމަތިން ފެންނަން ހުރި އުފާވެތި ކަމުން ނެވެ. އަހަރެން ހުރީ ހުއްޓުން އަރާފައެވެ. އެހެން އިން ދާ އަނެއްކާ ވެސް މަންމަ ވާހަކަ ދައްކަންފެށިއެވެ. “މިއަދަކީ ވަރަށް ހާއްސަދުވަހެއް! މިއަދު މަންމަ ގެ ވަރަށް ގާތް ރައްޓެއްސެއް މިރަށައް އަންނާނެ!” އަހަރެންވެސް އަވަހަށް ތެދުވެ ތާޒާވުމައިގެން އުޅެގަތީމެވެ.

އަހަރެން ނުކުތް އިރު މަންމަ ވަރަށް އަވަދިނެތި ބަދިގެ ތެރޭ އުޅެމުން ދެއެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. “މަންމާ މީކޮންކަމެއެއްތަ؟” އަހަރެންނައް ނުހުރެވިގެން އަނެއްކާވެސް އެހީމެވެ. “ދަރިފުޅާ ނައީމާ މިރަށައް އެ އަންނަނީ ފަނަރަ އަހަރުފަހުން، އެހެން ވީމަ މަންމަ މެން ވާނެއްނުން ހޫނު މަރުޙަބާއެއް ކިޔަން! އެމީހުން އަންނާނެ މިއަދު ބާރަ ޖަހާއިރު، އަވަސް ކޮއްފަ ހިގާ ދަމާ އަތިރިމައްޗަށް!”

ހޫނުގަދަ ދުވަހެއްކަމުން އަހަރެން ދިއައީ ކުޑަ ވެސް ހިފައިގެން ނެވެ. އަހަރުމެން ގޮސް މަޑުކޮއްލީ އަތިރިމަތީ ހުންނަ ނިކަގަސް ދަށުގައެވެ. އިންތިޒާރުގައި ހުއްޓާ ލާންޗް އައިސް މަޑުކޮށްލީ ފާލަން ކައިރީ އެވެ. އަހަރެން  އެދިމާ އައް ބަލަހަށްޓައިގެން ހުއްޓާ ވަރަށް ރީތިކޮން ހެދުން އާޅައިގެން ހުރި އަންހެނަކާއި ފިރިހެނެއް ފައިބައިގެން އައެވެ. އެއަންހެން މީހާ ހުރީ ކަކުލާ ހަމައަށް އަންނަ ހެދުމަކާ ބެލްސެއްލައިން އަވިއައިނުން ލޯ ފޮރުވައި ލައިގެންނެވެ. ކަރުގައި އަޅާފައިވާ އަލިމަސް ހާރުން އިތުރައް އޭނަގެ މުއްސަދިކަން ދައްކުވައިދެއެވެ. އޭނަ އައިގޮތައް އައިސް މަންމަގެ ގައިގައި ބައްދާލާ ސަލާމް ކޮއްލިއެވެ. އަދި އަހަންނާ ދިމާ އައް އެބުރިލާ ފައި ހިނިތުން ވުމަކާއެކު ބުނެލި އެއްޗަކުން އަހަރެންގެ ގަޑުވިކަހަލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

aishath shazula

Level 1

Other Articles

Previous

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ

Next

ކިޔާރާ

Next
March 22, 2015

ކިޔާރާ

Previews
March 22, 2015

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ

5 Comments!

  1. athoo.. says:
    March 22, 2015 at 6:40 pm

    hehe nan badhalu kohlee dhw fahun..

  2. Reeharn Ali says:
    March 22, 2015 at 7:45 pm

    Mevaahaka reethitha

  3. neel says:
    March 23, 2015 at 3:03 pm

    yageen mee ekkala mustho ge vaahaka eh kan! varah hadi vaanehen heevany

  4. neha says:
    March 23, 2015 at 3:06 pm

    neel bunihen neha ahves heevany mee hama ekkala MOLHU musthafa ge vaahakaeh hen! evves asareh vaahaka feshumugaives neiy, mee musthafa ge vaahaka eh kamah vanaya ma mivaahaka ah salaam! hehehe

  5. neha says:
    March 23, 2015 at 3:09 pm

    Yageen ekkala MOLHU musthafa ge vaahakaeh kan! feshumugaives evves asareh neiy, varah hadi vaanehen heevany

Comments are closed.



All Right Reserved!