Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)

Shaam Level 110 Stories
March 22, 2015 3 Mins Read
18 Comments

ފެންކަޅިވެފައިވާ އަހަރެންގެ ދެލޮލުން އެދިމާލަށް ބަލަނީ އަހަރެން އެދިމާލަށް ނުބަލަން ވަރަށްވެސް މަސައްކަތް ކުރާ ޙާލުގައެވެ. އެކަކު އަނެކަކަށް ހީ ސަމާސާކޮށް ހަދަމުން ދިޔަ އިރު ކިޔާ އެއްޗެއްވެސް ނޭނގޭ ހިސާބު ފަހަތުގައި ހުރެ އަހަރެންގެ ހިތް ގިސްލަ ގިސްލާފައި ރޮނީއެވެ. އެމީހުންގެ ހަރަކާތްތަށް ނުބަލަން އަހަރެން އެހެންމަގަކަށް އަނބުރާލީމެވެ. އެކަމު އަހަރެންގެ ޙާލުވީ ދެރައެވެ. ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތަށް ހޯސްލާފައި ފައިބައިގަނެއްޖެއެވެ. ގިސްލެވެން ފަށައިފިއެވެ. ކައިރިން ހިގާފައިދާ މީހުންގެ ބެލުންތައްވެސް އަހަންނަށް އަމާޒުވާން ފަށައިފިއެވެ.

ބާރުހިގުމެއްގައިގޮސް އަހަރެން ގެއަށްވަތްގޮތަށް މޭޒުމައްޗަށް ފޮތްތަށް އުކާލުމަށްފަހު ގޮސް އެނދަށްވެއްޓި ރޯން ފެށީމެވެ. ހަމަހަޤީތުގައިވެސް އަހަރެންގެ ހިތުގައި ޖެހި ވަރަށް އަސަރުކޮށްފިއެވެ. ބާލީހުގައި ގަދަޔަށް ބައްދާލައިގެން އޮވެ ރޮމުންދިޔައިރުވެސް އަހަންނަށް ސިފަވަނީ ޒައިކްއާއި ޔަޝްފާދެމީހުން ހީސަމާސާ ކުރި މަންޒަރެވެ. އުއްމީދުތައް ފުޑުފުޑުވިކަހަލައެވެ. ސިޓިންގ ރޫމްގައި ޓީވީ ބަލަން އިން އަހަރެންގެ ދައްތަޔަށް އަހަރެން ގެއަށް ވަދެގެން ދިޔަގޮތުން މިކަން ވިސްނިގެން އަހަރެންގެ ކައިރިއަށް އައިސް އިށީދެ ވާހަކަ ދައްކަން ފެށިއެވެ.

ދައްތަ: ” ލައިލާ.. ކިހިނެއްތަވީ.. ކިހިނެއްވެގެންތަ ތިހާވަރަކަށް ތި ރޮނީ”

ދައްތަޔާ ދިމާލަށް ބަލާލުމަށް ފަހު ދައްތަ ގައިގައި ބައްދާލާ އަހަންނަށް އެއަށްވުރެ ބާރަށް ރޯން ފެށުނެވެ. ދައްތަ އަނެއްކާވެސް އެސުވާލުތައް އަހަންނާއި ތަކުރާރުކޮށް ކުރަން ފެށިއެވެ. އެކަމަކުވެސް އެވަގުތު އެއްވެސް ވާހަކައެއް ދެއްކޭހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.  ވާހަކަ ދެއްކޭ ވަރުވެސްވީ އެތައްއިރަކުގެ ރުއިމަށްފަހުގައެވެ. ހަޤީޤަތުގައި އެވަގުތު އަހަރެން ބޭނުންވީވެސް ގަދަޔަށް ރޯށެވެ. އަހަރެންގެ ހިތުތެރޭގައިވާ ހިތްދަތިކަން ކަރުނައިގެ ސިފައިގައި ބޭރުކޮށް ހިތްމަތަކޮއްލަންށެވެ.

އަހަރެން: “ދައްތާ ، ޒައިކް.. ދައްތާ މަޖުނޫނު އެއީ އެހެން މީހެއްގެ މިލްކެއް.. އަހަރެންގެ ނަސީބުގައި ޒައިކްއް ނެތް.. އަހަރެން މިއީ ޒައިކް ބޭނުންވާކަހަލަ މީހެއް ނޫން”

ދައްތަ: ” ލައިލާ.. އިހަށް ތި ރުއިން ހުއްޓާލާފަ ކަން ވީގޮތެއް ދައްތަޔަށް ކިޔައިދީބަލަ”

އަހަރެން ގިސްލުމުގެ ތެރޭގައި ހިގާދިޔަ ހުރިހާކަމެއް ދައްތަޔަށް ކިޔައިދީފީމެވެ.

ދައްތަ: ” ސާބަސް ހަމަ ލައިލާއަށް.. އަހަރެން ވަރަށް ރުޅިއައިސްފި ލައިލާދެކެ މިއަދު.. ކިހިނެތް ތިހާ ހިތްވަރު އެލުވާލައިގެން ކިހިނެތްތަ ލޯބި ޙާސިލްވާނީ.. މިކަން ފެށި އިރުވެސް ލައިލާއަށް ރަގަޅަށް އެގޭނެ ލައިލާކަން ޒައިކް ހޯދަން މިއުޅެނީ. މަޖުނޫނު ލައިލާ ހޯދާކަށް ނޫނޭ މިއުޅެނީ.. އަންހެންކުއްޖަކު ފިރިހެން ކުއްޖެއްގެ ލޯބި ޙާސިލްކުރަން ކުރަންޖެހޭ މަސައްކަތްވެސް ތަފާތުވާނެހެން އަހަންނަށް ހީވަނީ.. އުދަގޫވެސްވާނެ، އަދި އުނދަގުލާ ކުރިމަތިލާންވެސް ޖެހޭނެ، މިހާތަނަށް މިއައީވެސް ހަމަ ދިމާވި ކިތައްކަންތައްތައް ހުރަސްކުރުމަށްފަހު.. އަދި އެނޫނަސް ޒައިކްއާއި ތިޔަބުނާ ޔަޝްފާގެ އޮތީ ކޮންކަހަލަ ގުޅުމެއްކަމެއްވެސް ލައިލާ އަކަށް ނޭގެއެއްނު”

އަހަރެން: ” ދައްތަ ތިބުނަނީ އެދެމީހުންގެ ދެމެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނެތީއޭތަ”

ދައްތަ:”ދައްތަ ނުބުނަން އެހެންނެއް.. އެކަމަކު އެއްވެސް ކަމެއް އަދި ޔަޤީނާ ޤާތަކަށްވެސް ނުދެއެއްނު ތި މީހާ ހަލާކުތިވަނީ”

އަހަރެން: ” ދައްތަ އަޅެ ދެން މަހަދަންވީ ކިހިނެތްތަ.”

ދައްތަ: ” ހަދަންވީ ގޮތަކީ ޒައިކްށް ލޯބި ހުށަހަޅަންވީ.. ސިމްޕަލް”

އަހަރެން: ” ނުކެރޭނެ މަށަކަށް”

ދައްތަ: ” އަނެއްކާ އެއްކަލަ ނުކެރޭނެ ބަސް ގެނައީއޭދޯ.. ކީއްވެ ނުކެރެންވީ.. ނުކެރެންޏާ ލޯބި ވާން ކެރުނީ ކީއްވެތަ”

މިހެން ބުނެފަ ދައްތަ ކޮޓަރިން ނުކުމެއްޖެއެވެ. ތެދެކެވެ. ބޭ އިޚްތިޔާރުގައި ނަމަވެސް އަހަރެންނަށްޒައިކް ދެކެ ލޯބި ވަނީ ވެވިފައެވެ. އަދި ހަމަ ކެރިގެން ވަރަށް ލޯތްބާއި އެކު އެލޯބި ވާންވެސް އަހަރެން ބޭނުމެވެ.

ލޮލުގައި ހުރިކަރުނަތައް ފޮހެލުމަށްފަހު އަހަރެން ބެލްކަންޏަށް ނުކުމެ ގޮޑިއެއްގައި އިށީނީމެވެ. އުތުރުފަރާތުން ޖެހެމުންދިޔަ ހިތްގައިމު ވައިރޯޅީގައި ފަނޑުހަނދުވަރުގެ ނަލަ އަލީގައި އިނދެ އަހަރެން ވިސްނަން ފެށިމެވެ. މިއީ ހިތްވަރު އެލުވާލަންވީ ވަގުތެއް ނޫނެވެ. މަޖުނޫނު އާއި ޔަޝްފާ ދެއްކި ވާހަކަތަކާއި އަހަންނަށް ފެނުނު މަންޒަރުތަކާއި ދިމާވާ ގޮތެއް ހުއްޓަސް އެއީ ހަމަ އަހަންނަށް އެކަން ވިސްނުނު ގޮތް ބޮޑީކަމަށްވެސް ވެދާނެއެވެ. ވިސްނަންވީ ކުރިއަށެވެ. އަދި އެއްވެސް ކަމެއް ދައްތަ ބުނިހެން ޔަޤީނެއް ނޫނެވެ. ފުންނޭވަޔަކާއި އެކު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަހަންނަށް ލިބުނެވެ. އެނބުރި ކޮޓަރިއަށް ދާން ދިޔައިރު ދައްތަ އިނީ ސިޓިންގ ރޫމްގައި އަހަންނަށް މަލާމަތްކުރާ ޒާތަކަށް ހޭށެވެ. އަހަރެންވެސް ދައްތަޔަށް ބަލާލާފަ ހީލީމެވެ.

ދައްތަ: ” ކޮބާ ! ކެއުމެއްވެސް ނެތްތަ މިރޭ”

އަހަރެން ފަސްދީފައިދާންފެށުމުެން ދައްތަ ސުވާލްކުރިއެވެ.

އަހަރެން: ” ނޫނޭ ހިނގާ ކާން ދޯ”

ދައްތަޔާ އެކު އަހަރެން ބަދިގެއަށްގޮސް ކާމޭޒުކައިރީގައި ތިބެ މަޝްވަރާކުރަންފެށީމެވެ.

ދައްތަ: ” ބުނަން .. މިހާރު ތިއޮތީ ތިދެމެދަށް އެހެން މީހަކުވެސް އައިސްފަ.. މަޖާވާނެ”

އަހަރެން: ” ކޮން މަޖަލެއްވާނީ.. މި ދައްތަވެސް ބަލަނީ އަހަންނަށް ޒައިކްނުލިބޭ ގޮތެއްވޭތޯ ދޯ”

ދައްތަ: ” އާނ! އެހެންވެ މިއޮށްހާ ދުވަހު ލައިލާ ގޮވައިގެން މިހުރިހާ ސަކަރާތެއް މިޖެހީ”

އަހަރެން: ” އޭ ދައްތާ.. އަސްލުވެސް ބުނެބަލަ ކިހިނެތްތަ ހަދަންވީ ދެން. އަހަރެން މާދަމާ ރޭ އަދި އެދޭނަން މަޖުނޫނު ކައިރީ އަހަންނާއި އެއްކޮށް އަންނަށް”

ދައްތަ: ” އަދި ކިރިޔާ ލައިލާގެ ހިޔާލެއް މިކަމުގެ މިއައީވެސް.. ދައްތަ ނުބުނާނަން މިފަހަރު އެއްޗެކޭ.. އަޅެ ބަލާލަ ބަލަ”

އަހަރެން: ” ދެން ޔަޝްފާ! “

ދައްތަ: ” ކޮން ޔަޝްފާ އެއްތަ.. މާދަމާރޭ ކުލާހަށް ދިޔައީމަ އަހަންނަށް ހީވަނީ ޔަޝްފާ ކޮންމެވެސް އެއްޗެކޭ ލައިލާ އާއި ދިމާލަށް ބުނާނެހެން”

ހެނދުނު ހޭލައިގެން އަހަރެން ސްކޫލަށް ގޮސްފަވެސް އިންނަނީ ލަސްވެފައެވެ. ވަގުތުތަށް ދާލެއް ލަހީ ދެން ހަމަ ހިތްދަތިވާހާ ގޮތަކަށެވެ. ކެތްމަދުވެފައި ހުރީ ޓިއުޝަން ސެންޓަރަށް ދާ ގަޑި ނުޖެހިގެންނެވެ. މިގޮތަށް ފޫހި ސްކޫލްދުވަހެއް، އެއްވެސް ކަމަކާ ގަޔާވެގެން ނޫޅުނު ދުވަހެއް ދިޔަހެން ދުވަހަކެވެސް ހީއެއް ނުވެއެވެ. ކޮންމެ އަކަސް މިހެން ދަމުން ދަމުންގޮސް ސްކޫލް ނިމި ގެއަށް އައިސްފީމެވެ. ޓިއުޝަން ސެންޓަރަށް ދިއުމުގެ ކުރިން އަހަރެންގެ އެޑްވައިޒަރ ދައްތަ ފެނޭތޯ ބެލީމެވެ. އެކަމަކު އެކަން ވާގޮތެއް ނުވިއެވެ. ދައްތަ ދިޔައީ ރައްޓެހި ކުއްޖަކާއި އެކު ބޭރަށްކަން ބޭބެ ބުނިނަމަވެސް ޓިއުޝަން ސެންޓަރަށް ދާ ގަޑި ޖެހުނު އިރުވެސް ދައްތައެއް ނައެވެ.

ވިސްނުންތަކުން ފޯވެ ތަތްތެޅިފައިވާ ޙާލުގައި އަހަރެން ޓިއުޝަން ސެންޓަރަށް ގޮސް ކްލާހުގައި އިށީނީމެވެ. އިރުކޮޅަކުން ޒައިކްވެސް އައިސް އަހަރެންގެ ކައިރީގައި އިށީނެވެ.

ޒައިކް: ” ކޮބާ ކިހިނެތްތަ ލައިލާ”

ސިއްސައިގެން ގޮސް އަހަންނަށް ބަލާލެވުނުވެ. ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ. ޒައިކް އެ ސުވާލުކޮށްލީ ހާދަ ލޯބިންނެވެ. ކުރީ ރެއިން ފެށިގެން އެވަގުތާ ހަމަޔަށް އަހަރެންގެ ހިތުގައި ހުރި ހުރިހާ ވިސްނުންތަކެއް ފޮހެވިގެން ދިޔައެވެ.

މަޒައިކް: ” ކިހިނެއްވީ.. ހާދަ ފާޑަކަށް ތިއިނީ ބަލަހައްޓައިގެން.. އަނެއްކާ މަގޭ މޫނުގަ އެއްޗެއް ލިޔެފަ އޮތީތަ”

އަހަރެން: ” ނޫން.. ކަމެއް ނުވޭ”

އަހަންނަށް ވާހަކަ ދެއްކުނީވެސް ތުރުތުރު އަޅާ ފާޑަކަށެވެ. އެކަމަކު އެއީ އުފަލުންނެވެ. އެތަން ނޫންނަމަ ހަޅޭއްވެސް ލައްވާއިގަތީހެވެ.

އެހެން ބުނެލުމަށްފަހު އިސްޖަހާލާފަ އަނެއް ފަރާތަށް ބަލާލިއިރު ޔަޝްފާ ވަރަށް ރުޅިއައިސްފަ އަހަންނާ ދިމާލަށް ބަލައެވެ. އަހަރެން މޫނު އަނބުރާލީ އެދިމާލަށް ދެން ނުބަލަން ގަސްތުކޮށްގެންނެވެ.

ކްލާސް ގަޑި ނިމި އެންމެން ބޭރަށް ނުކުމެއްޖެއެވެ. މަޖުނޫނުގެ ފަހަތު ފަހތުން އަހަރެން ސިޑިން ފޭބި އިރު ޔަޝްފާ ހުރީ ކުދިން ގިނަވެގެން މަތީގައި ތާށިވެފައެވެ.

އަހަރެން: ” ކޮބާ މިއަދު ނެތްތަ އަހަރެންނާއި އެކު ގެއާއި ހަމަޔަށް ދެވޭކަށް”

ޒައިކް: ” ހިގާދޯދާން.. ލައިލާ ރޭގަވެސް އެދުނިންދޯ.. ރޭގަ އަސްލު ފުރަތަމަ ރެއަށް ވެފައި އަނެއްކާ ކްލާސް ކުއްޖެއް ކައިރިއަށް ދާން އޮތީމަ ނުދެވުނީއޭ”

އަހަރެން ތައްޔާރުވަމުން ދިޔައީ ޔަޝްފާ އާއި ބެހޭގޮތުން މަޖުނޫނާ ސުވާލްކުރާށެވެ. އެ ސުވާލުތަށް ކުރުމަށް މަޖުނޫނުގެ މޫޑް ހުރިގޮތެއްވެސް ބަލަން ބޭނުމެވެ. އާއެކެވެ. އެހެން ނޫނީ މިހިތަށް ހިތްހަމަޖެހުމެއް ނުލިބޭނެ ތާއެވެ.

ނައްޓާލަމުން އަހަރެން ފަސްބަލާލީ ޔަޝްފާ އަނެއްކާ ކޮބާތޯ ބަލާލާށެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އަހަރެންގެ ހައްގެކެވެ. (9 ވަނަ ބައި)

Next

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ

Next
March 22, 2015

ކަޅުސާލެއް ލެވިފައިވާ އުޑުމަތީ

Previews
March 22, 2015

އަހަރެންގެ ހައްގެކެވެ. (9 ވަނަ ބައި)

18 Comments!

  1. mufff says:
    March 22, 2015 at 3:53 pm

    hadi nanthakeh MAJUNOONU LAILAA dhen heevany 80 ge vahaka eh kiyeny hen :p

  2. aasmaanu says:
    March 22, 2015 at 5:48 pm

    Asluvx mufff nan thah v kada… ekam vahaka rythivane hen hyvany

  3. athoo.. says:
    March 22, 2015 at 5:59 pm

    not trying to be rude.. but majnoonu ge maana aky arabi bahun “moya”. aslu athoo ah ves ehenve e nan varah majaa vefa meendhy.. lailaa maana aky reygandu.. e nan dhen okay.. majnoonu enan change kohlan feney.. ekamaku vaahaka varah kamuudhey..

  4. athoo says:
    March 22, 2015 at 6:11 pm

    Moya aku liyaa vaahaka eh tha mee varah hadi style akah varah hadi storry eh huwaa

  5. athoo.. says:
    March 22, 2015 at 6:36 pm

    ehkala athoo.. adhi vaahaka liyaa meehaa moya akah hadhaakah nuvey..

  6. mufff says:
    March 22, 2015 at 7:23 pm

    nanthah hadiyas adhi vahaka vrh reethi…. Athoo heevanee vrh bodah ves liyun theriyaa r zaathiy gothun jassaalaafa hurihen :p

  7. shaam says:
    March 23, 2015 at 12:54 am

    ok lets try to change names. and reader athoo .no hardfeelings ok dear. if you dont like pls dont read this story as it would be same in future.
    Big thathanks to u all

  8. aii says:
    March 23, 2015 at 4:49 am

    Its different. Keep it up

  9. aish says:
    March 23, 2015 at 4:57 am

    I thot emyhnah kiya name ei Nun kamah..edhemyhun kuryge laila ai majunoonu lobivaavarah loabi vathy kiya ehcheh kamah…edhemyhunge intro with their real names annane kamah…laila majunoonu ei varah hit baeh enan thah hadiyas nuviyas…laila kiya mizamanuge Kudhinah ves N its a nice name…i like it

  10. lilii says:
    March 23, 2015 at 9:47 am

    nice story……emmen kiyahiyyvakahala vaahaka liyun muhimmehnoon and ekan egothah vumakee varah naadhiru kameh…beeynumee thafaathu adhi reethi vaahaka eh kiyalan libun…huriha vaahakathakehn ehgoiyy vaakahves nujeheyne dho….

  11. shaam says:
    March 23, 2015 at 12:58 pm

    thi ee ma bunan beynun vi vaahaka.. thanx lilii

  12. mufff says:
    March 23, 2015 at 1:15 pm

    Shaam dhen maa gina vaahaka nudhakka next episode genes dheyn v ingey vrh kiyaalaa hithun mihiry….

  13. lol says:
    March 23, 2015 at 7:03 pm

    Ey athoo aa ehen haters ah. Mi story Vvv Salhi. Dhen laila akaa majnoon ge vaahkah eh dhivehi past ga ves meehun kiyaa ulhey. Dhen athoo ge maana vedhaane ehen language akun hadi echakah. Dhen aharun ehen kiyaafa heyyn? ????
    Don’t worry sha am. The story is awesome 🙂

  14. neha says:
    March 23, 2015 at 8:08 pm

    evves reehcheh noon

  15. athoo.. says:
    March 23, 2015 at 10:36 pm

    ey lol hama aslashey majnoon ge masna aky arabi bahuga innany hama ehen ney.. but that’s okay.. nanthah ves thafaathu kohlan jeheyne baeh faharu.. shaam hama ekani bunely maana eyge ekamaku kiyaa iru kiyan aneh hen okay dhw.. mee khiyaalee vaahaka ehnu.. so keep up the good work.. it’s nice ey… I’m not a hater Shaam will know it… Shaam haters kiyaa kudhin kolheh ves ulheyne baeh vaahaka thakah bon alhaane.. alhaa laa ehcheh noon.. gina faharah bon alhaany vaahaka maa reethi veema kudakoh Hajam ey mikiyaa kanthah nukureveythee.. Shaam ah igeyne ehnu athoo ge vaahaka thakah kohlaafa vaa kanthah… bomey bunyas bon.. ehen veema shaam dhera nuvahchey.. vaahaka v obi… I’m seriously saying…

  16. shaam says:
    March 23, 2015 at 11:46 pm

    yaI I knw that athoo.. thanx.. ill upload next part soon.

  17. xy says:
    April 20, 2015 at 1:06 am

    N

  18. malak says:
    May 7, 2015 at 9:41 pm

    next bai ves hyvany reethivaane hen

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)←


All Right Reserved!