Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް… (7 ވަނަ ބައި)

ކުޑާ Level 110 Stories
March 24, 2015 5 Mins Read
6 Comments

ޒާހިރާ ހުންނަނީ ކަޔާން އުޅޭ ގޮތުން ވަރަށް ކަންބޮޑުވެފައެވެ. ކަޔާން ކައިރީގައި އަހާ އަހާވެސް ވެގެން އުޅޭގޮތެއް ނުބުންޏެވެ. ޒާހިރާ އެންމެ ފަހުން ލިޝާންއަށް ގުޅުމަށްފަހު ވާހަކައެއް ދައްކާލަންވެފައި އެބައޮތްކަމަށްބުނެ އެގެއަށް ގެނައެވެ. ޒާހިރާ ލިޝާން ކައިރީ ކަންތައް ވެގެން އުޅޭގޮތް އެހުމުން ޒާހިރާއަކީ ކަޔާންގެ މަންމައަށްވީތީ ހުރިހާ އެއްޗެއް ތެދަށް ކިޔައިދިނެވެ. ޒާހިރާ ބޭނުންވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އުފަލުގައި ބަހައްޓާށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނޫރާއާޢި މިފްޒާލްގެ ގުޅުންވެސް ދިޔައީ މަޑުމަޑުން ކައިރި ވަމުންނެވެ. މިފްޒާލްގެ ސަބަބުން ނޫރާގެ ޒަހަމްވެފައިވާ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެއެވެ. މިފްޒާލް ނޫރާ ކައިރީ ކައިވެންޏަސް އެދުނީ ނޫރާގެ މައިން ބަފައިންގެވެސް ހާޒިރުގައެވެ. ކުއްލިއަކަށް މިފްޒާލް މިކުރިކަމަކުން ނޫރާއިނީ ޝޮކެއްގައެވެ. މިފްޒާލްއާ ކިތައްމެ ގާތް ކޮން އުޅުނު ކަމުުގައިވިޔަސް ނޫރާގެ ހިތުގައި މިފްޒާލްއަށްޓަކައި އެފަދަ މަގާމެއް ނުދެވެއެވެ. ނޫރާ ދެކެނީ މިފްޒާލްއަކީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ.

މިފްޒާލް ނޫރާގެ ކައިވެންޏަށް އެދުން ވެގެން ދިޔައީ މަހުލޫފްއާއި ވަފިއްޔާ ނުހަނު އުފާވި ކަމަކަށެވެ. އެދެމަފިރިން މިފްޒާލްއަށް އެމީހުންގެ ރުހުން ދިނެވެ. އެއީ އެމީހުން ނުހަނު ދެކެން ބެނުންވާ ދުވަހެއްކަމަށްވެސް ބުންޏެވެ. ނޫރާ އިނީ އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ.

“ނޫރާ އަހަރެން އަބަދުވެސް ނޫރާދެކެ ލޯބިވޭ.. އަހަރެން ބޭނުމެއް ނޫން ރައްޓެހިވެގެން ގިނަ ދުވަސްތަކަކު އުޅޭކަން އެހެންވެ ސީދާ ކައިވެންޏަށް މިއެދުނީ.. ކޮންމެހެން މިރޭ ޖަވާބެއް ނުދިނަސް އަހަންނަށް އެންމެ ރަނގަޅު.. ނޫރާ ބޭނުންވަރަކަށް ވިސްނަށް އަހަރެން ވަގުތު ދޭނަން” މިފްޒާލް ވާހަކަ ދެއްކީ މަހުލޫފްއާއި ވަފިއްޔާ އެދެމީހުންނަށް ވަގުތު ދީފައި އެތަނުން ދިއުމުންނެވެ. ނޫރާ ހަމަ އެއްވެސް އެއްޗެއް ނުބުނެ އެއިން ގޮތަށް އިނީއެވެ.

 

އަމާނީ ނޫރާއަށް ގުޅީ ހަމަ އެވަގުތެވެ. މިފްޒާލް ނޫރާ ކައިރީގައި ފޯނު ނަގާށޭ ބުނެ ފަހުން އަންނާނަމޭ ކިޔާފައި ދިޔައީއެވެ. ނޫރާ ފޯނުނެގީ ކޮޓަރިއަށް ވަދެފައެވެ. “ނޫރާ އަހަރެން މިގުޅީ ވަރަށް އުފާވެރި ހަބަރެއް ދޭންވެގެން މިވާހަކަ އަޑުއަހާފައި ނޫރާވެސް ވަރަށް އުފާވާނެކަން ޔަގީން އެކަމަކު މިވާހަކަ ފޯނަކުން ނުބުނެވޭނެ. އަހަރެން މާދަމާ ހެނދުނު ދާނަން ތިގެއަށް” އަމާނި ފަތިވަރަކަށް އަމުނާލިއެވެ. ނޫރާ  އަމާނީ ކައިރިއަކު  ރޭވީ ކައްތަކުގެ ވާހަކައެއް ނުދައްކައެވެ. މާދަމާ އަމާނީ އައުމުން ދައްކަންވެގެންނެވެ.

 

އަމާނީ ނޫރާމެން ގެއަށް ދިޔައިރު ދިހައެއް ޖަހަން އުޅެއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ނޫރާވެސް މިއަދު އޮފީހަށް ދާކަން ނުޖެހެއެވެ. އަމާނީ ގޮސް ނޫރާ ކޮޓަރި ދޮރުގައި ޖަހާލާއިރަށް ނޫރާ ދޮރު ހުޅުވައިފިއެވެ. އަމާނީ ނޫރާގެ ގައިގައި ބައްދައިގަތުމަށްފަހު ބުނީ އޭނާގެ ކައިވެނި މިމަހުގައި ކުރަން ހަމަޖެހުނު ވާހަކައެވެ. ނޫރާވެސް ރަހުމަތްތެރިޔާގެ އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔެވެ. ނޫރާ މާފާޑަކަށް ހުންނަހެން ހީވުމުން އަމާނީ ސުވާލު ކުރިއެވެ.  ނޫރާ އަމާނީ އަށް މިފްޒާލްގެ ވާހަކަ ކިޔައިދިނުމުން އަމާނީވެސް ހުރީ ގަބޫލު ނުކުރެވިފައެވެ.

” އަމީ ބުނެނަލަ އަހަރެން ދެން ހަދަން ވީގޮތެއް އަހަރެން ދެކެނީ މިފަޒާލްއަކީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި.. އަހަރެންގެ ހިތުގައި އަދިވެސްވަނީ ކަޔާންގެ ނަން..” ނޫރާގެ ވާހަކަ އިވިފައި އަމާނީ ނޫރާގެ މޫނުގައި ހިފާ އުފުލާލިއެވެ. “ނޫން.. ނޫރާ ތިވިސްނަނީ މުޅިން ރަނގަޅަކަށް ނޫން.. ކަޔާން ނޫރާއަށް ބޭވަފާތެރިވީ ނޫރާގެ އެއްވެސް ކުށެއްނެތި.. މިފްޒާލްއަކީ ރަނގަޅު މީހެއް ކަޔާން ކަހަލަ ބޭވަފާތެރިއަކަށް އިންތިޒާރުކޮންގެން ދިރިއުޅުން ހަލާކުކޮށްލީމަށްވުރެ ރަނގަޅުވާނެ އައު ހިތްވަރަކާއެކު ކުރިމަތިލިއްޔާ.. ވަފިއްޔައްތަމެންވެސް މިފްޒާލްއާ އެހާ ރުހޭނީ ގައިމު ކަމެއް ވީމައެއްނު..” އަމާނީގެ ވިސްނުން ހުރީ ނޫރާއާ މުޅިން ދެކޮޅަށެވެ.

ނޫރާ މިފްޒާލް ކައިރީގައި ބުނީ އަމާނީގެ ކައިވެނީގެ ފަހުން އެކަމާ ވިސްނުމަށްފަހު ޖަވާބެއް ދޭނެކަމަށެވެ. މިވަގުތު އޭނަ ބޭނުންވަނީ އެކުވެރިޔާއަށް އެހީވުމަށްކަމުގައި ބުންޏެވެ. މިފްޒާލްއަށް އެގޮޮތްވެސް އެންމެ ރަނގަޅުވިއެވެ.

އަމާނީ ކައިވެނި ކުރަން އުޅުނު ދުވަހު ނޫރާ އެއްކޮންހެން އުޅުނީ އަމާނީމެން ގޭގައެވެ. ކައިވެނިކޮށްދޭ މީހުން އަންނަން ވާއިރަށް އަމާނީ ތައްޔާރުކުރުމުގައި ނޫރާއާއި އެހެން ދެ އަންހެން ކުއްޖަކު އުޅުނެވެ. އަމާނީ ތައްޔާރުކުރުމަށްފަހު ނޫރާވެސް ދިޔައީ ތައްޔާރުވެގެން އަންނާށެވެ.

ނޫރާއަށް ތައްޔާރުވެގެން ގަޑިއަށް އާދެވުނީ ހަމަ ކިރިޔާއެވެ. މިފްޒާލް ސައިކަލުގައި ނުގެނެސްދިންނަމަ އާދެވުނީހީ ގަޑި ޖެހިގެންނެވެ. ކައިވެނި ކޮށްދޭ މީހުން އައުމުން ނޫރާ އަމާނީ ގޮވައިގެން ނުކުތެވެ.  އަމާނީ ފެނިފައި ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ރީތި ކުއްޖާ އޭނާގެ އަތްބަކަށް ވާންއުޅޭކަމަށް ހިތަށް އެރުމާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ޕާޓީގައި ހުރިހާ ވަގުތެއްވެސް ނޫރާ ހޭދަކުރީ އަމާނީ އާއެކުގައެވެ. އަމާނީ ލައިގެން ހުރި ކުލައަށްވުރެ މަޑު ފިޔާތޮށި ކުލައިގެ ހެދުމުގައި ހުރިއިރު ނޫރާއާއި އެހެދުން ވަރަށް ގުޅެއެވެ. ލިޝާންއާއި ކަޔާން އައިސްވަނީ ޕާޓީ ނިމެން ކައިރިވެފައި ހުއްޓައެވެ. ކަޔާންމެން ވަދެގެން އައި ތަނެއް ނޫރާވެސް އަދި އަމާނީވެސް ނުދެކެއެވެ.”ނޫރާވެސް ދެން އަވަހަށް މެރީ ކުރަން އުޅޭ” އަމާނީގެ އަޑު އިވިފައި ކަޔާން ދިޔައީ ސިއްސައިގެންނެވެ.

ކަންފަތަށް އިވުނު އަޑު ގަބޫލު ނުކުރެވިގެން ކަޔާން ބަލައިލީ ލިޝާންއަށެވެ. ނޫރާ ކައިވެނި ނުކުރާކަން އެނގުމުން ހައިރާންވި ވަރަށް ހިތުގައި ފޮނި އުންމީދެއްވެސް އާވިއެވެ. ނޫރާ ކައިވެނި ނުކުރާނަމަ އެދުވަހު ނޫރާ ކައިރީގައި ހުރީ ކޮންކުއްޖެއް ހެއްޔެވެ؟ ލިޝާން ކަޔާން އަތުގައި ކޮއްޓާލުމަށްފަހު ދައްކާލީ އަނާރާމެން ދެމަފިރިންގެ ކައިރީގައި ހުރި އާރާއެވެ. ލިޝާން ހީވީ ކަޔާންގެ ހިތުގައިވާ އެއްޗެއް އެނގިގެން ދައްކާލިހެންނެވެ. ކަޔާން މަޑުމަޑުން ނިއްކުރީގައި ޖަހާލިއެވެ. އަނާރާގެ ކުއްޖަކަށް ވެދާނެކަމަށް ކުރިން ހީނުކުުރެވުނީ ކީއްވެ ހެއްޔެވެ؟ ކަޔާން ނޫރާއާއި ރައްޓެހިވެގެން އުޅުނުއިރު އަނާރާގެ ކައިވެނި އޮތީ ހަމަޖެހިފައެވެ.

 

ޕާޓީ ނިމުނުއިރު 12 ޖަހަން ކައިރިވެއްޖެއެވެ. އަލަތު ދެމަފިރިންނަށް ވަގުތު ދިނުމަށްފަހު ހުރިހާ އެންމެންވެސް އުޅެގަތީ އެހެން ކަންތައް ނިންމުމަށެވެ. ނޫރާވެސް ގެއަށް ދިޔައީ ވަރަށް ލަސްވީ ފަހުންނެވެ. ވެފައިހުރި ވަރުބައްޔާއެކު ނޫރާ އަވަސްވެގަތީ ނިދުމަށެވެ.

އެނދުގައި އޮށޯވެލުމާއެކު އިސާހިތަކު ނޫރާ ފުން ނިންޖަކަށް ގެނބިގެން ދިޔައެވެ. ނޫރާއަށް ހޭލެވުނީ ބާލީސް ކައިރީގައި އޮތް އެނާގެ ފޯނު ދެތިން ފަހަރަކަށް ރިންގު ވުމުންނެވެ. ކަންނެތް ގޮތަކަށް ފޯނު ނަގާ ބަލައިލިއިރު ކަޔާން ގުޅާތަން ފެނިފައި ނިދިވެސް ފިލާ ދިިޔަކަހަލައެވެ. އެހާ ދަންވަރުގެ ވަގުތެއްގައި ކަޔާން ގުޅީތީ ނޫރާގެ ހިތަށް ތަފާތު އެއްޗެހި އެރިއެވެ. މަޑުމަޑުން ފޯނު ނަގާ ކަންފަތުގައި ޖައްސާލައިގެން ބަހެއްވެސް ނުބުނެ ނޫރާ ހުރީ ފުރަތަމަ ކަޔާން އެއްޗެއް ބުނަންދެނެވެ.

ކަޔާން ނޫރާއަށް ގޮވާލީ ދުވަހަކުވެސް ނޫރާއަށް ނުގޮވާލާ ރާގަކަށެވެ. ކަޔާންގެ އަޑު އިވިފައި ނޫރާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.”ނޫރާ އަހަރެން…” ކަޔާން ނޫރާ ކައިރީގައި އޭނާ ނޫރާދެކެ ލޯބިވާ ވާހަކަ ބުނަން ޖެހިލުންވިއެވެ.ކަޔާން ނޫރާ ކައިވެނި ނުކުރާކަން އެނގުމުން އެންމެ ދުވަހެއްވެސް ނޫރާ ކައިރިގައި ލޯބިވާ ވާހަކަ ނުބުނެ ހުންނާކަން ބޭނުމެއް ނުވިއެވެ.

 

ކަޔާން އަނެއްކާވެސް މަސައްކަތް ކުރީ ނޫރާއަށް އޭނާގެ ހިތުގެ ހާލު ބަޔާން ކޮށްދެވޭތޯއެވެ. “ނޫރާ އަހަރެންގެ ހަޔާތަށް އަލުން އައިސްދާނަންތަ.. އައި ލަވް ޔޫ ނޫރާ..” ކަޔާން ގެ ދުލުން ބޭރުވި ލަފްޒުތަކާއެކު ނޫރާގެ އަތުން ފޯނު ދޫވިއެވެ. އެއީ އޭނާ ހާދަ އަޑުއަހާލަން ބޭނުންވި ލަފްޒެކެވެ. އެ ލޯތްބަކައްޓަކައި ރެއާއި ދުވާލު ކަރުނަ އޮއްސި ލޯބިވެރިޔާގެ ދުލުން އެއަޑު އިވިފައި މިއަދު އެހިތަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ.

ނޫރާ އެއްޗެއް ބުނޭތޯ އިންތިޒާރުގައި ހުރި ކަޔާން ނޫރާ އެއްޗެއް ނުބުނުމުުން ނޫރާއަށް ގޮވާލިއެވެ. “ނޫރާ ޕްލީސް ކޮންމެވެސް އެއްޗެކޭ ބުނެބަލަ ޕްލީސް” “ކަޔާން އަހަރެންވެސް ކަޔާންއަށް ހަމަތިގޮޮތަށް އާދޭސް ނުކުރަންތަ؟” ނޫރާގެ ފަރާތުން ލިބުނީ ކަޔާން އުންމީދުކުރި ކަހަލަ ޖަވާބެއް ނޫނެވެ. “އަހަރެންވެސް އެދުވަހު ކަޔާން ކައިރީ ކިހާ އާދޭހެއް ކުރިން.. އެކަމަކު ކަޔާން އަހަރެންގެ އާދޭހުގެ އަޑެއް ނާހަމެއްނު އަހަރެންގެ ހިތުގައި ހާދަ ވޭނެއް އެޅިއޭ.. އެކަމަކު މިހާރު އަހަރެން ކަޔާންއަކަށް ބޭނުމެއް ނުވޭ…” ނޫރާ ވާހަކަ ދެއްކިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

 

ކަޔާންއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ނޫރާ ފޯނު ކަނޑާލީ އޭނާ ރޯއަޑު ކަޔާންއަށް އިއްވަން ބޭނުން ނުވާތީއެވެ. ނޫރާ ފޯނު ކަނޑާލުމުން ކަޔާން ހުރީ ބަސްހުއްޓިފައެވެ. ނޫރާ އޭނައާ ދިމާއަށް އެބުނީ އޭނާއަށް ހައްގު ބަސްތަކެކެވެ. ކަޔާން އަނެއްކާވެސް ނޫރާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ކަޔާން ގުޅާ ކޮންމެފަހަރަކު ފޯނާ ދިމާއަށް ބަލަހައްޓައިގެން ފޯނު ނުނަގާ އޮތީއެވެ. އެންމެފަހުން ފޯނު ސައިލެންޓަށް ލުމަށްފަހު ފޯނު ގެންގޮސް ބޭއްވީ ޑްރެސިންގ ޓޭބަލް މަތީގައެވެ.

ނޫރާ ނިދަން އުޅެއުޅެވެސް ނިދޭގޮތެއް ނުވިއެވެ. ހިތަށް އުނދަގޫ ކުރަމުންދިޔަ ހިޔާލުތަކުން ނިދިވެސް ހީވަނީ ލޮލާ ރުޅިވެފައިވި ހެންނެވެ. އެހެން އޮއްވައި އިވުނީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. ނަމާދު ކުރަންދާން ތެދުވެފައި ހީވީ އަމިއްލަ ހަށިގަނޑުވެސް ބުރައަކަށް ވެފައިވާހެންނެވެ. ނޫރާ ނަމާދު ކޮންގެން ދުއާ ކުރިއެވެ. އޭނާއަށް ރަނގަޅުގޮތް މިންވަރު ކޮށްދެންވުމަށްއެދިއެވެ. ނަމާދު ކޮށްލައިގެންތެދުވިއިރު ހިތަށް ހަމަޖެހުން ލިބި ހަށިގަނޑު ތާޒާ ވެލައިފިއެވެ. ނޫރާ ދެން  އިތުރަށް ނިދާކަން ބޭނުމެއްނުވިއެވެ.

އޭނާ މިވަގުތު އަމާނީ މަތިން ވަރަށް ހަނދާންވިއެވެ. އެހެންނަމަވެސް އަމާނީއަށް އެހާ ހާއްސަ ރެއެއްގައި އުނދަގޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އަމާނީއަސް ގުޅުމުގެ ބަދަލުގައި އަމާނީ ފްރީވާ އިރަކުން ހަމަޖެހިލައިގެން އޭނާއަށް ގުޅާށޭ ކިޔާފައި މެސެޖެއް ކުރިއެވެ.އަމާނީ އަށް ގުޅަން ފޯނު ނެގިއިރު ކަޔާންގެ ބާވީސް މިސްކޯލު އިނެވެ.

ފޯނަށް ސަމާލުކަމެއް ނުދީ ނޫރާ ބޭރަށް ނުކުމެގެންގޮސް ބަދިގެއަށްވަދެ ކޮފީތައްޓެއް ހަދާލައިގެން އައިސް ސޯފާގައި އިށީނެވެ. އިރުކޮޅަކުން ވަފިއްޔާވެސް ނުކުމެއްޖެއެވެ.” ދަރިފުޅާ މިއަދު މާ އަވަހަކަށް ހޭލައިގެން ތިއުޅެނީ ރޭގައި އެހާ ލަހުން ނިދީމަ ހުންނާނީވެސް ވަރަށް ވަރުބަލިވެފައެއްނު” ވަފިއްޔާ އައިސް ނޫރާ ކައިރީގައި އިށީނެވެ. “ކުޑަކޮން ބޮލުގަ ރިއްސާތީ ނުނިދިގެން މިއަދު އޮފިހަށްވެސް ސަލާމް ފޮނުވައިފިން” ނޫރާގެ ވާހަކަ އިވިފައި ވަފިއްޔާ އައީ ނޫރާއަށް ބޭސް ހިފައިގެންނެވެ. ވަފިއްޔާ ނޫރާ ކައިރީިގައި ބޭސް ކައިގެން އަރާމުކޮށްލަން ބުނެފައި ދިޔައީ ހެނދުނުގެ ސައި ތައްޔަރު ކުރާށެވެ.

މޭމަތީގައި ފޯނު ބާއްވާލައިގެން ކަޔާން އޮތް އިރު އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ ނޫރާގެ ހަނދާންތަކެވެ. ނޫރާ ފޯނު ނުނެގުމުން އޭނާ މުޅިން މާޔޫސް ވެއްޖެއެވެ. އެދުވަހު ކަޔާން ކަންތައް ކުރި ގޮތުން ނޫރާގެ ހިތަށް ކުރާނޭ އަސަރު މިއަދު ކަޔާންއަށް އިހުސާސް ކުރެވެއެވެ. ނޫރާ ކުރި އާދޭހާ އެފަކީރުގެ ރުއިމުގެ އަޑު ކަޔާންގެ ކަންފަތުގައި ގުގުމާލާފައި ހުއްޓެވެ.

އަމާނީ ގުޅިއިރު މެންދުރު ފަސް ވެއްޖެއެވެ. ނޫރާ އަމާނީއަށް ކަޔާންގެ ވާހަކަ ކިޔައިދިނެވެ. ނޫރާ ބޭނުންވީ އެކުވެރިޔާގެ ލަފައެކެވެ. އެއްފަރާތުގައި ހުރީ އޭނާގެ ލޯތްބެވެ. އެތަކެއް ދުވަސްތަކެއް ވަންދެން އިންތިޒާރުކުރި އޭނާގެ ލޯބި ވެރިޔާއެވެ.އަނެއް ކޮޅުން ހުރީ އެހީއަކަށް އެންމެ ބޭނުންވި ދުވަހު އޭނާ ކައިރީގައި އޭނާއަށް އެހީތެރިވެދޭން ހުރި ރަހުމަތްތެރިޔާއެވެ. އެއީ އަބަދުވެސް ދެގޮތެއްނުވެ އޭނާއާއިއެކު އަބަދުމެ ވީ ރަހުމަތްތެރިއެކެވެ. “ތިކަމުގަ އެންމެ ރަނގަޅުވާނީ ނޫރާ އަށް އެންމެ ރަނގަޅު ގޮތެއް ހެދިއްޔާ.. އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް ގޮތެއް ނިންމާއިރު ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމާތި..” “އަމީ އަހަރެން ކަޔާންދެކެ އަދިވެސް ވަރަށް ލޯބިވޭ.. އެހެން މީހަކުދެކެ އަހަންނަން ލޯބިވެވިދާނެ ބާއޭ ހިތަށް އަރާ.. މިއަދު އަހަރެން ކަޔާންއާ ބައްދަލު ކުރާނަން” ނޫރާގެ ވާހަކަ އަޑު އިވިފައި ކޮޓަރިތެރެއަށް ވަންނަން އައި މިފްޒާލް އެތެރެއަށް ވަނުމުގެ ބަދަލުގައި ނުކުމެގެން ދިޔައީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (6 ވަނަ ބައި)

Next

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)

Next
March 24, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)

Previews
March 24, 2015

ނަމަވިޔަސް… (6 ވަނަ ބައި)

6 Comments!

  1. athoo.. says:
    March 24, 2015 at 4:18 pm

    wonderful, good job!

  2. same says:
    March 24, 2015 at 9:49 pm

    Wow nice… nxt part plxxxx

  3. luv luvy. says:
    March 24, 2015 at 10:57 pm

    Wow wow wow wow!!!!!! V v v mice parteh …….. Same knme vaahaka akhvx v nice comment eh kuraane.. Ey same hingaa me as dhemyjun frndx vaan dhw… Keep it up sameee………… <3<3<3

  4. me says:
    March 25, 2015 at 7:32 am

    Salhi mifxal ah adu ivunyma.. Dhen mifxal amilla ah dhurah fonuvaalaafa kayaan and noora gulhuvaba…. E dhemyhunge v cute moments liyache please…

  5. faai says:
    March 25, 2015 at 4:12 pm

    Kayaan foohi…

  6. naj says:
    April 27, 2015 at 7:26 pm

    Vara reethi!!!!!!

Comments are closed.

Next Episodeނަމަވިޔަސް… (8 ވަނަ ބައި)←


All Right Reserved!