Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް… (6 ވަނަ ބައި)

ކުޑާ Level 110 Stories
March 24, 2015 4 Mins Read
4 Comments

ނޫރާއަށް ސާހިލް އޭނާއަށް ގުޅާ ބޭނުން އެނގުމުން ހައިރާންވިއެވެ. އަދި ހަމަ އެހާ އުފާވިއެވެ. ސާހިލް ބުނީ އޭނާ އަމާނީ ދެކެ ލޯބިވާކަމަށެވެ. ސާހިލް އުޅެނީ އަމާނީގެ ހިތުގައި އޭނާއާ ދޭތެރޭ  އޮންނާނެ އެއްޗެއް ނޭނގޭތީ އަމާނީ ކައިރީގައި ބުނަން ނުކެރިގެންނެވެ. އެހެންވެ އޭނާ ބޭނުންވަނީ ނޫރާގެ އެހީތެރިކަމެވެ. ނޫރާ ސާހިލް ކައިރީގައި ބުނީ އަމާނީ ކައިރީގައި ސާހިލްގެ ހިތުގައިވާ އެއްޗެއް ބުނުމަށެވެ. އަމާނީ ސާހިލްދެކެ ލޯބިވާ ވާހަކައެއް ނޫރާ ނުބުނެއެވެ. އަމާނީ ކައިރީގައިވެސް ސާހިލްއާ ދެމީހުން ދެމެދުގައި ވާހަކައެއް ދެކެވުނުކަން އެނާ ސިއްރު ކުރިއެވެ. ނޫރާ ބޭނުންވީ އެދެމީހުން އަމިއްލައަށް އެކަކު އަނެކަކުގެ ހިތުގައިވާ އެއްޗެއް އެނގުމަށެވެ.

 

ކަޔާން ކޮޓަރިއަށްވަނީ މަންމަ ޒާހިރާ ކައިރީގައި ކޮފީތައްޓެއް ގެނެސްދިނުމަށް އެދެފައެވެ. މާގިނައިރު ތަކެއް ނުވަނިސް ޒާހިރާ ކޮފީތައްޓެއް ހިފައިގެން އަތުވެއްޖެއެވެ. “ކަޔާން.. މަންމަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން” ޒާހިރާގެ ވާހަކަ އިވިފައި ކަޔާން މަންމައަށް ސަމާލުކަން ދިނެވެ. “މިހާރު ދަރިފުޅުގެ އުމުރުންވެސް 26 އަހަރުވީ މިހާރު ދަރިފުޅުވެސް ތިހުރީ ކައިވެނިކޮންގެން ދިރިއުޅުމެއް ފަށާވަރުވެފަ. އެކަމަކު މަންމައަކަށް ހިއެއްނުވޭ ދަރިފުޅު އަދިވެސް އެކަހަލަކަމަކާ އުޅޭހެންނެއް.. ދަރިފުޅުގެ ބައްޕަވެސް މިހާރު މަންމަ ކައިރީ އެވާހަކަ ދައްކައިފި..” މަންމަގެ ވާހަކަ އިވިފައި ކަޔާން އިސްޖަހާލިއެވެ. މަންމަގެ ވާހަކައަށް ދޭނެ ޖަވާބެއް އޭނާގެ ވިސްނުމަކަށް ނައެވެ. ކަޔާން އެއްޗެއް ނުބުނެ އިންނަށް ފެށުމުން ޒާހިރާ ކަޔާން ކައިރީ އޭނާ ދެއްކި ވާހަކައާ ދޭތެރޭ ވިސްނާލުމަށް ބުނުމަށްފަހު ދިޔައީއެވެ.

ޒާހިރާ ދިއުމުން ކަޔާން ކޮފީތަށި އެއް ނޭވާއިން ބޯލުމަށްފަހު އޮށޯވެލިއެވެ. އެއްއަތް ނިއްކުރިމަތީގައި ބާއްވާލެވިފައި އޮތް އިރު ޒާހިރާ ބުނި ވާހަކާމެދު ފުންކޮށް ވިސްނާލިއެވެ. މިހާރު ކަޔާންވެސް ބޭނުންވަނީ ކައިވެނިކޮށްގެން ހަރުދަނާ ދިރިއުޅުމެއް ފަށާށެވެ. މާޒީ އަލުން ގެނެވޭނޭނަމަ އެނާ އެމާޒީ އަލުން ބަދަލު ކުރީހެވެ. އޭނާއަށް ނޫރާދެކެ ލޯބިވެވިއްޖެކަން ކަޔާން ގަބޫލުކުރެއެވެ. އެއަންހެންކުއްޖާ އޭނާގެ ހިތަށް ޖާދޫއެއް ޖައްސައިފިއެވެ. އެއީ ދުވަހަކުވެސް އޭނާ ހީކުރި ގޮތެއްނޫނެވެ. އެހެންވިޔަސް މިހާރު އޭނާގެ ހިތުގައި ނޫރާއަށްޓަކައިވަނީ ތެދުވެރި ލޯތްބެވެ. ނަމަވިޔަސް މިއަދު ނޫރާ އޭނާގެ މީހަކަށް ހެދޭކަން ނެތެވެ. ކަޔާން ދެލޯމަރާ ބާރުކޮށްލީ ހިތަށް ހަމަޖެހުމެއް ހޯދާލާށެވެ. އަލުން ނޫރާ އޭނާގެ ހަޔާތަށް އައުމަށްފަހު އޭނާގެ ހަޔާތް މުޅިން ބަދަލު ކޮށްލައިފިއެވެ.

ނޫރާ ވަފިއްޔާ ކައިރިން ހުއްދަ ހޯދާލުމަށްފަހު ނުކުތީ އަމާނީ މެންގެއަށް ދާށެވެ. އެގެ ހުންނަނީ ފުދޭވަރަކަށް ދުރުގައި ކަމަށް ވާތީ ނޫރާ ދިޔައީ ޓެކްސީއެއްގައެވެ. ރޭގަނޑުގެ ވަގުތަށްވެފައި އެކަނި އަންހެން ކުއްޖަކު އެހާ ދުރަށް ދިއުން ރައްކާތެރި ނުވާނެތީއެވެ. ނޫރާ އަމާނީއަށް ގުޅާލުމަށްފަހު މިހާރު އޭނާ މިދަނީ ކަމަށް ބުނެފައި ފޯނު ބޭއްވިއެވެ. ނޫރާ ޓެކްސީން ފޭބިއިރު އަމާނީ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

ނޫރާ އަމާނީ ގޮވައިގެން ދިޔައީ ފުޑް ބޭންކަށެވެ. އެތާގައި އެވަގުތު މާގިނަ މީހުންނެއް ނެތެވެ. އެތާ މޭޒެއް ދަށުގައި އިށީދެލައިގެންއިން ސާހިލް ފެނިފައި އަމާނީ ހުރީ ހައިރާންވެފައެވެ. “އެހެންވެޔޭ އަހަރެން އަމީ ކައިރީ ބުނީ ވަރަށް ރީތި ވެލައިގެން އަންނާށޭ.. ދެން އަވަހަށް ދޭ.. އަހަރެންގެ ޑިއުޓީ މިއަދާކުރެވުނީ” އަމާނީގެ ކަންފަތް ދަށުގައި މަޑުމަޑުން ދިމާކުރާފަދަ ރާގަކަށް ނޫރާ ބުނެލިއެވެ. އޭރުވެސް އަމާނީ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.

އަމާނީ ސާހިލް ކައިރިއަށް ފޮނުވާލާފައި ނޫރާގޮސް އިށީދެލީ އެމީހުންނާ ދުުރުގައި ހުރި މޭޒެއް ދަށުގައެވެ. މިލްކްޝޭކަކަށް އޯޑަރު ކޮށްލުުމަށްފަހު ނޫރާ އޭނާގެ ފޯނުން ފޭސްބުކަށްވަދެލިއެވެ. އިރުކޮޅަކުން ސިހިފައި ބަލާލީ ނޫރާއޭ ކިޔާފައި މީހަކު ގޮވާލުމުންނެވެ. ނޫރާ ބަލައިލިއިރު ކައިރީގައި ހުރީ މިފްޒާލްއެވެ. މިފްޒާލްއަކީ އޭނާ ރާއްޖޭން ބޭރުގައި ކިޔަވަން ހުރިއިރު އެތަނުން ދިމާވެ ރަހުމަތްތެރިވި ޒުވާނެކެވެ. އެތަކެއް ދުވަހަކަށްފަހު މިފްޒާލް ފެނުމުން ނޫރާވެސް ވަރަށް އުފާވިއެވެ.

އަމާނީ މަޑުމަޑުންގޮސް ސާހިލް ކުރިމައްޗަށް ވާގޮތަށް އިން ގޮނޑި ދަމާލުމަށްފަހު އިށީނެވެ. އަމާނީ ބަލައިލީ މޭޒުމަތިގައި ބާއްވާލެވިފައި އޮތް އެނާގެ އަތް ތިލައިގައި ސާހިލް އަތް ބާއްވާލުމުންނެވެ. “އަމީ އަހަރެން އަމީ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި އެބައޮތް.. މިވާހަކަ ބުނަން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ.. އެކަމަކު އަމީ ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީ ބުނަން ނުކެރިފައި މިހުރީ” ސާހިލް އަމާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. އަމާނީއަށް ހީވީ އޭނާގެ މޭތެރޭގައި އޮތް ހިތް ބޭރަށް ނުކުންނަށް އުޅެނީ ހެންނެވެ. އަތްފައި ފިނިވެ މަޑުމަޑު ތުރުތުރެއް ހަށިގަނޑުގައި އުފެދުނެވެ. ސާހިލް ނެގި ކުޑަކުޑަ މަހުމާފޮށި ނަގާފައި އޭތި ހުޅުވާލިއެވެ. އޭގައި އިނީ ހިތެއްގެ ތެރޭގައި ހުދުކުލައިގެ އެހެއް ޖަހާލާފައި އިން ރިހި ކުލައިގެ އަނގޮޓިއެކެެވެ. ” ވިލް ޔޫ ބީ މައި ގާލް” ސާހިލް އަހާލިގޮތުން އަމާނީގެ މެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް ބޯޖަހާލުމަށްފަހު ވާތުއަތްތިލަ ދިއްކޮށްލިއެވެ. ސާހިލް އަމާނީގެ އިނގިލީގައި އަނގޮޓި އަޅުވައިދިނުމަށްފަހު އެއަތްތިލައިގައި ބޮސްދިނެވެ.

މިފްޒާލްއާއި ނޫރާ އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން އެކުއެކީގައިހެން ބަލައިލީ އަމާނީއާއި ސާހިލް އައިސް އެމީހުން ކައިރީގައި މަޑުކޮށްލުމުންނެވެ. ނޫރާ އަމާނީއަށް ބަލައިލުމަށްފަހު ނިތް އެއްލިއެވެ. އަމާނީ ނޫރާގެ ކޮނޑުގައި ޖަހާލުމަށްފަހު ކަޅި އަޅައިގަތެވެ.

ނޫރާ ގެއަށް ދިޔައީ މިފްޒާލް އާއެއްކޮށެވެ. ނޫރާ ގެއަށްވަނީ މިފްޒާލް ގޮވައިގެންނެވެ. ވަފިއްޔާއާއި މަހުލޫފުއަށްވެސް މިފްޒާލް އެނގެއެވެ. ނޫރާއަށް މިފްޒާލް އެނގެނީ އޭނާ ކިޔަވަން ހުރި އިރު ކަމުގައިވިޔަސް މިފްޒާލްއަކީ މަހުލޫފުގެ ރައްޓެހި ފަޒާލްގެ ދަރިއެކެވެ. ވަފިއްޔާއަށް މިފްޒާލް ފެނުމުން މިފްޒާލް ގޮވައިގެންގޮސް ސޯފާގައި ބޭންދިއެވެ. އަދި ކާންއައުމަށް ދައުވަތު ދިނެވެ. “ނޫނޭ ދައްތާ ހަމަ ދެންމެ މިއައީ ކައިގެން މިހާރު މިރޭ ދިހަގަޑި ބައިވަނީނު ދެން އެހެން ފަހަރަކުން ދޯ” މިފްޒާލް އެހެން ބުނުމުން ވަފިއްޔާވެސް އިތުރަކަށް އެކަމަކާ އެއްޗެއް ނުބުނެއެވެ. އެގޭގައި އިރު ކޮޅަކު މަޑުކޮށްލުމަށްފަހު މިފްޒާލް ދިޔައީއެވެ.

މިފްޒާލް ދިޔުމުން ނޫރާ ނިދަންވެގެން އޮށޯވެލިތަނާހެން ފޯނު ރިންގުވާންފެށިއެވެ. އެނާ ފޯނު ނަގާފައި ބަލައިލިއިރު ފޯނަށް އަރާފައިވާ މިފްޒާލްގެ ނަން ފެނިފައި ތުންފަތުގައި ލުއި ހިނިތުންވުމެއް ދެވެލިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު ނޫރާ ހަލޯއޭ ބުނެލިއެވެ. ކިތައްމެ ވަރަކަށް ނިދި އައި ނަމަވެސް ނޫރާ ފޯނު ބާއްވާ ހިތެއް ނުވިއެވެ. އެހެން އޮއްވައި ނޫރާއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ.

 

ހަވިރު ނޫރާ އޮފީސް ނިންމާފައި އައިރު ނާއިރާ އޭނާގެ ފިރިމީހާ މިއުވާން އާއި ދަރިފުޅު އާރާ ގޮވައިގެން އެގެއަށް އައިސް އުޅެއެވެ. ނޫރާ އާރާ ފެނުމުން އާރާ އުރާލިއެވެ. އާރާވެސް ހުރީ ނޫރާ ފެނުމުން ފިސާރި އުފާވެފައެވެ.

ނޫރާ އޮފީސް ހެދުން ބަދަލު ކޮށްލައިގެން އައިރު އެންމެން ސައިބޯންވެގެން އުޅެއެވެ.އެނާވެސް ގޮސް ސަައިބޯން އިށީންތަނާ މިފްޒާލް އައިސް ވަނެވެ. ވަފިއްޔާ މިފްޒާލްއަށް ސައިބޯން ގޮވުމުން އޭނާވެސް މިފަހަރު އިންކާރެއް ނުކުރެއެވެ. ނޫރާއާ ޖެހިގެން އިން ގޮނޑީގައި މިފްޒާލް ގޮސް އިށީނެވެ. ވަފިއްޔާ މަހުލޫފްއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ވަފިއްޔާއާއި މަހުލޫފުވެސް މިފްޒާލްއާއިމެދު ވަރަށް ހިތްހަމަޖެހެއެވެ. ނޫރާއާއި މިފްޒާލް ގުޅުމަކީ އެދެމަފިރިންވެސް ކުރާ އުންމީދެކެވެ.

ސައިބޮއެގެން އެންމެން އެއްކޮން ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު ނޫރާ އާރާ ގޮވައިގެން ނުކުތީ ހިނގާލަން ދާށެވެ. އެއީ ނޫރާގެ އަބަދުގެވެސް އާދައެކެވެ. ނާއިރާ އާރާ ގޮވައިގެން އެގެއަށްް އަންނަ ކޮންމެ ދުވަހަކުވެސް ނޫރާ އާރާ ގޮވައިގެން ހިނގާލަން ދެއެވެ. ނޫރާ އާއެކު މިފްޒާލްވެސް ނުކުތެވެ.

 

ނޫރާއާއި މިފްޒާލް އާރާގެ ދެއަތުގައި ހިފާލައިގެން ތިބިއިރު ފެންނަ މީހަކަށް ހީވަނީ އެއީ އާރާގެ މައިން ބަފައިން ހެންނެވެ. ދިޔަ މަގުމަތީގައި ކުޅޭއެއްޗެހި ވިއްކާ ފިހާރައެއް ފެނުމުން މިފްޒާލް ބޭނުންވީ އާރާއަށް ހަދިޔާއެއް ދޭށެވެެ.އެހެންވެ ތިން މީހުން ގޮސް ފިހާރަތެރެއަށް ވަނެވެ. އާރާ ނެގީ އެތާގައި އިން ފިޔާތޮށި ކުލައިގެ ޓެޑީއެކެވެ. އަދި އެހެން އެއްޗެއް ނަގާށޭ ބުނުމުންވެސް އާރާ ބޭނުންވަނީ ހަމައެކަނި ޓެޑީއޭ ކިޔާފައި އެހެން އެއްޗެއް ނުނެގިއެވެ.

ދެން އެމީހުން މިސްރާބުޖެހީ ކުޑަކުދިންގެ ބަގީޗާއާ ދިމާއަށެވެ. ކަޔާންގެ ލޮލުގައި ނޫރާމެން އަޅައިގަތި އޭނާ އެމަގުން ލިޝާންމެން ގެއަށް ދަނިކޮންނެވެ. ސައިކަލު ޕާކު ކޮށްލުމަށްފަހު އެމީހުންނަށް ނުފެންނާނެހެން ކަޔާން އެމީހުންގެ ފަހަތުން ދިއައެވެ. އާރާގެ ނަން އެނގުމުން ކަޔާންއަށް އޭނާއަށް ކުރެވުނީ ކުށްހީއެއް ނޫން ކަން ޔަގީން ކުރެވުނެވެ. އެހާ ގުޅޭ ނަމެއް ކިޔާނީ ޔަގީނުންވެސް އެއީ ނޫރާގެ ދަރިއަކަށްވީމައެވެ. ކައިރީގައި ހުރީ އޭނާގެ ފިރިމީހާއެވެ.އެދެމީހުން އާރާއާއެކު އުޅުނު ގޮތުން ނޭނގޭ ކޮންމެ މީހަކަށްވެސް އެހެން ހީވާނެއެވެ.

ކަޔާން ލިޝާންމެންގެއަށް ދިޔުމުގެ ބަދަލުގައި ދިޔައީ ގެއަށެވެ. ފާޑަކަށްހުރެ ކަޔާން ގެއަށްގޮސް ވަނުމުން ޒާހިރާ ކަޔާންއަށް ގޮވާލިއެވެ. އެހެންނަމަވެސް ކަޔާންއަށް އެއަޑު އިވުނު ހެންނެން ހިޔެއް ނުވެއެވެ. އޭނާގޮސް ކޮޓަރިއަށް ވަނުމަށްފަހު ދޮރު ތަޅުލިއެވެ. ކަކޫ މައްޗަށް ތިރި ވެވުނީ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ބޭނުން ނުވާތީއެވެ. ކަޔާންއަށް އޭނާއަށް ރޮވޭކަން އިހުސާސްވީ ދެލޯފުރިގެން ބަންޑުންވި ކަރުނަތައް ކޯތާފަތް ތެތްމަން ފެށުމުންނެވެ. ކަޔާން ހައިރާންވިއެވެ. އޭނާއަކީ ދުވަހަކުވެސް މިގޮތަށް ކަރުނައެޅި މީހެއް ނޫނެވެ. ނަމަވެސް ނޫރާ އޭނާ ރޮއްވާލައިފިއެވެ. މާޒީގައި ކުރެވުނު ކުށުގެ ހިތިރަހަ އަދިކިރިޔާ ކަރުބުޑުގައި ލީއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (5 ވަނަ ބައި)

Next

ނަމަވިޔަސް… (7 ވަނަ ބައި)

Next
March 24, 2015

ނަމަވިޔަސް… (7 ވަނަ ބައި)

Previews
March 24, 2015

ނަމަވިޔަސް… (5 ވަނަ ބައި)

4 Comments!

  1. same says:
    March 24, 2015 at 2:56 pm

    Awahah aneh part upload khba… v kiyaa hiyy wejje….

  2. Anonymous says:
    March 24, 2015 at 4:51 pm

    V nice storyeh

  3. sshh says:
    April 16, 2015 at 2:54 pm

    Salhi

  4. najo says:
    April 27, 2015 at 7:12 pm

    Vara reethi

Comments are closed.


All Right Reserved!