Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (8 ވަނަ ބައި)

Shaz Level 110 Stories
March 19, 2015 5 Mins Read
10 Comments

“ނަޝާ ދެން ނުރޮއޭ… އަހަރެން މިއައީ ނަޝާ ބަލާ..” އީތަން އަހަރެންގެ މޫނަށް ބޮސްދެމުން ބުންޏެވެ.

ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެގުމުން އަނެއްކާވެސް އަހަންނަށް ރޮވުނެވެ.

“އީތަން ކީއްވެތަ.. ކީއްވެތަ.. އީތަން އަހަރެން ގެންދިޔަ ނަމަ…. އެންމެ ފަހަރަކުވެސް ލޯބިވެޔޭ ބުނި ނަމަ… އެންމެ ފަހަރަކުވެސް މަޖުބޫރުވެގެންނޭ ބުނި ނަމަ… އަހަރެން މަޑުކުރީމުސް.. އަހަންނަށް ހާދަ ހާރޓް ވޭ.. އަދިވެސް މިހިތުން ލޯބި ފިލާނުދޭ..” އަހަރެން ހިތާހިތުން ޝަކުވާ ކުރަމުން ދިޔައީމެވެ.

މާދަމާއަކީ އަހަރެންގެ ދަރިފުޅަށް ނަން ކިޔާ ދުވަހެވެ. އެހެންކަމުން އަހަރެން މަސައްކަތް ކުރީ އަނެއްކާވެސް އަވަހަށް ނިދޭތޯއެވެ. ނަމަވެސް އީތަންގެ ހަނދާންތައް އަހަރެންގެ ހިތައް އުނދަގޫ ކުރަމުން ދިޔައެވެ. ޝާއިން ވެސް ކައިރީގައި ނިދާފައި އޮތުމުން އަހަރެން ނުކުތީ ބެލްކަނި އަށެވެ. ނުނިދިގެންނެވެ. ގަޑި ބަލައިލި އިރު އަދި ކިރިޔާ އެކެއް ޖަހަނީ އެވެ. އީތަން އަށް ގުޅާލަން އަހަރެން ހިތަށް އެރިއެވެ. ނަމަވެސް ހަމަ ހިތް ބިރުގަންނަނީއެވެ. ޝާއިން ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. އެގޮތުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ވޭތުވެއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ތުއްތު ދަރިފުޅު ރޯންފަށައިފިއެވެ. އަހަރެންގެ މައިވަންތަކަމުގެ އިހްސާސް އުތުރިއަރައި ގަތެވެ. އަވަސް އަވަހަށް ގޮސް ތުއްތުދަރިފުޅު ނިންދެވޭތޯ މަސައްކަތް ފެށީމެވެ. އަހަންނަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

މިއަދަކީ އަހަރެންގެ ލޯބިވާ ދަރިފުޅަށް ނަން ކިޔަން ހަމަޖެހިފައި އޮތް ދުވަހެވެ. އަހަރެން މިއަދު ވަރަށް އަވަހަށް ހޭލައިގެން ދަރިފުޅު ގޮވައިގެން ބޭރަށް ނުކުތްއިރު އިމްޝާ ޓީވީ ބަލަން އިނެވެ. އަހަރެން ފެނުމާއެކު އިމްޝާ އައިސް ކުޑަ ދަރިފުޅު އުރައިލި އެވެ. އިމްޝާ އަހަރެންގެ ދަރިފުޅު ދެކެ ލޯބިވާތީ އަހަރެން ވަރަށް އުފާވެއެވެ. ވިހޭ ފަހުން އިމްޝާ އާއި އޭނާގެ މަންމަ ވެސް ވަރަށް ރަނގަޅެވެ. އެކަމާ އަހަރެން ވަރަށް ހިތްހަމަޖެހެއެވެ.

“ނަޝާ.. މިހާރު މި މަންޖެ އަށް ކިޔާނެ ނަމެއް ފާސް ވެއްޖެތަ…” އިމްޝާ އަހަރެންގެ ދަރިފުޅާ ލޯބި ކުރަމުން ވާހަކަ ދެއްކިއެވެ.

“އަހަރެން މިހިތައް އަރަނީ އީޝާ ކިޔަން.. އަހަންނާވެސް އިމްޝާ އާވެސް ޝާއިން އާވެސް ގުޅޭ..” އަހަރެން އިމްޝާ އާއި ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ވާހަކަ ދެއްކީމެވެ.

“ނަޝާ.. އަހަރެން ވަރަށް ދެރަވޭ އަހަންނަށް ނަޝާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން…” އިމްޝާ ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ.

“އަހަރެން ހިތުގަ ނެތް އިމްޝާ އާ މެދު އެއްވެސް ބުރަކަމެއް” އަހަރެން ބުނީމެވެ.

“ނަޝާ.. ހާދަ ރަނގަޅޭ.. އަހަރެން ވަރަށް ދެރަވޭ މިހާރު..” އިމްޝާ މާޔޫސްވެ އިނދެ ވާހަކަ ދެއްކިއެވެ.

“ދެން އެވާހަކަ ނުދައްކާ..” އަހަރެން އިމްޝާގެ އަތުގައި ހިފާލަމުން ބުނީމެވެ.

“އަހަރެން އިމްޝާ ގާތު ބުނީމެއްނު ނަޝާ ހާ ރަނގަޅު ކުއްޖެއް މަށަކަށް ނުލިބޭނޭ..” ޝާއިން އައިސް އިމްޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“އަހަރެން ވަރަށް އުފާވެއްޖެ މިއަދު..” ޝާއިން އޭނާގެ ދަރިފުޅު އުރާލަމުން ބުންޏެވެ.

އަހަރެން ބޭނުންވި ގޮތަށް އަހަރެންގެ ދަރިފުޅަށްކީ އީޝާ އެވެ. ހަގީގަތުގަ އީތަންގެ ހަނދާނުގައެވެ. އަހަރެން އަބަދުވެސް އީތަން މަތިން ހަނދާން ކުރާކަން އަދި ލޯބިވެސް ވާކަން އީތަންއަށް އެނގުމަށެވެ. ނަމަވެސް އީތަންގެ ފަރާތުން އެކަމަށް ސަމާލުކަމެއް ލިބޭނެބާވައެވެ. އެންމެ ފަހުން ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އީތަންއަށް އަހަރެން ގުޅައިފީމެވެ.

“ހަލޯ” އީތަން ބުނިއަޑު އިވުނެވެ.

“އީތަން..” އަހަރެން ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ.

“އޯ.. ނަޝާ.. މައި ލަވް… ޝާއިން ނަޝާ ވަރި ކުރީތަ.. ކޯސް އަލުން ލިބުނީތަ..” އީތަން ވާހަކަ ދެއްކީ މަލާމަތުގެ ރާގެއްގައެވެ.

“އަހަންނަށް އެނގޭ މިހާރު އަހަރެން ފޯނުބޭއްވިޔަސް އީތަން ރޯނެކަން..” އަހަރެން ބުނީމެވެ.

“އަހަރެން… ނަޝާ ފޯނު ބޭއްވީމަ.. މަމީ މޮޔައެއް ނޫނޭ…” އީތަން އަދިވެސް މަލާމާތް ކުރާ ކަހަލަ އެވެ.

“އަހަންނާ އާނާ ދިމާވި.. ހުރިހާ އެއްޗެއް ވެސް ކިޔާދީފި..” އަހަރެން ހިތްވަރުކޮށްފައި ބުނީމެވެ.

“ކީކޭ.؟ އާނާ އޭ.. އާނާ ކީކޭ ކީ؟” އީތަން ސީރިއަސް ވިއެވެ.

“އީތަން އަހަރެންދެކެ ލޯބިވާ ވާހަކަ.. އީތަން އާނާ އާއި މެރީ ކުރީ އެހެންގޮތެއް ނެތިގެންނޭ..” އަހަންނަށް ރޮވުނެވެ.

“އީތަން ކީއްވެ.. އެންމެ ފަހަރަކުވެސް ކީއްވެ އަހަރެން ކައިރީ ނުބުނީ… އެޓްލީސްޓް ލޯބިވާ ވާހަކަ ބުނެލި ނަމަވެސް.. އަހަރެން ހިތްހަމަޖެހުނީސް.. އަބަދު އެކަން ހަނދާން ކޮށްފައި ރޯކަށްވެސް ނުޖެހުނީސް… އަހަރެން އީތަންއަށް ވެއިޓްވެސް ކުރާނަން.. އެކަމަކު މިހާރު ކިހިނެތް.. އީތަން ނޫނަކަސް އަހަރެންވެސް ހާދަ ރުއީމޭ… ހާދަ ހާދަ މިހިތައް ތަދުވިއޭ..” އީތަން ޗުއްޕެއްވެސް ނުކިޔާ ހުއްޓެވެ. އަހަރެން ރޮމުން ރޮމުން އަހަރެންގެ ހިތުގެ ހާލު އީތަންއަށް އަންގަމުން ދިޔައީމެވެ.

“އަހަރެންގެ ދަރިފުޅަށް އަހަރެން ކީ އީޝާ.. އެއީވެސް އީތަން އާއި ގުޅުވާފަ.. އަހަރެން އަބަދުވެސް އީތަން މަތިން ހަނދާންކުރާނަން” އަހަރެން ފޯނު ކަނޑާލީމެވެ.

ރޮމުން ރޮމުން އަހަރެން އަހަރެންގެ އެނދުގައި އިށީނީމެވެ.

“ނަޝާ.” އަހަރެން ސިހިފައި އަވަސް އަވަހަށް ލޮލުން ފައިބައިފައި ހުރި ކަރުނަތައް ފުހެލާފައި ބަލާލިއިރު އިމްޝާ އީޝާ އުރާލައިގެން އަހަރެންގެ ކޮޓަރީ ދޮރުމަތީ ހުއްޓެވެ. އީޝާއަށް އޮތީ ނިދިފައެވެ.

“އީޝާ އަށް ނިދުނީ ދޯ.. ގެނޭ..” އަހަރެން އީޝާ އުރާލީމެވެ.

“އީތަން ކައިރިއަށް ދާންވީނު ޝާއިން ކައިރިން ވަރިވެގެން..” އިމްޝާ ބުނިއެއްޗަކުން އަހަރެންގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ހުރިތަނަށް ހުއްޓެވުނެވެ. ބޭ އިހްތިޔާރުގައެވެ.

“އީތަން ކައިރިއަށް ދާންވީނު ޝާއިން ކައިރިން ވަރިވެގެން..” އިމްޝާ ބުނިއެއްޗަކުން އަހަރެންގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ހުރިތަނަށް ހުއްޓެވުނެވެ. ބޭއިހްތިޔާރުގައެވެ.

“ކީކޭ..” އަހަންނަށް ބުނެލެވުނެވެ.

“އަހަރެން މިބުނީ އީތަން ދެކެ ތިހާ ލޯބި ވަންޏާ ޝާއިން ކައިރިން ވަރިވެގެން އީތަން ކައިރިއަށް ދާންވީ ނޫންހޭ.. އޭރުން އަހަންނަށްވެސް ނަޝާ އަށް ވެސް ހެޕީކޮށް އުޅެވޭނެ.. އަހަންނަށް އަހަރެންގެ ފިރިމީހާ ލިބުނީ.. ނަޝާއަށް ނަޝާގެ ލޯބިވެރިޔާ ލިބުނީ.. ދެން އީޝާ.. އީޝާއަށް ރަނގަޅުވާނީ އޭނަ ބައްޕަ ކައިރީ ހުރުން…” އިމްޝާގެ ވާހަކަތަކުން އަހަރެން ކައިރިއަށް އައީ ރުޅިއެވެ.

“ހަބަރުދާރު.. ދެން ދުވަހަކުވެސް މަށާ މަގޭ ދަރިޔާ ވަކި ކުރާ ވާހަކަ ނުދައްކާތި.. ދޫބުރިކޮށްލާނަން..” އަހަރެން ހަމައިން ނެއްޓި ކަހަލަ އެވެ.

“އަހަންނަށް އެނގޭ ނަޝާ އީތަން ދެކެ ލޯބިވާކަން..” ޝާއިން އެތާހުރިކަން އަހަންނަށް އެނގުނީދެނެވެ.

“މާކުރިންވެސް އެނގޭ.. އިންނަން އެހި އިރުވެސް ޝައްކުވޭ.. ފިހާރަތެރޭ އާނާ އާއި ދެމީހުން ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއިވުނު އަހަންނަށް..” ޝާއިން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

“މުޑުދާރު އަންހެނާ..” އިމްޝާ ބުނަން އުޅުނު އެއްޗެއް ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އިމްޝާގެ ކަންކަށިމައްޗައް ޝާއިންގެ ހޫނު ހަމަލައެއް އެރިއެވެ.

“ހަބަރުދާރު… މުޑުދާރޭ ކިޔައިފަ ނަޝާ ކުރިމަތީ އަނގަ ހުޅުވަން އިމްޝާތީ ކާކު… ނަޝާ އެއީ އަހަންނާ އިންއިރުވެސް އަދި މިއަދާ ހަމައަށް ވެސް އަބުރުވެރި އިއްފަތްތެރި އަންހެނެއް… ނަޝާ އެއީ އިމްޝާ އެއް ނޫން… މިހާރު މާ މާތް މީހަކަށް ވެގެން އުޅުނަސް މަ ނަޝާ އާއި އިނުމުގެ ކުރިން ކިތަންމެ ރެއަކު އަހަންނަށް އިމްޝާގެ ފޯނުން ފާޑު ފާޑުގެ ކުޅި ފެނި ފަހުރީ…. އިމްޝާ މަށާއިން އިރުވެސް އޭގެ ފަހުންވެސް އުޅުނީ އެހެން.. އަމިއްލައަށް ބުނެބަ ކިތައް ގެސްޓް ހައުސް އިންތޯ އަހަރެން އިމްޝާ ނެރުނީ.. ދަރިން ނުލިބެނީވެސް އަމިއްލައަށް އެގޮތް ބޭނުން ވެގެން އެހެން ހެދީމަ.. އެއީވެސް ބޭނުންހާ ވައްތަރަކަށް ނޫޅެވޭނެތީ.. ޝުކުރުކޮށްބަ އަހަރެން ވަރި ނުކޮށް ހުރީތީވެސް… ދެންވެސް އަމިއްލައަށްވެސް ވިސްނަބަލަ.. އެއީވެސް އަހަރެން އިމްޝާ ދެކެ ވާ މަތިވެރި ލޯތްބެއްގެ ސަބަބުން.. އެކަމަކު މިއަދު އަހަރެން އިމްޝާ މަތިން ވަރަށް ފޫހިވެއްޖެ..” ޝާއިން ހުރީ ހަމައިންނައްޓައިފައެވެ.

“ޝާއިން… އަހަރެން ގަބޫލު ކުރަން އަހަންނަށް އުޅެވުނީ ރަނގަޅަށް ނޫންކަން.. އެކަމަކު އަހަރެން މިހާރު މިހުރީ ރަނގަޅު ވެގެން… ޝާއިން އަމިއްލައަށް ދޯ އަހަންނަށް މާފް ކުރީ.. ދެން މިހާރު..” އިމްޝާއަށް ހުރީ ރޮވިފައެވެ. އަހަރެން ބުނާނެއެއްޗެއްވެސް ނޭނގިފައި ހުރީއެވެ.

“ދެން ވެސް އަހަރެންގެ ދަރިފުޅާ އޭނަގެ މަންމަ އާއި ވަކި ކުރަން ހިޔާލްވެސް ނުކުރާތި.. އަހަންނަށް އިނގޭ ނަޝާ އަދިވެސް އީތަން ދެކެ ލޯބިވާކަން.. އެކަމަކުވެސް އަހަންނަށް ޔަގީން ނަޝާ ހަޑިކަމެއް ނުކުރާނެކަން.. އަހަރެން ނަޝާއަށް އިތުބާރު ކުރަން..” ޝާއިން އަހަރެންގެ ކޮލުގައި ފިރުމާލިއެވެ.

އިމްޝާ ރޮމުން ރޮމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

“ސޮރީ” ޝާއިންގެ ތަނަވަސް މޭމަތީ އަހަރެންގެ މޫނު ފޮރުވާލީމެވެ.

“ނޯ.. އައިއެމް ސޮރީ.. ނަޝާ ބޭނުމިއްޔާ އަހަރެން ނަޝާ ވަރިކޮށްދީފާނަން..” ޝާއިންއަށް ހަމަރަނގަޅަށް ވެސް ރޮވުނެވެ.

“ނޫން ޝާއިން.. ނޫން… އައި ޖަސްޓް ވޯންޓް ޓް ލެޓް ހިމް ނޯ ދެޓް އައި ނޯ އެވްރީތިން ނަތިންގް އެލްސް..” އަހަރެން ބޭނުންވިގޮތް އަހަރެން ބުނީމެވެ.

އެވަގުތު އީޝާ ހޭލައިގެ ރޯންފެށިއެވެ. އަހަންނަށް ވުރެ ކުރީ އީޝާ އުރާލީ ޝާއިން އެވެ. ޝާއިން ހުންނަނީ އީޝާ އާއި ހެދި މޮޔަވެފައެވެ. ވާނީވެސް އެހެންތާއެވެ. އަލަތު ދަރިފުޅުވިއްޔާއެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އީތަން އެވެ.

“އައިއޭމް ސޯ ސޮރީ.. ނަޝާ.. އައި ޖަސްޓް ވޯންޓް ޔޫ ޓް ބީ ހެޕީ… އައި ލަވް ޔޫ.. ބަޓް އައި ކާންޓް ލެޓް ޔޫ ކަމް ޓް މައި ލައިފް” އީތަންގެ މެސެޖްގައި ވެއެވެ.

“ވައި” އަހަރެން ރިޕްލައިކުރީމެވެ. އެއަށްފަހު ފޯނު ބެޑުމައްޗައް އެއްލާލީމެވެ.

“މީ ޑެޑީގެ ޕްރިންސެސްތަ؟.. ބަސްއަހާ ޕްރިންސެސް އެއްދޯ ޑެޑީއަށް ލިބުނީ..” ޝާއިން އީޝާ އާއި ލޯބިކުރަމުން ވާހަކަދެއްކިއެވެ. އަހަރެން ހެވިފައި ބަލަން ހުރީ އެވެ.

“ޑޭޑީ ވަރަށް ހެޕީވޭ ޑެޑީއަށް ތިކަހަލަ ލޯބި ލޯބި ޕްރިންސެސް އެއް ލިބުނީމަ އިނގޭ… ޕްރިންސެސް އަށް އެނގޭތަ ޑެޑީ މަންމީއަށް ކާންދިނީ ހުސް އައިސް ކްރީމް.. ތިކަހަލަ ލޯބި ދޮން ޕްރިންސެސް އެއް ހޯދަން..” ޝާއިން އީޝާ އާއި ލޯބިކުރަން ވަރަށް ފޯރި ހުރެއެވެ.

“ދެން ގެނޭ ނިންދަވަން..” އަހަރެން ބުނީމެވެ.

“ޕްރިންސެސް މިރޭ ދެން ނިދާނީ ޑެޑީ އާއި އެކު.. ދޯ” ޝާއިން އީޝާ ނިންދަވަން މަސައްކަތްފެށިއެވެ.

“ހޫމް މަންމީ ރެސްޓް” އަހަރެން ފާހަނާއަށް ވަންނަމުން ބުނީމެވެ.

އަހަރެން ފާހަނާއިން ނުކުތް އިރު އީޝާ ނިދައިފިއެވެ. އަހަރެން އަވަހަށް ގޮސް އީޝާގެ ކުޑައެނދު ތައްޔާރު ކޮށްލީމެވެ. މަޑުމަޑުން އީޝާ ގެނެސް އެނދުގައި ބާއްވާލީ މެވެ. އެއަށްފަހު އެތުއްތު ތުއްތު މޫނުން ދޮނެއް ނެގީމެވެ. ޝާއިންވެސް އައެވެ. އީޝާގެ މައުސޫމްކަން އިންތިހާއެވެ.

“ޝާއިން މިރޭ ދޭ އިމްޝާ ކައިރިއަށް.. މިރޭ އޭނަ ހުންނާނީ ވަރަށް ދެރަވެފަ… ރޭގަވެސް މިކޮޓަރީގައެއްނު ނިދީ..” އަހަރެން ޝާއިން ގައިގަ ބައްދާލަމުން ބުނީމެވެ.

“އަހަރެން ހިތައް އަރާ އިމްޝާ ވެސް ތިހާ އަންޑަސްޓޭންޑް ވާނެ ނަމައޭ…” ޝާއިން އަހަރެން ލޯބި ކޮށްލަމުން ބުންޏެވެ.

އީޝާ އާއި ލޯބިކޮށްލުމަށްފަހު ޝާއިން ހިނގައިގަތެވެ. ޝާއިން ދިޔުމުން އަހަރެންވެސް ނިދަން އޮށޯތީ މެވެ. އިރުކޮޅެއްނުވެ ޝާއިން ދުވެފައިއައެވެ.

“ނަޝާ… އިމްޝާ..” ޝާއިންއަށް ވާހަކަ ދެއްކެނީވެސް ވަރަށް އުނދަގުލުންނެވެ.

“ކިހިނެތްވީ..؟” އަހަރެން ހާސްވިއެވެ.

“ކޮޓަރީގަ… ދަންޖެހިފަ..” ޝާއިން އަހަރެންގެ އަތުގައި ހިފައިގެން އިމްޝާ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ.

އާއެކެވެ. ކޮޓަރި ފަންކާގައި ދަންޖެހިފައި އެހުރީ އިމްޝާ އެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ.

Next

އެ ސިޓީ

Next
March 19, 2015

އެ ސިޓީ

Previews
March 18, 2015

ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ.

10 Comments!

  1. Anonymous says:
    March 19, 2015 at 2:36 pm

    varrah salhi mi nimunythah annekaa… next part up plx

  2. sana says:
    March 19, 2015 at 3:31 pm

    OMG

  3. zaa says:
    March 19, 2015 at 4:04 pm

    Wow varah salhi

  4. nash says:
    March 19, 2015 at 6:11 pm

    mi then dhivehi vaahaka thakuga varah kada koh vaa kameh.. kuru kollan noonee nimmaaalan beynun viyas ekaku maraalaane.. e ah fahu then jahan vee lived happily ever after….
    mi vaaahaka ekanyeh noon.. dhivehi gina vaahaka thakuga vaa goiy e eeee… ekam mi vaahaka feshigen mihaahisaabah ves varah salhi hama.. i enjoyed a lot… 🙂

  5. mustho says:
    March 19, 2015 at 7:17 pm

    v v v sahli ey…..anekka vaahaka nimuneetha?

  6. md says:
    March 20, 2015 at 5:44 pm

    nimuny?

  7. yaan says:
    March 20, 2015 at 6:07 pm

    nimunee hen v v heenuvey…. nxt prt up kohdhehchey avah.. vaahaka habu…..

  8. Shazu says:
    March 20, 2015 at 8:44 pm

    vaahaka adhi nunimey…

  9. xima says:
    March 20, 2015 at 9:22 pm

    V reethi!! V avahah up kurahchey v kiyaahihvey plxxx.

  10. ekkalaekkala says:
    March 23, 2015 at 11:47 am

    E firihenaa haadha happy ey. Ufalun eh anhenaku ebunany aneh anhen meehaa kairi ah dhaan. Dhe anhenun eynage life. Different flavors.

Comments are closed.


All Right Reserved!