މިކެހިވެރި ދުނިޔެއަށް ދަރިފުޅު ދޫކޮށްލަންވީހެއްޔެވެ؟ ފަރީދާ ފެނުމުގެ ނަސީބު ނެތް ދުނިޔޭގާ ދަރިފުޅުވެސް ފެންނަން ނޭދެނީހެއްޔެވެ.؟ މިއީ ލެއްވި ނަސީބެއް ހެއްޔެވެ؟ ހަޔާތަށް ލެއްވި ރަޙްމަތެއްހެއްޔެވެ؟ ނޫނީ މިއީ ލެއްވި މުޞީބާތެއްހެއްޔެވެ؟. އެންމެ ދެ މަހުން ފެށިގެން ތުއްތު ދަރިފުޅު ބައްޕަގެ ނަޒަރުން ފަރުދާކޮށްލުމަކީ އިހްމާލެއްނޫން ހެއްޔެވެ؟ ނޫނެކެވެ. މިއީ ސަމީރުގެ ހަޔާތަށް ކުރިމަތިވި އެންމެބޮޑު އެއް އިމްތިހާނެވެ. ” ސަ.. ސަމީރު! ކީއްވެ އެއްޗެއް ނުބުނީ؟ ” ފުން ޚިޔާލުގެ ތެރެއަށް ގެއްލިފައިހުރި ސަމީރު ސިއްސައިގެން […]
އީރަމް ލޯ ހުޅުވާލާފައި މުޅިތަނަށް ނަޒަރު ހިންގާލީ ލޮލުގައިވާ ފުސްކަން ފިލުވާލުމުގެ ގޮތުންނެވެ. ފުންނޭވައެއްލުމަށްފަހު އޭނާ ކަނާތްފަރާތަށް ބަލާލިއިރު ފެނުނީ އިސްޖަހައިގެން އިން މީކާންއެވެ. އީރަމްގެ ލޯ ބޮޑުވެގެންދިޔައެވެ. މަންޒަރު ފެނުމާއި އެކު ކަންހިނގައިދިޔަ ގޮތް އޭނާއަށް ލަފާކޮށްލެވުނެވެ. މީކާން ގެ ހިތާމަވެރި ސޫރަ ދެކޭކަށް އޭނާ ނޭދެއެވެ. މީކާން އިންގޮތުން އޭނާއަށް ހުރިހާ އެއްޗެއް އެނގިއްޖެކަން އީރަމްއަށް ޔަޤީންވިއެވެ. މީކާންގެ މަންމަގެ ސަބަބުން މީކާން ހަލާކުވާކަށް އޭނާ ނޭދެއެވެ. “މް..މީކާން…” އީރަމްގެ އަޑަށް އިސްޖަހައިގެން އިން މީކާން ބަލައިލީ ސިހިފައެވެ. […]
” ހޫން އޯކޭ އޯކޭ.. ދެން އަހަރެން ހުންނަންވީ މިތާ ބޭރުގަތަ؟ ހިންގާބަލަ އެތެރެއަށް” ގޭތެރެއަށް ދެމިގަންނަމުން އެ ފިރިހެން މީހާ ބުނެލިއެވެ. ” އޭ އަކޫ މަޑުކޮށްބަލަ އިހަށް” ފަހަތުން ހިގައިގަންމުން ނުހާ ގޮވާލިއެވެ. އަކްރަމްއަކީ ނުހާ އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ނުހާގެ ހުރިހާކަމެއް އެންމެ މޮޅަށް ދަންނަ އަދި އެންމެ ބޭނުންވާ ވަގުތު ނުހާއަށް އެހީތެރިކަން ފޯރުކޮށްދެނީވެސް ހަމަ އަކްރަމްއެވެ. ” އަން އަހަރެން މަގުމަތިން ހޮވިއެއްޗެއް.” މާ ބޮޑި […]
އަލްވާން ޔުޝްރާ އާ ދިމާއަށް ބަލަންފެށުމުން ޔުޝްރާ އަށް ވަރަށް އުނދަގުު ވިއެވެ. ” ޔެސް … އަައި ރިއަލީ ލައިކް ޔޫޫ … ” އަލްވާން ޔުޝްރާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ބުނެލި އެވެ. ޔުޝްރާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. ލަދު ގަންތްފަ ހުރި ވަރުން ގުޑިލަން ވެސް ނުކެރިފަ އެވެ. ހަގީގަތުގަ ޔުޝްރާ ވެސް އަލްވާން ދެކެ ލޯބި ވެއެވެ. ” އެންމެ ފުރަތަމަ ޔުޝް ފެނުނު […]
ބަދިގޭގައި ފުށްމޮދެން ހުރި ފަތީލާ އަށް ދޮރުމަތިން މީހެއްގެ ހިލަމެއް ވިހެން ބަލާލިއެވެ. އެތާނގައި ހުރީ އޭނާގެ ފުރާނަފަދައިން ލޯބިވާ އަންހެން ދަރިފުޅު މިންހާއެވެ. “އަނހާ ދަރިފުޅާ ހޭލީ ދޯ! ފަތިސްނަމާދު ކުރިންތަ! މަންމައަށް ރޭގައި ނުހޭލެވުނީއޭ!” ފަތީލާ އެއްފައްޗަކަށް އަމުނާލިއެވެ. ފަތީލާ އެހެން ބުނި ގޮތުން މިންހާ ކައިރިއަށް ހިނިއައެވެ. “ހޫމް މަންމާ! މިއަދު ހުކުރު ދުވަސްވީމަ ނަމާދުކޮށްލައިގެން އޮށޯތީ!” މިންހާ ބުންޏެވެ. މިންހާގެ އާއިލާ ދިރިއުޅެނީ އާދައިގެ ދިރިއުޅުމެކެވެ. މިންހާގެ ބައްޕަ ވަނީ މިންހާ […]
މިޝަލީ އަށް ހުރެވުނީ ރައިހާ ބުނި ޖުމްލަ ޤަބޫލު ނުކުރެވިފައެވެ. އެއް އިރެއްގައި އޭނާ ރައިހާ އާއި ދިމާއަށް ތީރެއްހެން ދޫކޮށްލި ބަސް އަމާޒުން ކަސިޔާރުވެ އެވަނީ މިޝަލީގެ މެޔަށް ހެެރިފައެވެ. “އަހަންނަށް ނޭނގި އަހަރެންގެ ޕޭޝަންޓެއް އެހެން މީހަކަށް ލިބެން ވީ ގޮތެއް ނުވިސްނުން. މަޤާމު އޮޅުނީތަ؟” ޗޮކެއް ކަނޑާލަމުން މިޝަލީ ބުންޏެވެ. ” ގަބޫލު ނުކުރެވެންޏާ މިއޮތީ ފައިލް. ރޭގަ ފާތުމް އަހަންނާ ހަވާލުކުރީ އަހަރެން ބޭނުން ކޭސްތަކެއް ނެގުމަށް. އަހަރެން ކައިލްގެ ކޭސް […]
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ. ކައި ނިމިގެން އުޝާ ޔަނާލާއި މިހުރާންގެ ފަހަތުން ވަނީ އެމީހުންގެ އެޕާރޓްމެންޓަށެވެ. ކޭސްގައި އެމީހަކަށް ޖެހުނު މަސައްކަތްތައް ފުރިހަމަ ކުރަން ހަމަޖެހިލިއެވެ. ޔަނާލްގޮސް އިށީނީ ކާމޭޒުކައިރީގައެވެ. އޭނާގެ ޓެބު މޭޒުމަތީގައި ބާއްވުމަށްފަހު […]
އިއްޔެއްސުރެ ފާޑެއްގެ ގޮތެއް ޔޫންއަށް ވާތީވެ ހަވީރު މެހެމާނުންތައް އައި ގަޑީގައިވެސް ނުނިކުތީއެވެ. މިއަދު ބޮލަށްމާބޮޑަށް ބަރުވާ އިރުވެސް ޔޫން ސްކޫލަށްނައިސް ނުހުރީ އޭނަގެ މަންމަ އޭނައާމެދު ކަންބޮޑު ވާނެވަރުންނެވެ. ކުޅިވަރު ގަޑީގައިވެސް ޔޫން ނުކުޅެން ހުރުމުން އެމީހުން ވަރަށް އާދޭސް ކުރިއެވެ. އާދޭސްކުރާލެއް ގިނަކަމުން އެންމެ ފަހުން ޔޫން އާނ ބަސްދިނެވެ. ގޯލްކީޕަރަށް ހުރިއިރުވެސް ޔޫންއަށް ހުރެވުނީ ހަމަކިރިޔަ ކިރިޔާއެވެ. ބޮލަށްއެރި ތޫނު ތަދާއެކު ވަށައިގެންވި މަންޒަރުތައް ޔޫންއަށް ފުސްވަމުން ދިޔައެވެ. އިދިކޮޅު ޓީމުން ފޮނުވާލި […]
އާދައިގެ މަތިން މިއަދުވެސް ޒީނާ ދިޔައީ އޭނާގެ ދޮށީ ދަރިފުޅު ރީހާގެ ސުކޫލް ގަޑި ނިމޭތީ އޭނާ ބަލައެވެ. ރީހާ އުޅެނީ ގްރޭޑް ދޭއްގައެވެ. ޒީނާ ސްކޫލް ދޮށަށް ދިޔައީ އޭނާގެ ހަގު ދަރިފުޅު ރީމާ ގޭގައި ބަހައްޓާފައެވެ. ރީމާގެ އުމުރުން އަދި ވީ އެންމެ ތިން އަހަރެވެ. ޒީނާގެ ފިރިމީހާ މަސައްކަތްކުރަނީ މާލެކައިރި ރިސޯޓެއްގައި ކަމުން ދެކުދިންގެ ހުރިހާ ކަމެއްހެން ކުރަމުން ދަނީ ޒީނާއެވެ. ޒީނާގެ މަންމަ ހައްވަ އުޅެނީ އެމީހުންގެ މުސްކުޅިގޭގައެވެ. ނަމަވެސް ވަރަށް […]