
ކިޔާރާ
ކަޅުސާލެއް ލެވިފައިވާ އުޑުމަތީ ފިޔަޖަހަމުންދާ ތަރިތަކުގެ ރީތިކަންމުޅިފަޒާގައި ވެއެވެ. ދުރުން އިވެމުންދިޔަ މިއުޒިކުގެ އަޑާއެކު ހަޅޭކުގެ އަޑު މުޅިފަޒާގައި ގުގުމަ ގުގުމާ ހުއްޓެވެ. ވަށައިގެން ވާ މީހުން ފޯރިއާއެކު ޝޯބެލުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ރެއަކީ އާއަހަރުގެ ފުރަތަމަ ރެއެވެ. އަހަރެން ވެސް އަހަރެންގެ ރައްޓެހި ތިން ކުދިން ނާއެކު ޝޯބަލަން ގޮސްހުރީމެވެ.
އަހަރެމެން ވެސް މަޖާކޮއް ސަކަރާތް ޖެހުމުގައި ތިއްބާ ކުއްލިއަކައް ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި ފަހަތައް ދާމާލިއެވެ. އެއީ އަހަރެންގެ މަންމައެވެ. “ކިތައް ފަހަރު ކިޔާރާ ކައިރީ އަހަރެން ބުނީ ގެއިން ނުނުކުއްނާށޭ؟ މިހާރު އާދޭ ދާން!” އަހަރެން ވަރަށް ބިރުންހުރެ މަންމަ ފަހަތުން ގެއައްދިއައީމެވެ. މީ އަބަދުވެސް އާދައެވެ. އަހަރެން ރައްޓެހިންނާ އެކު މަޖާ ކުރާ ކަށް މަންމަ ގަބޫލެއް ނުވާ ނެއެވެ. އަދި ބޭރައް ދާންވެސް މަންމަ ގަބޫލް ނުވާނެއެވެ. އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުން ވެސް މަންމަ އޮންނަނީ މަނާ ކޮއްފައެވެ. އަހަރެން މިސުވާލު ތަކުގެ ޖަވާބު ހޯދަން އުޅިއުޅި ވަރުބަލި ވެއްޖެއެވެ. މިހާރު އަހަރެންގެ އުމުރުން ވިހި އަހަރު ވެއްޖެއެވެ. އަދި ވެސް އަހަރެން ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ވާހަކަ ނުދައްކަމެވެ. އަހަންނަ ކަމުދާ ކަހަލަ ކުއްޖަކާ ވެސް ދިމާނުވެއެވެ.
ހެދުނުގެ ރީތި އިރުގެ އަލިން މުޅި ރަށުތެރެ ވަނީ އުޖާލާ ކޮއްފައެވެ. “ދަރިފުޅާ ކިޔާރާ، އަވަހައް ތެދުވޭ މިހާރު އެއޮއް އަށެއްޖަހަނީ” އަރެންނަށް ހޭލެވުނީ މަންމަ އައިސް ގޮވިއަޑަށެވެ. އަހަރެން ހުރީ އަޖައިބު ވެފައެވެ. ސަބަބަކީ މަންމަގެ މޫނުމަތިން ފެންނަން ހުރި އުފާވެތި ކަމުން ނެވެ. އަހަރެން ހުރީ ހުއްޓުން އަރާފައެވެ. އެހެން އިން ދާ އަނެއްކާ ވެސް މަންމަ ވާހަކަ ދައްކަންފެށިއެވެ. “މިއަދަކީ ވަރަށް ހާއްސަދުވަހެއް! މިއަދު މަންމަ ގެ ވަރަށް ގާތް ރައްޓެއްސެއް މިރަށައް އަންނާނެ!” އަހަރެންވެސް އަވަހަށް ތެދުވެ ތާޒާވުމައިގެން އުޅެގަތީމެވެ.
އަހަރެން ނުކުތް އިރު މަންމަ ވަރަށް އަވަދިނެތި ބަދިގެ ތެރޭ އުޅެމުން ދެއެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. “މަންމާ މީކޮންކަމެއެއްތަ؟” އަހަރެންނައް ނުހުރެވިގެން އަނެއްކާވެސް އެހީމެވެ. “ދަރިފުޅާ ނައީމާ މިރަށައް އެ އަންނަނީ ފަނަރަ އަހަރުފަހުން، އެހެން ވީމަ މަންމަ މެން ވާނެއްނުން ހޫނު މަރުޙަބާއެއް ކިޔަން! އެމީހުން އަންނާނެ މިއަދު ބާރަ ޖަހާއިރު، އަވަސް ކޮއްފަ ހިގާ ދަމާ އަތިރިމައްޗަށް!”
ހޫނުގަދަ ދުވަހެއްކަމުން އަހަރެން ދިއައީ ކުޑަ ވެސް ހިފައިގެން ނެވެ. އަހަރުމެން ގޮސް މަޑުކޮއްލީ އަތިރިމަތީ ހުންނަ ނިކަގަސް ދަށުގައެވެ. އިންތިޒާރުގައި ހުއްޓާ ލާންޗް އައިސް މަޑުކޮށްލީ ފާލަން ކައިރީ އެވެ. އަހަރެން އެދިމާ އައް ބަލަހަށްޓައިގެން ހުއްޓާ ވަރަށް ރީތިކޮން ހެދުން އާޅައިގެން ހުރި އަންހެނަކާއި ފިރިހެނެއް ފައިބައިގެން އައެވެ. އެއަންހެން މީހާ ހުރީ ކަކުލާ ހަމައަށް އަންނަ ހެދުމަކާ ބެލްސެއްލައިން އަވިއައިނުން ލޯ ފޮރުވައި ލައިގެންނެވެ. ކަރުގައި އަޅާފައިވާ އަލިމަސް ހާރުން އިތުރައް އޭނަގެ މުއްސަދިކަން ދައްކުވައިދެއެވެ. އޭނަ އައިގޮތައް އައިސް މަންމަގެ ގައިގައި ބައްދާލާ ސަލާމް ކޮއްލިއެވެ. އަދި އަހަންނާ ދިމާ އައް އެބުރިލާ ފައި ހިނިތުން ވުމަކާއެކު ބުނެލި އެއްޗަކުން އަހަރެންގެ ގަޑުވިކަހަލައެވެ.
(ނުނިމޭ)
6 Comments!
Comments are closed.
WoW varah salhi pic eh maashaa allah.
ehkoh hyperlink koffa dhw
Awlheiii adhi miii furathama bai thrrr??… konirakun thr next part up vaaanyy???…
wow vrh salhi avahah up kurahchey ingey
neel fonuvi comment admin in negy dhw! ekamves mashah egey mee hama mustho ge vaahakaeh
woww its lovely story n also pic was so nice